Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 37 (1)

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
February 18, 2018 7 Mins Read
84 Comments

“ކާއިން، ބަލައިގެން އުޅެއްޗޭ.. މޮޔަ ކަމެއް ނުކުރާތި.. އެކަހަލަ ކަމެއް ކުރަން ހިތަށް އެރުމުން އަހަންނަށް ގުޅާލާތި.. އޭރުން އަހަރެން ދުވެފަ ދާނަން ކާއިން ހުއްޓުވަން… ” އަޝްވާގެ ދެލޯ ފެންކަޅިވިއެވެ. އަދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކަރުނަތައް އޭގެ މަގާމް ދޫކޮށް އޮހިގަތެވެ. ކާއިން ދަނީއެވެ. އަޝްވާ ބުނިހެން އޭނާއަށް ހީވަނީ ހަށިގަނޑުން އެއްބައި އުނިވާން އުޅޭހެންނެވެ.

“ޔަގީން! އަޝްވާ ވެސް ބަލައިގެން އުޅޭތި. ތީ އަހަރެންގެ ނަންބާރ ވަން އަދި އަހަރެން އެއްމެ ބެސްޓް ގާލް.. އައި ވިލް އޯލް ވޭސް ލަވް ޔޫ އިނގޭ” ކާއިން އަޝްވާގެ ގައިގައި ބައްދައިގަތެވެ. ހިތުގެ ހާލަތު ކާއިންގެ ލޮލުން އޮހިގަތް ކަރުނަތަކުން ފެނިގެން ދިޔައެވެ. ގިސްލެވެން ފެށުނެވެ.

“ކާއިން… އައި ލަވް ޔޫ ޓޫ..” އަޝްވާ ކާއިން ދެކެ ވަނީ އިޝްގީ ލޯތްބެއް ނޫންކަން އެގުމުން ކާއިންގެ ހިތުގައި އިތުރަށް ރިއްސާލިއެވެ. ކާއިންގެ ގައިން ދުރަށް ޖެހިލައި ކާއިންގެ މޫނަށް ރަގަޅަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.

އަޝްވާ އެހެން ބުނެލީ އެ ވަގުތު އެ އަޑު އިވޭ ހިސާބުގައި އެހެން މީހަކު ހުރިކަން ނޭނގިއެވެ.

ޑިޔުޓީގައި ހުރެލުމަށްފަހު ޝަނުމް ގެޔަށް އައީ އެއް ހަފުތާއަށް ރާ އަތޮޅަށް ދާން ޖެހުމުން އެ ވާހަކަ ބޮޑުދައިތަ ހަފީޒާ ކައިރީ ބުނުމަށެވެ. އެހެންނަމަވެސް އެބަޔަށް ދެވުމުގެ ކުރިން އިވުނު ޖުމްލައާއި އެކީ މުޅި މީހާ ހުއްޓުން އަރައިގެން ދިޔައެވެ. އެއީ ހީވި އެއްޗެއް ކަމަށް ހީކޮށް ކުރިއަށް ދެތިން ފިޔަވަޅު އަޅައިލި ތަނާ ފެނުނީ އަޝްވާ އާއި ކާއިންއެވެ. އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިއިރު އެތައް އިހްސާސެއް ދެ މީހުންގެ މޫނުމަތިން ޝަނުމް އަށް ފެންނަމުން ދިޔައެވެ. ކާއިންގެ ނަޒަރު އަޝްވާއާއި ދުރުނުވެއެވެ. އަޝްވާ ލޮލުން ކަރުނަ އޮހެރޭ ހާލު ކާއިންގެ ވާހަކަތައް އަޑުއިވުމަށް ކެތްމަދުވެފައިވެއެވެ.

“ޝަނުމް، ޑިޔުޓީއަށް ގޮސްލާފަ ސައިބޯން ތަ ތިއައީ؟” ހަފީޒާގެ އަޑުއިވުމާއި އެކީ ތިން މީހުންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.   އަޑު އަންނަ ދިމާ ބަލާލި އިރު ޝަނުމްގެ ފަހަތުގައި ހަފީޒާ އަސްރާރުއާއި އެކީ ހެވިފައި ހުއްޓެވެ.

“ނޫނޭ ދައްތާ، މިއައީ އަޅުގަނޑު އެއް ހަފުތާއަށް ރާ އަތޮޅަށް ދާތީ އެ ވާހަކަ ބުނެލަން” ފަހަތަށް އެބުރިލައި ޝަނުމް ހަފީޒާ އާއި ވާހަކަ ދެއްކިއެވެ.

“ޝަނުމް މިހާ އަވަހަށް ދިޔައިމަ އެ މަންޖެ ދެރަވާނެ އެއްނު.. ރީމް ގޮވައިގެން ދެވޭނެ ގޮތެއް ނެތް ތަ؟” ކަންބޮޑުވެފައި ހަފީޒާ ބުނެލިއެވެ.

“އަޅުގަނޑުވެސް ބޭނުމެއް ނޫން ރީމް އެކަނި ބަހައްޓާފަ ދާން. މި ނޫން އެހެން ގޮތެއް އޮތް ނަމަ ގޮވައިގެން ދާނީ” އެއް ފަހަރު ކާއިން ކައިރީގައި ހުރި އަޝްވާ އަށް އަނެއް ފަހަރު ހަފީޒާއަށް ބަލައިލަމުން ޝަނުމް ބުނެލިއެވެ.

“ޑިޔުޓީއަށް ދާއިރު އާއިލާ ގޮވައިގެން ނުދެވޭނެ އެއްނު ، ޝަނުމް! ދިޔުމުގެ ކުރިން ރީމް އަޝްވާ އާއި ހަވާލުކޮށްފަ ދާނީ.. މިހާރު ރީމް އަކީ ޝަނުމްގެ އަންހެނުންނަށް ވުމުން ކުރިއަށް ވުރެ ބޮޑު ހާއްސަކަމެއް އަޝްވާ ރީމްއަށް ދޭނެއެއްނު، ދޯ ދަރިފުޅާ” އަޝްވާއަށް ދޯ އެއް ދެމުން ހަފީޒާއާއި ޖެހިގެން ހުރި އަސްރާރު ބުނެލިއެވެ.

އަސްރާރު އެހެން ބުނުމުން ޝަނުމް އާއި އަޝްވާ އެކަކު އަނެކަށް ބަލައިލިއެވެ. ދެ މީހުންގެ ބެލުމުގައި އެއްވެސް އިހުސާސެއް ނެތް ނަމަވެސް އެތެރެ ހަށީގައި އިހުސާސްތައް އުތުރު އަރައި ދަނީއެވެ.

“ލައްބަ ބައްޕާ! އަޅުގަނޑު ރީމްއަށް ކުރިން ނުދޭހާ ބޮޑު ސަމާލުކަމެއް ދޭނަން.. އެހެން މީހުންގެ އިހުސާސްތަކަށް ދެރަކޮށް ހިތުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން” އަސްރާރު އަށް ބަލައި އެހެން ބުނެލި ކަމުގައި ވިޔަސް އަޝްވާގެ ވާހަކަތައް މުހާތަބުވެގެން ދިޔައީ ޝަނުމް އަށެވެ. ޝަނުމްގެ ނަން ނެތި ދިރިއުޅުމުގައި ކުރިއަށް ދާން އަޝްވާ ވަރަށް ބޮޑަށް މަސައްކަތް އެބަ ކުރެއެވެ. އެހެންނަމަވެސް…..

