Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް – 4 ވަނަ ބައި

wish
wish Level 2100 Login10 Stories
April 15, 2026 4 Mins Read
0 Comments

” ވާއޮ .. ހާދަ ރީތިވެލައިން މިރޭ ތިހިރީ… އަނެއްކާ އަހަރެން ކައިރި ނުބުނާ ކަމެއް އޮތީތަ؟ އަނެއްކާ އިތުރު މީހަކު އަންނަނީތަ؟” އެވަގުތު އެ ގަމީސް ޝިފްނާ އަށް ފާހަގަ ވިއެވެ. ” ޔޫ ތީ އެ ފިހާރައިން ނެގި ގަމީސް ދޯ ؟ އަނެއްކާ ކޮން ކަމަކު ތި އުޅެނީ؟ ޔަގީން ހަމަ، މިރޭ ތިޔަ އުޅެނީ ކޮންމެސް ކަމަކު.” ޔޫލީ ލައިން ހުރި ގަމީހުގަ އަތް ޖައްސާލަމުން ޝިފްނާ ބުނެލިއެވެ.

” ކީއްވީ؟ ހަޑީތަ؟ ހާދަ އިރެއްވެއްޖެއޭ އަހަރެން ރީތިވެގެން ހުންނަތާ.” ޔޫލީ ބެލީ ވާހާކައިގެ މިސްރާބު އަބުރާލާށެވެ. މުށި ކުލައިގެ އުސް ފައިވާނަކަށް ޔޫލީ އަރާލިއެވެ.

” ނޫނޭ.. ނިކަން ރީތި .. ހަމަ ހީވަނީ ރަންވޭ މޮޑެލްއެއްހެން.. ހަމަ ވަރަށް ގުޅޭ.. ލަސްވެއްޖެތަ އަޅެ.. އެންމެ ފަސް މިނެޓް ދޯ.. އަވަހަށް ހިނގާ ދާން ފަތްމިނި ކަމަނާ..” ގަޑި ބަލާލަމުން، އަގައަށް ގޮތެއް ހަދާލާފައި ޝިފްނާ ބުނެލިއެވެ.

ދެމީހުން ހިގަމުން ދިޔައީ މަޖީދީމަގުންނެވެ. އީދާއި ގާތްވެފައި ވުމުން މާލޭގެ މަގުތައް ވަރަށް ބާރުބޮޑެވެ. ހަލަބޮލި މަގުގައި ދުއްވާ އެއްޗިއްސާ ހިނގާ މީހުންވަނީ ތޮއްޖެހިއެވެ.

” ހާދަ ބާރު ބޮޑޭ މިހާރު މާލޭ މަގުތައްވެސް. ހިނގަންވެސް އުދަގޫ”

” އެހެން ދޯ ވާނީ ހުރިހާ ކަމެއް އޮތީ މިތާގައޭ. ހިނގާބަލަ އެއްކަލަ ފިހާރައަށް ގޮސްލަން.” ނުބުނާން ހުރެފައިވެސް ޔޫލީ ހިތުގައިވާ މަގްސަދު ހާމަ ކޮށްލިއެވެ. އޭނާ މިރޭ ބޭރަށް ނިކުތުމުގެ ސަބަބަކީ އެއީއެވެ. އޭނާގެ ބޯ ހާސްކުރުވި ސުވާލްތަކަށް ޖަވާބެއް ކޮންމެވެސް ސިފައެއްގައި ލިބޭތޯއެވެ.

” ކޮން ފިހާރައެއް؟ ”

” އެއްކަލަ..، ޝިފްގެ ބޮސް…..”

” ސީރިއަސްލީ ޔޫ … ވަޓް އަރ ޔޫ ތިންކިން”

ދެ ލޯ ބޮޑުކޮށްލަމުން ޝިފްނާ ބުނެލިއެވެ.

” ނޭންގެ ޝިފް.. އަހަރެންގެ ބޯ ގޮވަނީ.. އޭނަ ކީއްކުރާކައްތަ އެ ފޮނުވަންވީ.. ވެދާނެނޫންތަ ފޮރުވިފަ އޮތް ސަބަބެއްވެސް.. ދެން ނޭންގެ.. ހަމަ ހިތަށް އަރަނީ ދިމާވެއްޖެއްޔާ ދެން އެނގިދާނެއޭ..”

