Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

“ހިތް” ލޭ ކޮށެވިފައި……20

Noor💙 Level 710 Stories100 Comments100 Login500 Comments
August 7, 2018 5 Mins Read
44 Comments

ފޯނުގެ ސްކްރީން އޮން ކޮށްލާފައި ބަލައިލިއިރު އިނީ ޒޭންގެ ހަތަރު މިސް ކޯލެވެ. ޒޭންގެ މެސެޖެއްވެސް އައީ ހަމަ އެވަގުތުއެވެ. ރިޝްފާގެ އިންތިޒާރުގައި އެގޭ ދޮރުމަތީގައި މަޑުކޮށްލައިގެން އިންވާހަކަ ބުނާށެވެ. މެސެޖު ކިޔައި ނިމުނުއިރު ރިޝްފާއަށް ބިރުން ތެޅި ގަނެވުނެވެ. އޭނާގެ މުޅި ހަށިގަނޑިންވެސް ބާރުދަނީހެން ހީވާން ފެށިއެވެ. ގަތް ބިރާއިއެކު އޭނާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ.

******

ރިޝްފާ ބިރުންގޮސް މުޅި މީހާ އިނީ ފިނިބޮޑުވެފައެވެ. އޭނާއަށް އެނގުނުހާ ހެޔޮ އެއްޗެއް ހިތާއި ހިތުން ކިޔަމުން ގެންދިޔައެވެ. މިވަގުތު ރިޝްފާގެ ހިތަށް ސަވާރު ވެފައިވާ ބިރުވެރިކަން ދުލަކުން ގަލަމަކުން ބަޔާން ކުރެވޭ ވަރަށްވުރެ މާބޮޑެވެ. އޭނާގެ ހިތުގެ އެއް ކަނަކުން މިއީ އޭނާގެ ޙަޔާތުގެ ފަހު ވަގުތުކޮޅޭ ބުނަމުން ދިޔައިރު ހަމަ އެހިތުގެ އެހެން ކަނަކުން އޭނާއަށް ޖެހިފައި އެވާ މުސީބާތުން މިންޖުވެވޭނެ ކަމަށް ޤަބޫލު ކުރަމުން ދިޔައެވެ.

“މެންދުރު ނުކައި ހުރީމަ ވަރަަށް ބަނޑުހައި ވޭ އެބަ…. ހިނގާ ތަނަކަށް ކާން ދާން… ”

ރިޝްފާ ވަރަށް ހިތްވަރު ކޮށްފައި ބިރުން އިނދެފައިވެސް ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްވޭތޯ ފުރަތަމަ ފިޔަވަޅު ނެގިއެވެ.

“އޯކޭ… ރީޝް ބޭނުން ގޮތެއް”

އެއަޑު އިވުމުން އެއީ ހަމަ ޒޭންގެ އަޑޭ ރިޝްފާ ހިތާއި ހިތުން ކިޔާލިއެވެ. ނަމަވެސް އޭނާގެ ހިތަށް ވަންނަމުން ދިޔަ ވަހުމް ތަކުގެ ސަބަބުން ރިޝްފާ ވަރަށް ނޫންކަމަށް ހަދާލާފައި ޒޭންގެ މޫނު ފެންނަ ގޮތަަށް އިން ސައިކަލުގެ ލޯގަނޑަަށް ބަލައިލިއެވެ.

“ކީއްވެ ހާދަ ވަރަކަށް ތި ބަލަނީ”

ޒޭން ބުނެލި އެއްޗަކުން ލޯގަނޑަށް ކަޝްފު ވެފައިވާ ޒޭންގެ މޫނުން އިތުރު ބިރުވެރިކަމެއް ވެރިވެފައިވާ ރިޝްފާގެ ގަނޑުވެފައިވާ ހިތް ހީވީ ހުއްޓުމަކަށް އައި ހެންނެވެ. އިވެމުން އެދަނީ ޒޭންގެ އަޑަށް ވިޔަސް އެއީ ޒޭން ނޫންކަން ރިޝްފާއަށް ވަނީ ޔަޤީންވެފައެވެ. ޖިންނި ޝައިޠާނުންގެ ވާހަކަ އޭނާއަށްވެސް ވާހަކަ ފޮތްތަކުންނާއި ތުންތުން މަތިން ވަނީ ކިތަންމެ ފަހަރަކު އިވި ބާވެފައެވެ. އަދި އެ އެއްޗެހީގެ ބައެއް އަލާމާތްތައްވެސް މެއެވެ. އޭގެ ތެރޭގައި އެންމެ ކުރިއަށް ލިސްޓު ކުރެވިފައިވާ އެއްކަމަކަށް އެ އެއްޗިހީގެ ސޫރަ ލޯގަނޑަކުން ނުފެންނާނޭވެސް ބުނާ ހަނދާންވެއެވެ. ރިޝްފާގެ އަތްފައި ތުރުތުރު އަޅަމުން ދިޔައިރު މިހާރު އޭނާގެ ސިކުނޑިވެސް ވަނީ މަސައްކަތް ކުރުން ހުއްޓާލާފައެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ މުޅި ޙަޔާތުގައިވެސް އަދި މިކަހަލަ ކަމަކާއި ދިމާވެފައެއް ނުވެއެވެ.

