ޖަނާން އޭނާގެ ބާލީސް ދަށަށް އަތް ކޮއްޕާލާފައި ނެގީ އޭނާގެ ޑައިރީއެވެ. ފޮތް ހުޅުވާލާފައި އޭގެ ތެރެއިން އޭނާ ނެގީ ފޮޓޯގަނޑެކެވެ. އެ ފޮޓޮއަށް ބަލައިލުމާއެކު ކަރުނައިގެ ތެރެއިންވެސް އޭނާއަށް ހިނިތުންވެވިއްޖެއެވެ. އޭނާގެ ހިތުގެ ޔާރާގެ ސޫރަ މިނިވަންކަމާއެކު ބަލައިލާނެ ފުރުސަތު ލިބުމުންވެސް ހިތަށް ހަމަޖެހުމެއް ލިބުނު ކަހަލައެވެ. އޭނާ އެ އިންތިޒާރު ކުރަނީ އޭނާގެ ޔާރާއަށެވެ. ޖެހިގެން އައި ދުވަހެވެ. ހެނދުނު ހެނދުނާ އަރުޝީ ނާފިލްގެ ގެއަށް އައެވެ. އަދި ސުލްތާނާގެ ގާތުގައި ޝަކުވާތައް އޮއްސާލިއެވެ. […]
ލޮބުވެތި އަޅުގަނޑެކޭ ވެސް އެއްފަދަ ޒުވާނުނެވެ. މިއަދުގެ މި މަޖިލީހުގައި ދައްކަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުއްޓެވެ. ކުރު ކޮން ފޮނިކޮން ވާހާކަތައް ކުރިއަށް ގެންދެވޭތޯ ބަލާނަމެވެ. އާދެ! ދިވެހި ޒުވާނުންގެ ޤާބިލުކަން ޤާބިލިއްޔަތުކަން އެބަހުއްޓެވެ. ހިތްވަރު ވެސް އެބަހުއްޓެވެ. މައްސަލައަކީ ވަގުތީ އުފަލަކަށް ޓަކައި ވަކި ބަޔަކު ޒުވާނުންނަށް ދަތިކުރާތީއެވެ. ކުރިމަގަށް ހުރަސްއަޅާތީއެވެ. އަޅުވައި ވައްޓާލާތީއެވެ. ސިޔާސީ ކަންކަމުގައި އުޅެއޭ ކިޔާފަވެސް ޒުވާނުން ބޭކާރުކޮށްލާތީއެވެ. އަގެއް ނެތްކަންް ދައްކާތީއެވެ. ޒުވާނާއެވެ! އެންމެންނަކަށް ތިބާގެ […]
ފަތިހުގެ ފަނޑު އަލިކަން ދުނިޔެމައްޗަށް ފެތުރެން ފެށީ، ރޭގަނޑުގެ ކަނު އަނދިރިކަން މަޑުމަޑުން ފިލުވައިލަމުންނެވެ. އިރުމަތީ ފަރާތު އުދަރެސް ރަން އަލިކަމުން ފުރި، އުޖާލާވަމުން އައީ މުޅި ފަޒާގައި އާރޯކަމާއި ދިރުން އުފައްދަމުންނެވެ. ދޫނިސޫފާސޫފީގެ ހިތްގައިމު އަޑުތަކުން މާހައުލު ގުގުމާލިއިރު، ޖެހެމުންދިޔަ ފިނިރޯޅިތައް ގައިގައި ބީހިލަނީ އައު އުންމީދުތަކަކަށް ދައުވަތު ދެމުންނެވެ. ކަނޑުގެ ނޫކުލައިގެ ރާޅުތަކުގެ ތެރެއިން އިރު މައްޗަށް އަރައިގެން އައި ރީތި މަންޒަރަކީ ކޮންމެ މީހެއްގެ ހިތަށް ވެސް ތަސައްލީއެއް ގެނެސްދޭނެ ފަދަ ހިތްގައިމު […]
އަހަންނަކީ މީހެއްގެ ދަރިއަކީމެވެ. އަންހެން ކޮއްކޮއެއްގެ ދައްތައަކީމެވެ. މީހެއްގެ އަތްނބަކީމެވެ. ލޯބި ލޯބި އަންހެން ކުއްޖެއްގެ މަންމައަކީމެވެ. އަހަންނަކީ ވަޒީފާއަދާކުރާ މީހެކެވެ. މުދައްރިސާއެކެވެ. ކުދިންނަށް ކިޔަވައިދިނުމަކީ އަހަރެން ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. ޒަވާޖީ ޙަޔާތެއް ފެށުމާއިއެކީގައި އެންމެ އުންމީދު ކުރެވޭނެ ކަމަކީ މަންމާއޭ ކިޔާފައި ލޯބިން ގޮވާލާނެ ފުރާނައެކެވެ. އެކުގައި ހީ މަޖާކޮށް ހަދާނެ ކުޑަކުޑަ ކޮކާލެކެވެ. އެގޮތުން އަހަރެންގެ ހިތް ވެސް އެދިގޮވީ އެފަދަ ކަމަކަށްށެވެ. އިރާދަކުރެއްވީތީ އެ އުންމީދު ހާސިލުވުމުގެ ހުޅުކޮޅު […]
