Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 19

ifoo Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments
June 27, 2018 8 Mins Read
34 Comments

” ނައު ” ހައިރާންްްވެފައި ހުރެ ޔޫހާންއަށް ބުނެލެވުނެވެ. ” ހޫމް… ނައު… ކިހިނެއްވީ؟ ސަޕްރައިޒް ކަމަކު ނުދޭތަ؟ ހެހެހެ… ” ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލައިގެން ހުރެ ނައުރީން ބުނެލިއެވެ. ” ނޫނޭ… ސަޕްރައިޒް ހަމަ ވަރަށް ސަޅި… ހެހެހެ… އެކަނިތަ އައީ؟ ” ސިޑިން ފައިބައިގެން ދަމުން ޔޫހާން އަހާލިއެވެ. ” ނޫނޭ.. ބައްޕަ އާއެކު… ” ޖަވާބުގައި ނައުރީން ބުނެލިއެވެ. އެމީހުން ތިރިއަށް ފޭބިއިރު ނަސީރު ޔާސިރު އާއެކު ސިޓިންރޫމުގައި ވާހަކަ ދައްކަން އިނެވެ. ” އަހާ… ޔޫހާން… ކިހިނެއްތަ؟ ” ޔޫހާން ފެނުނާއެކު ނަސީރު ހިނިތުންވެލަމުން އަހާލިއެވެ. ” އަޅުގަނޑު ވަރަށް ރަނގަޅު… ބޭބެ ކިހިނެއް؟ ” ޔޫހާންވެސް އޭނާ ރަނގަޅު ކަމުގައި ބުނުމަށްފަހު ނަސީރު ހާލު އަހުވާލު އަހާލިއެވެ. ” ބޭބެ ވެސް ވަރަށް ރަނގަޅު… ” ނަސީރުވެސް އޭނަގެ ހާލު ރަނގަޅު ކަމުގައި ބުންޏެވެ. އެހުރިހާ އިރު ވީއިރުވެސް ނައުރީންގެ ނަޒަރު ހުއްޓިފާވަނީ ޔޫހާން އަށެވެ. އޭރު އޭނަގެ ތުންފަތުގައި ވަނީ ރީތި ހިނިތިންވުމެކެވެ. ” ހިނގާ ކޮންމެ ވެސް އެއްޗެއް ކާލަން ދާން… ނުބުނެ އައިމަ ނޭނގުނު އެހާ ފުރިހަމަ އެއްޗެއް ތައްޔާރުކޮށްލާކަށް… ހެހެ.. ދެން ފަހަރަކުން ބުނެލާފަ އަންނަން ވާނީ… ” އަފީފާ އައިސް އެހެން ބުނުމާއެކު ހިނިތުންވެލަމުން އެއީ މައްސަލައެއް ނޫން ކަމުގައި ބުންޏެވެ. އެންމެން އެކު އެކީގައި ކަހަލަ ގޮތަކަށް ގޮސް ކާބަޔަށް ވަނެވެ. ކާން ތިބި އިރުވެސް އެކި މީހުންގެ މެދުގައި ދިޔައީ އެކި އެކި ވާހަކަ ދެކެވެމުންނެވެ. ނަސީރު އާއި ޔާސިރު ވިޔަފާރީގެ ވާހަކަ ދައްކަމުން ދިޔައިރު ޔޫހާން އާއި ނައުރީން ދިޔައީ އެމީހުންގެ އަމިއްލަ ވާހަކަ ދައްކަމުންމެވެ.                           ސައި ބޮއެގެން އައިސް ރިފްޝާ ކޮޓަރިއަށް ވަދުމުން އައިލީން އާއި ޝައުނާވެސް އައިސް ކޮޓަރިއަށް ވަނެވެ. ރިފްޝާ ގޮސް ލެޕްޓޮޕް ހިފައިގެން ސޯފާގައި ޖައްސާލިއެވެ. އެނދުމަތީގައި ހުރި އަންނައުނުތަކެއް ފައްޖަހަން އައިލީން އާއި ޝައުނާ ހަރަކާތްތެރިވާން ފެށިއެވެ. ދެ މީހުންވެސް އިންތިޒާރުކުރަމުން ދިޔައީ އެވާހަކަ ދައްކާނޭ ރަނގަޅު ވަގުތަކަށެވެ. ދެ މީހުން އިރުއިރުކޮޅުން ރިފްޝާއަށް އަވަސް ނަޒަރެއް ދެއެވެ. ރިފްޝާގެ ފުރިހަމަ ސަމާލުކަން ވަނީ ލެޕްޓޮފަށެވެ. ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިން ރިފްޝާ ސިިހުނީ ކައިރީގައި އޮތް އޭނަގެ ފޯނު ރިންގުވި އަޑަށެވެ. ފޯނުގެ ސްކްރީނަށް ބަލާލުމަށްފަހުވެސް އޭނަ ފޯނު ނަގައިކަން ނޫޅުނެވެ. އޭގެ ބަދަލުގައި ރިފްޝާ ސަމާލުކަން ދިނީ ލެޕްޓޮޕުން ބަލަމުން ދިޔަ ސީރީޒްއަށެެވެ. ދެވަނަ ފަހަރަށްވެސް ފޯނަށް ގުޅަމުން ދިޔައެވެ. މިފަހަރުވެސް ރިފްޝާ ފޯނަށް ބަލާލުމަށްފަހު އަނބުރާ ލެޕްޓޮޕަށް ސަމާލުކަން ދިނެވެ. ދިހަ ވަރަކަށް ފަހަރު ފޯނަށް ގުޅިއިރުވެސް ރިފްޝާ ފޯނު ނަގާ ހިޔާލެއް ނުކުރެއެވެ. ރިފްޝާ ފޯނު ނުނެގުމުން އެގުޅަނީ އިފާންކަން އައިލީން އަށާއި ޝައުނާއަށް އިނގުނެވެ.                                   ”ރިފޫ… ފޯނު ނަގާބަލަ… ކޮންމެވެސް މުހިއްމު ކަމެއް ވީމަ އެއްނު އެވަރަށް އެ ގުޅަނީ… ” އައިލީން ލޮލުން އިޝާރާތް ކޮށްލުމާއެކު ޝައުނާ ވާހަކަ ފެށިއެވެ. ” އިފާންއަކަށް އަހަންނެއް މުހިއްމެއް ނުވާނެ… އޭނައަށް މުހިއްމު ވާނީ މާޝާ… ” ނުރުހުންތެރިކަމާއެކު ރިފްޝާ ބުންޏެވެ. ރިފްޝާ ބުނެލި ގޮތުން އައިލީން އާއި ޝައުނާގެ ގާތަށް ހިނިވެސް އައެވެ. އެހެނަސް ހިނިގަނޑު ހިންދާލަމުން ދެމީހުންވެސް ވާހަކަ ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރިއެވެ. ” އެއީ ކިހިނެއްވީ އަނެއްކާ؟ ” ނޭނގޭކަމަށް ހެދެމުން އައިލީން އަހާލިއެވެ. ” އައިލީ އެން ޝައުއަށްވެސް އެނގެއެއްނު މާޝާ ހުންނަ ތަންތަނުގަ އިފާން ކަންތައް ކުރާ ގޮތް… ” ރިފްޝާ އެހެން ބުނުމަށްފަހު ރޭގަ އިފާން ކަންތައް ކުރި ގޮތް ކިޔާދިނެވެ. އިފާން ކަންތައް އެކުރި ގޮތުން ކޮންމެ މީހަކު ނަމަވެސް ރުޅި އަންނާނެއެވެ. ” އަޅެ ފާން ބޭނުންވަނީ ކޮން ކަމެއްތަ؟ މާޝާ ހުންނައިރު މުޅިން ތަފާތު ގޮތަކަށް އިފާން އުޅެނީ… އެކަމަކު ބައެއް ފަހަރު ހީވޭ ފާން ރިފޫ ދެކެ ލޯބިވާހެން… ދެން މާ ވަރަކަށް ރިފޫ ކުރިމަތީގަ މާޝާއަށް ކޮންމެ ފަހަރަކު ކީއްވެތަ އެ ތައުރީފުކުރަނީ… ” ރިފްޝާ ވީގޮތް ކިޔައިދިނުމުން ޝައުނާ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހި ހުރެ ބުނެލިއެވެ. އައިލީންވެސް ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ. އިފާން ރޭގަ ގުޅިއިރުވެސް ރެސްޓޯރެންޓްގައި ކަންތައް ހިނގިގޮތެއް ކިޔައެއްނުދެއެވެ. އޭނާ ކިޔައިދިނީ މާޝާ ގެއަށް ލާން ދިޔަ ހިސާބުން ކަންތައް ދިމާވި ގޮތުގެ ވާހަކައެވެ. ” ރެސްޓޯރެންޓްގަ ފާން ކަންތައް ތިކުރީ ރަނގަޅަކަށް ނޫން… ބަޓް މާޝާ ލާން ގޮއްސަ ނާދެވުނީމަ އޭނަ ހުރީ އަސްލު ވަރަށް ދެރަވެފަ… ވަރަށް ހާސްވެފަ ހުރީ ވާހަކަ ދެއްކިއިރުވެސް… ފޯނު ސައިލެންޓަށް ލެވިފަ އޮތީމަ އޯ ނޭނގުނީ… ދެން އެކަމް ތިހެން ރުޅި އައިއްސަ އިނަކަސް މައްސަލަ ހައްލެއް ނުވާނެ… ފާން ސޮރީ ފީލް ވާތީ އެއްނު ދެން އެވަރަށް އެ ގުޅަނީ… ސޯ ރިފޫ ޓޯކް ޓު ހިމް… އޭރުން ރިފޫއަށްވެސް ރަނގަޅުވާނީ… ” އައިލީން ރިފްޝާއަށް ވިސްނައިދެވޭތޯ ބެލިއެވެ. އެތައް ވާހަކައެއް ދެއްކުމުންވެސް ރިފްޝާ އިފާން އާއި ވާހަކަ ދައްކާ ހިޔާލެއް ނުކުރިއެވެ. އިފާން އެތައް ފަހަރަކު ގުޅުމުންވެސް ރިފްޝާ ފޯނެއް ނުނެގިއެވެ. މެސެޖު ކުރުމުން އެންމެ މެސެޖަކަށްވެސް ރިޕްލައިއެއްވެސް ނުކުރިއެވެ. ރިފްޝާ އިނީ އޭނަގެ ގޮތުގައި ހިފަހައްޓައިގެންނެވެ. އެންމެ ފަހުން އައިލީން އާއި ޝައުނާވެސް އަންނައުނުތައް ފަށްޖަހާ އަލަމާރިއަށް ލުމަށްފަހު ކޮޓަރިން ނިކުތެވެ. އޭރުވެސް ރިފްޝާ ލެޕްޓޮޕުން ސީރީޒް ބަލަން އިނެވެ. ރިފްޝާ ބުނެފި ގޮތެއްގައި ހިފަހައްޓާނެކަން އިނގޭތީ އައިލީން އާއި ޝައުނާވެސް ދެން އިތުރަށް ވާހަކަ ކުރިއަށް ނުގެންދިޔައީއެވެ. ކޮޓަރިން ނިކުން ތަނާ އައިލީންގެ ފޯނަށް އިފާން ގުޅިއެވެ. ” ހަލޯ އައިލީ… ކޮބާތަ ރިފޫ… ގުޅާ ގުޅާ ފޯނެއް ނުނެގި… މެސެޖަކަށް ރިޕްލައި އެއްވެސް ނުކުރި… ” އޭނަ އެބައިން ސީރީޒެއް ބަލަން… ފޯނުވެސް ކައިރީގަ އޮތީ… އަހަރެންނާ ޝައު އާ ވަރަށް ވާހަކަ ދައްކައިފިން އެކަމަކު އޭނަ ފޯނު ނަގައި ހިޔާލެއް ނުކުރި… އައި ތިންކް ޔޫ ޝުޑް ޑޫ ސަމްތިން… ” އައިލީން އެހެން ބުނުމުން އިފާން ވިސްނާލިއެވެ. ” ފާން… ފާން… ފާން… ” އައިލީން ދެތިން ފަހަރު ގޮވިއިރުވެސް އިފާން ހުރީ އޭނަ ކުރާނެ ކަމަކާއިމެދު ވިސްނާށެވެ. ” އާނ… މި ވިސްނާލީ ކުރާނެ ކަމަކާއިމެދު… ” އިފާން މިހެން ބުނެ އޭނަގެ ޕްލޭން އައިލީން އާއި ހިއްސާކުރިއެވެ. ” ސަޅި ޕްލޭންއެއް… ހެހެހެ… ހަވީރުން ދޯ… މިއަދު ހަވީރު ދޮންތަވެސް ދާނެ ޕާކަށް… ސޯ މާ ރަނގަޅެއްނު… ” އައިލީން ހެމުން ހެމުން ބުނެލިއެވެ. ފޯނު ކޯލު ނިންމާލުމަށްފަހު އައިލީން ޝައުނާ އާއި އެ ވާހަކަތައް ހިއްސާކުރިއެވެ.                             