Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 58

Listen to this story Audio · 5:16 Powered by Esfiya Voice
0:00 5:16

އިރު އޭގެ ރަންދޯދިތައް ދުނިޔެއަށް ދައްކާލި އިރު ޒާލާ އޮތީ ނިދިފައެވެ. މުޅި ކޮޓަރެ ވަނީ އެއްވެސް ތަރުތީބެއް ނެތިއެވެ. ގިނަ ބާލިސްތަކަކާއި ފޮތިގަނޑުތައް ހުރުމުން އެކަމުން އަންގައިދެނީ، އެތަނުގައި އެރޭ އެހެން ބަޔަކުވެސް ނިދިކަމެވެ. އިރުކޮޅެއް ފަހުން ދޮރު ހުޅުވާލާފައި އިނާރާއާއި ދުއާ ވަނެވެ. އަތުގައި ޗޮކޮލެޓް ކޭކެއް އޮތް އިރު އޭގައި އައިސިންގިން ‘އަޕް ފޯރ އަ ނިއު ޗެޕްޓާރ’ ޖަހާފައި އިނެވެ. ކޭކު ގެންގޮސް އެނދު ކައިރީގައި އިން މޭޒުގައި ބައިންދާފައި އޭނާ ގޮސް ޒާލާ ގާތުގައި އިށީނެވެ.

(61 ވަނަ ބައި)

“ޕޮއް!!!”

ޒާލާގެ ކަންފަތް ބުޑުގައި ހަޅޭއްލަވައިގަން އަޑަށް އޭނާއަށް ހޭލެވުނެވެ. އޭރު ކައިރީގައި ހީހީ އިން އިނާރާ ފެނި ޒާލާ ތުންކޮޅު އޫކޮށްލިއެވެ. “ދެން އަޅެ. މި އިނާމެން ނުވާނެ ރަނގަޅެއް” ތެދުވެ އިށީންނަމުން ޒާލާ ބުނެލިއެވެ. އެވަގުތު ދުއާ އަތުގައި އިން ކޭކު އޭނާގެ ލޮލުގައި އަޅައިގަތެވެ.

“ލާލާ. އިނގޭ މި ދުވަސްކޮޅު މިއީ ލާލައަށް ވަރަށް އުނދަގޫ ދުވަސްކޮޅެއްކަން. އެހާ ގިނަ ދުވަހު އެއްކޮށް އުޅުން ބައިވެރިޔާ ގެއްލުމުން ކޮންމެ މީހަކުވެސް ހިތް ކުދި ކުދި ވާނެ. އެއީ ވާނެ ކަމެއް. އެކަމަކު… ދެން ތިބޭ މީހުނާއި މެދުވެސް ވިސްނާލާ ލާލާ. އަހަރެމެން އެންމެން މިތިބެނީ ލާލާ އެނބުރި އަންނާނެ ދުހެއްގެ އިންތިޒާރުގައި. ލާލާ. ކެއްކުރޭ. ދަރިން ނުލިބުން އެއީ ލާލާގެ ކުށެއް ނޫން. އަކްނާންއަށް އެއީ ލާލާގެ ކުށެއް ކަމުގައި ފެންނަންޔާ އެއީ އޭނާގެ ކަނުކަން. މޮޔަކަން. ތީ ޖަވާހިރެއް. އަކްނާން އެއީ ބޮޑު ޖަވާހިރެއް ލިބިފައި އިންދާ ގާ ހޮވަމުން ދިޔަ މޮޔައެއް. އޭނާ މަތިން ހަނދާން ނައްތާލާ. އެއަށްވުރެ މާ ރަނގަޅު މީހެއް އަދި ލާލާއަށް ލިބޭނެ. އިންޝާ ﷲ ލިބޭނެ”

ދުއާގެ އެވާހަކަކޮޅު ނިމުން އިރު ޒާލާގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. އުފަލުންނެވެ. އެފަދަ އެކުވެރިން އޭނާއަށް ދެއްވީތީ މާތް ﷲ އަށް ޝުކުރު ކުރެވުނެވެ.

