Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލައިޝާގެ ހީލުން ދެކިފާ

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
April 14, 2026 4 Mins Read
11 Comments

ބާރު ހިގުމެއްގައި ހިގާފައި އައި ޒައިންގެ ހިތުވިންދު ވަނީ އެތަކެއް ގުނައެއް އިތުރުވެފައެވެ. ހަވީރު ގަނޑިވީމައި މަގުމަތީގައި އެތަކެއް މީހުންނެއް އުޅެއެވެ. އެކި ފުރާގެ މީހުންނެވެ. ލީވާންގެ މިސްރާބު ހުރީ ކައުންސިލް ވޮލީ ކޮޓާއި ދިމާއަށެވެ. އޭނާގެ ހިތުގެ ރާނީގެ އިންތިޒާރުގައި ހުރެމެ ޒައިން އެދަނީ އެކަމަނާ ދެކިލާށެވެ.

ލައިގެން އިން ދޫޖިންސް އާއި ފެހި ކުލާގެ ގަމީހުގައި ޒައިން ފެންނަލެއް ހިތްގައިމެވެ. އެތަކެއް އަންހެން ކުދިންނެއްގެ ކަޅިތަށް އޭނާ އަށް ހުއްޓެއެވެ. އެކަމު މާކުރީއްސުރެއް ޒައިންގެ ހިތުގައި ބިންވަޅު ނެގިފައިވަނީ އެއްމެ ސޫރައެކެވެ. އާއެކެވެ. އެއީ ލައިޝާ އެވެ. ގްރޭޑް 1 ސުރެއް ފަށާގެން ޒައިންގެ ދެލޮލުގެ ނޫރަކަށް ވެފައިވަނީ ލައިޝާ އެވެ. މިހާރު ޒައިން އާއި ލައިޝާ އާއި ކުޑަކޮށް ވާހަކަ ދައްކައި ހަދައެވެ. އެއް ކޮލާހެއްގައި އުޅުނެއް ކަމަކު ޒައިން އަކަށް ލައިޝާ އާއި ވާހަކަ ދައްކާލާނެ ހިތްވަރެއް ނުލިބެއެވެ. އޭނާ އެއަށްތުރެއް ލަދުގަނެއެވެ.

ވޮލީކޯޓް ތެރޭގައި އޭރު ވެސް އެތަކެއް އަންހެން ކުދިންނެއް ފޯރީގައި ވޮލޯ ކުޅުމުގައި އުޅެއެވެ. ވަށައިގެން އަޅައިފައިވާ ތިރި ފާރުބުރިމަތީ އެހެން ފިރިހެން ކުދިން ވެސް ތިއްބެވެ. އެމީހުން ދިޔައީ އެތެރޭގައި ތިބި ކުދިންނަށް ހިތްވަރު ދެމުންނެވެ. ޒައިން ވެސް ގޮސް ފިރިހެން ކުދިންތަށް ކާރީ ޖައްސާލިއެވެ. އޭނާގެ ކަޅި ހޯދަމުން ދިޔައީ ލައިޝާ އަށެވެ. މާގިނައިރަކު ހޯދާކަށެއް ނުޖެހުނެވެ. ލައިޝާ ފެނިއްޖެއެވެ. ޒައިން އަށް ބަލާލެވުނު ވަގުތަކީ ލައީޝާ އަށް ވެސް ބަލާލެވުނު ވަގުތެވެ. އެހެންކަމުން ޒައިންގެ ހިތަށް އުފާވެރިކަން އިންތިހާއަށް ވެރިވިއެވެ. ލައިޝާ ޒައިން އަށް ހިނިތުންވެލިއެވެ. ފުރަތަމަ ޒައިން އިނީ ހުއްޓުން އަރާފައެވެ. ދެވަނަ ސިކުންތުގައި އޭނާ ވެސް ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލިއެވެ.

ލައިޝާ އާއި ޒައިން އަކީ ގްރޭޑް ދިހައެއްގައި ކިޔަވަމުން ދާ ދެކުދިންނެވެ. ދެކުދިން ވެސް އުޅެނީ އެއްކްލާހެއްގައެވެ. އެއީ ޒައިން ދެކޭ ގޮތުގައި ވަރަށް ފަޙްރުވެރި ވާންވީ ކަމެކެވެ. އޭނާ އަށް ލައިޝާ ނުފެނިއްޖެއްޔާ މިކަހަލަ އުފާވެރިކަމެއް ހިތަށް ލިބޭނެ ހެއްޔެވެ؟ އެއީ އަބަދުވެސް ޒައިން ބުނާ އެއްޗެކެވެ.

ބަންގި ގޮވުމުން ކުޅުން ހުއްޓާލިއެވެ. ވާމް ޑައުން ހަދާފައި ކުދިންތަށް ކޯޓުން ނުކުންނަން ފަށާފިއެވެ. ލައިޝާ ވެސް ފަރި ގޮތަކަށް ހިގާލާފައި އައިރު އޭނާގެ ނަޒަރު ސީދާ ވެފައިވަނީ ޒައިން އާއެވެ. ޒައިން ގެވެސް ނަޒަރު ސީދާ ވެފައި ވަނީ ލައިޝާ އާއެވެ. ހީވަނީ މިދުނިޔެމަތީ ތިބީ ހަމައެކަނި އެދެމީހުން ހެންނެވެ.

“ކިހިނެއްވެފަތަ ތިހުންނަނީ..؟ މާވަރަކަށް ބަލަނީ..؟” ލައިޝާ ރަކި ގޮތަކަށް އަހާލިއެވެ. ޒައިން ހީލިއެވެ.

“މާރީތި ވީމަ ދެން ބެލޭނު..” މިގޮތަށް ދެމީހުން ދެމީހުންނާއި ވާހަކަ ދެއްކުމަކީ ޒައިން އާއި ލައިޝާގެ އާދައަކަށް ވެއްޖެއެވެ. ދެމީހުން ކުރެ އެކަކު ވެސް އެމީހެއްގެ ހިތުގައިވީ އެއްޗެއް ނާނގައެވެ. އެއައްތުރެއް މާފިނޑީއެވެ.

“ހޫމް ހޫމް.. މާދަން ސްކޫލަށް އަންނަށްޗޭ..” އެހެން ބުނެ ލައިޝާ ހިގާގަތެވެ. ޒައިން ވެސް އާއެކޭ ބުނެ އޭނާ ވެސް މިސްރާބު ޖެހީ މިސްކިތާ ދިމާއަށެވެ.

އިޝާ ނަމާދަށް ފަހު ކާން އަރާ އިން ޒައިންގެ ބޮލުތެރޭ ވަނީ ބޮޑު ހައިޖާނު ގަނޑެއް އުފެދިފައެވެ. ލައިޝާ ކާރީގައި އޭނާގެ ހިތުގައިވާ އުދާސް ތަކާއި ހިތަށް އަރާ އެއްޗެހި ކިޔާދޭން ކިތައްމެހާ ވެސް ބޭނުމެވެ. އެކަމު ކިހިނެއް ހެއްޔެވެ؟ ޒައިން އެއްމެ ފަހުން ގޮތް ނިއްމިއެވެ.

“ދެން ތިހާ ވަރަށް ނުވިސްނަ ބަލަދޯ..” ލައިޝާގެ އެއްމެ ގާތް އެކުވެރިޔާ އަމަތް ބުންޔެވެ. އޭނާ އިނީ ލައިޝާ ކާރީ އެގެޔަށް ގްރޫޕް ސްޓަޑީ އަކަށް އައިސް އެވެ. ކިޔެވުމުގެ ބަދަލުގައި އެދެކުދިން ދައްކަމުން ދިޔައީ އެހެން ވާހަކަ އެކެވެ.

“އެކަމު އޭނަ އުޅޭ ގޮތުން އެނގެޔޭ އޭނަ އަހަރެން ދެކެ ލައިކް ވާކަން.. އެކަމު އޭނާ އަކަށް ނުކެރެ ބުނާކަށް..” އެނދުމަތީ އޮވެގެން ބާލިސް ތެރެއަށް ބޯ ގަންބާލަމުން ބުނެލިއެވެ. އަމަތް ދެކޮޅަށް ބޯހުރާލިއެވެ.

“ދެން ކަލެޔަކަށް ނުކެރެއެއްނު ބުނާކަށް..” އެހެން ބުނުމުން ލައިޝާ އަމަތް އާއި ދިމާއަށް ލޯ އަޅާލިއެވެ.

