Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 2

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
April 15, 2026 6 Mins Read
1 Comment

އައްސަލާމް އަލައިކުމް. މިވާހަކައިގެ ޓްރެއިލާއަށް ލެވިފަ އިން ފޮޓޯގަ އަޅުގަނޑަށް ޖެހިފައި އިނީ ނުބައި ނަމެއްކަން އަޅުގަނޑަށް އެނގުނީ ވަރަށް ފަހުންނެވެ. މިވާހަކައިގެ އަސްލު ނަމަކީ ‘ހިތް ދެވިއްޖޭ ކަލާއަށް ޓަކައިއެވެ’. އަދި ‘ހިތް މަގޭ ކަޅިވެފައި’ އެއީ އަޅުގަނޑު ވަރަށް ކުރިން ލިޔަން ފަށާފައި ހުއްޓާލާފައިވާ ވާހަކައެއްގެ ނަމެކެވެ. އެހެންކަމުން އެއްވެސް އޮޅުމެއް އަރާފާނެތީވެ މިކަން ކިޔުންތެރިންނާއި ހިއްސާކޮށްލީމެވެ.

—

======

ޒިވްޔާއަށް އަނބުރާ ކޮލެޖަށް އާދެވުނީ ވަރަށް ލަސްވީ ފަހުންނެވެ. އޭރު އޭނާގެ ރަހުމަތްތެރިން އޭނާގެ އިންތިޒާރުގައި ކެންޓީނުގައި ތިއްބެވެ. “ޒިވީ. ވަޓް ހެޕެންޑް؟ އައި ހާޑް ޔޫ ގަޔަށް ޕެއިންޓް އެޅުނީއޯ.” ޔަޝްމީ ވަގުތުން ސުވާލު ކުރިއެވެ. “ހުމްމްމް. ފާޑެއްގެ ފޮނި ފިރިހެނެއް. އޭނާ ނުބަލަ ނުކުންނަން ހަދައިގެން އަތުގަ ހުރި ޕެއިންޓްތައް ޒިވީ ގަޔަށް އެޅުނީ.. އަދި އިނގޭތަ؟ އޭނަ ދަމުން އެންމެ ކުޑަ ވެގެން ސޮރީ އޭ ވެސް ނުބުނެ. ހުއް. ވަރަށް ފޫހި.” ޒިވްޔާ ކުދި ކިޔަންފެށިއެވެ.

“އޯހް. އެހެންތަ؟ އާ ޔޫ އޯކޭ؟” ހަޔާލް ޒިވްޔާ ގާތު އަހާލިއެވެ. “ދެން އޯކޭ ނުވިޔަސް ކުރާނެ ކަމެއް ނެތް. އައި މިސްޑް 2 ކްލާސެސް! ކަޒް އޮފް ދެޓް އިޑިއަޓް. ވަރަށް ފޫހި.” ޒިވްޔާ ހުރީ އަދިވެސް ހިތްހަމަ ނުޖެހިފައެވެ.

“އެނީވޭސް.. ރީތި ސޮރެއްތަ އެއީ؟” ޔަޝްމީ އެންމެފަހުން ކެތް ނުވެގެން އެއްސެވެ. އެއާއެކު ޒިވްޔާގެ ހަނދާނަށް އައީ އެ ޒުވާނާއެވެ. އާއެކެވެ. އެއީ ވަރަށް ވެސް ރީތި ޒުވާނެކެވެ. އެހާ ރީތި ޒުވާނެއް ގައިމުވެސް އޭނާ އަދި ނުދެކެއެވެ. އެހެންނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އޭނާގެ ރީތި ކަމާ އެއްވަރަށް އުޅުންވެސް ރަނގަޅު ނަމަތާއެވެ. އޭނާއަށް ގޯހެއް ހެދުމުން ސޮރީ އޭވެސް ނުބުނެއެވެ. ހާދަހާ ފޮނި މީހެކެވެ.