ނައުރީން އާއި ނަސީރު ގެއަށް ދިޔައީ ވަރަށް ގިނަ ވަގުތު ޔޫހާންގެ އާއިލާއާއެކު ހޭދަކުރުމަށްފަހުއެވެ. އެމީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް ވަނީ އުފެދިފައެވެ. ހުރި ހަމައެކަނި ދަރިފުޅު އުފަލުން ހުރުމުން ނަސީރު ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. އޭނަގެ އަންހެނުން ނާސިޔާ މަރުވުމަށްފަހުވެސް އެއްވެސް ކަމެއް އުނިނުވާނޭ ފަދައިން ލޮއެބާ އަޅާލުން އެދަރިފުޅަށް ދިނެވެ. ނައުރީންގެ ތުންފަތުގައިވި ހިނިތުންވުމުން އޭނަގެ ހިތަށް ފިނިކަން ލިބިގެން ދެޔެވެ. ނައުރީންގެ އުފަލަކީ އޭނަގެވެސް އުފަލެވެ. ނައުރީންގެ އުފަލަށްޓަކައި އޭނަ ކޮންމެ ފަދަ ގުރުބާނީ އެއްވެސް ވެދާނެއެވެ. އޭނަގެ ހުރިހާ ވެސް އުފަލަކީ ނައުރީންއެވެ.                                         ހަވީރުގެ ހިތްގައިމު ވަގުތެވެ. ބެލްކަނީގެ ރެއިލިންގައި ހިފަހައްޓާލައިގެން މަގުމައްޗައް ނަޒަރު ހުއްޓައިލައިގެން ހުރި އައިލީންގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. މަގުމަތި ވަނީ ފުދޭވަރަކަށް ހަލަބޮލިވެފައެވެ. ބަންދު ދުވަހަކަށް ވެފައި ހަވީރުގެ ވަގުތުކަމުން ބޭރަށް ނިކުމެ އުޅޭ މީހުންވެސް ގިނައީއެވެ. ބެލްކަނީގައި ހުރި އައިލީން ސިހުނީ އަތުގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. ސްކްރީނަށް އަރާފާއިން ޔޫހާންގެ ނަން ފެނި އައިލީންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ”ހެލޯ.. މައި ޕްރިޓީ ގާލް… ކީއްކުރަނީ… ” އައިލީން ފޯނުނެގުމާއެކު ޔޫހާން ބުނެލިއެވެ. ” ހެހެހެ… މި ހަމަ ހުރީ ބެލްކަނީގަ… ” ލުއި ހީލުމަކާއެކު އައިލީން ބުންޏެވެ. ” އައިލީ… އައިމް ސޮރީ… މި ވީކެންޑްގަ މީޓް ނުކޮށްލެވުނީމަ… ފަށަން އުޅޭ ޕްރޮޖެކްގެ މަސައްކަތްތަކުގައި ވަރަށް ބިޒީ… މި ޕްރޮޖެކްޓް ނިމެންދެން އެކަހަލަ ގޮތަކަށް ދާނީ… އައިލީއަށް ކުރިން ދޭވަރަށް ޓައިމް ނުދެވިދާނެ ބިޒީ ވީމަ… އެކަމަށްވެސް ސޮރީ… ” މާޔޫސްވެފައިހުރެ ޔޫހާން ވާހަކަ ދެއްކިއެވެ. ” ޔޫހާން… އައި ކޭން އަންޑަސްޓޭންޑް… އައިލީއަށް އިނގޭ ޔޫހާން ބިޒީ ނޫނިއްޔާ ޓައިމް ދޭނެކަން… އައި ޓްރަސްޓް ޔޫ… ޑޯންޓް ފީލް ސޮރީ ފޯ ދެޓް… އިނގޭ… އެން ކޮންސެންޓްރޭޓް އޮން ދަ ޕްރޮޖެކްޓް… ” އައިލީން މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އައިލީންގެ އެ ބަސްކޮޅު އިވުމުން ޔޫހާންގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން އިހުސާސްވިއެވެ. ” ހާދަ އަންޑަސްޓޭންޑިން އޭ ދޯ މައި ޕްރިޓީ ގާލް… ހެހެހެ… ތެންކިޔު ސޯ މަޗް އައިލީ… ވަރަށް ލޯބިވޭ… ” ލޮއެބާއެކު ޔޫހާން ބުނެލިއެވެ. ”ހެހެހެ… ޔޫހާާންވެސް ވަރަށް އަންޑަސްޓޭންޑިން… އެން ނޯ ސޮރީ ނޯ ތެންކިޔު… އޯކޭ… އައި ލަވް ޔޫ ޓޫ… ” އައިލީންވެސް ލުއި ހުނުމަކާއެކު ލޮއެބާއެކު ބުނެލިއެވެ. ” އައިލީ ހާދަ ތަފާތޭ އަސްލު… މިޒަމާނުގަ ވަރަށް ނޫޅޭނެ ތިކަހަލަ ކުދިން… ވަރަށް ގިނަ ގޮތްގޮތުން އައިލީ އަކީ ތަފާތު ކުއްޖެއް… ” ޔޫހާން އެހެން ބުނުމުން އައިލީންއަށް ހިނިތންވެލެވުނެވެ. ” މިސާލަކަށް ދެން ކޮން ގޮތަކުން… ” އައިލީން ޝައުގުވެރިކަމާއެކު އަހާލިއެވެ. ” އެންމެ ކުޑަ މިސާލެއް ދައްކަންޏާ އަހަރެންގެ ނަން ކިޔާގޮތް… އައިލީއަށްވެސް އިނގޭނެ ފެމިލީވެސް އެން ފްރެންޑްސް ވެސް އާއްމުކޮށް ކިޔަނީ ޔޫން ކަން… މި ބުނީ ލައިފްގެ ސްޕެޝަލް މީހުން ނޫނީ ކްލޯޒް މީހުން ކިޔަނީ ޔޫން އޭ… އެކަމް އައިލީ… އައިލީ ކިޔަނީ ޔޫހާން… އެކަން އަސްލު ވަރަށް ފާހަގަކޮށްލެވޭ… ” ” އައިލީ ނަން ބޭނުންކުރާ ގޮތް ޔޫހާންއަށް ކަމުނުދަނީތަ އަނެއްކާ؟ ” ޔޫހާން އެހެން ބުނުމުން މާޔޫސްކަން އެކުލެވިގެންވާ ރާގެއްގައި އައިލީން އަހާލިއެވެ. ”ނޯ މައި ގާލް… ވަރަށް ކަމުދޭ އައިލީ އެގޮތައް ނަން ބޭނުންކުރީމަ… ޓު ބީ އޯނެސްޓް…. އެންމެ ކަމުދަނީވެސް އައިލީ ޔޫހާން ކީމަ… ތި ދުލުން އަހަރެންގެ ނަން ކިޔާލާ އަޑު އިވޭއިރު މިހިތައް ކުރާ އިހުސާސް ބުނެދޭންވެސް ނޭނގޭ… ވަރަށް ފޮނި އިހުސާސެއް ކުރެވެނީ… ” ޔޫހާންގެ ބަސްތަކުން އައިލީންއަށް ބޭއިހްތިޔާރުގައި ހިނިތުންވެލެވުނެވެ. އެގޮތުގައި އިރުކޮޅަކު ޔޫހާން އާއި ވާހަކަ ދެއްކުމުގައި އައިލީން ހޭދަކުރިއެވެ. ފޯނު ކޯލު ނިންމާލުމަށްފަހު އައިލީން ގޮސް ކޮޓަރިއަށް ވަނެވެ.                                           އައިލީން ކޮޓަރިއަށް ވަދުން ތަނާ ފޯނަށް މެސެޖެއް އައެވެ. ” ހޭއި އައިލީ…. ޕްލޭން ފަށަނިއްޔޭ… ޔަގީން ދޯ އައިލީގެ ދޮންތަމެން ގޭގަ ނޫޅޭކަން…” އިފާންގެ މެސެޖު އައިލީން ކިޔާލިއެވެ. ” ޔެސް.. ދޮންތަ އެން ދޮންތަބެވެސް ނޫޅޭ ގެއަކު… ޕްލޭން ފަށާ… ” އައިލީން އިފާންއަށް ރިޕްލައިކޮށްލިއެވެ. އިފާން އޯކޭ އޭ ބުނެ މެސެޖު ފޮނުވުމާއެކު އައިލީން އެނދުގައި އޮތް ޝައުނާއަށް ލޮލުން އިޝާރާތްކޮށްލިއެވެ. ޝައުނާ އަވަސް އަވަހަށް ކައިރީ ގައި އޮތް އޭނަގެ ފޯނު ނަގައި އޭނަގެ ކޮންމެވެސް ރައްޓެހި ކުއްޖަކަށް ގުޅާލިއެވެ. އެއާއެކު އައިލީން ގޮސް ފާޚާނާއަށް ވަނެވެ. އައިލީން ފާޚާނާއަށް ވަން ތަނާ ކޮންމެވެސް މީހަކު ބެލް އަޅާލިއެވެ. ” ރިފޫ… ދޭބަލަ ދޮރު ހުޅުވަން… ކޮންމެވެސް މީހަކު އައިއްސި… އަހަރެން ފޯނެއްގަ އޮތީމަ ނުދެވޭނެ… ” އެނދުމަތީގައި ފޯނުން ރައްޓެހި ކުއްޖަކާ ވާހަކަ ދައްކަން އޮތް ޝައުނާ ފޯނު ކަންފަތާއި ދުރުކޮށްލަމުން ސޯފާގައި ވާހަކަ ފޮތެއް ކިޔަން އޮތް ރިފްޝާގެ ގާތު  ދޮރު ހުޅުވަން ދިޔުމަށް ބުންޏެވެ. ރިފްޝާ ތެދުވެ އަނގައަށް ވައްތަރެއް ޖައްސާލުމަށްފަހު ކޮޓަރިން ނިކުތެވެ. ރިފްޝާ ނިކުމެ ދޮރު ޖެހި އަޑު އިވުމުން އައިލީން ފާޚާނާ އިން ނިކުތެވެ. ޝައުނާވެސް އޭނަގެ ފޯނު ކޯލު އެހިސާބުން ކުރުކޮށްލިއެވެ. ދެ މީހުން ގޮސް ކުޑަކުޑަކޮށް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ލާނެއް ހިނިތުންވުމެއް ވެރިކުރުވައިގެން ވަރަށް ޝައުގުވެރިކަމާއެކު ރިފްޝާގެ ހަރަކާތްތަކަށް ބަލަން ދެ މީހުންވެސް ތިއްބެވެ.                                         