Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (9

hattey Level 410 Stories100 Login100 Comments500 Login
June 26, 2018 6 Mins Read
8 Comments

ވަސީމާގެ އާދޭހާއި އެކު މާ ކުލަގަދަ ގޮތެއްގައި ނޫނަސް ދާނިޝްއާއި ރީޝާގެ ކައިވެނި ކުރެވިގެން ދިޔައެވެ. ހަނާޝްގެ އުޖާލާ މުސްތަޤުބަލަަށްޓަކައި ވަސީމާގެ އާދޭސްތައް ދެމީހުންނަށް ވެސް ޖެހުނީ ޤަބޫލު ކުރާށެވެ. މާދަމާ ވާނެ ގޮތެއް ނޭގި ހުރެ ވެސް އަޒީލް ވެސް އެ ކައިވެނި ކުރުމަށް ދާނިޝްއަށް ބާރު އެޅިއެވެ. ކޮންމެއަކަސް ހިތާއި ދެކޮޅަށް ނަމަވެސް ދާނިޝް އާއި ރީޝާގެ ކައިވެނި ކުރެވިގެން ހިނގައްޖެއެވެ. ކައިވެނީގެ ޚަފްލާ ފެށިގެން ނިމެންދެން ދެމީހުންގެ މޫނުމަތީގައި ވެސް ފަނޑު ހިނިތުންވުމެއް ވިއެވެ. އެ ކައިވެނީީގެ ސަބަބުން ވަސީމާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައިރު ރީޝާގެ މަންމަ ޒުލޭޚާ އާއި އޭނާގެ ބައްޕަ ހާމިދު ވެސް ހުރީީ އުފަލުންނެވެ.

ރީޝާ ކޮޓަރިއަށް ވަންއިރު އެނދުގައި އިށީނދެލައިގެންް ދާނިޝް އިނެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ޖަހާލުމަށްފަހު ކުރިއަށް ދެތިން ފިޔަވަޅެއް އެޅި ތަނާ ދާނިޝް ވާހަކަ ދައްކަންފެށިއެވެ. އެ ހުރިހާ ދުވަހު ރީޝާ އެގޭގައި އުޅުނު އިރުވެސް އެއްވެސް ވަރަކަށް ރީޝާ އާއި ދާނިޝް ވާހަކައެއް ނުދައްކައޭޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ހަނާޝްގެ ކަންކަމުގައި ވެސް އަބަދުވެސް ވަސީމާ މެދުވެރިއަކަށް ހުރެއެވެ.

“ރީޝާ ފަދައިން އަހަރެން ވެސް މި ކައިވެންޏަށް އެއްބަސްވީ އަހަރެންގެ މަންމައާއި އަޒީލްގެ އާދޭހުގެ ސަބަބުން….އަހަރެންގެެ ދަރިފުޅުގެ މުސްތަޤުބަލަަށްޓަކާ….އަހަރެމެން ދެމީހުން މީ މިހާރު ދެމަފިރިން ކަމަކަށް ވިއަސް މިދެމެދުގަ އެކަހަލަ އެއްވެސް ގުޅުމެއް ނޯންނާނެ….ރީޝާ ވެސް އަހަރެންގެ ފަރާތުން އެއްވެސް ކަމަކަށް ބޭނުން ނުވާނެ ފަދައިން އަހަރެންް ވެސް ރީޝާގެ ފަރާތުން އެއްވެސް ކަމަކަށް ނޭދޭނަން….މީގެ އަހަރެއް ކުރިން ރީޝާގެ ލޯތްބަށް އެދި އާދޭސް ކުރިއަސް މިހާރު އަހަރެންގެެ ހިތަކު ރީޝާ އާއި ދޭތެރޭ އެއްވެސް ލޯތްބެއް ނެތް…” ދާނިޝް އޭނާގެ ދެވަނަ ކައިވެނީގެ ފުރަތަމަ ބަސް އިއްވާލިއެވެ. ދާނިޝްގެ އެ ވާހަކައިން މީގެ އަހަރެއް ކުރީގެ ހަނދާންތައް ރީޝާގެ ސިކުނޑީީގައި އެނބުރެން ފެށިއެވެ. ދާނިޝްއާއި ދޭތެރޭ ރީޝާ ކަންތައް ކުރި ގޮތާއި އެކަމުގެ ސަބަބު ހޯދަން ދާނިޝް ކުރި މަސައްކަތް ރީޝާގެ ހަނދާނަށް އައެވެ. ތެދެކެވެ. އެއިރު ދާނިޝް ރީޝާދެކެ އިންތިހާއަށް ލޯބިވިއެވެ. އެހެނަސް މިއަދު އޭނާގެ ހިތުގައި ރީޝާއަށްޓަކައި ވަނީ ނުރުހުމާއި ނަފުރަތެެވެ. ދުވަހަކުވެސް އެ ނަފުރަތަށް ބަދަލެއް ނާންނާނެ ކަމަކަށް ދާނިޝްގެ ދުލުން އެތަށް ފަހަރަކު ބުނެފައިވެއެވެ.

