Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭނގި ހުރެ ލޯބިވެވުނީ 5

shav
shav Level 1
June 2, 2026 5 Mins Read
8 Comments

 ”އިންނު އަދިވެސް ގެއަކަށް ނުދެޔޯ. އަޅުގަ ގެއަށް ލާފަ އިންނު ދިޔަތާވެސް މިހާރު ބައިގަޑި އިރަށް ވުރެ ގިނަވާނެ. އެހެންވެ އިޝާން ބުނީ އެމީހުންނާ އެކީ އިންނު ހޯދަން ހެލްޕް ވާން. އަޅުގަ އާ އެންނު އިންނު އެންމެ ފަހުން ދިމާވި. އެހެންވެ.“ ޔޫވީން ބުންޏެވެ. ”ނާހަމަ ތެދެއް؟ އެކުއްޖާ ފަކީރު ވީ އަޅެ ކޮންތާކުބާ. މިހާރު އިޝާރާ އިންނާނެ ރޮއެ ރޮއެ ވަރުބަލި ވެފަ. އަޅެ ޔާމީން ހިނގާބަ އެގޯއްޗަށް ދާން މަ ގޮވައިގެން.“ ވިދާދް މިހެން ބުނުމުން ޔާމީންއާ ޔޫމީން އޭނާއާ އެކު ގެއިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ވީ އިޝާންމެން ސަލާން ގޮވާފައި އެގެއަށް ވައިން ވަގުތަށެވެ.

……..

”ޔޫވީ. އެންމެ ފަހުން އިންނު ފެނުނި މިގޭ ކުރިމަތިން ދޯ؟“  ‘ވައިޓް ލިލީސް’ ގެއިން ޔޫވީން އާ އެކު ނުކުމެފައި އިޝާން ޔޫވީން ގާތު އަހާލިއެވެ. ”ޔާ. ދެން އަޅުގަ ގެއަށް ވަނީ. އިންނު ދިޔައި ގެއަށް“ އޭނާއަށް ކުރެވޭނެ ކަމެއް ނެތަކަން އިނގޭ ހާލު މާޔޫސީ ރާގެއްގައި ޔޫވީން ޖަވާބު ދިނެވެ. ”ދެން ހަދާނީ ކިހިނެތް؟ ޕޮލިހުންނަށް އަންގަން ހިނގާ. ބަޔަކު އިންނުއަށް ކަމެއް ކޮށްފިއްޔާ ކިހިނެތް ހަދާނި. އަހަންނަށް ފެންނަނީ ޕޮލިހުންނަށް އަންގަން“ ދެންވެސް ވާހަކަ ދެއްކީ ޔޫވީންއެވެ. ”ޔާ. އޭނަ އެބުނީ ރަނގަޅަށް. މަށަށް ވެސް ފެންނަނީ ޕޮލިހުންނަށް އަންގަން. އެކަމަކު އަހަރެމެން ވެސް ހިނގާ އެކުއްޖާ ހޯދަން ދާން. ކައެ ބައްޕަ ކައިރި ބުނޭ ޕޮލިހުންނަށް އަންގަން. އަހަރެމެން ދެން އޭނަގެ ފޯނު ޓްރެކް ކިރެވޭތޯ ބަލާނި.“ ޝަފްމާން އިޝާންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

ޝަފްމާންގެ ބުނުމަށް އޭނާގެ ހިތާ ސިކުނޑި އެއްބަސް ވުމުން އިޝާން އޭނާގެ ފޯނު ޖީބުން ނަގާ ބައްޕައަށް ގުޅަން ފޯނު ހުޅުވާލިއެވެ. ނަމަވެސް ދެން އޭނާ ދިޔައީ ވާނުވާ.ކޮމް އަށެވެ. ނުދަންނަ ނަންބަރަކުން 5 ފަހަރު އޭނާއަށް އޮތީ ގުޅާފައެވެ. އަދކ ދެތިން މެސެޖާވެސް އެކުއެވެ. ގޯނު ސައިލެންޓަށް ލާފައި އޮތުމުން މީހަކު ގުޅިކަން ނޭނގުމުން އޭނާއަށް އަމިއްލަ ނަފްސަށް ކުދި ކިޔާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މުޅި މީހާގެ މޫނު ހުދުވެގެން ދިޔައީ އެ ނަންބަރުން ކޮށްފައިވާ މެސެޖު ފެނިފައެވެ.