އަޝްވާއަށް މިވަރު ވަމުން ދާއިރު ޝަނުމްގެ ހާލަކީ ކޮބައި ހެއްޔެވެ؟ އަޝްވާގެ އަމަލުތަކާއި ބަސްތަކުން މިހާރު ފެންނަމުން ދަނީ މުޅިން އެހެން މަންޒަރެކެވެ. ކާއިން އާއި ދެމީހުންގެ ސަކަރާތް ޖެހުންތައް ފެންނަނީ ލޯ ކުރިމަތިންނެވެ. ލޯބިން ކައްކާފައި ކާން ދެނީ ކާއިންއަށެވެ. އެތައް އިރެއް ވަންދެން ވާހަކަ ދައްކަން އިންނަ އިރު ފޫހިކަމެއް އަޝްވާގެ ފަރާތުން ނުފެނެއެވެ. ކާއިން ކޮށްލާ ކިތައްމެ ކުޑަ ކުޑަ ކަމަކުން ވެސް އަޝްވާގެ މޫނު މައްޗަށް ހިނިތުންވުން ވެރިވެގެން ދެއެވެ.

ދެން ހުރީ ކާއިންއެވެ. އަޝްވާ ޝަނުމް އާއި ދުރުވާން އުޅޭތީ ކާއިން ހިތަށް އުފާ ލިބުނަސް މަދު ސިކުންތުކޮޅެއް ތެރޭ ހިތް ރޮއްވާލަނީ އަޝްވާގެ އެ ހިތާމަތަކަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުމުންނެވެ. އަޝްވާ އޭނާގެ ހައްގަކަށް ވާން ކާއިން ނުހަނު ބޭނުމެވެ. އެހެންނަމަވެސް އަޝްވާއަށް ހައްގުވާ އުފާވެރިކަން ދެވޭނެ ފަރާތަކީ އޭނާ ކަމާއި މެދު ހިތުގައި އެތައް ސުވާލެއް އުފެދެއެވެ. އެ ސުވާލުތަކަށް ޖަވާބު ހޯދަން ބޭނުން ވިޔަސް ވަގުތާއި ހާލަތު އެކަމަށް ތަންދޭކަށް ބޭނުމެއް ނޫނެވެ.

“އަޅުގަނޑު ދަނީ އޭ ދައްތާ، އެކޮޅަށް ގޮސް ގުޅާނަން” ހަފީޒާއާއި އަސްރާރު އާއި ސަލާމްކޮށްލުމަށްފަހު ޝަނުމް އެތަނުން ދިޔައެވެ.

“ކާއިން، ކާއިން ވެސް އެ ކޮޅަށް ގޮސް ގުޅާލައްޗޭ…. ކާއިން އައިމަ މަންމައާއި ބައްޕަ ގޮވައިގެން މިގެޔަށް އަންނައްޗޭ” ސިޑިން މައްޗަށް އަރައި ދޮރުން އެތެރެއަށް ވަނުމުގެ ކުރިން އަސްރާރު ބުނެލިއެވެ.

އަސްރާރު އާއި ހަފީޒާ އެތެރެއަށް ވަމުން ކާއިން ދޮރު ލައްޕާލިއެވެ. އަދި ދިޔުމުގެ ކުރިން އެއްމެ ފަހު ފަހަރަށް އަޝްވާއަށް ބަލައިލިއެވެ. މިއީ ފަހުގެ ބައްދަލުވުން ކަމަށް ވެދާނެ ކަމަށްޓަކައެވެ.

“އަހަރެން ދަނީ އޭ ދެން، ވަރަށް ވަރަށް ބޮޑަށް ހަނދާންވާނެ އަޝްވާ މަތިން” އެއް އަތުން އަޝްވާގެ ކޮލުގައި ހިފައި ކަރުނައިން ފޯވެފައިވާ އަޝްވާގެ ލޮލަށް ބަލާލަމުން ކާއިން ބުނެލިއެވެ. ކާއިންގެ އެއްމެ ފަހުގެ ޖުމްލަތައް އަޝްވާ އަށް އިވުނު ހިނދު ކާއިން ކައިރީ ނުދާން އެދުމަށް ހިތް ގޮވަމުން ދިޔައެވެ.

“ކާއިން ނުދޭ…” ކާއިން ދާން ހިނގައިގަތުމުން އަޝްވާ ކާއިންގެ އަތުގައި ހިފައި މަޑުކުރުވިއެވެ. ކާއިން ދާން އުޅުމުން އެއީ އެވަރުގެ ކަމަކަށް ނުވާނެ ކަމަށް އަޝްވާ ހީކުރިއެވެ. އެހަނަސް އެކަންތައް ވެގެން ދިޔައީ ކުށްހީ ތަކަކަށެވެ.

“މި ނޫން އެހެން ގޮތެއް އޮތް ނަމަ އަހަރެން އަޝްވާއާއި އެއްމެ އިންޗި އެއްވެސް ދުރަކަށް ނުދާނަން” ކާއިން ފަހަތަށް އެބުރި އަޝްވާ ކައިރިއަށް ޖެހިލައި ކަރުނަތައް ފުހެދެމުން ނިތްކުރީގައި ބޮސްދިނެވެ. އަދި އަޝްވާއަށް އިތުރު އެއްޗެއް ބުނުމަށް ފުރުސަތު ނުދީ އަވަސް އަވަހަށް ސިޑިން ފައިބައިގެން ދިޔައެވެ.

ކާއިން ލޯ ކުރިމަތިން ގެއްލެން ދެން އަޝްވާ ކާއިންއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އެ ހިނދު މިއީ އޭނާއާއި ކުރާ ސަމާސާއަކަށް ވާނެ ނަމައޭ ހިތަށް އެރިއެވެ. އެހެންވެ ކާއިން އެބުރި އައިސްދާނެ ކަމަށް އެ ދިމާ ބަލަހައްޓައިގެން ހުއްޓެވެ.

އެ ފަންގިފިލާގެ ސިޑިން ފޭބުމަށްފަހު އަދި އެއްމެ ފަހަރަކު އަޝްވާގެ ސޫރަ ދެކިލުމަށް އެބުރި ދާން ކާއިން ހިތަށް އެރިއެވެ. އެހެން ނަމަވެސް ލޮލުން އޮހެރުނު ކަރުނައާއި އެކު މިއީ އޭނާއަށް ކުރެވޭނެ ކަމެއް ނޫންކަން އެގުނެވެ. ދާން ބޭނުން ވިޔަސް އެ ހިތްވަރެއް ނެތެވެ. އެހެންކަމުން މޭގައި އަތް ޖަހައި ހިތަށް ކެތްތެރިވުމަށް އެދުނެވެ.

ހަފީޒާއަށް އޭނާ ފުރަން އުޅޭ ކަމުގެ ހަބަރު ދިނުމަށްފަހު ޝަނުމް އޭނާގެ ކޮޓަރިއަށް ދިޔައެވެ. ޝަނުމް ކޮޓަރިއަށް ވަން އިރު ބޯ ވާރެއާއި ތެމި ފޯވެގެން ގެޔަށް އައި ރީމް ފެންވަރައިލައިގެން އައިސް އިސްތަށިގަނޑުގެ ފެން ހިއްކަން ޑުރެސިންގ ޓޭބަލް ކައިރީ އިނެވެ.

ޝަނުމް މިވަގުތު ނާންނާނެ ކަމަށް ރީމް އިނީ އަތްކުރު ޓީޝާޓެއް ލައިގެންނެވެ. އެހެންކަމުން ޝަނުމް ފެނުމާއިއެކު އަވަސް އަވަހަށް ތުވާލިން  ކަޝްފުވެފައިވާ ބައި ފޮރުވާލަން އުޅުނެވެ. ކޮޓަރި ތެރޭ އުޅޭއިރު ނިދަން ފިޔަވައި ރީމް ބުރުގާ ނަގައިގެން ނޫޅެއެވެ.

ރީމް އަށް ސަމާލުކަމެއް ނުދީ ޝަނުމް އަވަހަށް ލައިގެން ހުރި އެއްޗެހި ބަދަލުކުރަން އުޅުނެވެ. ކޯޓުލައިގެން އައި ކަމަށް ވިޔަސް ޔުނީފޯރމާއި މުޅި ހަށިގަނޑުގައި ފިނިކަމެއް ހިފާފައިވުމުން އުނދަގޫވުމުންނެވެ.