ޔޫލީ މިހެން ބުނުމުން ޝިފްނާ މާ ގިނަ ވާހަކައެއް ނުދައްކައެވެ. ރަހްމަތްތެރިޔާގެ ހާލަށް ހަމްދަރްދީ ވީ ކަމަށްވެސް ވެދާނެއެވެ. މަޑުމަޑުން ބޯ ޖަހާލަމުން ޔޫލީގެ އަތުގައި ހިފާލިއެވެ. ޝިފްނާ މާ ގިނަ ވާހަކައެއް ނުދައްކާ އެ ފިހާރައަށް ދާން އެއްބަސްވުމުން ޔޫލީ ހިތްހަމަޖެހުނެވެ. ދެ މީހުންގެ މިސްރާބު ހުރީ ‘ އެމް.ބުއުޓީ’ އަށެވެ.

ފިހާރައަށް ވަދެވުމާއި އެކު ދެމީހުނަށްވެސް ބަލާލެވުނީ ކައުންޓަރަށެވެ. ކަންދިމާވީ ޔޫލީ އުންމީދު ކުރި ގޮތަކަށް ނޫނެވެ. ކައުންޓަރުގައި އިނީ މާންއެއް ނޫނެވެ. އެހެންކަމަށްވީ ނަމަވެސް ނުކުމެގެން ދާކަށް އެ ދެމީހުން ކުރެ އެކަކަށްވެސް ނުކެރުނެވެ. އެހެންކަމުން ރީތިވާ ސާމާނު ބަހައްޓާފައިވާ ހަރުގަނޑާއި ކައިރިއަށް ދެމީހުން ޖެހިލިއެވެ.

“މޫޑް އޮފް ވެއްޖެ”

ޔޫލީ ތުން އޫ ކޮށްލަމުން ފޫހި ރާގެއްގައި ބުނެލިއެވެ.

“މާހައުލު ބަދަލްވިޔަސް މިއަދުވެސް މަންޒަރު ރީއްޗެއްނު.”

މިރޭ ކައުންޓަރުގައި އިން ޒުވާން ފިރިހެންމީހާއަށް ޝިފްނާ ތައުރީފް ކޮށްލިއެވެ.

“އައްޗީ ޝިފް. އޭނާ ރީތިތަ؟ އެ ހުރި ބުޅި ބޮލެއް.. ދޮންކަމުން ހީވަނީ ރަނޑެއްހެން. ލޯ ވެސް ހީވަނީ ޕާޓޭއެއް ހެނެއް ނޫންތަ؟”

ޔޫލީއަށް، ޝިފްނާއަކާއި އެއްބަހެއް ނުވެވުނެވެ.

“ބުޅި ބޮލެއް ވިއްޔާ ހަޑީތަ؟ އެހެންވިއްޔާ ޔޫ އަށް އަހަރެން ހަޑިވާނެތާ؟”

ޝިފްނާ ދެރަވެލާފައި ބުނެލިއެވެ. ވާނީވެސް އެހެންތާއެވެ. ޝިފްނާގެ އިސްތަށިގަނޑިގައިވަނީ ކުދި ބުޅިއެވެ.

“ނޫނޭ ޝިފް. ތީ އަހަރެންގެ ބްލެކް ކަރލީ ބިއުޓީ.. ދުވަހަކުވެސް ޝިފް ނުވާނެ ހަޑިއެއް.”

ދެމީހުން އިތުރަށް ފިހާރައިގައި މަޑުކުރުމެއްނެތި ނުކުންނަން ހިގައިގަތެވެ.

” ކިހިއެއްތޯވީ؟ ކޯއްޗެއްތޯ ހޯދާލަނީ؟ ކަމުދާ އެއްޗެއް ނެތީތޯ؟”

ދެމީހުން ބަލާލީ މާހިންގެ އަޑަށެވެ.

“ހުމްމްމް.. ކަމުދާ އެއްޗެއް ނުފެނިގެން.. މިތާ ބޮސް އާއި ދިމާވެދާނެތަ؟”

ކުއްލިއަކަށް ޔޫލީ މި ބުނެލި އެއްޗަކުން ޝިފްނާގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. އަދި ބާރަށް ޔޫލީގެ އަތަށް ފިތާލިއެވެ.

“އައި އެމް ދަ ބޮސް. ކަމެއްދިމާވީތަ؟”

މާހިން ހިނިތުންވެލަމުން ޔޫލީގެ މޫނަށް ކަޅި ހުއްޓާލާގެން ހުރެ ބުނެލިއެވެ.