ކުޑަ ގެޔެކެވެ. ފާރު ތަކުގައި ފެހި ޖަހާފައި ހުރި އިރު ގޭތެރޭގައިވީ ބިންގަނޑުގައިވެސް ވިނަ ފަޅާފައިވީ ހިނގަން އުނދަގޫ ވާވަށެވެ. ނަމަވެސް ދޮރާށިން ފެށިގެން ގެއަށް ވަންނަ ދޮރާހަމައަށް ހުރި ވިނަތައް ޗިސް ޗިސް ވެފައި ހުރުމުން އެތަނުގައި ބަޔަކު ހިނގާކަން ދޭހަ ކޮށްދެޔެވެ.

ސިޓިންގ ރޫމުގައި އިން ޒުވާނާގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ބަލާބެލުމުން ހީވަނީ 20ގެ ފަހު އަހަރުތައް ގުނަމުންދާ ޒުވާނެއް ހެންނެވެ. ވާ އަތުގައި މަލަން އަޅާފައިވީ އިރު އޭނާގެ ދެލޯ ވަނީ ވަޅުވަދެފައެވެ. ތުނބުޅިއެއް ނެތް ނަމަވެސް، ބޮލުގައިވީ އިސްތަށިތައް ފުދޭވަރަކަށް ދިގެވެ. ތުންފަތް ހިކިފައިވީ އިރު މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. އެއީ އަޒީންއެވެ.

ކޮޓަރި ދޮރު ހުޅުވާލާފައި މަޒީނާ ނިކުން އަޑަށް އަޒީންއަށް އެދިމާލަށް ބަލައިލެވުނެވެ. މަޒީނާއަށް ހިނިތުންވެލި ނަމަވެސް އެމޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. މަޒީނާއަކީ އަޒީންގެ ކޮއްކޮއެވެ. ކުރުކުރުކޮށް ހުންނަ މަޒީނާއަކީ ލޯބި ކުއްޖެކެވެ. އުމުރުން އެންމެ 19 އަހަރުގެ މަޒީނާ އަދިވެސް ހީވަނީ 14 އަހަރުގެ ކުޑަ ކުއްޖެއް ހެންނެވެ. ފަލަ ނޫނަސް ލޯބި ކޮލެއް އިނދެޔެވެ. ކުޑަކުޑަ ދެލޮލެއް ލިބިފައިވީ އިރު ދިގު އެސްފިޔަތަކެއް ލިބިފައިވެޔެވެ. އިރު އަލިކަމާ ނުލާވެސް އެދެލޮލުގައިވީ މަޑު މުށި ކުލަ ހުރީ ފެންނާށެވެ. ހިތިފަތު ބުމައެއް ލިބިފައިވީ އިރު ފިނިފެން މަލެއްގެ ފިޔަފަދަ ތުންފަތުގައިވީ ގުދުރަތީ މަޑު ފިޔާތޮށިކުލައެކެވެ. ބަލާ ބަލާ ފޫހި ނުވާނޭ ފަދަ ރީތި ކަމެއް އޭނާއަށްވަނީ ލިބިފައެވެ.

އާދައިގެ މަތިން މިއަދުވެސް ހަސްފަތާލު ވަނީ ހަލަބޮލިވެފައެވެ. ބަލި މީހުންތައް ކެއްސާ އަޑާއި މާޔޫސްވެ، ކަންބޮޑުވެފައިވީ މޫނު ތަކެވެ. ނަރުހުންތައް ދެކޮޅަށް ދުވަމުން ދިޔަ އިރު ކައުންޓަރ ތަކުގެ ‘ބީޕް’ އަޑުން މުޅިތަން ވަނީ އެއްއަޑު ވެފައެވެ.