“ޝަނުމް ކީއްވެ ޑިޔުޓީގަ ހުރެފަ ތިއައީ، ކަމެއް ވީ ތަ؟” ތުވާލިން ބުރުގަލެއް ހަދާލައި ބޮލުގައި އަޅައިގެން ހުރި ރީމް ޝަނުމްއާއި ސުވާލުކޮށްލިއެވެ.

“އާން، މި އުޅެނީ އެއް ހަފުތާއަށް ރާއްޖެ ތެރެއަށް ދާން.. ފަހަރެއްގަ އެޔަށްވުރެ ގިނަ ދުވަހުވެސް މަޑުކުރަން ޖެހިދާނެ” ރީމް އާއި ދިމާލަށް އެބުރި ލަމުން ޝަނުމް ބުނެލިއެވެ. ރީމްގެ ބޮލުގައި އޮތް ތުވާލު ފެނިފައި ޝަނުމް ދެ ލޯ ކުޑަކޮށްލިއެވެ.

“ގާތްގަނޑަކަށް ކިތައް ދުވަސް ވާނެހެން ހީވަނީ…” ޝަނުމް ދާތީ ދެރަ ވިޔަސް ރީމް އެކަން މޫނުމަތިން ދައްކާނުލައި ބުނެލިއެވެ.

“ނޭނގޭ” ފަރުވާ ކުޑަކޮށް ކުރުކޮށް ޖަވާބު ދިނުމަށްފަހު ޝަނުމް ފާހަނައަށް ވަނެވެ.

“އެއްމެ ގިނަވެގެން ވެސް ދެތިން ހަފުތާއަށް ދޯ ދާނީ” އެއްޗެހި ބަދަލުކޮށްގެން ފާހަނައިން ނިކުތް ޝަނުމްއާއި އަނެއްކާ ވެސް ރީމްގެ ސުވާލުއެއް އަމާޒުވިއެވެ. ހިތު ތެރޭގައި އެތައް އިހުސާސެއް ކެކެމުން ދާތީ ޝަނުމް ގާތަށް ރުޅި އަންނަ ގޮތްވިއެވެ.

“ބުނެފީމެއްނު ނޭނގެއޭ! އެހެންނޫނަސް އަހަރެން ނެތުމުން ރީމްއަށް އަޅާލާނެ މީހުން މަދެއް ނުވާނެ… ރީމް ތީ އެހެން މީހުންގެ އިހްސާސްތަކަށް ނުވިސްނާ މީހަކަށް ވިޔަސް ރީމް އާއި މެދު ވިސްނާނެ މީހުން ތިބޭނެ” ޝަނުމް ރުންކުރު ގޮތަކަށް ބުނެލިއެވެ. އެތައް އިހުސާސްތަކާއި އެކު މާޒީގެ އެތައް ސަފުހާތަކެއް ސިކުޑީގައި ދައުރުވާން ފަށައިފިއެވެ. ހަނދާނަށް އައީ އަޝްވާ ރީމްއަށްޓަކައި އޭނާގެ ލޯތްބަށް އިންކާރު ކުރި ދުވަހެވެ. އެ ދުވަހު ޝަނުމްގެ ހިތުގައި ފުރަތަމަ ފަހަރަށް ކޫރުމެއް އެޅިގެން ދިޔައެވެ. ފަހުން އަޝްވާ ލޯތްބަށް އިއުތިރާފުވުމުން އެކޫރުން ފުހެވިގެން ދިޔައެވެ. އެހެން ނަމަވެސް އެ ހަނދާންތަކާއި ހިތިކަމުގެ އަސަރު އަދިވެސް އެބަ ކުރެއެވެ.  އެ ދުވަހު އަޝްވާ އާ ބަސް ބުނި ނަމަވެސް ދެ މީހުންގެ މަގު ބައްދަލުނުވާނެކަން އެނގޭ ހާލުގައެވެ.

ޝަނުމްގެ ނުރުހުމުން ރީމްގެ ހިތުގައި އިތުރަށް ރިއްސާލިއެވެ. އެހެންކަމުން ދެވަނަ ފަހަރަށް ޝަނުމްއާއި ވާހަކަ ދެއްކުމުގެ ހިތްވަރެއް ނެތުމުން އިސްޖަހާލައި ބެލްކަންޏާއި ދިމާލަށް ހިނގައިގަތެވެ.

ރީމް ހިނގައިގަތުމުން ޝަނުމްއަށް ރީމްއާއި ދިމާލަށް ބަލަން ހުރެވުނެވެ. ޝަނުމްއަށް އޭނާއަށް ބުނެވުނު އެއްޗަކާއި މެދު ވިސްނާލަން ކުޑަ ވަގުތުކޮޅެއް ނެގިއެވެ. މި ކިޔުނީ ކިޔައިގެން ނުވާނެ އެއްޗެއްކަން އެގުމުން ޝަނުމް ރީމް ކައިރިއަށް ހިނގައިގަތެވެ.

“ރީމް ، ސޮރީ… އެހެންކަމަކާއި ދެރަވެފައި ހުރުމުން އަހަންނަށް ކިޔުނު އެއްޗަކާއި މެދު ވިސްނާނުލެވުނީ” ބެލްކަންޏަށް ނިކުންނަ ދޮރު ކައިރީގައި ހުރި ރީމް ކައިރީ ހުއްޓިލަމުން ޝަނުމް ބުނެލިއެވެ.

“އެއީ މައްސަލައެއް ނޫން.. ތި ބުނި އެއްޗިއްސަށް އަހަރެން ވެސް އެއްބަސްވަން…” ލުއި ހިނިތުންވުމަކާއި އެކީ ހިތާމަތައް ފޮރުވަމުން ރީމް ބުނެލިއެވެ.

“ނޫން، ރީމް ކުރިން އަހަންނާއި ވާހަކަ ދެއްކި ގޮތުން އެހެން ހީވިޔަސް މެރީ ކުރި ފަހުން ރީމްގެ މުޅިން އެހެން ސިފަތަކެއް އަހަންނަސް ފެންނަން ފަށައިފި.. ތީ ކިޔަމަންތެރި އަންބެއް.. އަދި ފިރިމީހާގެ ރުހުން ހޯދަން ވެވުނު ގުރުބާނީއެއް ވާން ތައްޔާރީއަށް ހުރި ކުއްޖެއް.. ރީމް ތި ވަރަށް މަސައްކަތް ކުރީ އިރު އަހަރެން ވީ އެއްޗެހި ކިޔައި ރީމް ދެރަކޮށްލާކަށް ނޫން.. އަދިވެސް އެއްފަހަރު އެހެން ބުނެވުނީތީ މާފަށް އެދެން” ރީމް އެހެން ބުނުމުން ޝަނުމް ދެރަވިއެވެ.

“ދެން އެކަމާ މާ ބޮޑަށް ނުވިސްނާ.. ކޮން ދުވަހަކަށް އެއްޗެހި ޕެކްކޮށްދޭންވީ” އެތެރެއަށް ހިނގައިގަންނަމުން ރީމް ބުނެލިއެވެ.

“މިރޭ ފުރާނީ، އޭގެކުރިން ވާނެ ދޯ މަންމަމެން ގެޔަށް ގޮސްލަން” ރީމް ދެރަކޮށްލެވުނީތީ އެކަން ފޫބެއްދޭނެ ގޮތެއް ހޯދަން ޝަނުމް ބުނެލިއެވެ.

“ޝަނުމް ގޮސްލާ، އަހަރެން އެހެން ދުވަހަކުން ގޮސްލާނަން” ހިތުގައިވާ ޝަކުވާތަކާއި އުދާސްތައް ބޭރުކޮށްލަން ރީމް ހުރީ ކެތްމަދުވެފައެވެ. އެހެންނަމަވެސް އެއަޑުތައް އަހަން ޝަނުމް ބޭނުން ނުވާނެކަން އެނގޭތީ ރީމް އޭގެ އެއްވެސް އިޝާރާތެއް ނުކުރެވޭ ތޯ އުޅުނެވެ.

