(ކުރީ ބައިން ވާނުވާ ކިރިޔާ އިނގޭ ހިސާބުން ފެށިގެން) އަހަރެން ނަގާ ސޯފާމަތީގައި ބޭއްވީވެސް އޭނައެވެ. އަހަރެން ކަޅި ޖަހައެއްނުލަމެވެ. އޭނަގެ މޫނަށް ބަލަހައްޓައިގެން އޮތުމުން ލިބެމުންދިޔަ ހިތްހަމަޖެހުމުގެ މަސްތުގައި އަހަރެން މުޅި ޖާން އޭނާއާއި ހަވާލުކޮށްލައިގެން އޮތީއެވެ. އިސާހިތަކު، އޭނަ އަހަރެންގެ ނެޕީ ބަދަލުކޮށްލިއެވެ. އަހަރެންވެސް، މަންމަވެސް، ބޭބެވެސް، ގޭގަ ގެންގުޅޭ މަރީތާވެސް ، އަހަރެންގެ ބުޅާވެސް އޮތީ ހަމަހައިރާންވެފައެވެ. ބުޅާގެ މޫނަށް ބަލާލިއިރު ސިފަވެގެންދިޔައީ އަހަންނަށް ކުރެވެމުންދިޔަކަހަލަ އިހުސާސެއް އެއަށްވެސް ކުރާހެންނެވެ. މުޅި މޫނުގެ […]
ލޯބީގެ ހާސަރުގަނޑެއް ހަނދާންވެއްޖެއެވެ. ކުޑައިރެވެ. ވަރަށްވެސް ކުޑައިރެވެ. ދެންބުނަންޏާ ރަން ދޫންޏަށްވެ ނޫނީ ގުއި ދޫންޏަށްވެ މީސްމީހުންގެ ކޮށްޓަށް ގޮސްވަންނަހާވެސް ކުޑަ ކުޑައިރެވެ. އޭނާ ފުރަތަމަ ފެނުނީ ގޭގެ ސިޓިން ރޫމުގައި ބޭބެ މެނާ އެކު ސަކަރާތްޖަހަން އިންދައެވެ. ދޮންރީތިމޫނެކެވެ. ނަޒަރުތޫނު ކުރަނގިދެލޮލެވެ. މަޑުފިޔާތޮށިކުލައިގެ ތުންފަތެކެވެ. އަންނާރު އޮށްތަކެއްފަދަ ދަތްތަކެކެވެ. ދިގުފަން އިސްތަށިގަނޑެކެވެ. ދެންހަމަ ލޯބީގެ ވާހަކަތަކުގައި ލިޔުންތެރިން ސިފަކޮށްދީފައި އެހުންނަ ޖާޒުބީ ރީތިކަން އޭނާގެ ކަނދުރާއިން ފެށިގެން މަތީގައިވާކަން ހަމަ ޔަގީނެވެ. ޖިސްމުގެ ވާހަކަ ނުދައްކަމާހެއްޔެވެ. […]
ސިއްސައިގެން ދިޔައީ ފައިގެ ބޮޑުވާ އިނގިލި ތެޅިގަތީމައެވެ. ހަންގަޑު ދޫވެ ނާރުއަރާ ދެއަތަށް ގަދަޔަށް ހޫރެނީއެވެ. ނިޔަފަތިގަނޑު ނުލާހިކު ގަދަ ހުދުކުލަޔަކަށް ބަދަލުވިއެވެ. ނިޔަރޮދި ބޭރަށް ނިކުންނަން ފެށިއެވެ. އެއަށްވުރެ ތިރިން ފަޅާފައިހުރި ދެތިން ލޯލި ދިގުވެ ބޯވެ ކަޅުވާން ފެށިއެވެ. ދެފަރާތަށް ގިނަވެފަ ހުރިހަންތަކުން އުފެދެންފެށީ ކަރުންމަތީގެ ގުނަވަނެއްގެ ސިފައެވެ. ހުދުކަން ގަދަވަމުން ދިޔަ ނިޔަފަތި ދެބަޔަށް ބެހެން ފެށިއެވެ. ވަށްކޮށް އަނެއްކާވެސް އެއްކަހަލަ ދެގުނަވަން އުފެދިގެން ދިޔައެވެ. ނިޔަރޮދި ދެބައިވެއްޖެއެވެ. މެދުތެރެއިން ނިޔަފަތީގެ ހުދުކަން […]