Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ތެޅުން 10

Jinni Level 410 Stories100 Login100 Comments500 Login
August 12, 2018 3 Mins Read
9 Comments

ވިންޗެސްޓާރ ސިޓީގައި އޮތް ބައްދަލުވުމަކަށް ތިން ދުވަހަށް ދިޔަ ޑޭވިޑް، ދެ ދުވަސް ފަހުން އެނބުރި ލަންޑަނަށް އަންނަން ޖެހުނީ ބައްދަލުވުން ކެންސަލްވުމުންނެވެ. ފޮށި ހިފައިގެން ހަވޭއްޔަށް ވަދެވުނުއިރު ޖާރިޔާއެއްވެސް ފެންނާކަށް ނެތެވެ. ވިކްޓޮރިއާ ފެނޭތޯ ދެކޮޅު ބެލުމަށްފަހު ޑޭވިޑްގޮސް ކޮޓަރި ދޮރު ހުޅުވައިލިއެވެ. ފެނިގެންދިޔައީ އޭނާ ހައިރާންކުރުވަނިވި މަންޒަރެކެވެ.

*************************

“ޑޭވިޑް؟!” އެނދުމަތީ އިން ވިކްޓޮރިއާ ސިހިފައި ކައިރީ އިން ކެންއާއި ދުރަށް ޖެހިލަމުން ގޮވައިލިއެވެ. ކެން ދާހިތްލައިލިއެވެ. އަންހެނުނާއި ގުޅުން ހިންގަން މަސައްކަތް ކުރި އެކުވެރިޔާއަށް ޑޭވިޑް ދޭނެ ސަޒާއެއް ނޭންގޭތީއެވެ. “ޑެ…ޑޭވިޑް… ހާދަ އަވަހަކަށް… އަ…އަހަރުން…މީ…” ވިކްޓޮރިއާ އަނގަ އޮޅޭގޮތްވިއެވެ. ހާލަތު ސާފުކޮށްދޭނެ ދުލެއް އޭނާގެ ނެތެވެ.

“ވިކްޓޮރިއާ. އަހަރެން ބޭނުން ވާހަކަދައްކައިލަން… އެކަނި.” ޑޭވިޑް ކެންއަށް ބަލައިލީ އިހަށް ދާށޭ ބުނާކަހަަލަ ގޮތަކަށެވެ. ކެން އަވަހަށް ތެދުވެ ކޮޓަރިން ނުކުތެވެ.

ވިކްޓޮރިއާ އިނީ ބިރުން ދެއަތް ދެއަތަށް މޮޑެމޮޑެއެވެ. ޑޭވިޑް ބުނާނެ އެއްޗެއްސާއި، ދެން ކަންތައް ހިނގާނެ ގޮތްތަކުގެ ލިސްޓެއް ވިކްޓޮރިއާ ސިކުނޑީގައި ހަދައިލެވުނެވެ.

“އަހަރުން ވަރިވާންވީ އެންނު.” ވަރަށް ހަމަޖެހިލައިގެން އިނދެ ޑޭވިޑް ބުނީ، ވިކްޓޮރިއާ އޭނާ ބުނާނެކަމަށް ނިންމާފައި އޮތް އެއްޗެހީގެ އެންމެ ފުރަތަމަ އެއްޗެވެ. ވިކްޓޮރިއާ ދެ ލޯ މަރައިލިއެވެ.

