
އެދިގެން ކަލާ ލިބޭތޯ 64

(64 ވަނަ ބައި)
“ޔުމްނު… ޔުމް.. ދެންމެ ކީކޭ ތި ބުނީ؟ ސޭ އިޓް އެގެއިން…” ހިޒްޔާން ސުވާލުކޮށްލީ ސިކުންތުކޮޅެއްގެ ތެރޭގައި ކަންފަތަށް އިވިގެންދިޔަ ބަސްތައް ޔަޤީންނުވެފައެވެ. ހައިރާންކަމުގައި ޔުމްނުގެ އަނގަމަތީގައި އަޅާލެވިފައިވާ އަތްތިލަ ނަަގަމުން އަލުން އެބަސްތައް ތަކުރާރުކުރަން ހިޒްޔާން އެދުނެވެ. އެ ތޫނު ނަޒަރު އިޙުސާސްވެގެންދިޔުމާއިއެކު ޔުމްނު ލަދުން ވިރޭގޮތްވިއެވެ. އޭނަ އިސްއޮބާލިއިރު އެދެއަތުގެ ދާއިރާގެ ތެރޭގައި އިތުރަށް ހައްޔަރުވެގެންދިޔަކަން އިޙުސާސް ވިއެވެ. މަޑުމަޑުން އަތްއުފުލާލަމުން ޔުމްނުއަށް ހިޒްޔާންގެ ކޯތާފަތުގައި އަތްތިލަ ޖައްސާލެވުނެވެ. އެންމެ ލުއި ބީހި ލުމަކުންވެސް ހިޒްޔާންއަށް ހީވީ ހިތުގައި ރިހެމުންދިޔަ ހުރިހާ ރިހުމެއްހެން ލުއިވެގެންދިޔަހެންނެވެ. ނަފްސުގައިވީ ބުރަ ހެލިކަމާއި މަޖުބޫރުގެ ކަސްތޮޅުތަކުން މިންޖުވީކަމުގެ އިޙުސާސްކުރެވިގެންދިޔުމާއިއެކު އޭނަގެ ދެލޯ މެރިގެންދިޔައެވެ.
“އިނގޭތަ ޔުމްނުގެ ދުލުން ތި ބަސްތައް އިވޭނެ ދުވަަަހަކަށް އަހަރެން ހާދަ އިންތިޒާރެއްކުރީމޭ… އައި ލަވް ޔޫ… އައި ލަވް ޔޫ… ޔުމްމްމް…” ނާޒުކް މަލުގެ ފިޔައެއްފަދައިން އޭނަގެ އަތުގެތެރެއަށް ޔުމްނު ބޮޑިކޮށްލަ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.