“ޓޮއް ޓޮއް”
“ދޮންބޭ. އާދެބަ…” ކުޑަކޮށް ދޮރު ހުޅުވާލަމުން އެލާރާ ބުނެލިއެވެ. ފައިލްތައް ލައްޕާލަމުން ދާއިޔަލް އެ ކޮޓަރިން ނިކުތެވެ.
(31 ވަަނަ ބައި)
“ލަޝްކާ ބުނާ ގޮތުން ނަމަ އިމްރާން އޭނާ ރޭޕް ކުރާތީވެ އެކަމުން އޭނާ ސަލާމަތް ކުރުމުގެ ގޮތުން ދާއިޔަލް އޭނާ ރަހީނު ކުރީ” އެލާރާ ބުނެލިއެވެ. “ދޮގު؟ ދާއިޔަލް ވެސް ހަމަ އެހެން ބުނީ. ދެމީހުން އެއްބަސް ކިޔައިގެން ކަމަށް ވެސް ވެދާނެ. އިމްރާން ބުންޏެއްނުން އެދެމީހުން ތިބީ މިހާރު ހިތުބާ ކޮށްގެންނޭ ވެސް” އެޒިކިއެލް ބުންޏެވެ.
“އާދެބާ އެލާއާއި އެކު” އިރުކޮޅަކު ވިސްނަން ހުރެފައި އެލާރާ ދާއިޔަލް ސުވާލު ކުރުމަށް ވައްދާފައި އިން ކޮޓަރިއަށް ވަނެވެ. އެލާރާ ފަހަތުން އެޒިކިއެލްވެސް ވަނެވެ. “ދާއިޔަލް ތި ބުނަނީނުން ދާއިޔަލް ލަޝްކާ ރަހީނު ކުރީ އިމްރާން ލަޝްކާ ރޭޕް ކުރާތީއޭ؟ އެކަމުގެ އެއްވެސް ހެއްކެއް އެބަ އޮތްތަ؟” އެލާރާ އަހައިލިއެވެ.
“އަހަރެން ލަޝްކާ ރަހީނު ކުރި ރޭ އޭނާގެ ޓެސްޓު ތަކެއް ހެދުވިން. އަހަރެން އުޅުން އެޕާޓްމެންޓުގަ މަގޭ ނިދި ކޮޓަރި އެނދު ގޮދަޑި ދަށުގައި އެ ގަނޑުތައް ވާނެ” ދާއިޔަލް ބުނެލިއެވެ. އެލާރާ ބަލައިލީ އެޒިކިއެލްއާއި ދިމާލަށެވެ. “އެލާ މަޑު ކުރޭ. ދޮންބެ މިދަނީ ޔައުއާ އެކީގަ އެގެއަށް” އެޒިކިއެލް މަޑުމަޑުން ބުނެލިއެވެ. އަދި އެތަނުން ނިކުމެގެން ދިޔައެވެ.
ދެން އެކޮޓަރި ތެރޭގައިވީ މަރުފަދަ ހަމަ ހިމޭން ކަމެކެވެ. އެހަމަ ހިމޭންކަން ކަނޑުވާލީ އެކޮޓަރި ދޮރުގައި ޓަކި ޖަހަން ފެށުމުންނެވެ. “މަޑުކޮށްލައްޗޭ” އެލާރާ ތެދުވިއެވެ. ދޮރު ހުޅުވާލި އިރު ދޮރު ކުރިމަތީގައި ހުރީ ލީރާއެވެ.
“ލީރާ؟” ދޮރު ލައްޕާލަމުން އެލާރާ ލީރާއަށް ހުރިހާ ސަމާލު ކަމެއް ދިނެވެ. “އަން…” އެލާރާ ދިއްކޮށްލީ ކުޑަ ޕެންއެކެވެ. “މިއީ؟” އެލާރާ އަހައިލިއެވެ. “ތިއީ ލަޝް އެދެއްކި ވާހަކައަކީ ތެދު ކަމުގެ ހެކި. އަޅުގަނޑުގެ ދަރިފުޅަށް އިންސާފު ހޯދަދީ…” އިސްޖަހާލަމުން ލީރާ އެދުނެވެ.
