Skip to content
އެސްފިޔަ

ބިންނަން އެދޭ މާ

ގަހުގައި ފޮޅިފައި އިން އެ ލޯބި ލޯބި މަލަށް މި ހިތުން މަތީ ޤަދަރެއް ދެވުނެވެ. އިންތިހާޔަށް ގަޔާ ވެވުނެވެ. އެ މާ ބިނދެ އަހަރެންގެ ހައްޤަކަށް، ހަދަން ބޭނުންވިއެވެ. ނަމަވެސް އަހަަންނަށް އެ މަލެއް ނުބިނދެވުނެވެ. އެ މާ އަޅާފައިވާ ގަހުގެ ކަށި ގިނަ ކަމުންނެވެ.

މި ދައްކަނީ ގަހެއްގައި އިން ފިނިފެން މަލެއްގެ ވާހަކައެއް ނޫނެވެ. މަގޭ ހިތުގެ ދަރުބާރުގައި ރަނިކަން ކުރަމުން އަން ރަނި ކަމަނާގެ ވާހަކައެވެ. އެއީ ރީނާއެވެ. އެ ލޯބި ލޯބި މޫނު ފެންނަ ކޮންމެ ފަހަރަކު މި ހިތުގެ ވިންދު އަވަސް ވެ އެވެ. މީހާ ފިނިވެއެވެ. ރީނާ އަކީ ދުނިޔެ މަތީގެ ހޫރުލް ޢީނެކެވެ. އެ ޖާދޫގައި ނުޖެހޭނެ ފިރިހެނަކު ހުންނާނެ އެކޭ މި ހިތެއް ނުބުނެއެވެ.

” ޖާދޫގައި ޖެހޭނޭ ފެނިފާ ތިބާ.. ތިބާ…
ތިޔައީ މިސާލޭ ހަމަ ރީތީ ކަލާ… ”

ރީނާ ފުރަތަމަ ފެނުނީ ލ. ގަމުގެ ލިންކު ރޯޑުން އަހަރެންގެ ރައްޓެއްހިންތަކަކާއި އެކު ހުއްޓައެވެ. ފެނުނު ފުރަތަމަ ވަގުތުވެސް މި ހިތް އުދުއްސާލީ އޭނައާއި ދިމާލަށެވެ.

އެދުވަހުން ފެށިގެން ދެމީހުންނަކީ ވަރަށް ގާތް ރަހުމަތްތެރިންނެވެ. އެގޮތަށް އައިސް ދެމީހުންގެ ގުޅުން ވަރުގަދަވެ “ބެސްޓް ބަޑީސް” އަށް ވީއެވެ.

އަހަރެންގެ ހިތް ރީނާއަށް އެދޭ ވަރު ބުނެދޭން ބޭނުންވެއެވެ. ނަމަވެސް އޮންނަ އެކުވެރި ކަމެއްގެ ސަބަބުން ބުނަން ފަސްޖެހެނީއެވެ. ނަމަވެސް އެއްދުވަހު އަހަރެންގެ ދެން ތިބި ގާތް ދެތިން ރަހުމަތްތެރިއެއްގެ އެދުމަކަށް ރީނާއާއި “ޕްރޮޕޯސް” ކުރަން ނިންމީމެވެ.

އެރޭ ލާމު ގަމުގެ “ޕަރީ ފެންގަނޑު” ކައިރިއަށް އައުމަށް ދައުވަތު ދިނީމެވެ. އަދި ލޯބިވެސް ހުށައެޅީމެވެ. ވަރަށް އުންމީދާ އެކުގައެވެ. ނަމަވެސް، ކަންތަށްވީ މުޅިން އެހެން ގޮތަކަށެވެ. މީން ދުވަހަކު ނުބުނި ވާހަކައެއް މިރޭ ބުނެފިއެވެ.

” އައި ލަވް ސަމްވަން، އެލްސް… އެމް ރިއަލީ ސޮރީ ޑާރލިންގް ”

އެ ބަސްތަށް، މެއަށް ތީރެއް ހަރާލި ފަދައެވެ. ވަޅިއެއްގެ ތޫނު މެއައިން ޅިއަ އަޅާލި ފަދައެވެ. ވަރަށް ދެރަވިއެވެ. އެ ހިސާބުން ލޯބިވާ އެކުވެރިއެއް ވެސް ގެއްލުނީ އެވެ. ވަރަށް ހިތުގަ ޖެހެއެވެ.

” ހާދަ ހިތުގައި ޖެހޭ…
ހަނދުމަ ވާތީ ރޮވޭ… ”

އަދިވެސް އަހަރެން އުންމީދެއް ކަނޑައެއް ނުލަމެވެ. އަދި އެ މާ ބިނދެވޭނެ އެވެ. އިންތިޒާރު ކުރާނީ ދުއާ ކުރާ ހާލުގައެވެ.

Comments (24)

  1. Blue?

    Mmmm

    1. Zidhan
      Blue?

      Hehe..

  2. Saeedha Mohamed

    Varah kuru dhoa ??

    1. Zidhan
      Saeedha Mohamed

      Yeh… Haadhisaa veehaa vess kurukoh kiyaadhevey thoa balaafa innaany. Dhigu vaahaka thakeh ves kuriah ebadhey liyun! Shukuriyya comment ah! ❤

  3. nau

    so true…

    1. Zidhan
      nau

      Aye thanks ❤

  4. Nunnu

    Mee true story eh tha
    Vv reethi
    E nimuneetha Mi vaahaka

    1. Zidhan
      Nunnu

      Seedhaa haadhisa nuunas relates a true story. Labba! ?

  5. Roxy

    Who are you talking about

    1. Zidhan Mohamed
      Roxy

      Its imaginary one.. But once it happened friendeh gellunu migothah loabi vi… hama grade 8 ga ulhun iru.

    2. Meeheh hama
      Roxy

      Kadavey dhn

    3. Zidhan Mohamed
      Roxy

      Adhi nuhingaa kadavaa varu evvess kameh.

    4. Hello
      Roxy

      Stop it meeheh hama.. Meehakah dhera gotheh veema ehen bunaakah nuvaane ????.

  6. Cxf

    Gffg

  7. FAISAL

    Ehkala zidhan bro… kobaa kihineh … Varah fahkaa Ibaarai kurun….vaahaka salhi❤

    1. Zidhan Mohamed
      FAISAL

      Ehe aan.. thanks.. missed ❤

  8. Flower ??

    Vv reethi dhigu story eh genes dheeba please… vvv reethi ibaaraai kurunves adhi vvv reethi keep it up dear ❤❤????☺☺.

    1. Zidhan Mohamed
      Flower ??

      Ehe aan.. thanks.. missed ❤

  9. Amee

    Nice? …. keep it up

    1. Zidhan Mohamed
      Amee

      Ehe aan.. thanks.. missed ❤

  10. J^_^Ner

    Maasha allah. …v salhI …sifakurun amazing…just little bit short ….but it’s okay

  11. Mariyam

    Wow this story is also very nice zidhan.

  12. Livee

    V salhi

  13. naash

    vvv salhi maasha allah… keep it up dear.. sifa kurn vx hama amazing

Comments are closed.