“އުހުން. ރީއްޗެއް ނޫން. އެއްވެސް ވަރަކަށް.” ޒިވްޔާ ހަދާލީ ދޮގެކެވެ. “އެހެންތަ؟ ހައު ސޭޑް. މަ ހީކުރީ ޒިވީއަށް ފައިނަލީ މީހެއް ވަނީ ކަމަށް. ހަހަ.” ޔަޝްމީ ހިނިގަނޑެއް ޖަހާލިއެވެ. އެއާއެކު ޒިވްޔާގެ ޟުނު އެއްކޮށް ރަތްވިއެވެ. ހީވަނީ ޓޮމާޓޯއެއް ހެނެވެ. “ޔަޝްމީ ގަނޑާ!!! ހީވޭތަ އަހަރެން މީހަކާ ރައްޓެހިވާ ހިތުން އުޅޭހެން؟؟؟” ޒިވްޔާ ވަގުތުން ޔަޝްމީގެ ކަންފަތުގައި ހިފާ އަނބުރާލިއެވެ. “އައްދޯއި!! ދެންންންން.. ސޮރީ އޭ!!” ވީތަދުން ޔަޝްމީ ހަޅޭލަވައިގަތެވެ. އެއަޑަށް ކެންޓީނުގައި ތިބި ބައެއް ކުދިން އެދިމާއަށް ބަލާލިއެވެ. އެހެންކަމުން ޒިވްޔާ އަވަހަށް ޔަޝްމީގެ ކަންފަތުން އަތް ދޫކޮށްލިއެވެ.

“އައި މީން.. އެވަރަށް ލޯބީގެ ވާހަކަ ލިޔޭ ވިއްޔަ މީނަ. އެކަމް ކަމުދާ މީހަކު މިދުނިޔޭގަ ނެތް ވިއްޔަ.” ޔަޝްމީ ތުން ދަމާލަމުން ބުނެލިއެވެ. “ސާބަހޭ ދެން. ކައިބަލަ.” ޔަޝްމީ އަނެއްކާވެސް އެއްޗެއް ބުނުމުގެ ކުރިން ޒިވްޔާ ޔަޝްމީގެ އަނގަޔަށް ބާގާ ވައްދާލިއެވެ. “އީޓް.”

އެއާއެކު މަޑުން އިން ހަޔާލްގެ ހިނިގަނޑު ދިޔައީ ފަޅައިގެނެވެ. ޔަޝްމީ ވަގުތުން ހަޔާލާއި ދިމާށް ލޯ އަޅާލިއެވެ.

 

ޒިވްޔާ ދަބަސް ހުޅުވާލީ އޭނާގެ ޑައިރީ ފެނޭތޯއެވެ. “ހަހް؟ ވެއާ އިޒް އިޓް. ހަމަ ޔަގީނުން ވެސް ގެއިން އަންނަމުން ދަބަހަށް ލިން.” ޒިވްޔާ ހައިރާންވިއެވެ. “ކޯއްޗެއް ތި ހޯދަނީ؟” ޒިވްޔާ އުޅުން ގޮތުން ހަޔާލް އަހާލިއެވެ. “މައި ޑައިރީ. މިއަދު ގެނައި ހަދާންވޭ. އެކަމަކު ނެތް ބޭގް އަކު.” ޒިވްޔާ ބުނެލިއެވެ. “އެހެންތަ؟ ޔަގީންތަ ގެނެވުންކަން؟ މޭބީ އަވަހަށް އަންނަން ހަދައިގެން ނުގެނެވުނީ ކަންނެ. ޕްލަސް.. ދެންމެވެސް ތިއައީ ގެއަށް ގޮއްސަ އެންނު ދޯ؟” ހަޔާލް ބުނެލިއެވެ.

