Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ގުޅުން – 2

Reesh Level 110 Stories
April 25, 2013 4 Mins Read
4 Comments

ރަހާ ބިރުން އިނދެ ނަދީމް އަށް އެމީހާ ދައްކަމުން ދިޔައެވެ. އެކަމަކު ނަދީމް އެއްވެސް ވަރަކަށް އެކަމާ ހާހެއް ނުވެއެވެ.
” ރަހާ ނެތޭ އެތާ އެކަކުވެސް. ކާކު ފެނިގެންތަ ތިއުޅެނީ ” ނަދީމް ރަހާގެ ދެއަތުގަ ހިފާ ހަލުވާލަމުން ބުންޏެވެ. އެއްފަހަރު އެމީހާއަށް އަނެއްފަހަރު ނަދީމް ރަހާ ބަލަމުން ދިޔައެވެ. ނޫނެކެވެ. އެތާ މީހަކު އެބަހުއްޓެވެ. އެކަމަކު ނަދީމް އަކަށް އެމީހަކު ނުފެނެއެވެ. ރަހާ ގާތު ހަމަޖެހުމަށް އެދި ނަދީމް ބުނަމުން ދިޔައެވެ. ބިރުން އިން ރަހާ ނަދީމްގެ ގައިގަ ބައްދާލާ ބާރަށް ރޯންފެށިއެވެ. ދެލޯ މަރާ ބާރުކޮށްލެވުނެވެ. އިރުކޮޅެއްފަހުން ނަދީމް ލައިޓް ޖައްސާލިއެވެ.
” ރަހާ ބަލާބަ. އެބަހުރިތަ އެކަކުވެސް. ނެތެއްނު. އެއީ ރަހާ ބިރުން އުޅޭތީ ހީވާގޮތޭ ” ރަހާ އެކި ދިމާލަށް ނަޒަރު ހިންގާލިއެވެ. ރަހާއަށް މިފަހަރު ނަދީމް ދައްކާ ވާހަކަ ގަބޫލު ކުރަން އުނދަގޫވިއެވެ. އިތުރު މީހަކު ކޮޓަރީގަ ހުއްޓެވެ. އެމީހެއްގެ ބީހުންވަނީ ރަހާއަށް އިހުސާސް ކުރެވިފައެވެ. އެއީ ވަހުމެއް ނޫނެވެ. ހަގީގަތެވެ. ދެރަކަމަކީ ނަދީމް އެކަން ގަބޫލު ނުކުރިކަމެވެ. ވަގުތުގެ ގޮތުން އެވާހަކަ އިތުރު މީހަކާ ހިއްސާ ކުރެވޭކަށްވެސް ނެތެވެ. އިރުއެރުމާ ހަމައަށް ފާއިތުވެގެންދާ ކޮންމެ ސިކުންތެއްވެސް ރަހާއަށް ހީވީ ގަޑި އެއްގެ އިރުވީ ހެންނެވެ.
ނަދީމް އަށް ހޭލެވުނު އިރުވެސް ރަހާ އޮތީ ހޭލައެވެ. ރޭގަ ވީ ކަންތަކުގެ ވާހަކަ އެއްގޮތަކަށްވެސް ނަދީމް ނުދައްކާ ރަހާ ގާތުވެސް ތައްޔާރު ވުމަށް ބުނެފަ ފާހާނާ އަށް ވަނެވެ. ރަހާގެ މޫނު ވަނީ މިލާ މޯޅިވެފައެވެ. މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ. ސައިބޮއި ނިމިގެން ރަހާ ބޭނުންވީ ނިދާލާށެވެ. ނަދީމް ދިޔައީ ރިސޯޓް ގްރޫޕަކާއެކު މަސްބާނާށެވެ. ނަދީމް ދިއުމުން ރަހާ އޮށޯތީ ރޭގަ ނުނިދާ ހުރުމުގެ ސަބަބުން ނިދާލުމަށެވެ.
