Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯބިކަން 15

Maikaa Level 310 Stories100 Comments100 Login
June 25, 2018 4 Mins Read
15 Comments

“ހިނގާ ދާން”ހުދު ކުލައިގެ ފައިތިލލަ އާއި ހިސާބަށް އަރާ ދިގު މެކްސީ ހެދުމުގައި މާޔާ ފެންނަލަތް ނުހަނު ލޯތްބެވެ.އެ ދިގު އިސްތަށިގަނޑު މައްޗަށް ނަގައި އައްސާލާފައި އޮތުމުން ކުރިއަށްވުރެ މާޔާ ރީއްޗެވެ.މޭކަޕް ކޮއްލާފައި ވަނީ އެރީތިކަން ފަޑުނުވާނޭ ގޮތަކަށެވެ.ގޭގެ ދޮރުން ނިކުން އިރު ކަޅުކުލައިގެ ކާރެއް ގޭދޮރުމަތީ ގައި އޮތެވެ.ޔޫހާ ގޮސް އެކާރަށް އެރުމުން މާޔާ ވެސް ފަހަތުން ގޮސް އެރިއެވެ.އެކާރު ގޮސް މަޑު ކޮއްލީ ރަށުގެ ބޮޑުމަގު މިނޭ ހިސާބަށެވެ.އެއާއެކު ޔޫހާ ކާރުން ފޭބިއެވެ.ޔޫހާގެ ފަހަތުން ކިޔަމަންތެރި ކުޑަ ކުއްޖެއްހެން މާޔާ ވެސް ފޭބިއެވެ.
“ވަޓް…ކީއްކުރަން…މިގަޑީގަ…މިތަނަށް…އާރ ޔޫ ކްރައިޒީ”މާޔާ އަށް އެ އަދިރިކަން އެހާކަމުދިޔަ ހެން ނެތް ހިޔެއް ނުވެއެވެ.ކާރުން ފޭބި ގޮތަށް ޔޫހާ އޭނާގެ އަތުގައި އޮތް ހޭންޑް ބޭގް އިން ކަޅުކުލައިގެ ކުޑަ ފޮތިކޮޅެއް ނެގިއެވެ.
“އޯ…ފަހަރީ….އެހަށް ވެއިޓް….ސަޕްރައިޒް އެތް…އޯކޭ…ދެން މަޑުން ހުރޭ….”ޔޫހާ އައިސް މާޔާ ކައިރި އަށް ހުއްޓިފައި މާޔާ ގެ މޫނުގައި މަޑުމަޑުން އެފޮތި ކޮޅު އައްސާލަ ދިނެވެ.އަދި ފޯންނަގައި ކޮންމެސް މީހަކަށް މެސެޖް ކޮއްލިއެވެ.އެއާއެކު ޔޫހާގެ ލޮލުގައި އަޅައިގަތީ ގޮނޑުދޮށާއި ދިމާއިން އަރައިގެން އައި ކައިލާން އެވެ.ކައިލާން އައިސް މަޑުމަޑުން ޔޫހާ ކައިރީގައި އޭނަގެ ފަހަތުން އައުމަށް އިޝާރާތް ކޮއްލިއެވެ.
“މާޔާ ސިސް…ހިނގާ ކުރިއަށް….މަޑުމަޑުން….އިނގޭ….”ޔޫހާ މާޔާގެ އަތުގައި މަޑުމަޑު ހިފައިގެން ކައިލާން ގެ ފަހަތުން ދިޔައެވެ.މާޔާ އާއި ޔޫހާ ކައިލާން ގެ ފަހަތުން ގޮސް ރަށުގެ ދެކުނު ފަރާތަށް ނުކުތެވެ.އެވަގުތު ޔޫހާގެ އަނގަ ހުޅު ވުނެވެ.ހާދަ ރީއްޗެވެ.މުޅި ސަރަހަށްދު ވަނީ އުއްބައްތި ޖަހައި ޒީނަތްތެރި ކޮއްލާފައެވެ.ތަންކޮޅެއް ދުރުގައި ހިތުގެ ބައްޓަމަށް ހަދާފައި އިން ތަންކޮޅެއް އިނެވެ.މުޅި ހިސާބަށް ވަނީ އުއްބައްތީގެ ރަންއަލި އެޅިފައެވެ.ޔޫހާގެ މޫނު މައްޗަށް އަރަމުން ދިޔަ ކުލަފެނި ކައިލާން ގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ.މަޑު މަޑުން ހިނގާފައި އައިސް ކައިލާން ޔޫހާގެ އަނގަމަތީ ގައި އަތް އަޅާލުމައްފަހު ކައިލާންގެ ތުންފަތު ގައި އިނގިލި ޖައްސައި ލިއެވެ.އެއާއެކު ޔޫހާ މަޑުމަޑުން ބޯޖަހައިލިއެވެ.ކައިލާން ވަކި ހިސާބަކަށް ގޮސް ހުއްޓުނެވެ.އެއާއެކު ޔޫހާ ވެސް ހުއްޓުނެވެ.
