އެކިގޮތްގޮތަށް ވަރަށް ވިސްނުމަށްފަހު އައްކިޔުންނާ ރައްޓެހިވާން ނައިޝާ ނިންމިއެވެ. ********* “ވަރަށް އުފާވެއްޖެ ހަފްތާއެއް ފަހުން ވިއަސް “އާނ”ބަސް ބުނީތީ” ވަރަށްބޮޑަށް އުފާވެފާ ހުރެ އައްކިޔުން ބުނެލިއެވެ. އައްކިޔުންނާ ނައިޝާ އާދައިގެމަތިން ބީޗުގެ ދޮންވެލިިގަނޑު މަތީގައި އިށީނެވެ.މިރޭ ނައިޝާ ވެސް ވަރަށް ހިތްހަމަ ޖެހިލައިގެން އިނެވެ.ދެމީހުން އެކި އެކި ވާހަކަ ދައްކަމުން ދިޔައެެވެ.ކިތަންމެ ގިނައިން ވާހަކަ ދެއްކި ކަމުގައި ވިޔަސް ނައިޝާ އޭނާގެ މާޒީގައި ކަންތައް ވެފައިވާ ގޮތް އައްކިޔުންނަށް ކިޔައިދޭން ފަސްޖެހެއެވެ. “ނައި ކީއްވެ އަބަދު […]
މިކްޔާން މި ކޮށްލި ކަމަކުން ލޯމަރާލައިގެން ހުރި ރުހާ ކުއްލިއަކަށް ދެލޯ ހުޅުވާ ބޮޑުކޮށްލިއެވެ. މިކްޔާންގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕާލިއިރު، އޭނާ ތުރުތުރުލަމުން ދިޔައެވެ. ކުއްލިއަކަށް ރުހާ އެގޮތަށް ކަންތައް ކުރުމުން ނުވިސްނާ ހުރި މިކްޔާން ނުވެއްޓުނީ ކިރިޔާއެވެ. ހަށިގަނޑު ބެލެންސްކޮށްލަމުން ރުހާއަށް ބަލާލިއިރު، އޭނާ ހުރިގޮތް ފެނިފައި މިކްޔާން ހައިރާންވިއެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރި ރުހާ ތުރުތުރުލަމުން ދިޔައިރު، އެމޫނުމަތިން ފާޅުވަނީ ބިރުގެންފައިވާކަމުގެ އަސަރުތަކެވެ. އެ ބޮޑު ދެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. މޭމަތީ […]
އާލިޔާ އެދުވަހު ގެއަށް ދިޔައީ ހާލިދު މެން އައިސް އުޅޭކަން ނޭނގި ހުރެއެވެ. ދިޔަ މަގުމަތީގައި ސިނގިރޭޓު ފޮށްޓެއް ގަނެގެން ގޮސް ގޭތެރެއަށް ވަންނަން ފިޔަވަޅު އެޅި އާލިޔާގެ ފިޔަވަޅު ތަކަށް މަޑުޖެހުމެއް އައީ ގޭތެރެއިން އަނީސާ އާއި ހާލިދު ވާހަކަ ދައްކާ އަޑަށެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔަ ގޮތުން އެއީ ވަރަށް ސިއްރު ވާހަކައެއްކަން އެނގެއެވެ. އެވާހަކަ ތަކަށް އެއްވެސް ޝައުޤެއް ނެތުމުން އާލިޔާ ގޭތެރެއަށް ވަންނަން ދިމާ ކުރިއެވެ. ނަމަވެސް އޭނާގެ ފިލާވަޅުތައް […]
މިލާން އަށް ވަމުން ދިޔަ ގޮތް ފެނިފަ އީވާ މިލާން ހިފައިގެން ލިވިންގް ރޫމަށް ދިޔައެވެ. އެއިރު އެތާގަ އަފާ އާއި ޒިމާމް ތިއްބެވެ. ” މިނީ ހާލު ކިހިނެއް…… ކޮބާ މަންމަ” އަފާ މިލާން ފެނުމުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ވާ އީނާޝް އާ ބެހޭގޮތުން އަހާލިއެވެ. ” މަމް އުޅޭ ފްރާންސް ގަ މިދިޔަ ހަފްތާ ސިޑްނީ އިން ށިފްޓް ވީ” މިލާން އެހެން ބުނުމުން އަފާ އީނާޝް އަންނަނީ ކޮންއިރަކުން […]
