Skip to content
އެސްފިޔަ

ޤުރުބާން

ޢެއީ އެދުވަހެވެ.އަހަރެން ގެ ހިތް ފުޑުފުޑު ވި ދުވަހެވެ.ކުރިހާ ހުރިހާ އުންމީދުތަށް ފެނަށް ވި ދުވަހެވެ.އެ ލޯބި ހޯދަން ކުރިދަތުރު ނާކާމިޔާބު ވި ދުވަހެވެ.އަހަރެން ގެ ހިތުން އެ ލޯބި ފަޑުވާނެ ހެއްޔެވެ.
އެއީ މީގެ 7 އަހަރު ކުރިއެވެ.އަހަރެން ގުރޭޑް 9 ގައި އުޅުނު އަހަރެވެ.އަހަރެން ނާއި އަހަރެން ގެ އެންމެ ގާތް އެކުވެރިޔާ އަކީ އެކަކު އަނެކަކު ވަރަށް ރަގަޅަށް ހިތުދަސްކޮށް ފައިވާ ދެމީހުންނެވެ.ނަމަވެސް އަހަރެމެން ދެމީހުން އަކީ ދުވަހަކުވެސް ލޯބީގެ ވާހަކަތަށް އެކަކު އަނެކަކަށް ހިއްސާކުރި ދެމީހުން އި ނޫނެވެ.
އާދައިގެ މަތިން މިއަދުވެސް އަހަރެން ސުކޫލަށް ދާން ގެއިން ނުކުއިން އިރު ކިޔާން އަހަރެންގެ އިންތިޒާރުގައި ގޭ ދޮރުމަތީ މުގޯލި އަޅައަޅާ ހުއްޓެވެ.”ޔޫން……ހާދަ ލަސްވީ މިއަދުވީ..އަންހެނަކަށް ވުރެކަން ތަށް ފަލަ ވިއްޔަ”ކިޔާން ހީވަނީ އަހަރެން ނުކުންނާނެ އިރެއް ގެ އިންތިޒާރުގައި ހުރި ހެންނެވެ.ކިޔާން އަހަރެންގެ ކައިރިޔަށް އައިސް އަހަރެން ގެ ކޮނޑަށް އަތް ވައްޓާލަމުން ކުރިޔަށް ހިނގައިގަތެވެ.
“ނޫނޭ….އެވީ ގޮތަކީ މިއަދު މީޝް ފާހާނަޔަށް ވަން ގޮތަށް ނުނުކުމެ ގެން ލަސްވީ…”އަހަރެން ހީލާފައި ކިޔަން ގެ ބޮލުގައި މަޑު މަޑުން ޖަހައިލީމެވެ.އަހަރެން ކުރިޔަށް ހިނގަމުން ދިޔައިރު އަހަންނަށް ވިސްނެނީ ސަދާ އާއި ދޭތެރޭގައެވެ.ސަދާ އަށް ލޯބި ހުޝައަޅާނެ ގޮތަކާއި މެދުގައެވެ.
“އޭ…ޔޫން އަދި އެބައޮތް ވަރަށް ބޮޑު ވާހަކަ އެތް…އެކަމް ފަހުން ބުނާނަން…”އަހަރެން ނަށް ހިޔާލީ ދުނިޔެ އިން ނުކުމެވުނީ ކިޔާން ވާހަކަ ދައްކަން ފެށި އަޑަށެވެ.
“އަނެއްކާ ކޮން ވާހަކަ އެތް ތަ….ޓެލްމީ ނައު”އަހަރެން ކިޔަން އާއި ދިމާ އަށް ބަލައިލަމުން ހިނިތުންވެލީމެވެ.ކިޔާން ޖަވާބު ދޭން އަނގަ ހުޅުވައިލި ވަގުތު ބެލް ވެސް ޖެހީއެވެ.އެހެން ކަމުން ކިޔާން އާއި އަހަރެން އިތުރަށް މަޑު ނުކޮއް ގޮސް ސުކޫލްގެ ގޭޓުން އެތެރެއަށް ވަނީމެވެ.ހިސާބުން ކިޔަން މިސްރާބު ޖެހީ ކިޔާން ގެ ކުލާހާއި ދިމާއަށެވެ.އަހަރެން ވެސް އަވަސް އަރުވާލާފައި އަނެތް ފަރާތަށް އެބުރުނު ގަޑީގައި އަންހެން ކުއްޖެއްގެ ގައިގައި ލައިގަތެވެ.