ނައިޝާގެ ކަމަކީ އަބަދު ހިތާމަކޮށް ރުއިމެވެ.ކާން ފިޔަވައި އޭނާ ކޮޓަރިން ބޭރަކަށް ނުނިކުމެއެވެ.މުޅި މީހާ ނެގިމަޑުވެ އަމިއްލަ ނަފްސު މަތިންނާ ދުނިޔެ މަތިން ފޫހިވާން ފެށިއެވެ.އެކަނިވެރިކަމަށް ލޯބިކުރެވެން އިންތިހާއަށް ފެށިއެވެ.އެމޫނުމަތިން އުފާވެރިކަމެއް ނުފެނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.މަންމަމެން ކައިރީގައި ހުރުމުން ލިބޭ އުފާ ފިޔަވައި އެއްވެސް އުފަލެއް މިހާރު ނައިޝާގެ ހަޔާތުގައި ނެތެވެ. ނައިޝާ އެގޮތުގައި އޮންނާތީ އޭނާގެ މައިންބަފައިން އޭނާ ޑަކުޓަރަށް ދައްކާ ނައިޝާއަށް ކައުންސެލިން ދޭން ފެށިއެވެ.ކައުންސެލިން ސެޝަންތައް ކުރިއަށް ދިޔަ ވަރަކަށާއި އޭނާގެ […]
ސުހެއިލްގެ އިންޒާރެއް ފަދަ ބަސްތަކާއެކު ދިޔާން އަށް ނިދޭގޮތެއް ނުވިއެވެ. ލިލިއަން އާމެދު ނުވިސްނަން މަސައްކަތް ކުރިޔަސް އެކަމެއް ދިޔާން އަކަަށްނުވިއެވެ. އޭނާގެ އަތުން ލިލިއަން ބީވެގެން ދާކަށް ދިޔާން ނޭދެއެވެ. ހާއްސަކޮށް ސުހެއިލްގެ ހަޤީޤަތް އިނގިހުރެ އެފަދަ މީހަކާއެކު ލިލިއަން ވާތަން ދެކޭކަށް އޭނާ އަކަށް ކުޅަދާނައެއް ނުވާނެއެވެ. ދިޔާންގެ ހިތުގައި ލިލިއަން އާމެދު އުފެދިފައިވާ އިޙްސާސްތަކުގެ ފުންކަން ދިޔާން އަށް އިޙްސާސް ކުރެވުނީ އެހިނދުއެވެ. ލިލިއަން ފެންނަ ކޮންމެ ހިނދަކު އިތުރުވަމުން އައި އިޙްސާސްތައް […]
ޚިޔާލްތަކަށް ގެއްލިފައި އިން ރުހާ ސިހިގެން ދިޔައީ މީހަކު ކަރުކެހިލުމުންނެވެ. ސިހިފައި ބަލާލިއިރު، މޭމަތީ ދެއަތް ހުރަސްކޮށްލައިގެން މިކްޔާން ހުރީ އޭނާއަށް ބަލާށެވެ. ރުހާ ބަލާލުމުން، ދެބުމަ ހިއްލާލާފައި ކިހިނެއްވެފައިހޭ އަހާލިއެވެ. ދެފަރާތަށް ބޯހޫރާލި ނަމަވެސް، ރުހާ ހައިރާންވީ މިކްޔާން އިސްވެ އައިސް އޭނާއާއި ވާހަކަދެއްކުމުންނެވެ. އެއަށްވުރެވެސް ބޮޑަށް ހައިރާންވީ އޭނާގެ ގާތުގައި އިށީނުމުންނެވެ. އެމޫނުގައިވި އުޖާލާކަމާއި އުފާވެރިކަންވެސް ރުހާއަށް ސިއްރެއް ނުވިއެވެ. ހިތުގައި އެތައް ސުވާލެއް އުފެދީފައިވީނަމަވެސް، ރުހާގެ ދުލާއި ހަމައަށް އެއްވެސް ލަފްޒެއް ނައެވެ. […]
އެދިޔަ ބާރުމިނުގައި ރިޔާން ކާރުގޮސް ހުއްޓާލީ ޔޫއާން މެންގޭދޮށަށެވެ. ލަސްނުކޮށް އެގޭތެރެ އަށް ވަން ރިޔާން ގެ ލޮލުގައި އަޅާގަތީ ސޯފާގައި ހަމަޖެހިލާގެން ތިބި ޔޫއާން ޔުލީންގެ އިތުރުން ނިޒާމާ އެވެ. އެހެންކަމުން އެތަނަށް އޭނާވެސް ދިޔައީ އެމީހުންގެ ވާހަކައިގައި ޝާމިލް ވެލުމަށެވެ. ލަންޗް ބްރޭކް ގަނޑިނުޖެހިގެން އިން ޒަޔާން އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ބަރާބަރު އެކެއް ޖެހުމުންނެވެ. އެއިރު މަޑުހިނގުމެއް ގައި ހުރެ އައި ޒިވްޔާ ފެނި ޒަޔާން އަށް ކޮށްޅަށް ތެދުވުނެވެ. ހިނިތުންވެލަމުން […]