ދާނިޝްގެ ފަރާތުން އިތުރު ބަހެއް އިވުމުގެ ނަސީބު ނުލިބުމާއި އެކު ގަދަ ނިދީގައި އޮތް ހަނާޝްގެ ގާތަށް ރީޝާ ހިނގައިގަތެވެ. މަޑުމަޑުން ހަނާޝްގެ ބޮލުގައި ފިރުމާލުމަށްފަހު ހަނާޝްގެ ވާތްފަރާތުގައި ރީޝާ އޮށޯތެވެ. ކަނާތްފަރާތުުގައި ދާނިޝް އޮށޯތެވެ. ދެމީހުންގެ ވެސް މަޤުޞަދަކީ އެ ރޭގެ ބާކީބައި ހިތްހަމަ ޖެހިގެން ނިދާލުމުގައި ހޭދަކޮށްލުމެވެ. އެހެނަސް ދެހިތުގައި ވެސް ރިހުން އެކުލެވިފައިވިިއެވެ. އުދާސް ތަކެއް އެކުލެވިފައިވިިއެވެ. ނިތްކުރި މަތީގައި އަތް ބާއްވައިލައިގެން އޮތް ދާނިޝްގެ ހިތަަށް ތަދު ކުރަމުން ގެންދިޔައީ ހަނާގެ ހަނދާންތަަކެވެ. ހަނާ ދުނިޔޭގައި ހުރިނަމަ މިދުވަސް ދެކޭކަށް ނުޖެހުނީހޭ އޭނާގެ ހިތަށް އަރަމުންދިއެވެ. ރީޝާއާއި ކައިވެނި ކުރަން ޖެހުމަަކީ ލިބުނު ސަޒާއެއް ކަމަށް ދާނިޝް ދެކުނެވެ. އެހެނަސް އެއީ ކޮން ކުށެއްގެ ސަޒާއެއްބާއޭ އޭނާގެ ހިތަށް އަރަމުންދިއެވެ. އެ ޚިޔާލު ތަކުގައި އޮއްވައި ނިދުނު އިރެއްވެސް ދާނިޝްއަކަށް ނޭގުނެވެ.