“ޔޫހާ…ދެން ތީކޮން ކަމެއްތަ…..”މާޔާ ހިންހަމަ ނުޖެހުނުކަން އިނގުމުން ޔޫހާ ސޮރީ އޭ ބުނެލިއެވެ.ދެން ޔޫހާ ބަލައިލީ ކައިލާން އާއި ދިމާއަށެވެ.އެއާއެކު ކައިލާން ޔޫހާ އަށް އަތުން އައުމަށް އިޝާރާތް ކުރުމަށް ފަހު އަނެއްކާވެސް ކުރިޔަށް ހިނގާ ގަތެވެ.އަދި ވަށައިގެން އުއްބައްތި ޖަހައިގެން ހިތުގެ ބައްޓަމަށް ހަދާފައި އިން ހިތުގެ ތެރޭގައި މާޔާ ބެހެއްޓިއެވެ.އެވަގުތު ދުރުގައި ހުރި ވިޝާލް އައިސް އެތްފައި މައްޗަށް މާޔާ ގެ ކުރިމައްޗަށް ވާގޮތަށް އިށީނެވެ.ވިޝާލްގެ އަތުގައި ކުޑަ ފޮއްޓެއް އޮތެވެ.ހުދު ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ސޮކިނީ އެތްގައި ވިޝާލް ފެންނަލަތް ނުހަނު ހިތް ގައިމެވެ.ވިޝާލް އަތުން އިޝާރާތް ކުރުމާއި އެކު ޔޫހާ އައިސް މާޔާގެ މޫނު މަތީގައި އައްސާފައި ވާ ފޮތިކޮޅު މޮހެލިއެވެ.އެއާއެކު މާޔާ ވަށިއިގެން ވާ މާހައުލަށް ނަޒަރު ހިންގައި ލިއެވެ.ފުރަތަމަ ވެސް މާޔާ ގެ ލޮލުގައި އަޅައިގަތީ މާޔާގެ ކުރިމަތީ ގައި އެތްފައި މައްޗަށް އިށީންދެލައިގެން އިން ކުއްޖާއެވެ.ގިނައިރު މޫނުގައި ފޮތިކޮޅު އައްސާފައި ހުރުމުން ލޮލުގައި ކުޑަ ފުސް ކަމެއް ހުއްޓެވެ.ނަމަވެސް ދެތިން ފަހަރު އެސް ފިޔަ ޖަހައިލުމުން އެ ފުސްކަން މަޑުމަޑުން ފިލައިގެން ދިޔައެވެ.އެއާއެކު ކުރިމަތީގައި އެތްފައި މައްޗައް އިށީންދެލައިގެން އިން ވިޝާލް ފެނުމުން މާޔާ ގެ ދެލޯ ބޮޑުވިއެވެ..
“އައި ލަވް ޔޫ މާޔާ……ވިލް ޔޫ ބީ މައި ގާލް ފުރެންޑް…”ވިޝާލް އެހެން ބުނީ ނުހަނު ހިތްވަރު ކޮއްފައެވެ.އޭރުވެސް ވިޝާލް ގެ ހިތް ދިޔައީ ނުހަނު ބާރަށް ތެޅެމުން ނެވެ.މިކަމުގެ ސަބަބުން ދެމީހުންގެ ދޭތެރޭ ގައި އޮންނަ އެކުވެރި ކަމަށް ބުރޫ އަރާކަށް ވިޝާލް ބޭނުމެއް ނޫނެވެ.
“ނޯ….”އެވަގުތު މާޔާ ދިން ޖަވާބު އަހާފައި ވިޝާލް ގެ ހިތް ހީވީ ހުއްޓުނުހެން ނެވެ.އެވަގުތުން ވިޝާލްގެ ހިތަށް އެރި މާޔާ އެދުވަހު އަތިރި މަތިން އަންނަމުން ބުނި ވާހަކައެވެ.ވިޝާލް މާޔާ ކައިރީގައި މީހަކު ރައްޓެހިވާން އަހައިފި ޔާއި ވާނަން ތޯ ސުވާލު ކުރުމުން މާޔާ ބުނީ މާޔާ ވަރަށް ބޮޑަށް ލޯބިވާ މީހަކު މި ދުނިޔޭގައި ވާކަމަށެވެ.އެމީހަކު އޭނަ ގާތު ރައްޓެހި ވާން އަހައިފި ނަމަ ވަގުތުން އާއެކޭ ބުނާނެ ކަމަށެވެ.ވަގުތުން ވިޝާލް ތެދުވެ އަނެއް ފަރާތަށް އެބުރުނީ ވިޝާލްގެ މޫނު މާޔާއަށް ދައްކަން ބޭނުން ނުވާތީ އެވެ.ދުރުގައި ތިބި ޔޫހާ އާއި ކައިލާން އަށް ވެސް ދެލޯ ބޮޑުކޮށްގެން ބަލަން ތިބެވުނެވެ.މިއީ އެމީހުން ވާނެ ކަމަށް އުންމީދު ކުރި ގޮތެއް ނޫން ވިއްޔާއެވެ.