އިޝާންގެ މޫނަށް ބަލަން ހުރި ޔޫވީންގެ ހިތަށް ގޮތެއް ވެލީ އިޝާންގެ މޫނު ހުދުވެލި ގޮތް ފެނިފައެވެ. ވަގުތުން ނުބައި ކަމެއް ވެއްޖެކަމުގެ ރަތް ސިގުނަލް އޭނާގެ ސިކުނޑިއަށް ލިބުނެވެ. އެއާއެކު އޭނާ އިޝާންގެ ފޯނު ޖަހައިގަނެ އެއަށް ނަޒަރު ހުއްޓާލިއެވެ. ”ކަލޭގެ ކޮއްކޮ ސަލާމަތްކުރަން ބޭނުމިއްޔާ މި ފޮނުވާ އެޑްރެހަށް 10 ލައްކަ ރުފިޔާ ހިފައިގެން އާދެ.. އެހެނ ނޫނީ ދެން ފެންނާނި ކަލޭގެ ކޮއްކޮގެ ފުރާނަ ނެތް މަސްގަނޑު.“ އެ މެސެޖުގައިވި އިބާރާތްކޮޅު ކިޔާލި ޔޫވީންގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. އޭނާގެ މުޅި ހިތް އެކުވެރިޔާއަށްޓަކައި ބިރުވެރިކަމުން ފިރާލިއެވެ. އޭނައަށް ބަލާލެވުނީ އިޝާންގެ މޫނަށެވެ. ހަދާނެ ގޮތެއް ނޭނގިފައި ހާސްކަމުން ފިރުފައިވި އެމޫނު ފެނި ޔޫވީންގެ ހިތުގައި ރިއްސާލިއެވެ. ހުރި ހަމައެކަނި ކޮއްކޮއަށް ކަމެއް ވެދާނެތީ އިޝާންގެ ހިތް ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

4 މީހުން އެ މެސެޖަށް ބަލަން ހުއްޓާ އަނެއްކާވެސް މެސެޖެއް އައިސްފިއެވެ. ”އެއްވެސް މީހެއް ކައިރި ނުބުނެ އާދެ. ފައިސާ ބުނި އަދަދަށް ގެންނާތި. އެހެން ނޫނީ މިކުއްޖާއަށް ރަނގަޅު ބޮނޑިއެއް ބޯންދޭނަން. ފުލުހުންނަށް އެންގިޔަސް ނިމުނީ.“ އެމެސެޖުގައިވި އިބާރާތް ކޮޅު ކިޔާލެވުމުން 4 މީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. ”ކިހިނެތް މަ އެވަރު ބޮޑު އަދަދެއްގެ ފައިސާ ހޯދާނި. އެކަމު ފައިސާ އާ ނުލާ ގޮއްސިޔާ އެމީހުން އިންނުއަށް ހަދާނެ ގޮތެއްވެސް އިނގެނީކީ ނޫން. އެއީ ކިހާ ފެންވަރެއްގެ ކޮން ބައެއް ކަމެއްވެސް ނޭނގެ. ވަޓް ދަ ފަ‏* އޭމް އައި ސަޕޯޒްޑް ޓު ޑޫ ނައު.“ އަމިއްލަ އިސްތަށިގަނޑުގައި ހިފާ ދަމައިގަންނަމުން ގޮތްހުސްވެފައިވީ މީހެއް ފަދައިން އިޝާން ބުނެލިއެވެ.