“އާދަމް އަޒީން ކިޔަނީ. ކިޑްނީ ފެއިލް ވެގެން. ނޭކުރެންދޫ ބައެއް އެއީ. މިއަދު މިކޮޅަށް އައީ” އަޒީންގެ ކޭސް ފައިލް ޒާލާ އަތައް ދެމުން ފައިހާ ބުނެލިއެވެ.

“ޑައިލަސިސް ދޯ؟” އެގަނޑުތައް ބަލާލަމުން ޒާލާ ބުނެލިއެވެ. “ވަޓް…؟ ޕޮލިސް ކެއާރ އޭ؟” ޒާލާގެ ދެލޯ ބޮޑުވިއެވެ.

“ހާން. މަސްތުވާ ތަކެތި ބޮއެ ބޮއެ އޭނާ ހަލާކުވީ. ހައްޔަރު ކޮށްފަ ހުރީވެސް. މިހާރު އެހުރީ އެކަމަކު ދޫކޮށްލާފަ. ގޭބަންދަށް” ފައިހާ ކިޔައިދިނެވެ. ޒާލާ މަޑު ‘އޯހ’ އެއް ލައްވާލިއެވެ. ހަގީގަތުގައި އެކަހަލަ މީހަކަށް ފަރުވާ ދޭން ޖެހުމުން އޭނާ ހުރީ ހިތް ނުތަނަވަސްވެފައެވެ. އެހެން ވިޔަސް އެމީހުނަށްވެސް ލިބިދޭން ޖެހޭ ފަރުވާ ލިބެން ޖެހޭނެ ކަމަށް ޒާލާ ގަބޫލު ކުރެޔެވެ. އެވަގުތު އެއްލި ކަޅި އަކުން އަޒީންގެ އުމުރު އޭނާގެ ލޮލުގައި އަޅައިގަތެވެ.

“އެންމެ 21 އަހަރު…؟” ހިތާ ހިތުން ޒާލާއަށް ބުނެވުނެވެ. އެހާ ޅަ އުމުރުގައި ހަލާކު ވެގެން ދިޔަ އަޒީންގެ ދިރިއުޅުމާއި މެދު އޭނާއަށް ވިސްނެން ފެށުނެވެ.

“ލާލާ އަނެއްކާ އެސޮރަށް ހިތް ނުކިއްޔާވެސް ރަނގަޅު. ވަރަށް ރީތި މީހެކޯ އެއީ. ބޮއެ ބޮއެ ގޮސް ހީވަނީ އެކަމަކު 30 އަހަރު ވާން އުޅޭހެން.. އެކަމަކު ވަރަށް ވަރަށް ރީތި”

“ހޫންންން. ނޫޅެން” ފައިހާގެ އަތުގައި ވިކައިގަންނަމުން ޒާލާ ބުނެލިއެވެ.

(ނުނިމޭ)

ފަސްދޮޅަސްދެވަނަބައިގެ ތެރެއިން:

“ހަހަ. ވާނެ ދޯ ކޮން ކަހަލަ ކުއްޖެއް ތޯ ވެސް ބަލަން؟” އުފަލުން ހުރެ ބަނޑުގައި ފިރުމާލަމުން ލަޝްކާ ބުންޏެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. MaZy

    Luveeeddddd thissss parttt 🤭😍
    Curiously waiting for next ep
    😩

    1. shihaamaa ali
      MaZy

      jazaakallah khairan MaZy 🩶🫶🏻.. in sha allah next maadhan nun aneh dhuhun

  2. Exxo

    Nice

    1. shihaamaa ali
      Exxo

      jazaakallah khairan Exxo🩶🫶🏻

  3. Anonymous

    Wonderful.Lash n kithah month?

    1. shihaamaa ali
      Anonymous

      jazaakallah khairan Anonymous 🩶🫶🏻
      6 weeks🫶🏻

Comments are closed.