އެލެކްސް އަހަރެން އެރަށަށް ގެނައީ އަހަންނަށް ހެދުންގަތުމަށެވެ. މަހެއްވަންދެން ތަކުރާރުނޮކޮށް ލެވޭވަރަށް އޭނާ އަހަންނަށް ހަވީރު ހެދުންގަނެފައި ދިނެވެ. ހުސް އޭނާގެ ޗޮއިސްއެވެ. އެއީ އަހަރެން ލައިއުޅޭ ވައްތަރުގެ ހެދުންތަކެއްވެސް ނޫނެވެ. ހުސް އަތްކުރު ޓޮޕާއި ޖިންސެވެ. އަހަރެން އެހެދުމުގައި ހުރިތަންފެނުމުން އެލެކްސްހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަހަންނަށް ހިވީ ގައިން އެއްބައި މަދު ހެންނެވެ. އެކަމަކު އެހެދުމުގައި އަހަރެން ހުންނައިރު އެލެކްސްއަށް މާރީއްޗެވެ. އެހެދުންތަކުގެ އިތުރަށް ކުރު ސޯޓާއި ޓީޝާޓުވެސް ގަތީމެވެ. އަދި ރީތިވާން ބޭނުންވާ […]
ލުފްޝާން ރުޅި ކޮންޓްރޯލް ކުރުމުގެ ގޮތުން މައްޗަށް ބަލައިލަމުން ފުން ނޭވާއެއް ލިއެވެ. އަދި މަޑުމަޑުން ލޯމަރާލިއެވެ. ހެނދުނު ސައިބޮއެ ނިމިގެން ތަށި ހިފައިގެން ފަރީނާ ތެދުވިއެވެ. އޭރު ނުހާ އިނީ އަދި ނުނިމިއެވެ. ތަށިދޮންނަން ސިންކް ކައިރީގައި މަޑުކޮށްލަމުން ފަރީނާ ނުހާ ގާތު އަހާލިއެވެ. ” ނުހާ..އަހަރެން ބުނީމެއްނު ދޯ މިރޭ ޝާމިލް ގެންނާނަމޭ….ނުހާވެސް މިރޭ ލުފްޝާން ގެނައްޗޭ..އޭރުން ވަރަށް މަޖާ ވާނެދޯ…” ސައިތަށިން ސައިފޮދެއް ބޮއެލުމަށްފަހު ތަށި މޭޒުމަތީގައި ބަހައްޓަމުން ނުހާ ފަރީނާއާއި ދިމާލަށް […]
ރޫމަށްވަދެ އަހަރެން ފްރެޝްވެލީމެވެ. ތައްޔާރުވެ ނިމުނުތަނާހެން މީހަކު ދޮރުގައި ޓަކިޖަހާލިއެވެ. އަހަރެން ދޮރުހުޅުވާ ބަލާލިއިރު ދޮރުމަތީގައިހުރީ އެލެކްސްއެވެ. އޭނާގެ މޫނު ސާފުކޮށް ފެނުނީ އަދިކިރިޔާއެވެ. އަހަންނަށް ހުރެވުނީ އަނގަ ހުޅުވިފައެވެ. ”އަހަރެން ފެނުނީމަ އަނގަ ހުޅުވެނީ ކީއްވެތަ؟” އެލެކްސް ސަމާސާ ރާގަކަށް ބުނެލިއެވެ. އޭރު އަހަރެން ހުރީ ބޮލުގައ ތުވާލި އޮޅައިގެންނެވެ. ”އެތެރެއަށް ވަނުމަށް ހުއްދައެއް ނުދޭނަންތަ؟” އޭނާ އެހިއެވެ. ”ނޫނޭ… ވަދޭ… އަވަހަށް ވަދޭ….” އަހަރެން ތަންދެމުން ބުނެލީމެވެ. އެލެކްސް އެތެރެއަށްވަދެ ދޮރުލެއްޕިއެވެ. އަހަރެން އަވަހަށް […]