މޭޒުމަތީ ބޮނޑިކޮށްފައި ހުރި ބާވަރެއް ކަރުދާހުގެ މެދުގައި އެހެން ކަރުދާހެއްގައި ލިޔަން އިން ޒައިން މޫނުމަތީވީ ހިނިތުންވުމެކެވެ. އެތަކެއް ފަހަރު ލެޔެ ލިޔެފައި ގަނޑު ކަޑާފައި އުޅެ އުޅެފައި އެއްމެ ފަހުން އޭނާ ހިތްހަމަ ޖެހޭ ގޮތަށް ލިޔެވުނީ އަދި މިފަހަރު އެވެ. ލިޔެ ނިމުމުން ޒައިން އަނެއްކާ ވެސް އެ ކިޔާލިއެވެ. ޒައިން ލަދުން އުޅޭ އަންހެން ކުއްޖެކޭ އެއްވަރެވެ. މޫނުމަތީ އަތްއަޅާފައި ހޭރު އޭނާ ހުރީ ވަރަށް އުފާވެފައެވެ. ނިދަން އެރީވެސް ފޮނި އުންމީދު ތަކެއް ކުރަމުންނެވެ.

ސްކޫލް ވަގުތު ހޭދަވެގެން ދިޔައީ ހަމަ އެހެން ދުވަސް ތެކެކޭ ވެސް އެއްފަދައިންނެވެ. ސްކޫލު ގަނޑި ނިމި ތިރިއަށް ފައިބަން ވެގެން ކުދިން ސަފުގައި ތިއްބައި ޒައިން އައިސް ލައިޝާގެ އަތުތެރެ އަށް ގަނޑުކޮޅެއް ލިއެވެ. އަދި ބުނެލިއެވެ.

“ކިޔާލައްޗޭ..” އެހެން ބުނެ ޒައިން ދުއްވައިގަތެވެ. ލައިޝާ ހުރީ ހައިރާންވެ އަންތަރީޒް ވެފައެވެ. އެކަމު އޭނާހެ ހިތު ވިންދު އެހާ ވެސް އަވަސް ވެއްޖެއެވެ. އަމަތް އައިސް ލައިޝާގެ ކޮޑުގައި ޖަހާލާފައި ބުމަ އަރުވާލީ ދިމާ ކުރާފަދަ ގޮތަކަށެވެ. ލައިޝާގެ ވެސް ހުރީ ގެޔަށްދާން ކެއްމަދު ވެފައެވެ. އެގަނޑު ކޮޅުގައި ލިޔެފައި އޮތް އެއްޗެއް ކިޔަން އޭނާ ކިތައްމެހާ ވެސް ބޭނުމެވެ.

ގެޔަށް ދިޔަގޮތަށް ގޮސް ފެންވަރައި ހަދައިގެން ލައިޝާ އައިސް އެގަނޑުކޮޅު ނެގިއެވެ. އަދި އެދަށް ޖެހިގަތެވެ. ގަނޑުކޮޅު ހުޅުވާލުމާއި އެކީ ލައިޝާގެ ހިނިތުން ވުން ފުންވިއެވެ.

“ލޯބިވާ ލައިޝާ އަށް..

ލޯބިވާ އޭ ބުނަމު ހެއްޔެވެ؟ މިވާހަކަކޮޅު އަހަރެން ލިޔަން ނިއްމީ ހަމަގައިމު ވެސް ކަލާ ކުރިމައްޗަށް އަރައި މިހުރިހާ ވާހަކައެއް ނުކިޔޭނެތީއެވެ. މިހިތަށް ކެއްނުވާތީއެވެ. މިހިތް ބޭނުން ވަނީ ކަލާޔަށް މިހިތުގެ އަޑު އިއްވާދޭށެވެ. ބުނަމު ހެއްޔެވެ؟ ކަލާގެ ތިޔަ ހަނދެއްފަދަ މޫނު ފެނުނު ފުރަތަމަ އަހަރެންގެ މުޅި ހިތް އެކީހެން ތިޔަ ފުރާނައަށް ލެނބުނެވެ. ބުނަމު ހެއްޔެވެ؟ އަހަރެންނަށް ތިޔަ ލޯބިވާ ފުރަތަމަ ފެނުނު ދުވަހު ތިޔަ މަލާ ހުރީ ދަނބު ކުލާގެ ދިގުހެދުމަކާއި ކަޅު ކުލާގެ ޕްލީޓެޑް ބުރުގަލެއް އަޅާގެންނެވެ. ތިޔަ ހަނދު ހިގާލާފައި ދިޔަ ފަރި ގޮތް ފެނިފައި އަހަރެން ހުރީ ކަޅި ޖަހާ ނުލެވިފައެވެ. ދޮގެކެވެ. އަހަރެން މިދައްކަނީ އެހެން ދުވަހެއްގެ ވާހަކަ އެކެވެ. ފުރަތަމަ އަހަރެންނަށް ކަލޭ ފެނުނީ ގްރޭޑް އެކެއްގައި އުޅެނިކޮށެއް ނޫންހެއްޔެވެ؟ ދެވަނަފަހަރަށް ބޮޑަށް ކަލާޔަށް މިހިތް ލެނބުނީ އެދުވަހުއެވެ. އެދުވަު ކަލާ ދިޔައީ ކަލާގެ ދެއެކުވެރިއެއް ގިވާގެން ހިގާލާށެވެ.