“ކަންބޮޑު ނުވޭ ދައްތާ. އަޅުގަނޑުމެން މިކަމުގެ ހަގީގަތް ރަނގަޅަށް ބަލާ ތަހުގީގު ކުރާނަން. އިތުރު ދެ ފުލުހުން ވެސް އަލުން އެ ގެއަށް ގޮއްސި އިތުރު ހެކިތައް ހޯދުމަށް” އެލާރާ ބުނެލީ އަމާން ދޭ ގޮތަކަށެވެ. “ނޫން. އިތުރު ހެއްކެއް ބޭނުމެއް ނުވާނެ. ތީ އަހަރެން ވޯޑަށް ބަދަލު ކުރި ދުވަހު ރަޝާ ކިޔާ ކުއްޖަކާ އިމްރާން ދެއްކި ވާހަކައެއް. މީގެންވެސް ފުދޭނެ…” ލީރާ ބޯހޫރުވާލިއެވެ. އޭރު އޭނާ ހުރީ ލަޝްކާ އުޅުނު ހާލާއި މެދު ފިކުރު ކުރެވި ބޯ ފަޅައިގެން ދާ ހާލުގައެވެ.
އެ ޕެންޑްރައިވް ހިފައިގެން އެލާރާ ދިޔައީ އޭނާގެ ކެބިންއަށެވެ. ލެޕްޓޮޕު ހުޅުވާލަމުން އެލާރާ އޭތި އަޑު އަހާލިއެވެ. އިވިގެން ދިޔަ ވާހަކަ ތަކުން އޭނާ އިނީ ކޮސްވެފައެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން އެލާރާ ގުޅީ އެޒިކިއެލްއަށެވެ.
ދާއިޔަލް ބުނި ގޮތަށް ހަމަ ގޮދަޑި ދަށުގައި ސިޓީ އުރައަކަށް ލާފައި އޮތް އެއްޗެއް އޮތެވެ. އެއީ ލަޝްކާގެ ރިޕޯޓެވެ. އޭގައި ލަޝްކާ ރޭޕް ކުރެވިފައިވާ ކަމުގެ ހެކި އެއޮތީ ފެންނާށެވެ. އިމްރާންގެ ޑީ.އެން.އޭ ވެސް ހޯދާފައިވިއެވެ. “މިގެން އިމްރާން ހައްޔަރު ކުރެވޭނެ” އެޒިކިއެލް އެގަނޑުގައި ފުއްޓަކިން ޖަހާލަމުން ބުނެލިއެވެ.
“އަވަހަށް އުޅޭ އިމްރާން ހޯދަން. މިއޮށް ހާދުހު އަހަރެމެންގެ ލޮލުގައި އޭނަ އެ ހުރީ އަނދުން އަޅުވާފަ. ދެންވެސް އޭނާ އެކަން ކުރާނެ. ފިލާފާނެ. ހިނގާ އަވަހަށް ދާން” ޔައުލާން ބުނެލިއެވެ. އެޒިކިއެލް ބޯ ޖަހާލިއެވެ. އެ ކޮޓަރިން ނިކުންނަން އެޅި ފުރަތަމަ ފިޔަވަޅާއި އެކު އެޒިކިއެލްގެ ފޯނު ރިންގުވިއެވެ. ގުޅަމުން ދިޔައީ އެލާރާއެވެ.
“އެލާ. ހެކި ލިބިއްޖެ. މިދަނި-”
“ދޮންބޭ. މަޑުކޮށްބަލަ. ވަރަށް ވަރުގަދަ ހެއްކެއް އެލާ އަށް ވެސް ލިބިއްޖެ” އެޒިކިއެލްގެ ވާހަކަ ހުއްޓުވާފައި އެލާރާ ބުނެލިއެވެ. ޔައުލާންއާއި އެޒިކިއެލްއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. “ކޮން…؟” ޔައުލާން އަހައިލިއެވެ. އެލާރާ އެއްވެސް އެއްޗެއް ނުބުނެ ލެޕްޓޮޕު އަޑު ޖައްސާލިއެވެ.
***
ޔައުލާންއާއި އެޒިކިއެލް އެނބުރި ސްޓޭޝަނަށް ދިޔައިރު ބޭރު ބެންޗުގައި އިމްރާން އިނެވެ. އިތުރު އުނދަގޫ ތަކެއް ނުޖެހި އޭނާ ފެނުމުން ދެމީހުނަށް ވެސް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދެ ފުލުހުން ވައިންތަން ފެނުމުން އިމްރާން ކޮޅަށް ތެދުވިއެވެ. ދުވަމުން ކަހަލަ ގޮތަކަށްއައި އެދެމީހުން ކުރިމަތީގައި ހުއްޓުނެވެ.