“އާނ.. މިހިސާބުން ރަނގަޅު ރެސްޓޯރެންޓެއް ފެނޭތޯ މި… މި… މިބަލަނީ… ”

ރިޝްފާ އަޅައަޅައި ގަނެފައިވެސް ނޫންކަމަށް ހަދާލަމުން ވާހަކަ ދެއްކީ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ އެ ދަނޑިވަޅުގައި ވިސްނުންތެރިކަން އިޚްތިޔާރު ނުކުރެވިއްޖެނަމަ އެއީ މަރުގެ އެތިފަހަރަކަށް ވުން ގާތްވީމައެވެ.

*****

ކައިލާން އާއި ޖަޒްލީ ރެސްޓޯރެންޓަކަށް ގޮސް ކައިގެން އައި މަގުމަތީގައި ހާޑްވެއަރ ފިހާރައަކަށް ވަދެ ކޮޓަރީގައި އެޅޭވަރަށް ތަރުފާލާއި ކޮޓަރީގެ ދޮރާއި, އެހެނިހެން މަރާމާތަށް ބޭނުންވާނެ އެއްޗިހި ގަނެގެން އަވަހަށް ގެއަށް ދިޔައީ މިވަގުތު ވާރޭ ހުއްޓާލާފައި އޮތަސް އުޑުމަތި އޮންނަނީ ބަނަކޮށް ކަމުން މިރޭވެސް ވާރޭ ވެހުން އެކަށީގެންވާތީ, ކޮޓަރީގައި ނިދޭނެ ގޮތެއް ހެދުމަށެވެ.

ދެމީހުންވެެގެން ކޮޓަރިތެރެއިން މަކުނުވާ ފޮޅާ ސާފުކޮށްފައި, ވެއްޓިފައި އޮތް ފޮތިއަލަމާރި ކޮޓަރިން ނެރެ ސިޓިންގ ރޫމުގައި ބޭއްވިއެވެ. އަދި އަނެއް ކޮޓަރީގައި ހުރި އެނދުގައި އަޅާފައި އޮތް އެއްކޮޅު ތެމުމުގެ ސަބަބުން ފީވެ ހަސްނެތިފައިވާ ފިލާގަނޑުގެ ރަނގަޅަށް އޮތް ބައި ފައިން އަރައި ބިންދާލުމަށްފަހު ގެންގޮސް ކޮޓަރީގެ ދޮރުގެ މެދުން ހެދިފައިވާ ބާގަނޑު މަތީގައި އަޅައި ނިވާ ކުރަން އުޅެނިކޮށް ކައިލާން އަތުގައި މޮހޮރު ޖަހަން ގެންގުޅުނު މަރުތޭލުން ޖެހުނެވެ. ވީތަދުން ކައިލާންގެ އަތުން ފިލާގަނޑު ވެއްޓި އަނގައިން މަޑު އާހެއް ނިކުތެވެ.

