Skip to content
އެސްފިޔަ

މިޝް’އަލް 1

ބަޑި ބޭހުގެ ކުޅިވަރުތަކާއެކު އައު އަހަރަކަށް ރާއްޖެ ގަޑިން މަރުހަބާކިއެވެ. ގަޑީގެ ކުޑަކަށި ނަންބަރު ބާރައިގައި ޖެހުމާއެކު ހިމޭންވެފައިވާ ރާއްޖޭގެ ވެރިރަށް އަޑުގަދަކޮށްލީ ބަޑި ބޭހުގެ އަޑުން އެކަންޏެއް ނޫނެވެ. އިވިގެން ދިޔަ ހިތްގައި ފިރިހެންވަންތަ އަޑު ތަކާއެކުގައެވެ. މަޝްހޫރު ބޭންޑް “ރޮކް” ގައި ހިމެނޭ ހަތަރު ޒުވާނުންގެ އަޑެވެ.

ހުވަފެންތަކުން ހިތްހަމަޖެހުން ދެނީ ކީތްވެބާ…

ހޭލާހިތެއް އަމުދުން ނުވޭ ނިދިން ކީތްވެބާ…..

ލޯތްބޭ މިއީ.. މީ ހަމަ ޔަގީން ޝައްކެއް ނެތޭ

ގުޅިފައިވަނީ…ފުން ގުޅުމަކުން.. މިދެހިތޭ..

ލޯތްބޭ މިއީ..މީ ހަމަ ޔަގީން ޝައްކެއް ނެތޭ

ގުޅިފައިވަނީ…ފުން ގުޅުމަކުން.. މިދެހިތޭ

ލަވައިގެ ފަހުބައި ނިންމާލީ މިކްއަލްއާއި ޝާމިންގެ އިތުރުން ޒިދާންއާއި އާލިމް އެއްކޮށް ކިޔާލި މި ބައިތުގެ ޖާދޫގައި ޖެހިފައި ގިނަ ބަޔަކު ތިއްބެވެ. ކާނިވާ ސަރަހައްދުގައި އޮތް ކުލަގަދަ އަދި އެހާމެ ފޯރިގަދަ ޝޯވް ނިންމާލަމުން ސްޓޭޖުން ފޭބީ ހަތަރު ފިރިހެންނުން މިސްރާބުޖެހީ ބެކް ސްޓޭޖަށެވެ. އިންސްޓުރެމެންޓުތަށް ބަހައްޓާށެވެ. “ސަޅި ދޯ.” ޝާމިން ފެއްޓީ ޝޯވްގެ ވާހަކައެވެ. “ޔާރ..އެން ބުރޯސް މަށަށް ފެނުނު ވަރަށް ހޮޓު ގޮލަޔެއް އެތާ ސަޕޯޓަރުންގެ ތެރެއިން.” އާލިމް ބުނެލީ ފިލްމީ ގޮތަކަށެވެ. އޭނާ އެހެރީ އެންމެ ފެނިލުމަކުންވެސް އިޝްގުގައި ޖެހިފައި ތޯއްޗެކެވެ.

“ސަޕޯޓަރުންގެ ތެރޭގަ ތިބޭ ހޮޓު މީހުންނަށް ބަލަން ހަދައިގެންނު ލަވައިގެ އެއްބައި ކަލޭ އޮޅުވާލީ” މިއޮއް ހުރިހާއިރު ބޭގަށް ގިޓާ ލާން ހުރި މިކްއަލްގެ އަޑު އިވުނީ އޭނާ އެމަސަތްކަތައިގެން އަވަދިވުމުންނެވެ. “ކޮން އިރަކު.” އާލިމް ނޭނގޭ ކަމަށް ހަދާލިއެވެ. ކަޑަަ ނުވާންށެވެ. “އެ ބަލަގަ މިކޫ ކައެވެސް ހުރީ މެންނު އެތާނގަ ހުރި ދޮންދޮން އަންހެނަކަށް ގެއްލިފަ” އާލިމް ހަނދާކޮށްދިނެވެ. “އާން މަ ހުރީމޭ ގެއްލިފަ..ގަބޫލުކުރަން..ދެވަނަ ސުވާލު ލަވަ އޮޅުނީ ކޮންއިރުހޭ ދޯ..އެއްކަލަ ހުވަފެންތަކުންނޭ ކީމެއްނު.. އެބައިގަ ކަލޭ ކީ ފޮނި ފޮނި އިހުސާސޭ..މައިކު އަނގައާއި ދުރުކޮށްގެ އާލިމު ކިތަންމެ މަޑުން ކިޔަސް މަށަށް އަޑު އިވުނޭ.” މިކްއަލް ދިމާކޮށްލިއެވެ.

“ހޫން ހޫން..ތިމީހުން ސްޓޮޕް ބޭރަށް ދާންވީ ޕަޕަރާޒީ ކައިރިޔަށް.” އާލިމްއާއި މިކްއަލްގެ ކޯޅުން ހުއްޓުވާލީ ޝާމިނެވެ. ގުރޫޕު ގޮވައިގެން ސެކިއުރިޓީގެ އެހީތެރިކަމާއެކު މަގުމައްޗަށް ނިކުމެލިއެވެ. ފުލުފުލުގައި އޮޓޯގްރާފް ހޯދަން މީހުން އަންނަ ފެށިއިރު ކެމެރާމަނުންގެ ފްލޭޝް ލައިޓުތަށް ނިވި ދިއްލެއެވެ.

