Skip to content
އެސްފިޔަ

ނޭނގި ހުރެ ލޯބިވެވުނީ (ޓްރެއިލަރ)

ކުރިމަތިން ނިއުޅިގެން ދިޔަ މަންޒަރުން އެ އަންހެން ކުއްޖާގެ ހިތް ފިތޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. ހަމައެއާއެކު އެ ދެލޯ ކަރުނުން ފުރި ބާރުވެގެން ދިޔައެވެ. ލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން އޭނާ ދުއްވައިގަތީ ދުރަށެވެ.

ދުވެދުވެ ވަރުބަލި ވުމުން އޭނާ ހުރިތަނަށް ތިރިވިއެވެ. އަދި އަޑުން އަޑު ނަގާ ރޯން ފެށިއެވެ. ހިތް ފޮތިފޮތި ވަމުން ދިޔައިރު އޭނާގެ ދެތުންފަތް ފޫއަޅުވާ ވޭނީ ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ. ރޮއެރޮއެ ވަރުބަލިވި އިރުވެސް އޭނާގެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތަކަށް ހުއްޓުމެއް ނައެވެ.
…………

ޕާޓީ ހެދުމުގައި އޭނާގެ ކުރިމައްޗަށް އެރި އަންހެން ކުއްޖާ ފެނި އޭނާގެ ހިތަށް ގޮތެއް ވެއްޖެކަން ގައިމެވެ. އެކުއްޖާ ފެނިގެން ދުވަހަކުވެސް ނުވާ ގޮތެއް ހަމަ ޔަގީނުންވެސް ވެއްޖެއެވެ. ދުވަހަކުވެސް ނުކުރެވޭ އިހުސާސެއް ކުރެވިއްޖެއެވެ. މިވަނީ ކިހިނެތް ބާއޭ ހިތަށް އަރާ ހާލު އޭނާ ދުރަށް ނަޒަރު ހުއްޓާލިއެވެ. އަދި އެއްފަހަރު އެ ސޫރައަށް ބަލާލަން ހިތް އެދެމުން ދިޔް ނަމަވެސް އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރަމުން އޭނާ ދެން ހިނގައިގަތީ އެކުއްޖާއާ ދުރަށެވެ.
……….

އޭނާއަށް ބަލައިލާފައި ހީވެސް ނުލާ ދުރަށް ދިޔަ ފިރިހެން ކުއްޖާ ފެނި އޭނާގެ ހިތް މާޔޫސްކަމުން ފުރާލިއެވެ. އެ ފިރިހެން ކުއްޖާގެ ލޯތްބަށް ހިތް އެވަރަށް އެދެމުން ދިޔަ ނަމަވެސް އެ ފިރިހެން ކުއްޖާގެ ހިތުގައި ދުވަހަކުވެސް އޭނާއަށްޓަކައި ވިންދެއް ނުޖަހާނެކަން ހިތަށް ވިސްނައިދެމުން އޭނާ އެހެން ދިމާލަކަށް ދިޔުމަށް ހިނގައިގަތެވެ.
……………..

އަޅުގަނޑު ވާހާކަ މި ލިޔަނީ އަދި އަލަށެވެ. އެހެންކަމުން ކުށް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑުގެ މިވާހަކަ ހުރިހާ ކިޔުންތެރިންނަށް ވެސް ކަމުދާނެ ކަމަށް އުންމީދުކުރަން.