Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކައިޒީން 5

Thiyaa Level 1
November 18, 2018 3 Mins Read
17 Comments

ކައިޒީން އަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. ނަމަވެސް އިލާހީ ގާނޫނު ބަދަލު ކުރެވޭނީ ކާކަށް ހެއްޔެވެ؟ މީވެސް އިމްތިހާނެކެވެ…………

ދާއިން ތިރިއަށް ގޮސް ކައިރީގައި ހުރި ޝޮޕިން މޯލަކުން ސިމަކާއި އަދިވެސް ދެތިން އެއްޗެއް ގަނެލުމައް ފަހު އެނބުރި ހޮޓަލައް ދިޔައެވެ. ކޮޓަރިއަށް ވަން އިރު ކައިޒީން އިނީ ފެންވަރާގެން ނުކުމެ ރީތި ވާށެވެ. ” ޒީ.. ބަނޑުހައިތަ؟ މިބުނީ…… ކާ އެއްޗެއް ގެނެސްދެންތަ؟” ކައިޒީން ގެ މޫނުމަތިން ފެންނަން ހުރި ވަރުބަލިކަމުން ދާއިން ހީކުރީ މާ ބަނޑުހައީ ކަމަށެވެ ” ނޫން. ފްލައިޓުން ކެއީމެންނު ދެ ފަހަރު.. އަދި ބަނޑުހައެއް ނޫޏް. ދާން ބަނޑުހައީތަ؟” ލޯގަނޑުން ދާއިން އަށް ބަލާލަމުން ކައިޒީން ކިޔާލިއެވެ. “ނޫނޭ.. އަދިއެއް ނުވޭ.”. ހަރުގައި އަޅުވާފައި ހުރި ތުވާލި ނަގައިގެން ދާއިން ފާޙާނަޔަށް ވަނީ ފެންވަރާށެވެ. ހޫނުފެނުން ފެންވަރާލައިގެން ނުކުތް އިރު ކައިޒީން ހުރީ ދާއިން ލާނެ އެއްޗިސް ނަގާފައެވެ.. ” ނޯ ނޯ ވެއިޓް..” ކައިޒީން ޝޯލް އަޅަންފެށުމުން ދާއިން އޭން ހުއްޓުވިއެވެ. އެއަށް ފަހު ދެންމެ މޯލް އަށް ގޮސްފައި ގެނައި ކޮތަޅުން ކޮޓްން ކަޅުދެ ގަމީހާއި ނޭވީ ބްލޫ ކުލައިގެ ވިންޓަރކޯޓެއް ނެގިއެވެ. “ވިންޓަރ ވީމަ މިއައީ ކޮޓްން ގަމީސް ކޮޅަކާ ކޯޓެއް ގަނެގެން. މިވަގުތައް އޯކޭނު ދޯ. ފަހުން އަދި ދާންނަން ޒީ ގޮވާގެން މީގެ އެއްޗެހި ގަންނަން.” ކައިޒީން ލައިގެން އިން ހެދުން ބާލުވައިދިނުމަށްފަހު އެ ކޮތަޅުގައި އޮތް ކަޅު ގަމީސް ކޮޅު ލައްވައިދިނީ ދާއިން އެވެ. ދާއިން އަނެތް ގަމީސް ލައިގެން ރީތިވެ ނިމުނީރު ކައިޒީން ވެސް އިނީ ތައްޔާރުވެގެންނެވެ. ބޭރައް ނުކުންނަމުން ދާއިން ކައިޒީން ގެ ގަޔަށް ކޯޓް މަހާލިއެވެ. ދެކުދިން އެކުގައި ނުކުމެ ޓެކްސީއަކަށް އެރީ އަވަހައް ހޮސްޕިޓަލައް ދާށެވެ. މެލޭޝިއާގެ މަގުތަކުގައި މެމޯސާ، އިމްޕްރެސް، ލަންޑަން ޕްލޭން ފަދަ ގަސްތައް ހެދި މަގުތަކައް ހިޔާ ދީފައި އޮތެވެ. މާލޭގެ މަގުތަކާ އަޅާ ބަލާއިރު މަގުތައް ފުޅާވެފައި ހިތްގައިމުކަމުން ކައިޒީން ހުރީ ހައިރާން ވެފައެވެ. ބައެއް ހިސާބު ތަންކޮޅެއް އާސާރީކޮއް ދެއްކިޔަސް ޒަމާނީ ރީތި ތަންތަން ފެނެއެވެ.