ގޭގައި އޮތް ބާވެ ކޮޅުފަލަވެފައިވާ އިލޮށިފައްޗަކުން ގުދަށް ގުދަށް އޮވެ ކުނި ކަހަމުން ދިޔަ ޖަޒްލީއަށް އިލޮށިފަތި އެއްލާލާފައި އައިސް ކައިލާންގެ އަތުގައި ހިފައި ބަލައިލެވުނުއިރު އޭނާގެ ހިތްކުދިކުދިވީ ކަހަލައެވެ. މަރުތޭލުން ޖެހުނު ތަނުން ހަންމެށި ކުޑަކޮށް ލޭގެ އަސަރު ފައުޅުވަމުން ދިޔައެވެ. ޖަޒްލީ އޭނާގެ އަތުތެރެއަށް ކައިލާންގެ އަތްލުމަށްފަހު އެ އަތަށް ބަލަހައްޓައިގެން ހުއްޓެވެ. ކައިލާން އަނެއް އަތުން ޖަޒްލީގެ ދަތްދޮޅީގައި ހިފައި ދެމީހުންގެ ހަތަރުކަޅި ހަމަ ވާނެހެން މަޑުމަޑުން އުފުލާލިއެވެ. އެވަގުތު ނުރޯން ހިތްވަރު ކުރަމުންދިޔަ ޖަޒްލީގެ ލޮލުގައި ގައިދުވެފައިހުރި ކަރުނަތައް މިނިވަން ވެގެން ދިޔައެވެ. އަނބިމީހާގެ ނާޒުކު ކަމުން ކައިލާންއަށް ޖަޒްލީގެ ކޯތާފަތުގައި ބޮސްދެމުން ދިޔަ ކަރުނަތައް ފޮހެލައި ދީފައި ޖަޒްލީގެ އޯގާތެރިކަމާއި ލޯބިން ފުރިގެންވި ރީތި ދެލޮލުގައި ބޮސް ދެވުނެވެ. ޖަޒްލީގެ ލޮލުން ދިއްލަމުން ދިޔަ ކަރުނަތަކުން އޭނާގެ އަތުން ނަގަމުން ދިޔަ ދިލަވެސް ހަނދާން ނެތުނު ކަހަލައެވެ. ޖަޒްލީ ރޯތަން ދެކެން އޭނާއަކަށް ކެތެއް ނުވާނެއެވެ.

“ވަރަށް ތަދުވޭދޯ… މީ ހަމަ އަހަންނާ ހެދި………. ”

ކައިލާންގެ އަތުގައި މަޑުމަޑުން ތުންފަތް ޖައްސާލުމަށްފަހު ޖަޒްލީ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވަނީސް ކައިލާން ޖަޒްލީގެ އަނގަމަތީގައި އަތް އަޅައިގެން ގެންގޮސް ކުރިމަތީގައި ހުރި ފާރުގައި ލައްކޮށްލިއެވެ.

******

ކޮލެޖުން ނިކުމެގެން އައި ޒިވާއަށް ސައިކަލުގައި މަޑުކޮށްލައިގެން އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އިން ރުހާން ފެނުމުން އެތަނުގައި އެއިނީ ކީއްވެފައިތޯ ސުވާލު ކޮށްލެވުނުއިރު ހަމަ ޖެހިގެން އައި ސިކުންތުގައި އަނގަމަތީގައި އަތް އަޅައިލެވުނެވެ. ހީވީ އޭނާގެ އަމިއްލަ އިޚްތިޔާރަކާއި ނުލާ ދޫ ހަރަކާތް ކުރީހެންނެވެ. އެކަން ރުހާންގެ ހިތަށް ނަގައިގަނެވުމުން އޭނާގެ މޫނުމައްޗަށް މަޑު ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. އޭނާގެ ހިތުގައި ކުޅެމުން އެދާ ޒިވާގެ ނަމުގެ ލޯބީގެ ހިތްގައިމު މިއުޒިކު ތަކުން ޒިވާއަށްވެސް އަސަރު ކުރަނީ ބާވައޭ ރުހާން ހިތާއި ހިތުން ކިޔާލިއެވެ.

“ބުނީމެއްނު ޒިވާ ނިމޭ ގަޑިއަކަށް އިންތިޒާރު ކުރާނަމޭ”

ރުހާން ޒިވާއަށް ބަލަހައްޓައިގެން އިނދެ ޒިވާގެ ނަމުން މުޚާތަބުކޮށް ވާހަކަ ދެއްކިއިރު ހީވަނީ ހަމަ އެއީ އެދުލަށް މާކުރިންވެސް ފަރިތަ ވެފައިވާ ނަމެއް ހެންނެވެ.

