
ގޮތް ހުސްވެފައި ހުރީމޭ..20

“ނޭނގޭ ނަންބަރަކުން ކޮށްފަ އިން މެސެޖެއް. މީ އަނެއްކާ ކާކު؟” އަހަންނަށް އެހެން ބުނެވުނު ތަނާ އިނާން އަހަރެންގެ ފޯނުގައި ހިފީ ބަލައިލުމުގެ ގޮތުންނެވެ.
ވަރަށް ފަރުވާތެރި ކަމާއި އެކު އިނާން ބަލައިލިއެވެ. އެ ހިސާބުން އިނާންގެ ހިތުގައި އުފެދުނީ އަނެއްކާ ވެސް އިތުރު ސުވާލު ތަކެކެވެ. ލީން އެކޭ އެއްފަދައިން އިނާން ވެސް އޭނާގެ ނިއްކުރިޔަށް ރޫ ތަކެއް ޖަމާކޮށް ކަމުން އަހަންނާ ދިމާލަށް ބަލައިލިއެވެ. އެ ބަލައި ލުމުގައި ވަނީ ޝައްކުގެ އަސަރުތަކެވެ. އަހަންނާއި އިނާނަށް ހަތަރު ކަޅި ހަމަ ކޮށްލައިން ތިބެވުނީ އެކަމާ ހައިރާންވީ ވަރުންނެވެ.
“ކިހިނެއް މީނައަށް ލީންގެ ނަންބަރު….؟” އިނާންއަށް ބުނެލެވުނެވެ.
“ތީ ކާކު؟… ކާކު ނަންބަރެއް؟” އިނާންގެ މޫނަށް ބަލައިލަމުން އަހަރެން ބުނީމެވެ.
“މީ ލައިޝާ.. އެކަމު ކިހިނެއްތަ ލައިޝާއަށް ލީންގެ ނަންބަރު ލިބެންވީ؟..” އިނާން ވިސްނާލަން ބުންޏެވެ. އެހެނަސް، ނަޖްދާ އާއި ދޭތެރޭ އިނާންއަށް އެވަގުތު ވެސް ޝައްކުވިއެވެ.
“އަޅާނުލާ… އަހަރެން ބޭނުމެއް ނޫން ރިޕްލައި ކުރާކަށް.” ސޯފާގައި ފޯނު ބާއްވަމުން އަހަރެން ބުނީމެވެ.
“އޯކޭ… ލީން.! ދެން ހިނގާ ކޮންމެސް އެއްޗެއް ކާން.. މިހާރު ލީން އިންނާނ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.