Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މުޅި ހިތް ބޭޤަރާރު ވެއްޖޭ-23

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
April 15, 2026 3 Mins Read
10 Comments

“މިރޭ ސެހްރިޝް ފްރީތަ..؟ 10 ގެ ފަހުން..؟” އާކިފް އަނެއްކާ ވެސް ކޮށްލީ ސުވާލެކެވެ.

“ހޫމް..” ސެހްރިޝް ބުނެލިއެވެ. އާކިފް ގޮނޑީގައި ހަމަޖެހިލީ ވީއުފަލެއްގެ ބޮޑުކަމުންނެވެ. ސެހްރިޝް ވެސް ހުރީ އެއީ ކޮން ސަޕްރައިސް އެއްތޯ އެނގެން ބޭނުންވެފައެވެ.

*ޕާރޓް-23*

ކާރު އައިސް މަޑުކޮށްލީ ރެސްޓޯރެންޓް ކުރިމައްޗަށެވެ. ބޭރު ފުށުންވެސް އެ ރެސްޓޯރެންޓްގެ ރީތިކަން ދައްކާދެއެވެ. ރީންދޫ ކުލައިގެ ރީތި ބޮކި ތަކުން ދިއްލާލެވިފައިވީރު ކިތައްމެހާ ވެސް ހިތްގައިމެވެ. އިޒްދާން ކާރުން ފޭބުމައްފަހު ރެސްޓޯރެންޓް ކުރިމަތީ ހުއްޓިލިއެވެ. އޭނާގެ ދެ ބޮޑިގާޑް އައިސް އޭނާގެ ފަހަތުގައި ހުއްޓިލިއެވެ. އިޒްދާން ހިގާގަތެވެ. އެދެ ބޮޑީގާޑުން ވެސް ހިގައިގަތެވެ. އިޒްދާންގެ އިންތިޒާރުގައި އިން ސާހިލް އަށް އިޒްދާން ފެނުުން ހިނިތުންވެލިއެވެ. އިޒްދާން ވެސް ފަނޑު ހިނިތުންވުމެއް ދިނެވެ.

“ކޮބާ ބްރޯ.. ކިހިނެއްތަ..؟” އިޒްދާން އިށީނުމުން ސާހިލް އަހާލިއެވެ. އިޒްދާން ބޯޖަހާލިއެވެ.

“ވަރަށް ދުވަސްވެއްޖެ ދޯ ދިމާނުވާތާ.. ކިހިނެއްތަ ކައޭގެ މަންމަ..؟” ސާހިލް އަހާލިއެވެ.

“މަންމަ ރަގަނޅު..” އިޒްދާން ޖަވާބު ދިނެވެ.

“ހޫމް.. ކޮބާ އޭނަ..؟” އިޒްދާން މަޢުލޫއަށް ދިޔައެވެ. ސާހިލް ވެސް ސީރިއަސް ވެލިއެވެ.

“އެފަހަރު އޭނަ ފިލާގެން ގޮއްސަ ދެން އައީ ކެނެޑާ އަށް.. އަހަރެން ވެސް އަހަރެންގެ ދައްތަގެ ވަރިއަށް ފަހު ބަދަލުވީ މިކޮޅަށް.. އެހެން އުޅެނިކޮށް ފެނުނީ އޭނަ ކޮންމެ ވެސް ކުއްޖަކާ އެކީ ސައިކަލުގަ ދިޔަތަން..” ސާހިލް އޭނާ އަށް އެނގޭ ވަރު ބުނެލިއެވެ.

“މިހާރު އެނގޭތަ ލަޔާން އުޅޭތަ..؟” އިޒްދާން އަހާލިއެވެ. ސާހިލް ދެކޮޅަށް ބޯ ހޫރާލިއެވެ. އިޒްދާން ގިނޑީގައި ލެނގިލާފައި ނިއްކުރީގައި އަތް ހާކާލިއެވެ. ސާހިލް އާއި އެކީ އިރުކޮޅަކު ވާހަކަ ދައްކާލަން ހުރެފައި އޭނާ ނުކުމެ ސިގެރޭޓް އެއް ރޯކޮށްލިއެވެ.