“އެކަމަކު އަހަންނެއް ނުބުނަމެއްނު އަހަންނަށް އިންތިޒާރު ކުރާށެކޭ”

އެވަގުތު ކޮލެޖުން ނިކުމެގެން ދިޔަ އޭނާގެ ދަރިވަރަކަށް ބަލާލާފައި ޒިވާ ލަދުންހުރެ މަޑުމަޑުން ބުނެލިއެވެ. ނަމަވެސް ރުހާންވެސް އޭނާގެ ހިނިތުންވުން ފުޅާ ކޮށްލަމުން އެކަމަކު އިންތިޒާރު ނުކުރާށެކޭވޭސް ނުބުނަމެއް ނޫންހޭ ބުނެލިއެވެ. ރުހާންގެ ޖުމްލައިން އެމީހުންގެ ކައިރިން ދެކޮޅަށް ހިނގަމުން ދިޔަ މީހުންނަށް ބަލަމުން ދިޔަ ޒިވާއަށް ރުހާންއާއި ދިމާއަށް ބަލައިލެވުނެވެ. އޭރު އޭނާގެ މޫނުމަތިން ލަދުރަކި ކަމަށްވުރެ މާޔޫސްކަމުގެ އަސަރު މާ ފައުޅުކަން ބޮޑު ގޮތެއްގައި ހާމަވަމުން ދިޔައެވެ. އެކަމުން ރުހާންގެ ހިތް ފޮތިފޮތިވީ ކަހަލައެވެ. ޒިވާގެ ފަސްފަހަތުން ދީވާނާއަކު ފަދައިން ކޮލެޖުން ނިކުންނާނެ ވަގުތަކަށް އޭނާ އެހާ ދިގު އިންތިޒާރެއް އެ ކުރީ ހިތުގައި އެ އަންހެން ކުއްޖާ ޙާސިލް ކުރުމަށް އުއްމީދެއް އާވެފައި ވީތީއެވެ. އެއީވެސް ހަމަ ޒިވާގެ ފަރާތުން ލިބުނު ފެހި ސިގްނަލްތަކުގެ ސަބަބުންނެވެ. އެކަމަކު ޒިވާ ނުރުހޭނަމަ އޭނާ ދެން ޒިވާގެ ހިޔަނި ފެންނަ ހިސާބަށްވެސް ނުދާނެއެވެ.

“ސޮރީ… ޒިވާ ނުރުހެންޏާ އަހަރެން ދެން ޒިވާއަކަށް އުނދަގުލެއް ނުކުރާނަން.. ”

ރުހާން އޭނާގެ ހިތުގައި އަތް އަޅާފައި ޖަޒްލީއަށްފަހު އެހިތް ހުޅުވާލި ދެވަނަ އަންހެން ކުއްޖާއަށްވެސް ފުރަގަސް ދީފައި ސައިކަލް ސްޓާޓްކޮށްލީ އޭނާ ޒިވާގެ ނިންމުމަށް ޤަދަރު ކުރާވަރު ހާމަ ކުރަމުންނެވެ. އެވަގުތު ޒިވާގެ ދުލުން ފުރަތަމަ ފަހަރަށް ރުހާންގެ ނަން ބޭރުވިއެވެ. އޭނާގެ އަޑުގައިވާ ބާރުމިން ޒިވާއަށް އިޙްސާސްވީ ރުހާން ސައިކަލް މަޑު ކޮށްލާފައި ޒިވާއަށް ބަލައިލިއިރު އެތަނުގައި ތިބި އިތުރު ތިން މީހެއްގެ ނަޒަރުވެސް އޭނައަށް ހުއްޓިފައިވާތަން ފެނުމުންނެވެ. ޒިވާއަށް ލަދުން ދުވެފައިކަހަލަ ގޮތަކަށް ގޮސް ރުހާންގެ ސައިކަލް ފަހަތަށް އެރުމަށްފަހު އަވަހަށް މިތަނުން ހިނގާށޭ ބުނެލެވުނެވެ. ރުހާން ބާރު ސްޕީޑުގައި ސައިކަލް ދުއްވާލިއިރު ހީވީ މުޅި ދުނިޔެ އެކަށް ހިތަކަށް ލިބިގެން އުޅޭ ހެންނެވެ.

