“ހާދަ ރޮމޭންޓިކޭ…ކުރިއަކުން ހިއެއް ނުކުރަން އައްކި ތިހާ ރޮމޭންޓިކް ކަމަކަށް…ވަރަށް ރީތި ސަޕްރައިޒެއް…ވަރަށް ރޮމޭންޓިކް އެޓްމޮސްފިޔާރ އެއް” އައްކިޔުން ދިން މަލުގައި ހިފާލަމުން އުފަލުން ހުރެ ނައިޝާ ބުނެލިއެވެ. އެވަގުތު އައްކިޔުންނަށް ހިނިތުން ވެވުނެވެ.ފިނިފެންމަލަށް ބަލަހައްޓައިގެން ހުރެ އޭގެ ފިޔަތަކާ ކުޅެމުންދިޔަ ނައިޝާއަށް ލޯބިން ފުރިގެންވާ ނަޒަރަކުން އައްކިޔުން ބަލައިލި އެވެ. ނައިޝާއަށް ބަލަންހުރި އައްކިޔުން ވަރަށް ލޯބިން ނައިޝާއަށް ގޮވާލިއެވެ. “ކީކޭ؟” ފިނިފެންމަލަށް ބަލަހައްޓައިގެން ހިނިތުންވެ ހުރެ ނައިޝާ ބުނެލިއެވެ. “ނައި… އައްކިޔުންނަށް ނައި ދެކެ […]
ހަވީރުގެ ހިތް ގައިމު ވަގުތެވެ. ރާޔާ އާއި އޭނާގެ ކޮއްކޮ ރީށާ ދިޔައީ ހުޅުމާލެ އަށް ބުރެއް ޖަހާލަން ށެވެ. އެ ދެ ކުދިން ގެ މަންމަ ރީމާ ވަނީ އެ ކުދިން ވަރަށް ކުޑަ އިރު ގައި ނިޔާ ވެފަ އެވެ. އެކުދިން އުޅެމުން ދިޔައީ އެކުދިންގެ މާމަ އާއި އެކު ގައެވެ. ރާޔާ އަކީ ވަރަށް މޮޅު އަދި ވަރަށް ގިނަ މީހުން ލޯބި ކުރާ ކުއްޖެކެވެ. ނަމަވެސް ރީށާ އަކީ މިޔުޒިކް އަށް […]
*އަވަހަށް ބޮލުގައި ފުނާ އަޅައިގެން ދިޔައީ ހެނދުނު ގެ ނާސްތާ ކުރަން ށެވެ. ތިރީ ފްލޯރ އަށް ދިޔައިރު ހަނާ އާއި ޒައިން ހުރީ އައިކާ އާއި އެކީ ކޮފީ ބޯން ށެވެ. “އައިކާ ކޮން އިރަކު ތަ އެލީޝާ އަންނަނީ އައި ކާންޓް ވެއިޓް ޓު މީޓް ހާ” ހަނާ އައިކާ ކައިރީގައި އަހައިލިއެވެ. “އައިމް ރައިޓް ބަހައިންޑް ޔޫ ހަނާ އެންޑް ލެޓް މީ ގެސް ޒައިން” އެލީޝާ ހަނާ އާއި ޒައިން ގެ […]
“މި އެބަ ޖަހާތަ ނުލަފާ މީހެއް ވައްތަރު..” އެމީހާ ފެނުމުން ނުކްޝާން ގާތަށް އައީ ހިންޏެވެ. ނާންނަންވީ ސަބަބެއް ނެތެވެ. އެ ފިރިހެން މީހާ ތަންކޮޅެއް ފަލަކޮށް ، ބަނޑެއް ލާފައި ހުރި އިރު ތުނބުޅި ވެސް ފުދޭވަރަކަށް ދިގެވެ. އިސްތަށިގަނޑު ތުނިކޮށް ކޮށާފައި ވާއިރު އެއީ މީހުން މަރާ މީހެކޭ އެއްވެސް މީހަކު ނުބުނާނެއެވެ. ކުއްލިއަކަށް އެއީ އެމީހައޭ ބުނުމުން ނުކްޝާން އަށް ޤަބޫލު ކުރަން ދަތިވީއެވެ.”ތެދޭ.. އުހުނ ކިތަންމެ ނުލަފާ މީހަކު ވެސް އުޅެދާނެ […]
އެއް އަތުން ސޫޓްކޭސް ދަމަމުން އަނެއް އަަތުން ދަބަހެއް ހިފައިގެން ފްލައިޓުން ފޭބި ރައިޝާއަށް އެ އެންމެންގެ ނަޒަރު ހުއްޓުނެވެ. ލާފައި ހުރި ރަތް ކުލައިގެ ޓޮޕާއެކު ތިރިން ލާފައި ހުރި އައިސް ބްލޫ ކުލައިގެ ޖީންސްގެ އިތުރުން ބޮލުގައި އަޅާފައި އޮތީ ކްރީމް ކުލައިގެ ޝޯލްއެކެވެ. މޫނުގައި ފުދޭވަރަކަށް މޭކަޕްކޮށްފައި ހުރި އިރު، އަރައިގެން ހުރި ހައިހީލްސްއާއި އެއްކޮށްވެސް އެއްވެސް އުނދަގުލަކާއި ނުލާ އޭނާ ހިނގަމުން ދިޔައެވެ. ފްލައިޓުން ފޭބުމަށްފަހު ރައިޝާ ވަށައިގެންވާ މާހައުލަށް ނަޒަރު […]
