ހެނދުނު ރީޝަމްއަށް ހޭލެވުނީ ސިއްސައިގެން ގޮސްގެންނެވެ. ކައިރީގައި އަނގަމަތީ އަތް އަޅައިގެން ހޭން ހުރި މާހީ ފެނި ރީޝަމް ތުން ދަމާލިއެވެ. މާހީ އޭނާ ކަންފަތް ކައިރިއަށް ފުމެލީއެވެ.”ސޮރީ ހަހަހަ..” މާހީ ހެމުން މަޢާފަށް އެދުނެވެ.”މާދަމާ ބޮޑު ލަނޑެއް ދޭނަމޭ. ބަލަން ހުންނައްޗޭ..” ރުޅި އަންނަކަމަށް ހެދިފައި ރީޝަމް ފާޚާނާއަށް ވަނެވެ. ފެންވަރާލައިގެން ނިކުތް އިރު މާހީ ވީ ގޭތެރޭގައެވެ. ކުޑަގޮތަކަށް ރީތިވެލައިގެން ރީޝަމް ގޭތެރޭގެ މަސައްކަތް ތަކުގައި އާނިޔާއަށް އެހީވެދޭނެ އުޅުނެވެ. **7 ވަނަ […]
“އާލިފް…. އަހަންނަށް ސިއްރުކުރީ ކީއްވެ؟” ދާނިޔާ ބުނެލި ވާހަކައިން އަހަރެންގެ ނޭވާ ހުއްޓުނުހެން ހީވިއެވެ. ރަނގަޅަށް ބަލާލުމުން ދާނިޔާ އަތުގައި އޮތީ އަހަރެންގެ ފޯނުކަން އެނގުމުން ހިތުގައި ބިރުވެރިކަން ހިނގާލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ދާނިޔާގެ މޫނަށް ބަލަން ހުރެވުނެވެ. ދާނިޔާގެ ލޯ ފެންކަޅިވެގެން ދިޔަތަން ފެނި، އަހަރެންގެ މޭގައި ރިހުމެއް އުފެދުނެވެ. ޕާޓް 8 “ކޮން… ކަމެއް… ސިއްރު ކުރީ؟” ވާހަކަ ދެއްކުނުގޮތުން އެއްވެސް ޙަޤީޤަތެއް ނޭންގޭ މީހަކުވެސް އަހަންނަށް ޝައްކުކުރާނެކަން ގައިމެވެ. ދާނިޔާގެ ތޫނު […]
އެއްމިޔަކަނުން ހީލިއިރު، އަހަންނަށް އެ މޫނުން ސިފަވީ އޭނާގެ މަކަރުވެރިކަމެވެ. އައިސްފައި ހުރި ގަދަ ރުޅީގައި އަހަރެންގެ ދެއަތް މުށްކަވާލެވުނެވެ. ދަތްކުނޑި ވިކާލަމުން ދުރަށް ނަޒަރު ހުއްޓާލީމެވެ. ދެން އިވުނު ޖުމްލަ އަޑުއަހާފައި އޭނާގެ މޫނަށް ބަލާލެވުނެވެ. ޕާޓް 7 “އިތުރު ޓާސްކެއް އެބަ އޮތް… މިއީ އާލިފްއަށް އޮތް ވަރަށް ރަނގަޅު ފުރުޞަތެއް… އާލިފްއަށް….” އެވާހަކަތައް އިތުރަށް އަޑުއަހާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ހަނދާންކުރަން ބޭނުންނުވާ އެތައް ކަމެއް ލޯ ކުރިމަތިން ސިފަވެގެން ދިޔައެވެ. އެޚިޔާލުތަކުން […]
ފަނޑު އަލިކަމެއް ވެރިވެފައިވާ އެކޮޓަރީގެ ދޮރު މަޑު މަޑުން ހުޅުވާލަމުން ދަޔާން އެތެރެއަށް ވަނެވެ. އޭނާގެ ކޮންމެ ހަރަކާތެއްގައި ވަނީ ފަރުވާތެރިކަމެވެ. މަޑު މަޑުން ކޮޓަރީގެ ދޮރު ޖެހުމަށްފަހު އޭނާ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އެނދުގައި ނިދާފައި އޮތް އޭނާގެ ދަރިފުޅަށް ބަލަހައްޓައިގެން ދަޔާން އިރުކޮޅަކު ހުއްޓެވެ. އެކުއްޖާ ލަމުންދިޔަ ކޮންމެ ނޭވާއެއް ގުނަމުންދިޔަފަދައެވެ. އިރުކޮޅަކު އެގޮތުގައި ހުރުމަށްފަހު ދަޔާން އައިސް އެލީގެ މަގަތުން އެނދުގައި އޮށޯތެވެ. މަޑު މަޑުން އެލީގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. އެކުއްޖާއަށް […]