“ވިކްޓޮރިއާ ކެންދެެކެ ލޯބިވާކަން އަހަންނަށް މާ ކުރިންސުރެވެސް ފާހަގަކުރެވުނު.” ޑޭވިޑްގެ ބަހަށް ވިކްޓޮރިއާ ލޯ ހުޅުވައި ހައިރާނުގެ ނަޒަރަކުން ބަލައިލިއެވެ. “އަހަރެން ލޯބިވަނީ ޖެނީދެކެ. ދެން އަހަރުން ދެމީހުން އެކީގަ އުޅެގެން ވާނެ ފައިދާއެއް ނެތެންނު. މާ ރަނގަޅުވާނެ އެމީހަކު ލޯބިވާ މީހެއް ކައިރިއަށް އެމީހަކު ދިޔައިއްޔާ. ކްރިސްއަށްވެސް މިހާރު ވިސްނޭނެ. ދެން އެހެން މީހުން ވިސްނާނެ އެއްޗެއް އަހަރުންނަކަށް މުހިންމެއް ނުވާނެ.” ހުރިހާ އެއްޗެއް ކިޔައި ނިންމައިލުމަށްފަހު ޑޭވިޑް ހިނިތުންވެލިއެވެ. ވިކްޓޮރިއާއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އޭނާގެ މައިންބަފައިން، ނުދަންނަ ބީރައްޓެއްސަކާއި ކުރުވި ކައިވެނީގައި ދެރަކަމެއް ދިމާވެފަކާއެއް ނެތެވެ. ފިރިއަކަށް ޑޭވިޑްފަދަ ހެޔޮ މީހެއް ހުރިކަން އެއީ ނަސީބެކަމަށް އޭނާ ދެކެއެވެ. ނަމަވެސް ނުވެވުނު އެއްޗަކީ ލޮއެއްބެވެ.

ކެންއާއި އެވާހަކަ ދެއްކުމުން ވިކްޓޮރިއާއާއި އެކީ ހަޔާތެއް ފެށުމަށް އެއްބަސްވިއެވެ. ކެންއަަކީ ރަނގަޅު މީހެއްކަން އިނގޭތީ ޑޭވިޑްއަށްވެސް އެއްވެސް ހާސްކަމެއް ނެތި ވިކްޓޮރިއާއާއި ވަކިވެވުނެވެ. ކްރިސްގެވެސް ހުއްދައާއި އެކީގައެވެ. ކްރިސްގެ އެދުމަކަށްވީ އޭނާގެ މަންމައާއި ބައްޕަ އުފަލުގައި އުޅުމެވެ.

ހަވީރުގެ ވަގުތެކެވެ. ޔަޝަލްއާއި ޖީލާން ތިބީ ރަސްފަންނުގައެވެ. މީހުން ގިނަ ނަމަވެސް އެ ދެމީހުން ތިބީ އެމީހުންގެ އަމިއްލަ ދުނިޔެއެއްގައެެވެ. އެއްވެސް މާނައެއްނެތް ބޭކާރު ވާހަކަ ދެއްކުމުގައެވެ. ޖީލާންގެ ހަނދާންތައް ފިލައި ދިޔުމުގެ ކުރިއެކޭ މާ ބޮޑު ތަފާތެއް ނެތީތީ ޔަޝަލް އުފާކުރިއެވެ. އެގޮތަށް ވާހަކައެއްގެ ތެރެއިން ޖީލާން ބުނީ އޭނާ ކުޑައިރު ނިންދަވަން މަންމަ ކިޔައިދޭ ވާހަކަތަކުގެ ވާހަކައެވެ. ޔަޝަލްވެސް ޖެނީ އޭނާއަށް ވާހަކަ ކިޔައިދޭން ހަނދާންތައް އާވެ ހިނިތުންވެވުނެވެ.

“އަހަރެން ކިޔައިދެންތަ ވަރަށް ސަޅި ވާހަކައެއް؟” ޔަޝަލް ވަރަށް ހުޝިޔާރުކަމާއެކު ދަނޑިވަޅުގެ ބޭނުން ހިފިއެވެ. ޖީލާން ވަރަށް ޝައުގުވެރިވެފައި އަޅެ ކިޔާބަލާށޭ ބުންޏެވެ. ވާހަކަ ފޫހިވެއްޖެއްޔާ ސައިދޭންވާނޭ ބުނެ ސަމާސާވެސް ކޮށްލަމުންނެވެ. ޔަޝަލް ފެށީ އޭނާގެ ހަޔާތުގެ ވާހަކައެވެ. ކުރިން ޖީލާންއަށްވެސް އޭނާ ކިޔައިދީފައި ނުވާ ވާހަކަތަކާއި އިހުސާސުތައް ފާޅުކުރަމުން ކުރިއަށް ދިޔައެވެ. ޖީލާންއަށް ހީކުރިވަރަށްވުރެ ވާހަކައަށް ޝައުގުވެރިކަމެއް ދެވުނީ ވާހަކައިގެ ސީންތަކުގައި އާދަޔާހިލާފަށް ދަންނަ ގޮތެއް ހުރުމުންނެވެ. އެ ވާހަކައިގެ އެންމެ މުހިންމު އެއް ޝަހުސިއްޔަތަކީ އޭނާކަން ނޭންގޭ ހާލުއެވެ. ޔަޝަލް ކިޔައިދިނީ ބަޠަލާގެ ނަޒަރިއްޔާތުން އެކަނި ނަމަވެސް ޖީލާންއަށް އެ ހާއްސަ ޝަހުސިއްޔަތުގެ އިހުސާސުތައް އިހުސާސުވަމުންދިޔަ ކަހަލައެވެ.

