Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކީ 4

Dhonthiii Level 210 Stories100 Comments
August 10, 2018 2 Mins Read
8 Comments

މިއަދު އިރުއެރިއިރު ޝައިރާގެ ބައްޕަ ހުރީ ޝައިރާބަލާ މާލެ އައިހެވެ. ހީވަނީ ހަމަ ޝައިރާ ބަލާ އަންނާށޭ ބުނާނެ ދުވަހެއްގެ އިންތިޒާރުގައި ހުރިހެނެވެ. އެހެންނޫނަސް ޝައިރާ މާލެއައިސްސުރެން އަބަދު ކުރާސުވާލަކީ ވެސް ދެން ރަށަށް އަންނާނީ ކޮންދުވަހަކުންހޭ. ޝައިރާއަށް އުމުރުން 18އަހަރު ފުރުން އިރުވެސް ދުވަހަކުވެސް މާލެ އާދެވިފަ ނެތީވެސް ޝައިރާގެ މައިންބަފައިންނަށް ނުފެންނަ ހިސާބަށް ޝައިރާ ދިއުމުން އެދެމީހުން ވާނެދެރައިންނެވެ. ޝައިރާ ބޭނުންވީ ވީހާވެސް އަވަހަށް ރަށަށް ދިޔުމަށް ކަމުުން ހަމަ އެދުވަހު މެންދުރު ވަގުތު ރަށަށް ދާންފުރައިފިއެވެ. ޝައިރާ އެހާ އަވަސް ކޮށްލާފައި ދާތީ ހުޒާމްގެ ސުވާލު ކުރިމަތިވުމުން ބަހަނާއަކަށްވެސް ދެއްކީ މަންމަ މިހާރުވެސް ޝައިރާ ނައިސްގެން ދެރަވެފަ ހުންނަކަމާ ޝައިރާ އަނަނާނެ ދުވަހަކަށް އަބަދުވެސް އިންތިޒާރުކުރާތީ މަންމަ ހިތްހަމަ ޖައްސާލަން ވީހާވެސް އަވަހަށް ދަނީކަމުގައެވެ. އިރުއޮއްސުންއިރު ޝައިރާގެ މަންމަ ޝިއުރާހުރީ ރަށު އަތިރިމަތީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ޝައިރާ ގުޅާފަ މިހާރު ރަށް ފެންނަކަމަށް ބުނީއްސުރެން ޝިއުރާއަށް ގޭގަ ހުރެވޭ ކަމަކަށްނުވިއެވެ. ރ.އުނގޫފާރު ފަޅުތެރަށް ވަދެގެން އެއައި ލޯންޗަކީ ޝައިރާމެންކަން ދެނެގަންނާކަށް ޝިއުރާއަކަށް މާގިނައިރެއް ނުނެގިއެވެ. ލޯންޗު އައިސް ވާޓަރާ ކައިރިކޮށްލަންވާއިރަށް ދުވަމުންކަހަލަ ގޮތަކަށް ޝިއުރާ އައިސްހުރީ ވާޓަރުބުޑުގައެވެ. ފުރަތަމަ ފެނިލުމުންވެސް ތުންފަތުގައި އެލޯބި ހިނިތުންވުންވިޔަސް ޝައިރާގެ އުޖާލާ މޫނުވަނީ މިލާފަކަން ޝިއުރާއަށް ފާހަގަވިއެވެ. އެކަމަކު ޝައިރާގާތު އެހުމުންބުނުން އެއީމަންމައަށް ހީވާހީވުމެއްކަމަށްބުނެ އެވާހަކަ ހިންދާލީއެވެ. ޝިއުރާވެސް ފަހުން ހަމަޖެހިލާފައި އެވާހަކަ ދައްކަން ލަސްކޮއްލީއެވެ. ދުވަސްތައް މާޒީއާއި އެކުވެގޮސް މަސްދުވަސް ވީއިރުުވެސް ޝައިރާގެ ހިތުން ރާއިލްގެނަން ކުޑަހިނދުކޮޅަކަށްވެސް ފިލައިގެން ނުދެއެވެ. ޝައިރާ ހީކުރިގޮތަށް ރަށަށް އައުމުން ރާއިލް މަތިން ހަނދާން ނުނެތުނީ ކީއްވެހެއްޔެވެ؟ ހަމަ ރަނގަޅަށްވެސް ޝައިރާއަށް ރާއިލްދެކެ ލޯބިވެވުނީ ހެއްޔެވެ؟ މިފަހަރު ޝައިރާއަށް ވިސްނުންގޮތުގައި މިސުވާލުތަކަށް ޖަވާބެއް ލިބޭނީ ރާއިލްއާއި ވާހަކަދައްކައިގެނެވެ. މިހެން ދުރުންދުރަށް ދުވަން ޝައިރާ އެހާ ފިނޑިވީ ކޮންއިރަކުހެއްޔެވެ. އެކަމަކު ޝައިރާ، ރާއިލްއާއި ވާހަކަ ދައްކަން ހަދާނީ ކިހިނެއްހެއްޔެވެ. ރާއިލްއަށް ގުޅޭނެ ގޮތެއްވެސް އޮތީކީ ނޫނެވެ. ނުވިތާކަށް ރާއިލްދެން އަނބުރާއަންނާނެ ދުވަހެއްވެން އެނގެނީއެއްނޫނެވެ. އެހިޔާލުތަކުން ދުރުވުމަށް ޝައިރާ ފޯނުނެގީ ވާހަކައެއް ކިޔާލުމަށެވެ. ނަމަވެސް ފޯނުނެގުމާއެކު ރަނގަޅު ހިޔާލެއް ލިބިއްޖެއެވެ. ރާއިލް ފޭސްބުކް ބޭނުންކުރާނަމަ ފޭސްބުކް މެދުވެރިކޮށް ރާއިލްއާއި ވާހަކަދެއްކިދާނެއެވެ. މާ ބުރަމަސައްކަތެއް ކުރަންނުޖެހެނިސް މުހައްމަދު ރާއިލް (ރެން) ޖަހާފައިން އައިޑީއެއް ޝައިރާއަށް ފެނުމުން އެއައިޑީ ހާވައިލީއެވެ. ޕްރޮފައިލް ޕިކްޗާއަށް ލައިފައިނީ ފާޑެއްގެ އެނިމް ކެރެކްޓާއެއްކަމުން އެއަޑީ ހާވާލީ ޔަޤީން ކޮއްލާށެވެ. ޕީޕީއަށް ލައިފަހުރީ މުޅިންވެސް އެކަހަލަ ފޮޓޯކަމުން ފޮޓޯސް ޖަހާފައިން ތަނަށްގޮސް ހާވަނިކޮށް ކުޑަކުއްޖަކު އުރާލައިގެން އިން ރާއިލްގެ ފޮޓޯއެއް ފެނިއްޖެއެވެ. ޝައިރާއަށް އުފަލުން ހަޅޭއްލަވައި ގަނެވުނެވެ. އަދި އަވަސް އަވަހަށް ފްރެންޑް ރިކުއެސްޓެއް ފޮނުވިހާއިރުން އެކްސެޕްޓް ކުރީމާ ނަޝަންފެށުނެވެ. ޝައިރާގެ ހަޅޭކުގެ އަޑަށް ވީގޮތެއް ބަލާލަންއައި ޝިއުރާވެސް ހުރީ ވާނުވާނޭނގިފައެވެ. ވީގޮތެއް އަހާލާ ހިތްވިޔަސް ޝައިރާއަށް ނުފެންނާނެހެން ސިއްރުސިއްރުން އެތަނުން ދިޔައީ ޝައިރާ މާލެއިން އައިސްސުރެން ހަޤީޤަތުގަވެސް ހިނުތުންވެލީ އެ މިއަދުކަމުން އެ ހިނިތުންވުން ފޮރުވަފާނެތީއެވެ. ނަޝަންހުރި ޝައިރާއަށް ސިހުމެއްލިބުނީ ފޯނަށް މެސެޖެއް އައި އަޑަށެވެ. މެސެޖުކުރީ ރާއިލްއެވެ .          “ރާއިލް: ހައި، ހައުއާރ ޔޫ؟            ޝައިރާ: ފައިން އެންޑް ހައުއެބައުޓް ޔޫ؟      ރާއިލް: ފައިން. ސޯ ސޮޕްގެ ކަންތައް ކިހިނެއްވަނީ؟                      ޝައިރާ: ވެލް އެކްޗަލީ އައި ކޭމްބެކް ޓު މައި ހޯމްލޭންޑް. އިޓްސް ބީން އަ މަންތް އޯލްރެޑީ    ރާއިލް: ކޭން އައި އާސްކް ވައި؟      ޝައިރާ: ނަތިން ”                ރާއިލް ކައިރި ހަޤީގަތް ހާމަކުރަން ޝައިރާ ފަސްޖެހުނެވެ. ޝައިރާ ގެ އެންމެ ފަހު މެސެޖުބަލާފައި ރާއިލް އޮފްވީއެވެ.             * * * * * * * * * * *     މަސްދުވަހުގެ ޗުއްޓީއަށްފަހު މިއަދަކީ އަޔާން އޮފީހަށް ނުކުތް ފުރަތަމަ ދުވަހެވެ. ލިވްޔާގެ ފަރާތުން ހަބަރު ލިބުނުގޮތުގައި ސުމާ އެދިޔަ ކޯހަކަށް ދިޔައީ ވަޒީފާއިން ވަކިވެގެންނެވެ. ކުރިން އޮފީހުކަމެއްގައި ނޫނީ އަޔާންއާއި ވާހަކަ ނުދައްކާ ލިވްޔާ ކުއްލިއަކަށް އަޔާންއާއި މިވަރަށް ވާހަކަދައްކާތީ ހިސާބަކަށް ހައިރާންވިޔަސް އެ ސުވާލު ނުކުރީ އޭރު ސުމާގެ ނުފޫޒު ގަދަކަމުން ނޫނީ ލިވްޔާ ލަދުގަންނާތީ ކަމަށްބަލައިފައެވެ. ލިވްޔާ އަޔާންއަށް ބަލަނީ އެހެން ނަޒަރަކުންކަން ޚުދުއަޔާންއަށްވެސް އެނގެއެވެ. އެއީ އެއޮފީހު އެންމެނަށް އެނގޭ ބޮޑު ސިއްރެވެ.                =ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhonthiii

Level 210 Stories100 Comments

Love to read and write. Need everyone's help to improve. Sarangheyoa ???

Other Articles

Previous

ނާމާން ރޭގަނޑު އިއުލާން

Next

ލޯބި ވީމޭ ސިއްރު ސިއްރުން (17

Next
August 10, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (17

Previews
August 10, 2018

ނާމާން ރޭގަނޑު އިއުލާން

8 Comments!

  1. Someone says:
    August 10, 2018 at 10:28 pm

    Haadha kurey but vara reethi

    1. Dhonthiii says:
      August 10, 2018 at 11:11 pm

      Next part thankolheh dhiguvaane. Thanxs…

  2. Livee says:
    August 11, 2018 at 11:24 am

    Varah salhi ekamu kommes varakah confuse Vega indhegen mi kiyaaly
    Dhonthiii liver ah kuda koh kiyaala dheyn v ehnu mi vaa goiy vaahakaiga

    1. Dhonthiii says:
      August 11, 2018 at 11:34 am

      Sorry to make you confuse. Mivee gothakee shairaa likes raail but she doesnt knw he likes her or not n raail ulheny relation eh gah kameh nuny single kameh ves. So male’ in anburaa ahnany rashah raail mathin handhaan nahthaalan faseyha ah. But she couldnt forget him ehenve fb medhuverikoh raail hoadhany. N talk kurany.

    2. Dhonthiii says:
      August 11, 2018 at 11:37 am

      Den miulheny suma akaa ayaan akaa livyaa akaa. Ayaan luvs suma alot but she is so mean. Livya loves ayaan alot but he doesnt. Suma ayaan aai relation akah dhany cox he is hot n livya ah kantah dehkumah. But later they brokeup. And nw livya is trying to win him. Hope u understood.

    3. Dhonthiii says:
      August 11, 2018 at 11:39 am

      Thankyou ?

  3. sis says:
    August 11, 2018 at 8:42 pm

    Dhonthiii ge age kihaavareh and which island are you ??
    .
    Hope this is not too personal just curious vaathy ahaaly

    1. Dhonthiii says:
      August 11, 2018 at 10:53 pm

      Im 18 and frm lh.hinnavaru.. why so curious

Comments are closed.

Next Episodeލޯތްބަކީ 5←


All Right Reserved!