******

ލެމަން ގްރާސްގައި ކާއެއްޗިއްސަށް އޯޑަރު ދީގެން ތިބި ރިޝްފާއާއި ޒޭންގެ ދެމެދުގައި މާބޮޑު ވާހަކައެއް ނުދެކެވެއެވެ. ރިޝްފާ ދެއަތް ދެއަތަށް މޮޑެމުން ދިޔައިރު އޭނާގެ ހަރަކާތް ތަކުންނާއި ނިތްކުރިމަތިން ފައިބަމުން ދިޔަ ދާތިކިތަކުންވެސް ބަލާލައިފި މީހަކަށް އޭނާ ގަތްފައިވާ ބިރު އިޙްސާސް ކުރެވޭނެކަން ގައިމެވެ. ޒޭންގެ ސިފައިގައި ކުރިމަތީގައި އެ އިން އެތީގެ ނަޒަރު އެސްފިޔަ ޖަހާލާހާ ވަގުތު ކޮޅަކަށްވެސް އޭނާއާއި ވަކި ނުވެއެވެ. އެހެންވެ ޒޭން އެވަރަށް ގުޅާއިރުވެސް އޭނާ އެ އިންނަނީ ފޯނު ސައިލެންޓަަށް ލައިގެން ނަގަން ނުކެރިފައެވެ. އެވަގުތު ވެއިޓަރ ކާއެއްޗިހި ހިފައިގެން އައުމުން ރިޝްފާ އެންމެ ފުރަތަމަވެސް ކޯކު ފުޅި ރަނގަޅަށް ތަޅުވާލުމަށްފަހު ގަޔާއި ކައިރި ކޮށްލާފައި މަތިގަނޑު ނެގިއެވެ. ބޭނުންވި މަޤްސަދު ހާސިލް ވެއްޖެއެވެ.

ކައިރީހުރި މޭޒުކައިރީގައި އިން ޒުވާން އުމުރުގެ ފިރިހެން ކުއްޖެއްގެ ގާތަށް އައީކީ އަމަށަކު ހިންޏެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. ކޯކު ފުޅީގެ ދެބައިކުޅަ އެއްބައި ވަނީ ރިޝްފާގެ ރާޅުބާނި އިސްތަށިގަނޑުގައާއި ލައިގެން އިން ހެދުމަށް އޮހިފައެވެ. ނަމަވެސް އެކަމަކުން ރިޝްފާއަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ހޭނެ ވަރަކަށް ހޭންވީ ނޫން ހެއްޔެވެ؟މުޅި މީހާ ކޯކުން ފެން ވެރިގެންވެސް ކައިރީގައި އިން އެތީގެ ފަރާތުން ސަކާމަތް ވުމަށްވުރެ މިވަގުތަށް އޭނާއަށް މުހިއްމު އެހެން ކަމެއް ނެތެވެ.

“އޯހްހްހހހހ….. ހެދުންވެސް އެކަށް ހަޑިވީދޯ…. ހިނގާ އަވަހަށް ގެއަށް ދާން ޗޭންޖު ކުރަން…. ދެން މިރެއަށް ކަމެއް ރާވާނީ….. ”

އޭތީގެ ދުލުން ބޭރު ކޮށްލި ބަސްތަކުން ރިޝްފާ އިތުރަށް ކަންތައް ބޮޑުވާގޮތް ވިއެވެ. ދުވާލު އަލިކަމުގައި އޭނާ އެހާ ބިރުގަނެ ފިއްކެނޑިފައި ވާއިރު އޭނާއަކަށް ހަމަހިލާ ރޭގަނޑުގެ އަނދިރި ކަމުގެ ތެރެއިން އެ އެއްޗާއި ބައްދަލް ވެއްޖިއްޔާ ވާނެ ގޮތެއް ހިތަށް ތަސައްވުރު ކޮށްލަންވެސް ނޭނގެއެވެ.

“ނޫނޭ… އަންނާނަން ވޮޝް ރޫމަށްގޮސް ދޮ ދޮ ދޮވެލައިގެން… މިއިނީ ވަރަށް ވަރަށް ބަނޑުހައިވެސް ވެފަ… ކުރިމަތީގަ މިހިރަ ކާއެއްޗިހި ދޫކޮށްލާފަ ގެއަށްދާކަށް ނުވާނެއްނު…. މިއަންނަނީ ވަރަށް އަވަހަށް…. ޒެ…. ޒެ…… ޒޭން ކާން ފަށާ…. ”

ރިޝްފާ ގޮނޑި ދުރުކޮށްލާފައި ތެދުވެ ވަރަށް ހިތްވަރާއިއެކު އަޅަ އަޅައިގެންފައި ވާހަކަ ދެއްކިއެވެ. ހަމަ އެއްމެ އުއްމީދެއްގައެވެ. ސަލާމަތުގެ އައްސޭރިއަކަށް ދެވޭތޯއެވެ.