އެ ވަގުތު އެ އަންހެން ކުއްޖާ ގެ އަތުގައި ހުރި ފޮތްތަށް ވޯކްވޭ މައްޗަށް ވެރުނެވެ.އަހަންނަށް ލަސްވެ ފަހުރި ކަމުގައި ވިޔަސް އެ ކުއްޖާގެ ފޮތްތަށް ނަގަން އެހީވުމަށްޓަކައި ތިރިވީމެވެ.އޭރު އެ އަންހެން ކުއްޖާ ވެސް އިސް ޖަހައިގެން ހުރެ ފޮތްތަށް ނަގަމުން ދިޔައެވެ.އަހަރެން އިސްޖަހައިގެން އިނގެ ފޮތްތަށް ނަގައިގެން ތެދުވީމެވެ.އޭރު އެއަންހެން ކުއްޖާ ވެސް ތެދުވަނީ އެވެ.އެހެން ގޮތަކުން ބުނާނަމަ ތެދުވެވުނީ ދެމީހުން ނަށް އެތް ކޮންނެވެ.އެވަގުތު ދެމީހުންގެ ބޯވެސް އެކަކު އަނެކަކު ބޮލުގައި ޖެހުނެވެ.ތަދުވި ވަރުން އަހަންނަށް “އާހް”އޭ ބުނެވުނެވެ.އެ ކުއްޖާގެ އަނގައިން ނިކުތީ “އައުޗް”އެވެ.އެވަގުތު އަހަރެން ސޮރީ އޭ ބުނެލުނަށް ފަހު ފޮތްތަށް ދޭން ވެގެން އިސްއުފުލާލީމެވެ.އެވަގުތު އަހަރެނެ ގެ ހިތް ހުއްޓުނު ކަހަލައެވެ.އެއީ ސަދާއެވެ.އަހަރެންގެ ހިތުގެ ވެރިޔާއެވެ.އަހަރެން އެންމެ ލޯބިވާ މަލެވެ.އެވަގުތު އެ އަންހެން ކުއްޖާ އަހަންނާއި ހަތަރު ކަޅި ހަމަ ކޮއްލިއެވެ.
“ސޮރީ…އަހަރެން ނަށް ވެސް ސަމާލުކަން ދޭން ވާވަރަށް ވުދެވުނީ..އެހެން ވެ މިހެން މިވީ”ސަދާ ހިނިތުން ވެލަމުން އެހެން ބުނެލަމުން ހިނގައި ގަތެވެ.ސަދާ ގޮސް ގެއްލެން ދެން އަހަންނަށް އޭނައާއި ދިމާ ބަލަން ހުރެވުނެ.އަހަރެން ސިހުނީ ބެލް ޖެހި އަޑަށެވެ.
“ޝިޓް…އެޖެހުނީ ގަޑި…ދެން ޖެހޭނީ އަނެތްކާ އޮފީހަށް ދާން….”އަހަރެން އެހެން ހިތަށް އެރުމާއި އެކު ކުޑަކޮން ދުވެލާ ފައި ގޮސް ސުކޫލް އޮފީހަށް ވަނީ މެވެ.އަދި ގަޑި ޖެހުނު ކަމުގެ ނޯޓް ކޮޅުހިފައިގެން ގޮސް ކުލާހަށް ވަނީމެވެ.އޭރު ކުލާހުގައި ކިޔަވާ ދެމުން ދެއެވެ.އަހަރެން ޓީޗަރު ކައިރިން ހުއްދަ ހޯދުމަށް ފަހު ކުލާހަށް ވަނީމެވެ.ގޮނޑީގައި ހަމަ ޖެހި ލުމަށް ފަހު ފުންނޭވާއެތް ލީމެވެ.އެވަގުތު ކުލާސް ކުދިން ގެ ނަޒަރު އަހަރެން ނަށް ހުއްޓިފަ ހުރިހެން ހެން ހީވުމުން އަހަރެން ބަލައިލީމެވެ.އޭރު ހުރިހާ އެންމެން އަހަންނަށް ބަލަން ތިބިތަން ފެނުމުން އަހަރެން ގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ.އެވަގުތު ޓީޗަރު އައިސް އަހަރެން ގާތަށް ހުއްޓި އަތް ދިއްކޮއްލިއެވެ.ވީގޮތް އަހަންނަށް އޮޅުން ފިލީ އިރުކޯޅެއް ފަހުން ނެވެ.ވަގުތުން ޖީބުގަ އޮތް ގަނޑު ކޮޅުނަދައި ޓީޗަރު އަތަށް ދިއްކޮއްލީމެވެ.
