ރެޒިޑެންސް ވިލާގެ ހުރިހާ އަންހެނުން ކާރުގައި މިސްރާބު ޖަހާފައި ވަނީ ތިން ވަނަ ފިޔަވަހީގައި ހުންނަ އެމީހުންގެ މޯލާއި ދިމާލަށްށެވެ. އާއިލާގެ ހުރިހާ އެންމެންނަށް ވެސް އެއްކޮށް އެރޭނެވަރުގެ ދިގު ކާރެއް ޝިމާލު ވަނީ މީގެ ދިހަ އަހަރު ކުރިން ގެނެސްފައެވެ. އެއީ ޕްރައިވެޓް ނަންބޯޑު ޖަހާފައިވާ ވަރަށް ޝާހީ ކާރެކެވެ. ހުދު ކުލައިގެ މި ކާރު ފެންނަ މީހަކު ތަރި ބުރައިގެން ދާނެކަން ގައިމެވެ.
ކާރު އައިސް މަޑުކޮށްލީ “ދަ ލަގްޒަރީ މޯލު” ކުރި މައްޗަށްށެވެ. އެންމެން ވެސް ކާރުން ފައިބާ މޯލު ތެރެއަށް ވަދެއްޖެއެވެ. އެންމެ ކުރީގައި އާލިޔާ އާއި ޝެހެނާޒާއި ދެން ބޮޑަށް ތިބި އަންހެނުން ތިއްބެވެ. އެމީހުންގެ ފަހަތުން ޅަ ގުރޫޕު މަޑުމަޑުން ހިނގާފައި އާދެއެވެ.
“ނާޒު…މެހެކަށް ގުޅާފައި ބުނެބަލަ އަންނާށޭ…” އާލިޔާ ބުނެލިއެވެ. “މަންމައަށް އެނގޭނުން އަހަރެން ނުގުޅާނެކަން….މަންމަ ގުޅަންވީނުން….” ޝެހެނާޒު ބުނެލިއެވެ. “ބަލަ މަންމަ ނުގުޅާކަށް ނޫނޭ…މަންމަ ބޭނުން ވަނީ ނާޒު އާއި މެހެކުގެ ގުޅުން ރަނގަޅުކުރަންށޭ….” އާލިޔާ ޝެހެނާޒަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. “މަންމާ…ތިކަން ކުރަން ނޫޅޭ….އޭނާގެ ބޯހަރުކަން މަންމައަށް ވެސް އެނގޭނެ…” ޝެހެނާޒު ބުނެލިއެވެ. “ހޫމް….މަންމައަށް ތިކަން އިނގޭ..އެހެންނު ވާނީ ދަރިފުޅުގެ ބޯހަރުކަން ދަރިފުޅުގެ ދަރިންނަށް ވެސް ވާރުތަކުރާނެ އެއްނުން….” ސަމާސާ ރާގަކަށް އާލިޔާ ބުނެލިއެވެ. އާލިޔާގެ އެ ސަމާސާ ޝެހެނާޒަށް ވެސް ކަމުދިޔައެވެ. ނަމަވެސް އޭނާ ހުންނާނީ ގޮތުގައެވެ.
މީޓިންގ ނިންމާފައި ކެބިން އާއި ދިމާލަށް ދިޔަ މެހެކުގެ ފޯނު ރިންގުވިއެވެ. ގުޅަނީ ކާކުތޯ ބެލިއިރު މާމަގެ ކޯލެއް ކަމުން އެންމެ ސިކުންތެއް ވެސް ލަސްނުކޮށް އެ ކޯލު ނެގިއެވެ. އަދި އިޚުތިރާމާއިއެކު ވާހަކަދައްކަންފެށިއެވެ. “ކީކޭ މާމާ…” މެހެކު އަހާލިއެވެ. “ދަރިފުޅު ކޮންތާކުތަ؟…” އާލިޔާ ބުނެލިއެވެ. “މީޓިންގ އެއް ނިންމާލާފައި ދެންމެ މި ނިކުތީ…” މެހެކު މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ. “އެހެންތަ….މާމަމެން މިތިބީ ތިންވަނަ ފިޔަވަހީގައި ހުންނަ ދަ ލަގްޒަރީ މޯލުގައި…ދަރިފުޅު ވެސް އަންނަންވީނުން…” އާލިޔާ ބުނެލިއެވެ. “ލައްބަ އިރުކޮޅަކުން އެބަދަން..” މިހެން ބުނެ މެހެކު ފޯނު ކުރުކޮށްލިއެވެ. “މާޔާ….އެރޭންޖު އަ މީޓިން ފޯރ ތާޒްޑޭ….” މެހެކު ބުނެލިއެވެ. “ލައްބަ…” މާޔާ ޖަވާބުދިނެވެ. މެހެކު ދެން މިސްރާބުޖެހީ ތިންވަނަ ފިޔަވައްސަށް ދާށެވެ.