އިޒްދާން ލާގެން ހުރީ ކަޅު ކުލާގެ ބޮޑު ކޯޓަކާއި އެކީގައި އޭނާ ފެންނަލެއް ކިތައްމެހާ ވެސް ހިތްގައިމެވެ. އެހާ ވެސް “ހޭންޑްސަމް” އެވެ. އެތަކެއް މީހުންގެ ނަޒަރު ދިޔައީ އޭނާ އަށް ހުއްޓެމުންނެވެ. ސިގެރޭޓްގެ ދުންކޮޅު ބޭރުކޮށްލާފައި އިޒްދާން ސިގެރޭޓް ބިންމައްޗަށް ވައްޓާލިއެވެ. އަދި ފައިން އަރައި އޭތި ޗިސް ކޮށްލިއެވެ.

“ލަޔާން.. ތިހެނެއް ފިލާގެނެއް ނޫޅެވޭނެ.. އަހަރެން އަދި ލަޔާން ހޯދާނަން..” އިޒްދާން އަމިއްލަ މީހާ އަށް ވާހަކަ ދެއްކިއެވެ.

ވާހަކަ ފޮތެއް ހިފާގެން އިނެއް ކަމަކު ސެހްރިޝްގެ ހިޔާލުތަށް ގުޅިފައި ވަނީ އެހެން ކަމަކާއެވެ. އާކިފް ބުނިފަދައިން އޭނާ އަށް ސަޕްރައިސް އެއް ދޭނެއެވެ. އަނެއްކާ އެއި ކޮންކަހަލަ ސަޕްރައިސް އެއް ހެއްޔެވެ؟ ސެހްރިޝްގެ ކެއްމަދުވާން ފެށެއެވެ. ގަނޑި އަށް ބަލާލެވުނެވެ. 10 އެއް ޖަހާކަށް މާގިނަ ވަގުތެއް ނެތެވެ. އިރުކޮޅަކުން އާކިފް ވެސް ގެޔަށް އަންނާނެއެވެ.

ސިޑިން އަރައިގެން އައިރު އާކިފްގެ ތުންފަތް މަތީ ވަނީ ފުޅާ ހިނިތުންވުމެކެވެ. ސެހްރިޝް އަށް އޭނާ ސަޕްރައިސް އޭ ކިޔާގެން ދޭން އެއުޅެނީކީ ހަމަ ރަގަނޅު ސަޕްރައިސް އެކެވެ. އެހެންކަމުން އާކިފް އައިސް ކޮޓަރިއަށް ވަނެވެ. އެކަމު މިހާރު އޭނާގެ މޫނުމަތީ ދެންމެވީ އުފާވެރި ކަމެއް ފެންނާކަށް ނެތެވެ. އާކިފް ފެނުމާއި އެކީ ސެހްރިޝް ފޮތް ބޭއްވިއެވެ. ގަނޑި ނަގާފައި ޑްރެސިން ޓޭބަލް މަތީ ބާއްވާފައި އާކިފް ސެހްރިޝް ކާރީ އައުމަށް އެދުނެވެ. ސެހްރިޝް ވެސް އިތުރު ސުވާލަކާއި ނުލާ އައިސް އާކިފް ގާތުގައި ހުއްޓިލިއެވެ. ކުއްލި ހަރަކާތާ އާއި އެކީގައި އާކިފް ސެހްރިޝްގެ އުނަގަނޑުގައި ހިފާ ކާރިޔަށް ދަމައިގަތެވެ. ސެހްރިޝް ދިޔައީ ސިއްސައިގެންނެވެ. އޭނާ އަށް އިނީ ދެލޯ ބޮޑު ކުށްލެވިފައެވެ. އާކިފް އާއި މިހާ ކާރީގައި ހުރެވުމުން ސެހްރިޝްގެ ގައިން މުޅީ އެކީހެން ހީބިހި ނަގާގެން ދިޔައެވެ. ހިތުވިންދު އަވަސްވެ ނޭވާ ވެސް އަވަސް ވިއެވެ. އޭނާ އަށް ބަލަން ހުރެވުނީ އާކިފްގެ ކަޅި އަށެވެ. ފުރަތަމަ ސެހްރިޝްގެ ދެލޮލަށް ސީދާވެފައިވާ ނަޒަު ލަސްލަހުން ބަދަލުވީ ސެހްރިޝްގެ ރަތްކަން ގަދަ ތުންފަތަށެވެ. އާކިފް ބަލަން ހުރިގޮތުން އޭނާ ބޭނުންވާ ކަންތަށް ކިތައްމެހާވެސް ރަގަނޅަށް އެނގެއެވެ. އެނާ އެހުރީ ސެހްރިޝް އަށް ބަނޑުހައިވެފައެވެ. އެހައި ފިލުވަން އޭނާ ބޭނުމެވެ.

