Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެ ވަޢުދު (12) ފުރަތަމަ ބައި

Nanni Level 210 Stories100 Comments100 Login
June 28, 2018 2 Mins Read
25 Comments

ރޭގަނޑުގެ ވަގުތެވެ. އަމީމާއި އޭނާގެ މައިންބަފައިން ދިޔައީ އަމްނާއާއި ބައްދަލުކުރަން ދިއުމަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. ޒަރީރާއި މަރީނާގެ ތުންފަތްމަތިން ނުފިލާ ހިނިތުންވުމެއް ހުރި ނަމަވެސް އަމީމްގެ މޫނު މަތިން ފެންނަނީ ނުތަނަވަސް ކަމެވެ. ހާސް ކަމެވެ. ހިތުގައި އެތައް ސުވާލުތަކެއް އެނބުރެމުން ދިޔައެވެ. އަމްނާގެ ޙަޤީޤަތް އިނގުމަށްފަހުގަ ވެސް މި ކައިވެންޏަށް މައިންބަފައިން ރުހޭނެ ބާއެވެ؟ ބައްޕަމެން ފަދައިން މުއްސަނދި ކުއްޖަކާއި އަމީމު އިނުމަކީ އެދެމަފިރިން އަބަދުވެސް ދައްކާ ވާހަކައެކެވެ. މައިންބަފައިންވެސް ބޭނުމެވެ. އަމްނާވެސް ބޭނުމެވެ. ދެފަރާތުން ކުރެ އެއްފަރާތް އިޚުތިޔާރު ކުރަން ޖެހިއްޖެ ނަމަ އަމީމް އިޚުތިޔާރު ކުރާނީ ކާކު ހެއްޔެވެ؟

ދުވަސްތައް ހަލުވިކަމާއި އެކު ފާއިތުވަމުން ގޮސް ދެހަފްތާ ވޭތވުވެގެން ދިޔައީ އިންސާނެއްގެ ބާރަކާއި ނުލައެވެ. އެއްބައެއްގެ ޙަޔާތުގައި އުފާވެރި އުޖާލާ ސަފްޙާއެއް ހުޅުވަމުންނެވެ. އަދި އަނެއްބައެއްގެ ޙަޔާތުގެ އުފާވެރި ސަފްޙާގައި ހުޅު ޖަހަމުންނެވެ. އެތައް ބަޔަކު ދުނިޔެއިން ނެތިކޮށް އެތައް ބަޔަކު ދުނިޔެއަށް އުފަންކުރަމުންނެވެ.

ހުކުރު ދުވަހުގެ ހަވީރެވެ. ޤާޒީ ދުޢާކިޔަން ފެށުމާއި އެކު މުޅިތަނަށް ވެރިވީ ހަމަ ހިމޭންކަމެވެ. އެންމެންގެ އަތްތައް ވަނީ އަމީމާއި އަމީމްގެ އަނބިމީހާއަށްޓަކައި އުފުލިފައެވެ. ” އަނބި ޤަބޫލު.” ދުޢާކޮށްނިމުމަށްފަހު ޤާޒީ ކުރި ސުވާލަށް އަމީމްގެ ފަރާތުން ލިބުނު ޖަވާބާއި އެކު އެންމެން އަތް ތިލަ ބަޑި ޖަހާ އެކަކު އަނެކަކާ ކޮނޑާއި ކޮނޑު ޖައްސައި ސަލާން ގަލާން ކުރަމުން ދިޔައީ އުފަލުންނެވެ. އަމީމްގެ އަނބިމީހާގެ ހިތުގައި ތަފާތު ޝުއޫރު ތަކެއް ދައުރު ވަމުން ދިޔައެވެ. މިއަދަށްފަހު އޭނާއަކީ އަމީމްގެ ޙަލާލު އަނބި މީހާއެވެ. އަލަތު ލޯބވެރިޔާއާއި ކައިވެނި ކުރެވުމުން ވާން ވީ އުފާ ކަމެއް ނޫނީ ދެރަ ކަމެއްވެސް ނޭނގިފައި އަމީމްގެ މޫނު މައްޗަށް ބަލަމުން ދިޔައެވެ. ވަގުތަކީ އަމީމްވެސް ބަލާލި ވަގުތު ކަމުން ދެމީހުންގެވެސް ހަތަރު ކަޅި ހަމަ ވުމުން އަމީމް ހިނިތުންވުމަކުން ފުއްދާލީ ވަގުތާއި ޙާލަތުގެ ގޮތުންނެވެ. އެއާއި އެކު އޭނާވެސް ހިނިތުންވެލައި އިސްޖަހާލީ ކޮލަށް ޖަންބު ކުލަ ވެރިވުމުންނެވެ. ނިޤާބްގެ ޒަރިއްޔާއިން މޫނު ފޮރުވިފައިވާކަމީ އޭނާގެ ނަސީބެވެ.