ދެން އެވާހަކަ ބާއްވަމާތާއެވެ. ޔާރު އަށް އެނގޭ ހެއްޔެވެ؟ އަހަރެންގެ މިހިތް ކަލާޔަށް ނިކަން އެދެއެވެ. އަބަދު ވެސް އެދެވެނީ ކަލާއަށެވެ. އެކަމު ކަލާޔަށް އެކަން ނޭނގި ކަލާ ކާރީގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން އެއްމެބޮޑަށް ކަލާ އަށް ގަޔާވާކަމަކީ ކަލާގެ ހިނިތުން ފެނިފައެވެ. ތިޔަ ލޯބި ހިނިތުންވުން ފެނިފައި އަހަރެންނަށް ކަޅި ޖަހާލަން ހަދާން ނެތުނެވެ. ހިގައިގަންނަން ވެސް ނޭނގުނެވެ. އެހާ ވެސް އަސަރު ކޮށްފިއެވެ.

ދެން ތިޔަ މަލާ ބުނެބަލާށެވެ. ތިޔަ މަލާގެ ޖަވާބަކީ ކޮބާ ހެއްޔެވެ؟ ތިޔަ މަލާ ނޫނެކޭ ބުންޔަސް އެއްމެ ރަގަނޅެވެ. އެއީ ތިޔަ ކަމަނާގެ ކަމެއް ނޫންހެއްޔެވެ؟ ކަމަނާ އަށް އެހައްޤު އެބައޮތެވެ. މައްސަލައެއް ނެތެވެ. އެކަމު އާއެކޭ ނަމަ އަހަރެންނާއި ބައްދަލު ކުރަން މިއަދު 2 ޖަހާރު ބީޗަށް އާސްދާނަން ހެއްޔެވެ؟ އެނގެއެވެ. އެއީ ވަރަށް އެހެން ކަހަލަ ގަޑިއެކެވެ. އެކަމު އެވަގުތަކީ އެހެން މީހުން އެހާ ބޭރުތެރޭ އުޅޭނެ ވަގުތެއް ނޫނެވެ. ކަމަނާ ގޮތް ނިއްމާށެވެ. އަހަރެން މީނީ ތިޔަ މަލާގެ އިންތިޒާރުގައެވެ.

ވަރަށް ލޯބިވޭ، ޒައިން..”

ސިޓީ ކިޔާ ނިމުނީރު ލައިޝާ އަށް ރޮވިއްޖެއެވެ. މީހަކު އޭނާ އެހާ ބޭނުން ވެގެން މިވަރު ކުރި އަދި މިފަހަރު އެކަންޔެވެ. ކުރިމަތީ ބުނާނެ ހިއްވަރެއް ނެތީމައި ގަނޑު ކޮޅެއްގައި ވެސް ލިޔެގެން އޭނާ ބޭނުންވާ ވާހަކަ އެއޮށްތީ ބުނެފައެވެ. ލައިޝާގެ ލޮލުން އައީ ހިތާމައިގެ ކަރުނައެއް ނޫނެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. ވަގުތުން ލައިޝާ ބުރުގަލެއް ބޮލަށް މަހާލައިގެން ނުކުމެ ހިގައިގަތެވެ. ދުވެފައި ކަހަލަ ގޮތަށްކަށް ގޮސް ލައިޝާ ފޭބީ ބީޗަށެވެ. އޭރު އޭނާގެ އިންތިޒާރުގައި ޒައިން އިނެވެ. ލައިޝާގެ ފިޔަވަޅުތަކުގެ އަޑު އިވުނީ ކަންނޭނގެއެވެ. ޒައިން އެނބުރި ބަލާލިއެވެ. ލައިޝާ ހިނިތުންވެލިއެވެ. ޒައިން ވެސް ހީލިއެވެ.