ކުއްލިއަކަށް އެއްޗެއްގައި އަޅައިގެންފައި އަހަރެން ވެއްޓުނެވެ. ވެއްޓުނީ މީހެއްގެ ގައިގެ މައްޗަށެވެ. އޭނާއަށް ވަރަށް ތަދުވިއެވެ. ދޮންވެލިގަނޑުމަތީގައި މީހަކު އެގަޑީގައި، އެއޮށް ބޯވާރޭތެރޭގައި އޮށޯވެގެން އޮވެދާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟….. މޫނު ހިއްލާލާ ރަނގަޅަށް ބަލާލުމުން އެއީ ޒުވާން ފިރިހެނެއްކަން އަހަންނަށް އެނގުނެވެ. އަހަރެން ސޮރީއޭ ބުނެލަމުން އަވަހަށް ތެދުވީމެވެ. އޭނާ ވާހަކަދެއްކުމުން އެއީ ބޭރުމީހެއްކަން އަހަންނަށް އެނގުނެވެ. އަހަރެންވެސް ވާހަކަދެއްކީ އިނގިރޭސިންނެވެ. އޭނާވެސް ހީކުރީ އަހަންނަކީ އިނގިރޭސިއެއްކަމެވެ. ނަމަވެސް ލާފައިހުރި ހެދުމުންވެސް އަހަންނަކީ ދިވެއްސެއްކަން ނޭނގެނީ ހެއްޔެވެ؟ […]
އަހަރެން ބައިގަޑިއެއްހާއިރު މަޑުކޮށްލާފައި އަވަހަށް ގެއަށްދިޔައީ ލަސްވެދާނެހެން ހީވެދާނެތީއެވެ. އެއިރުން ކުރިމަތިލާންޖެހިދާނެ ވޭނެއްގެ ކޮޅެއްވެސް ނޭގޭނެވެ. އަހަރެން ގެއަށް ވަނުމާއިއެކު ނަޒަރު ހުއްޓުނީ ގޭތެރޭގައި އިން ދޮން މީހަކާއި ދިމާލަށެވެ. އެއީ އިނގިރޭސިއެކެވެ. އޭނާ އަހަންނާއި އިނގިރޭސި ބަހުން ވާހަކަދެއްކިއެވެ. ގޭގެ އެންމެންވެސް އޭރު އެތާގައި ތިއްބެވެ. އެންމެން ކަހަލަ ގޮތަކަށް އަހަންނަށް ހީނފައި މަލާމާތް ކުރިއެވެ. އެމީހުން ހީކުރީ އަހަންނަށް އިނގިރޭސިބަހުން ވާހަކަދައްކަން ނޭނގޭ ކަމަށެވެ. އަހަރެން އެމީހާއަށް ޖަވާބު ދިންގޮތުން އެންމެން ތިބީ އަނގަ […]
ރެއަކީ ފިނިރެއެކެވެ. މަޑުފިނި ތެތްކަމެއް މުޅި މާހައުލަށްވަނީ ފެތުރިފައެވެ. އަހަރެން އެނދުގައި އޮށޯތީ ނިދޭތޯބަލާށެވެ. ނަމަވެސް މިރެއަކު ލޮލަކަށް ނިންޖެއް ނާދެއެވެ. ތަންމަތި ހަރުކަމުން ގައިގައި ރިއްސާވަރުން ކަމެއްވެސް ނޭނގޭއެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮއްވާ ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭނގޭއެވެ. ހީވާގޮތުން އަހަންނަށް ނިދުނީ އޭގެ ގަޑިއެއްހާ އިރުފަހުންނެވެ. އެއަށްފަހު އަހަރެންގެ ދެލޯ ހުޅުވުނީ މުޅިންއާ ދުވަހަކަށެވެ. އިރު ފެނުން ތޮޅިލައިފިއެވެ. އޭގެ އަލިން މުޅިޖައްވު އަލިކޮށްލައިފިއެވެ. އޭގެ ވާޖިބު އަދާކުރުމަށް ދުނިޔެއަށް ސަލާމް ކިޔާލިއެވެ. […]