******

ކައިލާން ޖަޒްލީގެ އަނގަމަތީގައި އަޅާފައިވާ އޭނާގެ އަތް ނެގުމަށްފަހު ޖަޒްލީގެ މަޑުމަޑު ތުންފަތުގައި ބޮސްދިނެވެ. އެވަގުތު ޖަޒްލީއަަށް ދެލޯ މަރާލެވުނުއިރު އެސްފިޔަތަކުގެ ހިމާޔަތުގައި ތިބި ކަރުނަތިކިތައްވެސް އޭގެ މަޤާމު ދޫކޮށްލިއެވެ.ޖަޒްލީގެ ދެއަތް ކައިލާންގެ އިސްތަށިގަނޑުގެ ތެރެއަށް ވައްދާލެވުނުއިރު ކައިލާންގެ ދެއަތުން ޖަޒްލީގެ ހަށިގަނޑުގައި ނުހަނު ލޯބިން ފިރުމަމުން ދިޔައެވެ. ލޯބީގެ އޮއިވަރުގައި ދެހިތް ޖެހި ދެ ހަށިގަނޑު އެކައްޗަކަށް ވެގެން ދިޔައެވެ. ދެ ޖިސްމުގައިވާ އެ ދެ ހިތުން ވިންދު ޖަހަމުން ދިޔައީ އެކަކު އަނެކަކަށްޓަކައެވެ.

ލޯތްބާއި އޯގާތެރިކަމުން ފުރިގެންވި ދެމަފިރިންގެ ލޯބިވެތި އެ ވަގުތުކޮޅަށްފަހު އަނެއްކާވެސް އައު ހިތްވަރަކާއި އެކު ދެމީހުން މަސައްކަތަށް ފަށައިގަތެވެ. ދޮރުގައިވާ ބާގަނޑު ބެއްދުމުން ކޮޓަރިތެރެކަހާ ވެލިތައްވެސް ނެގިފައިވާތީ ގަނެގެން ގެނައި ތަރުފާލު ރޯލު ކޮޓަރި ތެރޭގައި ފަތުރާލިއެވެ. އެއަށްފަހު ތެތް ފޮތިގަނޑަކުން ތަރުފާލު މަތީގައި ފެންފޮތި ލިއެވެ.

މަސައްކަތް ނިންމާލުމަށްފަހު އުނަގަނޑުގައި އަތް ވިދެލައިގެން ކޮޓަރިތެރެއަށް ބަލަހައްޓައިގެން ހުރި ޖަޒްލީގެ މޫނުމަތީގައިވާ އުފާވެރިކަމުން އެމަންޒަރު ފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް ހަމަޖެހުން ލިއްބައިދޭނެކަން ހަމަ ޔަޤީނެވެ.

“ބޮކި ހަރު ކުރީމަވެސް ނުދިއްލުން…. ކަރަންޓުގަ އެބައުޅޭ ކޮންމެވެސް މައްސަލައެއް…. ދޮންބެ ބުނި ދޮންބެ ރައްޓެއްސަކު އުޅޭނެޔޯ މިރަށުގަ ކަރަންޓް ވައިރިންގެ މަސައްކަތް ދަންނަ…. އޭނަ ބުންޏޯ ވައިފް ވިހަން ވައްދައިގެން އުޅޭތީ މިއަދު އަންނަން ވަރަށް އުނދަގުލޭ.. މާދަމާ ކޮންމެސް އިރަކުން ޖައްސާލާނަމޭ….. ”

ކައިލާން އޭނާގެ ސޯޓު ޖީބުގައި ހުރި އުއްބައްތިތަކާއި ލައިޓަރ ނަގައި ގަނެގެން ގެނެސް ބަހައްޓާފައި ހުރި ގޮނޑީގެ މަތީގައި ބަހައްޓަމުން ވާހަކަ ދެއްކިއެވެ. އަހަންނާއިއެކު އަހަރެންގެ ލޯބިވާ ފިރިމީހާ ވާހާ ހިނދަކު އިތުރު އަލިކަމަކަށް ބޭނުމެއް ނުވެޔޭ ކިޔައި ޖަޒްލީ ކައިލާންގެ ގައިގައި ބައްދާލަމުން އެ ތަނަވަސް މޭގައި އޭނާގެ މޫނު ފޮރުވާލިއެވެ.

