ގަޑިން ރޭގަނޑު އަށެއް ޖެހީއެވެ. ވާރޭ ވެހުން މެދުކެނިޑިފައިވިޔަސް މާހައުލުގައި ވަނީ ތެތްފިނިކަމެވެ. ކަޅުކުލައިގެ އަތްދިގު ކުރުތާއަކާއި ގަދަ ނޫކުލައިގެ ޖީންސެއްގައި ލިއާ އައިސް ކައިރާ ބުނި ގޭކައިރި މަޑުކޮށްލިއެވެ. އޭރު އޭނާގެ މުޅި ސަމާލުކަންވަނީ ކުރިމަތިން ފެންނަމުން ދިޔަ ގެޔަށް ހުއްޓިފައެވެ. ސްވިޒަރލޭންޑް ފަދަ ހިސާބުތަކުން ފެންނަފަދަ ހިތްގައިމު ރީތި ލަކުޑިކުލައިގެ ގެޔެއް ކަމަކު ގެޔަށް ބަލާލާފައި ގޭގެ ވެރިންގެ ހައިބަތާއި މުއްސަނދިކަން ހާމަވެއެވެ. ގޭގެ ވެރިންނަކީ ފެހިކަމަކަށް ލޯބި ކުރާ ބައެއްކަން ހާމަވަނީ ތިރި […]
ރިސެޕްޝަން ގައި އިން ކުއްޖާ ކައިރިން ބައެއް މައުލޫމާތު ސާފުކޮއް ހެދުމަށްފަހު ޔަލްވީ ގެއަށް ދިއުމައް ނުކުނަން ދިޔައީ އާޔަތަށް މެސެޖު ކުރަމުންނެވެ. ފޯނައް ބަލަމުން ދިޔަ ޔަލްވީ ވެއްޓެން ދިޔައީ މީހެއް ގައިގަ އަޅާފައެވެ. އެމީހަކު ޔަލްވީގެ ބަނޑުގައި އަތް ނޭޅުވިނަމަ ޔަލްވީ ބަނޑުވަތައް ގޮސް ވެއްޓޭނެއެވެ. ވާނުވާ ރޭކާލުމުން އިސްއުފުލާ ބަލާލި ޔަލްވީއަށް ލިބުނީ ކުއްލި ސިހުމެކެވެ. ލިއަމްގެ ސޫރަ އެހާ ގާތުން ފެނުމުން ޔަލްވީއަށް ކުރީ ބުނެދޭން ނޭގޭ ކަހަލަ އިހުސާސެކެވެ. އެސްފިޔަ […]
ބާބު 6 – އަރިޝިއެރިޓް ޕޮޥެފިން އަނދިރި ގަނޑުވަރުގެ ތަޚުތުގައި އިށީންދެ އިން ޠިލްޒާ އިނީ ޝަވީޚްގެ އިންތިޒާރުގައެވެ. އަތުގައި އޮތް ކުޑަ ވަށް ލޯގަނޑުން މަޚުލޫޤެއްގެ ތަސްވީރުތަކަކަށް ބަލަމުން ދިޔައެވެ. ލޯގަނޑު ކަޅު ޖާދޫތަކުން ވަޔަށް ގެއްލުވާލުމަށްފަހު، ތަޚުތުން ތެދުވިއެވެ. އަދި ހުރި ސީދަލަށް އަނދިރި ގަނޑުވަރުން ނުކުމެގެން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ރައްޓެހިން އުޅުމަށް ހެދި ބިނާރުތަކުގެ މަތިން ހަނދާންވިއެވެ. ބިނާރުތައް ހުރި ދިމާއަށް ޠިލްޒާ ވިލާގަނޑަކަށް ބަދަލުވެ ދިޔައެވެ. ހަލާކުވެފައިވާ ބިނާރުތައްފެނި ޠިލްޒާގެ […]
“ހަހް. ކަލެއަށް ފިހާރައެއް ހުޅުވުނީމަ ހިތް އާސްމާނަށް އަރުވައިގެން ދޯ ތި ތެޅެނީ. ހަނދާންތައް ދިޔައިމަ މައެ މަތިން ހަނދާން ނެތުނީމަތަ އެހާ ވަރަށް ތި ބަލަނީ؟ ތިޔަހެން މާ އުފަލުގައި އަބަދަކު ނޫޅެވޭނެ. ޒެވް އާއި ވަކިވާން ދެކޮޅު ހަދަންޏާ އަނެއްކާ ވެސް ކަލެއަށް ހަމަލާއެއް ދޭނަން. މިހާރު އެހެރަ ކުޑަކުއްޖާއަށް ތޮޅެލަން ވީތަ؟” ޝައުލާ ކައުންޓަރު ބިއްދޮށަށް ވަދެފައި އަރީންގެ ހެދުމުގައި ހިއްޕެވެ. މި ނުދަންނަ އަންހެނާގެ އުޅުން ހުރި ގޮތް ފެނި އަރީން […]
