Skip to content
އެސްފިޔަ

ނާކާމިޔާބީގެ ޒައްރުން

ހާދަހާ އަސަރެއް މަށަށް ކުރުވައިފިއޭ

ހާދަ  ވަރަކަށް ލޯ މަގޭ ރޮއްވައިފިއޭ

ހާދަހާ ހިތް އަދު މަގޭ ބުރިބުރިވިއޭ

ހާދަ އުންމީދެއް މަދުން ކުދިކުދިވިއޭ

********************************

ފާޅުގައި ލޯބިވީމޭ ނުބުނިޔަސް

ފާޅުކުރި އިހްސާސް ތަކުން

ފާޅުގައި ވެވުނޭ ގަޔާ އަންގާލިޔަސް

ފާޅުކުރި ބޭކާރުވީ ތަދުބީރަކުން

************************

ވާނޭހެ އަދުދެން އެކީގައި މަޖާވާން

ވާވެއްގެ މަލަކަށް ހިޔާވީ އުފާވާން

ވާނޭހޭ ހިތް މަރުވެދާއިރު ގަޔާވާން

ވާވެއްގެ އިސްޤީވި ލޯތްބަށް އެދެންދެން

**************************

ދާއިރު ހާނދާނުން އެކީގައި ކަލާ

ދާއޯހޮރި ރޫހުން އެދިންހާ އުފާ

ދާއިރު އެތައް ރާގުގައި ހިތްމިލާ

ދާއޯހޮރި ހަށިގަނޑު އޮޔައި ރޯޅިފާ

******************************

ގާވީ މެޔާރޫހު އެއްކޮން އެދެންހޭ

ގާވުން ފިލައިގެން ހަޔާތުން އެދޭހޭ

ގާވީ ދިރުންނެތް މިއީ ލޯގަނޑެއްހޭ

ގާވުން އެއީ ދާއިމީ ބައްޔަކީހޭ

*******************************

ނާކާމީޔާބީގެ ހިތިކަށް، އަދު އެދިންތާ

ނާކާމިޔާބިން ވި ހިތިކަން، އެގުންތާ

ނާކާމިޔާބީގެ ޒައްރުން، ލިބުނުތާ

ނަކާމިޔާބިގެ ވޭންހުރި މީ ޅެމެއްތާ

ނިމުނީ

ސަލާމް ހުރިހާ ކިޔުންތެރިން

މިރޭ އަޅުގަނޑު ގެނެސްދޭން ގަސްތުކުރަނީ ޅެމެކެވެ. ” ނާކާމިޔާބީގެ ނައްރުން” މިރޭ ކިޔުންތެރިންނަށް ކިޔާލަން ލިބޭނެއެވެ. ޅެން ވަނީ ލިޔެ ނިމިފައެވެ.

****ޅެމުގެ ޖުމްލަ މާނަ****

ޅެމުގެ ފެށުމުގައި އެދޭހަކޮށްދެނީ ލޯތްބެއްގެ ސަބަބުން ހިތަށް ލިބުނު ފުން އަސަރެއެވެ. އެކަމުގެ ސަބަބުން އުފެދުނު ރޮވުމެވެ. އަދި ހިތް ބުރިބުރިވެ އުންމީދުތައް ގެއްލިގެން ދިޔުމުގެ ވޭނެވެ. މިއީ ލޯބީގެ ހިތާމަވެރި ފެށުމެއް ނޫންތޯއެވެ.

 

ދެވަނަ ބައިގައި ކިޔައިއެދޭނީ، ހިތުގައި އޮތް ލޯބި ސީދާކޮށް ހާމަނުކުރި ނަމަވެސް، އަމަލުތަކުންނާއި އިހްސާސްތަކުން އެ ލޯބި ހާމަކުރެވުނު ކަމެވެ. އެހެނަސް، އެކަންކަން ކުރެވުނީ ބޭކާރު ގޮތަކަށް، ނުވަތަ އެދެވޭ ނަތީޖާއެއް ނުލިބޭ “ތަދުބީރަކުން” (ގަދަރުން ނުވަތަ ނަސީބުން) ކަމެވެ.

 

ތިންވަނަ ބާބު މިއީ ހިތުގެ އުންމީދެވެ. ލޯބިވެރިޔާއާ އެކީ އުފަލުގައި އުޅުމަށް ހިތް އެދޭ އެދުން ހާމަކޮށްދޭނެއެވެ. “އިޝްޤީ އަރާމަށް އެދެންދެން” މި ބަހުން އެ ބުނެދެނީ ލޯތްބަށްޓަކައި ހިތް އެދޭ މިންވަރާއި، އެ ހުވަފެންތައް ދެމިއޮތުމަށް ހިތް އެދޭ އެދުމެވެ.

 

ހަތަރު ވަނަ ރާޅު މިއީ ވަކިވުމުގެ ވޭނެވެ. ލޯބިވެރިޔާ ދާއިރު، ހަނދާންތަކާއި އެކު ކުރެވުނު އުފާތައް ހިތުގައި ބާކީ ހުރި ވާހަކައެވެ. ހަށިގަނޑު އޮޔާ ދާ ރޯޅިއެއްހެން، ހިތް ހަލާކުވެ ބާކީވީ ކަމުގެ އިހްސާސް މި ބައިން ގެނެސްދޭނެއެވެ.

 

ފަސްވަނަ ރާގުގައި މި ބައި ރޮނީ ލޯބީގެ ހިތްދަތިކަމުން ހިތް “ގާވެ” (ހިލަވެ) އޭގެ ދިރުން ނެތިގެން ދިޔައީތީއެވެ. ލޯބިވުމަކީ ދާއިމީ ބައްޔަކަށްވެ، އެ ބަލީގެ ވޭނުގައި ހިތް ބިކަވަމުން ދާތީއެވެ.

 

މިއީ ޅެމުގެ ނިންމުމެވެ. މުޅި މި ލޯބީގެ ވާހަކަ ނިމިގެން މި ދިޔައީ “ނާކާމިޔާބީ” އިން ކަމެވެ. ލިބުނު ކުދިކުދި އުނދަގޫތަކާއި (ޒައްރުން) ވޭންތަކުގެ ސަބަބުން، މިއީ ހަމަ އެކަނި ވޭނުން ފުރިފައިވާ ޅެމެއް ކަމަށް ޅެންވެރިޔާ ބުނެދިނުމާއެކު މި ލޯބި ނިމިގެން ދަނީއެވެ.

 

އެނބުރި މި ލޯބި އަންނާނެ ނަބާއެވެ. ކިޔުންތެރިން ދެކެނީ ކިހިނެއް ހެއްޔެވެ؟

މިދެ ލޯބިވެރިންގެ މިލޯތްބަށް ހަމަ މި އިރުއޮއްސުނީ ބާއެވެ؟

🥰🫶🥀♥️😊

Comments (5)

  1. lee

    r u marreid

    1. Isnaa
      lee

      No dear 🥰

  2. Inernu_27

    Ooh wanna be mine 😭😂

    1. Isnaa
      Inernu_27

      Hehe let friends first 🫣😂
      Add me if you want friendship
      https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

      Haadha inthizaaru kuri fahun eyy comment eh mi libunee 🥰
      Vrh ufaavi I ge vaahaka thr kiyaa vaahaka buniima
      Take care ❤️ 🫶
      How’s you Inernu _27

  3. ❤️

    Oh haadha loabeyy dhw 😍

Comments are closed.