ގަޑިއަކަށް ފަހު ގަޑިއެތް ނިމެމުން ގޮސް ގެއަށް ދާ ގަޑިގެހިއްޖެއެވެ.ބެލް ޖެހުމާއި އެކު އަހަރެން ކުލާހުން ނިކުމެ މަޑު ހިނގު މެއްގައި ގޭޓް އާއި ދިމާއަށް ދާންފެށީމެވެ.އިރު ކޮޅަކުން މީހަކު އައިސް ފަހަތުން ކޮނޑުގައި އެލިގަތެވެ.އެވަގުތު އަހަރެން ގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.އެއީ ކިޔާން ނޫން އެހެން މީހަކަށް ނުވާނެކަން އިނގޭތީއެވެ.
“ބުރޯ…ހާދަ ހެވިފަ..”ކިޔާން އަށް އަހަރެން ފެނުމާއި އެކު އެހެން އަހައިލިއެވެ.އެއާއެކު އަހަރެން ކަމެއް ނުވާ ކަމަށް ބުނީމެވެ.
“ކޮބާތަ މިއަދު ބުނަން އުޅުނު ވާހަކަ”އަހަރެން ކިޔާން އާއި ސުވާލު ކޮއްލީ ޖަވާބު ބޭނުން ވެފަ ހުރި ވަރުން ނެވެ.
“އުމްމްމް…ހަވީރު ބުނާނަން..މިއަދު ހިނގާބަލަ ބީޗް އަށް ދާން…ކިޔާދޭނަން ގޮއްސަ…އޯކޭ ނު”ކިޔާން އެހެން ބުނެލުމުން އަހަރެން ވެސް އޯކޭ އޭ ބުނެލުމަށް ފަހު ގެއަށް ދާން ހިނގައި ގަތީމެވެ.އަހަރެން ގޮސް ގެއަށް ވަންއިރު މަންމަ ސޯފާގައި އިންތަން ފެނުނެވެ.އަހަރެން ގޮސް ގެއަށް ވަނުމާއި އެކު މަންމަ ކާން ހަދާފަ ހުންނާނެ ކަމަށް ބުންޏެވެ.އަހަރެން މަންމަ އަށް ހިނިތުން ވުމެއް ދިނުމަށް ފަހު ގޮސް އަހަރެން ގެ ކޮޓަރިއަށްވަނީމެވެ.އަދި ދަބަސް އެތާހުރި މޭޒު މަތީ ބޭއްވުމަށް ފަހު ލައިގެން ހުރި ގަމީސް ބޭލީމެވެ.ގަމީސް ކޮނޑުގައި އަޅުވާލާފައި އަހަރެން ތުވާލި ހިފައިގެން ފާހާނައަށް ވަނީ ފެންވަރާ ލުމުގެ ނިޔަތުގައެވެ.ފެންވަރައިގެން އައިސް ނަމާދު ކޮއްލައިގެން އަހަރެން ކާބަޔަށް ދިޔައީމެވެ.އޭރު މީޝް ވެސް ކާން އައިސް ވަންނަނީއެވެ.އަހަރެން އަތް ދޮވެލައިގެން އައިސް ގޮނޑީގައި އިށީންދެލީ މެވެ.
ކައިނިމިގެން ގޮސް އަހަރެން އެނދުގައި ޖައްސައިލީ އަރާމު ކޮއްލުމުގެ ބޭނުމުގައެވެ.އޭރު އަހަރެން ސިކުޑީގައި އެނބުރެމުން ދިޔައީ ސަދާ ގެ ހިޔާލު ތަކެވެ.އެހެން އޮށްވާ އަހަރެން ގެ އެސްފިޔަ ތަކަށް ބަރުވަމުން ގޮސް މަޑުމަޑުން ދެލޯމެރުނެވެ.އަހަންނަށް ފުންމާފައި ތެދުވެވުނީ މީހަކު ދޮރުގައި ތަޅާއަޑަށެވެ.ތެދުވެ ގޮސް ދޮރު ހުޅުވީ މީޝް ކަމަށް ހީކޮށެވެ.ނަމަވެސް ދޮރުމަރީގައި ހުރި ކިޔާން ފެނުމުން އަހަރެން ގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ.