“މޭ އައި..؟” އާކިފް އަހާލިއެވެ. ސެހްރިޝް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ އަށް އާކިފް އެމާނަ ކުރި ގޮތް އެނގެއެވެ. އެކަމު މިއީ ރަގަނޅު ގޮތެއް ހެއްޔެވެ؟ އާއެކެވެ. އާކިފް އާއި ސެހްރިޝް އަކީ ދެމެފިރިންނެއް ނޫންހެއްޔެވެ؟ މަޑުމަޑުން ސެހްރިޝް ބޯޖަހާލިއެވެ. އާކިފް ސިކުންތުކޮޅެއް ވެސް ބޭކާރު ކޮށްނުލާ ސެހްރިޝް އާއި އޭނާގެ ތުން ގުޅުވާލިއެވެ.

ތާރާގެ ސައިކަލު ފަހަތުގައި އިނ ކައިސާން އިނީ ތާރާގެ ކޮނޑުގައި އޭނާގެ ދަތްދޮޅި ވިއްދާގެންނެވެ. މިއަދު ތާރާ ޝަކުވާ ކޮށްގެން ކައިސާން މިއަދު އެރީ ތާރާ ފަހަތަށެވެ. މިރޭ މީހުން މަދުވެފައި މާހައުލު ވެސް ވަރަށް ހިމޭނެވެ. ތާރާ ގޮސް މަޑުކޮށްލީ ޕާކެއް ކުރިމައްޗަށެވެ. އެއް ވެސް މީހަކު ފެންނާކަށް ނެތެވެ. ތާރާ ސައިކަލު ޕާކް ކޮށްފައި އައިސް ކައިސާން ކާރީ ހުއްޓިލިއެވެ. ކައިސާން ހިނތުން ވުމަކާއި އެކީގައި އޭނާގެ އަތް ދިއްކޮށްލިއެވެ. ތާރާ އޭނާގެ އަތް ކައިސާންގެ އަތުތެރެއަށް ލުމާއި އެކީ ކައިސާން އެއަތުގައި ހިފާލިއެވެ.

“ވަރަށް ރީތި މިރޭ އުޑުމަތި..” ތާރާ ބުނެލިއެވެ. ކައިސާން ވެސް އުޑުމައްޗަށް ބަލާލިއެވެ. ތެދެކެވެ. އެއްވެސް ވިލާ ކޮޅެއްގެ ނުޝާނެއް ފެންނާކަށް ނެތެވެ. ބާވަރެއް ތަރިތަށް ވެސް ފެންނަން އެބަހުއްޓެވެ.

“އެނގޭތަ.. އާކިފް އެއުޅެނީ މިރޭ ސެޝް އަށް ސަޕްރައިސް އެއް ދޭން ވެގެން..” ތާރާ ބުނެލިއެވެ. ކައިސާން ފެށީ ހޭށެވެ. ތާރާ ހައިރާންވެ ހުރެ ބަލާލިއެވެ. އޭނާ އަށް މަޖާ އެއްޗެއް ބުނެވުނީ ހެއްޔެެވެ؟

“ކިހިނެއްވީ..؟” ތާރާ އަހާލިއެވެ. ކައިސާން ހުނުން ކޮންޓްރޯލް ކޮށްލިއެވެ.

“އާކިފް އެއުޅެނީ މިރޭ ސެހްރިޝް އާއި އެކީ އެެމީހުންގެ ކައިވެނި ފުރިހަމަ ކުރަން..” ކައިސާން އަނެއްކާ ވެސް ފެށީ ހޭށެވެ. ތާރާ އަށް އަނގަމަތީ އަތް އަޅާލެވުނެވެ. އޭނާ އަށް ލިބުނީ ޝޮކް އެކެވެ.

“އަސްލު ވެސް..؟” ތާރާ އަށް ގަބޫލު ނުކުރެވިގެން އަހާލިއެވެ. ކައިސާން ބޯޖަހާލިއެވެ.

“އަޅޭ..” ތާރާ މޫނުމަތީ އަތް އަޅާލާފައި ބުނެލިއެވެ.

“އަހަރެމެންގެ ކައިވެނިވާނެ ދޯ އެރޭ ފުރިހަމަ ކޮށްލަން..” ތާރާގެ ކަންފަތް ބުޑުގައި ކައިސާން ބުނެލިއެވެ. ތާރާ ވަގުތުން މައިތިރިވިއެވެ. އޭނާ ލަދުގަތެވެ.

