Skip to content
އެސްފިޔަ

މިޝް’އަލް 2

ކުޑަ ހިނދުކޮޅަކަށްފަހު ބުޅާތަށް ދިޔުމުން އެ އެއްޗެހީގެ އަޑު ކެނޑުނެވެ. ވާނުވާ މިކްއަލްއަށް ރޭކާލީ ދެނެވެ. އުރުން މިޝްޔާ ބާލުވާ ދުރަށް ކޮށްޕާލިއެވެ. “ވަޓް ދަ**” މިޝްޔާގެ ކޯތާފަތް މައްޗަށް އަރުވާލި ހޫނު އެތިފަހަރުން މަންޒަރު ބަލަން ތިބި މީހުންގެ ހައިރާންކަން އިތުރުވިއެވެ.

މުޅި ހަޔާތުގައިވެސް އަލަށް ތަޖުރިބާކުރެވުނު އެކަންތަށް މުޅި ދުނިޔެއަށް ފެންނާނެކަން އިނގުމުން މިކްއަލްގެ ހިތުގައި އެ އަންހެން ކުއްޖާއާ މެދު ރުޅިވެރިކަން އުފެދުނެވެ. އެންމެންގެ ކުރިމަތީ އޭނާ ފަޝީހަ ކޮށްލީތީއެވެ. އޭނާއަށް ފަސްދީފާ އެ އަންހެން ކުއްޖާ ދުއްވައިގަތެވެ. ބަލަހައްޓައިގެން މިކްއަލްއަށް ހުރެވުނީ އޭނާގެ ކޮނޑުގައި އާލިމް ޖަހާލަންދެކަށެވެ. “ބުރޯ ކިހިނެތްތަ އެވީ.” އާލިމް އެއްސެވެ. ސަމާސާކުރާ ކަހަލަ ރާގެއްގައެއް ނޫނެވެ. ސަކަ މިޒާޖެއްގެ ވެރި އާލިމްގެ އަޑު މިފަހަރު އައީ ސީރިއަސް ރާގަކަށެވެ. “ނޭނގެ އައި ނައި ތަނެއް ނޭނގެ އޭނަ މަގޭ ގަޔަށް އަރައިގަތީނު..ބުޅަލެއް ފެނުނަސް ތަންކޮޅެއް ބޮޑުވަރު ދޯ..ހުވާ ބަދަލު ހިފާނަން …އެންމެ ކުރިމަތީ މަ ފަޝީހަ ވިއްޔަ އެކޮށްލީ..” ރުޅިވެރިކަން އެކުލެވިގެންވާ އަޑަކުން މިކްއަލް ބުނެލީ އެކުވެރިޔާއަށް ދޯ އެއްލަމުންނެވެ.

“ބުޅަލެއް ފެނުނީމަ ބިރުގަންނަ އަންހެނުން ބައިވަރު އުޅެޔޭ..އެހެންނޫނަސް ބަދަލު ހިފާނީ ކިހިނެތް..ދެވަނަ ފަހަރަށް އެމަންޖެ ގައިގަ އަޅައިގެނެގެން ވެއްޓުނަސް ކަލެއަކަށް ނޭނގޭނެ..އޭނަގެ މޫނު މާ ރީއްޗަކަށް ނުފެނެއެއްނު. އޭ ކިސް ކުރިއިރު ކަލޭގެ ތުންފަތުގަ އޭނާގެ އިސްތަށިގަނޑުވެސް ޖެހުނު ދޯ.” ސަކަ މިޒާޖަށް އެނބުރި އަންނަމުން އާލިމް އެ ބުނީވެސް ތެދެކެވެ. އެ އަންހެން ކުއްޖާގެ މޫނު މާ ރީއްޗަށް ނުފެނުނީ އެކުއްޖާގެ މޫނުމައްޗަށް އިސްތަށިގަނޑުގެ ބޮޑުބައި ވެއްޓިފައި އޮތުމުންނެވެ.