“ބްރޯ….ނިދަނީ…ވާރަނގަޅު…ހިނގާ ދާން…ބަންގި ގޮވައިފި…ނަމާދު ކޮއްގެން ދާނީ..އަވަސް އިނގޭ…ޖަމާއަތަށް ގޮވާފާނެ”ކިޔާން އައިސް ގޮވުމުން އަހަރެން އަވަސް ފާހާނައަށް ވަދެ އަވަސް ކޮއްލައިގެން ނިކުމެ ނަމާދަށް ދާން މިސްރާބް ޖެހީމެވެ.ނަމާދު ކޮއްލައިގެން އަހަރެމެން ދެމީހުން ވެސް މިސްރާބް ޖެހީ އަތިރި މައްޗާއި ދިމާއަށެވެ.
“ސޯ ދެން ކިޔާދޭން ވީނު….ވަރަށް ކިއުރިއަސް…”އަހަރެން އަތިރިމަށްޗަށް ގޮސް އެތާހުރި ރުއްބުޑެއް މަތީ އިށީންނަމުން އަހަރެން ބުނީމެވެ.
“މީދޯ….އަހަރެމެން ދެމީހުން މީ އެތްވެސް ޒަމާނެތްގާ ލޯބީގެ ވާހަކަ ދެއްކި ދެމީހުން ނެތް ނޫން ދޯ….އެކަމް އިނގޭތަ….އަހަންނަށް ހީވަނީ އަހަރެންނަށް ކުއަޖަކު ދެކެ ލޯބިވެވިއްޖެހެން…”ކިޔާން ވަރަށް ފުން ނޭވާއެތް ވާފައި އަހަންނަށް ވެގެން އުޅޭގޮތް ކިޔާ ދިނެވެ.އެވަގުތު އަހަރެން ގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ.
“ކާކު ތަ..”އަހަރެން ހަމަޖެހިލަމުން އެހެން ބުނީމެވެ…އަހަންނަށް ނޭންގުނީ ކިޔާން ބުނާނަމެއްގެ ސަބަބުން އަހަރެންގެ ހިތް ހަލާކުވާނެވަރެވެ.
“އުމްމްމްމް…..ސަދާ”ކިޔާން އެހެން ބުނުމާއިއެކު އަހަރެން ނަށް ހީވީ އަހަރެން ގެ ހިތް ހުއްޓުނު ހެންނެވެ.
“ވަޓް…..”އަހަންނަށް އެހެން ބުނެވުނީ ލިބިފައިހުރި ޝޮކުންނެވެ.އަހަންނަށް ކިޔާން ބުނަން އުޅުނު ވާހަކަ އިނގޭނަމަ އަހަރެން މިތަނަށް ނުވެސްއައީމުހެވެ.
“އޯ…ރައްޓެހި ވެގެން ތަ އުޅެނީ…”އަހަރެން ހާސްކަން ކަނޑުވަމުން ހަމަޖެހޭ ގޮތް ދެއްކީމެވެ.އެއާއެކު ކިޔާން ދެފަރާތަށް ބޯހޫރާ ލިއެވެ.ނަސީބު ދިމާކުރި ގޮތުން މާގިނައިރު އެތާ ތިބޭކަށް ވެސް ނުޖެހުނެވެ.ކިޔާން ގެ މަންމަ ގުޅުމުން ކިޔާން ގެޔަށް ދާން ޖެހުނީއެވެ.
