ޔާނާ އީމަން ދެކެ ވާ ލޯތްބަށް އެއްވެސް ނުބައި ނަމެއް ލިބުނަކަ ނުދޭނެއެެވެ. އީމަން އާއެކީ އުޅެން ބޭނުމީ މުޅި އުމުރަށެވެ. އެހެން ކަމަށްވާނަމަ އަދި ޔާނާ ޖެހޭނީ ދުނިޔެއަށް އެކަން ސިއްރުކުރާށެވެ. މައިންބަފައިންގެ ރުހުމާއި މުޖުތަމައުގެ ރުހުމާއި ޤަދަރު ލިބޭ މާތް ގުޅުމަކަށް އެގުޅުން ހެދޭނީ އަދި އެ ގުޅުން ސިއްރު ކުރުމުންނެވެ. ނޫންނަމަ ޅަ ދުވަހުގެ މޮޔަ ލޯބީގެ ނަމުން އެ ގުޅުމަށް ނަންދެވިގެން ހިނގައިދާނެއެވެ. އަދި އޭގެ އިތުރުން ހާމިޒާމެންނަށް މިކަން އެނގިއްޖެނަމަ […]
ވަގުތުން ޖީބުގައި އޮތް ފޯން ނަގާ ޒާހިދާއަށް ގުޅިއެވެ. “ހަލޯ…ޒާހިދައްތާ…” ފަރީނާއަށް ރޮވެން އުޅުނެވެ. ޒާހިދާ ކަންތައް ބޮޑުވެފައި ހުރެ އަހާލެވުނެވެ. “ފަރީ..ކިހިނެއްވީ އަނެއްކާ…”ޒާހިދާގެ އަޑު ކަންފަތުގައި ޖެހުމުން ފަރީނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. “ޒާހިދައްތާ..ދެން އަހަންނަކަށް މިކަމެއް ނުވާނެ….އަހަރެން ދެން ބޭނުމެއް ނޫން މިކަން ކުރާކަށް…އަހަންނަކަށް ދެން ލުފްޝާން ދެނެއް ނުލިބޭނެ..ލުފްޝާން ނުހާ ދެކެ ހާދަ ލޯތްބެއް ވެޔޭ ޒާހިދައްތާ….” ފަރީނާ އަނގަމަތީގައި އަތް އެޅިއެވެ. އޭނަ ރޯ އަޑު ނުހާ މެންނަށް އަޑު އިވިދާނެތީއެވެ. […]
މަޑުމަޑުން ލޯ ހުޅުވާލި އިރު ޔާނާއާ ދިމާލަށް މީހަކު އަތްދިއްކޮށްލައިގެން އެއަތުގެ އެހީގައި ތެދުކޮށް ދިނުމަށް އެދި ދަޢުވަތު ދީގެން ހުރިއެވެ. ޔާނާ އިސް އުފުލާ ބަލައިލިއެވެ. ކުރިމަތީގައި ހުރީ އީމަން އެވެ. ބޭއިޚްތިޔާރުގައި ޔާނާއަށް އަށް އީމަންގެ އަތުގައި ހިފައި ތެދުވެލިއެވެ. އަދި އަތުން ދޫކޮށްލަން ނޭނގިފައި ބުދެއްހެން އީމަންގެ ލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެވުނީއެވެ. އަނެއްކޮޅުން އީމަންގެ ހާލަކީ ވެސް ހަމަ މިއެވެ. މިއޮށް ހުރިހައި ދުވަހު އީމަން އަށް ޔާނާގެ މޫނު މަތިން […]
އާ ދުވަހަކަށް އިރުއަރަނީ އެވެ. ރޭގަނޑުގެ އަނދިރިކަން ފެތުރިފައިވާ ކޮޓަރީގައި ހުރި ފެންލައިޓުން މަޑުމަޑުން އަލިކަން ކޮޓަރިތެރެއަށް ފޭދެމުން ދެއެވެ. ގަދަ ނިދީގައި އޮތް ޔާނާ އަށް ހޭލެވުމާއެކު އަވަސް އަވަހަށް ގަޑި ބަލައިލިއެވެ. ގަޑިން ހައެއް ޖަހަނީއެވެ. އިރު އަރައިފިކަން އެނގުމުން ކަންބޮޑުވިއެވެ. ފަތިސް ނަމާދަށް ހޭނުލެވުނީމައެވެ. ނަމާދު ޤަޟާ ކޮށްލުމަށްޓަކައި ފެންވަރައިލުމަށް އަވަސް އަވަހަށް ތުވާލި ނަގައިގެން ގޮސް ފާހާނާ އަށް ވަދެއްޖެއެވެ. ޔާނާ އަކީ ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ކުއްޖާއަށް ވުމުން ޔާނާގެ […]
ފަރީނާ އަށް މިހުރިހާ މަންޒަރެއްވެސް ފެނުނެވެ. އޭނާއަށް މިދަތުރު ވެގެން ދާނީ އޭނާގެ ޙަޔާތުގައި ވާނެ އެންމެ އުފާވެރި ދަތުރު ކަމުގައި އޭނާގެ ހިތުގެ އަޑިން އެދެމުން ދިޔައެވެ. ހެނދުނުގެ ނާސްތާއަކަށް ތައްޔާރު ކުރެވުނީ މަސްހުންޏެވެ. ލުފްޝާއާއި ނުހާ އާއި ތަށްޓަކަށް މަސްހުނި އަޅައިގެން ގޮސް ހޭޅިފަށުގައި ޖައްސާލިއެވެ. ހާފިޒްގޮސް އިނީ ގޮނޑުދޮށަށް ވެއްޓިފައި އޮތް ގަހެއްގެ މަތީގައެވެ. ނުހާ އާއި ލުފްޝާން އެކަނި ވާހަކަ ދައްކާލުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ފަރީނާ ތަށި ހިފައިގެން އިށީންނާނެ […]