ދޮންމަންމަގެ އަނިޔާވެރިކަމުގައި ހިތްދަތި ދުވަސްތައް ފާއިތުވަމުންގޮސް ފަރީޝާ ފުރާވަރަށް އެރިއެވެ.އޭނާގެ އުމުރުގެ އެހެންކުދިން ހިޔާލެއް ފިކުރެއްނެތި ރައްޓެހިންނާއެކު ރަށުތެރޭގައި އުފާވެރި ވަގުތުތައް ހޭދަކޮށް ހެދިއިރު، ފަރީޝާއަށް ޖެހުނީ ދެއިރު ދެދަޅަށް އޭނާގެ އެއްބަފާ ދެކޮއްކޮމެން ގޮވައިގެން ސުކޫލުދޮށަށް ހިނގުމާއި ގޭތެެރޭގެ ހުރިހާ ކަމެއްގެ ޒިންމާ ނަގާށެވެ.ކުރުކޮށް ބުނާނަމަ އޭނާއަށް ޖެހުނީ މައެއްގެ ވަޒީފާ އަދާކުރާށެވެ. ކުދިންބެލުމާއި ކެއްކުމާއި ގޭތެރޭގެ ހުރިހާކަމެއް ކުރަމުން ކޮއްކޮމެންނަށް ކިޔަވައިދެނީވެސް ފަރީޝާއެވެ. ދޮންމަންމަ އެއްގޮތަކަށްވެސް ފަރީޝާ ސުކޫލަށް ފޮނުވާކަށް ބޭނުމެއްނުވެއެވެ.ނަމަވެސް ރަށުމީހުން އޭނައާ […]
(ޔާޝްގެ ނަޒަރުން) އަހަރެންނަށް ހޭލެވުނީ ފެންތިކި ތަކެއް މޫނުގަ ޖެހޭ އިޙްސާސް ވުމުންނެވެ. މީހަކު އަހަރެން ކައިރީގައި ހުރި އެއްޗެއް ކިޔަމުން ދިޔައެވެ. ނަމަވެސް ނިދީގެ އަސަރު ހުރުމުން ކިޔާއެއްޗެއް ސާފެއް ނުވިއެވެ. އަހަރެން ލޯމަރާލުމަށްފަހު އަނެއްކާވެސް ލޯ ހުޅުވައިލީމެވެ. ” އަޅަން ވީ ތަ……. ނޫނީ ނާޅަން ވީތަ” އަހަރެން ކައިރީ ހުރެ އެމީހަކު މިހެން ކިޔަމުން ދިޔައެވެ. ” ކާކު ؟” އެމީހަކު އަހަރެން އެހެން ބުނުމުން ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް އަހަރެންގެ […]
“އާ…” ދަންވަރު ވަގުތުގައި އެ އަނދިރި ޖަންގަލިތެރެއިން މީހަކު ހަޅޭއް ލައްވަލި އެވެ. އެ ކަޅު އަނދިރި ޖަންގައްޔަކީ ދަތްތަށް ތޫނު، ލޯ ތަށް ރަތް ކުލައިން ދިއްލިފަ، އިންސާނުންގެ ލޭ ބޯގެން ބާރު ހޯދާ ފުރޭތަ ތަކެއް ދިރިއުޅެމުން ދާ ތަނެކެވެ. ބުނަންޏާމު އެއީ ވޭމްޕަޔާސް ގެ މާހައުލް އެވެ. “ޕިސް ޕިސް އަޅޭ މީނަވެސް އެ މަރުވީ މިރެއަކު އަހަންނަކަށްށެއް އެއްވެސް މަޖަލެއް ނުލިބުނު ކީކޭ ބުނާނީ ރަޒާން… އޭ ކޮންކަމަކާ ދޭތެރޭ ތި […]
މަޑު ހިނގުމުގައި ހިނގާލައިފައި ދިޔަ ފަރީޝާ އޭނާގެ އާދައިގެމަތިން ކުޑަކުދިން ކުޅޭ ޕާކަކަށް ވަނެވެ.އެއީ އޭނާގެ އާާދައެވެ.ކޮންމެ ހަވީރެއްގައި ކަހަލަގޮތަކަށް އޭނާ އެތަނަށް ދެއެވެ. ޕާކުތެރޭގައި ހުރި އަށްޓެއްގައި އިށީންދެލުމަށްފަހު މަޖާނަަގަމުންދިޔަ ކުޑަކުދިންނާ ދިމާލަށް ފަރީޝާ ބަލައިލިއެވެ.އެކި އުމުރުފުރައިގެ ކުދިން ދުވެ ސަކަރާތްޖަހަމުންދިޔަ އުފާވެރި އެމަންޒަރު ބަލަން ފަރީޝާ އިނީ ހިނިތުންވުމަކާއި އެކުގައެވެ.ނަމަވެސް އިސާހިތަކު އެހިނިތުންވުން ކެނޑި އޭނާގެ ދެލޯ ކަރުނައިން ފުރާލިއެވެ. ފަރީޝާގެ ދެލޮލަށް ކަރުނަ ޖަމާވުމާއެކު އޭނާއަށް ފެންނަމުންދިޔަ މަންޒަރު ދިޔައީ ނުސާފުވަމުންނެވެ.އެއާއެކު މަޑުމަޑުން […]
“ހޫމް.. ފިރިހެނެއްގެ ވާހަކަ ދައްކާއިރު ކިހިނެއްތަ ތި ވަނީ އެލީ އަށް؟..” ރީހާން މަޖަލަކަށް ހަދާފައި ސުވާލު ކުރިއެވެ.”ނުވޭ ކަމެއް..”އެލީޒާ ލަދު ނުގަންނަ ކަމަށް ހެދުނެވެ.”ހާދަ ގަބޫލު ނުކުރެވެއޭ.. ދެން ދޭ ރެޑީ ވާން އަވަހަށް..” ހިނިގަނޑެއް ޖަހާލާފައި ރީހާން އެތެރެއަށް ވަތްތަން ބަލަން އެލީޒާއަށް ހުރެވުނީ އެސްފިޔަ ޖަހާނުލައެވެ. ސަބަބަކާއި ނުލައި ހިނިތުންވެސް ވެވުނެވެ. އެކަމަށްޓަކައި ނަފްސަށް ކުދި ކިޔާލަމުން އެލީޒާ ވަނީ ގެއަށް ދިޔައެވެ.ކޮޓަރިއަށް ވަތް ގޮތަށް ފުރަތަމަ ވެސް އެލީޒާ ދިޔައީ އަލަމާރި […]