“އޮހް ޔެއާ.. މިއައީ ޕެއިންޓް އެޅުން ބުކްސް ގޭގަ ބަހައްޓާފަ ދެންމެ. ޑައިރީ ވެސް ވާނީ ގޭގަ އެހެންމަ.” ޒިވްޔާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އޭރު ޒިވްޔާގެ ދެން އޮތް ކްލާހުގެ ގަނޑި ޖެހެނީއެވެ. ބަނޑުހައިވެފަ ހުރި ނަމަވެސް އެއްޗެއް ކާނެ ވަގުތެއް ނެތެވެ. އެހެންކަމުން ޒިވްޔާ ޔަޝްމީގެ އަތުން ބާގާ އަތުލާފައި ބޮޑުބައެއްގައި ދަތް އެޅިއެވެ. “މައި ފޫޑްޑްޑް!!!” ޔަޝްމީ އެ ބާގާ އަތުލިއެވެ. ނަމަވެސް އޭރު އެ ބާގާގެ ބޮޑުބައި ވަނީ ޒިވްޔާގެ އަނގައިގައެވެ. “ޒިވީ!!!” ޔަޝްމީ ޝަކުވާ ކުރިއެވެ. “ލުކް. އައި ލަވް ޔޫ.. އައި ވިލް ޝެއާ އެވްރީތިން އައި ހޭވް ވިތު ޔޫ.. ބަޓް ނޮޓް މައި ފުޑްޑް!!”

“އައި ލަވް ޔޫ މޯ ޔަޝް!! ބާއި!!!” ޒިވްޔާ ދަބަސް ނަގައި އަވަހަށް ދުއްވައި ގަތެވެ. އޭރުވެސް ޔަޝްމީ ޝަކުވާ ކުރަނީއެވެ.

ޒިވްޔާއަށް ކުލާހަށް ދެވުން އިރު ކްލާސް ފަށައިފިއެވެ. އެހެންކަމުން ވީގޮތް ކިޔާދިނުމަށްފަހު ގޮނޑީގައި އިށީނެވެ.

…………

 

އައިކަން އިނީ އާޓް ކުލާހުގައި ފެން ކުލަ ޖައްސާށެވެ. ހީވާ ހީވުމަށް އޭނާގެ ވަށައިގެން ވާ މާހައުލުގެ އެއްވެސް ކަމެއް އޭނާއަށް އިހުސާސްވެސް ނުވާ ކަހަލައެވެ. އެވަގުތު އެތަނަށް އައި އޭނާގެ ކުލާސް ކުއްޖެއް ކަމަށްވާ ޝާޔާ އޭނާއަށް ފާހަގަ ނުކުރެވުނީ އެހެންވެ ކަމަށްވެސް ވެދާނެއެވެ.

“އައިކަން. އަން.” ޝާޔާ އައިކަނަށް ފޮތެއް ދިއްކޮށްލިއެވެ. އޭރުވެސް އައިކަނަށް އެކުއްޖާ ހުރިކަމުގެ ހިލަމެއް ވެސް ނުވެއެވެ. “އައިކަންންން!!! ސާބަހޭ!” ޝާޔާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. ސިހިފައި އައިކަން ޝާޔާއާ ދިމާއަށް ބަލާލިއެވެ. އަދި އޭނާގެ އަތުގައި އޮތް ފޮތް ފެނުނެވެ. “ތީ ކޯއްޗެއް؟”

“މީ އައިކަންގެ އެންނު؟ ދޮރުމަތީގައި ހުރި ޕެއިންޓްތައް ސާފުކުރަން ހުރި ދައްތަ ދީފަ ބުނީ އައިކަނަށް ދޭން. އެތަނަށް ވެއްޓޮފައޯ އޮތީ.” ޝާޔާ ބުނެލިއެވެ. އައިކަން ރަނގަޅަށް އެ ފޮތަށް ބަލާލިއެވެ. އެފޮތަކީ އޭނާ ދުވަހަކުވެސް ފެނުން ފޮތެއް ނޫނެވެ. އެފޮތުގެ ކަޅު ކަވަރުގައި ހުރީ ކޮންމެވެސް ވަރަކަށް ޕެއިންޓް ހުއްޓެވެ.