މިކްއަލް މޫނަށް ވައްތަރެއް ޖައްސާލިއެވެ. ހަތަރު އެކުވެރިންނާއެކު ދުރުގައި ޕާކްކޮށްފައިވާ ކާރާ ދިމާލަށް އޭނާ މިސްރާބުޖެހިއެވެ. އާލިމް ބުނި އެއްޗަކާ މެދު ވިސްނާލެވުނީ ދެނެެއެވެ. “ބުޅާ ދެކެ ބިރުގަންނަ…ހެއްހެ މަގޭ މިޝްޔާ…އޯހް ގޯޑް…ވެއާރ އިޒް ޝީ…ކޮންމެ ތާކު ހުއްޓަސް މަ ވަރަށް ލޯބިވޭ އިނގޭ…މި ދުނިޔޭގަ އަހަރުމެންނަ އެކޮށް އުޅެވެން ތަގުދީރުގަ ނެތީއޭ މިޝް..” ހިތާހިތުން މިކްއާލް ބުނެލިއެވެ. އޭނާގެ ހިޔާލުތަށް ދަތުރު ކުރީ މާޒީގެ ތެރެއަށެވެ. މީގެ ދިހަ އަހަރު ކުރިއަށެވެ.

** ** ** **

2007 ވަނަ އަހަރަުގެ ފަހު ދުވަހުގެ އިރުވެސް ފެނުން ތޮޅިލުމަށްފަހު އަރައިގެން ދިޔައެވެ. މާތް ރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ފުރިހަމަ ހެކިތަށް އުޑުމަތިން ދައްކަމުންނެވެ. ދުވަހުގެ ކުރިއަށް އޮތް ވަގުތު ތަކުގައި ވާނެގޮތެއް ނޭނގޭ ހާލު ކޮންމެ މީހަކުވެސް ނިދިން ހޭލުމަށް އެސްފިޔަތަށް ދުރުކޮށްލިއެވެ.

“ބޭބީ ހިނގާބަ އަތިރިއަށް..މަ ފޫހިވަނީއޭ..ގޭ އެންމެން ކަހަލަ ގޮތަކަށް ގޮއްސި މާލެއަށް” ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އުމުރުން ސޯޅަ އަހަރުގެ މިކްއަލް ބުނެލިއެވެ. އަޑާ ރާގު ދަމަމުން ފޯނު ގުޅިފައިވާ އޭނާގެ ލޯބިވެރިޔާ މިޝްޔާއަށް ގުޅައިގެން ހުރެއެވެ. “ޔާރ އެބަދަން ތި ގެ ކައިރިއަށް އިނގޭ..” މިޝްޔާގެ ޖަވާބު އިވުމުން އުފަލުން ތުނބުން ފުމެމުން ކޮޓަރިއާ ދިމާލަށް މިކްޔަލް މިސްރާބުޖެހިއެވެ. ތައްޔާރު ވާށެވެ.

ބޮޑީ ސްޕްރޭ ގަޔަށް ބުރުވާލަމުން ގެއިން ނިކުތް މިޝްޔާގެ މިސްރާބަކަށްވީ މިކްއަލްގެ ގެއާ ހަމައަށް ފައިމަގުގައި ވާސިލްވުމެވެ. އަތުގައި އޮތް ރިހި ކުލައިގެ ފަށަށް ނަޒަރު ހިނގާލިއެވެ. މިކްއަލްއާ އެފަަށް ވަރަށް ގުޅޭނެޔޭ ހިތަށް އެރިއެވެ. ވެލިގަނޑު މަތީގައި އެެޅެމުން ދިޔަ އަމިއްލަ ފިޔަވަޅުތަކަށް ބަލަމުން ދިޔައިރު ދުއްވާއެއްޗެއްގެ އުނދަގުލެއް އޭނާއަކަށް ނުފޯރައެވެ. ދެތިން ބައިސްކަލު މަގުމަތިން ފެނުނު ކަމުގައިވިޔަސް ރަށު ތެރެ ވަރަށް އަމާނެވެ.

ހަދަންފަށައިފައިވާ ގެއެއްގެ ކުރިމަތިން ހުރަސްކުރަން އުޅުމުގެ ތެރޭގައި މީހަކު އެގޭތެރެއަށް އޭނާ ދަމައިގަތެވެ. މިޝްޔާގެ އަނގައިން މަޑު އަޑެއް ނިކުތެވެ. “ހޫ ޑޫވީ ހޭވް ހިޔަރ..” ނުލަފާ ވައްތަރަކަށް ހިނިގަނޑެއް ޖަހާލަމުން އިޒާން ބުނެލީ މިޝްޔާގެ މޫނުގައި ފިރުމާލަމުންނެވެ. “ކީތްތަ ވެގެން ތިއުޅެނީ…މަ ހީކުރީ މިކްއަލްއާ ރައްްޓެހިވީމަ ކަލޭ މަށާ ދުރައްދާނެކަމަށް..އެކަމަކު ހިލާ މީނަ ފެއްސޭކަށް ނޫޅުނެއްނު..” މިޝްޔާގެ އަޑުގައިވީ ރުޅިވެރިކަމެވެ.