”ޑޯނަޓް ވޮރީ. މަ ކަލެއަށް ދީފާނަން ފައިސާ. ރިޗް ފްރެންޑްސް ތިބެނި ކަމަކުއޭ. ސޯ ޔޫވީން އާދެ އަހަންނާ އެކީ ލާރި ނަގަން. އެންޑް ކަލޭމެން ދެމީހުން ދޭ އެ ފޮނުވާފަ އޮތް ލޮކޭޝަނަށް. އަހަރުން ދާނަން ވަރަށް އަވަހަށް.“ ޝަފްވާން އޭނާގެ ސައިކަލަށް އަރަމުން ބުނެލިއެވެ. ”އުހުން. މަ ބޭނުމެއް ނޫން ކަލޭ އަތުން ފައިސާ ނަގާކަށް.“ އިޝާން އެއާ ވިއްދާފައި ބުނެލިއެވެ. ”ދެން އިނާރާއަށް ގޮތެއް ވާތަން ބަލަން ހުންނަނީ؟ ކައެ އެހެން ތާކުން އަވަހަކަށް އެހާވަރަށް ފައިސާއެއް ނުލިބޭނެ. އެހެންވެ މިބުނީ ލެޓް އަސް ހެލްޕް ޔޫ.“ ޝަފްމާން އޭނާގެ ކޮއްކޮގެ ބަހަށް ތާއީދު ކުރަމުން އިޝާންއަށް ބުންޏެވެ. ”އެންމެ ރަނގަޅު. އެކަމަކު މަ ކޮންމެވެސް ގޮތަކަށް ފައިސާ އަލުން އަނބުރާ ތިމީހުނަށް ރައްދު ކޮށްދޭނަން.“ އިޝާން ބުންޏެވެ. ”ޝާން ކަލޭ ނުޖެހޭނެ އެ އަނބުރާ ދޭކަށް. އަހަރުން މިކަން މިކޮށްދެނީ އެކުވެރިއެއްގެ ހައިސިއްޔަތުން. ސޯ ނޯ ނީޑް ޓު ރެޓާން އިޓް“ ޝަފްވާން ބުންޏެވެ. ”އޯކޭ އޯކޭ އެންމެން. މިވަގުތު ލާރި އަނބުރާ ދޭ ވާހަކައެއް ނޫން ދައްކަން ވީ. އެބަޖެހޭ ދޯ އިންނު ކައިރިއަށް ދާން. ޝަފްވާން ބުނި ގޮތް ހަދަމާ“ ޔޫވީން މިހެން ބުނެ ޝަފްވާން ގެ ސައިކަލުގެ ފަހަތަށް އެރިއެވެ. އެއާއެކު ޝަފްވާން ސައިކަލު ދުއްވާލިއެވެ. އަދި ބާކީ ތިބި ދެމީހުން ވެސް އެމީހުންގެ މަންޒިލަށް ދިޔުމަށް ހިނގައިގަތެވެ.

……..

އެއްވެސް ދިރުމެއްގެ ހިލަން ނުވާ އަނދިރި މަގެކެވެ. މަގުގެ ދެފަރާތުގައި ގެތައް ހުރި އިރު އެ ހުރިހާ ގެއެއްގައި ވެސް މީހަކު ނޫޅޭތާ އަހަރުތަކެއް ވެދާނެކަން ގައިމެވެ. ރޭގަނޑުގެ އެ ހަމަހިމޭން ވަގުތު އެތަން ވައްތަރީ ބިރުވެރި ފިލްމެއްގެ މަންޒަރަކާއެވެ. ހަނދުވަރުގެ ފަނޑު އަލި ނޫން އެހެން އައްޔެއް ލިބިފައި ނުވާ އެ ތަނުން ނާމާންކަމުގެ ކުލަވަރުތައް ދިޔައީ ދައްކަމުންނެވެ. ފަޒާގައި ހިފާފައި ހުރި ތެތް ފިނިކަމާއެކު ޖެހިލައި ފިނިފިނި ވައިރޯޅިތަކުން ހިތްތަކަށް ބިރުވެރިކަން ވަންނާނެކަން ކަށަވަރެވެ.