“ޔެސް…ޔެސް.ޔޭޔޭޔޭސް….އައި ވިލް..”ވިޝާލް އަށް ވީ ގޮތް ފެނުމުން މާޔާ ކައިރިއަށް ކުޑަކޮން ހިނި އައެވެ.ނަމަވެސް އިރު ކޮޅައެހެން ހުރުމަށް ފަހު މާޔާ ކުޑަކޮން ދުވެލާފައި ގޮސް ވިޝާލް ގެ ގައިގައި ބައްދާލިއެވެ.ފަހަތަށް އެބުރި ހުރި ވިޝާލް ގެ ތުންފަތް މައްޗަށް ހިނިތުން ވމެއް ވެރި ވިއެވެ.
“އައި ލަވްޔޫ…އަބަދުވެސް…”މާޔާ ވިޝާލް ގެ ބުރަކަށީގައި މޫނު ޖައްސާލައިގެން ހުރެ އެހެން ބުނުމުން ވިޝާލް މާޔާ އާއި ވީ ފަރާތަށް އެބުރުނެވެ.އަދި ދެއަތުން އެ މޫނުގައި ހިފަހަށް ޓައިލިއެވެ.އުއްބައްތީގެ ރަންއަލީގައި މާޔާގެ މޫނު ފެންނަލަތް ނުހަނު ފުރިހަމަ އެވެ.ވިޝާލް މަޑުމަޑުން އެމޫނު ގެނެސް ވިޝާލްގެ މޫނާއި ކައިރި ކޮށްލިއެވެ.އަދި އެ ނިތްކުރީގައި މަޑުމަޑުން ބޮސް ދިނެވެ.
“އުހުހުހުމްމްމްމް….ޔޫހާ….ހިނގާ އަހަރެމެން ގެޔަށް ދާން ދޯ…މިދެ ލޯބިވެރިން ބައިތިއްބާފަ…ދެން އަހަރެމެން މަތިން ހަނދާނެއް ނުވާނެއެތްނު ދޯ….ހެހެހެހެ…”ކައިލާން އައިސް އެދެމީހުންނާ އަރާ ހަމަ ކޮއްލަމުން ކަރުކެހެލިއެވެ.އެއާއެކު ދެމީހުންވެސް ސިއްސައިގެން ގޮސް ދުރަށް ޖެހެލިއެވެ.
“ފަހަރީ…ކޮންގްރާ…ވަރަށް ބޮޑަށް ތޭކްސް…ޔޫހާ ބޭނުމީ ދޮންބެއާއި ފަހަރި މުޅިއުމުރަށް އެތްކޮން އުޅެން…ހެހެ…ފަހަރި ދޮންބެއަށް ދެރަ ގޮތެއް ނަހަދާތި…ޕްލީޒް..”ޔޫހާ އައިސް މާޔާ ގެ ގައިގާ ކުޑަކުޑަ ކޮން ބައްދާލިއެވެ.
“ހޫމްމްމް…ދެން ކޮން އިރަކުން މެރީ ކުރަނީ…ވިޝް ކިޔަވާ ނިމިގެން އައިސް ތަ…”ކައިލާން އެހެން ބުނުމާއި އެކު އެންމެން ހޭން ފެށިއެވެ.
“ހެހެ…ހާދާ އަވަހަކަށް…މި ވިސްނަނީ…”ވިޝާލް އެހެން ބުނި ވަގުތު ކައިލާން އަށް ފޯން އެތް އައެވެ.ކުޑަ ކޮން ދުރަށް ޖެހިލަމުން ކައިލާން އެ ފޯން ކޯލަށް ޖަވާބް ދިނެވެ.
“ބޭބީ………”ކައިލާން އެބުރި އައި އިރަށް ހުރިހާ އެންމެން ނަށް އެއްކޮން އެހެން ބުނެލެވުނެވެ.
“ވަ…ވަޓް..”ކައިލާން އަޅައިގަން ނަމުން އެހެން ބުނި އިރު މޫނު މަތީގައި ދާތިކިތަށް ވިދަމުން ދިޔައެވެ.
“ބުރޯ….ދެން ތިހާ ހާސްނުވެބަ…މިރޭ ބުނަށް ޖެހޭނީ…ކާކު އެއީ ބޭބީ އަކީ…ޖީއެފް އެތް ގެން ގުޅޭއިރުވެސް ބުނެލަން ނޭނގުނު ދޯ…ޕިސްޕިސް…ތީ ބޮޑުވަރު…”ވިޝާލް އައިސް ކައިލާން އާއި ދިމާ ކޮއްލަމުން ޝަކުވާ ކޮއްލިއެވެ.
“އޯކޭ…ހޫމް އެއީ ޖީއެފް…އަސްލު އަހަރެން ނުބުނީ ތި މީހުން ކައިރީގަ…އެމީހުން ވެސް އެއުޅެނީ ޗުއްޓީ އަށް މިރަށަށް އައިސް…”ކައިލާން އެންމެ ފަހުން ވިޝާލް އަށް ކިޔާ ދިނެވެ.
“ކޮންގުރާ…ކޮން އިރަކުން މެރީކުރަނީ…”ޔޫހާ ކައިލާން ކައިރީގައި އެހެން އެހުމާއި އެކު ނޭނގޭ ކަމުގައި ބުންޏެވެ.
