Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އުޖާލާވެގެންދިޔަ ޙަޔާތް (9)

No one Level 210 Stories100 Comments
August 10, 2018 3 Mins Read
11 Comments

ފުރާވަރަށްއެރުމާއެކު ޤާނޫނީ ވަކީލުގެ އެހީގައި އައިހަމް އޭނަގެ ނަމުގައިހުރި ހުރިހާ އެއްޗެއް ބޮޑުދައިތަ، ނަސްރީނާގެ ނަމަށް ބަދަލުކުރީ އެތަކެތި ބޮޑުދައިތަ ޤަބޫލުނުކުރާނެކަން އެނގިހުރެއެވެ. އޭނަ ޤަބޫލުކުރިގޮތުގައި އަމިއްލަ ދަރިއެއްފަދައިން އޭނަ ބަލާބޮޑުކުރަމުންދިޔަކަމަށްޓަކައި އެވަރު ބޮޑުދައިތަޔަށް ޙައްޤުވާނެކަމަށެވެ. ނަމަވެސް އެކަންތައްވެގެންދިޔައީ ނަސީރުއަށް ހަޖަމުކުރެވޭވަރުގެ ކަމަކަށްނޫނެވެ. އަނބިމީހާދެކެ ލޯބިވިއެއްކަމަކު މުދަލުގެ މައްޗަށް އިސްކުރެވޭނެ އެއްވެސް ލޯތްބެއް ނަސީރުގެ ދަހިވެތި ހިތަކުނުވިއެވެ. މުދަލުގެ ކަނުލޯބީގައިޖެހި ނަސީރުގެ މަކަރުވެރި ސިކުނޑިތެރޭގައި ރާވާލި މޮޅުރޭވުންގަނޑު ވެގެންދިޔައީ ދުވަހަކުވެސް ފިލައިގެންނުދާފަދަ އަނދިރި ސާލަކުން އެތައްބައެއްގެ ޙަޔާތް ބަނަކޮށްލި ރޭވުންގަނޑަކަށެވެ.