“ކިޔާއަށް ގުޅާލިންތަ އައިފަހުން؟’ ކުއްލިޔަކައް ކަމެއް ހަނދާންވަފަދަ ގޮތަކަށް ކައިޒީން އަހާލިއެވެ. “ހްމް.. ގުޅިން. ބުނި ބޭބީމެން ނިންދަވަންށޭ މިއުޅެނި. ހުރިހާކަމެއްވެސް އޯކޭއޭ. ކިޔާ އެކައުންޓައް 300 ޑޮލަރުވެސް ޖަމާކޮއްދިނިން. ބުނިން ހުސް ވެއްޖިޔާ ބުނައްޗޭ” “ދުވަހަކުވެސް ކިޔާ ދޫކޮއްނުލައްޗޭ. ޒީ ރަނގަޅުވިހާ އަވަހަކައްވާނެ އެކޮޅައްދާން. ކިޔާ ކިހާ މިސްވާނެ ދާން”. ކައިޒީން ފެށި ވާހަކައަކުން ދާއިން ކުޑަކޮއް ބޮލުގަ ރިއްސާލިއެވެ. އެހެންވެ ހަމައެކަނި ބޯޖަހާލުމަކުން ފުއްދާލީއެވެ. ދާއިން އިތުރު އެއްޗެކޭނުބުނުމުން ކައިޒީން ވެސް ދެން އިތުރައް އެ މައުލޫއަށް ވާހަކަ އެއް ނުދައްކައެވެ.

އޭނަ ދާއިން އާ ކައިވެނި ކުރީވެސް ކިޔާރާ އަށް ދެރަގޮތެއް ނުހެދުމަށް ވައުދު ކުރުވާފައެވެ. ކިޔާރާވެސް އުފަލުގައި ހުންނަތަން ދެކެން ކައިޒީންވެސް ބޭނުމެވެ. އޭނަގެ ސަބަބުން އެކުޑަ އާއިލާއަށް ހިތްދަތިކަމެއްލިބެން ނޭދޭތީއެވެ. އޭނަވެސް އެހާ ނުލަފައެއް ނޫނެވެ.

ޑޮކްޓަރައް ދެއްކުމަށް ފަހު ހަދަންޖެހޭ ޓެސްޓް ތައް ހަދާ ނިމުނީރު ހަފްތާއެއް ވެއްޖެ އެވެ. ނަތީޖާ ލިބުނީރުވެސް ކައިޒީން ގެ ބަލީގެ ހަގީގަތް ޑޮކްޓަރައްވެސް ނޭންގުނުކަމީ އަޖާބެކެވެ. އެއްޓެސްޓްތަކެއް ދެތިންފަހަރު ތަކުރާރުކޮއް ހެދީ ބަލި ޔަގީން ކުރުމަށެވެ. ނަމަވެސް އެކިފަހަރު ލިބެނީ އެކި ނަތީޖާއެވެ. ހޮސްޕިޓަލުގެ ސިސްޓަމްތައް ހަލާކުވެފައި ކަމަށްހީކޮއް ހޮސްޕިޓަލުގެ ހާއްސަ ޓީމަކުން އެޓެސްޓްތައް އެކި މީހުންނަށް ހެއްދުވިއެވެ. ނަމަވެސް އެހެން މީހަކު ހަދާނަމަ ކިތަންމެ ފަހަރަކު ހެދިޔަސް ނަތީޖާ ބަދަލެއް ނުވިއެވެ. މި  ހުރިހާކަމެއް މިގޮތައް ދިމާވާން ފެށުމުން ދާއިން އަށް ދެން ހަދާނެ ގޮތެއް ނޭންގުނެވެ. ކައިޒީން ގެ ހާލު މާބޮޑައް ދައްވާން ފެށުމުން ދާއިން ނިންމީ ރުޤްޔާ ކުރާ މީހަކަށް ކައިޒީޏް ދައްކާށެވެ. އެކަންތައްވީ ހީކުރިވަރައްވުރެ ގިނައިން ފައިސާ ޙާރަދުވާ ކަމަކަށެވެ. ދާއިންއާއި ކައިޒީން އާ ދެމީހުންގެ އެކައުންޓުގައި ހުރިފައިސާއިން ވެސް ވާނެކަމެއް ނޭންގެއެވެ.

