ގާތުގާ… 11
” އައި ޖަސްޓް ވޯންޓް ޓު ނޯ ދިސް އިޒް ނޮޓް އެބައުޓް އަ ވުމެން….” ޝައުކަތު ބުނެލިއެވެ.. އަހަރެންނަށް މަޑުޖެހިލެވުނެވެ. މާހައުލަށް ބުނަން ނޭނގޭ ހަމަހިމޭން ކަމެއް ވެރިވެގެން ދިޔައެވެ… އަހަރެން ބޭނުން ނަމަ ދޮގު ހެދުމުގެ ފުރުސަތުވެސް އެބައޮތެވެ.. ނޫނީ ތެދަށް ބުންނަންވީ ހެއްޔެވެ؟. އެނގޭހާވެސް އެއްޗަކީ ކޮންމެވެސް ދުވަހަކުން އަދި އެންމެންނަށް ވެސް އަންގަން ޖެހޭނެ ކަމެވެ. އެހިނދު އަހަރެންނަށް ޝައުކަތު އަންކަލްގެ އެ ސުވާލުތަކަކީ ޝައުކަތުގެ ސުވާލު ތަކެއް ނޫން ކަން ވެސް ފަހުމްވިއެވެ…
****
” ލެޓްމީ ގެސް … ބައްޕަ ފޮނުވައިން ދޯ އަންކަލް ތިއައީ….ކީއްވެ ބައްޕައަށް އެންގީ…އެންޑް އަންކަލްއަށް ކިހިނެތް ޔަޤީން ވަނީ އަހަރެން ކަމެއް ހަމަ ރުހާމް އެބުނަނީއެއް…..؟” އަހަރެން ހިތްހަމަ ނުޖެހޭގޮތްވީ ބައްޕައަށް އެންގުމުންނެވެ.
“ލެޓްމީ ގެސް ސެކިއުރިޓީ ކެމެރާސް….؟”
” ޔާ….. އެ އެއްޗެއްސާއެކު އައީވެސް…” ޝައުކަތު ބުނެލިއެވެ.
“އޯ އެހެންތަ؟….އޯކޭ ދެން ނެވާމައިންޑް….. ބަހައްޓާ..! ” އަހަރެން ފަރުވާ ކުޑަ ގޮތަކަށް ބުނެލީމެވެ. އެއީ އަހަރެންނަށް އެހާ މުހިންމު ކަމަކަށް ނުވާތީއެވެ. ޝައުކަތު ފުންނޭވާއެއްލި ގޮތުން ހީވީ އަދިވެސް ދައްކަން ހުރި ވާހަކަތައް ބޮޑީ ހެންނެވެ.
” އިޓްސް ނޮޓް އެބައުޓް ރުހާމް…. ނަވީން…ޑޯންޓް ޓުރައިޓު ޗޭންޖް ދަ ޓޮޕިކް.. ޖަސްޓް ޓެލްމީ އިޓްސް ނޮޓް އެބައުޓް އަ ވުމެން…. އަންކަލްއަށް އެނގޭ ރުހާމްމެން ކަހަލަ މީހުން އެއީ މައްސަލައަކަށް ވެފައެއް ނެތް ކަން މިވީހާ ތަނަކަށް….”ޝައުކަތު ވާހަކައިގެ މިސްރާބު ބަދަލުވާން ފެށިއެވެ. ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން އަހަރެންނަށް ފަހުމް ވިއެވެ.
“އެއްވެސް މީހެއް ހީކޮށްފަވެސް އަދި ހުވަފެނަކުންވެސް ދެކިފައެއް ނެތް ނަވީންގެ ތި ހަރުދަނާކަމާއި ތިހިތްވަރާއި ތި ހަރުކަށި އުސޫލުތަށް މުގުރައި ލެވޭވަރުގެ އިންސާނެއް ދުނިޔޭގައި ހުރިކަމަކަށްވެސް…” ޝައެކަތުގެ ވާހަކައިން އަހަރެންނަށް ހިންދިރުވައިލަމުން ލޯމަރައިލެވުނެވެ. މާޒީގެ އެހަނދާންތައް އާކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ.. އެވާހަކަ މީހަކު ދައްކާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު ޝައުކަތަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުން އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިނީމެވެ.