ރަހާއަށް ހޭލެވުނު އިރުވެސް ނަދީމް ނާދެއެވެ. މެންދުރުވެފަ ހުރުމާއެކު ފެންވަރާލާ ހަދައިގެން ރަހާ ދިޔައީ އެއްޗެއް ކާލުމަށެވެ. ކޮންމެ އިރަކު ކާންއަންނާތީ އާއެކު ރިސޯޓްގަ މަސައްކަތް ކުރާ ލީނާ މިހާރު ކޮންމެވެސް ވަރަކަށް ދެކެފަރިތަ އެވެ. އެކަމަކު އެހެން ދުވަސް ދުވަހާ ހިލާފަށް މިއަދު އާދެވުނީ ރަހާ އަށް އެކަނި ކަމަށްވާތީ ލީނާވެސް ރަހާ އާ އެކު ކެއުމުގައި ބައިވެރިވިއެވެ. އެކަމުގެ ސަބަބުން ދެމީހުންގެ ދެމެދުގައި ގާތް ގުޅުމެއް އުފެދުނެވެ. ކުޑަ ވަގުތު ކޮޅެއް ތެރޭ ދެމީހުންގެ ދެމެދުގައި ގާތް ރަހުމަތްތެރިކަމެއް އުފެދިގެން ދިޔައެވެ. އެކަމުގެ ސަބަބުން ރަހާގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ.
ރަހާ އަށް ދިމާވި ކަންތަކުގެ ވާހަކަ ކިޔާދޭނެ އިތުރު މީހަކު މިތާ ނުވުމާއެކު ރަހާ ލީނާއަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. އަދި އެއީ ހީވާ ހީވުމެއް ނޫންކަމަށާއި ނަދީމް އެއްވެސް ވަރަކަށް އަދި އަމުދުން ރޭގަ ކޮޓަރީގަ ހުރި މީހާވެސް ނަދީމް އަށް ނުފެނި ހަމައެކަނި ރަހާއަށް ފެނުނު ވާހަކަ ވެސް ރަހާ ކިޔާދިނެވެ. ލީނާ އަށް ރަހާ އަކީ އާކުއްޖަކަށްވިޔަސް ރަހާ ދެއްކި ވާހަކަ ލީނާ އަށް ގަބޫލު ކުރެވުނެވެ. ލީނާގެ ނަންބަރު ރަހާ އަށް ދިނުމަށްފަހު ލީނާ ދިޔައެވެ. އެކަމަކު އެކަންތައް ތައް ލީނާއަށް ވީ ވަރަކުން ބަލާ ދޭނެ ކަމަށް ބުނަމުން ނެވެ.
ރަހާ އަތިރިމަތީ މަޑުކޮށްލައިގެން އިނުމަށްފަހު ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހީ ނަދީމް ގެ ފޯނު ވެސް ނިއްވާލާފަ އޮތުމުންނެވެ. ކޮޓަރި އާ ހަމައަށް ދިޔައިރު ރަހާއަށް ފެނުނީ ކޮންމެވެސް މީހަކު ރަހާމެން ތިބޭ ކޮޓަރި ދޮރުކައިރިންނެވެ. ހުރެވުނުލެއް ދުރުކަމުން ކުރާކަމެއް ރަހާއަކަށް ނޭނގުނެވެ. އަދި އެމީހާގެ ފުރަގަސް ފެންނަން ހުރުމުން ކާކުކަމެއްވެސް ނޭގެއެވެ. އެމީހާ އެކި ދިމަދިމާލަށް ބަލާލީ އެއްވެސް މީހަކު ފެންނަންހުރިތޯ ބަލާލާ ފަދައަކުންނެވެ. އަދި އޭނާގެ އެއަމަލު ތަކުރާރު ކޮށްލިއެވެ. ރަހާ ދެފަޔަށް ބާރުލުމަށްފަހު ހިނގުން ބާރުކޮށްލިއެވެ. ރަހާ އަށް އެމީހާ އާ ހިސާބަށް ފޯރުމުގެ ކުރިން އެމީހާ ދުވެފަ ކަހަލަ ގޮތަކަށް ގޮސް ކޮޓަރި ބަރީގެ އަނެއްފަރާތާ ދިމާލަށް ގޮސް ގެއްލުނެވެ. ރަހާ ވަގުތުން ލީނާއަށް ގުޅާ އެވާހަކަ ކިޔާދިނެވެ.
” ވެދާނެ ކޮޓަރި ކައިރި ސާފުކުރަން ދިޔަ މީހަކަށްވެސް ” އެހެންވިޔަސް އެކަން ބަލާނެކަމަށް ބުނެފަ ލީނާ ފޯން ބޭއްވިއެވެ. ފޯނު ބޭއްވުމުގެ ކުރިން ލީނާ އެދުނީ އެވާހަކަ ނަދީމް ގާތު ނުދެއްކުމަށެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ރަހާއަށް ލީނާ ބުނިގޮތާ އެއްބަސްވެވުނެވެ.