“އަހަރެން އެކަނި ގޮސް ދައްކާނީ ކޮން ވާހަކައެއް… ރީމް އާއި ރީމްގެ މަންމަ ހީވަނީ އެއްމެ ގާތް ދެ ރަހުމަތްތެރީންހެން… އެވަރަށް ވާހަކަ ދައްކާއިރުވެސް ދައްކާނެ ވާހަކަ އޮންނަނީ ހުސްނުވެފަ” އެހެން ބުނެ ޝަނުމް ގޮސް އެނދުގައި އޮށޯތެވެ. ރީމް ހުރީ އޭރު ޝަނުމްގެ ދަބަސް ނަގައި އެޔަށް ބޭނުންވާ ސާމާނުތައް އެއްކުރުމަށެވެ.

ރީމް އެޔަށް ޖަވާބެއް ދިނުމުގެ ކުރިން ޝަނުމްއަށް ބަލާލިއެވެ. ވަގުތަކީ ޝަނުމްއަށް އަޝްވާގެ ފޯނެއް އަންނަމުން ދިޔަ ވަގުތެވެ.

ފޯނު ރިންގުވެ ދެވަނަ ފަހަރަށް ރިންގުވި އިރުވެސް ޝަނުމް އެޔަށް ޖަވާބެއް ދޭކަށް ގަސްދެއް ނުކުރެއެވެ. ފޯނަށް ގެއްލިފައި އޮތީ ފުން ހިޔާލެއްގެ ތެރޭގައެވެ.

“ޝަނުމް، ކާކު ތި ގުޅަނީ” ކުޑަކޮށް އެނދާއި ވީ ފަރާތަށް ޖެހިލައި ރީމް އަހައިލިއެވެ. އެހެންނަމަވެސް ޝަނުމްއަށް އެ އަޑު އިވުނުހެން ހީނުވެއެވެ. އަދި އެއްފަހަރު ޝަނުމްއަށް ގޮވާލުމަށްފަހު ރީމް އެނދުގައި އިށީދެ ޝަނުމްގެ އަތުގައި ކޮއްޓާލިއެވެ. ރީމް އިނާ ޝަނުމްގެ އަތަށް ވުރެ ފަހަތުގައި ކަމުން ފޯނުން ފެންނަމުންދާ ނަން އަދި އޭގައިވާ ފޮޓޯ ނުފެނެއެވެ.

އަތުގައި ކޮށްޓާލުމުން ޝަނުމް އޭނާއަށް ބަލައިލި އިރު ޝަނުމްގެ ލޮލުގައިވާ ހިތާމަ ދެނެގަންނަން ރީމް އަށް އުނދަގުލެއް ނުވިއެވެ.

“ޝަނުމް ކިހިނެތް ވީ؟” ކަންބޮޑުވެފައިވާ ރާގެއްގައި ރީމް އަހައިލިއެވެ.

“ކަމެއް ނުވޭ” ގަދަކަމުން ހިނިތުންވެލައި ޝަނުމް ބުނެލިއެވެ.

“ކޮންމެވެސް ކަމެއްވީމަ ދޯ ޝަނުމް ތިހާ ދެރަވާނީ.. އަހަރެން ކައިރީ ނުބުނެވޭ ވަރުގެ ކަމެއްތަ ތީ” ފޯނަށް ކަޅިއެއް އެއްލައިލަމުން ރީމް ބުނެލިއެވެ.  އިހުސާސްތައް ފޮރުވަން އުޅުނަސް ތިމާ ދެކެ ހަގީގީ ލޯބިވާ މީހަކަށް އެކަން ސިއްރުނުކުރެވޭނެ ކަން ޔަގީނެވެ.

“ޝަނުމް އެއްބަސްވީމެއްނު ދެ މީހުންވެސް ރައްޓެހިންގެ ގޮތުގައި އުޅެން އެއްބަސްވަމޭ… ރައްޓެހިން ތިބެނީ އެކަކު އަނެކަކަށް ދެރައެއް ލިބުނީމަ އެކަން ހިއްސާކޮށް ހިތްވަރު ދޭން.. އެހެންވީމަ އަވަހަށް ކިޔައިދޭން ފަށާ” ރީމް އެހެން ބުނުމުން ޝަނުމް ރީމްއަށް ބަލައިލިއެވެ. މިއަދާއި ހަމައަށް ހިތުގައި އުފެދެމުންދާ އިހްސާސްތަކުގެ ޒައްރެއްގެ މިންވަރުވެސް ޝަނުމް އެހެން މީހަކާއި ހިއްސާކޮށްފައެއް ނެތެވެ. ކޮންމެ ކަމެއްގައި ވެސް ހިތްވަރު ކުރަން ދަސްކުރިއަސް ހިތަށް ލިބެމުންދާ އަނިޔާތައް އެއީ ނުވާނެ އެއްޗެއް ކަމުގައި ދެކެވޭނެ ހެއްޔެވެ؟ އެހެން ގުނަވަންތައް ފަދައިން ޒަހަމްވެފައިވާ ހިތަށް ވެސް ފަރުވާ ބޭނުމެވެ. އެ ފަރުވާ ލިބޭނީ ދެ އިރަށް ކާ ބޭސް ގުޅައަކުން ނޫނެވެ. ބޭނުމީ ލޯތްބެވެ. އަޅާލުމެވެ. ހިތުގެ ވިންދު އަޑު އަހާނެ ފަރާތެކެވެ.

“ހަނދާން ވޭތަ އަހަރެން ލޯބިވާ ކުއްޖެއް ހުންނަ ވާހަކަ ބުނި ހަނދާން… އެއްމެ ފުރަތަމަ އަހަރެން ލޯބި ހުށަހެޅުމުން އެ ކުއްޖާ ބުނީ ނޫނެކޭ… އެކަމަކު އޭގެ ފަހުން އެ ކުއްޖާ އަހަރެން ކައިރީ ލޯތްބަށް އިއުތިރާފު ވި، ބުނި ވަރަށް ބޮޑަށް ލޯބިވަމޭ… އެކަމަކު އެކުއްޖާ ދެކެ ކިތައްމެ ލޯބި ވިޔަސް އަހަންނަކަށް އެ ލޯބި އަބުރާ ދެވޭނެ ގޮތެއް ނުވިސްނުނު.. އެހެންވެ އެ ދުވަހު އެކުއްޖާ އަހަރެން ކައިރީ އެކަމާ ވަރަށް ޝަކުވާ ކުރި.. ބުނި ހަނދާން ނައްތާލަން އުޅުނަސް ތިމަންނައަށް އެކަމެއް ނުވާނޭ.. އަދި ފޫހިވާން އުޅުނަސް ފޫއްސެއްވެސް ނުވެވޭނެއޭ” ކުޑަ ކުއްޖެއް ޝަކުވާކޮށްލާހެން ޝަނުމް ޝަކުވާކޮށްލިއެވެ.

ޝަނުމް އޭނާގެ ލޯބީގެ ހަޔާތުގެ ގަނޑުތައް އުކަން ފެށިއެވެ. ހިތުގައިވާ ކޮންމެ އިހްސާސެއް ކިޔައިދޭނެ ފަރާތެއް ހުރިކަން އެގުމުން މުޅި ހިތް ބަންޑުންކޮށްލަން ބޭނުން ވިއެވެ.