އާ ދުވަހަކަށް އިރު އެރިއެވެ. ކުށްލިއަކަށް ހަނާޝްގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާާއި އެކު ދާނިޝްއަށް ހޭލެވުނެެވެ. އަދިވެސް ދާނިޝްގެ ލޮލުގައި ފުންޏަކަށް ނިދި ޖަމާވެފައި ހުއްޓެވެ. ނަމަވެސް ހަނާޝް ރޮމުންދާއިރު ނިދަން އޮންނާކަށް ދާނިޝްގެ ހިތެއް ނޭދުނެވެ. ދާނިޝްގެ ފުރަތަމަ ވާޖިބަކަށްވީ އޭނާގެ ދަރިފުޅުގެ ރުއިމަށް ހުއްޓުވުމެއް ގެނައުމެވެ. އެހެންކަމުން ނުހަނު ލޯތްބާއި އެކު ހަނާޝް އުރާލުމަށްފަހު ކޮނޑުމަތީީގައި ބާއްވާލިއެވެ. އެހެނަސް ހަނާޝްްގެ ރުއިމަކަށް ބަދަލެއް ނައެވެ. އެނދުން ތެދުވެ ކޮޓަރި ތެރޭ ދެކޮޅަށް ދެކޮޅަށް ހިނގަންފެށިއެވެ. ކޮޓަރި ތެރޭގައި ހުރި ބައެއް ސާމާނު ދައްކައި ހެދިއެވެ. އެކަހަލަ އެތައް ގޮތަކުން ހަނާޝް ރުއްސަން ދާނިޝް މަސައްކަތް ކުރިއެވެ. އެކަމަކު ވެސް އެއިން ކުރި ފައިދާއެއް ނެތެވެ. އަޑުން އަޑު ނަގާފައި އެ ކުޑަ ކުޑަ ހަނާޝް ހުއްޓުމެއް ނެތި ރޮމުން ގެންދިއެވެ. އެފަކީރުގެ ލޮލުން އޮހޮރެމުން އައި ކަރުނަތައް ފެނިފައި ދާނިޝްގެ ހިތަށް އަސަރު ކުރުވިއެވެ. ކުރާނީ ކީއްބާއޭ ދާނިޝްގެ ހިތަށް އަރަމުން ދިއެވެ. އެ ރުއިމަށް ނިމުމެއް ގެންނާނީ ކިހިނެއްބާއޭ އޭނާގެ ސިކުނޑީީގައި ދައުރު ވެލިއެވެ.

ހަދާނެގޮތް ހުސްވެފައި ދާނިޝް ހުއްޓައި ރީޝާ އައިސް ކޮޓަރިއަށް ވަނެވެ. ހެނދުނުގެ ސައި ތައްޔާރު ކުރުމުގެ މަސައްކަތުުގައި އުޅެނިކޮށް ހަނާޝްގެ ރުއިމުގެ އަޑު ޖެހުމުން ރީޝާއަށް ޖެހުނީ އެކަން މަޑުޖައްސާލަައިފައި ހަނާޝްގެ ގާތަށް އަންނާށެވެ. ރީޝާއަށް ޔަޤީންވާ އެއްކަމެއް ވެއެވެ. ހަނާޝްގެ ރުއިމަށް އިތުރު މީހަކަށް ބަދަލެއް ނުގެނުވޭނެކަން އޭނާއަށް ކަށަވަރެވެ. ތެދެކެވެ. ކަންތައް ވެގެން ދިޔައީ ވެސް ހަމަ އެގޮތަށެވެ. ރީޝާ އައިސް އުރާލުމާއި އެކު ހަނާޝްގެ ރުއިމުގެ އަޑު ކެނޑިގެންދިއަައީ ހައިރާންވާހާ އަވަހަށެވެ. އެ މައުޞޫމް ލޮލުން އޮހިގެެން ކޯތާފަތް ތެތްމަމުން ދިއަ ކަރުނަތައް އަވަސް އަވަހަށް ރީޝާ ފޮހެލިިއެވެ. ހަނާޝްގެ ރުއިމުގެެ ސަބަބަކީ ހައިވުންކަން ރީޝާ ދެނެގަތެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނައުމަށް އޭނާ އަވަސްވެގަތެވެ. ދާނިޝް އަނެއްކާވެސް އެނދަށް އަރައި ނިދަން ޖައްސާލިއެވެ.