އެވަގުތު އޭނާއަށް ހަނދާނަށް އައީ އެއްކަލަ އަންހެން ކުއްޖާއެވެ. އަނެއްކާ މިއީ އެކުއްޖާގެ ފޮތެއް ބާވައެވެ. އެވަގުތު އޭނާގެ ގާތަށް ކުޑަކޮށް ހިނިއައެވެ. އަދި އިތުރު އެއްޗެއް ބުނުމެއްނެތި އެފޮތުގައި ހިފިއެވެ. އޭނާގެ އަތުގައި ހޭކިފައި ހުރި ޕެއިންޓްތަކާއި އެކުއެވެ. އެއާއެކު ޝާޔާ އެ ކުލާހުން ނުކުމެގެން ދިޔައެވެ.

 

އައިކަންގެ ހިޔާލަށް އައީ އެއްކަލަ ކުއްޖާއެވެ. އަދި އިތުރަށް ހިނިއައެވެ. ހާދަ މަޖާ ކުއްޖެކެވެ. ތަނެއް ދޮރެއް ނުބަލާ އައީ އޭނާ ވިއްޔާއެވެ. އެކަމަކު ވެސް އޭނާ ޝަކުވާ ކުރީ އައިކަން ސޮރީ އޭ ނުބުނެގެނެވެ. އެކަމަކުވެސް ހާދަ ރީތި ކުއްޖެކެވެ. ވަރަށް ވެސް ސާދާ ވަށް މޫނެކެވެ. މަޑު މުށިކުލައިގެ ހިތްތައް ކަތިލާފަދަ ރީތި ދެލޮލެވެ. އެދެލޮލުން އެ ފެނުނީ ކޮންފަދަ ދަމާ ބާރެއް ބާވައެވެ. އޭނާގެ ނިއްކުރި މައްޗަށް ވައްޓާލާފައިވާ އިސްތަށިކޮޅުން އޭނާގެ ފުރިހަމަކަން އިތުރުކޮށްދިން ކަހަލައެވެ. ހާދަހައިވާ ޗާލެވެ. ހާދަހައިވާ ނަލައެވެ.

“ކިއުޓް.” އައިކަން އެހެން ބުނެލިއިރު އޭނާ ހުރީ އެއްމިޔަކަނުން ހީލައިގެނެވެ. އޭނާ އެފޮތް ހުޅުވާލިއެވެ. ފޮތުގެ ފުރަތަމަ ޕޭޖުގައި ވަރަށް ވެސް ރީތި ފޮންޓަކުން ‘ޒިވްޔާ އަޒްހިރް’ ޖަހާފައި އިނެވެ. އައިކަން ޖެހިގެން އިން ޕޭޖަށް އެއްލިއެވެ. އެއާއެކު ލިޔުންތަކެއް އޭނާއަށް ފެނުނެވެ. “ވެލް ވެލް ވެލް.. އިޓްސް ހާ ޑައިރީ. އިންޓެރެސްޓިން.” އައިކަންގާތަށް އިތުރަށް ހިނިއައެވެ. އަދި އެ ފޮތް ކިޔަންފެށިއެވެ. އެއްވެސް ހިނދެއްގައި މީހެއްގެ ޑައިރީއަކީ ހުއްދަ އާއި ނުލާ ކިޔައިގެން ނުވާނެ އެއްޗެއް ކަމާމެދު އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. “ނައިސް ހޭންޑް ރައިޓިން.”

އޭނާ އެފޮތް ކިޔަމުން ދިޔައިރު ދިޔައީ ހެމުންނެވެ. އަދި ބައެއް ފަހަރު ކޮމެންޓް ކުރަމުން ދިޔައެވެ. “ހައު ސިލީ.” އައިކަން ޕޭޖްތައް އުކަމުން ދިޔަ ވަރަކަށް އޭނާގެ އަތުގައި ހުރި ޕެއިންޓްތައް އެ ފޮތުގައި އޭނާގެ އިނގިލިތަކުގެ ނިޝާން ގޮތަށް ހޭކެމުން ދިޔައެވެ.

