ފުރާވަގުތު ކައިރިވަމުންދިޔަ ވަރަކަށް އަހަރެންގެ ހިތަށް ނޭނގޭ އިހުސާސްތަކެއް ވެރިވަމުން ދިޔައެވެ. އަހަރެންގެ ދަތުރު އެރެހަށްޓަށް އައިސްތިބި ދެތިން ރަހުމަތްތެރިން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިއްބެވެ. ކުއްލިއަކަށްއައިސް ކުރިމަށްޗަށް އެހުއްޓުނީ ހަމަގައިމުވެސް އަހަރެންނަށް އާމޫނެއްނޫނެވެ. އެއީ އަހަރެންގެ ލޯބިވެރިޔާ ނިހާމެވެ. ނިހާމް ފެންކަޅިވެފައިިވާ ލޮލަކުން އަހަރެންނާ ދިމާއަށް ބަލަލައިލިއެވެ، އަހަރެންނަށް އިސްޖަހާލެވުނެވެ. ނިހާމް ފެނުމާއެކު އަހަރެންގެ ކުރިމަށްޗަށް ސިފަވީ އަހަރެނެގެ ހިތްދަތި މާޒީއެވެ. އަހަރެންނަކީ މާލޭގެ ގަދަރުވެރި އާއިލާއެއްގެ ހުރިހަމައެކަނި އަންހެން ކުއްޖާއެވެ. އަދި އެންމެ ހަގު […]