ގެއަށް ގޮސް އަހަރެން ދިޔައީ އަހަރެން ގެ ކޮޓަރިއާއި ދިމާއަށެވެ.ކޮޓަރިއަށް ވަދެ އަހަރެން ދޮރުޖަހާ ދޮރު ތަޅުލީމެވެ.އެއާއި އެކު އަހަރެން އަށް ދޮރު ބުޑަށް ތިރިވެވުނެވެ.ބޮލުގައި އަތް އަޅާލައި ގެން އިނދެ އަހަރެން ބޭނުން ހިތް ފުރޭވަރަށް ރޯލާށެވެ.މިއީ އަހަރެން ދުވަހަކުވެސް ވާނެކަމަށް އުންމީދު ކުރި ގޮތެއް ނޫނެވެ.އަހަންނަށް ކުރިން ސަދާ ކައިރީގައި އަހަރެން ލޯބިވާކަން ހާމަ ކޮށްދެވުނު ނަމައެވެ.ނަމަވެސް ނަމައަކު ކެއްކޭނެ ރިހައެތް ނޯންނާނޭ ބުނާތީ އަހަރެން އަޑުއަހަމެވެ.އިރު ކޮޅަކު އަހަރެން އެހެން އިނުމަށް ފަހު އިން ތަނުން ތެދުވީމެވެ.ތެދުވެ ހިނގާގަން ތަނާ މީހަކު ދޮރުގަ ޓަކިޖެހި އަޑު އިވުނެވެ.އަހަރެން ކަރުނަތަށް ފޮހެލާފައި ގޮސް ދޮރު ހުޅުވީމެވެ.ދޮރުމަތީ ހުރި އަންހެން ކުއްޖާ ފެނުމުން އަހަރެން އަށް ފުންނޭވާއެތް ލެވުނެވެ.އަހަރެން އޭނައަށް އެތެރެއަށް ވަންނަން ތަންދެއްކުމަށް ފަހު ކޮޓަރި ތެރެއަށް ހިނގާގަތީމެވެ.
“ނާކް މިގަޑީގަ…ކިހިނެތް ވީ..”އަހަރެން އެ ކުއްޖާ ގާތު އެހެން އަހައިލީ މާނޫން ގަޑިއެތް ގައި އައިމައެވެ.
“ވީ ގޮތަކީ އަހަރެން ފިހާރައަށް ގޮއްސައަންނަ ނިކޮން ފެނުނީ ޔޫން ދުންޖަހާފަ ގެޔަށް ވަންތަން….އެހެންވެ ކިހިނެތް ވީތޯ ބަލާލަން…”ނާކް އެހެން ބުނުމުން އަހަރެން ހީލާފައި ކަމެއްނުވާ ކަމަށް ބުނުމުން އޭނަ ދަނީކަމުގަބުނެ ދިޔައެވެ.
********ދެ އަހަރު ފަސް********
ވަރަށް ކެތް ކޮށް ފީމެވެ.މިހާރު އަހަރެން ގޮތެއްނިންމައި ފީމެވެ.އާއެކެވެ.ކިޔާން ކައިރީގައި އަހަރެން ސަދާދެކެ ލޯބިވާވާހަކަ ބުނާށެވެ.އަހަރެމެން ގެ އެކުވެރި ކަމަށް އެކަމުން އަސަރު ކުރާނެކަން އިނގި ހުރެއެވެ.ނަމަވެސް ކުރާނީ ކީއްހެއްޔެވެ.އަހަރެން އެކުވެރިޔާއަށް ޓަކައި އަހަރެންގެ ލޯބިވާ ކުއްޖާ ގުރުބާން ކޮއްފާނަމެވެ.
އަހަރެން މިއަދު އަތިރިމައްޗަށް ދިޔައީ އެކަންޏެވެ.ކިޔާން ކައިރީގައި އަންނާށޭ ބުނީމެވެ.އަހަރެންނަށް ސިހުން ލިބުނީ މީހަކު އަހަރެން ގެ ކޮޑުގައި ޖަހާލީމައެވެ.ފަހަތުގައި ހުރި ކިޔާން ފެނުމުން އަހަރެން އޭނަގާތު އިށީނަނަން ބުނީމެވެ.އޭނަ އިށީނުމާއި އެކު އަހަރެން ވާހަކަ ފެށީމެވެ.
“ކިޔާން…އަހަންނަށް…… އިނގޭ ކިޔާން…. ސަދާ ދެކެ ވަރަށް ލޯބި…ވާކަން….އެކަމަކު އަހަރެން……….ވެސް..ސ..ސަދާ ދެކެ….ވަރަށް ލޯބި…ވޭ…”އަހަރެން ނަށް ބުނެވުނީ އެހާހިސާބަށެވެ.