ރިފްޝާ ގޮސް ދޮރު ހުޅުވާލި އިރު ދޮރު މަތީގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދޮރު ޖެހުމަށް ފަހު އެނބުރި ކޮޓަރިއަށް ދާން ހިނގަައިގަން ތަނާ އަނެއްކާވެސް ބެލް އެޅި އަޑު އިވުމުން ދޮރު ހުޅުވުމަށް ހިނގައިގަތެވެ. މިފަހަރުވެސް ގޮސް ދޮރު ހުޅުވާލި އިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ” މީ އަޅެ ފޮނި މީހެއްނު… ކީއްވެގެން އުޅޭ މީހެއްތަ މީ… ވަރަށް ފޫހިވޭ… ” އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް ނުރުހުންތެރިކަމާއެކު ވާހަކަ ދައްކަމުން ދިޔަ ރިފްޝާ ބާރަކަށް ދޮރު ޖެހުމަށްފަހު އެނބުރި ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަންނަން  އައި ރިފްޝާ ފެނި ދޮރު ކައިރީގައި ހުރި އައިލީން އާއި ޝައުނާ ދުވެފައި ގޮސް އެނދުގައި އިށީނެވެ. ކޮޓަރިއަށް ވަންނަން ތަޅުގައި ހިފަން އަތް ނެގި ތަނާ ތިންވަނަ ފަހަރަށްވެސް ބެލް އަޅާލި އަޑު އިވުނެވެ. ” ހުރެބަލަ މިފަހަރު އެއްޗެހި ކިޔާލާނަން… ” ރުޅި އައިސްފައި ހުރި ރިފްޝާ އެހެން ބުނަމުން ކޮޓަރިއަށް ވަދުމުގެ ބަދަލުގައި ބާރު ބާރަށް މިފަހަރުވެސް ގޮސް ދޮރު ހުޅުވާލިއެވެ. ރިފްޝާ ގޭގެ ދޮރު ހުޅުވާލި އަޑު އިވުމުން އެނދުގައި ތިބި އައިލީން އާއި ޝައުނާ ދުވެފައި ގޮސް އަނެއްކާވެސް ކޮޓަރީގެ ދޮރު ކައިރީގައި ރިފްޝާގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. ”ކީއްވެގެންތަ މާ ފޮނި ވެގެން ތިއުޅެނީ… ކީއްވެތަ ކުރިމައްޗަށް އަރަން ނުކެރިގެން ތި އުޅެނީ… ހާދަ ފިނޑި މީހެކޭ ދޯ.. ހަނދާން ކުރާތި ދެން ކިތޭ ވަރަކަށް ބެލް އެޅިޔަސް ދޮރެއް ނުހުޅުވާ…” އެއްޗެހި ކިޔަމުން ދޮރު ހުޅުވި ރިފްޝާ ވަކި ހިސާބަކުން ހުއްޓުނީ ދޮރު ހުޅުވި އިރު ކުރިމަތީގައި ރަތް ކުލައިގެ މާ ބޮނޑިއެއް މޫނު މަތީގައި އަޅާއިގެން ފިރިހެނަކު ހުރުމުންނެވެ. މާ ބޮނޑި މޫނު މަތީގައި އަޅާފައި ހުރުމުން އެ މީހެއްގެ މޫނު ރިފްޝާއަށް ފެންނަ ގޮތެއް ނުވިއެވެ. ކުރި މަތީގައި ހުރީ އިސްކޮޅުން ދިގު ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. ޕީޗް ކުލައިގެ ގަމީހެއް ލައިފައިވާއިރު އަތް ވަނީ އޮޅަބޮއްޓާ ހަމައަށް އޮޅާލާފައެވެ. ލައިފައިވަނީ ލަޅު ކުލައިގެ ސްކިނީއެކެވެ. އަރާފައިވި ކަޅާއި ހުދު ކުލަ ހިމެނޭ ބޫޓުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. މޫނުމަތިން މާބޮނޑި ނުނަގައި ބަހެއްވެސް ނުބުނެ އެ މީހަކު ހުންނަން ފެށުމުން ރިފްޝާގެ ރުޅިގަނޑު ހައްތަހާ ގަދަވާ ގޮތްވިއެވެ. ” ކާކުތަ ތީ؟ މޫނު ފެނިދާނެތީ ބިރުންތަ މާ ބޮނޑި މޫނުގަ އަޅައި…” ނުރުހުންތެރިކަމާއެކު ވާހަކަ ދައްކަމުން ދިޔަ ރިފްޝާގެ ވާހަކަ މިފަހަރު ހުއްޓުނީ މޫނު މަތީގައި މާ ބޮނޑި އަޅާއިގެން ހުރި މީހާ މޫނު މަތިން މާ ބޮނޑި ނެގުމުންނެވެ. އޭރު ފެނުނު ސޫރައެއްގެ ސަބަބުން ރިފްޝާގެ ދުލުން އެންމެ ބަހެއްވެސް ނުނިކުތެވެ. ހުއްޓުން އަރާފައި ބަލަހައްޓާއިގެން ހުރެވުނީއެވެ. ކުރިމަތީގައި ރީތި ހިނިތުންވުމެއް ވެރިކުރުވައިގެން އެ ހުރީ އިފާން ނޫން ދެވަނަ މީހެއް ނޫނެވެ. އިފާންގެ ސޫރަ ފެނުމާއެކު ރިފްޝާގެ ސިކުނޑިއަށް ރޭގަ އިފާން ކަންތައް ކުރި ގޮތް ސިފަވެގެން ދިޔައެވެ. އެއާއެކު ރިފްޝާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. މިތަން ފެނި އިފާންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ރިފްޝާ އައި ރުޅީގައި ދޮރު ލައްޕަން އުޅުނެވެ. އެހެނަސް އޭނައަށް އެކަން ކާމިޔާބު ނުވީ އިފާންގެ ބާރުގަދަ ދެއަތުން ދޮރުގައި ހިފަހައްޓާފައި ހުރުމުންނެވެ. ” އިފާން… ދޮރުން