“އަހަންނަށް އެނގޭ އެތައް ސަބަބުތަކާއި ހެދި އަހަންނަށް އެ ކުއްޖާ ލިބެން ނެތްކަން، އެކަމަކު އެ ދުލުން އެހެން މީހެއް ދެކެ ލޯބިވަމޭ ބުނާ އަޑު އަހަން އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނޫން…” އެހެން ބުނެލުމާއި އެކު ޝަނުމް ފުން ނޭވާ އެއްލިއެވެ. ޝަނުމްގެ އަޑުގައިވި ތުރުތުރު އެޅުން ރީމްއަށް ފާހަގަވިއެވެ. އެހެންކަމުން ޝަނުމްގެ މޭމަތީގައި އޮތް އަތުގައި ހިފައި ބާރުކޮށްލިއެވެ. ހިތްވަރު ކުރާށޭ ބުނާ ފަދައަކުންނެވެ.

“ޝަނުމް އައި އޭމް ސޮރީ” ޝަނުމްގެ ފެންކަޅިވެފައިވާ ލޮލަށް ބަލަމުން ރީމް ބުނެލިއެވެ. ޝަނުމް އެ ބުނި ސަބަބުތަކުގެ ތެރޭގައި އޭނާ ވެސް ހިމެނޭކަން އެގުމުންނެވެ.

“ކިހާ ހެއްވާ ދޯ… އެހާ އަވަހަށް އަހަރެން މަތިން ހަނދާން ނައްތާލީ.. މިހާރު ހިތަށް އަރާ އަހަރެން ދެރަކޮށްލަން ގަސްދުގައި ކުރާ ކަމެކޭ އެއީ… ” އަބުރާ ރީމްގެ އަތުގައި ހިފައި ގަޔާއި ކައިރިކޮށްލަމުން ޝަނުމް ބުނެލިއެވެ.

“ތިހެން ނުބުނޭ.. ޝަނުމް ތިހެން ހީކުރިއަސް އަހަންނަށް ޔަގީން އެކުއްޖާ ޝަނުމް ދެކެ އިންތިހާއަށް ލޯބިވާނެކަން.. ލޯތްބަކީ އޭގެ މާނަ އޮޅިއްޖެނަމަ ވިހައަކަށް ވެސް ބަދަލުވެގެން ދާނެ އެއްޗެއް، ހިތްވަރު ކުރޭ.. އިން ޝާ ﷲ ޝަނުމްގެ ތި ހިތާމަތަކަށް ވަރަށް އަވަހަށް ލުޔެއް ލިބޭނެ.. އަހަރެން ދުއާކޮށްދޭނަން.. ޝަނުމް ބޭނުން ކޮންމެ ކަމެއް ބުނޭ.. އޭރުން އަހަރެން އެކަން ކޮށްދޭން ތައްޔާރަށް ހުންނާނަން” ޝަނުމްގެ ބޮލާއި ވީ ފަޅިއަށް ޖެހިލައި ނިތްކުރީގައި ފިރުމާލަމުން ރީމް ބުނެލިއެވެ.

ރީމް އެ ފަޅިއަށް ޖެހިލުމުން ޝަނުމް ރީމް އިން ފަރާތަށް އެބުރުނެވެ. އަދި ރީމްގެ އުނަގަނޑުގައި އަތް ވަށާލައި  މޫނު ފޮރުވާލިއެވެ. ޝަނުމްއަށް ރޮވެން ފެށުނެވެ. ނެތް އުފާތަކަކަށް އެދިގެން އަދިވެސް ވީ އިންތިޒާރު ކުރަން ހެއްޔެވެ؟ ލޯބިވުމަކީ އޭނާއަށް ކުރެވުނު ކުށެއް ކަމަށް ހީވާން ފަށައިފިއެވެ. މި ލިބޭ ހިތާމައާއި ހިތްދަތިކަމުގެ ސަބަބަކީ އެއީ ހެއްޔެވެ؟

ޝަނުމް ރީމްގެ އުގުގައި ބޯ އަޅައިލައިގެން އޮތް އިރު ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޭގެ މަގާމް ދޫކޮށް ދަމުން ދެއެވެ. ހުރިހާ އިހުސާސަކާއި ޝަކުވާއެއް ބަންޑުންކޮށްލަން ޝަނުމް ބޭނުމެވެ. ކެތްތެރިކަމުގެ އިންތިހާއަށް ދިޔުމުން ވާނެ ގޮތަކީ މިއީއެވެ. އަޝްވާގެ ރައްކާތެރިކަމަށް ކުރެވުނު ކައިވެނީގެ ބަދަލު އޭނާއަށް ލިބެންވީ މިހެން ހެއްޔެވެ؟ ގުރުބާންވުމުގެ އަގެއް ނެތީ ހެއްޔެވެ؟

ޝަނުމް ރޮމުން ދިޔައިރު ރީމް ޝަނުމްގެ ބޮލުގައި ފިރުމަނުން ދިޔައެވެ. ރީމް ކުރިން ބުނިހެން ރައްޓެއްސެއްގެ ހައިސިއްޔަތަކުން ނޫނެވެ. އަދި ފިރިމީހާގެ ހައިސިއްޔަތަކުން ވެސް ނޫނެވެ. ޝަނުމް އަކީ އޭނާގެ ހިތުގައި ޖަހަމުން މިދާ ވިންދެވެ. އެ މޫނު ދެކިލުމަށް ހިތް އެދެމުންދާ ޒުވާނާއެވެ. އެ އޯގާތެރިކަމާއި ލޯތްބަށް ފެންބޮވައިގެންފައި ހުރި ފަރާތެވެ. އެހެނަސް އެއިން އެއްވެސް ކަމެއް ރީމް އަށް ލިބޭނެ ހެއްޔެވެ؟ ޝަނުމްގެ ހިތުގެ މިލްކުވެރިޔާއަށް އޭނާ ދުވަހަކުވެސް ނުވާނެއެވެ. އެޔަށްވުރެ ބޮޑަށް ޝަނުމް ބޭނުމީ އެހެން ފަރާތެއްގެ ލޯތްބެވެ. ޝަނުމްގެ ލޯބި ހޯދަން ސަލާންޖެހި ދުވަސް މަތިން މިއަދުވެސް ހަނދާން އެބަ ހުއްޓެވެ. އެހެން ނުހެދުނު ނަމައޭ ހިތަށް އަރައެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ލޯބިއެހެނަސް..ފަހުބައި

Next

ހިތާ ފުރާނައިން… (42)

Next
February 18, 2018

ހިތާ ފުރާނައިން… (42)

Previews
February 18, 2018

ލޯބިއެހެނަސް..ފަހުބައި

84 Comments!

  1. maroon says:
    February 18, 2018 at 10:40 pm

    Sorry guys so much. Thankolheh kuru vaane mi part. So maadhama part genesdheynan dhigu koh. Hope u wud understand ?

  2. Zaaraa says:
    February 18, 2018 at 10:45 pm

    Woohoo me first ???

    1. maroon says:
      February 18, 2018 at 10:55 pm

      ❤ thanku

  3. Shann says:
    February 18, 2018 at 10:51 pm

    Alhey shann ge loabi maroo kyhve mihaa lasvy???? Mihaaru khonireh story ah inthixaaru kuraathaa… Kiyaahithun hurevenykynun.. Story up vehjetho belun adhadhuves neyngey.. Maa bxy vytha???? Hama v ryhchey bunaany mibaives… Sifakurun hama obinoavey… Hama lolah manzaru thah rythikoh sifakohlevey… Ehaaves molhu sifakohdhinun… V v rythi mibaives… Luv u n Miss u a lot…???????????????????

    1. maroon says:
      February 18, 2018 at 10:55 pm

      Hey..yh v v v v busy dhuvaheh.. i just got home 8 ga ei miadhu 8 ga offyhah dhiya gothah. So tired. I have written the whole story in my book. Ekam type kuran vyma lasvy. So sorry ngey.. in sha Allah i will try my best miyah vure ragalhu kuran..v ufaa vejje shann ge commenteh mihaa avahah libunyma. Can sleep happily.. love u ❤❤

  4. Hashaa says:
    February 18, 2018 at 10:54 pm

    V reeethi….?????

    1. maroon says:
      February 19, 2018 at 2:45 pm

      Thanku haasha ?