” ތި ހަރު ހިތުގައި ލޯބި އުފެދޭނޭ އެއްވެސް މީހަކު ހީކުރިތަ….؟”
ތި ހަރު ހިތުގައި ލޯބި އުފެދޭނޭ އެއްވެސް މީހަކު ހީކުރިތަ ؟
އަހަރެންނަށް މުށްކަވައިލެވުނީ ހިތަށް ކުރި އަސަރަކުންނެވެ.. އެދުވަސްތައް ލޯކުރިމަތިން ސިފަވާން ފެށިއެވެ.
“އެކަމަކު ހަމަ އެންމެ އަންހެން ކުއްޖެއްގެ ސަބަބުން ނަވީންގެ މުޅި ދިރިއުޅުން އެފުން މިފުށަށް ޖެހުންތައް ވަރަށް ކައިރިން ދެކުނު މީހަކަށް އަންކަލް ވާނެ… އެހެން ވާކަށް ބޭނުމެއް ނޫން ދެނެއް… އެހެންވެގެން މިސުވާލުކުރާން މިޖެހުނީ…އެދުވަސް އަލުން ދެކޭކަށް ހަމަ ގައިމުންވެސް އަންކަލް ބޭނުމެއް ނޫން…..” ޝައުކަތުގެ އަޑު ބާރުވެލިއެވެ. އެއަޑުގައި ކަންބޮޑުވުމާއި އެއްވަރަށް ކުލުނާއި ލޯބިވެސް ވިއެވެ. ޝައުކަތުގެ ބަސްތަކުން ދުވަސްވީ ޒަހަމްތަކުގައި ރިއްސާލިއެވެ.
” ޔޫނޯ ވައި ވީ އާރ ވޮރީން… އެންޑް ހަމައެކަނި ބައްޕަ ފޮނުވީމައެއް ނޫން މިއައީއެއްވެސް….އަންކަލްގެވެސް ކަންބޮޑުވުމެއް ވީމަ… ” ޝައުކަތު ބުނެލިއެވެ.
“މާޒީ ތަކުރާރެއް ނުވާނެ…..” އަހަރެންގެ އެތެރެ ހަށީގައި ހިނގަމުން ދިޔަ ތޫފާން މަޑުކުރެވޭތޯ ފުންނޭވާއެއް ލަމުން ވަރަށް ޔަޤީން ކަމާއިއެކު ބުނެލީމެވެ. އަހަރެންގެ އަޑުގައި ހުރި ޔަގީން ކަމަށް ޝައުކަތު އިތުބާރު ކުރާނެ ކަމަށް އަހަރެން އުއްމީދު ކުރީމެވެ. އިތުރު އެއްޗެއް ނުބުނެ ޝައުކަތު އިރުކޮޅަކު މަޑުކޮށްލިއެވެ. ތަނަށް ވެރިވީ ފުންމިން ނޭނގޭ ހަމަހިމޭން ކަމެކެވެ. އެހިނދު އަހަރެންގެ ހަވަނަ ހިއްސު އަހަރެންނަށް އަނެއްކާވެސް އިންޒާރު ދޭން ފެށީ ކީއްވެ ކަމެއް ނޭނގެއެވެ.
“އިޓްސް ހާ ރައިޓް….؟” ޝައުކަތު އަހައިލިއެވެ..
” ވަޓް….؟” ޝާއުކަތު އަންކަލް އެބުނި އެއްޗެއް ނޭނގިގެން އަހައިލާ ފަދަ ގޮތަކަށް އަހަރެން އަހައިލީމެވެ.
“ޒާނާ……” ޝައުކަތު އަންކަލްގެ އަނގައިން ޒާނާގެ ނަން އަޑު އިވުމުން އަހަރެންނަށް މަޑު ޖެހިލެވުނެވެ. މީގެ ހަތް އަހަރު ކުރިން އަހަރެން އަންހެން ކުއްޖަކާއި ގުޅުމެއް އޮތް ކަން އެންމެނަށް ވެސް އެނގޭނެއެވެ. އަދި އެކުއްޖާ ވަކިވެ ދިޔުމުން އަހަރެންނަށް ކުރި އަސަރާއި އަހަރެން ގެ މުޅި ދިރިއުޅުމަށާއި އަހަރެންނަށް އައި ބަދަލު އެންމެންނަށް ވެސް އެނގޭނެއެވެ. ފެންނާނެއެވެ. އެކަމަކު އެއްވެސް މީހަކަށް އެއީ ޒާނާ ކަމެއް ނޭނގޭނެއެވެ.