“ހިނގާބަ ދާން މަ ވެއްޖެޔޭ އެތާހުރި ފާހާނާ ޔޫސް ކުރަން.” ޒިވާގެ އަތުގައި ހިފައި ދަމަމަުން މިޝްޔާ ބޮޑާ ހާކަން ފެށިއެވެ. ބެކް ސްޓޭޖާ ދިމާލަށް އަތް ދިއް ކުރަމުންނެވެ. އޭނާގެ ބޭނުމަކަށް ވީ ބެކް ސްޓޭޖުގައި ހުރި ފާހާނާ ޒިވާއަށް ދެއްކުމެވެ. “އޯ ވެއިޓް..މިކްއާ އެއްކޮށް ފޮޓޯ ނަގާފަ.” މިކްޔަލްގެ ކުރިމަތީގައިވާ ކިއުއާއި ދިމާލަށް މިސްރާބުޖެހީ ޒިވާއެވެ. މިޝްޔާ ގާތު އެތަނަށް އައުމަށް އެދެމުންނެވެ. “އާރރރގް.” ފާހާނާ އަތް ދާންޖެހިގެން ދެފައި ދެފަޔާ ލާ ފިއްތަމުން ޒިވާ ފަހަތުން މިޝްޔާ ހިނގައިގަތެވެ. މޫނަށް އެކި ވައްތަރު ޖައްސަމުންނެވެ.

އިންތިޒާރުގެ ވަގުތުތަށް ކިއުގައި ގުނާ ނިމިއްޖެއެވެ. ކެތްތެރި ކަމުގެ ފޮނި ނަތީޖާއެވެ. މިކްއަލްއާއެކު ފޮޓޯ ނަގަން ބޮލާ ބޯ ޖައްސާލި ޒިވާ ގާތުގައި ހުރި މިޝްޔާގެ ލޮލުގައި އަޅަގަތީ ދުވާރު މަތީ ދުވަފައި އެކަތި އަނެކެއްޗާ ފަހައި ދުވަމުން އައި ބުޅާތަކެވެ. ދޮގެއް ނޫންނަމަ ދުނިޔެއަށް އުފަންވީއްސުރެއް ބުޅާ ދެކެ ބިރުގަންނަ މިޝްޔާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ޒިވާވެސް ކުޑަކޮށް ދުރައްޖެހިލިއެވެ. “އޭތް…” މިޝްޔާއާއި އެއެއްޗެހި ކައިރިވާންފެށުމުން އޭނާ ހަޅޭތްލަވައިގަތެވެ. ގަތް ބިރުން ފުންމައިގެން އަރައި މިޝްޔާއާއި ޖެހިގެން ހުރި މިކްއަލްގެ އުނަގަނޑުގައި ދެފައި އަޅުވާލިއެވެ. ބޯ ތިރިކޮށްލީ ފައި ދޮށުގައި ހަރަކާތްތެރިވަމުން ދިޔަ ބުޅާތަކަށް ބަލާށެވެ. އެވަގުތު މިޝްޔާއަށް ބަލަން ބޯހިއްލައިގެން ހުރި މިކްއަލްގެ ތުންފަތުގައި މިޝްޔާގެ ތުންފަތް ޖެހުނެވެ.

ބުޅާތަށް ފައިދޮށުގައި ހަރަކާތްތެރިވަމުން ދިޔައިރު މިކްއަލްއާއި އޭނާގެ އުނަގަނޑަށް އަރައި ހުރި މިޝްޔާގެ ދެތުންފަތް ގުޅިގެން ދިޔަ މަންޒަރު ޕަޕަރާޒީން އެމީހުންގެ ކެމެރާތަކުގައި ރައްކާކޮށްލިއެވެ. ދުރުގައި ހުރި ޒިވާ އޭނާގެ އަތް އަނގަމަތީގައި އަޅާލިއެވެ. މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔަ އެހެންމީހުންވެސް އެ މަންޒަރު ބަލަން ތިބީ ހައިރާންވެފައެވެ.

ކުޑަ ހިނދުކޮޅަކަށް ފަހު ބުޅާތަށް ދިޔުމުން އެއެއްޗެހީގެ އަޑު ކެނޑުނެވެ. ވާނުވާ މިކްއަލްއަށް ރޭކާލީ ދެނެވެ. އުރުން މިޝްޔާ ބާލުވާ ދުރަށް ކޮށްޕާލިއެވެ. “ވަޓް ދަ..**” މިޝްޔާގެ ކޯތާފަތް މައްޗަށް އަރުވާލި ހޫނު އެތިފަހަރާއެކު މަންޒަރު ބަލަން ތިބި މީހުންގެ ހައިރާންކަން އިތުރުވިއެވެ.

(ނުނިމޭ)

Comments (9)

  1. kookie

    wow. Masha Allah. story varah reethi vane hen heevany. nd mi part geyaamuvx vaeah varah reethi. when next part..??

    1. kikki
      kookie

      Aww thanks..? nxt part tommmrow or today❤❤ tryin miadhu veytho

  2. hamtii

    habeyx…kikki dhen kon irakun next part up kuraa nee….waiting…waiting

    1. kikki
      hamtii

      Thank you magey hamtti..❤❤❤ see yuh maadhan class in ??

  3. kikki

    Helllooo everyone ❤❤❤. Kikki mi site ah liyaa first kuruvaahaka hurihaa readers ves like vaane kamah ummedhukuran. N this story is gonna be about 6 or 7 parts ?. Mistakes faahaga kohdhinumakee alhugandah libeyne varah bodu kurierumeh ??? next part tommorow or today ?

    1. hamtii
      kikki

      plz…miadhu up kohdhey…plz plz kikki

  4. Reeshh

    Varah reethi… Miyadhu up kohdheeba plxx varah beynun kiyaalan.???

    1. kikki
      Reeshh

      Thank you Reeshh. ❤❤ Im tryn ?

  5. Z@iner

    Hi kikki vrh salhi vaahaka. Love it..where are u frm?I’m from hithadhoo

Comments are closed.