އިތުރަށް މަޑު ކުރުމެއްނެތި ލުފްޝާން ހިނގައިގަތެވެ. ލުފްޝާން އާއި ދިމާލަށް ބަލަހައްޓައިގެން ޒާހިދާ ހުރީ ނުލަފާ ފާޑަކަށް ހެވިފައެވެ. “ފަރީ…ފަރީ…” ޒާހިދާ ގެއަށް ވަންނަމުން ފަރީނާއަށް ގޮވަމުން ދިޔައެވެ. ފަރީނާ ސިޓިންގރޫމްގައި އިންތަން ފެނިފައި ޒާހިދާ ގޮސް ފަރީނާގެ ގާތުގައި ޖައްސާލިއެވެ. “ކިހިނެއްވީ؟..މާހެވިފަ..ނުބައި ކަމެއް ކޮށްފައި ނޫނީ މިޒާހިދައްތަ ނުހޭނެ…” ފަރީނާ ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. ފަރީނާ މިހެން ބުނުމުން ޒާހިދާ ފަރީނާއާއި ދިމާލަށް ކަޅި އަޅާލިއެވެ. ” މާބާރަށް ވާހަކަ ނުދައްކާ..ކޮބާ ނުހާ؟….” މާހަޢުލަށް ނަޒަރު […]
ގަޑިން ރޭގަނޑު އަށްގަޑި ފަނަރަވަނީއެވެ. އަތިރިމަތީގައި ފަރީނާ ހުރީ ހަށަމް ބަނދެލައިގެންނެވެ. ރާޅުފަށުގެ އަޑުން މުޅި މާޙައުލަށްވަނީ ރީތި ފުރިހަމަ މިޔުޒިކެއްގެ އަޑު ގުގުމާލާފައެވެ. އިރުއިރުކޮޅާ ޝާމިލް އާދޭތޯ ދެފަރާތަށް ބަލައިލެވެއެވެ. ރާޅުފަށުގައި ހުސްފަޔާ ހިނގާލުމަށް ފަރީނާގެ ހިތް އެދުނެވެ. ފައިވާން އަތުން ހިފައިގެން ގޮސް އެއްގަމަށް އެރީ ގަހެއްގެ ކައިރީގައި ބެހެއްޓުމަށްށެވެ. ގަސް ކައިރީގައި ފައިވާން ބެހެއްޓުމަށްޓަކައި ގުދުވެލިތަނާ މީހަކު ވާހަކަ ދައްކާއަޑު އިވުނެވެ. އެއަޑު އިވުމުން ސިހިފައި ދެފަރާތަށް ބަލައިލެވުނެވެ. އެއީ ފިރިހެނަކާއި އަންހެނެއްގެ […]
“ކީއްވެ މަންމަ މިސިޓީ އަހަންނަށް ނުދެއްކީ…ވެދާނެ މަންމަ ހަނދާން ނެތުނީ ކަމަށް…” ނުހާ ސިޓީ އުރައިގައި ހުރި ހިރަފުސްތައް ފޮތިކޮޅަކުން ފޮޅާލިއެވެ. ސިޓީއުރަ ފޮޅަމުން ދިޔަވަރަކަށް ނުހާއަށް އެއްޗެއް މަތިން ހަނދާންވާކަހަލައެވެ. “މަންމާ…މިއެއްޗެހިވެސް މީ ދާވެފައި ހުރި އެއްޗެހިތަ؟…” ދެއަތް ފުރާ ޒާހިދާގެ ހެދުންތަކެއް އަޅައިގެން ނުހާ އޭނާގެ މަންމަ ކޮޓަރީގެ ދޮރުމަތީގައި ހުއްޓެމުން އަހާލިއެވެ. ނުހާގެ އަޑުން ޒާހިދާ ސިހިފައި އަތުގައި އޮތް އެއްޗެއް ފޮރުވުމަށްޓަކައި ދެއަތް ފުރަގަހަށް ލިއެވެ. . އެހެންނަމަވެސް އެވަގުތު ނުހާ […]