ދެވަނަ ފަހަރަށް ދާނިޝްއަށް ހޭލެވުނީީ އޭނާގެ ފޯނު ރިންގުވާ އަޑު އިވިގެންނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލުމަށްފަހު ކަންނެތް ކަމާއިއެކުު އެނދާއި މާ ދުރުނޫން ހިސާބެއްގައި ހުރި ކުޑަ މޭޒެއް މަތީގައި އޮތް އޭނާގެ ފޯނު ނަގައި ކަންފަތުގައި ޖައްސާލުުމަށްފަހު ހަލޯ އޭ ބުނެލިއެވެ. “ދާނިޝްއަށް ހަމަ ސާބަސް…ކިިތައްފަހަރު އަހަރެންް ގުޅައިފިން….އަދިކިރިޔާ ފޯނު ނެގޭވަރު ތިވީ….މަށާ އެކީ މިއަދު ހުޅުމާލެއަަށް ދާން ރޭގަ އެއްބަސްވެފަ ދާނިޝް ތިއޮންނަނީ ނިދަން….މަށަށް ލަނޑެއްނު ތިދިނީ…” އެކޮޅުން ވާހަކަ ދެއްކީ އަޒީލްއެވެ. އަޒީލް ހުރީ ހިތްހަމަ ނުޖެހިފައިކަން އޭނާ ވާހަކަ ދެއްކިި ގޮތުން ދާނިޝްއަށް ރަނގަޅަށް އެނގުނެވެ. ފައްޗަކަށް ޝަކުވާތައް އެއްފަހަރާ އަމުނާލިި ގޮތުން ދާނިޝްގެ ގާތަށް ހިނިވެސް އައެވެ. އަަތުގައި އަޅާފައި އޮތް އަތުކުރި ގަޑިއަށް ދާނިޝް ބަލާލީީ ފޯނު ކަންފަތުގައި ޖަހައިގެން ހުރެއެވެ. އެއިރު ގަޑިން އެގާރަ ޖަހަނީއެވެ. “ހަމަޖެހިބަލަ….އަދި ތިހާ އަވަހަށް ރުޅިއަންނާކަށް ނުވެއެއްނު….އަދި ނެތެއްނު ނުދެވިފައެއް….” ވަގުތު ކުޑަތަންވެފައި ވާކަން ދެނެހުރެ އަޒީލް ހަމައަކަށް އަޅުވަން ހުށިޔާރު ކަމާއިއެކުު ދާނިޝް މަސައްކަތް ކޮށްލިއެވެ. ލަސްވެގެން ތިނެއް ޖަހާއިރަަށް މާލެ އަންނަން ޖެހޭނެެކަން ދާނިޝްގެ ވިސްނުމަށް އައީ އެވަގުތެއެވެ. ތިނެއްގެ ކުރިން ނާދެވިއްޖެ ނަމަ ގަޑިއަށް އޮފީހަށް ނުދެވޭނެކަން ދާނިޝްއަށް ޔަޤީންވިއެވެ. “ފެންވަރާލައިގެން އިރުކޮޅެއް ތެރޭ އަހަރެން މި ނިކުންނަނީ….” ދާނިޝް އިތުރަށް ބުނެލިއެވެ. ދާނިޝް މިހެން ބުނެ ފޯނު ބާއްވައިފައި އެނދުން ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ.

މާލަސްތަކެއް ނުވެ ފެންވަރައިލައިގެން ނިކުމެ ކަމުދާ ކަހަލަ ގަމީހެއް އަތުގައި ޖެހޭތޯ އަލަމާރި ތެރެ ހާވަން ދާނިޝް ފެށިއެވެ. ގޮޅިޖެހި ރަތްކުލަ ގަދަ ގަމީސް އަތުގައި ޖެހުމުން އެ ގަމީސް ނަގައި ނިކަން އަވަހަށް ގަޔަށް މަހާލިއެވެ. ކޮންމެއަކަސް އަޒީލްގެ ރުޅިގަނޑު މައިތިރި ކުރަން ހުޅުމާލެއަށް ދާން އެބަ ޖެހެޔޭ ހިތާ ގަމީހުގެ ގޮށްތައް އަޅުވާލައިފައި ހިސާބަކަށް އަތް އޮޅާލުމަށްފަހު ހިތް ފުރެންދެން ގަޔަށް ސެންޓު ބުރުވާލިއެވެ. ތުނި ތުނިކޮށް ކޮށާފައި ހުރި ބޮލުގެ އިސްތަށިގަނޑަަށް މާގިނަ ވައްތަރު ތަކެއް ޖައްސަން ނުޖެހުމުން އޭގެ ސަބަބުން ސަލާމަތްވި ވަގުތުކޮޅުުގެ ބޭނުން ހިފާލަމުން ކޮޓަރިން ބޭރަށް ނިކުންނަން ދާނިޝް ހިނގައިގަތީ އެނދުކައިރީގައި ހުރި ކުޑަ މޭޒުމަތީގައި އޮތް އޭނާގެ ފޯނު ޖީބަށް ޖަހާާލަމުންނެވެ.