ނަމަވެސް ވީރާނާ ވެފައިވާ އެ ގެތަކުގެ ތެރެއިން އެމަގާ ދިމާވާ ގޮތަށް ހުރި ވަލާ އެންމެ ކައިރީގައި ހުރި ގޭތެރެއިން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އެގޭތެރެގައި ކޮންމެވެސް ވަރަކަށް އަލި ހުރި އިރު ބަޔަކު އެގޭތެރޭގައި ތިބިކަން ހާމަވެއެވެ. ގޭތެރޭގެ އެންމެ ބިތްދޮށަށް ހުރި ކޮޓަރިން ބަޔަކު ވާހަކަ ދައްކާ އަޑު ދިޔައީ އިވެމުންނެވެ. ހިނދުކޮޅެއް ފަހުން އެއަޑު ކެނޑި ދެން އިވިގެން ދިޔައީ ދޫ ހީލިކަރުވާ ފަދަ އަޑެކެވެ. އެކޮޓަރީގެ ދޮރު ހުޅުވިގެން ދިޔަ އަޑެވެ. އެއާއެކު ފެނިގެން ދިޔައީ އެކޮޓަރީގެ ތެރެއިން ނުކުތް ބިޔަ 3 ފިރިހެނުންނާއި އެކޮޓަރި ތެރެ އޮތް ނާޒުކު ހާލަތެވެ.

އެއީ ކުޑަކުޑަ ކޮޓަރިއެކެވެ. ކޮޓަރީގެ އެތައް މިތަނުގައި ވަނީ ބާވެ ފީވެފައި ހުރި ފަރުނީޗަރުތަކެވެ. އަލަމާރީގެ ބައި ތަކާއި، އެނދުގެ ބައިތަކެވެ. މޭޒާއކ ގޮނޑީގެ ބައިތަކެވެ. އެހުރިހާ ފަރުނީޗަރެއް ފީވެ ހަލާކުވެފައިވީއިރު ހުރިހާ އެއްޗަކުން ވެސް ފެނިގެން ދަނީ ހިރަފުހުގެ އަސަރެވެ. ކޮޓަރީގެ ތަޅާލެވިފައިވާ ކުޑަ ދޮރަކުން އެޅެމުން ދިޔަ ހަނދުވަރުގެ ފަނޑު އަލިން ހިރަފުސްތައް ރީއްޗަށް ފެންނަން ހުއްޓެވެ. ފާރުގައި ހުރި ކުލަތައް ގޮސް ހުރީ އެކަށްހެން ހަޑިވެފައެވެ. ކޮޓަރި ތެރެއިން ދުވަމުން ދިޔައީ ކުނި ވަހެކެވެ. ކުޑަދޮރުގެ ތެރެއިން ކޮޓަރި ތެރެއަށް ވަންނަ ވައިރޯޅިތަކުގެ ސަބަބުން އެ ވަސް އިތުރަށް ގަދަވެފައިވާހެން ހީވެއެވެ.

ކޮޓަރި ތެރެއިން އެ ފެންނަމުން ދިޔަ އަސަރުތަކަށް ވުރެ ބޮޑަށް މީހުންގެ ނަޒަރުތައް ހުއްޓިގެން ދާނީ ހަމަގައިމުވެސް އެ ބާ ކޮޓަރިގަނޑު ތެރޭގެ މެދެއްހާ ހިސާބުގައި އޮތް އަންހެން ކުއްޖާއަށްކަން ގައިމެވެ. އެއްވެސް ހަރަކާތެއް ނެތި އޮތް އެކުއްޖާގެ ދެއަތް ވަނީ ފަހަތަށް ލާ ބަނދެފައެވެ. ދެފައި ވެސް ބަނދެވިފައިވާއިރު މޫނުގެ ބޮޑުބައެއް އޮތީ އެ ހާވަލެވިފައިވާ ފަން އިސަތަށިގަނޑުން ފޮރުވިފައެވެ. ލައިގެން ހުރި ‘ލެވެންޑާ’ ކުލައިގެ ވައްތިރި ހެދުމުގައި ކިލައާ ހިރަފުސް ހޭކިފައި ވީއިރު ހެދުމުގެ ގިނަ ތަންތަނުން ހުރީ އިރައިގެން ގޮސްފައެވެ. އެހެންކަމުން ހަށިގަނޑުގެ ބޮޑު ބައެއް ކަޝްފުވެފައިވިއެވެ. އަތާއި ފައި ބަނދެފައި ހުރިލެއް ބާރުކަމުން އެހިސާބު ގަނޑު އޮތީ ނޫފައި ގަނެފައެވެ. އެކުއްޖާގެ އަނގަ މަތީގައިވެސް ބާރުކޮށް އަޅާފައިވާ ފޮތިގަނޑުން އަނގަ މަތި ވެސް ވަނީ ކަނޑައިގެން ގޮހެވެ. އެ މައުސޫމު ކިއްޖާއަށް އެހެން ހެދި ބަޔަކީ ހާދަހާވާ ރަޙުމްކުޑަ ބަޔެކެވެ.