“އައި ޑޯންޓް ތިންކް ސޯ. ބޮސް ކަމަށް ދައުވާ ކުރަން އެކަމް ޖެހޭނެ އެ ލުކްސް ހުންނަން. ވައި ޑޯންޓް ޔޫ ގެޓް އަ ޑީސެންޓް ހެއަރ ކަޓް. ފަހަރެއްގަ ވިޔަފާރިއަށްވެސް އެނގުންވެދާނެ އޭރަށް.”

މާހިން ބުނި އެއްޗެއް ޔޫލީ ގަބޫލެއްނުކުރެއެވެ. މާހިންއަށް މަލާމާތްކޮށްލުމަށްފަހު ޝިފްނާގެ އަތުގައި ހިފާލައިގެން އޭނާ ނިކުތެވެ.

” ޔޫ ކީއްވެތަ އޭނާ ގާތު އެހެން އެހީއެއް؟ ކީއްކޭ އޭނާ ހިތަށް އަރާނީވެސް.”

“އަހަރެން ގޯސް އެއްޗެއް ނުބުނަން ދޯ؟ ޝިފް އަށް ހީވޭތަ އޭނަ އެ ހެދީ ތެދެއްހެން؟ އެތާ ބޮސް އަކީ މާން އެއް ނޫންތަ؟”

“އަހަރެންނަކަށް ނޭންގެ ޔޫ.. ހައު ވޮޑް އައި ނޯ”

ޝިފްނާ ދެ ކޮޑު އަރުވާލަމުން ބުނެލިއެވެ.

” އަޅެ ޝިފް އަކަށް ނޫންތަ އެނގެންވީ.. އެއީ ޝިފްގެ ބޮސް ވިއްޔަ.”

ޔޫލީ ވެސް ދޫ ކުރާކަށް ނޫޅުނެވެ.

” ދެން ހެވޭ.. ދެން ކީއްތަ ކުރަންވީ؟ މާންގެ ގެ ހޯދައިގެން އޭނަ ހޯދަން ދާންވީތަ؟”

ޝިފްނާ މިހެން ބުނެލުމުން ކުޑަ ވަގުތު ކޮޅަކަށް ޔޫލީގެ ލޯ ވިދާލިއެވެ. ނަމަވެސް ހިދުކޮޅެއްގެ ތެރޭ އެ އިހްސާސް ފޮރުވާލަމުން އޭނާ ޝިފްނާ އަށް ރައްދު ދިނެވެ.

” އަހަރެން ނޫޅެމޭ އެ ވަރަކުން މޮޔަ ވެގެން އޭނާ ހޯދާކަށް. ހިނގާ ޕިއްޒާ ކާންދާން.”

ދެމީހުނު ޕިއްޒާ ކާން ދިޔައީ ޖެލީގެ ރެސްޓޯރެންޓް އަކަށެވެ.

*******

މާހިން ވިސްނަމުން ދިޔައީ މިރޭ ފިހާރައަށް އާއި އަންހެންކުއްޖާ އާއި މެދުއެވެ. އޭނާގެ އެ ޖެހިލުން ކުޑަ ސިފަ މާހިންއަށް ކަމުދިޔައެވެ. މާހިންއަކީ އެ ކަހަލަ ވާހަކައާއި މާ ގަޔާ ނުވާ މީހަކަށް ވިޔަސް އެ އަންހެން ކުއްޖާ އެ ބުނި ޑީސެންޓް ލުކް ތަޖްރިބާ ކޮއްލާ ހިތް އޭނާ ވިއެވެ. އެކަމަކު އެ ކަމުން ވިޔަފާރިއަށް ވަކި އަންނާނެ ތަފާތެއް އޭނާ އަކަށް ނޭންގެއެވެ. ނަމަވެސް ބޭބެ އާއި ފިހާރަ ހަވާލްކޮށްފައި ހުރި ދުވަސްތަކަށްވުރެ މިއަދުގެ ސޭލްސް ދަށް ކަމަށް ފާހަގަވެއެވެ. މާހިންގެ ސްޓައިލްގެ މައްސަލައެއްބާއެވެ.

” ލެޓްސް ސީ. މާދަން ފިހާރައަށް އަންނާނީ އެ ބުނާ ޑީސެންޓް ލުކް ގަ. އެނގިދާނެތާ ތަފާތު.”