” ޑޫ ޔޫ ރިއަލީ ތިންކް އަމް އަ ފޫލް ސަން…” ޝައުކަތުގެ އަޑުގައި އޯގާތެރިކަން ވިއެވެ. ބައްޕައަކު އަމިއްލަ ދަރިއާއި ދޭތެރެ ވާނެ ފަދަ ކަންބޮޑުވުމެވެ.
” މި ބޮލުގައި ނުރަޖަހާފަ މިހިރީ ލައްކަ ތަންތަން ފެނި ލައްކަ ތަޖުރިބާ ކުރެވިގެންނޭ ދަރިފުޅާ…. އަންކަލް އަށް އެނގޭ ނަވީން ބުނަން ބޭނުން ނޫން އެއްޗެއް ނަވީން ލައްވައި ނުބުނެވޭނެކަން….” ޝައުކަތު ބުނެލީ ހަތިޔާރު ބަހައްޓައިފީމޭ ބުނާ ކަހަލަ ރާގަކަށެވެ.
” ޒާނާއަކީ ރުހާމްގެ އަންހެނުންކަން ނޭނގޭ މީހަކު ހިއެއްނުވޭ ހުންނާނެ ހެނެއް މިރާއްޖޭގައެއް…. ނަވީންއާއި ރުހާމް ވިޔަފާރީގެ އެއްބަސްވުމެއްހާ ހިސާބުވެސް ނެތް އިރު ރުހާމްއާއި ނަވީން ޖެހޭނެ މައްސަލައެއް ނެތް.. އެހެންވީމަ ރުހާމްގެ ގެއަށް ހުއްދަނެތި ޓަސްލައިފައި ގޮސް ވަންނަން ޖެހޭ އޮންނާނީ އެންމެ ސަބަބެއް. .. އެއީ ޒާނާ….” މިފަދަ ގޮތަކަށް ކަންކަން ނިއުޅިގެން ހިނގައިދާނެ ކަމަށް އަހަރެން ހުރީ ތައްޔާރު ވެގެންނެވެ.
“ކިތަންމެ ދުވަހެއް އެކުއްޖާއަށް ކިޔަނީ ޒާނާއެއްކަން އެނގެނީ… އެކަމަކު އަހަރެން ހިއެއް ނުކުރަން އެއްގޮތަކަށްވެސް މިއީ އެ ޒާނާ ކަމަކަށް…” ހަމަހިމޭން ކަމާއިއެކު އަހަރެން އިރުކޮޅަކު އިނީމެވެ.
“އެނގޭ އަންކަލްއަށް ޝައްކުވެދާނެކަން……” އަހަރެންނަށް މަޑުމަޑުން ބުނެލީމެވެ.. އިތުރަށް ފޮރުވާކަށް އެއްވެސް މަސައްކަތެއް ނުކުރަމެވެ.
“އެކަމަކު އަދި ބައްޕައަށް މިކަން ސިއްރުކޮށްދޭތި…” އަހަރެންގެ އެދުމަކީ ހަމައެކަނި އެއީއެވެ.
” ހާސްނުވޭ… ބައްޕައަށް އެނގުނަކަ ނުދޭނަން…” ޝައުކަތު ޔަގީން ކަން ދިނެވެ.
” ރުހާމްގެ ވާހަކަ ބުނުމުން ބައްޕަ އެންމެ ފުރަތަމަވެސް ބުނީ ކީކޭކަން….އެއީ އަންހެނެއްގެ މައްސަލަތޯ ބަލައިދިނުމަށް…. ވިޔަފާރީގެ ކަންކަމުގައިވެސް އަދި ނަވީންގެ “އެހެން” ކަންކަމުގައިވެސް ބައްޕަ ނަވީންއަށް ފުރިހަމައަށް އިތުބާރުކުރޭ…..ބަޓް ލައިކް އައި ސެއިޑް ބިފޯ އަންހެނެއްގެ ކަމެއްގަ….. އޯކޭދެން ޑޯންޓް ވޮރީ އަންކަލް ބައްޕަ ހަމަޖައްސާނަން……” ގޮނޑިން ތެދުވަމުން ޝައުކަތު ބުނެލިއެވެ.