“ކަލޭ މޮޔަވީ ތަ….ކީކޭ ކިޔާނަމޭ ހިތާ ތިޔައުޅެނީ….”ކިޔާން ހީވީ އަހަރެން ކާލަން އުޅުނު ހެން ނެވެ.ނަމަވެސް އަހަރެން މަޑުން އިނީއެވެ.މިއީ ކުރިންވެސް ވާނެގޮތް ކަން އަހަންނަށް އިނގޭތީ އެވެ.
“އަ….”އަހަރެން އަނގައިން ބުނަން އަނގަ ހުޅުވާލި ވަގުތު ކިޔާން ދާން ހިނގާ ގަތެވެ.ބުނަން އޮތް އެންމެ ބޮޑު ވާހަކަ ނުބުނެ އޮށްވާ އޭނަ އެ ދިޔައީއެވެ.އަހަރެން އިރު ކޮޅަކު ވިސްނަން އިނދެފައި ފޯނުނަގައި ކިޔާން އަށް މެސެޖް އެތް ލިޔަން ފެށީމެވެ.
“ކިޔާން…އަހަރެން ދައްކާ ވާހަކައިގެ އެތްބައި އަހައިގެން ދިޔާމަ ވާނުވާ އޮޅުމެއް ނުފިލާނެ…ސޯ އަހަރެން ބުނެލަން އޮތީ…ޓޭކް ކެއަރ…ސަދާ ދެރަ ނުކުރާތި…އަހަރެން ކިޔާން އަށް ސަދާ ދީފިން…އަހަރެން މިދަނީ…މިރަށުން ވެސް….ޤައުމުން ވެސް…އަހަރެން އުންމީދު ކިޔާން އަހަރެން ނަށް މާފް ކުރާނެ ކަމަށް…ވަރަށް ސަލާން…އަބަދުވެސް އެކުވެރި…ޔޫން…”
********************
“ޑޭޑީ…މަންމި ބުނީ އަންނާ ށޯ…އަވަސް….ލަސްވަނީ….”އަހަރެން ސިއްސައިގެން ދިޔައީ އަހަރެން ގެ ހަތަރު އަހަރުގެ ދަރިފުޅުގެ އަޑަށެވެ.މިހާރު އަހަންނަކީ ދެކުދިންގެ ބައްޕަ އެކުވެ.މީހެއްގެ ފިރިއެކެވެ.އަހަރެން އަހަރެން ގެ ލޯބި ޤުރުބާން ކުރީ ލޯބިވާ އެކުވެރި އާޔަށް ޓަކައެވެ.މިހާރު ސަދާ އާއި ކިޔާން ވެސް އުޅެނީ ކައިވެނީ ކޮއްގެން ނެވެ.ލޯބި ލޯބި ކުއްޖެއް ވެސް ހުރެއެވެ.ކިޔާން އަހަރެން ނާއި ބައްދަލު ވީ ވަރަށް ފަހުން ނެވެ.އަހަރެން އޭރު ޤައުމުން ބޭރަށް ދިޔަ ގޮތަށް ޤައުމަށް އެބުރި އައީ މީހަކާ ވެސް އިނގެގެން ނެވެ.އޭރު އަހަރެން ރާއްޖެ އައިތަނާ ކިޔާން އާއި ދިމާވިއެވެ.ދެމީހުން ވެސް އެކަކު އަނެކަކަށް މާފް ދިނީމެވެ.އޭރު ކިޔާން ކިޔައި ދިން ގޮތުން ކިޔާން އާއި ސަދާ އުޅެނީ ކައިވެނި ކޮއްގެން ނެވެ.އަހަރެން ގެ އެތްވެސް މައްސަލައެތް ނެތެވެ.އިރާދަކުރެއްވިއްޔާއި އަހަން ނަށް ލިބިފައި މިހުރީ ރަނގަޅު އަނބެކެވެ.އަހަރެން އެކަމާއި ޝުކުރު ކުރަމެވެ.ނަމަވެސް ސަދާ ފެންނަ އިރަށް އަދިވެސް އަހަރެން ގެ ހިތުގައި ރިއްސާލައެވެ.އަދި ވެސް އަހަރެން ގެ މި ހިތުގައި ސަދާ އަށް ޓަކައި ލޯބިވެއެވެ.ނަމަވެސް އަހަރެން އެ ލޯބި ވަންހަނާ ކޮއްލުމަށް ފަހު އަހަރެން ގެ ދިރި އުޅުމާއިގެން ކުރިއަށް ދާން ނިންމީމެވެ.