ހަވީރު ފިންޏަށް ހިނގައިލަން ނުކުމެ އުޅުނު އެމީލީއަށް ގަދަ ވާހަކައިގައި އިން ޔަޝަލް ފެނުމާއެކު ހުރިހާ ސަމާލުކަމެއް ދިޔައީ އެދިމާއަށެވެ. އެކުގައި އިން ޖީލާންގެ ހިނިތުންވުން ފެނުމުން އޭނާގެ މޭގައި ދުވެލީ ގޮތްނޭންގޭ އިހުސާސެކެވެ. ހަސަދަވެރިކަމަކާއި އެކުވެގެން އައި އެ ރިހުން، ޔަޝަލްގެ ކިބައިން ބަދަލުހިފަން އައި އޭނާއަށް، މަގުސަދު އޮޅުވައިލިއެވެ. އެ ހިތުގައި އެހެން އިހުސާސެއް ވަނީ ކުރި ހޯދާފައެވެ. އަމިއްލަ ބާރަކާއި ނުލައި ކަރުނަވަޅު ދޫކޮށް ފޭބި ކަރުންތިކި އެކަމަށް ހެކިވިއެވެ.

“އިނގޭތަ މީހުން ކިޔާ އެއްޗެހި؟ އެއްކަލަ ލުތުފީއާއި ޔަސްރާގެ ދަރި މޮޔަވެގެން އެސައިލަމްއަށް ލައިފިއޯ. ލަދުން ބޯހަލާކު. ތިއީ އަހަރުންގެ ދަރިއެކޭ ބުނަންވެސް ލަދުގަނޭ!” ޔާޝާގެ ކަންފަތުގައި ގުގުމަމުންދިޔައީ އޭނާގެ އުފަން މައިމީހާ، ޔަސްރާގެ ބަސްތަކެވެ.

“ޔާޝާ.” މީހަކު ގޮވައިލި އަޑަށް ޔާޝާ ބަަލައިލިއެވެ. ދުރުން ހަނާއަޅަމުން އައީ ކްރިސްއެވެ. ކްރިސްގެ ބޮލުގައި ބަނދެފައިވާ ބޭސްގަނޑު ފެނުމުން ޔާޝާގެ ނުތަނަވަސްކަންވީ އިތުރެވެ. ކްރިސް ނުބުންޏެއްކަމަކު އޭނާއަށް އަނެއްކާވެސް ނޭންގުމެއްގެ ތެރޭގައި ގެއްލުމެއް ދެވުނީކަން އިނގުމުންނެވެ.

“ދެން ނާދެބަލަ އަހަރެން ކައިރިއަށް!” ކައިރީގައި އިށީންނަން އައި ކްރިސް ދުރަށް ކޮއްޕައިލިއިރު ޔާޝާގެ ލޮލުން ކަރުނަތައް ފައިބަނީއެވެ. “އަހަރެންގެ އުފަން މައިންބަފައިންވެސް އަަހަރެން ދޫކޮށްލައިިފި. ދެން ކްރިސްވެސް ދުވަސްކޮޅަކުން އަހަރެން މަތިން ފޫހިވާނެ. އެހެންވީމަ މާ ރަނގަޅެންނު ކުރީބައިގަ ދުރަށް ދިޔައިޔާ، އަަހަރެންގެ ހިތް ނުތަޅުވާ…” ޔާޝާ އޭނާގެ ހިތުގައިވީ އިހުސާސްތައް އެއްފަހަރާ ބަންޑުންކޮށްލިއެވެ. ކްރިސް ކުއްލިއަކަށް ޔާޝާގެ އަތުގައި ހިފައި ގާތަށް ގެނެސް އޭނާގެ މޭތެރޭ ބޮނޑިކޮށްލިއެވެ.

