“މިހާ ވިއްސާރަ އިރު ތިހިން ތެމިގެން އިނީމަ ބަލި ވެދާނެ.” ރައްޔާން އެންމެ ފަހުން ވާހަަކަ ދައްކަން ނިންމިއެވެ. “އަނެއްކާ ގޯސް ގޮތަކަށް ހީ ނުކުރައްޗެ. އެކަނި ތިހިން އިންތަން ފެނުނީމަ ބައިންދާފަ ދާން ނުކެރުނީ.” ރައްޔާން ބުނެލި ޖުމުލައާއި އެކު އެ އަންހެން ކުއްޖާ ބޯ ހިއްލާލިއެވެ. އެ ކުއްޖާގެ މޫނު ފެނުމުން ރައްޔާން އަށް ހީވީ ފައި ދަށުން ބިންގަނޑު ދެމިގަތްހެނެވެ. ކުރިމަތިން ފެންނަމުންދާ ސޫރަ ގަބޫލު ކުރަން ރައްޔާންއަށް ދަތިވިއެވެ. އިތުރު ބަހެއް […]
ކަޅުފޮއެ ރެއެކެވެ. ކުރަމުންދާ ވިއްސާރައިގެ ސަބަބުން ޖައްވުތެރޭގައި ވަނީ ތެތް ފިނި ކަމެއް ހިފާފައެވެ. ގަދައަށް ވައި ޖެހެމުން ދިޔައީ އަނެއްކާވެސް ބޯ ވިލާ ގަނޑަކަށް ތައްޔާރުވަމުންނެވެ. ކުޅުދުއްފުށީ ސަހަރާ ކައިރީގައި ތިބި މީހުން އަވަސްވެގަތީ ވިއްސާރައިގައި ޖެހުމުގެ ކުރިން އެ ބައެއްގެ ފުރާޅު ދަށަށް ވަދެވޭތޯއެވެ. މިއީ ދުނިޔޭގެ އާދައެވެ. މައްޔިތާ ވަޅުލެވުމާއިއެކު އޭނާ ދޫކޮށް، އެންމެންވެސް އަމިއްލަ ދިރިއުޅުމަށް ރުޖޫޢަވީއެވެ. މުޅި ސަރަހައްދުން މީހުން ހުސްވެ، ގަޑި އިރެއް ފާއިތު ވެގެން ދިޔަ […]