ދޫކޮށްލާ… އަހަރެން ބޭނުމެއް ނޫން އިފާން އާ އެއްވެސް ވާހަކައެއް ދައްކާކަށް… ” ދޮރު ލައްޕަން މަސައްކަތްކުރަމުން ދިޔަ ރިފްޝާ ނުރުހުންތެރިކަމާއެކު އިފާން އާއި ވާހަކަ ދެއްކިއެވެ. ” އެކަމަކު އަހަރެން ބޭނުމޭ ވާހަކަ ދައްކަން… ރީތި ގޮތުގަ ރިފޫ އަހަންނާ ވާހަކަ ދައްކަން މިތާ ހުންނާނީތަ ނޫނީ އަހަރެން ގަދަކަމުން ގެއަށް ވަންނަން ވީތަ…. ޗޮއިސް އީޒް ޔުއާސް… ” ވިސްނުންތެރިކަމާއެކު އިފާން ވާހަކަ ދެއްކިއެވެ. ” ބުނެފީމެއްނު އިފާން އާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނޭ…. ޕްލީޒް ގޯ އަވޭ ފްރޮމް ހިއާ… ” ރިފްޝާ ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ރިފްޝާ ގޮތް ދޫނުކުރުމުން އިފާން އޭނަގެ ބާރުގަދަ ދެއަތުން ދޮރު ބޮޑަށް ހުޅުވާލުމަށްފަހު ގޭތެރެއަށް ދެމިގަތެވެ. އެއަށްފަހު ދޮރު ޖެހިއެވެ. ކަންތައްތައް އެ ހިސާބަށް ދިޔުމުން އައިލީން އާއި ޝައުނާވެސް ކޮޓަރީގެ ދޮރު ޖެހުމަށްފަހު ކަންތައްތައް ހައްލުވާނެކަމުގެ އުއްމީދުގައި ކޮޓަރީގައި މަޑުކޮށްލައިގެން ތިއްބެވެ. ރިފްޝާ ހުރީ ޖެހި ބުދެއް ހެންނެވެ. އެ ބޮޑު ދެލޮލުން އިފާންއަށް ބަލާލުމަށްފަހު އިތުރު އެއްވެސް އެއްޗެއް ބުނުމެއްނެތި ކޮޓަރިއަށް ވަނުމަށް ރިފްޝާ ހިނގައިގަތެވެ. އެހެނަސް އެކަމުގައިވެސް ރިފްޝާއަށް ކާމިޔާބު ވާގޮތެއް ނުވިއެވެ. އިފާން ހުރީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މިފަހަރު ރިފްޝާ އާ ވާހަކަ ދައްކާށެވެ. އޭނާ ގެނައި ކުއްލި ހަރަކާތާއެކު ރިފްޝާގެ ކޮނޑުގައި ހިފައި ގެނެސް ދޮރުގައި ޖައްސާލިއެވެ. އިފާންގެ އެ އަމަލުން ރިފްޝާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. އިފާން ހުރިލެއް ގާތްކަމުން އޭރު ރިފްޝާގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. ފުން ނޭވާތަކެއް ލެވެމުން ދިޔައިރު އޭނައަށް އިފާންގެ އެ އަސަރުގަދަ ދެލޮލުން ނަޒަރު ވަކިކޮށެއް ނުލެވުނެވެ. ” ކީއްވެތަ އަހަރެންގެ އެއްވެސް ކޯލަކަށް ޖަވާބެއް ނުދެނީ… ނޭނގޭތަ ރިފޫ އެހެންް ރޭގަ ދިޔައިމަ އަހަރެން ހާސްވާނެ ވަރެއް…ރިފޫ އަކީ އަހަންނަށް ކިހާ ހާއްސަ ކުއްޖެއްކަމެއް ހަމަ ނޭނގޭނީތަ… ” ކަންބޮޑުވުން އެކުލެވިގެންވީ ރާގެއްގައި އިފާން ބުނެލިއެވެ. އޭނަގެ ދެލޮލުންވެސް އޭރު އެކަންބޮޑުވުން ފާޅުވާން ހުއްޓެވެ. ރިފްޝާ ހުރީ ވިސްނަންވީ ކޯންޗެއްކަން ނޭނގިފައެވެ. އެ ދެލޮލުން އޭނައަށް ކަންބޮޑުވުން ފެންނައިރު އިފާންގެ އަމަލުތައް ބައެއް ފަހަރު ހުންނަނީ އެއާ އިދިކޮޅަށެވެ. ” އަހަންނަކަށް ނޭނގެ އިފާންއަށް އަހަރެން މީ އެއްވެސް ވަރަކަށް ހާއްސަ ކުއްޖެއް ކަމެއް… އަހަރެންނަކީ ހާއްސަ ކުއްޖެއް ކަން ނޭނގުނު ނަމަވެސް މާޝާ އަކީ އިފާންއަށް ވަރަށް ހާއްސަ ކުއްޖެއްކަން އަހަންނަށް މިވީ ދުވަސްތަކުގެ ތެރޭގައި ވަރަށް ރަނގަޅަށްވެސް އެނގިގެން ހިނގައްޖެ… ” މިހެން ބުނެ އިފާންގެ ދެއަތް އޭނަގެ ކޮނޑުން ނައްޓުވާލުމަށްފަހު ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ނަމަވެސް މިފަހަރުވެސް އިފާން ކޮއްލި ކަމަކުން ރިފްޝާއަށް ސިހުން ގެނުވައިފިއެވެ. އިފާންގެ އެ އަމަލުން ރިފްޝާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ގެންނަންވީ ހަރަކާތެއް ނޭނގިފައި ދެ ލޯ ބޮޑުކޮށްލައިގެން ރިފްޝާއަށް ހުރި ގޮތަށް ހުރެވުނީއެވެ.