“އޮފްކޯސް ނޮޓް މައި ސެކްސީ..ތީ މަގޭ ހައްގެކޭ..އެ މިކްއަލްއަކަށް ދުވަހަކުވެސް ތި މަލެއް ނުލިބޭނެ..” މިޝްޔާގެ ތުނި ހަށިގަނޑު ފާރާލާ ފިއްތާލަމުން އިޒާން އޭނާގެ ކަންފަތް ބުޑުގައި ސިއްރުން ބުނެލިއެވެ. މިޝްޔާ ހުރީ ގުޑާ ނުލެވިފައެވެ. އިޒާންގެ ހޫނު ނޭވާ ކަނދުރާއަށް އެޅުމުން ހީބިނަގައިގެން ދިޔައެވެ. “މިޝްޔާ ބުނަން..ކުރިއަށް އޮތް ދެދުވަހުގެ ތެރޭގަ މިކްއަލްއާ ދުރު ނުވެއްޖިއްޔާ މަގޭ އަދަބު ވަރަށް ބޮޑުވާނެ އިނގޭ..” ވާހަކަ ނުދައްކާ މިޝްޔާ ހުންނަން ފެށުމުން ދެންވެސް ވާހަކަ ދެއްކީ އިޒާންއެވެ. އޭނާ ދިނީ އިންޒާރެކެވެ.

“ކީތްކުރެވޭނީ އޭނ..މަ މިކްއަލަކާ ދުރެއް ނުވާނަން..” މިޝްޔާ ހުރީ ގޮތުަގައި ކަން އޭނާ އަނގާލިއެވެ. ތުންއަނބުރާލަމުން ހަށަން ބަނދެލިއެވެ. “ހެއްހެއް..މަ ޕްލޭނެއް ހަދައިފީމޭ ދޫންޏާ..މިކްއަލްއާ ދުރު ނުވެއްޖެއްޔާ އައި ވިލް ކިލް ޔޯ ފެމިލީ…ޔޫ ނޯ މަގޭ ފަހަތުގަ ބޮޑު ގޭންގެއް އޮންނާނެޔޭ” އިޒާން ބުނެލި އެތިފަހަރުން މިޝްޔާގެ ލޯ ބޮޑުވީ ބޮޑުވާނެ އެންމެ ބޮޑަކަށެވެ. ހަށަމުގައި ގުޅިފައިވާ އޭނާގެ ދެއަތް ދުރުވިއެވެ.

( ނުނިމޭ )

Comments (15)

  1. Anonymous

    Too short but i nice ?wen next . Yaay i am first?

    1. kikki
      Anonymous

      Congratulations…thank you..nxt part miahvure dhigu kohlaanan nge❤❤❤maadhen nxt prt

  2. Twinkle?

    Yay me scnd dhw

    1. kikki
      Twinkle?

      Ohh yeyey nxt time first hoadhachey…❤❤

  3. Twinkle?

    OMG… ehn v ma mishya ekamaa birun mikal r dhuru vaany dhw… alhey… anyways stry hama habeys masha allah… whn nxt part???

    1. kikki
      Twinkle?

      Oh vedhaane dhw ehenves hingaa balamaa ? thank you vry much❤ Next prt maadhen

  4. hamtii

    v v v salhi mi part ves…keep it up kikki…when next up kuraanee..waiting

  5. Cherry?

    Its too short kikki but mi part varah reethi nxt part avaha up kohdheychey good luck❤??

  6. @AL@A

    ey vrh salhi aalaa ingey

  7. Hello

    Nice…. When next part kikki???

  8. Lol

    Meee kurin vx mi site ga up kuran fehtti stry eh bt I don’t think that stry ehkkoh genaiheneh

  9. Reeshh

    Varah reethi.?
    Waiting for next part……

  10. aish

    Varah reethi . . . when next part ??

  11. Hello

    When next part?????????

  12. Shiu

    V salhi???

Comments are closed.