ނަދީމް އައީ އިރުއޮއްސި އަނދިރިވީ ފަހުންނެވެ. އޭރު ރަހާ އިނީ ލެޕް ހުޅުވާލައިގެން އެފް ބީ ގައެވެ. އެއްވެސް ރައްޓެއްސަކު އޮންލައިންގަ ނެތުމުންނާއެކު ނަދީމް އައުމުން ރަހާ ލެޕް ނިއްވާލިއެވެ. ނަދީމް ހުރީ ލޮނާ ތެމިފައެވެ. ފާހާނާ އަށް ވަނުމުގެ ކުރިން ނަދީމް ރަހާ ކައިރިއަށް ޖެހިލާ ބައްދާލަން އުޅުނެވެ. އެކަމަކު ރަހާ ދުރައްޖެހިލީ ރަހާ ފެންވަރައިގެން ހުރުމުންނެވެ. އެހެންވިޔަސް ނަދީމް ބޭނުންވަނީ ކީއްކުރަންކަން ރަހާއަށް އެނގުނެވެ. އެންމެފަހުން ނަދީމް ފާހާނާ އަށް ވަނީ ރަހާ ގޮވައިގެންނެވެ.
ދެމީހުންގެ ކައިވެނި ވީ ނަމަވެސް ބައެއްފަހަރު ނަދީމް އުޅޭގޮތުން ރަހާ ލަދުންގޮސް ހަލާކުވެއެވެ.
” ލޯބީ އާދެބަލަ. ނަދީމް ރަހާގެ އަތުގަ ހިފާ ގެނެސް ގަޔާ ފިއްތާ ބާރުކޮށްލިއެވެ. މަޑުމަޑުން ރަހާގެ ކޮނޑުމަތީން ނަދީމްގެ ހޫނު އަތްތިލަ ހަރަކާތްކޮށް ރަހާ އައްސައިގެން ހުރި ތުވާލި ނައްޓާލިއެވެ. ރަހާ ލޯމަރާލިއެވެ. ނަދީމް ރަހާގެ ތުންފަތުގާ ބޮސްދިނެވެ. ރަހާ ވެސް ހުރިހާ ކަމެއް ހަނދާންނެތި ނަދީމް އާ ބައިވެރިވިއެވެ.
މާގިނައިން ފެނުގަ އުޅެވުމުގެ ސަބަބުން ރަހާ ކިނބިހި އަޅަމުން ދިޔައެވެ.
” ސޮރީ ލޯބީ. އަހަންނާ ހެދި ދޯ ” ނަދީމް ދެރަވިއެވެ.
” އޯކޭވެދާނެ އިރުކޮޅަކުން. ނަދީމް ދާންވީނު ކައިގެން އަންނަން. އަހަރެން ނެތްކާހިތެއް ” ރަހާ އަކީ އަބަދުވެސް ވަރަށް ކެއުމާ ދުރުގަ އުޅޭ ކުއްޖެކެވެ. ރަހާ އަށް ބަލާލިއަސް އެކަން އިނގޭހާވެއެވެ. އެންމެފަހުން ނަދީމް ކުރުނުކޮށްގެން ރަހާވެސް ނަދީމް އާ އެކު ދިޔައެވެ. ކާންތިބި ގަޑީ އިރުއިރުކޮޅާ ނަދީމްގެ ފޯން ރިންގުވިއެވެ. ކޮންމެ ފަހަރަކުވެސް ނަދީމް ކަނޑާލަނީއެވެ. މާލެއިން ރައްޓެހި ބަޔަކު ޖެއްސުން ކުރަނީ ކަމަށް ބުނެ އެންމެފަހުން ފޯންވެސް ނިއްވާލިއެވެ. އެކަން މާބޮޑު ކަމަކަށް ރަހާ ނަހަދައެވެ.
ދެމީހުން އެއްކޮށް ކޮޓަރިއަށް ދިޔައިރު ނަދީމް ހުރީ ވަރަށް މަޑުމަޑުންނެވެ. ރަހާ އެހުމުންވެސް އެއްޗެކޭ ނުބުނެއެވެ. ޖެހުނުތަނުން ނަދީމް އަށް ނިދިއްޖެއެވެ. އެކަމަކު ރަހާ އަށް މިއަދު ރަނގަޅަށް ނިދުމުގެ ސަބަބުން އެއްގޮތަކަށްވެސް ނުނިދުނެވެ. ރަހާއަށް ނުނިދިގެން ފުރޮޅި ފުރޮޅި އޮއްވަ ކުއްލިއަކަށް ދޮރުހުޅުވުނެވެ. އެމީހަކު ދޮރު ހުޅުވީ ތަޅުދަނޑިއަކުންނެވެ. އެންމެފަހުން އޮށޯންނަމުން ރަހާ ދޮރު ޗެކް ކުރިއެވެ. ރަހާ މިފަހަރު ހަޅޭއްލަވަން ނަހަދާ ނިދާކަމަށް ހަދައިގެން އޮތީ އެމީހާ ހަދާ އެއްޗެއް ބަލާށެވެ.