“ކޮބާ ކީކޭ އޭނަ ބުނީ؟” ޔައުލާންގެ މޫނަށް ފަރުވާތެރިކަމާއި އެކު ބަލައިލަމުން އިމްރާން އަހައިލިއެވެ. ޔައުލާން ބަލައިލީ އޭނާގެ ފަހަތުގައި ހުރި އެޒިކިއެލްއަށެވެ. އެއާއި އެކު އެޒިކިއެލް ކުރިއަށް ފިޔަވަޅު އަޅާލިއެވެ. އެޒިކިއެލްގެ އަތުގައި އޮތް ބިޑި ފެނި އިމްރާންގެ ދެލޯ ބޮޑުވިއެވެ.
“މުހައްމަދު އިމްރާން. އިމްރާން މި ހައްޔަރު ކުރެވެނީ ލަޝްކާގެ އުމުރުން 6 އަހަރުން ފެށިގެން އޭނާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި” އިމްރާންގެ އަތުގައި ބިޑިއަޅުވަމުން އެޒިކިއެލް ބުނެލިއެވެ.
“ކީކޭ ކިޔާނަމޭ ހިތާ ތިއުޅެނީ؟ މަށެއް ނޫނޭ ލަޝްކާ ރޭޕް ކުރީކީ. އެ ދާއިޔަލްއޭ. ކާކު ކީކޭ ކިޔައިގެން ތިއުޅެނީ؟ އެ ރަޝާ ދޯ ތިހެން ކީ؟” އަޑުގެ ނެތްތަނަށް އިމްރާން ހަޅޭ ލަވަން ފެށިއެވެ. އެއަޑަށް އެތެރޭގައި އިން ލީރާވެސް ބޭރަށް ނުކުތެވެ.
އިމްރާން ދައްކަން ޖެހޭ ވަރަށް ވާހަކަ އެބަ ހުރި. ސުވާލު ކުރާ ކޮޓަރިއަށް ވަދެވެންދެން މަޑުކޮށްލާ” އެޒިކިއެލް ބުނެލިއެވެ. ޔައުލާން ހިނގައިގަތީ ލީރާ ކައިރިއަށެވެ. “ލަޝްކާ ނޫން އެހެން ކުއްޖެއް އިމްރާން ހުންނަކަން އެނގޭތަ؟” ޔައުލާން ކޮށްލި ސުވާލު ބޭރަށް ނިކުންނަން އައި ލަޝްކާއަށް ވެސް އިވުނެވެ. ވަގުތުން އެތަނުގައި ކުޑަވަރެއްގެ ބޮމެއް ގޮވިފަދައެވެ.
(ނުނިމޭ)
ތިރީސްދެވަނަބައިގެ ތެރެއިން:
“ބަނޑުބޮޑޭ؟ ތި ދަރި ބޭނުމޭ؟ ކަލޭ މޮޔަވީތަ؟؟” ދަތްކުނޑިވިކާލަމުން އިމްރާން އަހައިލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Omg haadha reechey MA🥰
Ehme interesting part in this nimaalee🫠
CW4THENEXTP 😊
TC😘
jazaakallah khairan sheez 🩶🫶🏻
next in sha allah haveer 4 ga🫶🏻
tc 2
Imraan alhe kon dhogeh hadhaanamey hithaa tha e ulheny?? Hama kadu fahthaalan v😖
Then dhaaiyal dhookuran v ey!!
So rasha n lash r hama half siblings dhw?
Btw mi part hama vrh.reethi MA! Was Entertained through out👏
Waiting for next!😊
ly n tc💓
hama asluvesss dhwww imraaaannn aaahhh i hate hiimmm..
well.. hehe neynge dhww.. next episode is out now go reaadd..
likewise 🩶🫶🏻
Mi part ves varah reethi. Elaaraa ah koacheh baa fenunee ? Rashaa kon vaahaka eh baa imraan aa dhekke. Lashkaa and rashaa are siblings? Curiously waiting for next part???
jazaakallah khaira miss rose 🩶🫶🏻
all those questions will be answered soon hehe.. next is out now