“އޭ….ހިނގާ ދާން…… އެއޮށް ޓެން ވަނީ…ވަރަށް ބޮޑަށް ތޭކްސް ތިދެމީހުން ނަށް….ތި ދެމީހުން ނާއި ނުލާ މިކަމެއް ނުވީސް…”ވިޝާލް ގަޑި އަށް ބަލާލާފައި މާޔާ ގެ އަތު ގައި ހިފައިގެން ކުރިއަށް ހިނގާ ގަންނަމުން އެހެން ބުންޏެވެ.ފަހަތުން ޔޫހާ އާއި ކައިލާން ވެސް ހެމުން ހެމުން ދިޔައެވެ.
އާދައިގެ މަތިން މިއަދުވެސް ވިޝާލް ފަތިސް ނަމާދު ކޮއްލައިގެން އައިސް ސޯފާ ގައި ޖައްސައި ލިއެވެ.ލޯމަރައި ލައިގެން ސޯފާ ގައި ހަމަޖެހި ލައިގެން އޮތް ދެލޯ ހުޅުވައިލީ މާމީރު ވަހެއް ދުވަން ފެށުމުން ނެވެ.ލޯހުޅުވާ ލާފައި ބަލައި ލިއިރު ކުރިމަތީ ގައި ހުރި ބިއްލޫރި މޭޒު މަތީ ގައި ހުރި ހޫނު ކޮފީ އާއި ކުކީސް ފެނި ވިޝާލް ގެ ކުޅު ދިޔާވިއެވެ.ވަގުތުން ސޯފާއިން ތެދުވެ ގޮސް ކޮފީތަށި ނަގައިގެން އައިސް ސޯފާގައި އިށީންދެލިއެވެ.
“އުހުހުހުމްމްމްމް..ކާކު ހުއްދަ ދިނީ މާޔާ ގެ ކޮފީ ތަށި ބޯން….”ވިޝާލް ތަށީ ގައި ތުންޖަހާ އެތް ކޯވަރު ދަމާލި ތަނާ މާޔާ އައިސް އެހެން ބުނުމުން ވިޝާލް ކޮށިއަރާ ގޮތް ވިއެވެ.އުނަގަނޑު ގައި ދެއަތް ވިއްދައިގެން ހުރި މާޔާ އަށް ވިޝާލް ކޮށިއެރި ތަން ފެނުމާއިއެކު ދެލޯ ބޮޑު ކޮއްލާފައި ހޭން ފެށިއެވެ.ވަގުތަކީ ފަތިސް ވަގުތު ކަމުން އަދި އެކަކު ވެސް ހޭލާ ނޫޅެއެވެ.މާޔާ ވެސް ތިރިއަށް މިއަދު ފޭބީ ފަތިސް ނަމާދު ކޮއްލައިގެން ކޮފީއެތް ބޯލުމުގެ ބޭނުމުގައެވެ.ރޭގައި ލަހުން ގެއަށް އާދެވުމުން ނުކައި ނިދަން އޮށޯތީއެވެ.ސިޑިން ތިރިއަށް ފޭބި ތަނާ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ސޯފާގައި އަރާމުކޮން ޖައްސާލައިގެން އޮތް ވިޝާލް އެވެ.އެހެން ކަމުން ވިޝާލް އަށް ޖެއްސުން ކޮއްލުމުގެ ބޭނުމުގައި ވިޝާލް އަށް އެންމެ މީރު ކޮފީ އާއި ކުކީސް ގެނެސް ކުރިމަތީ ގައި ބެހެއް ޓީއެވެ.
“ހަހަހަހާ….އަދި ވެސް ވާނެ އެހެން މީހުން ގެ އެތްޗިހިން ވައްކަން ކުރަން…”މާޔާ ހެމުން ހެމުން އެހެން ކިޔަމުން އަނެތްކާވެސް ކާ ކޮޓަރި އާއި ދިމާ އަށް މިސްރާބް ޖެހީ ކޮށި ނުފިލައިގެން އުޅުނު ވިޝާލް އަށް ފެން ފޮދެއް ގެނެސް ދިނުމަށެވެ.ދެން އެބުރި އައިއިރު އަތުގައި އިތުރު ކޮފީ ތައްޓެއް ހުއްޓެވެ.
“މި މާޔާ އަތުން އަދި މަގޭ މަރު ވާނެ..ހުވާ…އެކަހަލަ ކޮސް ކަންތަށް ކުރާނީ އަބަދުވެސް….”ވިޝާލް މާޔާ އާއި ދިމާ އަށް ލޯ އަޅާލުމުން މާޔާ ވެސް ތުންދަމާލާފައި ދެރަވި ކަމަށް ހަދާ ގޮސް ތަންކޮޅެއް ދުރުގައި ވަކިން ހުރި ސޯފާގައި އިށީން ދެލިއެވެ.
“ބޭބީ……ދެރަވީ ތަ…އާދެބަ…މި ސޯފާއަށް….ވިޝް ގާތު އިންނަން…”ވިޝާލް ވަރަށް ލޯބިން މާޔާ އަށް ގޮވާ ލިއެވެ.އެއާއި އެކު މާޔާ ވެސް ބައްސަހާ ކުޑަކުއްޖެއް ފަދައިން އައިސް ވިޝާލް އާއި ޖެހި ފިތިގެން އިށީނެވެ.ދެމީހުން އެކި ވާހަކާ ގައި ތިބެ ކޮފީ އާއި ކުކީސް ކައި ހުސް ކޮއް ލިއެވެ.