ނިމުނީ…..

Comments (21)

  1. Maikaa

    salaam readers…miothyy Maikaa ge first short stry up kohlaafa…me Maikaa kurin liyelaafai oi stry eh…hope you guys will like it…n hurihaa readers ves vane mistake eh faahaga vaanama bunelan…

    1. Maikaa
      Maikaa

      and readers…mee hama true story eh..varah gina in mi mujutama uga ves higaa kameh…and Maikaa inaane last paragraph edt kohlaafa…hope u guys will like it…

  2. riya

    masha allah vraha reethiii

    1. Maikaa
      riya

      thank u so so much riya..varah happy vehje..mi comment fenifa..

  3. Riz

    Furathama kiyan. Dhen kiyaan ah vehjje.. nimunu iru aayan akah badhaluvehjje.. mithanun kon namehtha aslu yoon ge best friend ge namakee??? Vaahaka reethi ekm masha allah

    1. Maikaa
      Riz

      oh..thanks mistake buneleema..mihaaru inaane kiyan ge name kiyaan ah change kohfa..but Maikaa akah nufenunu aayan liyevifa in thaneh…but adi ves try kohlaanan feney tho..and varah happy vehje mistake bunela dhinema..thank u so much riz

  4. Twinkle?

    Stry v rythi bt stry ga riz bunihn kiyaan thr noony kiyan thr yoon ge besfrnd aky??? Dhn adhi eboih suvaaleh… yoon ge msg kiyaan ah libunyma fahun e dhemyhun ok vi thr???

    1. Maikaa
      Twinkle?

      its kiyaan….last paragraph kiyaa leema ingey ne..edt kohlaafa inaane…btw varah bodah thanks dear

  5. unique

    vvvv reethi its so emotional hihih

    1. Maikaa
      unique

      hehe…thanks so much dear…varah happy vehje thi comment fenunee ma…

  6. liyaa

    nice t
    ☺????

    1. Maikaa
      liyaa

      thanks dear…

  7. kitty

    vv reethi vaahakaeh.. mihaaru v nufennane ekahala frends.

  8. Nunnu

    Sad story
    Vv reethi
    MI Kahala ekuveriyaku madhuvaane
    Kiyaan eyna ah maaf kuritha
    Ey javaabeh nei suvaaleh
    Hehe
    Story vv reethi

    1. Maikaa
      Nunnu

      ya…varah sad dho mi v goi…mee hama true stry eh…n mihaaru inaanee stry edt kohlaafa…so last paragraph kiyaa leema igey ne fogive kurikameh ves…hehe…varah happy veje nunnu ge coomnt fenifa..thank you so much…

  9. unique

    aslu ves vv ginain dhimaavaa kameh sad life dhw………. heheh

    1. Maikaa
      unique

      hehe…ya..varah sad life eh dho mii dhn loabi nulibun…

  10. Livee

    Salhi

    1. Maikaa
      Livee

      thanks livee

  11. sharny

    varah varah varah nice.. keep up the good work. miss ya

  12. Zoe

    ???????????Awesome sis

Comments are closed.