Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤުދީރު

SG Level 1
November 18, 2018 One Min Read
7 Comments

އިރުގެ ރަން ދޯދިތައް ކޮޓަރީގައިހުރި ދޮރުފޮތިގަނޑުން ފުރޭނިގެންއައިސް އަހަރެންގެ މޫނަށް އެޅިފައިވިއެއްކަމަކު އަހަރެންނަށް ދެލޯ ހުޅުވާލަން މަޖުބޫރުކުރީ އެއަލިކަމެއްނޫނެވެ. އެހެނެއްކަމަކު ނިދިފައިއޮއްވާ އަހަރެންނަށް ހޭލެވުނީ މީހެއްގެ ބީހުންތަކެއް އިހްސާސްވާން ފެށުމުންނެވެ. ދެލޯ ހުޅުވާ ބަލާލުމާއެކު ކުރިމަތީގައި އިން އިންސާނާފެނި އަހަރެން ބިރުން ރޫރޫ އަޅަންފެށިއެވެ. އެދެލޮލުގައިވި އަސަރުފެނި އަހަރެންނަށް ބިރުން ފަހަތަށްޖެހެވުނުއިރުވެސް އާދައިގެ މަތިން ކަންތައްވާނެގޮތް އަހަރެެންނަށް ރަނގަޅަށް އެނގެއެވެ. އެންމެ ހަތްއަހަރުގެ ޅަސިކުނޑިއެއްކަމަކު އަހަރެންނަށް ކުރިމަތިވަމުންދިޔަ ހުރިހާ ކަމެއް އަހަރެންނަށް ރަނގަޅަށް ފަހުމްވެއެވެ. އާނއެކެވެ. އަހަރެންގެ އުމުރުން އެންމެ ހައަހަރުން ފެށިގެން އަހަރެންނަށް ދިޔައީ ޖިންސީ ގޯނާކުރަމުންނެވެ. މާ ފަރިވެ ފޮޅުމުގެ ކުރިން މަލުގެ ފޮނިކޮޅުބޯލި އަނިޔާވެރި މާބުރަކީ އަހަރެންގެ ބޮޑުބޭބެއެވެ. އެއްގެއެއްގައި އުޅުމުގެ ސަބަބުން ބޮޑުބޭބެއަށް އުނދަގުލެއްނެތި ބޭނުންގޮތެއްހެދެމުންދިޔައެވެ. ނަމަވެސް އަހަރެންދިޔައީ ދުވަހަކަށްފަހު ދުވަހެއް ހިތްވަރު އެލެމުންނެވެ. ބޮޑުދައިތަޔަށްޓަކައި އަހަރެން ހުރީ  ހުރިހާ ކަމެއް ހިތުތެރޭގައި ފޮރުވައިގެންނެވެ. އެކަމުން ސަލާމަތްވާނެ ދުވަހަކަށް އިންތިޒާރުކުރަމުންދިޔައީ މާތްﷲގެ ހަޟްރަތުން ވާގިއެދޭ ޙާލުގައެވެ. ކޮންމެވެސް ދުވަހަކުން އަހަރެންނަށް އިންސާފުލިބޭނޭކަމުގެ އުންމީދުގައެވެ.

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުންދިޔައީ އެކިމީހުންގެ ދިރިއުޅުމުގައި އެކިކުލަތައް ޖައްސަމުންނެވެ. އެއްބައެއްގެ ދިރިއުޅުމަށް ބަހާރު މޫސުން އައިސްފައިވިއިރު އަހަރެންގެ ދިރިއުޅުމަށްވެރިވެފައިވި ޙަރީފު މޫސުމަކަށް ބަދަލެއްނާދެއެވެ. ހަޔާތުގައި ޖެހެފައިވި ކިލަނބުކުލަ ފިލުވާނެގޮތަކާމެދު ވިސްނުމަށް އަހަރެންގެ ސިކުނޑިވަނީ ނުކުޅެދިފައެވެ. ނަމަވެސް އިންސާނެއްގެ ތަޤުދީރުގައިވާއެއްޗެއް އެނގޭނީ ފަހެކާކަށް ހެއްޔެވެ؟ ހީވެސްނުކުރާފަދަ ގޮތްގޮތަށް ކަންތައްތައްވެގެންދާ ފަހަރު މަދެއްނޫނެވެ.

ބޮޑުބޭބެއަށް ފުއްޕާމޭގެ ކެންސަރުޖެހިފައިިވި ހަބަރުވެގެންދިޔައީ ބޮޑުބޭބެގެ ހަޔާތް އެފުށްމިފުށަށްޖަހާލި ހަބަރަކަށެވެ. ޖާހިލުކަމުން ދެލޯހުޅުވުނުއިރު ވަގުތުވަނީ ފާއިތުވެފައެވެ. ދުނިޔެމަތީގައިވެސް ބޮޑުބޭބެއަށް ޙައްޤުޖަޒާ ލިބިގެންދިޔައީއެވެ. އާއިލާާ އެންމެންގެ ކުރިމަތީގައި ބޮޑުބޭބެ އޭނަގެ ކުށްތަކަށް އިއުތިރާފުވެ އަހަރެންގެ ގާތުން މަޢާފަށް އެދުނީ ދެލޮލުން ކަރުނަހިލޭ ޙާލުގައެވެ. އިތުބާރާއެކު އަހަރެން ކުރަމުންދިޔަ ދުޢާތައް މާތްﷲ އިޖާބަކުރެއްވީއެވެ. އަހަރެންނަށް ޖެހިފައިވި މުސީބާތުން ސަލާމަތްކުރެއްވީއެވެ. އެއްވެސް މަޚުލޫޤަކަށް ނުފުއުފުލޭވަރުގެ ބުރައެއް އެކަލާނގެ ނުޖައްސަވާނޭކަން އަހަރެން ޤަބޫލުކުރީމެވެ.

….ނިމުނީ…..

Share Article

Follow Me Written By

SG

Level 1

Other Articles

Previous

އެކުގައި ވާން ބޭނުމެވެ.

Next

މިހަާރުގެ ހާލަތު!

Next
November 18, 2018

މިހަާރުގެ ހާލަތު!

Previews
November 18, 2018

އެކުގައި ވާން ބޭނުމެވެ.

7 Comments!

  1. Blue baby?? says:
    November 18, 2018 at 10:09 pm

    Mee first dhw.. Reetbi stry eh?

    1. No one says:
      November 19, 2018 at 11:08 am

      Thanks

    2. SG says:
      November 19, 2018 at 2:26 pm

      Thanks

  2. Yuha says:
    November 18, 2018 at 11:15 pm

    ? ? ? lovely story ???

    1. SG says:
      November 19, 2018 at 2:27 pm

      Thanks

  3. ?Shify? says:
    November 19, 2018 at 9:32 am

    Nyc. Waiting 4 a nw strii….

    1. SG says:
      November 19, 2018 at 2:27 pm

      Thanks

Comments are closed.



All Right Reserved!