“އިޓް ސީމްސް ލައިކް.. ނައު އައި ނޯ ހާ ބިގެސްޓް ސީކްރްޓް. އޭން އޯތާ ހަހް؟ އެސްފިޔަ.. ހުމްމް.. ލެޓްސް ސީ..” އޭނާ ފޯނު ނަގައި އެސްފިޔަ ވެބްސައިޓު ސާޗްކޮށްލުމަށްފަހު ހުޅުވިއެވެ. “ހައު ޑޫ އައި ފައިންޑް ހާ ސްޓޯރީ ހިޔާ؟” އޭނާ މަސައްކަތް ކުރީ ޒިވްޔާ ލިޔާ ވާހަކަ ފެނޭތޯއެވެ. “އޭރިއެލް.. އޭރިއެލް.. ޕިސް ޕިސް.. ހާދަ ބައިވަރު ވާހަކަ އެކޭ މިއޮތީ. މިވަރުން ކިހިނެއްތަ ހޯދަނީ؟” އެންމެ ފަހުން އެ ވާހަކަ ނުފެނިގެން އޭނާ އެކަންތައް ހުއްޓާލިއެވެ. “އެނީވޭސް.. ކިހިނެއް މިފޮތް އޭނައަށް ދޭނީ ދެން؟” އެވަގުތި އޭނާގެ ސިކުޑިއަށް ހިޔާލެއް އައެވެ. “ހަހް.. އޭނާ މިފޮތް ބޭނުމިއްޔާ އަންނާނެ އެންނު މަ ކާރިއަށް. ހަހަ.. ލެޓްސް ލީވް އަ ސައިން ދެޓް އައި ރެޑް ދިސް ބުކް.”

 

އައިކަން އެ ފޮތް ނަގައި އެ ފޮތުގައި އޭނާގެ ކުލަ ފިހި ހާކަން ފެށިއެވެ. ކޮންމެ ޕޭޖެއްގެ ކަންތަކުގައި އޭނާ އެކި އެކި އެއްޗެސް ކުރެހިއެވެ. އަދި ތަންތަން ކޮޅުގައި ޒިވްޔާ ލިޔެފަ ހުރި އެއްޗެއްސަށް ކޮމެންޓްތައް ވެސް ލިޔުނެވެ. އަދި އެއަށް ފަހު ހުސްގަނޑެއްގައި ‘އައިކަން ވޯޒް ހިޔާ’ ލިޔެލިއެވެ. އެ ހުރިހާ އިރު އޭނާ ހުރީ ވަރަށް ވެސް ހެވިފައެވެ. “ހައު ފަން. އައި ހޭވް އަ ލިޓްލް ސަޕްރައިޒް ފޯ ޔޫ، ޒިވްޔާ އަޒްހިރް.”

 

……………..

 

އެދުވަހު ގެއަށް ގޮސް ވެސް ޒިވްޔާއަކަށް އޭނާގެ ޑައިރީއެއް ނުފެނުނެވެ. އެކަމާ އޭނާ ހުރީ ވަރަށް ހާސްވެފައެވެ. އަނެއްކާ އޭނާގެ ޑައިރީ ލެވުނީ ކޮންތާކަށް ބާވައެވެ؟ އޭނާއަށް ނޭނގުނު ކަމަކީ އޭނާގެ ޑައިރީ ވީ އެއްކަލަ ޒުވާނާ އަތުގައި ކަމެވެ. އަދި އޭނާގެ އެންމެ ބޮޑު ސިއްރު އޭނާގެ ދެ އެކުވެރިން ފިޔަވާ އިތުރު މީހަކަށް މިހާރު އެނގޭ ކަމެވެ.