Share Article

Follow Me Written By

ifoo

Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

އެ ވަޢުދު (11)

Next

ބުނާށެ ލޯބި ނުވަނީހޭ (ޓްރެއިލަރ)

Next
June 27, 2018

ބުނާށެ ލޯބި ނުވަނީހޭ (ޓްރެއިލަރ)

Previews
June 27, 2018

އެ ވަޢުދު (11)

34 Comments!

  1. unique says:
    June 27, 2018 at 6:21 pm

    heheh thanks ifoo am i first i guess not

    1. Ifoo ifoo says:
      June 30, 2018 at 9:47 am

      Most welcome dear ???❤️❤️❤️… Yesss.. Ur first ???… Congrats dear ???…

  2. Ifoo ifoo says:
    June 27, 2018 at 6:30 pm

    Salaam dear readers ❤️❤️❤️??????????????????… Kihineh tha hurihaa kudhinn??? ???… Here is the 19th part ???… Hope all will like this part too ???… Typing mistakes huredhaane… Ifoo v v avas kohlaafa mi up kohly… Mistakes hurihyaa faahaga kohla dhehcey ???… Thankyou so much ifoo ge story kiyaa n comment koh like dhey hurihaa kudhinnah vx ❤️❤️❤️??????????????????… Love you all my readers ❤️❤️❤️?????????…

  3. unique says:
    June 27, 2018 at 6:48 pm

    oh my god ifoo emme kiyaa hihvi hisaabun nimuny alhey haa dha sad ey but vvv reethi story

    1. Ifoo ifoo says:
      June 30, 2018 at 9:50 am

      Heheh ???… Thankyou so much unique dear ❤️❤️❤️??????????????????… V v ufaavehje ???… I’m so happy to see ur comment in every part ❤️❤️❤️??????…

  4. hajja says:
    June 27, 2018 at 6:53 pm

    He he nice mipart v intaresting story

    1. Ifoo ifoo says:
      June 30, 2018 at 9:52 am

      Thankyou so much hajja ❤️❤️❤️??????????????????…

  5. Stry kiyaa man says:
    June 27, 2018 at 7:06 pm

    Masha allah v perfect.
    Yaginn ifaan fahathah dhamai gathiyma rifoo goss meyga thah viyy or he kiss kuriyy.haha.
    Rom than kolheh genasla bala ifoo.
    Waiting 4 nw part.
    Salaam-?????

    1. Ifoo ifoo says:
      June 30, 2018 at 9:58 am

      Heheh ???… Vedhaane hama thihen vx ???… Let’s see dhw vaagotheh ???… Rom thankolheh dhw… In Sha Allah kuriah huri part thakun romantic scenes thah annaane ???… Thankyou so much story kiyaa man ifoo ah thidhey support ah ❤️❤️❤️???????????????… Story kiyaa man akee ifoo ge one of the best reader ❤️❤️❤️??????… Ifoo yesterday evening ga next part submit kohlaifinn bt still not published ???… Keep waiting dear ???…

  6. Najla says:
    June 27, 2018 at 7:45 pm

    v reethi mi part. avahah up kohladhechey. ???

    1. Ifoo ifoo says:
      June 30, 2018 at 10:00 am

      Thankyou so much Najla ❤️❤️❤️???????????????… V v ufaavehje ???… Ifoo next part yesterday evening ga submit kohlaifinn bt still not published ???… Keep waiting dear ???…

  7. Airah says:
    June 27, 2018 at 8:02 pm

    v v reethi.avahah up kohlachey.

    1. Ifoo ifoo says:
      June 30, 2018 at 10:01 am

      Thankyou so much Airah ❤️❤️❤️???????????????… V v ufaavehje ???… Ifoo next part yesterday evening ga submit kohlaifinn bt still not published ???… Keep waiting dear ???…

  8. Naju says:
    June 27, 2018 at 8:34 pm

    Oh omg ifaan kiss eh dhiny tha anehkaa… Ifoo nextga ifaan loabivaakan angabala ingey n romvx kohllathi ingey n story vvvvvvvvvvvvvv nice…N naju hama v rangalhu.. Wht abt u?