******

ރިޝްފާ އެންމެ ސިކުންތެއްވެސް ލަސްކުރުމެއްނެތި ފާޚާނައަށް ވަތް ގޮތަށް ޒޭންގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ރިޝްފާއަށް ގުޅާ ގުޅާ ޚަބަރެއް ނުވެގެން ފިކުރު ބޮޑުވެފައި ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަހުރި ޒޭން ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން ފޫހި ގޮތަކަށް ފޯނު ނަގައި ބަލައިލިއެވެ.ނަމަވެސް ގުޅަނީ ރިޝްފާކަން އެނގުމުން އޭނާ އަވަހަށް ފޯނުނަގާފައި ހަލޯއޭ ބުނެލެވުނުތަނާ ރިޝްފާގެ ރުއިމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ޒޭންއަށް ލިބުނު ހާސް ކަމުގައި ރީޝް ކިހިނެތްވީހޭ އަހާލެވުނެވެ. ނަމަވެސް ރޮމުން ރޮމުން ބިރުންގޮސް ތުރުތުރު އަޅަމުން ދިޔަ އަޑަކުން އޭނައަށް އެހީވެދޭށޭ ކިޔައި ރިޝްފާ ރޯންފެށިއެވެ.

ވާނުވާ ނޭނގިފައި ހުރި ޒޭން ފޯނުގައި ހުރެގެން އަނެއް އަތުން ކޮނޑެއްގައި އަޅުވާލާފައި އިން އޭނާގެ ގަމީސް ނަގައި ގަޔަށް މަހާލުމަށްފަހު ނުރޮއި ހުއްޓާލާފައި ތިހުރީ ކޮންތާކުކަން ބުނެދޭށޭ ބުންޏެވެ.އެވަގުތު ރިޝްފާއަށް ލެމަން އޭ ބުނެވުނުތަނާ ފޯނު ކެނޑުނެވެ. ޒޭން އަވަހަށް ކޮޓަރިން ނިކުމެ ސިޑިން ފައިބަމުން ރިޝްފާގެ ނަމްބަރަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކޮޅުން ދެނީ އެއް ޖަވާބެކެވެ. “ތިޔަ ގުޅުއްވި ނަމްބަރ މިވަގުތު ވަނީ ގުޅޭ ސަރަހައްދުން ބޭރުގަ…. ފަހުން ގުޅުއްވުން އެދެން…. ”

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ލޯތްބަކީ 3

Next

ހަމަ އެންމެ ފެނިލުމަކުން

Next
August 8, 2018

ހަމަ އެންމެ ފެނިލުމަކުން

Previews
August 7, 2018

ލޯތްބަކީ 3

44 Comments!

  1. Shaai says:
    August 7, 2018 at 6:08 pm

    Thank you dear

    1. Noor??? says:
      August 7, 2018 at 11:06 pm

      Wc dear

  2. Hau says:
    August 7, 2018 at 6:17 pm

    Me first dhw?

    1. Noor??? says:
      August 7, 2018 at 11:06 pm

      Yeah.

  3. Shaai says:
    August 7, 2018 at 6:19 pm

    Omg……
    Rishfa ge phone charg dhiyaeytha…
    Anehkka e jinni ge kamehba….
    Vvv rythi… tnks dear?

    1. Noor??? says:
      August 7, 2018 at 11:07 pm

      Wc.and thanQ dear

  4. Sima says:
    August 7, 2018 at 6:20 pm

    Alhey varah lobi.. waiting next part ah.. konirakun up kohdheyne.. can’t wait..???

    1. Noor??? says:
      August 7, 2018 at 11:08 pm

      ThanQ dear..soon will try to update.in sha Allah

  5. Peony says:
    August 7, 2018 at 6:27 pm

    Finally. I love it?. When next part?

    1. Noor??? says:
      August 7, 2018 at 11:09 pm

      Happy to know that.
      in sha Allah soon

  6. jumaa says:
    August 7, 2018 at 6:31 pm

    Alhey dhen vaany kihineh?? Kon irakun next part up vaany..mi part vs varah reethi

    1. Noor??? says:
      August 7, 2018 at 11:10 pm

      ThanQ dear..will try to update soon

  7. Mixuhan says:
    August 7, 2018 at 6:57 pm

    Alhe next part avahah upkh dheeba .
    Plx…

    1. Noor??? says:
      August 7, 2018 at 11:13 pm

      Will try dear

  8. Lisha says:
    August 7, 2018 at 8:19 pm

    Alhey varah reethi.. rishfa salaamai kohdhehchey .. dhn ekam thankolheh awahah next part up kohdhyba plx