ކައިޒީންގެ ރުޤްޔާ ސެޝަން ތަކުގެ ފުރަތަމަ ބުރު ނިމިނު ދުވަހެވެ. ދާއިން އާދެމީހުން ކްލިނިކައް ވަނީ އެދެވޭ ޖަވާބަކައް އިންތިޒާރު ކުރަމުންނެވެ. ކައިޒީންމެންގެ ނަމްބަރު ޖެހުމުން ރުޤްޔާ ކުރާ ކޮޓަރިއަށް ވަން އިރު އެތާ ތިބީ ރުޤްޔާ ކޮއްދޭ މީހާ ސަލްމާން ގެ އިތުރުން ބަސްދޭހަކޮއްދޭ ކުއްޖެކެވެ. ނަމަވެސް އެއީ މެލޭޝިއާ ބަހުން ބަސް ދޭހަކޮއްދޭ ކުއްޖަކައް ވުމުން ދާއިން މެންނާ ވާހަކަދެއްކީ ސަލްމާންއެވެ……

” ސިހުރެއްކަން ޔަގީން ކުރެވިއްޖެ. މެރީ ކޮއްގެން އުޅުނު ދެކުދިން ދުރުކުރުމައް ހަދާފަ ހުރި ސިހުރެއް މީ. އަހަންނެއް އެ މީހެއް ނުހޯދާނަނަން. ސަބަބަކީ އެއީ ދީނުގަ ހުއްދަކަމަކައް ނުވާތީ.އެމީހެއްގެ ބޭނުމަކައްވީ ކައިޒީން ކުރިން އިނދެގެން އުޅުނު މީހާއާ ވަކިކުރުވުން. ޝާއިތާނެއްގެ ބާރުގަ އެކަންތައް ކުރުވީ. އެހެންވީމަ އޭތި ބަލާނި ކައިވެނީގެ ގުޅުން ކަނޑުވާލާފަ ހިލޭ ދެމީހުން ލައްވާ ފާފަކުރުވަން. ކައިވެނި ކުރުމުގެ ކުރިން އެއްވެސް ކަހަލަ ގުޅުމެއް ހިނގިތަ؟.. ސަލްމާން ވާހަކަ ދެއްކީ އިނގިރޭސިންނެވެ. އެ ކުރި ސުވާލުން ކައިޒީން އާއި ދާއިން ތިބީ އިސް ޖެހިފައެވެ. ބުނާނެ އެއްޗެއް ނޭންގުނެވެ. އެ ފާފަވެސް އޮތީ ކުރެވިފައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ކައިޒީން އަމިއްލަހިތައް ވިސްނައިދިނީ އެއްބަސް ވުމަށެވެ. ފަރުވާ ލިބޭނީ އޭރުންނެވެ. ” ޔެސް… ވީ ސްލެޕްޓް ޓުގެދަރ” ކައިޒީން ބުނަން އަނގަ ހުޅުވާލިތަނާ ދާއިން ޖަވާބުދިނެވެ.

“އެހެންވީމަ މިހާރު ވަރައްބޮޑަށް ސާފުވެއްޖެ މިކަންތައް. މިހާރު މައްސަލައަކައް މި ވީ ދެކުދިން ކައިވެނި ކުރުން. ކޮންމެ ގޮތެއްވިޔަސް ކައިވެނި ކޮއްފިއްޔާ އެ ގުޅުން ހުއްދަވާނެތާ. އެހެންވީމަ ޝައިތާނާ ބޭނުމެއްނުވާނެ  ކައިވެނި ކުރުވާކައް. ނަމަވެސް އެކަންތައް ނުހުއްޓުވުނީ މި ސިހުރު ހެދި މީހާ މިހާރު ދުނިޔޭގަ ނެތީމަ. އެކަން އެނގުނު. ކައިޒީން ބަލިވަނީ އެ ޝައިތާނާ ކޮންމެސް ވަރަކައް ހަށިގަނޑައް ބާރުފޯރުވާތީ. ނަމާދުކުރަންތަ؟ …………މިބުނި ގަވާދުން؟”

“ވަރައް މަދުން ކުރެވެނީ” ކުއްވެރިއެއް ފަދައިން އިސްޖަހާގެން އިދެ ކައިޒީން ބުނެލިއެވެ.