ފަރީނާ ޒާހިދާ ދެއްކި ވާހަކަތައް މަތިން ހަނދާންކޮށްލިއެވެ. “ފަރީ..ދައްތަ ބުނާ ގޮތަކަށް ހަދާ….ދަތުރު ކޮންމެހެން ހަދާފަވެސް ދާންވާނެ…ތިއީ ދައްތަ ފަރީއަށް ހުޅުވައިދިން ފުރުސަތެއް ކަމަށް އަބަދުވެސް ހަނދާން ކުރާތި އިނގެ…ލުފްޝާން އާއި ނުހާ އުޅޭ ގޮތަށް ބަލަން ހަދާނެ ކަމެއް ނެތް…. ފަރީ އުޅޭނީ ދައްތަ ބުނި ކަންތައް ކުރަން އިނގެ…” ޙިޔާލަކަށް ގެއްލިފައިހުރި ފަރީ ސިހިގެން ދިޔައީ ނުހާ ހަޅޭއްލަވައިގައިން އަޑަށްށެވެ. އޭރު ނުހާ އޮތީ ލުފްޝާންގެ އަތު ތެރޭގައެވެ. ލޯންޗަށް އަރަން އުޅުމުގެ ތެރޭގައި […]
ފަރީނާ ޒާހިދާ އާއި ދިމާލަށް ބަލާލަމުން ކަނާއަތް މުއްކަވާލަމުން ބޮޑުވައި އިނގިލި ޒާހިދާއަށް ދައްކާލިއެވެ. ދެވަނަ ސިކުންތުގައި އެދެމީހުންގެ ތުންފަތުގައި ދުވެލީ ނުބައިވެގެންވާ ހިނިތުންވުމެކެވެ. “ނުހާ…ދެންދޭ ފެންވަރައި ހަދާލައިގެން އަންނަން…މަންމަ ހުންނާނެ ނުހާއަށް އެންމެ މީރު ގޮތަށް ޕާސްތާ ހަދާލާފަ…ހަމަ ދަރިފުޅަށް ޙާއްސަކޮށްފަ…” ޒާހިދާ ނުހާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. ނުހާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން ހީލިއެވެ. ނުހާ ގޮސް ކޮޓަރިއަށް ހަމަ ވަނުމާއިއެކު ޒާހިދާ ފުން ނޭވާއެއްލަމުން ސޯފާއިގައި އިށީނެވެ. “ފަރީ އާ ބުނާކަށް […]
ފަރީނާ ޒާހިދާ އާއި ދިމާލަށް ބަލާލަމުން ކަނާއަތް މުއްކަވާލަމުން ބޮޑުވައި އިނގިލި ޒާހިދާއަށް ދައްކާލިއެވެ. ދެވަނަ ސިކުންތުގައި އެދެމީހުންގެ ތުންފަތުގައި ދުވެލީ ނުބައިވެގެންވާ ހިނިތުންވުމެކެވެ. “ނުހާ…ދެންދޭ ފެންވަރައި ހަދާލައިގެން އަންނަން…މަންމަ ހުންނާނެ ނުހާއަށް އެންމެ މީރު ގޮތަށް ޕާސްތާ ހަދާލާފަ…ހަމަ ދަރިފުޅަށް ޙާއްސަކޮށްފަ…” ޒާހިދާ ނުހާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. ނުހާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން ހީލިއެވެ. ނުހާ ގޮސް ކޮޓަރިއަށް ހަމަ ވަނުމާއިއެކު ޒާހިދާ ފުން ނޭވާއެއްލަމުން ސޯފާއިގައި އިށީނެވެ. “ފަރީ އާ ބުނާކަށް […]
– 04 މާރޗްގެ ބަޔާއި ގުޅޭ – މާލެއައި ފަހުން ދިމާނުވެގެން އުޅުން ޝަހުމްއާއި ލަޔާއަށް ދިމާވެވުނީ އޭގެ ތިންދުވަސް ފަހުންނެވެ. އޮފިހުން ކޮންމެރެޔަކު ލަހުން ގެއަށް އާދެވުމާއިއެކު ނަމާދު ކޮށްލާތަނުން ލަޔާއަށް ނިދެނީއެވެ. އެފް. ބީގައި ޝަހުމް ބުނާއެެއްޗަކަށް ޖަވާބެއް ދެވެނީވެސް ފޯނުން އެސް. އެމް. އެސް އެެއްގެ ސިފައިގައެވެ. އެހެންކަމުން މިއަދު ލަޔާ ބެލީ އޭނާއާއި ޙަވާލު ކުރެވިފައިވާ މަސައްކަތްތައް ނިންމާލުމަށްފަހު، ޝަހުމްއަށް އޭނާ އިނީ އޮންލައިންކަމުގައި ބުނެ މެސެޖް ފޮނުވާލިއެވެ. މާގިނައިރެއްނުވެ ޝަހުމްގެ ވާހަކަތައް […]