“ދާން….ވަޓް ޔޫ ތިންކިން….” ޝަދާންގެ ކެބިންގައި ރާކިން އިނެވެ. ޝަދާން ގުޅާފައި އަންނަން ބުނުމުން އޭނާ އައީއެވެ. ނަމަވެސް އޭނާ އައިފަހުން އަދި ޝަދާން އެއް ވާހަކައެއްނުދައްކައެވެ. މިހާރު އެހެން އިންނަތާ ވެސް ބައި ގަޑިއިރުވީއެވެ. އެންމެފަހުން އޭނާއަށް ކެތްނުވެގެން އަހާލީއެވެ. “އަމް…އެއްކަލަ ކަންތަކަށް އަލިމަގެއް ފެނިއްޖެ…” ޝަދާން ބުނެލިއެވެ. ރާކިންއަށް އެ ބުނި އެއްޗެއް ނުވިސްނިގެން ނިތް ހިއްލާލީ ތިބުނީ ކީކޭހޭ އަހާފަދައިންނެވެ. “މި ބުނީ…އެއްކަލަ ކޭސް….މަ ބުނީމެއްނުން އެކަކަށް ވެސް ނޭނގި މަ ވެސް ބޭނުމޭ މީއްކޮއަށް އިންސާފު ހޯދައިދޭން….” ޝަދާން ތަފްސީލުކޮށްދިނެވެ.
“އޯހް…ދެޓް…ޔާރ ވަޓް ޔޫ ގޮޓް…” ރާކިން އަހާލިއެވެ. ޝަދާން ދެން ދެއްކީ އޭނާގެ ކުރިމަތީ އިން ލެޕްޓޮޕްގެ ސްކްރީނެވެ. އޭގެއިން ފުޓޭޖެއް އަޅުވާލިއެވެ. އެއީ މީގެ ފަސް އަހަރުކުރިން ޝަދާންމެންގެ ކުންފުނީގެ އެންމެ މަތީ ފަންގިފިލާގައި ހުރި ބަންކުއެޓް ހޯލުގައި ބޭއްވިގެންދިޔަ މީސަމްގެ އަށާރަ ވަނަ އުފަންދުވަހުގެ ޙަފްލާގެ ފުޓޭޖެކެވެ. އަދި އެވަރަކުން ރާކިންއަކަށް ނުވިސްނުނެވެ. “މީ؟….ހާރ ބާތްޑޭ ޕާޓީއެއްނުން….ވެއިޓް ހައު ޑިޑް ޔޫ ގޮޓް ދިސް…” ރާކިން އަހާލިއެވެ. “ޔަޕް…އިޓްސް ހާރ އެއިޓީންތް ބާތްޑޭ…ޔޫ ނޯ ހާރ ކްރަޝް؟…” ހިތި ގޮތަކަށް ޝަދާން ބުނެލިއެވެ. “ކްރަޝް…އޮފްކޯޒް އިޓް ވޯޒް ޔޫ އެއްނުން….” ރާކިން ބުނެލިއެވެ.
“ސީރިޔަސްލީ…މަ ހިތަށް އަރާ ކަލޭގެ ހުންނަނީ ތެތްކަމެއްނެތް ސިކުނޑިއެއްބާއޭ…..ޝީ އިޒް މައި ސިސް…އޮފްކޯޒް އައި ލަވް ހާރ..ބަޓް ނޮޓް ދަވޭ ޔޫ ތިންކް….” ޝަދާން ރާކިންގެ ބޮލުގެ ފުށްކިބައިގައި ޖަހާލަމުން ބުނެލިއެވެ. “ބްރޯ..ތި ދުރުދުރުން ނޫޅެ ސާފުކޮށް ބުނެބަލަ…އިގޭނުން މަގޭ އޮންނަނީ މީދާކޭ އުނބެއްކަން….” ރާކިން ވެސް ޝަދާންއަށް ވަކި ދޫނުދިނެވެ. “އޯކޭ އޯކޭ….ނަވީން….” ޝަދާން ބުނެލީ މިހެންނެވެ. “ނަވީން….ޔޯ ބެސްޓް ފްރެންޑު…ނޮޕް..ނޮޓް އެނީމޯރ ދޯ…އަމް އެކްސް ބެސްޓީ…” ރާކިން ޖެއްސުމަށް ބުނެލިއެވެ.