ވިސްނުމުގެ ތެރެއިން މާހިންގެ އަމިއްލަ ނަފްސާއި މުހާތަބުކޮށް މާހިން ބުނެލިއެވެ.

********

އެރޭ ޔޫލީ ގެއަށް އާއިރު 12 ޖަހަނީއެވެ. ނާއިލް އިނީ ކޮފީ ތައްޓެއް ހިފައިގެން ސިޓިންރޫމުގެ ސޯފާގައި ޓީވީ ބަލާށެވެ.

” ދަރިފުޅާ.. ކޮންތާކުން ތި އައީ؟ ހާދަ ލަސްވީ؟”

ޔޫލީ އައިސް ގެއަށް ވަނުމާއެކު ނާއިލް ބުނެލިއެވެ. ހެދުން އެޅުމުގައި ޔޫލީ ބޭރުގެ ގޮތްގަޑު އިހްތިޔާރު ކުރިކަމުގައި ވިޔަސް ޔޫލީ އަކީ ބޭރުތެރޭގައި މާ ގިނައިން އުޅޭ ކުއްޖެއްނޫނެވެ. އެ މިނިވަންކަން އޭނާއަށް ނުވެސް އޮންނަނީއެވެ. ނާއިލްގެ ހަރުކަށިކަމާއި، ޒާހިރާ އޭނާއަށް ފަރުވާތެރިވެ ފާރަވެރިވުމުގެ ނަތީޖާއެވެ.

” އޯ ބައްޕާ.. ކޮން އިރަކު އައީ.. ޔޫ މި އައީ ޝިފް އާއެކު ޖެލީ އަށްގޮސް ޕިއްޒާ ކައިގެން… ކޮން އިރަކުންތަ ޓްރިޕް އޮތީ.”

” ކުޑަ އިރުކޮޅެއް ކުރިން މި އާދެވުނީ.. މިފަހަރު ދަނީ ކުޅުދުއްފުއްޓަށް.. މާދަން ނޫން އަނެއް ދުވަހު ދާނީ.. އީދުގެ މަޖާ ވެސް އެ ރަށުގައި އޮންނާނެ.”

ދަތުރު ރޭވިފައި ވާގޮތް ނާއިލް ކިޔާދިނެވެ.

******

މާހިން ފެނުމުން މާންއަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. މާހިންއަކީ ސުކޫލު ނިމުނު ފަހުން އިސްތަށިގަނޑު އެ ގޮތަށް ކުރުކޮށް ކޮށި މީހެއް ނޫނެވެ. އެކަމަށް މާންއާއި މާޝާ އާދޭސް ކުރި ދުވަސްތަކެއްވެސް މާން ހަދައިނުގައި ވެއެވެ. ނަމަވެސް މިއަދު މި ފެންނަނީ ތަފާތު މަންޒަރެކެވެ. މާހިން އެ ވަނީ ރީތިކޮށް އޭނާގެ އިސްތަށިގަނޑު ކޮށާލާފައެވެ. އެ އިސްތަށިގަނޑު ސްޓައިލް ކޮށްލާފާ ވާގޮތުން މާހިން ފެންނަނީ ވަރަށް ތާޒާ ކޮށެވެ.

“މާހިން، ހުވަފެނެއް ފެނުނީތަ؟ ނޫނީ ދޮންބެއަށް މި ފެންނަނީ ހުވަފެނެއްތަ؟”

މާން ސަމާސާ ރާގެއްގާ މާހިން އާއި ދިމާ ކޮއްލިއެވެ.

” ހައްހައްހާ.. ދޮންބެވެސްދޯ.. ހުވަފެނެއްނޫން ފެނުނީ.. ފަންމިންޔެއް ފެނުނީ..”

މާހިން ހިނިގަނޑަކަށް ފަހު ބުނެލިއެވެ.

” އަނހާ.. އަސްލުވެސްތަ؟ ކޮން ދުވަހަކުން ދެން އިންޓްރޮޑިއުސް ކޮށްދޭނީ؟ އަންގާވެސްނުލައޭ މާހިން ކަން ކަން ނިންމާލަނީ ދޯ.. އެކަމް އަދި ރާއްޖެ އާއިތާ މަހެއްވެސް ނުވޭ.”

މާން އަނެއްކާވެސް މާހިންއާއި ދިމާކޮށްލިއެވެ.