ސަމުސާ ހަލުވާލަ ހަލުވާލަ އިންއިރު މީޝާ އިނީ ވާހަކަފަށާނެގޮތެއް ނުވިސްނިފައެވެ. ދޭންޖެހިފައިވާ ޚަބަރަަކީ އެއްގޮތަކަށްވެސް ރިމްޝާ އަޑުއަހަން ބޭނުންވާނެ ހަބަރެއްނޫންކަން އެނގޭތީއެވެ. އެހެންއިންދާ މީޝާ ސިއްސައިގެންދިޔައީ ރިމްޝާ ވާހަކަދައްކަންފެށުމުންނެވެ. ” މިޝޫ ދެން ތިބުނަން އުޅޭ އެއްޗެއް ބުނެބަލަ.” މީޝާ އަނގަހާވެފައި އިނުމުން ރިމްޝާ ހިނިގަނޑެއްޖަހާލިއެވެ. ” މިޝޫ އަހަރެން މިޝޫ ދަންނަތާ މިހާރު ކިތައް އަހަރުވެއްޖެ؟ އަހަރެންނަށް އެނގޭ މިޝޫ ތިހެންތިއުޅެނީ ކޮންމެސް ވާހަކައެއް ބުނަންބޭނުންވާތީކަން.” ރިމްޝާ އެހެންބުނުމުންް މީޝާވެސް ކުޑަކޮށް ހީލާފައި އެވާހަކަ ބުނަން އަނގަހުޅުވާލާފައިވެސް ހިޔާލު ބަދަލުވިއެވެ. ” ރިމް ތިބުނީ ރަނގަޅަށް. އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ. އެކަމް ދެން މިރެއަކު ނޫން.” މީޝާ އެހެންބުނުމާއެކު މީޝާ އެދައްކަން އުޅޭ ވާހަކަޔަކާމެދު ރިމްޝާގެ ހިތްބިރުގަންނަންފެށިއެވެ. މީޝާ އެވަރަށް ފަސްޖެހޭނީ ހަޤީގަތުގައިވެސް ވަރަށްބޮޑު ވާހަކަޔަކަށްވީމަކަން އެނގޭތީއެވެ. އެހެންތިއްބާ ކުއްލިޔަކަށް އިވިގެންދިޔައީ ބޯކޮށް ވެހެންފެށި ވާރޭގެ އަޑެވެ. އެވަގުތު ދެމީހުންނަށްވެސް އެއްފަހަރާ ބަލާލެވުނީ ކުޑަދޮރާ ދިމާލަށެވެ. އޭރު ތަނެއް ވަކިނުވާހާ ބޯކޮށް ވާރޭ ވެހެމުންދިޔައިރު ވިދާލާ ކޮންމެފަހަރަކު މުޅިފަޒާ އެއްކޮށް އަލިވެގެންދާތަން ފެނެއެވެ. އެމަންޒަރު ބަލަން އިން މީޝާގެ ލޮލުން ނީރާލި ކަރުނަތިކި ރިމްޝާއަށްފެނުމުގެ ކުރިން އަވަހަށް ފޮހެލިއެވެ. މޫސުން އެހާރީތިކޮށް އޮވެފައި ކުއްލިއަކަށް އެއްވެސް އިންޒާރެއްނެތި އެއައި ކެރިގަނޑެކޭ އެއްގޮތަށް ރިމްޝާގެ ހަޔާތަށްވެސް ބޮޑު ތޫފާނެއް ލައިގެންފިކަން ރިމްޝާއަށް ނޭންގުނެއްކަމަކު މީޝާއަށް އެނގޭތީއެވެ. ދެމީހުންވެސް އެމަންޒަރަށް ގެއްލިފައިތިއްބާ ގޭގެ ދޮރުހުޅުވާލާފައި ބޮލުގައިހުރި ފެންތައްފޮޅަމުން އެތެރެއަށް ވަނީ މިޝާލްއެވެ. ” ދޮންބޭ އަވަހަށް އާދޭ ކާން. މިހިރީ ދޮންބެގެ ފޭވްރިޓް ފްރައިޑް ނޫޑުލްސް ހަދާފަ.” މިޝާލް ފެނުމާއެކު ހިނިތުންވެލަމުން މީޝާ ބުންޏެވެ. ” އަހަރެން އަންނަންވާއިރަށް ދެމީހުން ކައިނިންމާލައިގެއްނު ތިތިބީ.” މިޝާލް އިށީންނަމުން އެހެންބުނުމާއެކު ތިންމީހުންވެސް ހޭންފެށިއެވެ.” ދެން ދޮންބެ އަންނާނެހާ އިރެއްވަންދެނެއް އަހަރެމެންނަކަށް ނުތިބެވޭނެދޯ ނުކައެއް” މީޝާވެސް ރައްދުގައި ބުންޏެވެ. އެގޮތުގައި ތިންމީހުންވެސް ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ރިމްޝާ ނިދަންދިއުމުން މީޝާގެ ބަޑިފަޅައިގެންދިޔައެވެ. ” ދޮންބޭ އަހަރެން ކިހިނެއްތަ އަޅެ ރިމް ކައިރީ އެވާހަކަ ބުނާނީ.” ރޮމުންރޮމުން މީޝާ ބުންޏެވެ. “ދެން ކޮންމެގޮތެއްވިޔަސް އަހަރެމެންޖެހޭނީ ވީހާވެސް އަވަހަކަށް ރިމް ކައިރީ އެވާހަކަ ބުނަން. އޭރުންތާ އެކަމުގެ ހަޤީގަތެއްވެސް އެނގޭނީ. ދެން އެއަށްފަަހު ރިމް ބޭނުންގޮތެއް ހަދާނީ.” މިޝާލްވެސް ކަންބޮޑުވިއެއްކަމަކު މީޝާއަށް ވިސްނަދެވޭތޯ ބެލިއެވެ.