“ހާދަ ލަހޭ….ދެންވެސް ހިނގާބަލަ އަވަހަށް ދާން…” ދާނިޝް ކޮޓަރިން ނިކުތް ވަގުތާއި އަޒީލް އެގެއަށް ވަން ވަގުތު ވީ އެއް ވަގުތަކަށެވެ. “ކެތްތެރިވެބަލަ….އަހަރެންް މިހުރީ އަދި ސައިވެސް ނުބޮއެ…ސައި ބޮއެގެން ތާކަށް ދެވޭނީ….އަޒީލް ވެސް އާދޭ މަށާއެކީ ސައިބޯން…!” ދާނިޝް މިހެން ބުނެ ކާއެއްޗެއް އަނގައަށް ލެވޭތޯ ކާގެއަށް ވަނެވެ. “މަ މިހުރީ ސައިބޮއެގެން….ދާނިޝް އަވަހަށް ސައިބޮއެ ނިންމާލެވޭތޯ ބަލާ…މަށަށް ދެން އިތުރަށް ކާއެއްޗެއްގެ ރަހަ ވެސް ބެލޭނީ ދާންމިއުޅޭ ތާކަށް ދެވުނީމަ…” އަޒީލް އޭނާގެ ހާލަތު ހާމަކުރިއެވެ. ދެން އިތުރަށް ކާއެއްޗެއްގެ ރަހަ ވެސް ބެލޭނީ ދާންއުޅޭ މަންޒިލަށް ވާސިލް ވެވުނީމަ ކަމަކަށް އޭނާ ބުންޏެވެ. އަޒީލް މިހެން ބުނެ ސޯފާގައި އިށީނދެލައިގެންް އިން ރީޝާއާއި ދިމާއަށް މިސްރާބު ޖަހާލިއެވެ. އުނގުތެރޭގައި ހަނާޝް ބަހައްޓައިގެން ރީޝާ އިނީ ޓީވީއެމްއިން ދައްކަމުން ދިޔަ އަންހެނުންްގެ ޚާއްޞަ ޕްރޮގްރާމެއް ބަލާށެވެ. “ރީޝާ…! ކިހިނެއްތަ…؟” ސޯފާގައި އިށީންނަމުން ހިނިތުންވުމާާއި އެކު އަޒީލް އަހާލިއެވެ. އެތައް ދުވަހަކަށްފަހު އަޒީލް ހެޔޮހިތުން ހާލުއަހުވާލު އޮޅުންފިލުވާލުުމުން ރީޝާ ހައިރާންވިއެވެ. ދާނިޝްއަށް ރީޝާ ބޭވަފާތެރިވީ ދުވަހުން ފެށިގެން އަޒީލް ވެސް ރީޝާދެކެ ރުޅި އާދެއެވެ. ފެނުނަސް މޫނު އެއްފަރާތް ކޮށްލައެވެ. ނަމަވެސް ހަނާޝްއަށް ރީޝާ ބަހައްޓާ އޯގާތެރިކަމާއި އަޅާލުން ފެނި އަޒީލްގެ ހިތް މަޑުމަޑުން ބަދަލު ވަމުން އައެވެ. ރީޝާ އާއި ދޭތެރޭ ދެެކުނު ގޮތް ބަދަލުވެގެން އައެވެ. “ރަނގަޅު…އަޒީލް ކިހިނެއްތަ…؟ މާ އަވަސް އަރުވައިލަައިގެން ކޮންތާކަށް ދާ ވާހަކައެއް ތި ދައްކަނީ…؟” ރީޝާ ވެސް ހިނިތުން ވެލަމުން އަޒީލްގެ ސުވާލަށް ޖަވާބު ދިނުމަށްފަހު އަޒީލްގެ ހާލުއަހުވާލު އަހާލަަމުން ހެނދުނު ހެނދުނާ އަޒީލްމެން ދާން އެ އުޅެނީ ކޮންތާކަށްހޭ އަހާލިއެވެ. “އަހަރެންގެެ ހާލު މިހުރީ ފެންނާކަންނު….ހަމަ ގަދަފަދަ…މި އުޅެނީ ހުޅުމާލެއަށް ގޮސްލަން….ދާނިޝްއާއި ވަކިން ތަނަކަށް ދާހިތެއް ނުވޭ…މަށަށް ތާކަށް ދެވޭނީ ދާނިޝް ވެސް ގޮވައިގެން…” އަޒީލް އޭނާގެ ހާލު ރަނގަޅުކަމަ ބުނީ އަމިއްލަ ނަފުސަަށް އިޝާރާތް ކޮށްލަމުންނެވެ. އޭނާގެ މަންޒިލްް ހާމަކޮށްލީ އޭގެ ފަހުގައެވެ.