“މުޅި ދުނިޔެ ޔާޝާ އެކަނިކޮށްލިއަސް އަހަންނެއް ޔާޝާ ދުލެއްނުކުރާނަން. ޔާޝާ އަަހަރެން ދޫކޮށްލާފަ ނުދާހާ ހިނދަކު އަހަރެން ޔާޝާއާ އެކުގަ ވާނަން.” ކްރިސް ވައުދުވިއެވެ. “ބިކޯޒް އައި ލަވް ޔޫ…” ޔާޝާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަތެވެ. މުޅި އުމުރުގައިވެސް މީހަކު ހިތުގެ އަޑިން އޭނާއަށް އެފަދަ ވައުދުތަކެއް ވެފަކާއެއްނެތެވެ. މުޅިންވެސް ފައިސާގެ ދަހިވެތިކަމުގައި ނުވަތަ ލައްޒަތުގައި އަންނަ ޖަނަވާރުންނެވެ. ހުރިހާ އެއްޗެއް ގެއްލި ނިކަމެތިވީ ދުވަހު އޭނާއަށް ލިބިފައި މިވަނީ ހަގީގީ ލޮއެއްބެކެވެ. ޔާޝާ ކްރިސްގެ ބުރަކަށީގައި އަތް ވަށައިލީ އެ ލޯބި ގަބޫލުކުރާކަމަށް ދިން އިޝާރާތެއް ފަދައިންނެވެ.

ޔަޝަލްއަށް ގެއަށް އާދެވުނުއިރު އިރު އޮއްސެނީއެވެ. އޭސީ ޖައްސައިލުމަށްފަހު ފާހަނައަށް ވަންނަން ދަނިކޮށް ލޮލުގައި އަޅައިގަތީ ރީތިވާ މޭޒުމަތީ އޮތް ސްޓްރޯބެރީއެކެވެ. ސްޓްރޯބެރީ ނަގައިފައި އޭގެ ދަށުގައި އޮތް ކަރުދާސްކޮޅު ނަގައި ނިއުޅުވައިލިއެވެ. އަދި އޭގައި ލިޔެފައި އޮތް ލިޔުންކޮޅު ޔަޝަލް ކިޔައިލިއެވެ. “ހެލްޕް މީ…”

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 31

Next

އެހަނދާން ފޮހެވޭތޯ ބެލިޔަސް…(ކިޔުންތެރިންނަށް)

Next
August 12, 2018

އެހަނދާން ފޮހެވޭތޯ ބެލިޔަސް…(ކިޔުންތެރިންނަށް)

Previews
August 12, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 31

9 Comments!

  1. kookie says:
    August 12, 2018 at 11:52 am

    me first dhw. haadha kurey vaahaka. but story varah varah reethi. when next part..??

    1. Jinni says:
      August 12, 2018 at 2:01 pm

      thnk u kookie. nxt prt mianna wednesday ga

  2. hamtii says:
    August 12, 2018 at 12:37 pm

    omg….story ha.a habeys….salhi nge….when next part up kuraanee….waiting

    1. Jinni says:
      August 12, 2018 at 2:02 pm

      thnx hamtii. nxt prt wednesday ga

  3. Jinni says:
    August 12, 2018 at 2:00 pm

    mifaharu up kurevunuleh las veema sorry ingey ppl. wifi kenduneema ehen vee. iyye wifi libunuhaa avahakah liyefa submit kurin ekamu up vee miadhu… sad life?

  4. kikki says:
    August 12, 2018 at 5:10 pm

    vrhh salhi nge..hama habeyx..n next part konirakun..im vry curious to know..avas kohlacheyyy jinniii

    1. Jinni says:
      August 13, 2018 at 1:45 pm

      thnx ingey. nxt prt wednesday ga.

  5. Twinkle? says:
    August 12, 2018 at 6:37 pm

    I’m third dhw… stry hama vvv salhi masha allah… whn nxt part

    1. Jinni says:
      August 13, 2018 at 1:45 pm

      thnk u. nxt prt wednesday ga ingey

Comments are closed.

Next Episodeހިތުގެ ތެޅުން 11←


All Right Reserved!