މަޑުމަޑުން އޭނާގެ ބޮޑު ދެލޯ ތަޅުވާލަމުން އެކުއްޖާ ދެލޯ ހުޅުވާލިއެވެ. ބޮލުގައި ހުރި ތޫނު ރިހުމެއްގެ ސަބަބުން އޭނާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ތަދު ކުޑަކޮށް މަޑުވިހެން ހީވުމުން އަނެއްކާ ވެސް އެ ރީތި ބޮޑު ދެލޯ ހުޅުވާލައިފިއެވެ. އަދި އިރުކޮޅެއް ވަންދެން އެއްވެސް ހަރަކާތެއް ކޮށްނުލައި އެސްފިޔަ ޖަހާލަ ޖަހާލަ އޮވެފައި ދެލޯ ބޮޑު ކޮށްލައިފިއެވެ. މީގެ ގަޑިއިރެއް ހާއިރު ކުރިން ވީ ކަންތައް އޭނާގެ ސިކުނޑިއަށް ފިލްމެއްގެ މަންޒަރުތަކެއް ހެން ސިފަވީއެވެ. އެއާއިއެކު އޭނާއަށް ވަށައިގެންވީ މާހައުލަށް ނަޒަރު ހިންގާލެވުނެވެ. އަމިއްލަ މީހާގެ ހަށިގަނޑަށް ވެސް މެއެވެ. މީހާ ހުރި ގޮތް ފެނުމުން އޭނާގެ ދެލޯ އަނެއްކާ ވެސް މުދުނަށް އަރައިފިއެވެ. ދެލޯ ކާށި ކިބައަކަށް ހަދައިގެން އިން އޭނާއަށް ރަނގަޅަށް މި އޮވެވުނީ ކޮނަތާކުކަން ސިކުނޑިއަށް ނަގައިނުގަނެވި އުޅެނިކޮށް ދަތްތައް ހީލިކަރުވާ ފަދަ އަޑަކާއެކު ފެނުނީ އެކޮޓަރީގެ ދޮރު ހުޅުވުނު މަންޒަރެވެ.

އެ ބާ ހިރަފުސްވެފައިވާ ކޮޓަރިގަނޑުގެ ތެރެއަށް ވަދެގެން އައި ބިޔަ ތިން ފިރިހެނުން ފެނި އިނާރާގެ ޅަ ހިތް ބިރުން ރޫރޫ އަޅައިގަތެވެ. މޫނު ފޮރުވުމަށްޓަކައި އެންމެންގެ މޫނު މަތީގައި ފޮތިގަނޑެއް އަޅާފައިވީ އިރު އެމީހުންގެ ދެޅޮލުގެ ތެރެއިން ފެންނަމުން ދިޔައީ ނުރައްކާތެރި ކަމެވެ.

އެމީހުން އޭނާއާ ދިމާލަށް އަޅަމުންދާ ކޮންމެ ފިޔަވަޅަކުން އިނާރާގެ ހިތުގެ ތެޅުން އިހުނަށް ވުރެ ބާރުވެގެން ދެއެވެ. އެ ބޮޑު ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. މީހާއަށް ތެޅެގަނެވުނެވެ. ހަޅޭ ލަވައިގަނެވުނެވެ. ނަމަވެސް އަނގަމަތީގައި އައްސާފައިވާ ފޮތިގަނޑުގެ ސަބަބުން އޭނާގެ އަޑު ބޭރުވާ ގޮތެއް ނުވިއެވެ. ދެއަތާ ދެފައި ބަނދެފައި ވުމުގެ ސަބަބުން އެމީހުންނާ ދުރަކަށް ނުދެވުނެވެ. ހަދާނެ ގޮތް ހުސްވެފައި އޮތް އިނާރާއަށް ޖެހުނީ މާތްﷲ އަށް ވަކީލު ކޮށްލަ ކޮށްލަ އޮންނާށެވެ.