ހޯދާ ހޯދާ ވެސް ޑައިރީ ނުފެނުމުން ޒިވްޔާގެ ބޮލުގައި ރިއްސަން ފެށިއެވެ. އެހެންކަމުން ރެސްޓް ކޮށްލުމުގެ ނިޔަތުގައި އޭނާ އެނދުގައި އޮށޯވެލިއެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ އެއްކަލަ ޒުވާނާއެވެ. އޭނާ ހިތަށް އެރިއެވެ. އެ ޒުވާނާ ހާދަހާވާ ރީއްޗެވެ. އޭނާ ލިޔާ ވާހަކަތަކުގައި އުޅޭ ފިރިހެނުންނަށް އެންމެ ތަންކޮޅެއް ވެސް ދޫނުކުރާނެއެވެ. އޭނާ ހަމަ އަންތަރީސް ވެއްޖެއެވެ. ހާދަހާވާ ރީއްޗެވެ.

…………

 

އައިކަން ކާމޭޒު ދޮށުގައި އިށީނދެލީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. އޭނާގެ ކޮއްކޮ، އަލީން ވެސް އައިސް އިނެވެ. “ލީން.” އައިކަން ގޮވާލިއެވެ. “ހެއި، އައިކް.” އަލީން ފޯނުން މޫނު ދުރުކޮށްލަމުން އައިކަނަށް ހީލުމަށްފަހު އަނެއްކާވެސް ފޯނަށް މޫނު އަނބުރާލިއެވެ. އޭރު ގޭގެ ނޯކަރުންތައް ކާމޭޒުމަތީގައި ތަށިތައް އަތުރަނީއެވެ.

“ހާދަ ވަރަކަށް ފޯނަށް ތިބަލަނީ؟” އައިކަން އަހާލީ އަލީން މާވަރަކަށް ފޯނަށް ބަލާތީއެވެ. އިރުއިރުކޮޅާ ހީލަންވެސް ހީލައެވެ. “އާން. ވަރަށް ރީތި ސްޓޯރީއެކޭ މިކިޔަނީ. އިނގޭތަ؟ ޔޫ ނޯ އައި ޑޯންޓް ލައިކް ދިވެހި ސްޓޯރީސް.. ބަޓް މައި ފްރެންޑެއް ބުނީ މި ސްޓޯރީ ކިޔަން. އެންމެފަހުން ކިޔާވަރުން ބޮލަށް އުނދަގޫ ވެގެން އައި ސްޓާޓެޑް ރީޑިން.. އެކަމް ނައު ހުއްޓާލަން ވެސް ބޭނުން. ހާދަ ސަޅިއޭ.” އަލީން ބުނެލިއެވެ. “އެހެންތަ؟” އައިކަން ބުނެލިއެވެ. “ޔޫ ޝުޑް ޕެއިންޓް އިންސްޓެޑް. މާ ފަން ވާނެ ސްޓޯރީސް އަށް ވުރެ.”

“އަޅޭ އައިކޫ. ޔޫ ޑޯންޓް އަންޑަސްޓޭންޑް. ދިސް ސްޓޯރީ.. އިޓްސް އަ މާސްޓަޕީސް. މި ސްޓޯރީގެ އޯތާ އިޒް ސޯ ޓެލެންޓެޑް.” އަލީން އޭނާ ކިޔަމުން ދިޔަ ވާހަކައިގެ ދިފާއުގައި ބުންޏެވެ. “ހަހަ. ދިވެހި ވާހަކަ ހުރޭތަ އޮންލައިންކޮށް ކިޔެންވެސް މިހާރު؟” އައިކަން ގާތަށް ހިނިއައެވެ. “ހުމްމް. އައި އޯލްސޯ ޑިޑްންޓް ނޯ ކުރިން. ބަޓް ވެލް.. އެސްފިޔަ ކިޔާ ވެބްސައިޓް އެއް އިނދޭ. އޭގެން މިކިޔަނީ.” އަލީން އެހެން ބުނުމާއެކު އައިކަނަށް ވީނުވީ ވެސް ނޭނގުނެވެ. ވަގުތުން އަލީން އަތުން ފޯނު އަތުލާފައި ބަލާލިއެވެ.