” ކޮބާ ކިހާ ހިސާބެއްގަ؟” ދެންމެއަކު ހުޅުލެއަށް ޖެއްސި ފްލައިޓުން ފައިބައިގެން އަންނަމުން ކުރިމަތީގައިހުރި އައިހަމްފެނުމާއެކު ލާނެތްގޮތަކުން ހީނގަންނަމުން އައިހަމްގެ ނަންބަރަށް ގުޅާލާފައި އަރީފް ބުންޏެވެ. ” އަހަރެންނަށް ހީވަނީ އަވަސްވީގޮތުން އަރީ ގޮވައިގެން އައިނު ހައްދަންހެން ދާންވީ. އާނ އެހެންޏަ. ދެލޯ ކުރިމަތީގަހުއްޓަވިއްޔަ ތިއުޅެނީ ނުފެނިގެން.” އައިހަމްވެސް ހީނގަންނަމުންބުންޏެވެ. އައިހަމް އާ އަރާހަމަވެފައި ކުޑަކޮން ހީލަމުން އަރީފް އައިހަމްގެ ގައިގާ ބައްދާލިއެވެ. ” އަހަރެންނަށް ނޭންގުނީއޭ. އެހެންނު ވާނީ މީހާ ތިހިރީ މާލެއަރާއިރަށް މުޅިން ބަދަލުވެފަވިއްޔަ. ކުރިއަށްވުރެންވެސް ރީތިހެން ހީވޭ. މަހީކުރީ މޮޑެލްއެއްކަމަށް.” އަރީފް ބުނެލިއެވެ. ” ސާބަހޭ. އަދިކިރިޔާ އެންމެ ދެތިން މަހެއްނު މިވީ.” ރައްދުގައި އައިހަމްވެސް ބުންޏެވެ. ދެމީހުންވެސް  ހީނގަންނަމުން ދާން ހިނގައިގަތެވެ. މަޖާ މިޖާޒެއްގެ އަރީފްއަކީ އައިހަމްއެކޭ އެއްފަދައިން އަންހެންކުދިންގެ ހިތްތައް ކަތިލާފަދަ ރީތި ސިފަތަކެއް ލިބިފައިވާ ޒުވާނެކެވެ. ފިރިހެންވަންތަ ހިނގުމަކުން ހިނގާލާފައިދިޔައިރު އެތައްބައެއްގެ ނަޒަރު އެދެމީހުންނަށް ކަތިވެފައިވިއެވެ. އަރީފްއަކީ މިޝާލްއަށްފަހު އައިހަމްގެ އެންމެ ގާތް އެކުވެރިޔާއެވެ. އައިހަމް މެލޭޝިޔާއަށް ބަދަލުވުމަށްފަހު ފެށުނު އެރަޙުމަތްތެރިކަމަށް އަދިއަދަށްވެސް ބަދަލެއްނާދެއެވެ. ދެއެކުވެރިންވެސް ހިނގާލާފައިދިޔައިރު ދުވަސްކޮޅަކަށްފަހު އަނެއްކާވެސް ދިމާވުމުން ތިބީ ނުހަނު އުފާވެފައެވެ.

މާލެއަށް ދެވުމާއެކު ފުރަތަމަވެސް ދެމީހުންގެ މިސްރާބަކަށްވީ ކައިރީގައިހުރި ކެފޭއެކެވެ. އޯޑަރުދިނުމަށްފަހު ދެމީހުން ރަނގަޅަށް ގޮނޑީގައި ހަމަޖެހިލިއެވެ. ހަމަހިމޭންވެފައި އިންއިރު އަރީފްގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާންހުއްޓެވެ. އަރީފްއަށް އައި ބަދަލުގެ ޙަޤީގަތް އެނގޭހާލު އައިހަމްގެ ލޮލަށްވެސް ކަރުނަ ޖަމާވިއެވެ. ” އަރީ ހިތްވަރުކުރޭ. އަހަރެންނަށް އެނގޭ މާލެ އައިއްސިއްޔާ ނަސީމް މަތިން އަރީ ވަރަށް ހަނދާންވާނެކަން. އާފްޓާރ އޯލް ހީ ވޯސް ޔުއާ ބެސްޓް ފްރެންޑް.” އަރީފްގެ ކޮނޑުގައި އަތް ބާއްވާލަމުން އައިހަމް ބުންޏެވެ. ” އައީ އަސްލު ހާދަ ހިތްވަރުގަދައޭ. ނަސީމް އެއީ އަހަރެންގެ ބެސްޓް ބަޑީ. އެކަމް އައީގެ އެއްބަނޑުއެއްބަފާ ނޫނެއްކަމަކު ކޮއްކޮ. އަހަރެންނަށް މިވަރުވާއިރު އައީ އަދި ކިހާ ދެރަވާނެ. އަހަރެންމީ އައީނަމަ މިހާރު އެނުލަފާ ނަސީރު މަރާލައިފީމުސް.” އަޑު ކުރެހެމުންދިޔަ ހާލު އަރީފް ބުންޏެވެ. ” އަހަރެން ކިތަންމެ ދެރަވިޔަސް ކީއްކުރާނީ ؟ މިކެހިވެރި ދުނިޔޭން އެހާނިކަމެތިގޮތަށް އަހަރެންގެ އެންމެ ގާތް ދެއިންސާނުން އަހަރެންނާ ވަކިކޮށްލި ގާތިލް އުފަލުގަ އުޅެމުން އެދަނީ. އަހަރެންމިވަނީ އެދެމީހުންނަށް އިންސާފު ހޯދާދިނުމަށް ނުކުޅެދިފަ.” އެވަރަށްބުނެވުނުއިރު އައިހަމްއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. ” ތިހެން ނުބުނޭ. އިރާދަކުރެއްވިއްޔާ އަދި ތިކަން ވާނެ. އަހަރެން މިހިރީ އައީއާއެކު. ފަހަރުގަ އަހަރެމެން ދެމީހުން މެލޭއިން ދިމާވުން އެއީ ތަޤްދީރުގެ ކޮންމެވެސް މޮޅު ރޭވުމެއްގެ ފެށުން.” އަޑަށް ބާރުލަމުން އަރީފް ބުނީ ފުރިހަމަ އަޒުމާއެކުގައެވެ. ވަކިވެފައިވާ އެކުވެރިޔާއަށް އިންސާފު ހޯދަދޭން އޭނާ ނުހަނު ބޭނުމެވެ. ވާނީވެސް އެހެންތާއެވެ. ނަސީމްއާއި އަރީފް މެލޭޝިޔާގައި ކިޔަވަންއުޅުނުއިރު އެދެމީހުންނަކީ ނުހަނު ގާތް ދެއެކުވެރިންނެވެ. ދުވަސްތައް އެކުގައި ހޭދަކުރަމުންގޮސް ދެމީހުން ވަކިވާންޖެހުނީ ނަސީމް ޗުއްޓީ ހޭދަކޮށްލަން މާލެއައުމުންނެވެ. ނަމަވެސް އެދަތުރު ވެގެންދިޔައީ ދެރަޚްމަތްތެރިން މުޅި އުމުރަށް ވަކިކޮށްލި ދަތުރަކަށެވެ. އޭގެ ދުވަސްތަކެއްފަހުން އައިހަމްއާއި ބައްދަލުވިއެވެ. ނަސީމްގެ މަރުގެ ހުރިހާ ހަޤީގަތެއް އަރީފްއަށް އެނގުނީ އެހިސާބުންނެވެ. އެތައް ޒަމާންތަކަކަށްފަހު އަރީފް މާލެއައީ ދައްތައެއް ކައިވެނިކުރާތީ ކަމުގައިވިޔަސް ހިތުގައި ފޮރުވިފައިވަނީ ވަރުގަދަ އަޒުމެކެެވެ. ދެއެކުވެރިންވެސް ވަރުގަދަ އަޒުމަކާއެކު އަތުކުރިއޮޅާލީ ނަސީމްއަށާއި ނަސްރީނާއަށް އިންސާފު ހޯދައިދިނުމުގެ ނިޔަތުގައެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