ދަރުބާރުގޭގައި ބޭއްވުމަށް ހަމަ ޖެހިފައިވި ކައިވެނީގެ ޙަފްލާއަށް ހާޒިރުވެ ތިބި އެންމެހާ މެހެމާނުންގެ ސަމާލުކަންވެސް ދަމައިގަތީ ދަރުބޭރެގޭގެ ދޮރުމައްޗަށް ހުއްޓާލި ހުދު ކުލައިގެ ކާރުން ފޭބި ދެމަފިރިންނަށެވެ. އަލަތު ކައިވެނި ކުރެވުނު ދެމަފިރިންނަށެވެ. ރަތްކުލައިގެ އެސް ތަކަކުން މޭމަތި ފަޅުފިލުވާލެވިފައިވި ހުދު ކުލައިގެ ގަޔަށްދޫ ވެޑިންގް ޑްރެސްގައި އަމްނާ ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. އަޅާފައިވާ ލޭރަތް ކުލައިގެ ޝޯލްއާއި ހަމަ އެކުލައިގެ މޫނު ފޮތިކޮޅު އިތުރަށް ފުރިހަމަކޮށްދެނީ ބޮލުގެ އެއްފަޅީގައި ހަރުކުރެވިފައިވީ ހުދު ކުލައިގެ ފިނިފެންމާތަކުންނެވެ. ރަތާއި ހުދުކުލައިގެ ފިނިފެންމަލުގެ ގުލްދަސްތާއެއް ކަނާ އަތުގައިވީއިރު އަނެއް އަތުން ފިރިމީހާގެ އަތުގައި ހިފައިގެން ހިނގާލާފައި ދިޔައިރު ޝޯލްގައި ހަރުކުރެވިފައިވާ ރަތް ކުލައިގެ ވެއިލް ބިމުގައި ކޮންމެވެސް ވަރަކަށް ހޭކެމުން ދިއުމުން ޝާހީ ގޮތެއް ހުއްޓެވެ. އަމީމްގެ މައިންބަފައިންނަށް އަލަތު ކައިވެނި ކުރި އަމްނާގެ ދެމަފިރިން ފެނި ހިނިތުންވެލެވުނީ ބޭއިޚުތިޔާރުގައެވެ. މެހެމާނުންނާއި ސަލާން ކުރަމުން ދިޔަ އަމްނާގެ މޫނު މަތިން ނުތަނަވަސްކަން ފާޅުވީ އަމީމްގެ މައިންބަފައިން އައިސް ސަލާމަށް އަތްދިއްކުރުމަށްފަހު މަރުޙަބާ ކިޔުމުންނެވެ. އެހެންނަމަވެސް އެކަން މޫނު މަތިން ނުދައްކާ ގަދަ ކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. މޫނު އަޅައިގެން ހުރިކަންވެސް އެއީ އޭނާގެ ނަސީބެވެ. އެހެންނޫންނަމަ އެތައް ބައެއްގެ ކުރިމަތީގައި އޭނާ ބޭޒާރުވީހެވެ.

ދަރުބާރުގޭގައި މިރޭ އޮތް ހާއްސަ ކައިވެނީގެ ޙަފްލާއަށް އެސަރަހައްދު ވަނީ ވަރަށް ފުރިހަމައަށް ޒީނަތް ތެރިކޮށްލާފައެވެ. ހުދު ކުލައިގެ ލޭސްފޮތިން ތަން ޖަރީކޮށްފައިވީ އިރު ރަތް ފިނިފެނަމާތަކުން އެފޮތިތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވެއެވެ. ގަސްތަކާއި ޕޮޓުތައް ވަނީ ހުދާއި ރަތް ކުލައިގެ ލެޑް ލައިޓުތަކުން ފަވާލެވިފައެވެ. އެހެންކަމުން މުޅި މާޙާއުލަށްވެސް ވަނީ ރަތް އަތްޔެއް ވެރިވެފައެވެ. އިޝްޤީ ގޮތަކަށެވެ. އަލަތު ކައިވެނި ކުރެވޭ ދެމަފިރިން ތިބެން ޙާއްސަ ކޮށްފައިވާ ތަންވެސް އެހާމެ ފުރިހަމައެވެ. ރަތާއި ހުދު ކުލައިގެ ފިނިފެންމަލުން ފުރާލާފައި ވުމުން މާމެލާމެލީގެ ދާނަކާ ވަކި ތަފާތެއްވެސް ނެތެވެ. އެތައް ބަޔަކު ދިޔައީ ޒިޔާރަތްކުރަމުންނެވެ. އަލަތު ކައިވެނި ކުރި ދެމަފިރިންނަށް މަރުހަބާ ކިއުމަށެވެ. އަމީމްގެ ދެމަފިރިންނާއި ސަލާން ގަލާން ކުރުމަށެވެ. މިރެއަކީ އަމީމްގެ މުޅި ޙަޔާތް ބަދަލުކޮށްލި ރެއެކެވެ. ކައިރީ ހުރީ އޭނާގެ ޙަލާލު އަނބިމީހާއެވެ. އޭނާގެ މައިންބަފައިންގެ ތުންފަތްމަތީ ނުފިލާ ހިނިތުންވުމެއް ވީ ނަމަވެސް އޭނާ ހުރީ ހިނިތުންވުމެއްވެސް ވާން ނޭނގިފައެވެ. މިރެއަކީ އޭނާގެ ހަނދާނުން ދުވަހަކުވެސް ފުހެނުލެވޭނެ ވަރުގެ ރެއެކެވެ.