މި އެޕިސޯޑު ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން. 💗💜

އަޅުގަނޑުގެ މި ވާހަކައިން އެއްވެސް މިސްޓޭކެއް ނުވަތަ ރަނގަޅު ކޮށްލަން ޖެހޭ ކަމެއް ފާހަގަ ވެއްޖެޔާ ކޮމެންޓް ސެކްޝަނުގަ އެކަން އަޅުގަނޑަށް އަންގާލަ ދިނުން އެދެން. ނުވަތަ އަޅިގަނޑުގެ އިންސްޓަގްރާމް އެކައުންޓު (stories_by_shav) އަށް ވަކިން މެސެޖެއް ކޮށްލިޔަސް އަޅުގަނޑުގެ މައްސަލައެއް ނެތް.

އިންޝާﷲ ދެން އޮތް އެޕިސޯޑު މިވީކް ގަ ނުވަތަ މިއަންނަ ހަފްތާގަ ފެނެސްދެވޭތޯ ބަލާނަން. އެކަމަކު މި ދެ ވީކްގަ ނުގެނެވި ވެސް ހިނގައިދާނެ ބިޒީ ވީމަ. އެހެންކަމުން ކުރީ ބައިގަ ކިޔުންތެރިންނަށް އެކަން އަންގަން.

Hope yall enjoy this episode 💗💜,

Shav.

Share Article

shav
Follow Me Written By

shav

Level 1

Just a simple girl who fell in love with reading stories which lead to try writing 💗💜

Other Articles

Previous

ގާތުގާ… 25

Next

ގޮތް ހުސްވެފައި ހުރީމޭ..20

Next
June 3, 2026

ގޮތް ހުސްވެފައި ހުރީމޭ..20

Previews
June 2, 2026

ގާތުގާ… 25

8 Comments!

  1. Shaba_17 says:
    June 2, 2026 at 8:49 pm

    Mi part ves vrh Reethi MA 💗
    Alhey Efakeerah ehn nuhadhaga…
    Haadha rahumu kuda baekey dhw 😭
    Haadha curios kohlaafa thi ninmaaly I’m so curious 😳
    Curiously waiting for the next part When’s next?
    Lots of love 💗

    1. shav shav says:
      June 2, 2026 at 10:11 pm

      Thank you 🫶
      Inaara ah kameh veytho ves ingeyni dhen oiy episode keemathaa. So stay tuned for the next ep.
      Yhh vrh rahumu kuda dhw 😔😭
      Next part mi week ga or next week ga in sha allah.
      Lots of love to you too shaba_17 🫶💜

  2. White rose White rose says:
    June 2, 2026 at 9:41 pm

    Overall the story is really good 🤌🤌
    The plot is amazing 🤩🤩
    Sifa kurunthah ves dhuvahakah vure dhuvaheh improve vamun dhany 👏🏻👏🏻
    Ekm typos hurikan faahagavey 🫠🫠
    I insist on a bit more proof reading 😄😄

    1. shav shav says:
      June 4, 2026 at 9:19 am

      Thank youuu 🫶💜
      Yhh ik typos hurikan. Rangalhah episode nukiya publish kurevuny. Publish vi fahun fenuni mistakes thah. Next time in sha allah I’ll read and then submit.
      Thanks for telling me those 💜

  3. Yash💛 says:
    June 2, 2026 at 10:47 pm

    V nice

    1. shav shav says:
      June 3, 2026 at 2:29 pm

      Thank you 😊 💜

  4. sheex_angle says:
    June 3, 2026 at 4:59 pm

    V reethi mi part
    Omg fenkalhivejje
    CW4THENEXTP
    Tc

    1. shav shav says:
      June 6, 2026 at 12:00 am

      Thank you 😊

Comments are closed.



All Right Reserved!