މާލޭގެ ހަލަބޮލި މަގުތަކުގެ އަޑުތަކާއި ދުރުގައި ހުޅުމާލޭގެ ފޭސް 2 ގެ އުސް އިމާރާތެއްގެ ބެލްކަނީގައި ނާފިލް ހުއްޓެވެ. އޭނާގެ ކުރިމަތީގައި ފެންނަން އޮތީ ނޫކުލައިގެ ފުން ކަނޑެވެ. ނަމަވެސް އޭނާގެ ހިތުގައި ވަނީ އެ ކަނޑަށްވުރެ މާ ފުން ބަޔާންކުރަން ދަތި އުދާސްތަކެކެވެ. ނާފިލްއަކީ މާލޭގެ ނަން މަޝްހޫރު، މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކާމިޔާބު ފޮޓޯގްރަފަރެކެވެ. އޭނާގެ ދިރިއުޅުމަކީ ބޭރުފުށުން ބަލާއިރު ފުރިހަމަ އުފާވެރި ދިރިއުޅުމެކެވެ. އެކަމަކު އެ ހިތުގެ އެންމެ ފުންމިނުގައި ވަނީ ސިއްރެކެވެ. […]
ޝިމާލު ވަށައިލައިގެން އެންމެން ވެސް ތިބީ ވާހަކަދައްކާށެވެ. ޝިމާލު ހެއްވާލުމަށް ޓަކައި އެކިއެކި ވާހަކަދައްކަން ތިއްބާ ޕްރައިވެޓު ރޫމުގެ ދޮރު ހުޅުވާފައި ވަތް އަންހެން ކުއްޖާއަށް އެންމެން ތިބީ ކަޅި ވެސް ޖަހާނުލާ ބަލަންށެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުމުން މެހެކްގެ މުޅި ހަށިގަނޑަށް ފިނިކަން އިހުސާސުކުރެވުނެވެ. މަޑުމަޑުން ކުރިއަށް ޖެހިލީ ކާފަ ގާތަށްދާށެވެ. ބަރާބަރު ފަސް އަހަރު ފަހުން ލޯބިވާ ކާފަ ދަރިފުޅު ފެނުމުން ޝިމާލަކަށް ކެތެއްނުކުރެވުނެވެ. ކަރުނައަކަށްފަހު ކަރުނައެއް ފައިބަމުން ގޮސް އެންމެ ފަހުން […]
ހެނދުނު ވެހެން ފެށި ވާރޭ ހުއްޓައެއް ނުލައެވެ. ބޯ ވިލާތަކުން ޖައްވު ބަނަކޮށްފައި ވާއިރު އިރުގެ ދޯދިތައް އެއްވަރަކަށް ވެސް މާލެ ސަރަހައްދުން ނުފެނެއޭ ބުނެވިދާނެއެވެ. ފެން ބޮޑުވުމުގެ ސަބަބުން މާލެ ތެރޭގައި ހިނގާފައި އުޅޭ މީހުންނަށް އެކަން ވާނީ ތުރާލަކާށެވެ. އެއީ މުޅި ގައުމު ދަންނަ ހަގީގަތެކެވެ. އެއް އަތުން ކުޑައެއް ނަގައިން ހުރެ އަހަރެން ހިނގަމުން ދިޔައީ އޮފީހާއި ދިމާލަށެވެ. އާދައިގެ ހެދުމެއްގައި ހުރި އިރު އަހަރެންގެ ކަނާއަތު ކޮނޑުގައި ވަނީ ކުޑަވަރެއްގެ ހޭންޑް […]
ރާޒިޤް އޭނާގެ ރިސޯޓުގެ އިންހައުސް އޮފީހުގައި އޭނަގެ ކެބިނުގައި އަވަދިނެތި މަސައްކަތްކުރަމުން ދަނިކޮށް ޓަކިވެސް ޖަހައިނުލާ ކެބިންއަށް ހެލީނާ ވަދުނު އިރު ހެލީގެ މޫނުމަތިން ފެންނަމުންދިޔައީ ހުސްއެކަނި ހާސްކަމާއި ނުތަނަވަސްކަމެވެ. އޭގެ ލާނިހާޔަތަށެވެ. ހެލީނާއަކީ ރާޒިޤް އޭނާގެ ހަވާނަފްސުގެ އެދުންތައް ފުއްދުމަށްޓަކައި ބޭނުންކުރަމުން އަންނަ ޒުވާން އުމުރުފުރައިގެ ކުއްޖެކެވެ. ރިސޯޓުގައި ހެލީނާއަކީ ރާޒިޤްގެ ޕާސަނަލް އެސިސްޓެންޓުގެ މަޤާމް ފުރަމުން އަންނަ ކުއްޖެކެވެ. “ހެލީ…. ޑޯންޓް ޔޫ ނޯ މިއީ އަހަރެން ވަރަށް ބިޒީ ގަޑިއެއްކަމެއް…. މިއަދު ކިހިނެއްތަ […]
ކާފަގެ އަތުގައި ހިފަހައްޓައިގެން ޝަދާން އިން ގޮތަށް އިނީ ހަރަކާތެއް ވެސް ގެންނަން ނޭނގިފައެވެ. ބަރާބަރު ފަސް އަހަރު ފަހުން އެ ނަން އިވުމުން އެ ކުރެވުނު އިހުސާސު މިއަދު ވެސް ކުރެވުނެވެ. މީގެ ފަސް އަހަރު ކުރިން އެހިތުގައި ފޮރުވައިގެން ހުރި ހުރިހާ އިހުސާސުތަކެއް މިއަދު ހޭލައިފިކަން ގައިމެވެ. ހަމައެކަނި އެންމެ ނަމެއްގެ ސަބަބުންނެވެ. އެންމެ މީހެއްގެ ސަބަބުންނެވެ. ނަމަވެސް މިއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އެންމެންގެ މޫނުތަކަށް އަރާ ކުލަވަރު ބަލަން ހުރި […]