“މަރުޙަބާ ޝޫރާ!”

ނޯޓު: މި ޕާރޓް މިއީ އަޅުގަނޑުގެ ބެސްޓް ފްރެންޑަށް ޑެޑިކޭޓް ކޮށްލާފަ އިން ޕާރޓެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

ަަަަަަްއާބިދާގެ ލޯބި

Next

ބިންނަން އެދޭ މާ

Next
June 29, 2018

ބިންނަން އެދޭ މާ

Previews
June 28, 2018

ަަަަަަްއާބިދާގެ ލޯބި

25 Comments!

  1. unique says:
    June 28, 2018 at 6:58 pm

    adhikiriyaa tha mifeshy???? nanni

    1. Nanni says:
      June 28, 2018 at 8:15 pm

      Nah… Thts 12 vana part ge 1 vana bae…hehehehe..

  2. Amee says:
    June 28, 2018 at 7:02 pm

    Vrh vrh reethi…masha allah………

    1. Amee says:
      June 28, 2018 at 7:04 pm

      Adi kiriyaatha mifesheny??????

    2. Nanni says:
      June 28, 2018 at 8:16 pm

      Awwn. vrh ufaavejje dear ah vhk akmudhiyaiima…….

    3. Nanni says:
      June 28, 2018 at 8:16 pm

      Noooney dear…

  3. unique says:
    June 28, 2018 at 7:07 pm

    seriously dedicated to ur best frnd great………. heheh anyways it was nice but i guess it wasn’t amna i dont even knw wat to guess

    1. Nanni says:
      June 28, 2018 at 8:18 pm

      Heheheheh yeah…. hingaa dhw balamaa dhn vaane gotheh.. surprising dhw… Thn Q alot dear… vrh ufaavejje vhk reethi vma unique ah….

  4. Jinn says:
    June 28, 2018 at 8:25 pm

    Really? Amna got married? Where is Haathib?

  5. kitty says:
    June 28, 2018 at 8:33 pm

    wow. story is owsm.. whn is nxt part???

    1. Nanni says:
      June 28, 2018 at 8:46 pm

      Maadhan next part… insha allah…..

  6. Aany says:
    June 28, 2018 at 9:14 pm

    I am confused v ehgotheh ves neygunu?
    aneh part dhn kiyaalyma faharehga igidhaane ?
    waitin waitin??

    1. Nanni says:
      June 28, 2018 at 9:23 pm

      Heheheh yh next part in olhun filaane many doubts…. Mi part nanni hama confuse kolly… hehheh.. hingaa dhw dhn balamaa vaa gotheh…

  7. Reader says:
    June 28, 2018 at 9:39 pm

    v rythi mi part vx.. when is next part nanni????
    nanni i have a request.. thankolheh dhigu koh up kolla dhehchey next part..

    1. Nanni says:
      June 29, 2018 at 12:07 am

      Yh readers buni gotheh hama… Thn Q alot… m soo happy….

  8. Naju says:
    June 28, 2018 at 9:44 pm

    Masha Allah v rythi mi partvx

    1. Nanni says:
      June 29, 2018 at 12:08 am

      WOW. Thn Q dear… vrh ufaavejje vhk kamudhiyaeema…

  9. Naju says:
    June 28, 2018 at 9:49 pm

    Ummeedhu kuran vaahaka nimen dhn kiyaalan libeynekamah aslu mihen mibuny mi sitege v gina story tha naju kiyaifin bt v gina story ebahuri mihaaru huhtifa veegotheh ingeny ki noon writers bunelyma dhw ingeyny readers ah lasvaa sababu….

    1. Nanni says:
      June 29, 2018 at 12:09 am

      Yeah i will nt let tht happen dear… i wont let u guys feel bad… heheh…

  10. unique says:
    June 28, 2018 at 11:07 pm

    unique innaane reply koffa mail ah

    1. Nanni says:
      June 29, 2018 at 12:09 am

      mmmhmmm i replied…

  11. Roxy says:
    June 28, 2018 at 11:09 pm

    My bstie ?? im sooooo hpy eyy mi prt hma vvvvv lwbi dearie ?? awwn hw sweet of u nannniii jst lv u buddy wnt leave ur side evr ?????

    1. Nanni says:
      June 29, 2018 at 12:11 am

      Awwwn… m soo happy too ey frndoo…. i knw tht u wont leave my side ever. never ever… heheheh… n yh m super super excited cx u luved mi part vx… ly…. 🙂 😀 :-*

  12. Moooni says:
    June 29, 2018 at 2:29 pm

    Vv rythi vaahaka…. waiting for the next part☺

    1. Nanni says:
      July 1, 2018 at 7:32 pm

      Thn Q dear………

Comments are closed.

Next Episodeއެ ވަޢުދު (12) ދެވަނަބައި←


All Right Reserved!