    1. Noor??? says:
      August 7, 2018 at 11:13 pm

      Will try dear

  9. Reet says:
    August 7, 2018 at 11:16 pm

    V reethi

    1. Noor??? says:
      August 7, 2018 at 11:16 pm

      ThanQ dear

  10. kookie says:
    August 8, 2018 at 9:46 am

    wow wow. Masha Allah. haadha reehchey mi part vx. khneii baa e v..?? yageen e jinni ge kameh kan. kn irakun next part genesdheny..?? avahah up kohlahchey. varah curious vefa mihiry dh vane gothakaa medhu. 😀

    1. Noor??? says:
      August 8, 2018 at 10:08 am

      ThanQ dear.update kohdheveyne gadieh bunan thanmolheh undhagu..but will try to update soon

  11. dhonkanbulo says:
    August 8, 2018 at 4:04 pm

    V salhi ingey.

    1. Noor??? says:
      August 8, 2018 at 5:53 pm

      ThanQ dear

  12. shanha says:
    August 9, 2018 at 12:58 am

    varah dhigu inthizaarakah fahu mi part kiyan mi libuni?vvvvvvv reethi❤

    1. Noor??? says:
      August 9, 2018 at 6:57 am

      ThanQ dear

  13. Flower says:
    August 9, 2018 at 11:07 am

    Mi story ge next part kon duhukun up vaani ???

    1. Noor??? says:
      August 15, 2018 at 7:44 pm

      Updated dear

  14. kokky says:
    August 9, 2018 at 4:58 pm

    Kon irakun tha stry up vani ….
    miharu vrh ginafaharu balija up vatho….
    pls avaskolachay…..
    i am love with this stry vvvvvvvvvvvvvvv much….

    1. Noor??? says:
      August 9, 2018 at 5:16 pm

      ThanQ dear..in sha Allah tonight

  15. sheez says:
    August 9, 2018 at 4:59 pm

    ko ba stry

    1. Noor??? says:
      August 9, 2018 at 5:18 pm

      In sha Allah soon

  16. loona says:
    August 9, 2018 at 5:01 pm

    where is the stry
    i am craving for the stry?????????????

    1. fazee says:
      August 9, 2018 at 5:02 pm

      true

    2. Noor??? says:
      August 9, 2018 at 5:21 pm

      In sha Allah tonight

  17. Blue beauty says:
    August 9, 2018 at 5:14 pm

    Varah salhi hurihaa parteh ves dhen konirakun tha up vaanee…?????

    1. Noor??? says:
      August 9, 2018 at 5:24 pm

      ThanQ dear.in sha Allah tonight.

  18. Hello says:
    August 9, 2018 at 7:46 pm

    Alhey!!!!! Haadha gina faharu belihgey up vehje tho??Than kolheh avahah up kohlah chey LOVLEY NOOR??

    1. Noor??? says:
      August 13, 2018 at 9:51 am

      Sorry lasvyma dear..nw updated

  19. nanni says:
    August 10, 2018 at 11:20 am

    kobaa next part

    1. Noor??? says:
      August 11, 2018 at 12:13 am

      Just now Updated dear

  20. Hello says:
    August 10, 2018 at 6:04 pm

    Alhey… Miadhu mee 3 vana dhuvas.. Noor dhoonee avaskohbaa… Anehkaa vaahaka huhttaaleetha????Butttttt….. I don’t think??? plx plx plx avas kohbaaa

  21. Mee says:
    August 10, 2018 at 6:06 pm

    Alhey… Miadhu mee 3 vana dhuvas.. Noor dhoonee avaskohbaa… Anehkaa vaahaka huhttaaleetha????Butttttt….. I don’t think??? plx plx plx avas kohbaaa

    1. Noor??? says:
      August 11, 2018 at 12:15 am

      In sha Allah story nimendhen genesdheynan… Readers ge faraathun support libey varakun story update kurevemun dhaany.thanQ dear. And just now i have updated

  22. Queen ? says:
    August 10, 2018 at 10:15 pm

    Noooooooooor….. Kobaa tha vaahaka? Haadha inthizaaraka mikuraney vaahaka ah…. Plx plx plxxxxx avaha vaahaka up kohdhy bala plx plx

    1. Noor??? says:
      August 11, 2018 at 12:16 am

      Sorry for been late.but just now i have updated.thanQ dear

Comments are closed.

Next Episode“ހިތް” ލޭ ކޮށެވިފައި……21←


All Right Reserved!