  5. Ashwa says:
    February 18, 2018 at 11:03 pm

    haadha kada gothekey mi vdhwdhen shanum nd ashwa dhuru kuranytha alhe ehen nahadha bala ashwa nd shanum gulhuva ba ehen noony dhen story hadivaani vvv kada

    1. A says:
      February 18, 2018 at 11:41 pm

      Kohme story eh ga first love libumaky vaajibeh tha?ehn noonas shanum is married. Dhn ashwa dhemafirin dheytherah vany eethi kada dhw.dhn ehn nooni reem maru v ohh ehisaabun mulhi vhk hadi v.so in my opinion ashwa and kaain is perfect as couples.
      #couple goals
      Kaishwa

    2. Abdulla says:
      February 19, 2018 at 8:35 am

      gadhakamun loabi hoadhan ulhey meehunnah loabi libun eha ragalheh noon… reem ge mamma reem ah shanum hoadha dhen ulhuny ragalhakah noon… ehnvyma reema ah shanum libijjiyya alhugadah gaboolu kureveyny mikahala kanthakah writer ruheniyyey… adhi ekahala kanthah ginain fennany india drama thakun … vaahaka v reethi adhi sifakurunthahves… ekm……

    3. maroon says:
      February 19, 2018 at 4:59 pm

      Thanku abdulla. In sha Allah dheynvaa msg dheefa story nimmaalaany?

    4. Sammy says:
      February 19, 2018 at 8:49 am

      Story ragalhah kiyaifi nama egeyne reem marry kurumuge kurin ehen bunyas she changed kan marry kurumah fahu. Adhi gadhakamun loabi hoadhan noolhey kan ves egeyne. As a wife she is patiently waiting for shanum. Adhi ehen gulhumakah nuves edheykan egeyne. Gadhakamun loabi hoadhan ulhey nama keehve reem shanum aai kairi vaan noolheny. Keeve foruvigen e ulheny. Everyone does mistakes that does not mean they have to punished for the rest of their life. She is already suffering. Ashwa ah loabi beynun vaa fadhain reem ah ves loabi haggu. And e loabi dheveynee shanum ah. As for her mom is also getting punished. Lost her husband. And is loosing her daughter too

    5. maroon says:
      February 19, 2018 at 2:46 pm

      Story gendhaany maroon liyafai in gothah. Its might be either one of them for her
      Thanku ?

    6. maroon says:
      February 19, 2018 at 4:53 pm

      hurihaa kudhinge hiyaaluves ufalaai eky balaigennan.. thihaa shaugaai eky story kiyaathy v v bodah ufaa vey.. shanum and ashwa still might happen or it might be her or kaain.. and bunelan beynun ehen myheh kuri kushegge adhabu kuh nukuraa meehakah dhinumun story reethi vaanehe? plz do express ur thoughts, ei maroon ah libey v v v bodu kuri erumeh.. thikahala binaa kuranivi hiyaalu fenifa abadhuves smile kurevey.. ??? tc loves..

  6. Mal. says:
    February 18, 2018 at 11:06 pm

    ??????????????????????.. rovvaalaafi

    1. maroon says:
      February 19, 2018 at 2:47 pm

      ? sorry honey

  7. Friends says:
    February 18, 2018 at 11:07 pm

    Masha allah stry v nice.
    Ey ok vaane dear ehen vess vaane.shanum vess veje dhw goih dhookuran.reem hihvaru kurey adhi shanum ge love libeyne.
    Keep it up maroon.
    Waiting 4 next part.
    Gud nyt.?????

    1. maroon says:
      February 19, 2018 at 2:47 pm

      Thanku friends.. shanum might hama ?
      Hehehehe. Dhw… loves ?

  8. Jeen says:
    February 18, 2018 at 11:13 pm

    Alhey varah reethi maroon.. Asaru gadhakamun ves dhww hama ❤
    Hama rovijje.. Feelings thah kiyaa dheefa huri gothun alhe varah dhera vejje.. Very emotional ?
    ?Maroon haadha molhey
    Waiting for the next part ?
    Lots of love ❤?

    1. maroon says:
      February 19, 2018 at 2:49 pm

      Thanku jeen v v ufaa vejje comment kiyaalaafa.. so many thanks ?
      Loves. Thi gothah hiyvaru dheythy v ufaa vey ❤

  9. Any says:
    February 18, 2018 at 11:17 pm

    Ashwa n shanum gulhunyma salhi vaanii n mihaaru vaahaka maa haasaru dhugu…. eyyves kamey nuve hama beykaaru vaahaka?

    1. S says:
      February 19, 2018 at 1:12 pm

      No way they r not
      Kaain and ashwa is thebest

    2. maroon says:
      February 19, 2018 at 2:50 pm

      Evve kameh nuveytha hama???
      I will think abt it ngey. ? thanku

  10. Maikko says:
    February 18, 2018 at 11:33 pm

    Ashwaa kinda gey it dhw that she love or like kaain……………..varah reethi mi part ves…..lots of love….??

    1. maroon says:
      February 19, 2018 at 2:50 pm

      Possible hama. Loves thanku dear ?

  11. Lee says:
    February 18, 2018 at 11:50 pm

    Foohi shanum aee ashu gulhuvabala

    1. No says:
      February 19, 2018 at 1:13 pm

      Ahchi

    2. maroon says:
      February 19, 2018 at 2:50 pm

      Thanku lee ?

  12. Mixuhan says:
    February 18, 2018 at 11:59 pm

    Varah reethi …..maadhan vaane irakah inthixaar kureveny mihaaru kiyaa hithun…❤️interesting story eii..waiting for the next part

    1. maroon says:
      February 19, 2018 at 2:51 pm

      Thaku mixuhan ? maa laheh nuvaane dhn

  13. ninaa says:
    February 19, 2018 at 12:42 am

    oh alhey reem ah ehen nahadhaba. adhi kaain & ashwa dhurunukobba dhemeehun eha close vanikoh ☹bayeh faharu shanum dheke v foohi vey reem ehaa ragalhu iru ves kuda change eh ves naadhey. I think love is trust, caring and honesty ekani reem faraathun ebafeney mihaaru. I hope shanum ah avahah feel vaane kamah reem ge loabi. and pls pls avahah kaain gesdhechey love this story ❤❤❤

    1. maroon says:
      February 19, 2018 at 2:53 pm

      Dhw ninaa. Komme meehakahves kusheh kurevidhaane. Reem e kuh balaigenfi. And she trying her best to keep the distance effaharu kairi viyas. Loves ? tc kaain.. hehe ?

  14. Mai says:
    February 19, 2018 at 12:44 am

    Thank u so much maroon.. vvv reethi.. curiously waiting for nxt prt.. plxxx ashva n shanum gulhuvahchey.. they will be the perfect couple

    1. Mmm says:
      February 19, 2018 at 1:15 pm

      No .kaain and ashwa is the best

    2. maroon says:
      February 19, 2018 at 2:54 pm

      Thaku mai. V ufaa vejje comment kiyaalaafa. They night happen hama ?

  15. Shanum says:
    February 19, 2018 at 5:14 am

    Haadha reechey mivaahaka. Maa Sha Allah maroon haadha molhey.

    1. maroon says:
      February 19, 2018 at 2:55 pm

      Thanku sshanum ?

  16. Choppi says:
    February 19, 2018 at 6:58 am

    Maroon heart break vejje kaain dhiya eema… At least ashwa kaireega loabi vaa vaahak buni nama the… ???????

    1. maroon says:
      February 19, 2018 at 2:55 pm

      Yh dhw. Ekam he doesnt think ashwa will return the love. Or maybe is afraid someone might hurt her id they get together ? thanku

  17. ?Maee? says:
    February 19, 2018 at 8:28 am

    Alhey..shanum N ashwa gulhuvabaaa?shanum reem kaaryga loaibeh nuey bunyma vs gadhakamn loabi
    hoadhan ulhumn libunu natheejaa thee?..maroon I luv this storyyyy..vv.asarugadh story eh N this is my first comment for a storryy
    Award eh dheveyne nama Maroon ah dheynan Best Writter ge award??

