Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކީ 3

Dhonthiii Level 210 Stories100 Comments
August 7, 2018 3 Mins Read
9 Comments

މިހާރަކަށް އައިސް ރާއިލް ދުށުމަށް ޝައިރާގެ ހިތް އަބަދުވެސް އެދެއެވެ. ހަމައެކަނި ފެނިލީމަވެސް ހިތްހަމަޖެހެނީއެވެ. “މިއީ ކިހިނެއްވެ ވާގޮތެއްބާ؟ އަހަރެންނަށް ރާއިލްދެކެ ލޯބިވެވެނީބާ؟ މިއީބާ އެބުނާ ލޯތްބަކީ؟” ހައްތަހާވެސް ހިތުތެރޭ އުފެދޭ ޖަވާބުނޭނގޭ ސުވާލުތަކެވެ. ދުވަހަކުވެސް މީހަކުދެކެ ލޯބިވެފައިނުވާ ޝައިރާއަށް މިވަނީ ކިހިނެއްކަން ރޭކާވެސްނުލާކަހަލައެވެ. ކޮންމެ ދުވަހަކުވެސް ފިހާރަޔަށް ދަނީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ ރާއިލް ދުށުމަށެވެ. ސިއްރުސިއްރުން ރާއިލްއަށް ބެލުނީ ކިހާވަރަކަށްކަން ޚުދު ޝައިރާއަށްވެސް ނޭނގެއެވެ. ދުވަސްތައް މާޒީއާއި އެކުވެގޮސް މަސްދުވަސް ފާއިތުވީ ފެންފޮދެއްބޯލާހާ އަވަހަށެވެ. ރާއިލް އަލުން ލަންކާއަށް ފުރާ ދުވަސްވެސް ޖެހިއްޖެއެވެ. މިރޭގެ 9:30ގެ ފްލައިޓްއިން ރާއިލް އަނބުރާ ލަންކާއަށް ދިއުމަށްވަނީ ހަމަޖެހިފައެވެ. ހެނދުނު ފިހާރަޔަށްއައިސް ރާއިލް ދެން ފިހާރަޔަށް ނާންނާނެ ވާހަކަ ބުނުންވީ ޝައިރާއަށް ބުނަން ނޭގޭ ހިތްދަތިކަމެއްގެނުވި ކަމަކަށެވެ. މިވީ ކީއްހެއްޔެވެ. އިތުރު ގުޅުމެއްނެތަސް ރާއިލް ދެން ނުފެންނާނެކަން އެނގުމުން ހަމަދެރަވަނީއެވެ. ރާއިލް އެއައީ ދިޔުމުގެކުރިން ރަނގަޅަށް ފިހާރަ ބެލުމަމަށް ބުނާށެވެ. މިއަދުގެ ހަތަރުދަން ދިޔައީ އަދި އެއްފަހަރު ރާއިލް ފެންނާނެކަމުގެ އިންތިޒާރުގައެވެ. އިރުއޮއްސުމުން ފިހާރަ ބަންދުކުރަންއުޅެނިކޮށް ޝައިރާގެ އިންތިޒާރަށް ނިމުންގެނެސްދެމުން ފިހާރަޔަށް އެއައިސް ވަނީ ރާއިލްއެވެ. ރާއިލް އައިސް ޝައިރާއާއި ވަދާއީ ސަލާމްކޮށްލުމަށްފަހު ޝައިރާގެ އަތަށް ލައިދިނީ ކުޑަކުޑަ ފަށުފުލެކެވެ. “މިއީ އެއްދުވަހު ލަންކާގައި އުޅުންއިރު މަގުމަތީގައި ވެއްޓިފަ އިންދައި ފެނުން އެސްއަކުރެއްހެން އިން ފަށުފުލެއް. ޝައިއަށް ލިބެންކަންނޭގެ މީތި ފޮރުވުނީއެ” މިވީ ކިހިނެއް ހެއްޔެވެ. ވިޔަފާރީގެ ކަމެއްގައި ނޫންގޮތަކަށް މިނޫނީ ރާއިލް އަނގައިން ބުނެފަކާނެތެވެ. ފުރަތަމަ ފަހަރަށް އިތުރު ވާހަކައެއް ދެއްކިއިރުވެސް ޝައިރާގެ ނަމަށްއެކީ ޝައި އޭ ހިތަށްއެރުމުން ޝައިރާގެ ހިތް އުފަލުން ތެޅިލީ ވަކިވަރެއް ބަލާފައެއްނޫނެވެ. އޭގެން ނަގަންވީ ކޮންމާނައެއް ކަމެއް ނޭގިފައި ހުރި ޝައިރާ ހުރީ އަމިއްލަ ދުނިޔެއަށް ގެއްލިފައެވެ. ދެން ރާއިލްދެއްކި އެއްވެސް ވާހަކައެއް އިވުންހެނެއް ހިޔެއްނުވެއެވެ. ޝައިރާ ހަމަހޭވެރިކަންވީ ރާއިލް ދާންނުކުތުމުންނެވެ. ޝައިރާ އަށް ކުރެވުނުހާވެސް ކަމަކީ ރާއިލް ދާތަން ބަލަންހުރުމެވެ. ރާއިލް ގޮސް ގޯޅި އެޅުމުގެ ކުރިން ފަސް އެނބުރި ޝައިރާއަށް ބަލައިލިއެވެ.                        * * * * * * * * * * * * * *   އަޔާން މިއަދު އޮފީހަށްއައީ ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް ހަދާފައި މިހުރިހާ ދުވަހު އަޔާންގެ ހިތުގައި އޮތް ސުވާލުކުރުމަށެވެ. ސުމާއައިސް އޮފީހަށް ވަނުމާއިއެކު ސުމާގެއަތުގައި ހިފައިގެން އަޔާން ގޮސް ސްޓޯރޫމްއަށް ވަނެވެ. އޮފީހު އެންމެން ތިބީ ވާނުވާގައެވެ. އެންމެނަށްވެސް ސުމާގެ ހުންނަ ބޮޑާކަން އެނގެއެވެ. އަޔާންއާއި ރައްޓެހިވެގެން އުޅެނީ ނަމެއްގަކަންވެސް އަދި އަޔާން ހުންނަނީ ސުމާގެ ދަށުވެފަކަންވެސް ނޭނގޭ ހަމަ އެކަކުވެސް އެއޮފީހުގައި ނޫޅެއެވެ. އެހެންކަމުން އަޔާން އެގޮތަށް ސުމާ ގެންދިޔުންވީ އެންމެނަށްވެސް ލިބުން ހައިރާންކަމަކަށެވެ. ޚުދު ސުމާއަށް ވެސް ލިބުން ހައިރާންކަމަކަށެވެ. އަޔާންއަށް މިހާ ހިތްވަރެއް އައީ ކޮންތާކުން ހެއްޔެވެ؟ “އަޔާން މޮޔަވީތަ؟ އެހުރިހާ އެންމެންގެ ކުރިމަތީ އަހަރެންގެގައިގަ އަތްލަންޖެހޭތަ؟ އަހަރެން އަޔާންއާއި ރައްޓިހިވެގެން އުޅޭތީ އަމިއްލަ ފެންވަރު އޮޅުނީތަ؟ އަހަރެން ހީކުރީ އަޔާންއަށް ވިސްނޭނެކަމަށް އަހަރެން މިހުރިހާ ދުވަސްވީ އިރުވެސް އަޔާންދެކެ ކުޑަކޮށްވެސް ލޯބިނުވާކަން. މަގޭ ފަހަތުން އުޅޭވަރުން މަހަމަ ޓައިމްޕާސްޓް ކޮއްލަންކުރިކަމެއްތީ އަދި އެނގޭތަ މަގޭ ބައްޕަވެސް ބުނި ތީ މަށާއެކަށީގެން ވާމީހެއްނޫނޯ. ރީތި ސިފައެއް ލިބުނަސް އަދި މަދެކެ ކިތަންމެ ލޯބިވިޔަސް އަތުގަ ފައިސާނެތީމަ މަށަށްލިބޭނެ އެއްވެސް ފައިދާއެއް ނޯއްނާނެޔޯ. އެހެންނޫނަސް މައުޅެނީ ކިހާ މުއްސަނދި ދިރިއުޅުމެއްކަން ކަލެޔަށްވެސް އެނގޭނެ. ބައިދަވޭ އަހަރެން މިއުޅެނީ ކޯހަކަށް މާލެދާން. ހުއްދަހޯދާކަށް ނޫންމިބުނީކީ، މި ބުނެލީ ދެން މިހާރުއޮތް ގުޅުންވެސް ދެންބޭއްވޭކަށްނެތޭ އަހަރެން ފުރައިގެން ދިޔުމަށްފަހު. އަހަރެން ….. ” ސުމާއަށް އެހާވަރަށް ބުނެވުނުހާއިރަށް އަޔާން އެތަނުންވެސް އަދި އޮފީހުންވެސް ނިކުމެގެން ހިނގައްޖެއެވެ. ސުމާގެ އެވާހަކަތައް ސިއްރުން އަޑުއަހަންހުރި ލިވްޔާގެ ހިތުގައިވެސް ރިއްސާލިއެވެ. އަޔާން ހާދަހާވާ ކެއްގަދައޭ ލިވްޔާގެ ހިތަށްއެރިއެވެ. އޭރު އަޔާން ދިޔަގޮތަށް ދެންއައީ އޮފީސްނިމޭ ގަޑި ހަމަވަން ގާތްވުމުންނެވެ. އަޔާންއައީ މަސްދުވަހުގެ ޗުއްޓީއަށްއެދި ފޯމުހުށައަޅާށެވެ. ވަރަކަށް ރޮއިފާ ހުރިކަން އަޔާންއަށް ބަލައިލި ކޮންމެ މީހަކަށްވެސް އެނގިގެންދާނެއެވެ. އެދެލޯ އެހާވެސް ބޮޑަށް ރަތްވެ، ވަނީ ދުޅަވެސްވެފައެވެ. އަޔާންއައިސް ވަނުމާއިއެކު ސުމާ، އަޔާންއަށް ގޮވާފައި ވާހަކައެއް ބުނަން އަދި އެބައޮތް ކަމަށް ބުނުމުންވެސް އަޔާން އަޑުއިވޭކަމަށްވެސް ނަހަދާ ކުރަންއައި ކަންތައް ކުރުމަށްފަހު ނިކުމެގެން ދިޔައީއެވެ. ދުވަހަކުވެސް އަޔާން އެހެންހަދާފައި ނެތުމުން ސުމާ އަމިއްލަ ނަފްސައް ވިސްނައިދިނީ އަޔާންއަށް އަޑުނީވުނީކަމުގައެވެ. އަޔާންއަށް ގުޅަން އުޅެފަވެސު ދުވަހަކުވެސް ސުމާ އިސްވެ އަޔާންއަށް ގުޅާފައި ނެތުމުންނާއި އަޔާން، ސުމާއަށް ގުޅިޔަސް ފޯނުނަގަނީ ސުމާ ހިތަށްއެރި ފަހަރަކު ކަމުން އަޔާންއަށް ގުޅުމުގެ ހިޔާލު ދޫކޮށްލާ މެސެޖެއްލިޔެލިއެވެ. “އަހަރެން މާލެފުރަނީ ނެކްސްޓް މަންތްގަކަމުން އަދި މިދާގޮތަށް ހަމަ މިގުޅުން ކުރިޔަށް ގެންދެވޭނެ އެންޑް ޔޫކޭން ސްޓިލް ޓްރައި ޓު އިމްޕްރެސްމީ އީވެންތޯ އައިމްނެވާ އިމްޕްރެސްޑް” އަޔާންއަށް ކެއްކުރެވުނީ މިހާ ހަމަޔަށެވެ. އެ މެސެޖުގެ ރައްދު އަޔާން ފޮނުވީ ކުރިމަތީ ސުމާ ހުރިނަމަ އެ ދެލޮލުގެ ބެލުމުންވެސް ސުމާ އަނދާއަޅިއަށް ހަދާލާނެހާވެސް ގަދަ ރުޅީގައެވެ. “ގެޓް ލޮސްޓް ބިޗް” އަޔާން ބުނިހާވެސް އެއްޗަކީ މިއީއެވެެ. ކިތަންމެ ކެއްކުރަން އުޅުނަސް އިންސާނަކަށްވީތީ ކެއްތެރިކަން ކޮޅުންލީއެވެ. އަޔާން ފޮނުވި މެސެޖު ފެނުމުން ސުމާގެ ދެލޯބޮޑުވެ ބަސްހުއްޓުނެވެ. ކިތަންމެ ޒީލަގަދަޔަސް އިތުރަށް ބުނާނެއެއްޗެއް ނޭނގުނެވެ.                * * * * * * * * * * * *     ރާއިލް ފުރައިގެން ދިޔަތާ މަސްދުވަސް ވީއިރުވެސް ޝައިރާއަށް ކޮންމެ ދުވަހަކު ރާއިލްއަށް އިންތިޒާރު ކުރެވެއެވެ. އަބަދު އެކަމާ ވިސްނާ ވިސްނާ ޝައިރާގެ ބޯހާސްވާހިސާބަށް ކަންތައް ގޮސްފިއެވެ. ރާއިލް ދެން އަންނާނެ ދުވަހެއްވެސް އެނގެނީއެއްނޫނެވެ. މިވީހާދުވަހު ރާއިލްއަށް  ޝައިރާ ކަމުދާކަމުގެ އިޝާރަތެއްވެސް ނުވެއެވެ. ރާއިލް ލޯބިވާ ކުއްޖެއް ނުހުންނަކަމެއްވެސް ކުޑަމިނުން ނޭނގެއެވެ. އެހެންކަމުން ރާއިލްއަށް އިންތިޒާރު ކުރުމަކީ މޮޔަކަމެކެވެ. ކޮންމެ ގޮތަކުންވެސް ރާއިލް މަތިން ހަނދާން ނައްތާލަން އެބަޖެހެއެވެ. ޝައިރާއަށް ވިސްނުން ގޮތުގައި ރަށަށް ދިޔުމުން ރާއިލްގެ މަތިން ހަނދާންނެތި ހުރިހާކަމެއް ހަމަޔަކަށް އެޅިދާނެއެވެ. އެދުވަހު ބައްޕައަށް ގުޅާ ޝައިރާ ބަލާއައުމަށް އެދުނެވެ. ހުޒާމްގެ ގާތު ޝައިރާ ބަލާ ބައްޕަ އަންނަ ވާހަކަ ބުނުމުން ހިސާބަކަށް ހުޒާމް ހިތްހަމަނުޖެހުުނަސް އަޅާނުލީ ޝައިރާ ބޭނުންގޮތަކީ އެއީކަމަށްވީމައެވެ.                      =ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhonthiii

Level 210 Stories100 Comments

Love to read and write. Need everyone's help to improve. Sarangheyoa ???

Other Articles

Previous

އިންތިޒާރު 4

Next

“ހިތް” ލޭ ކޮށެވިފައި……20

Next
August 7, 2018

“ހިތް” ލޭ ކޮށެވިފައި……20

Previews
August 7, 2018

އިންތިޒާރު 4

9 Comments!

  1. kookie says:
    August 7, 2018 at 9:25 am

    yey me first dhw. Masha Allah varah reethi story. Alhey thi hedhy khneii tha..?? Shaira rashah fonuvaa nulahchey. 🙁 ………… when next part..??

    1. Dhonthiii says:
      August 7, 2018 at 9:31 am

      Yes ur first. Thankyou. Hehehe shaira hama rashah ves hingaidhaane dhw. Next part adi liyan nuves fashaa miulheny. Maadhan or anehdhuvahun up kohladheynan.

  2. mia says:
    August 8, 2018 at 10:59 pm

    Hey sissy
    kon rasheh th??..

    1. Dhonthiii says:
      August 9, 2018 at 9:15 am

      Who?? Me?? Or vaahakaige character tha?

    2. Mia says:
      August 10, 2018 at 9:43 pm

      You

  3. hash says:
    August 9, 2018 at 12:17 pm

    nice..vaahaka liyumuge hunaru ebahuri dhonthiii ge.. hope mi stry kuriah dhaanekamah…alheyyy avahah liyefa upkohla dheeba..v kiyaa hihebaveyy

  4. Baby girl ❤ says:
    August 9, 2018 at 1:42 pm

    Vrh vrh reethi…curiously waiting waiting ….

    1. Dhonthiii says:
      August 9, 2018 at 3:05 pm

      Thakyou baby girl

  5. shahy says:
    October 21, 2018 at 7:34 pm

    Eethi. Ekam adhives kureee

Comments are closed.

Next Episodeލޯތްބަކީ 4←


All Right Reserved!