“އަޅެ ނޫން” ނައިޝާ އެހެންބުނެ އޭނާގެ ފޯނު އެނދުމަތީގައި ބޭއްވި އެވެ. “ކިހިނެއްވީ ދަރިފުޅާ؟” ނައިޝާގެ މަންމަ އަހާލިއެވެ. އިއްޔެވީ ކަންތައް ނައިޝާ އޭނާގެ މަންމައަށް ކިޔައިދިނެވެ. “ހާދަހާ ގޮތެއްވެސް ނެތް ކުއްޖެކޭ ދޯ އެސައިފަކީ ނައިއަށް ގުޅާފަ އެއްޗެހި ކިޔަން” ނައިޝާގެ މަންމަ ހިތްހަމަނުޖެހިފައި ހުރެ ބުނެލި އެވެ. “އެހެންވެ ސިމް ކާޑު ބިންދާލާ ފޯނު ފޯމެޓް ކޮށްލެވުނުއިރު ހަނދާނެއް ނުވި ހަނީފާއްތަގެ ނަންބަރު ނަގާކަށް… ނައިޝާ އަކަށް އެނަންބަރެއް ހިތުން ނުވެސް އެނގޭ” ދެރަވެލާފައި […]
* “އޯލްރައިޓް.. އަސްލު ބައްދަލުކުރަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ..” ޝަފްވާން އެހެން ބުނެލީ މިއަލްގެ މޫނަށް ބަލަން ހުރެއެވެ. މިއަލް އެއްބުމަ ހިއްލާލީ ޝަފްވާން އޭނަގެ މޫނަށް އަރާފައިބާ ކުލަތައް ތަރުޖަމާކުރަމުންދިޔަކަން ރޭކާލުމުންނެވެ. އެއަހާލީ ކީއްވެތޯކަން ޝަފްވާނަށް ދޭހަވިއެވެ. “ގިޓާ..” ދުލުގައި ދަތް އަޅާލާފައި ޝަފްވާން ބުނެލީ ހީނލަމުންނެވެ. މިއަލް ދެލޯބޮޑުކޮށްލި ގޮތުން ޝަފްވާންގެ ގާތަށް ހިނިއައެވެ. ހީވަނީ އޭނައާއި ވާހަކަނުދައްކަން ހުވާކޮށްގެން އިންހެންނެވެ. “މާދަން ނޫން އަނެއް ދުވަހު އެ ރިޓާރން ކޮށްފާނަން.. ކަމެއްގެ […]
* އެވަގުތު އީވާ ގެ ހިތުގެ ވިންދު އަވަސްވަމުންދިޔައެ އަދި އެ ފިރިހެން ކުއްޖާ އާ ދިމާއަށް ބަލާލިއެވެ. އެވަގުތު އޭނާގެ ކަޅުކަންގަދު ފުން ކަނޑެއް ފަދަ ލޮލުގެ ޖާދޫގަ އީވާ އަށް އެއްވެސް އިޚްތިޔާރަކާ ނުލާ ގެނބެމުންދެވުނެއެވެ. * އިޔާން އީވާ މެދުހަށީގަ އަތް ވަށާލަމުން އިޔާން އާ ދިމާލަށް ދަމާ ގަތެއެވެ. އީވާ ސިއްސާގެން ދިޔަ ތަން ފެނުމުން އިޔާން ގެ މޫނު މަތީގާވަނީ ލާނެތް ހިނިތުންވުމެކެވެ. އިޔާން އަށް އީވާ ގެ […]
ފްލައިޓަށް އަރަމުން ރައިޝާ ފަހަތް ބަލައިލާ އެންމެންނަށް ހަނާއަޅާލިއެވެ. ހީލަމުން ރައިޝާ ފްލައިޓަށް އަރާ، ސީޓުގައި ހަމަޖެހިލިއެވެ. ކުޑަދޮރުން ބޭރު ބަލައިލިއިރު، ނުހާމެން ތިބި ތަން ފެނުމުން ދެލޮލުން ކަރުނަ ފާއްދާލިއެވެ. އަތުގައި އޮތް ރިހިކުލައިގެ އަލިމަސް ޖެހި އަނގޮޓިއަށް ނަޒަރު ހުއްޓާލާ، ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ ފްލައިޓް ރަންވޭއިން ނައްޓާލުމުން އެންމެ ފަހު ފަހަރަށް ރައިޝާ ކުޑަދޮރުން ބޭރު ބަލައިލިއެވެ. އޭރު ވިލާތަށް ފޫއަޅޫވާލާފައި ފްލައިޓް މައްޗަށް އަރައިފިއެވެ. ތިރީގައިވާ ނޫކުލައިގެ ސާލެއްފަދަ ހަމަހިމޭން ކަނޑުގައިވާ […]
ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގައި ފުލައިޓް ޖެއްސިތާ 20 މިނެޓް ފަހުން އިންޓަނޭޝަލް އެރައިވަލްސް ގޭޓްއިން ނިކުތް ދެއަންހެން ކުދިން އެކި ކޮޅުކޮޅު ހޯދަން ފެށީ އެމީހުން މައިންބަފައިން ފެނޭތޯއެވެ. އެތަނުގައި ތިބި 30 ވަރަކަށް މީހުންގެ ތެރެއިންގެ ތެރެއިން ވަހީދުއާއި ހަނީފާގެ މޫނު ފެނުމުން ޙަޔާ ދުވެފައި ގޮސް އޭނާގެ މަންމަ ގައިގައި ބައްދައިލިއެވެ. 6 އަހަރު ފަހުން ލޯބިވާ މަންމައާއި ބައްޕަ ފެނުމުން އެދެލޯ ސިކުންތު ކޮޅެއްގެ ތެރޭގައި އުފާވެރި ކަރުނުން ތެއްމައިލިއެވެ. ހަނީފާގެ ހާލަކީވެސް […]