    1. maroon says:
      February 19, 2018 at 4:58 pm

      Aww thats so shweet. V v ufaa vejje comment kiyaalaafa. Heekuran thi gothugai maroonge supporter egge gothugai abadhuves hunnaane kmah. And special thanks story kiyaakan angaalyma ??

  18. maaisha says:
    February 19, 2018 at 8:45 am

    maroon haadha molhey mashaa allah….mi part kiyaa nimunu iru rovijee..alhe shanum keevani reem ge hithah kuraa asaru visnaaliyya…plx kaain a dheragotheh nuhadhachey..sanum reem dheke loabivaa goi hadhaabala..next part ga kaain ah remm akee kokko kan angabala. keeve tha hurihaa kudhin reem dheke rulhi annany..reem ves vaki goehenoon…reem aka ves neyge aswa sanum dheke loabivaa kameh..reem ves sanum dheke vv loabivey…sanum aa reem gulhuniyya rangalhy ..aswa and kaain…and hindhu aa aswinge dheythereah liusha nuvadhachey…vaahaka mi dhaa goi vvv reethi..

    1. maroon says:
      February 19, 2018 at 5:03 pm

      Thanku maaisha. V v v ufaa vejje thihaa hiyaa hithun story aai eky kuriah dhaathy. Thi dhin komme hiyaalehves shukuraai eky balaigannnan. So much love..
      Reem ah visnijje but can she win his heart? Or reem ah ashwa ves shanum dheke loabivaakan egumun kihinei hadhaany? ?

  19. non says:
    February 19, 2018 at 8:48 am

    huruhaa enmennaka first love nulibeyne..ekamu baeh faharu second love maa baarugadha vaane like shaim and malakaa. so aswa ah ves kaain dheke loabivevidhaane shanum ah vure bodah

    1. maroon says:
      February 19, 2018 at 5:04 pm

      Dhw.. in previous story malaka got to choose from her first and second love..
      Thanku non ?

  20. Anonymous says:
    February 19, 2018 at 8:51 am

    maroon thee evvana …mi vaahaka haadha reechey..sifakurun ves varah reethi.. kurin abadhuves esfiya site ge favorite writer akee shine and ryn ekam mihaaru badhaluvejje maroon ah ..keep it up and i hope you will improve day by day

    1. maroon says:
      February 19, 2018 at 5:05 pm

      Aw thats shweet. Hevijje hama comment kiyaalaafa. In sha Allah thi kudhinge supportaai eky kuriah dhaanan. Much love so happy to read ur beautiful comment ?

  21. twinkle says:
    February 19, 2018 at 8:53 am

    masha hama gaimu ves binmma liyaa vaahaka thakah vure maroon ge vaahaka thah reethi .. maroon ge aslunamakee koba

    1. maroon says:
      February 19, 2018 at 5:06 pm

      Hehe.. my name is Amany. Bimmaa ah vure ey. M shocked .. neyge hama bunaane ehcheh. ??

  22. lee minho says:
    February 19, 2018 at 8:57 am

    mi vaahaka gai vaagothun shanum maa nulafaa reem ah vure…shanum jeheyne reem a wife ge huggatha dheyn..reem ves shanum ge loibah inthizaaru kuranee keytherikameh nethi. aswa ekanyenun dheravany shanum nulibeythee..reem aa shanumk gulhuvaa.. i lke reems character..she is perfect wife..she loves shanum..kaain aa aswa maa gulhey..

    1. Hairaan says:
      February 19, 2018 at 9:24 am

      Reem ge kaaveni rangalheh nuvaane ehen v ma. Egulhun kuriyah nudhiun rangalhy.

    2. Friends says:
      February 19, 2018 at 10:21 am

      Shanum & reem and kaain & ashwa eii perfect couple.eyrun dhw mi stry reethi v nyvess

    3. maroon says:
      February 19, 2018 at 5:07 pm

      Thanku lee minho.. shanum ah adhi nuvisneny kanneyge dhw.. yh i blv everyone deserve love and care ?

  23. Hairaan says:
    February 19, 2018 at 9:24 am

    Varah reethi

    1. maroon says:
      February 19, 2018 at 5:08 pm

      Thanku hairaan ?

  24. Shina says:
    February 19, 2018 at 9:35 am

    Shanum nd ashwa gulhuvaani kihineh dhn.. kaaveni break vumakee rangalhu kameh noon.. nd ashwa aa shanumaa dhuruvan oii huras ekamunwex iburatheh thaa alibenee.. kithahme loabi viyas fahun ulhen jeheyni haadha veynehgaey.. thalassemia kudhin gengulhey meehun loa kurimathee ulhey haalu feni adhi efadha kudhin feni dheravey.. dhn gasthuga ekahla kameh kuran heyovaanetha.. vaahak v nice. V iburakitheri msgthahwex maroon thidhanee dhemun.. reemge mom kobaibaa.. v asaru kohfi mi partun..? ???

    1. maroon says:
      February 19, 2018 at 5:10 pm

      Yes i blv every word. Ashwa loves kids. And is dreaming to be the best mom oneday. V v dhera vaane dhw ekudhin ehen ulheuthan fennan jehumun.
      Reem ge mamma ah kuri kushuge adhabu.libemun dhany. Thankju shina. V v ufaa vejje comment kiyaalaafa ?

  25. Pinky shifoo says:
    February 19, 2018 at 10:38 am

    Wow ❤️❤️❤️… Fabulous ?????…. Maasha Allah mi part vx v v v reethi n ehaame furihama ?????… Hama rovihje mi part kiyaafa ?????.. Haadha emotional ey… Maroon eba huri v v v reethi koh ihusaas thah genesdhyfa ?????… Hama superb ?????… Maasha Allah maroon v v v molhu vaahaka liyan ??????… Haadha furihama ey ???… Keep up the good work maroon ?????… V v inthizaaru kurevey mi story ah n this is one of the best story ??????… Curiously waiting for the next part.. Lots of love and take care ??❤️❤️??????

    1. maroon says:
      February 19, 2018 at 12:01 pm

      Thanku pinky shifoo ? v v v v v ufaa vejje story thihaa reethi vegen thihaa loabi commenteh kohlyma. Nurohchey this is just a story ?
      So happy to read ur long and sweet comment. V hiyvaru libijje. ❤? much love tc ?

  26. Awa says:
    February 19, 2018 at 10:50 am

    Kaain e dhiyaee rovvaalaafa ennu.. and i think shanum ge mind change vaane.. rym aa dhekudhin gulheyne

    1. maroon says:
      February 19, 2018 at 11:59 am

      Thanku awa. He might dhw hama ?

  27. ashwa says:
    February 19, 2018 at 10:56 am

    shanumun and ashwa gulhuvadheebala plssss maroon

    1. maroon says:
      February 19, 2018 at 11:56 am

      Might happen hama ?