” ދޮންބޭ ސާބަސް.. އަހަރެން އަޅެ ބުނެފިންތަ ކަމެއް ކުރަނީއޭ .. އަހަރެން ބުނީ ފަންމިންޔެއް ފެނުނީއޭ.. އެ ފަންމިނި އަހަރެން ގާތު ބުނި ފިހާރައިގަ އިންނާށޯ ޑީސެންޓް ކޮށް އޭރަށް ދެން އެތަނަށްވެސް ރަގަޅު ވެދާނެއޯ.”

އަނގައަށް ގޮތެއް ހަދާލަމުން މާހިން ކިޔާދިނެވެ. އެހެން ބުނެލުމަށްފަހު ރޭގެ ހާދިސާވެސް މާންއަށް އޭނާ ކިޔާދިނެވެ. މާހިން އެ ވާހަކަ ކިޔާދިން އިރު އޭނާ އަށް ސަމާލުކަން ނުދެވި ދެ ކަމެއް ދޫކޮށްލެވުނެވެ. އެއީ ޔޫލީއާއެކު އިތުރު ކުއްޖެއް ހުރިކަމާއި އަދި ޔޫލީ އެތަނުގެ ވެރިޔާ ހޯދަން ބޭނުންވިކަމެވެ.

” ނަސީބެއްނު ފަންމިންޔަކު ފެނިގެންވެސް އަހަރެންގެ ކޮއްކޮ ބޯ ކޮށާލާފަ ހުއްޓާ ފެނުމުގެ ނަސީބު ލިބުނުކަން މަރު ނުވަނީސް. އަދި ދޮންތައަށް ފެނިއްޖެއްޔާ ޔަގީން އުފަލުން ހޭނެތޭނެ. ”

މާން ހިނިގަނޑެއްޖަހާލާފާ ބުނެލިއެވެ.

” އަދި ބުނަން ދޮންބެ މިރޭ ކްލައިންޓް އަކާއި މީޓް ކޮއްލަން ދާންޖެހޭ.. ލަސްވެދާނެ.. އެހެންވީމަ ދޮންބެއަށް މަޑު ނުކޮށް ކާތި އިނގޭ.. ކަވީތާ ހުންނާނީ ކައްކާފަ. ފަހަރެއްގަ ދޮންބެ އީދު ބަންދަށް ރަށަށް ގޮސްލަންވެސް ޖެހިދާނެ. ގޭތެރޭ ކަންކަން ކަވީތާ ހަމަޖައްސާނެ.”

މާން އިތުރުކޮށްލިއެވެ. ކަވީތާ އަކީ މާންގެ ގެއަށް ކައްކާ ގޭތެރެ ސާފުކުރަން އަންނަ ބޭރު މީހެކެވެ. އޭނާގެ ހުރުމާއި ކެއުމުގެ ކަންކަން ހަމަޖައްސާފައިވަނީ ކުންފުނީގެ އެހެން ބޭރު މުއައްޒަފުންނަށްވެސް ހަމަޖައްސާ ގޮތަށެވެ.

” ސީރިއަސްލީ.. އަހަރެންވެސް ވަރަށް ބޭނުން އީދުގަ އެންޖޯއީ ކޮށްލަން… އެކަމަކު ފިހާރައިގެ ކަންކަން ބަލަހައްޓަން ޖެހޭނެ. މިވަގުތު ނުދެވޭނެ. ދެން ދޮންތިއަށް ސަލާމް ބުނައްޗޭ.”

” ހޫމްމް.. ދޮންތައަށް ސަލާމް ބުނާނަން. އެކަމަކު މާހިން މީން ދުވަހަކު ދޮންތައަށް ގުޅާލިންތަ؟ މާހިން ވެސް ވާނެއެއްނު ދޮންތައަށް ގުޅާ ހާލު ބަލާލަން. މިއަދުވެސް ދޮންބެ ގުޅީމަ ދޮންތަ ޝަކުވާ ކުރި. މާހިން ނުގުޅާތީ.”

މާން މާހިންއަށް ބުނެލިއެވެ.

“ދޮންތައަށް ގުޅާލާނަން މިއަދު.” މާހިން އަވަސް އަވަހަށް ބުނެލިއެވެ. މިހެން ބުނެ މަޑުކުރުމެއްނެތި މާހިން ނިކުތެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

wish
Follow Me Written By

wish

Level 2100 Login10 Stories

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 32

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 33

Next
April 15, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 33

Previews
April 15, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 32



All Right Reserved!