“ބައެއްފަހަރު ރީޝާ ފެނުނީމަ އަހަރެންގެ ހިތުގަ އެތައް ސުވާލުތަކެއް އުފެދޭ…ހިތަށް އަރާ ރީޝާާގެ ކޮންކަމެއްބާއޭ ޤަބޫލު ކުރަންވީ….ހިތަށް އަރާ ތީ ކެހިވެރިއެއް ބާއޭ ނޫނީ އޯގާވެރި ތެދުވެރިއެއް ބާއޭ…ކެހިވެރި މަކަރުވެރިއަކު ހުރިހާ އުފާތަކެއް ޤުރުބާންކޮށްފަ އޯގާތެރި ކަމާއި ކުލުނާއި އެކު ކުޑަ ކުއްޖަކު ބަލާނެބާއޭ އަހަރެންގެެ ހިތަށް އަރާ…” ހިތުގައި ފޮރުވައިގެން ހުރި ސުވާލު ތަކެއް ކުއްލިއަކަށް އަޒީލް ހާމަކޮށްލިއެވެ. ހަނާޝްއަށްޓަކައި ރީޝާގެ ހިތުގައި އުފެދިފައިވާ ލޯތްބާއި ކުލުނުން ރީޝާގެ ބޭވަފާތެރިކަމަށް އަޒީލް ޝައްކު ކުރަންފެށިއެވެ. ރީޝާއަކީ މަކަރުވެރި އިންސާނެއް ކަމަށް ބުނާބުނުން ޤަބޫލު ކުރަން ފަހަކަށްއައިސް އަޒީލްއަށް ވަނީ އުނދަގޫވެފައެވެ. ދާނިޝްއަށް ރީޝާ ވީ ބޭވަފާތެރިކަަމުގެ އަސްލު ހޯދަން އަޒީލް ހުރީ ވަރަށް ބޭނުން ވެފައެވެ. ފުރުސަތުގެ ބޭނުން ހިފާލުމުގެ ނިޔަތުގައި މާޒީއާއި އެކުވެފައިވާ އެ ދުވަސްތަކުގެ ވާހަކަ ދައްްކަން އުޅެނިކޮށް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އަޒީލްއަށް ޖެހުނީ އޭނާ ދައްކަން އުޅުނު ވާހަކަ މަޑުޖައްސާލާފައި ފޯނަށް ޖަވާބު ދޭށެވެ. އެހެނަސް މާގިނައިރު ފޯނު ކަންފަތުގައި ޖަހައިގެން ހުންނާކަށް އަޒީލްއަކަށް ނުޖެހުނެވެ. އެހެންކަމުން ދެވަނަ ފަހަރަށް ވެސް ހަމަ އެ މަޢުޟޫއަށް ވާހަކަ ދައްކަން އަނގަ ހުޅުވާލިތަނާ ދާނިޝްގެ އަޑު އެކަމަށް ހުރަސް އެޅިއެވެ. ސައިބޮއެ ނިމިގެން އައިސް އަވަހަށް ދާން ހިނގާށޭ އަޒީލް ގާތު ދާނިޝް ބުނެލިއެވެ. ޖަވާބު ނުލިބި ހުރި ސުވާލު ތަކާއިއެކު އަޒީލް ސޯފާއިން ތެދުވެ ދާނިޝްއާއި އެކު ހިނގައިގަތީ އޭގެ ހަޤީގަތް ކޮންމެެސް ދުވަހަކުން ހޯދާނަމޭ ހިތަށް އަރުވާލަމުންނެވެ. ޖެހިލުންވެފައި ހުރި ރީޝާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައީ އަޒީލް އެތަނުން ދިއުމުންނެވެ.