“އަހަރެންގެ ޖަވާބަކީ އާއެކޭ..” ލައިޝާ އައިސް ޒައިން ކާރީ ހުއްޓިލަމުން ބުނެލިއެވެ. ޒައިން އަށް ހީވީ މުޅި ދުނިޔެ ރަންވި ހެންނެވެ. އޭނާ އުފަލުން ނުވިރުނީ ކިރިޔާއެވެ.

ލައިޝާ އަށް އޭނާގެ ލޯބިވެރިޔާ ލިބުނީއެވެ. ޒައިން އަށް ވެސް އޭނާގެ ލޯބިވެރިޔާ ލިބުނީ އެވެ. ދެމީހުންނަށް ވެސް ދެމީހުން ލިބުނީއެވެ. އުފާވެރި ނިމުމެކެވެ. ފުރާވަރު ލޯބްބަކީ ވަރަށް މަދުފަހަރަކު ނޫނީ ދެމި އޮންނަ އެއްޗެއް ނޫނެވެ. އެކަމު އެލޯބި ދެމިއޮންނަ ކުދިންނަނީ ވަރަށް ވެސް ނަސީބު ގަދަ ކުދިން ކޮޅެކެވެ.

*ނިމުނީ*

މިއީ އަޅުގަނޑުގެ އެކުވެރިޔަކަށް ނިސްބަތް ކޮށް ލިޔުނު ވާހަކަ އެކެވެ. މި ވާހަކަ ތިޔަ އެކުވެރިޔާ ކިޔާނެކަން ކަށަވަރެވެ. މި ވާހަކަ އެކުވެރިޔާ އަށް ރީތި ވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރަމެވެ.

 

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 1

Next

ނާކާމިޔާބީގެ ޒައްރުން

Next
April 14, 2026

ނާކާމިޔާބީގެ ޒައްރުން

Previews
April 14, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 1

11 Comments!

  1. lola says:
    April 14, 2026 at 8:01 pm

    Vaahaka overall koh ragalhu ekamaku liyun eba jehey maa bodah vx improve kuran. Improve kohfa site thakah story liyan fashaa. For now, just keep practicing

    1. _MuXo_ _MuXo_ says:
      April 14, 2026 at 8:06 pm

      Thank you so much for the feedback!!
      I really appriciate it!!
      IA I will try my best!

  2. SHEEX says:
    April 14, 2026 at 8:18 pm

    OMG V REETHI MA🎀
    V REETHI MI SHORT STORY ❤️
    WOW MUXO WE NEED SOME ONE LIKE UR FRIEND’S BF❤️
    CONGRATULATIONS 🎊 TO UR FRND
    SINGLE KUDHIN MEETHI KIYAAFA ROANE KAN HAMA KASHAVARU!! HEHE!! 🥹🥹🥹🥹
    I FELT THE SAME HAPPINESS AS THEM🫠
    TC & LY MUXO 🥰

    1. _MuXo_ _MuXo_ says:
      April 15, 2026 at 2:03 pm

      Happy to know that you loved this story 🥰
      Hehe.. Eii friend ge bf eh noon.. I’m just feeding my friends delulu 😭
      Aslu ves.. i also really wish someone would conference me like that; 😭💙
      Love you more, you also take care sheex ✨

    2. Sheex says:
      April 15, 2026 at 7:12 pm

      Adhi muxo ah ragalhu MEEHAKU fennaanne
      INSHA ALLAH
      SHEEX mihunanaee reject kohkoh boagovaafa
      Muxo ah half fonuvaalan veedhww
      Hehe
      Eyrun sheex ah kiyaa ragalhu
      Hehe

    3. Anonymous says:
      April 21, 2026 at 1:57 pm

      Omggg muxooo. Thankuuu 🤍 vrh loabii mi vhk🤩

  3. Lilac says:
    April 15, 2026 at 1:04 pm

    Ma v Reethi 💖
    I have a friend that relates to this story
    And i love it
    Btw do u use Instagram
    Tc💗

    1. _MuXo_ _MuXo_ says:
      April 15, 2026 at 2:04 pm

      Thank you Lilac 💙
      Really..? How lucky ✨
      Yes.. I do..
      If you want my id, it is muxo3533 ✨
      You also take care 🤗

  4. Iwbsk says:
    April 15, 2026 at 1:40 pm

    Kaley ey bunyma kamunudhey e note kolhuga🤦

    1. _MuXo_ _MuXo_ says:
      April 15, 2026 at 2:01 pm

      Ehen tha bunevifa inee?
      If so I guess that is a typing mistake

  5. Story lover says:
    June 5, 2026 at 9:20 pm

    Love the story

Comments are closed.



All Right Reserved!