“އޫމްމްމް…ނިދަން ދާން ވީ ދެން…”ވިޝާލް މޯޅިއަކަށް ދެމިލާކަމަށް ހަދާ މާޔާ އާއި ވީ ފަޅިއަށް ކުޑަކޮން އަރިވެލާފައި މާޔާގެ ކޯތާފަތުގައި ބޮސް ދިނެވެ.އެވަގުތު މާޔާ ގެ މޫނަށް ރަތް ކުލަ އަރައިގެން ދިޔައެވެ.ވިޝާލް ވެސް އެތަން ފެނުމުން ކުޑަކޮން ދުވެލާފައި ގޮސް ސިޑިން މައްޗަށް އެރިއެވެ.އޭރު ވެސް މާޔާ ސޯފާގައި ޖެހި ބުދެއްހެން އިނެވެ.
“ދަރިފުޅާ…މާޔާ…ކިހިނެތް ވެފަ ތީނީ…މޫނަށް ގައިގަ ހުރިހާ ރަތް ލޭ ތަށް އަރުވައިގެން….”މާޔާ ސިއްސައިގެން ދިޔައީ ރޯޒީ އައިސް ގޮވައިލި އަޑަށެވެ.ކަމެއްނުވާ ކަމަށް ބުނެ މާޔާ ކޮފީ ބުއި ޖޯޑްތައް ހިފައިގެން ކާކޮޓަރި އާއި ދިމާއަށް މިސަރާބް ޖެހިއެވެ.

