ދުރުވާން ޖެހުނަސް
ކައިލް އާއި ޔާނާ ގެ ދިރިއުޅުމަށް ބަހާރު މޫސުން އައި ކަހަލައެވެ . 2 މީހުން ގެ ދިރިއުޅުން ބަދަލު ވެއްޖެ ކަހަލަ. ” ކައިލް އަހަރެން ދޫ ކޮއްލާފާ ނުދައްޗޭ . ކައިލް . އަހަރެން ދޫ ކޮއްލާފާ ގޮއްސިއްޔާ އަހަރެން ވަރަށް ދެރަވާނެ ” ޔާނާ 2 ލޯ ފެންކަޅިވެފައި ހުރެ ބުނެލިއެވެ. ކައިލް އަށް ފުން ނޭވާއެއް އެވަގުތު ލެވުނެއެވެ އަދި ޔާނާގެ ދެ ލޮލަށް ޖަމާވެފައިވާ ކަރުނަ ފުހެލުމަށް ކައިލް ގެ އަތުގެ ނުފަށުން ފުހެލަމުން ބުނެލިއެވެ . ” އިރާދަ ކުރެވިއްޖިޔާ އަހަރެން ( ކައިލް) މި ހަށިގަނޑުގައި ނޭވާ ހިގާހާ ހިދަކު ޔާނާ އެކަނި ވެގެން އުޅޭ ކަށެއް ނުޖެހޭނެއެވެ ،. އަބަދު ވެސް ޔާނާ އެކު އަހަރެން ވާނަން ” ކައިލް މަޑު މަޑުން ބުނެލިއެވެ .
ކައިލް އާ ޔާނާ ގެ ކައިވެނި
ޔާނާ އާއި ކައިލް ދުވަސްތައް ގުނަމުން ދިޔައީ ނުހަނު ލޮއިއްބާ އަޅާލުމާއެކުގައެވެ . އުފާވެރި ކަމުގައެވެ . ޔާނާ އާއި ކައިލް ގެ ޒަވާޖީ ހަޔާތް ކައިރިވަމުން އަންނަ ވަރަކަށް ކައިލް އަދި ޔާނާ އަންނަނީ ތައްޔާރު ވަމުންނެއެވެ . ޔާނާ ވެޑިން ޑްރެސް ފެހުމުގައި އަވަދި ނެތި އުޅެމުން ދެއެވެ .، ކައިލް ވެސް ކައިވެނީ ގެ ބައެއް ކަންތައްތައް ތައްޔާރީ ތައް ވުމުގައި އަވަދި ނެތި އުޅެއެވެ . 2 ފަރާތުގެ އާއިލާ އިން ވެސް އެތަކެއް މަސައްކަތް ތަކެއް ކުރަމުން ގެންދެއެވެ
2026/04/12 ކައިލް އަދި ޔާނާ ގެ ދިރިއުޅުމަށް އިތުރު ބޮޅެއް އިތުރުވެއްޖެއެވެ މިޔަދަކީ އެ ދުވަހެއެވެ . ޔާނާ އާއި ކައިލް ގެ ދިރިއުޅުމަށް އައު ހަރުފަތަކަށް ގެންދިޔަ ދުވަހެއެވެ . 2 މީހުން ގެ ކައިވެނީ ގެ ދުވަހެއެވެ . ޔާނާ ފެނިގެން ދަނީ 14 15 ގެ ހަދެއްފަދަ އެވެ . ފެނިގެން ދަނީ މައުސޫމް ކަމާއި ކިޔަމަން ތެރި ކަމެއެވެ . މޫނު މަތިން ފެނިގެން ދަނީ އުފާވެރި ކަމުގެ ކުލަވަރެއެވެ . ކައިލް ގެ ފަރާތުން ވެސް ފެނިގެން ދަނީ ބުނެދޭން ވެސް ނޭންގޭ އެތަކެއް ވާހަކަ ތަކެ ވާހަކައެވެ . ނުވެވިފައި ހުރި ކަމެއް ކައިލް އަށް ކުރެވެން އުޅޭ ކަމުގެ އިޙްސާސް ތައް ކައިލް މޫނު މަތިން ފެނިގެން ދިޔައެވެ ” އަނބި ގަބޫލް ކޮފިން” ކައިލް ދުލުން އެބަސް ބޭރުވުމުން . ޔާނާ ގެ މޫނު މައްޗަށް އެއި އުފާވެރިކަން އައެވެ . މުޅިން އައު ބާބެއް ފެށުނު ކަހަލަ އެވެ .
ކައިލް އާއި ޔާނާ ގެ ދެމަފިރިން ތިބީ ނުހަނު އުފަލުގައެވެ . ދެކެމުން އައި ހުވަފެން ކުލަ ޖެހިގެން ދިޔުމުންނެއެވެ . ” މިރޭ މީ އަހަންނަށް ވަރަށް ވެސް އުފާވެރި އެއް ރޭ ” ޔާނާ ލަދުރަކި ގޮތަކަށް ބުނެލިއެވެ .
ނޯޓް : ދުރުވާން ޖެހުނަސް މި ސީރިޒް ނިމުނީ . ” ވާނަން އުމުރަށް ” މިއީ ދުރުވާން ޖެހުނަސް ގެ އެޕިސޯޑް އެ