“ކަލޭ ސީރިޔަސް ނުވައްޗޭ އިނގޭ….” ޝަދާން ލޯ އަޅާލިއެވެ. “ހައްހައްހާ އޯކޭ…ކިހިނެއްވީ އޭނަ؟…”ރާކިން އަހާލިއެވެ. “އައި މީން އޭނައޭ އެއީ މީއްކޮގެ ކްރަޝްއަކީ….” ޝަދާން ދެން ބުނެލި ވާހަކައަކުން ރާކިން ގޮޑިން ވެސް ނުވެއްޓުނީ ކިރިޔާއެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ؟ މީސަމް ލޯބިވީ ނަވީން ދެކެ ހެއްޔެވެ؟ އެކަމަކު އެ ދެމީހުންގެ އުމުރުގެ ފަރަގު ވެސް ހާދަ ބޮޑުވާނެއެވެ.
“ވަޓް..އެހެންވާނީ ކިހިނެއް؟…އައި މީން މީސަމް އެންޑް ނަވީން؟…” ރާކިންއަށް އަދި ވެސް ގަބޫލުނުކުރެވިގެން އަހާލިއެވެ. “ޔެސް…މަށަށް ވެސް ވީ ތިހެން…އެކަމަކު ލުކް އެޓް ދިސް….” ޝަދާން ދެން ބޭއްވީ ކުޑަ ނޯޓު ފޮތެކެވެ. ނޯޓު ފޮތަކަށްވުރެން ބޮޑަށް ވައްތަރީ ޑައިރީއަކާއެވެ. ރާކިން ބަލާލީ މީ ކޮން އެއްޗެއްހޭ އަހާފަދައިންނެވެ. “ހާރ ޑައިރީ…މީއްކޮ ނިޔާވީ ރޭ އެންމެން މާމަމެން ބައިގައި ސްޓިންގ ރޫމުގައި ތިއްބާ މަ ކުޑައްތަމެން ބަޔަށް ގޮސް މީއްކޮގެ ރޫމްއަށް ވަނީ….މި ފޮތް ފެންނާނެ ކަމަކަށް ނޫން…އެކަމަކު ތަޤްދީރު ނިޔާކުރި ގޮތް…މި ފޮތް ފެންނަން ވެގެން ކައްނޭނގެ މަށަށް އެ ރޫމަށް ވަދެވުނީ ވެސް….” ޝަދާން ވާހަކަ މެދު ކަނޑާލިއެވެ. “ދެން..ޔޫ ކެޕްޓް ދިސް ފޯރ ހޯލު ފައިވް އިޔާޒް؟…” ރާކިން އަހާލިއެވެ. ޝަދާން އިން ގޮތުން ރާކިންއަށް ޖަވާބު ލިބުނެވެ.
“ޑޭމް ބްރޯ…..ދެން މެހެކު ކަލޭ ބްލޭމް ކުރި އިރު ވެސް ހަނު ހުރީ ކީއްވެ؟…ދިޒް އިޒް ދި މޯސްޓު ޔޫޝްފުލް އެވިޑެންސް އެއްނުން…” ރާކިންއަށް ވިސްނައި ނުގަނެވުނީ ޝަދާން އެ ފޮތް ފޮރުވައިގެން އުޅުމުގެ ބޭނުމެވެ. “ނޯ…ދިސް ވޯޒް ނޮޓް އިނަފް ރެކު…” ޝަދާންގެ އަޑު ކުރެހުނެވެ. “ލުކް…މަ މި ފޮތް ކީ ވަރަށް ހާލުން…މީގައި އަހަރުމެންނަށް ނޭނގޭ ވަރަށް ބޮޑު ސިއްރެއްވޭ…ކުޑާއްތައަށް މިކަން އެނގޭ ދުވަހުން ޝީ ކެނޮޓް ޓޮލެރޭޓް ދެޓް…” ޝަދާން ބުނެލިއެވެ. ރާކިން ވާހަކަދައްކަން އަނގަ ހުޅުވާލިތަނުން ޝަދާންގެ ކެބިންގައި ޓަކިޖަހާލާފައި އާރާ ވަނެވެ.