Share Article

Follow Me Written By

Maikaa

Level 310 Stories100 Comments100 Login

Other Articles

Previous

ރާސްތާ ކިޔުންތެރިންގެ ސަމާލުކަމަށް

Next

ބޯ ވެހޭ ވާރެޔާ…2

Next
June 26, 2018

ބޯ ވެހޭ ވާރެޔާ…2

Previews
June 25, 2018

ރާސްތާ ކިޔުންތެރިންގެ ސަމާލުކަމަށް

15 Comments!

  1. Maikaa says:
    June 25, 2018 at 9:06 pm

    salaam all…first of all varah bodah sorry stry up kurun las v ma…Maikaa varah bxy kon ulhunee…ehen ve up nukoh levunee…hope hurihaa kudin nah mi part ves kamudhaane kamah…n mistake eh iniyaai bunela dheen vane…so I can improve…

  2. Lotus says:
    June 25, 2018 at 10:11 pm

    Nice story.. who are the people in the coverpic

    1. Maikaa says:
      June 26, 2018 at 9:56 pm

      thank you lotus….e ee kalaz maya n vishaal..

  3. maya says:
    June 25, 2018 at 10:38 pm

    nice ..this part was interesting….kn baeh cover ga ethiby?????????can u explain!!!!!!

    1. baby sis says:
      June 26, 2018 at 7:34 am

      eii maya n vishaal n kalax dhww maikaa

    2. Maikaa says:
      June 26, 2018 at 9:58 pm

      yap…e ee kalaz maya n vishaal…thank you maya…

  4. Nunnu says:
    June 26, 2018 at 6:03 am

    Oh my god
    Furathama Nunnu ves heekuree asluves no buneekamah
    Vvv ufaavejje yes eh libuneema
    I love this part
    When next part

    1. Maikaa says:
      June 26, 2018 at 10:02 pm

      hehe…thanks for the comment dear…

  5. baby sis says:
    June 26, 2018 at 7:47 am

    kon irakun next part.. varah varah nice mi part ves.. miss ya

    1. Maikaa says:
      June 26, 2018 at 10:22 pm

      ishaa allah Friday or Saturday ga..thanks baby sis..miss u too

  6. Livee says:
    June 26, 2018 at 11:22 am

    Varah salhi hama osm

    1. Maikaa says:
      June 26, 2018 at 10:23 pm

      oww…thank you so much livee..

  7. unique says:
    June 26, 2018 at 7:08 pm

    vvv loabi as i wished thankgod…………. heheh…. Maasha Allah the story was osm

    1. Maikaa says:
      June 26, 2018 at 10:36 pm

      hehe…mi faharu mivee unique beynun gothah dho…by the way…thank you so much…

  8. Mee says:
    July 2, 2018 at 4:06 pm

    Nice… When nxt part??

Comments are closed.



All Right Reserved!