” އަޅުގަނޑު ކޮންމެ ވާހަކައެއް ބުންޔަސް މަންމަ ރުޅިއެއް ނާންނާނަންތަ؟.” އިށީންދެގެން އިން ގޮނޑި ހަނީފާއާއި ދިމާއަށް އަބުރައިލައި ހަމަޖެހިލަމުން ޙަޔާ އަހައިލިއެވެ. ” އަޅުގަނޑު ވޯކްއަށް ނިކުތުމުގެ ކުރިން ކައިވެނިކުރަން ބޭނުން..” ޙަޔާގެ ފަރާތުން އެކަހަލަ ވާހަކައަކަށް އެއްވެސް ވަރަކަށް އުއްމީދުނުކޮށް އިން ހަނީފާ ކުށިއަރުމުން ޙަޔާ ފެންތަށި ހަނީފާގެ އަތަށް ލައިދިނެވެ. ” އައިމް ސޯ ސޮރީ އިނގޭ ކުއްލިއަކަށް މިހެން ބުނީމަ މަންމައަށް ވާނެ ގޮތް..” ” ދަރިފުޅު އުޅެނީ […]
“ޒާއި.. އަހަރެން ބޭނުން ޖޮބަށް ދާން.. ހާދަ ފޫހިވާނެއޭ ގޭގަ އެކަނި އޮންނައިރު..” ނަވްޔާގެ އުނގުގައި އޮތް ޒާއިފްގެ ބޮލުގައި ފިރުމަމުން ނަވްޔާ ބުންޏެވެ.”ދެން އަޅޭ… ދުވަސް ކޮޅަކު މަޑު ކޮށްލާފަ ދާނީ.. އޮޕަރޭޝަން ކޮށް ނިމިގެން ހަމަޖެހިލައިގެން..” ޒާއިފް ދެކޮޅު ހެދިއެވެ.”އޯކޭ އޯކޭ.. އެކަމް ވަރަށް ބޭނުމޭ.. ކުޑައިރުއްސުރެ ވަރަށް ގަޔާވާ ޖޮބެއް އެއީ..” ނަވްޔާ ބުންޏެވެ.”ނަވް އޮޕަރޭޝަން ކޮށް ނިމުނީމަ ޖޮބަށް ދާންވީ.. އެކަމް ދަރިއެއް ލިބިއްޖެއްޔާ ކެނޑެން ވާނެ.. ނަވްމެންގެ މަންމަ ހުރި […]
އެންމެން ވެސް ވާހަކައިގައި ތިއްބާ ސިހުން ގެނެވީ އެތެރެ އަށްވަން އަދްހަމް އަދި ޒިޔާދު ފެނުމުންނެވެ. ” ހާދަ ފޯރީގައި ކޮން ވާހަކަ އެއް ދައްކަނީ އެންމެން ، ” ހެވިލާފައި ހުރެ ޒިޔާދުބުނެލީ އަދްހަމް އަށް ބަލައިލަމުންނެވެ. ” ސާބަސް ބައްޕާ ދެން ހަމަ ވާހަކަ އެއްދައްކާލަނީއޭ ” ލައިހާ ބުނެލިއެވެ. ” އެހެންތަ، ބައްޕް ގެ ދަރިފުޅު ވަރަށް ރީތި އިނގޭ މާޝާ ﷲ ، މީހުންގެ އެސްފީނާތަކުން ސަލާމަތް ކޮށްދެއްވާންދޭވެ! ” ލައިހާ […]
ކޮންމެ ދުވަހަކޭ އެއްފަދައިން އަހަރެން ސުނާމީ ބިނައިގައި އިރުއޮއްސޭ މަންޒަރު ބަލަން އިނީމެވެ. މިއީ އަހަރެންގެ އާދައެކެވެ. ކޮންމެ ދުވަހަކު އިރު އަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު ބެލުމެވެ . ނަމަވެސް އަހަރެންގެ ޙަޔާތުގައި އިރު އޮއްސުނު ގޮތަކަށް އަދިވެސް އިރެއް ނާރައެވެ. އެ ޙިޔާލް ގައި އިނދެފައި އަހަރެން ތެދުވީ އަވަހަށް ގެޔަށް ދާން ށެވެ. އަހަރެން ސުނާމީ ބިނާ އިން ނިކުންނަން ދިޔައިރު ގައި އަހަރެންނައް އެތާގައި އިން ޒުވާނާ އާއި […]
ލިލިއަން އަށް އިތުރަށް އެތާކު ކެތެއް ނުކުރެވުނެވެ. އެ މާޙައުލުން އޭނާ ބޯ ހާސްކުރުވަމުން ދިޔައެވެ. ދުވެފައި ކަހަލަ ގޮތަކަށް ޕާޓީއިން ނިކުމެގެން ލިލިއަން ދިޔައެވެ. ގެއަށް ދާހިތް ނެތުމާއެކު ލިލިއަން މިސްރާބުޖެހީ އެތާ ކައިރި ހުރި ޕާކެއްގެ ތެރެއަށެވެ. މާގިނަ މީހަކުވެސް އެ ޕާކު ތެރެއިން ފެންނާކަށް ނެތެވެ. މަޑު ހިނގުމެއްގައި އައިސް މީހުންނާ އެކަހެރި ބެންޗެއްގައި ލިލިއަން އިށީނެވެ. އަދިވެސް އެންމެންގެ ފަރާތުން އޭނާއަށް ކުރިމަތިވި ފުރައްސާރައިގެ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. […]