” އެކަމަކު ނަވީން … އެއީ މީހެއްގެ އަންބެއް….. ކިހިނެތް ހަދަން ވިސްނައިން ތިއުޅެނީ… ފަހުން ހިތާމަކުރަން ޖެހޭވަރުގެ ކަމެއް ނުކުރައްޗޭ އިނގޭ…” ޝައުކަތުގެ ކަންބޮޑުވުން ފާޅުކުރިއެވެ..
” އަހަރެން އެއްވެސް މީހެއްގެ ހައްގަކަށް އަރައެއް ނުގަންނާނަން … އެކަމާ ކަންބޮޑުނުވޭ… ޒާނާ އުޅެނީ ރުހާމްގެ ކައިރިން ވަރިވާން ވެގެން….. އަންކަލްމެން ހީކުރާހާ ރަނގަޅު މީހެއް ނޫނޭ ރުހާމްއަކީ އެއް…. ހީ އިޒް އެބިއުސިން ހާރ… އައިމް ޖަސްޓް ޓުރައިންޓް ހެލްޕް ހާރ…. ރުހާމްމެން ކަހަލަ މީހުން ބާރާއި ނުފޫޒުގެ ބޭނުން ކޮށްގެން ފަރުދާގެ ފުރަގަހުގައި ވަރަށް ގަނޑު ގަނޭ…….މިއަދުވެސް އަހަރެންނަށް ގަޑިއަށް ނުދެވުނު ނަމަ ނޭނގެ ޒާނާއަށްވާނެ ގޮތެއްވެސް..” އަހަރެން ޝައުކަތު އަށް ހުރިހާއެއްޗެއް ސާފުކޮށް ދެވޭތޯ ބެލީމެވެ..
” ވަޓް… ރިއަލީ… އަންބިލީވަބަލް……؟” މޭޒުމަތީގައި ދެއަތް ވިއްދާލާފައި ގަބޫލު ނުކުރެވިފައި ޝައުކަތު ހުރިކަން އަހަރެންނަށް އެއަޑުން އެނގުނެވެ.. ވާނީވެސް އެހެންކަން އަހަރެންނަށް އެނގެއެވެ.
“ހީވެސް ނުވޭ…. އަންކަލްގެ ހެލްޕެއް ބޭނުންތަ؟” ޝައުކަތު އަހައިލިއެވެ..
“ނޯ…. ނޮޓް ޔެޓް… ބޭނުން ވަންޔާ ބުނާނަން….. ” އަހަރެން ބުނެލީމެވެ..
” އޯކޭ….ބަޓް ބީކެއާފުލް އިނގޭ… އެނގޭ އަދި މިވީހާ ތަނަކަށް ނަވީން ނެތްކަން ނުވިސްނަ ކަންކަން ކޮށްފައެއް.. ނަވީންގެ ކުޅަދާނަ ކަމާއިމެދު ޝައްކު ކުރަނީއެއް ނޫން…ބަޓް ޒާނާ އިޒް ޔުއާރ ވީކްނެސް އެހެންވެ ކަންބޮޑުވޭ…. ތިއީ ހަމަ އަހަރެންގެ ދަރިއެއް ފަދަ ކުއްޖެއް.. އެހެންވެ މި ބުނެލީ…” ޝައުކަތު ނަސޭހަތްތެރި ވިއެވެ. މިކަމުގައި އަހަރެންނާއިއެކު ހުރިކަން އަންގައިދިނެވެ. އަހަރެން ހިތްހަމަޖެހުނެވެ. ބައެއް ކަންކަން ނިއްމަން ތަންކޮޅެއް ފަސޭހަ ވެދާނެކަން އެނގުނެވެ.
” އޯކޭ… ތެންކިއު އަންކަލް……” އަހަރެން ޝުކުރު އަދާކުރީ ހިތުގެ އަޑިންނެވެ…
****
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Oh my gosh v gina dhuvas koffa dhw mi comment eh ves mi kurevunee
Exams tha boamathi veema busy ves
But story kiyaalan
v reethi MA
CW4THENEXTP
TC
Loveddd this ❤️
I just wonder what happened between Naveen and Zaanaa before 😫
Let us know sooon