” ވޯޒް ޝީ ދެޓް ގުޑް…؟” ބައްޕަގެ ސުވާލުން އަހަރެންނަށް މަޑުޖެހެވުނެވެ. ތަޅުގައި ހިފަން ނެގި އަތް ތިރި ކޮށްލެވުނެވެ. ********** “ކަމޯން… އައި ނޯ މައިސަން ވެރީވެލް.. އައި ނޯ އިޓްސް ނޮޓް އޮންލީ ލަވް ދެޓް ޔޫއާރ ކޮރޭވިން ފުރޮމް ހާ…” ބައްޕަ ބުންޏެވެ. އަހަރެންގެ ތުންފަތް ހިނިތުންވުމަކުން ދެމިލީ ބައްޕައަށް އަހަރެން ދަސްވެފައި ހުރިވަރު އެނގުމުންނެވެ. ” ޔާ… ޔޫއާރ ރައިޓް ޑޭޑް… އިޓްސް އެބައުޓް އެވްރީ ފަ*** ތިންގް އެބައުޓް […]
“ގަޑިން ހަތެއް ޖަހަން ކައިރިވަނީއެވެ. އަހަރެން ހޭލަންޖެހޭ ވަގުތު މިވަނީ އައިސް ޖެހިފައެވެ. ނިދުމުގެ ފުރުސަތެއް ލިބުނީވެސް ދަމެއްވެ، ދަންވަރު ހަތަރެއް ޖެހިފަހުންނެވެ. އެމީހުން އަހަރެން މިނިވަންކޮށްލީވެސް ހަށިގަނޑު ވަރުބަލިވެ، ހަކަތަ ހުސްވި ފަހުންނެވެ. ހަތެއް ޖެހުމުގެ ކުރިން ފެންވަރަން މަޖުބޫރެވެ. ނަމަވެސް، ހަށިގަނޑުގައިވާ ޒަޚަމްތަކާއި ކެނޑިފައިވާ ތަންތަނުގައި ފެން ބީހުމުން އުފެދޭ ދިލަ އަދި ތަދު ތަހައްމަލު ކުރާނީ ފަހެ ކިހިނެއް ހެއްޔެވެ؟ އަހަރެން އަޅާ ކޮންމެ ފިޔަވަޅަކުން މި ލިބޭ ވޭނަށް ފަރުވާއެއް ލިބޭނީ […]
ބޮޑުދައިތައަކީ އޭނާ ގެންގުޅޭ ކުޅޭ ކުޅޭ ބުދެއް ފަދައެވެ.ހެދިހާ ގޮތެއް ހެދިގެން، ބުނިހާ ކަމެއް ކޮށްގެން އުޅޭއިރު އަމިއްލަ ލެޔާއި އާއިލާއަށް އެއްވެސް ކަހަަލަ އަގަލެއް ކުލުނެއް ނެތެވެ. އޭނާގެ ވެސް ހުރިހާވެސް އެއްޗަކީ މުދަލާ ފައިސާ ކަހަލައެވެ. އެ ދެމީހުންގެ ދަރިންވެސް ހަމަ އެފަދައެވެ. ރިޝްވަތާއި ނުފޫޒުގެ ބާރުގައި ކޮންމެ ފަހަރަކުވެސް ގޮޅީގައި ހައްޔަރުނުވެ ސަލާމަތް ވިޔެއްކަމަކު އެ މީހުންވެސް ދަނީ ތަކުރާރުކޮށް އެތައް ކުށަކަށް އަރައިގަންނަމުންނެވެ. **** މުހުސިނުމެންގެ ގެއަށް ދާން ކިޔާފައި އޮތް […]
ކުޑައިރުކޮޅެއްގެ ތެރޭގައި މުޅި އާއިލާ ސައިބޯން މޭޒުދޮށަށް އެއްވިއެވެ. މޭޒުގެ މެދުގައި ހުރި ހޫނު ސައިގެ ވަހާއި، ތަފާތު ބާވަތްތަކުގެ ކާތަކެތިން މުޅި ތަން ވަނީ މީރުވަސް ހިފާފައެވެ. ނައުރީން ލޯތްބާއެކު އެންމެންގެ ތަށިތަކަށް ސައި އަޅައިދެމުން، ދޭތެރެއަކުން ޒާވިލްގެ ލޮލަށް ބަލާލާ ހިނިތުންވެލައެވެ. އެ މޭޒުމަތީގައި ދެކެވޭ ވާހަކަތަކާއި، އެކަކު އަނެކަކަށް ކުރާ ސަމާސާތަކުން މުޅި ގޭތެރޭގައި އޮތީ އުފާވެރިކަމުގެ ރޫހެކެވެ. (59 ވަނަ ބައި) ހަވީރުގެ ވަގުތެވެ. ސިންކު ކައިރީގައި ހުރެ އަތުގައި ހުރި […]
މަދަހަ: މާތްވީ އެ މައްކާ ރާގު: ޔޭހަވާ ޔޭފިޒާ ޔޭސަމާ އެއަޑުން އިވޭ ތީ ފޮނި އަސަރު ޤުދުރަތުގެ ނަލަވި މީ އޭ އަސަރު ދޭ ހަނދާން މީ އެ އަލިކޮށްލަދިން އެއަޑުން އިވޭ… ********************************** ވަސްވިލާ އުދުހިލާ އަސަރުގެ ހިތޭ އަލި ތަރިން ޖަރީވި މީ ރިހި އުޑޭ ލޯބިން އެތައް ޝުކުރޭ އޮތީ މިތާ ޚާއްޞަވި އެ މާތް ނަންފުޅުން އެއަޑުން އިވޭ… ********************************** ފުހެވި ނުމެދާނޭ މާތްވީ އެ މައްކާ އުހުގައި ބަބުޅައި […]