    1. Ifoo ifoo says:
      June 30, 2018 at 10:05 am

      Alhamdhulillah ifoo hama v ragalhu ???… V ufaavehje Naju vx ragalhu veema ???… Ifaan kohli kameh ingeyne next part inn ???… Let’s see dhw vaagotheh ???… Thankyou so much Naju story feshuneehsurevx ifoo ah thidhey support ah ❤️❤️❤️???????????????… Naju akee vx ifoo ge one of the best reader ey buneveynee ???❤️❤️❤️… V v v ufaavehje ???… Thankyou so much dear ❤️❤️❤️…

  9. Shery says:
    June 27, 2018 at 10:23 pm

    ??mash Allah mi story feshuninsuren feshigen mikiyaalee it’s soo nice. Varah interesting good luck wish you all the best waiting for the next part

    1. Ifoo ifoo says:
      June 30, 2018 at 10:07 am

      Shery ❤️❤️❤️… Thankyou so much dear ❤️❤️❤️???????????????… V v v ufaavehje new reader eh libunyma ???… Hope to see ur comment more often ???… Once again thankyou so much dear ❤️❤️❤️????????????…

  10. Nunnu says:
    June 27, 2018 at 11:06 pm

    alhey rifoo ves dhen ifaan hadhaa gothah ifaan thalhuvaa leema vv reethi
    naureen loabi vane yuhaan dheke dho
    kon irkun baa shauna men gulheny
    when next part
    vvv reethi mi part nes

    1. Ifoo ifoo says:
      June 30, 2018 at 10:53 am

      Heheh ???.. Rifoo vx vaane ehnu ifaan thalhuvaalan ???… Dhw… Naureen dhw… Vedhaane hama thihen vx… Shau menn gulhen vx dhn maa dhigu inthizaareh kuraakah nujeheyne ???… Thankyou so much Nunnu ??????❤️❤️❤️?????????… V v ufaavey knme parteh gavx Nunnu ge comment fennaathy ???… Next part ifoo yesterday evening ga submit kohlaifinn bt still not published ???… Keep waiting dear ???…

  11. Afaa says:
    June 28, 2018 at 8:41 am

    Ifu Hama saabas dhen. ????Mi part ves hama obiness to the max. ????❤❤??????Vv reethi❤❤????Masha Allah ??????

    1. Ifoo ifoo says:
      June 30, 2018 at 10:59 am

      Afaa ❤️❤️❤️… Haadha loabi loabi colourful comment ekey ❤️❤️❤️???????????????… Thankyou so much dear ❤️❤️❤️???????????????… V v v ufaavehje ???…

  12. Black Beauty says:
    June 28, 2018 at 9:27 am

    vvv reethi

    1. Ifoo ifoo says:
      June 30, 2018 at 11:02 am

      Thankyou so much Black beauty ❤️❤️❤️???????????????…

  13. Livy says:
    June 28, 2018 at 12:22 pm

    Hello ifooo ! Haadha dhuvaheh fahunney ifoo ge story mi fenuny.. Livy ulhen jeheyleh busy kamun mi dhiya part ah ves comment eh nukohlevuny varah bodah sorry ingey ?? varah varah reethi.. Varah ufaa vejje finally yoon and ailee gulhunyma ? ?? and love the way you are going on with the story ? pleaase next part ves avahah up kollahchey.. Love you ! ???????

    1. Ifoo ifoo says:
      June 30, 2018 at 11:23 am

      Hello Livy ❤️❤️❤️????????????… Yahh… Dhuvaskolhakah fahu story mi genesdhevuny ???… It’s ok dear ???… Ehaa bxy koh ulhemunvx story kiyaalaafa comment eh kohlyma v v v v ufaavehje ??????❤️❤️❤️???… Thankyou so much dear ❤️❤️❤️???????????????… To be honest ifoo ah enme bodu eh supporteh libeny Livy ge faraathun ???❤️❤️❤️???… V v v ufaavehje ifoo story gendhaa goi livy ah kamudhiyaima ??????… Ifoo next part yesterday evening ga submit kohlaifinn bt still not published ???… Keep waiting dear ???… Love you too Livy ❤️❤️❤️???????????????…

  14. Maly says:
    June 28, 2018 at 4:36 pm

    Varah reethi…
    Naureen beynun vaany yoon aa merry kuranhen haadha heeve ey… n yoon dad ves beynunvaany e goyi kanneyge… I guess

    1. kama says:
      June 28, 2018 at 8:42 pm

      asluves dhw mashahves heevany thihen…

    2. Aish says:
      June 28, 2018 at 8:46 pm

      Aan thihen vedhaane

    3. Ifoo ifoo says:
      June 30, 2018 at 11:29 am

      It’s possible hama ???… Let’s see dhw vaagotheh ???… Thankyou so much Maly ❤️❤️❤️??????????????????…

    4. Ifoo ifoo says:
      June 30, 2018 at 11:54 am

      It’s possible hama ???… Let’s see dhw vaagotheh ???… Thankyou so much Maly ❤️❤️❤️?????????????…

    5. Ifoo ifoo says:
      June 30, 2018 at 11:55 am

      It’s possible hama ???…

  15. Mal says:
    June 29, 2018 at 3:37 pm

    Wow…. Varah varah reethi…. Waiting for next part…… Thanks ilfoo mihaa reethi koh story genes dheythii

    1. Ifoo ifoo says:
      June 30, 2018 at 12:50 pm

      Mal ❤️❤️❤️… Thankyou so much dear ❤️❤️❤️???????????????… V v v ufaavehje Mal ah story reethi v ma ❤️❤️❤️??????…

  16. riyaa says:
    July 2, 2018 at 2:30 pm

    wow!!!! ifoo mi vaahaka kee gadyga hama image vx v masha allah

Comments are closed.


All Right Reserved!