“ކިހާއިރެއް މިހާރު މިތާ ތިބޭތާ….އަޒީލް ތިބުނާ އަންހެން ކުއްޖާއަކަށް ނާދެވުނެއްނު…” ހުޅުމާލެއަށް ދެވުނުތާ ބައިގަޑިއިރު ވީއިރު ވެސް އަޒީލް ބައްދަލު ކުރަން ބޭނުންވެެގެން އުޅުނު އަންހެން ކުއްޖާގެ ޚަބަރެއް ނުވުމުން ދާނިޝް އަނގަ ތަޅުވާލިއެވެ. ހޭކަނޑާލައިފައި އަޒީލް ހުޅުމާލެއަށް އައި ބޭނުމަކީ މީގެ ހަފުތާއެއް ކުރިން އަޒީލްގެ ހަޔާތަށް އައި ލޫޅާފަތި އަންހެން ކުއްޖެއް ކަމަށްވާ ޝިފްނާ އާއި ބައްދަލު ކުރާށެވެ. ޝިފްނާ އުޅެނީ ހުޅުމާލޭގައި ކަމަށްވީތީ އަޒީލްއަށް ޖެހުނީ ކަނޑު ހުރަސްކޮށް އެރަށަށް އަންނާށެވެ. އަޒީލްގެ ހަޔާތަށް އެކަހަލަ ކިތަންމެ އަންހެން ކުއްޖަކު ވެސް މީގެ ކުރިން އައިސްފައި ވެއެވެ. ނަމަވެސް އެތައް ބަހަނާއެއް ދެއްކުމަށްފަހު އެއިން ކޮންމެ އަންހެން ކުއްޖަަކާއި ވެސް އަޒީލް ވަނީ ރުޅިވެފައެވެ. ނަމަވެސް މިފަހަރު އަޒީލް ނިންމައިގެން ހުރީ ޝިފްނާ އާއި ދުވަހަކުވެސް ވަކި ނުވާންކަމަށެވެ. އުމުރަށް ވެސް ޝިފްނާ އާއި އެކީ އުޅެން ހިތުގެ އަޑިން އޭނާ ވަނީ އަޒުމް ކަނޑައަޅާފައެވެ. އޭނާއަށް ލޯބި ދަސްވީ އަދިކިރިޔާ ތާއެވެ.

“މަށަށް ހީވަނީ އެ އަންހެން ކުއްޖާ އަޒީލްއަށް ޖެއްސުން ކޮށްލީީހެން….އެހެންނޫނަސް މިތާނގަ އުޅޭ ކުދިންނާ މިތަނުން ދިމާވާ ކުދިން ވެސް ވަރަށް މަކަރު ގަދަވާނެ….ތެދުވެރިކަން އެއީ އެމީހުން ދަންނަ އެއްޗެއް ނޫން..” މީގެ އެއް އަހަރު ކުރީގެ ހަނދާނެއް ތާޒާ ކޮށްލަަމުން ދާނިޝް ބުނެލިއެވެ. އެ ފަސްގަނޑަކީ ފުރަތަމަ ފަހަރަށް ދާނިޝް އާއި ރީޝާ ބައްދަލުވި ފަސްގަނޑެވެ. ފުރަތަމަ ފެނިލުމުން ވެސް ދާނިޝްއަށް ރީޝާ ކަމުދިއެވެ. ރީޝާއަށް ހިތް ކިޔާލިއެވެ. އެދުވަހު ރީޝާގެ ފަރާތުން ފެނުނު ސަމާސާ މިޒާޖުން ވެސް ދާނިޝްގެ ހިތް ރީޝާއަށް ހިބަކޮށްދިނެެވެ. “ތި ބުނީ ރީޝާގެ ވާހަކަ ދޯ….އެކަމަކު…މިހާރު ތި ބަސްތަކެއް ރީޝާއަކަށް ޙައްޤެއް ނޫން….އަހަރެންގެެ ހިތަށް އަރާ ދާނިޝް އަބަދު ތި ވާހަކަ ދައްކަނީ ކީއްވެބާއޭ….ހީވާކަހަލަ އަދިވެސް ދާނިޝް ރީޝާދެކެ ލޯބިވެޔޭ….ރަނގަޅަށްތަ މި ހީކުރެވުނީ…؟” ދާނިޝްގެ ވާހަކަތައް އަމާޒުކޮށްލީ ރީޝާއަށް ކަން ވިސްނުމުން ނުރުހުމާއި އެކު އެ ވާހަކަތަކަށް އަޒީލް ރައްދު ދިނެވެ. “ލޯތްބޭ…އަޒީލް މޮޔަވީތަ…؟ އަހަރެންް އެ ކެހިވެރި އަންހެނާ ދެކެ ލޯތްބެއް ނުވޭ….އިރެއްގަ އަހަރެންް އޭނަަދެކެ ލޯބި ވިޔަސް މިހާރު އަހަރެންގެެ ހިތަކު އޭނައަށްޓަކާ އެއްވެސް ލޯޯތްބެއް ނެތް….އޭނަގެ ހީލަތްތެރިކަން އަހަރެންގެ ލޮލަަށް ފެނުނު ދުވަހުން ފެށިގެން އަހަރެން އޭނައަށް ނަފުރަތު ކުރަން….މިހާރު ވެސް އަހަރެންގެެ ހިތުގަ އޭނާއަށްޓަކައި ވަނީ ނަފުރަތު….ހަމައެކަނި ނަފުރަތު…” އަޒީލް ބުނި އެއްޗަކުން ދާނިޝްގެ ގާތަށް ރުޅި އައީ ވިދުވަރެއްހާ އަވަހަށެވެ. ފަހަކަށްއައިސް އަޒީލް ރީޝާއަށް ތަޢުރީފުކޮށް ހަދާތީ ދާނިޝް ނިކަން އަވަހަށް ރުޅިގަދަވެއެވެ. މިހާރު ވެސް އޭނާ އެހުރީ ހުޅުފަޅައިގެންދާވަރު ވެފައެވެ. މިކަން އަޒީލް ދެނެގަތެވެ. އެހެންކަމުން އިތުރަށް ރީޝާގެ ވާހަކަ ދައްކައި ދާނިޝް ރުޅިގަދަ ކުރާކަށް އަޒީލްގެ ހިތެއް ނޭދުނެވެ. “އެންމެ ރަނގަޅޭ ދެން….އަހަރެން އިތުރަށް އެ ވާހަކަ ދައްކާކަށް ނެތިން….ހިނގާ ދާން….މަށަށް ވެސް ހީވަނީ އެމަންޖެ މަށަށް ޖެއްސުން ކޮށްލީހެން…” އަޒީލް އޭނާގެ ފަހު ޖުމްލަ ނިންމާލުމަށްފަހު އެ ފަސްގަނޑުުން ފޭބުމަށް ހިނގައިގަތެެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ނޭނގި ހިތޭ ގެންދެވީ މިތުރާ (2)

Next

އެ ވަޢުދު (10)

Next
June 26, 2018

އެ ވަޢުދު (10)

Previews
June 26, 2018

ނޭނގި ހިތޭ ގެންދެވީ މިތުރާ (2)

8 Comments!

  1. Livee says:
    June 26, 2018 at 11:45 am

    Yet me first dho

  2. Nunnu says:
    June 26, 2018 at 3:03 pm

    Yes you are first friend
    Congrats

  3. Livee says:
    June 26, 2018 at 5:53 pm

    Hehe thanks nunnu. Story is osm

    1. hattey says:
      June 28, 2018 at 10:46 pm

      Thanks

  4. unique says:
    June 26, 2018 at 6:20 pm

    vv reethi mi story Maasha Allah………………

    1. hattey says:
      June 28, 2018 at 10:48 pm

      Thanks

  5. Sau says:
    July 3, 2018 at 5:28 pm

    Nice story

    1. hattey says:
      July 24, 2018 at 7:12 am

      Thankssss

Comments are closed.

Next Episodeލޯބި ވީމޭ ސިއްރު ސިއްރުން (10←


All Right Reserved!