“ވަޓް ދި ހެލް، އައިކް؟! ގިވް މީ މައި ފޯން!”

 

“ހެއި.. އައިލް ގިވް ޔުއާ ފޯން. ޝަރުތެއްގެ މަތިން.” އައިކަން ފޯނު ދުރުކޮށްލަމުން އައިލީނަށް ބުނެލިއެވެ. އޭރު އޭނާ ހުރީ އެއްމިޔަކަނުން ހީލައިގެނެވެ. “އައި ނޯ ދެޓް ލުކް.. އޯލްރައިޓް. ޓެލް މީ. ވަޓް ޑޫ ޔޫ ވޯންޓް؟” އަލީން އައިކަނާއި ދިމާއަށް ދެލޯ ހަނިކޮށްލާފައި ބަލާލިއެވެ.

“ޓީޗް މީ. ޓީޗް މީ އެސްފިޔަ އެބްސައިޓް ޔޫޒް ކުރަން. ޓެލް މީ އެވްރީތިން. އެން އޯލްސޯ.. ޝޯ މީ އޭރިއެލް ގެ ސްޓޯރީސް.. އޯލް އޮފް އިޓް.” އައިކަން އޭނާގެ ޝަރުތު އަލީނަށް ހުށަހެޅިއެވެ. އެއާއެކު އަލީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “އޯ.އެމް.ޖީ.. ޔޫ ނޯ އޭރިއެލް؟؟؟ ހައު؟ އޯ އެމް ޖީ!!!!” އަލީން ހަޅޭލަވަންފެށިއެވެ. “އަލީން.. ޝޯ މީ އޭރިއެލް. ކަމް އޮމް ލިލްސިސް. ހެލްޕް މީ އައުޓް.” އައިކަން ހުރީ ވަރަށް ހެވިފައެވެ. “އޯކީ. ނޯ ޕްރޮބްލެމް. އިންފެކްޓް ދްޓް ސްޓޯރީ އައި ވޯޒް ރީޑިން އިޒް ވަން އޮފް ހާ ސްޓޯރީސް.” އަލީން ބުނެލިއެވެ.

“އޯހް. އެހެންތަ؟ ސެންޑް މީ ދަ ލިންކް!” އައިކަން ހައިރާންވިއެވެ. އަދި އަލީނަށް ފޯން ދިނެވެ. އެއާއެކު އަލީން އޭރިއެލްގެ ޕްރޮފައިލަށް އިންނަ ލިންކް އައިކަނަށް ފޮނުވިއެވެ. އެލިންކް ލިބުމާއެކު އައިކަންގެ ލޮލުގެ ވިދުވަރު އިތުރުވި ކަހަލައެވެ. “ތޭންކްސް ލީން. އައި ވިލް ބްރިންގް ޔުއާ ފޭވްރިޓް ޕިއްޒާ ޓުމޯރޯ ކޮލެޖުން އަންނަމުން.” އައިކަން އަލީންގެ ބޮލުގައި ފިރުމާލިއެވެ.

 

އެވަގުތު ކާގޭގެ ދޮރު ހުޅުވުނެވެ. އެއާއެކު އައިކަން ވާހަކަ ދެއްކުން ހުއްޓާލިއެވެ. ދޮރުން ވަދެގެން އައީ އައިކަންގެ ބޭބެ، އާހިލެވެ. “ދޮންބޭ!” އަލީން ގޮވާލިއެވެ. “ލީން. ހައު ވޯޒް ސްކޫލް؟” އާހިލް އަލީންގެ ބޮލުގައި ފިރުމާލިއެވެ. އަދި އަލީނާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ. “އިޓް ވޯޒް ގުޑް.”