ޝަދާން ލެޕްޓޮޕް ލައްޕާލިއެވެ. އަދި ފޮތް ވެސް ވަތްގަނދަށްލާ ފޮރުވީ އެއީ ސިއްރަކަށްވާތީއެވެ. “އާރާ ކިހިނެއްވީ؟…” ޝަދާން އަހާލިއެވެ. އާރާ ބުނަން އައި ވާހަކަ ބުނަން ފަސްޖެހުނީ ރާކިން އިނުމުންނެވެ. މިތަން ޝަދާންއަށް ވެސް ފެނުނެވެ. އާރާ ރާކިންއަށް އެއްފަހަރު ބަލާލާފައި ޝަދާންއަށް ވެސް ބަލާލައެވެ. “އޯކޭ…ރެކި އިނަސް ޔޫ ކޭން ޓެލް….” ޝަދާން ބުނެލިއެވެ. “ދާ…ސާރ….” އާރާ މިއަދު ބަންކުއެޓް ހޯލުގެ ބޭރުގައި ހިނގި ހާދިސާ ކިޔައިދިނެވެ. އެ ޝަކުވާ ހިފައިގެން އޭނާ އައީ ޝަދާން ހުންނާނީ އޭނާގެ ކޮޅުގައި ކަމަށް ފެންނާތީއެވެ. “ސީރިޔަސްލީ އާރާ….އިޒް ދެޓް ވައި ޔޫ ކޭމް ޓު ހިމް؟….” ރާކިންއަށް ވީ މަޖާ ކަމަކަށްށެވެ. އާރާ ލޯ އަޅާލިއެވެ. އަދި ޝަދާންއަށް ބަލާލިއެވެ.
ޝަދާން އާރާއަށް ބަލަން އިން ގޮތުން ފުރަތަމަ ފަހަރަށް ފަސްޖެހެވުނެވެ. ނުރުހުމުގެ ނަޒަރަކުން ބަލަން އިނުމުން ހިތުގައި ކޫރުމެއް އެޅުނެވެ. “އާރާ…..އައި ތިންކް އާރާއަށް ވަރަށް ދޫ ދެވިއްޖެހެން….ޔޫ ނޯ ދޭ ވޯންޓު ޓޯކް އެގޮތަށް އާރާގެ ފަރާތުން ވެސް ކަމެއް ފެނުނީމަ ނޫނީ….މީގެ ފަހުން މަގޭ ކައިރިއަށް ތިކަހަލަ ޝަކުވާ ހިފައިގެން ނާންނާތި….ޔޫ މޭ ލީވް ނައު…” ޝަދާން ރުންކުރު ޖަވާބެއް ދިނެވެ. އާރާއަށް ޝަދާން އާއި ދިމާލަށް ބަލައިލެވުނީ ގަބޫލުނުކުރެވިގެންނެވެ. މީގެ ކުއިން އޭނާއާއި ވާހަކަނުދައްކާ ގޮތަކަށް ޝަދާން ވާހަކަދެއްކުމުން އޭނާއަށް ގަބޫލުނުކުރެވުނީއެވެ. ޝަދާން މިހާ ބަދަކުވެދާނެއެކޭ އޭނާ ހިޔެއްނުކުރެއެވެ. “ސާރ…” އާރާ ވާހަކަދައްކަން އުޅުމުން އެކަން ހުއްޓުވީ ޝަދާނެވެ. އަދި އަލިފާނުގެ ބެލުމަކުން ބަލާލިއެވެ. “އައި ސެއިޑް ލީވް…އެންޑް ނެކްސްޓު ޑޯންޓު އޯޕެން ދި ޑޯ ބިފޯރ މައި އާންސާރ…” ޝަދާން ބުނެލިއެވެ. ފެންކަޅިވެފައި ހުރެ އާރާ އެތަނުން ނިކުތެވެ. “ބްރޯ ކިހިނެއް ތި ހެދީ؟…އެ ފަކީރު ވަރަށް ދެރަވެގެން އެ ދިޔައީ….” ރާކިންގެ ހިތުގައި އާރާއަށް ރަޙުމްވަނެވެ. ޝަދާން ހިނިތުންވުމަކުން ފުއްދާލީއެވެ.
ކެބިން އިން ނިކުތް އާރާގެ ލޮލުން ކަރުނަ ފޭބިއެވެ. ޝަދާންއަށް ކިހިނެއްވީ ހެއްޔެވެ؟ މިއޮތް ހުރިހާ ދުވަހު އޭނާ އާއި އެކުވެރިކަމާއިއެކު ވާހަކަދައްކާފައި މިއަދު އެގޮތަށް ވާހަކަދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ކުއްލިއަކަށް އޭނާ ދުރުކޮށްލިކަމުގެ އިހުސާސުކުރެވުނެވެ. ރާކިން އިންދާ އޭނާ އާއި އެ މޭރުމުން ވާހަކަދެއްކުމުން ވެސް ލަދުގަނެއްޖެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