ދެމީހުން ވެސް އެކިސަކަރާތުގައި އެހެން ތިބެފައި ގެޔަށް ދާން ވެގެން ނުކުމެ ތާރާ ސައިކަލަށް އެރިތަނާހެން އޭނާގެ ލޮލުގައި އަޅައިގަތީ އާކިފް އެވެ. އާއެކެވެ. އެއީ އާކިފް އެވެ. އެކަމު ކައިސާން ބުނި ގޮތުން ނަމަ އާކިފް މިވަގުތު އިންނަން ޖެހޭނީ ސެހްރިޝް ގާތުގައެވެ. މިވީ ކިހިނެއް ހެއްޔެވެ؟

“އެއިނީ އާކިފް..” ތާރާ ބުނެލިއެވެ. ކައިސާން ބަލާއިރު އެކަކުވެސް ފެންނާކަށް ނެތެވެ.

“ނެތެއްނު..”

“ނޫން.. ދެއްމެ އެތާ އިން އާކިފް..” ތާރާގެ ދެލޯ އޭނާ އަކަށް ދޮގެއް ނަހަދާނެއް ނޫން ހެއްޔެވެ؟

“ތިވާނީ ހީވި ގޮތަކަށް.. އަނެއްކާ ބޭބީ މާ ނިދިއައީތަ..؟” ކައިސާން ތާރާގެ ބޮލުގައި ފިރުމާލަމުން ބުންޔެވެ.

ތާރާ ވެސް ފަހުން އެވާހަކަ ނުދެއްކީ ކައިސާން ބުނިފަދައިން އޭނާ އަށް ފެނުނުހެން ހީވާނީ ކަމަށް ގަބޫލު ކުރަމުންނެވެ.

*ނުނިމޭ*

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 64

Next

ހިތް އެދޭ މަންޒިލަކީ… 32

Next
April 15, 2026

ހިތް އެދޭ މަންޒިލަކީ… 32

Previews
April 15, 2026

އެދިގެން ކަލާ ލިބޭތޯ 64

10 Comments!

  1. Alaika_22 says:
    April 15, 2026 at 3:25 pm

    Vrh rythi MA ✨💗
    Awwn aakif and seherish soo lwbi 🤭🖤
    Miah vureh dhigu kohlahchey next part
    Curiously waiting for the next part
    When’s nxt ?????????
    Lysm and TC gurll 🖤^⁠_⁠^

    1. _MuXo_ _MuXo_ says:
      April 15, 2026 at 3:41 pm

      Thank you Alaika_22 😃
      IA try kuraanan! 💙
      Next part ves muxo ah vee varakun liaanan ✨
      Love you too, you also take care 🤗

  2. xukko says:
    April 15, 2026 at 5:48 pm

    this part also nice
    curiously waiting for the next part
    ilike ur story so much
    hope to see next part soon

    1. _MuXo_ _MuXo_ says:
      April 16, 2026 at 3:49 pm

      Thank you xukko 🥰
      Happy to know that you enjoy reading my stories 💙
      IA ✨🤗

  3. Black says:
    April 16, 2026 at 5:37 am

    MA..Soo interested!🤝🩶
    Ur talented Muxoo…🎀 Tara X Kaisaan cute & cute…Sehrish ,Aakif Awwnnn….So lovely 😻🌹
    Sehrish X Aakif Dhurunukurahcheyy!!!
    Anyways , when’s next? Sunshine 🌹🎀
    Lysm & Tc of yourself My BBG 🩶💋💋

    1. _MuXo_ _MuXo_ says:
      April 16, 2026 at 3:51 pm

      Happy to know that you enjoyed this part aswell Black 🤗
      Awwn Thank you ✨✨😭
      IA edhekudhin dhureh nuvaane 😄
      Next part ves muxo ah vee varakun avahah publish kohdhevey thw balaanan, stay tuned 🤭
      Love you more, you also tc Black 😘💙

  4. Anonymous says:
    April 16, 2026 at 8:15 pm

    Mhr keehve Las vanyyyyyyyyyyy

  5. S says:
    June 7, 2026 at 4:27 pm

    Can please upload the next part..

  6. avahah vhk up kurey says:
    June 13, 2026 at 10:37 am

    Muzna keehve mihr vaahaka liyun lass vany dhn nuliyaa Gothah tha?😏

  7. u idiot says:
    June 21, 2026 at 2:39 pm

    Koba hey vaahaka thah haadha lass vany the!😤

Comments are closed.



All Right Reserved!