“ހިނގާ ދަމާ”ޔަނާލް އަތުކުރީ އޮތް ގަޑި އަށް ބަލައި ލަމުން ބުނެލި އެވެ..”އާނ..ހިނގާ”ލައިހާ ތެދުވެ ހިނގައި ގަތެވެ..އެމްމެން ވެސް ބަދަރާާއި ހަމަ އަށް ދިޔަ އިރު ހުރީ ހަތެއް ޖަހަން އެއް މިނެޓަށް ވެފަ އެވެ..ލޯންޗަށް އަރާ ދެމީހުން ވެސް ހަމަ ޖެހިލިއެވެ…ލައިހާ ފޯނު ނަަގާ އިންސަގްރާމް އަށް ވަދެ އަވަހަށް ސްޓޯރީ އަޕް ކޮށްލިއެވެ.. “އަނެއްކާ ވެސް އަހަރުމެން އެކަނި ދޯ ގޭގަ އުޅޭނީ..ދެން ޝައި ވަރަށް ފޫހި ވާނެ ގޭގަ”..ޝައިރާ ލޯންޗް ދިޔަ ދިމާއަށް […]
ޔުލާގެ ހިތުގައި އުފެދުނީ ނޭނގޭ ބިރުވެރި ކަމެކެވެ. އެންމެން އެންމެންހެން ދަންނަ މި ރަށުގައި މިފަދަ އަމަލެއް ހިންގަން ކެރުނީ ކާކަށް ބާއެވެ؟؟ ………………………………………………………………………………………………………………………………….. ކާމޭޒުމަތީ ފޯނަށް ގެއްލިފައިން ނޫހު ފޯނުން މޫނު އަނބުރައިލީ މާބާރަކަށް އޭނާގެ މަންމަ ހަޅޭއްލަވާ އަޑަށެވެ. “ނާއިލް އަހްމަދް! ހަމަމިހާރު ތެދުވޭ!! މިބުނީނު ތެދުވާށޭ! ނުކުމޭ ކޮޓަރިން..” ބާރުބާރަށް ފާތުން ނާއިލްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހަމުން ދިޔައިރު ހީވަނީ ދޮރުފުނޑާލަން އުޅޭ ހެންނެވެ. “މަންމާ ކިހިނެއްވީ؟؟”މާ އަޑުގަދަ ވުމުން ހިމޭނުން […]
އަވަސްއަވަސް ކޮށްލައިގެން ގެއިން ނިކުތް އައްކިޔުންގެ ހިތް ތެޅެމުން ދިޔައީ ވީ ކީއްކަމެއް ނޭނގޭތީއެވެ. “އަނެއްކާ ލެޔާލް ކަމެއްކުރީބާ؟” ނައިޝާގެ ގެއަށް ވަދެ ސިޑިން އަރަމުން ދިޔަ އައްކިޔުންގެ ހިތަށް އެރިއެވެ.އޭރުވެސް އޭނާގެ ހިތް ގަދައަށް ތެޅެމުން ދިޔައެެވެ. ނައިޝާގެ އެޕާޓްމެންޓުގެ ދޮރުމަތީގައި ހުއްޓިލުމަށްފަހު، އައްކިޔުން ދެތިންފަހަރަކު ދޮރުގައި ޓަކި ޖަހާލިއެވެ.ނަމަވެސް ނައިޝާގެ ހިލަމެއްނުވިއެވެ.ދޮރުގައި އިން ބެލްވެސް ތިންވަރަކަށް ފަހަރު އަޅާލުމުންވެސް ނައިޝާގެ ޚަބަރެއް ނުވުމުން ހާސްކަން އިތުރުވި އައްކިޔުން، ޖިންސުގެ ޖީބުތެރޭގައި އޮތް އޭނާގެ ފޯނު ނަގައި […]
“މައިންޑް އިފް އައި ޖޮއިން” ވިވާން ބުނެލި އެވެ. “ވަޓް އެވަރ” ސާރާ ވިވާން އަށް ޖެއްސުމަށް ބުނެލި އެވެ. “ސާރާ ކީއްވެ އެހާ އެކަނި ވެރި ކޮށް ތިހުރީ. ފްރެންޑްސް އެއް ނުހުރޭތަ” ވިވާން އަހައިލި އެވެ. “އާން. އެމީހުން އަބަދުވެސް އަހަރެމެން ބިޓްރޭ ކުރާނީ” ސާރާ މިހެން ބުނުމުން ވިވާން ގެ އަނގަ ހުރީ ބިންމަތީގައި ޖެހީ ނުޖެހީ އެވެ. “އެހެމް ސާރާ ލެޓްސް ބީ ފްރެންޑްސް” ވިވާން އަހައިލި އެވެ. “ވިވާން! އަހަރެން […]