  28. Zoya says:
    February 19, 2018 at 11:17 am

    konme myhakah first love libumaky vaajibeh nun kan gaboolu kuran ekam gadhakamun loabi hoadhumaky vaki reethi gotheh tha beynun kanthah haasil v ma knme myhaku vx ulheyny rangalhu myhakah hedhigen reem loabah faalhuga sanum inkaaru kuri iru reem keehve goiy dhoonukury ekam sanum goiy dhookuran v eethi kad
    dhw ashva nd sanum gulhuvaa eyrun v reethi vaane kaain nd ashva nugulhey ehen noonas reem bd sanum ge kaiveni rangalheh nuvaane bahpa eh noonenny valy dhiny vaahaka nimendhen sirrehge gothuga oiy nama rangalhu ekam mihaaru enmennah vx engey e ee reem dad nun kan register ga bahpa valee dhygen kuraa kaiveni sahha vedhaane eh bayakah kaivenyge gulhumaky v maaiy gulhumeh makaru hadhaa olhuvaalagen kuraa kaiveni keehve sahha vaani islaam dhynuga onna gothakee vx e eetha naslu olhuvaalaigen viyas ok vaane dhw ehen v ma

    1. maroon says:
      February 19, 2018 at 11:55 am

      Hey zoya. Marry kurumuge kurin reem gadhakamun shanumge loabi hoadhaanamey bunyas marry kurumahfahu reem ehen noolhey. She is keeping a distance from him.. and reem bunegen or kuri kamakunves noon dhw shanum reem aai innan ebbas vy.. ei ehen myheh kuri majbooreh adhi kusheh. Eyga maana eh noon reem mulhi umurah ekamah punish kuran jeheyne. Faafa kuri meehaa ah faafaige azaabu mi dhuniye mathinves adhi aahirathugai ves dhevvaane.. and reem goiy dhookoffi. She isnt trying to get his love in. Kaivenyge gulhumaky maaiy gulhumakah vumun shanum and reem divorce vaanvy?? Ehen myhaku kuri kushegge sazaa reem ah libumaky goaheh… Islam dheenuga othy thihen. Naslu rahttaatheri kurun. Adhi Islaam dheenuga eba oiy ehen meeheh kuri kushakah anekaa ah faafa eh nulibeyne.meega kuh kuree ameeha..ameehaa ah adhabu libeyne..

    2. shawna says:
      February 19, 2018 at 3:17 pm

      Reem and shanum ge kaiveni sahhavaane
      And Reem ah mihaaru visnifa ehery so she deserve to be happy.eena ah kurin maazin ves othy dhoakaa dhyfa.so she deserve a second chance and love.amyhaa dhw naslu othuvaala adhi shanum ah majubooru Kury ves ehn v ma eega koba Reem ge kusheh. Kaivehya kee mathi veri gul gulhumeh v ma v kaiveni roolhalan tha?dhn thi buny ashwa aa kaain aka akaa nugulhe eeh .kaain is changing himself for only ashwa Eva evarah dhw mee hahah meehaku dheke loabi veveyny.ashwa eh ehme care kuraa,ashwa hehvaala,support dheymeehaky ves kaain.dhn kyth ve kaain aa ashwa aa nugulheny. Reem mamma kuhkury ehn v ma Reem ah eege adhabu live libeykah nujeheyne. It will b not fair.reem ge bap bappa got gothuga registry kohfa in meehaku valee dhinyma kaiveni sahhavaane.because sareeathaky be beyru fushah kurevey ehcheh

  29. sam❤ says:
    February 19, 2018 at 11:22 am

    Alhey hama ragalhah rovihje???

    1. maroon says:
      February 19, 2018 at 11:44 am

      Thanku sam ?

  30. ?unlucky ? says:
    February 19, 2018 at 12:57 pm

    aneh part kobaatha v inyhizaar kurevey maroon thi hury rulhi aissfatha baeh comments thah kiyaali iru hyvey ehn dhn

    1. maroon says:
      February 19, 2018 at 2:35 pm

      5 ge kurin aneh part.. noon. Evves kujje dheke rulhi eh noon.thedhah bunanya vaahaka aai medhu visnaa thy v ufaavey. Ehaa shaugaai eky kiyaathy v bodah hiy hama jehey. Thanku ey bunelan beynun hurihaa kudhinnah ves ❤?

  31. Twingirl says:
    February 19, 2018 at 1:02 pm

    ??? shanum… kyve tha ekahala nurangalhu gadiah vattalanyy… shanum hurt v eyy?? . V v v v v v v v v rythi story. .. keep it up maroon love???❤

    1. maroon says:
      February 19, 2018 at 5:21 pm

      Thanku twingirl ? shanum ah mi adu ivuny. Keehkuraany baeh faharu ehenves vaane. In sha Allah he will be adhi. Loves ?

  32. click a shot ? says:
    February 19, 2018 at 1:14 pm

    Woww..varah loabi part eh mi.?.. n it’s so emotional….?really heart touching.❤️❤️❤️..alhey shanum ah aduivenjeheytha ashawa I love u too buni adu..???mihaaru mivaagothun kaain aa ashwa aa gulheynehen bodah hivani..so sad..??but its your opinion…?maroon it’s up to you to choose between kaain n shanum..u might have choose..dheraee adhives ashwa aa gulheyni kaaku kameh neyngeythi…mihaaru kei kureveniehnun????❤️❤️❤️❤️Waitting

    1. maroon says:
      February 19, 2018 at 2:38 pm

      Hehe adha v ufaa comment kiyaalaafa. Yes shanum ah mi ivuny. Ekam keeh kuraany dhwm ehen ves vaane.ashwa aai gulhey meehaa ei adhi sirreh ?? thanku and for me i like both of them for her.

    2. click a shot ? says:
      February 19, 2018 at 3:55 pm

      Wc..but kaain ehaa ehaa ehnun..he also match with her..ekam bodah shanum ah majority othi hehehe?let’s see dhw…maroon hadhaa gothehbalamaa..??

  33. annoying reader says:
    February 19, 2018 at 1:14 pm

    varah reethi mi part ves. alhey so sad mi part. roon hama kaaim fonuvaali dhw. i guess he will now confess and will b sentenced to jail ?. shanum ves hurting ashwa ves reem ves. maroon avahah mikanthah solve kohba. waiting for the nxt part

    1. maroon says:
      February 19, 2018 at 2:36 pm

      Yes kaain dhiyaee dhw.. ?
      In sha Allah v avahah hurihaa kameh solve kuraanan ?thanku

  34. Zoya says:
    February 19, 2018 at 1:20 pm

    yes maroon e myhaku kuri kusheh ge adhabu liben jeheyny emyhakah dhen kyhve kaain bahpa kuri kushuge adhabu kaain libigannan e ulheny e vx ethah kameh sirru kuramun mi ves iburatheh kan neyge dhe sorry ngey reply kurevunyma

    1. Sammy says:
      February 19, 2018 at 1:37 pm

      Hassan and ameehaa ge situation thafaathu. Hassaanah visnijje. Hassaan ekan ragalhukoh thaubaa vejje. Kuh islaahu kuran ulhefi. Ekam ameeha balaaba hedhi goiy. Magey kiyaalu hama ?

  35. Me says:
    February 19, 2018 at 2:39 pm

    Maroooon. No no no , reem ge kolhah maa varakah vaahaka nudhahkka. Shanum marry kuran ebbas v reem evaahaka eh fesheema. Ehen noon nama shanum ge bodudhaitha eh marry ge vaahaka eh nudhakkaan. She start that .
    bullshit. My vote for Ashwa and Shanum

  36. Shanum says:
    February 19, 2018 at 2:54 pm

    Aslu mihaaru shanum, ashwa & reem ves ulhenee hithaamaaga. Ehen vaani
    Dharinna ameeha kahala mom men gadha baarun firin hoadhai dhineema First love viyas last love viyas gulhenee ashwa aa shanum aa. Ekuveri kamakeeves v maaiy
    gulhumeh so egulhun egothah kaain aa ashwa ge ovefa ashwa aa shanum aa
    gulhuvadhee please maroon

  37. Shanum says:
    February 19, 2018 at 3:03 pm

    E dhemeehunves beynun vanee egoiy. Reem Mihaaru gaboolu kuranvejje marry kurvunas eh Aiy thelhiyas
    adu nugovaane kan Ekeega ulhen beynun nuvaa meehaku dhookohleema rangalhuvaanee eyrun 3 kudhinnah ves hiyhama jehun libeynee

  38. shawna says:
    February 19, 2018 at 4:09 pm

    Pls pls pls pls pls maroon ashwa and kaain gulhuvahchey.i just love kaain a lot.

  39. yoosh says:
    February 19, 2018 at 4:39 pm

    Kobaatha story a as kohdybala maroo plx plx

Comments are closed.


All Right Reserved!