No one

Level 210 Stories100 Comments

I'm a 18 year old girl who have always loved to read and write stories

Other Articles

Previous

އިންތިޒާރު 5

Next

“ހިތް” ލޭ ކޮށެވިފައި……21

Next
August 11, 2018

“ހިތް” ލޭ ކޮށެވިފައި……21

Previews
August 10, 2018

އިންތިޒާރު 5

11 Comments!

  1. Rifuu says:
    August 10, 2018 at 9:39 pm

    Haadha lahey up vileh
    Vvvv reethi

    1. No one says:
      August 12, 2018 at 12:50 pm

      I’m so sorry about that dear. Thanks story kiyaalyma..♥️♥️

  2. Mia says:
    August 10, 2018 at 9:48 pm

    Haadha dhuvaheh kohlaafa ey dhw…. What happened??..
    Mihaaaru mi story forget ves vehje

    1. No one says:
      August 13, 2018 at 5:02 pm

      I’m so sorry mia…

  3. Shainaa says:
    August 10, 2018 at 10:07 pm

    Next part avahah up kohdheeebaaa ?. V v v v rythi mi part vx ??❤. Keep going ❤❤❤

    1. No one says:
      August 12, 2018 at 12:51 pm

      So so happy shainaa ah story kamudhiyaiima .?♥️

  4. Livee says:
    August 11, 2018 at 11:52 am

    Alheyy aiii haadha majaa namekekey dhw
    Mi part ves varah salhi hama habeys
    When next part???

    1. No one says:
      August 12, 2018 at 12:53 pm

      Hehe.. majaa dhw ??.. thanks story kiyaalyma..♥️♥️

  5. Neih bunaa hitheh says:
    August 16, 2018 at 9:16 pm

    Wow mi part ves vrh reethi… Masha Allah … keep it up ?❤?

    1. No one says:
      August 17, 2018 at 9:32 am

      Thankss..

  6. dr.she says:
    September 29, 2020 at 4:58 pm

    waiting for the next part, its been a long time but still so excited to read the new part. hope u will start updating the story soon, i really really loves the story

Comments are closed.

Next Episodeއުޖާލާވެގެންދިޔަ ޙަޔާތް (10)←


All Right Reserved!