“ތީ އެންމެ ބޮޑު މައްސަލައަކީ. ހަމަ ގައިމުވެސް ގަވައިދުން ނަމާދުކޮއް ދުއާ ކުރާ މީހަކައް ޝައިތާނާ ގެ ފަރާތުން އުންދަގުލެއްލިބުން ނާދިރު.. އެހެންވީމަ އަހަރެން ދޭނަން ދުޢާ ތަކެއް. ކޮންމެ ދުވަހަކު ފަތިސްނަމާދުކޮއްގެންނާ އިރުއޮއްސޭ ވަގުތު ދުޢާތައް ކިޔަންވާނެ. ބަރާބަރަށް ނަމާދު ކުރަންވާނެ. ކޮންމެހެން ވަންނަން ޖެހިގެން ނޫނީ ދެނަމާދުދޭތެރޭގަ ފާހާނަޔައް ނުވަންނާތި. ވަނަސް ދުއާ ކިޔާގެން ވަންނާނި، ހާއްސަކޮއް މައްސަރުކަންތައްޖެހިފަ ހުންނަ ދުވަސްވަރު. އޭރުން އިންޝާﷲ ށައިތާނާގެ އުނދަގުލެއް ނުޖެހޭނެ. އެކަމް އަދި 4 މަސް ވަންދެން ކޮންމެ ދެހަފްތާއިން އެއްހަފްތާ ވާނެ މިކޮޅައް އަންނަން. ބާކީ ހުރި ސެޝަންތަކައް. އޭރުން މުޅިން ރަނގަޅު ކުރެވޭނި.” ސަލްމާން އޭނަގެ ވާހަކަ ނިންމާލުމައްފަހު ދުޢާ ލިޔެފައި ހުރި ގަނޑުތައް ކައިޒީން އާ ހަވާލުކޮއްދިނެވެ. ދާއިން ކައުންޓަރ އަށް ގޮސް ފައިސާ ދެއްކުމައްފަހު ކައިޒީން ގޮވާގެން އަވަސްވެގަތީ ހޮޓަލައް ދާށެވެ، އިރު އޮއްސެން ކައިރިވެފައި ވާތީއެވެ.

ކޮޓަރިއަށް ވަދެވުމާއެކު ކައިޒީން މިސްރާބުޖެހީ ފާޙާނައާ ދިމާއަށެވެ. ވުޟޫ ކޮއްލައިގެން ނުކުމެ އެ ހުރިހާ ދުއާއެއް ތިންފަހަރު ކިޔާލުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. “ލަވް… ކިހިނެތްވެފަ؟” ދާއިން މާ މަޑުމަޑުން އޮތުމުން ކައިޒީން އަހާލިއެވެ. ” އާދެބަ މިތަނައް.” ދާއިން ގޮވާލުމުން ކައިޒީން ގޮސް އެނދުގައި އޮށޯވެލީ ދާއިން އާ ޖެހިފިތިގެންނެވެ.

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Thiyaa

Level 1

Other Articles

Previous

ހިތް ލޯބިން ޖެވިއްޖޭ 1

Next

މާފްކުރާށޭ ކަލާ 9

Next
November 18, 2018

މާފްކުރާށޭ ކަލާ 9

Previews
November 18, 2018

ހިތް ލޯބިން ޖެވިއްޖޭ 1

17 Comments!

  1. Maayu says:
    November 18, 2018 at 9:43 pm

    Um first dhw..Story v nice.. Whn next???

  2. healina says:
    November 18, 2018 at 11:25 pm

    stry varah salhi vees kaizen ge nan nei nama.. foohi insaaneh://

    1. Love kaizeen says:
      November 19, 2018 at 5:11 pm

      Kai aa Hama j vany?

  3. Love kaizeen says:
    November 19, 2018 at 5:11 pm

    Kai aa Hama j vany?

  4. Bf says:
    November 19, 2018 at 11:33 pm

    Thiyaa….. Konirakun next part up kurany… N how r u…

  5. Kommevx meeheh says:
    November 19, 2018 at 11:34 pm

    Thiyaa vaahaka varah salhi nge…

  6. Anonymous says:
    November 20, 2018 at 7:36 am

    4 vana part eh netheynun??

    1. Bf says:
      November 20, 2018 at 6:34 pm

      4 ebain… Rangalhu balaabala… 1,2,4,3,5… Tharuthybu olhifa… Evaru kameh vedhaanennu..

  7. Thiyaa says:
    November 21, 2018 at 3:21 pm

    Thanks maayu.. Vrh avahah next park up kolladheynan ngey

  8. Thiyaa says:
    November 21, 2018 at 3:23 pm

    Thanks healina

  9. Thiyaa says:
    November 21, 2018 at 3:25 pm

    Insha Allah, good hama >Bf

  10. Thiyaa says:
    November 21, 2018 at 3:28 pm

    Thanks knmeves meehakah.. ? .. N 4 vana partvx innaane.. Bt as Bf said, tharutheebu olhifa innaani.. N I’m really sorry for that..

  11. Kommevx meeheh says:
    November 21, 2018 at 3:48 pm

    Hehehe… Thiyaa u know who I am right… Kommvex meeheh

  12. Thiyaa says:
    November 22, 2018 at 4:48 pm

    Yea… I think I knw u… ,?

    1. Kommevx meeheh says:
      November 22, 2018 at 6:51 pm

      Hehehe…. Avahah next part up kohbala

  13. Bf says:
    November 22, 2018 at 6:51 pm

    Luv… Avahah next part up kohbala

  14. Thiyaa says:
    November 23, 2018 at 6:15 pm

    N who is this Bf????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.

Next Episodeކައިޒީން 6←


All Right Reserved!