އައިކަން އެއްވެސް އެއްޗެއް ނުބުނެ އިންގޮތަށް އިނީއެވެ. “އައިކަން އަހަންނަށް ގޮވާވެސް ނުލާނަން ދޯ؟ ވެއާ އިޒް ޔުއާ ރެސްޕެކްޓް؟” އާހިލް އައިކަނަށް ބަލާވެސް ނުލާ އަހާލިއެވެ. އެއަޑުގައި ވަނީ ހަރުކަށިކަމެވެ. “އާހިލް.” އައިކަން ރުންކުރުގޮތަކަށް ބުނެލިއެވެ. “އަހުލާގެއް ވެސް ނުހުރެޔޭ ދޯ މީނަގެ. މިގޭގަ ހުރެވޭތީވެސް ޝުކުރިވެރިވާން ނޭނގޭ ދޯ މީނައަށް.” އާހިލް ބުންޏެވެ. އެއަޑު އިވިފައި އައިކަންގެ އަތް މުއްކެވިގެން ދިޔައެވެ. އެހެންނަމަވެސް އޭނާއަށް މަޖުބޫރުވީ ކެތްތެރިވާށެވެ.

އެވަގުތު އެތަނަށް އައިކަންގެ މަންމަ، ޖުމާނާ އާއި ބައްޕަ، ފަޒީލް ވަދެގެން އައެވެ. “މަންމާ. ބައްޕާ.” އާހިލް އާއި އަލީން ގޮވާލިއެވެ. ނަމަވެސް މިފަހަރުވެސް އައިކަން އެއްޗެކޭ ނުބުނެއެވެ. އެންމެން ކާން ފެށީ ފަޒީލް ކާން ފެށުމުންނެވެ. ކެއުމުގެ ތެރޭގައި އެކި ވާހަކަތައް ދެކެވުނެވެ.

“އާހިލް ދަރިފުޅާ. ބިޒްނަސް ކިހިނެއްވަނީ؟ ރަނގަޅުތަ؟” ޖުމާނާ ވަރަށް ލޯބިން އާހިލާއި ސުވާލު ކުރިއެވެ. “ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅު މަންމާ….” އާހިލް ބިޒްނަސް ވާހަކަ ދައްކަމުން ދިޔައެވެ. ފަޒީލް ވެސް އެވާހަކައިގައި ބައިވެރިވިއެވެ. ދޭތެރެއަކުން އަލީންގެ ސްކޫލް އާ ބެހޭ ވާހަކަތައް ވެސް ދެކެވޭނެއެވެ. ނަމަވެސް އެކަކުވެސް އައިކަނާއި ވާހަކަ ނުދެއްކިތާނގައި ބަލާވެސް ނުލައެވެ. ކިރިޔާވެސް އައިކަނަށް އެއްޗެއް ބުނެލީވެސް ގޭގެ ނޯކަރުން ނޫނީ އަލީން އެކަންޏެވެ. އައިކަން ވެސް އިތުރު މީހަކަށް އެއްޗެކޭ ނުބުނެއެވެ. އެދެމެދުގައި ވަނީ ވަރަށް ވެސް ތަފާތު ހިމޭންކަމެކެވެ. ހީވާގޮތުން މީ އައިކަނަށް އާ ކަމެއް ނޫނެވެ. އައިކަން އެތާ ނެތްނަމަ އެއާއިލާއަކީ ވަރަށް ވެސް ފުރިހަމަ އާއިލާއެއްހެން ހީވެދާނެއެވެ.

 

======

މި އެޕިސޮޑްވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން.

ޝައީ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 31

Next

ދުރުވާން ޖެހުނަސް

Next
April 15, 2026

ދުރުވާން ޖެހުނަސް

Previews
April 15, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 31

One Comment

  1. Shyyyms Shyyyms says:
    April 15, 2026 at 10:37 pm

    Dear readers.

    I have made an Instagram account for story updates and as my bookstagram.

    Plz follow me for updates🫶🏻🩷

    Lots of Love🩷
    Shyyyms

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާއަށްޓަކައި (އާ ސީރީސްއެއް)←


All Right Reserved!