އެމީހާ ފުރަތަމަ ވަދެފަ ހުއްޓުނީ ނަދީމް ކައިރިއަށެވެ. ނަދީމްގެ ކޮނޑުގަ ހިފާ ދެފަހަރަކު ގޮވާލިއެވެ. އެކަމަކު ނަދީމް އޮތީ އެއަށްވުރެ ގަދަ ނިދީގައެވެ. އެމީހަކު ނަދީމް އަށް ގޮވުމުގެ ބޭނުމަކީ ކޮބާ ބާވައެވެ. ރަހާއަށް އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ވަދެވުނެވެ. އެކަމަކު ވެސް ހިތްވަރުކޮށްލައިގެން ނިދާކަމަށް ހަދައިގެން ރަހާ އޮތެވެ. އެމީހަކު ނަދީމް ނުހޭލުމުން ފޯން ނަގާ ކޮންމެވެސް މީހަކަށް ގުޅިއެވެ.
” ހަލޯ ނަދީމް އޮތީ ނިދާފަ. ނުކެރޭނެ މާގިނަ އިރު މިތާ ހުންނާކަށް. ނަދީމް އަންހެނުން އޮތީ ނިދާފަ ” މާގިނަ ވާހަކަ ދައްކަން ނުހަދާ އެމީހަކު މަޑުމަޑުން ކޮޓަރިން ނުކުމެގެން ދިޔައެވެ. އެމީހާ ދަމުން ދިޔައީ ކޮޓަރިވެސް ތަޅުލާފައެވެ. އޭގެ މާނައަކީ އެމީހާ އަތުގަ މިކޮޓަރީގެ ތަޅުދަނޑި ކުރިންވެސް އޮތީއެވެ. ރަހާ އަށް އެމީހާގެ ސިފަ އެއްގޮތަކަށްވެސް ވަކިކުރާކަށް ނޭނގުނެވެ. އެމީހާގެ ސިފަ ނޭނގުނު ނަމަވެސް އެމީހަކު އެވަނީ ނަދީމް އާ ވެސް ގުޅިފައެވެ. އެކަމަކު ކީއްވެ ބާވައެވެ. ރަހާއަށް ބިރު ދައްކައިގެން ނަދީމް އަށް ވާނެ ފައިދާއެއް އޮންނާނެ ބާވައެވެ. ވިސްނި ވަރަކަށް ރަހާ އަށް އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ވަދެވެމުން ދިޔައެވެ. ނަދީމް އާ ދިމާލަށް ހަޔާތުގަ ފުރަތަމަ ފަހަރަށް ޝައްކުގެ ނަޒަރުން ބަލާލެވުނެވެ.
ނޫނެކެވެ. ވަކި ގޮތަކަށް ނިންމުމުގެ ކުރިން ރަހާ ބޭނުންވަނީ އެކަމުގެ ހަގީގަތް އޮޅުން ފިލުވާށެވެ.
( ނުނިމޭ )

Share Article

Follow Me Written By

Reesh

Level 110 Stories

ވާހަކަ ލިޔުމަކީ ރީޝް އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް.

Other Articles

Previous

ހިތް އަދު ރޮނީއޭ ނުދާށޭ – 21 ވަނަ ބައި –

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 13

Next
April 26, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 13

Previews
April 25, 2013

ހިތް އަދު ރޮނީއޭ ނުދާށޭ – 21 ވަނަ ބައި –

4 Comments!

  1. Rose says:
    April 25, 2013 at 10:45 pm

    ނައިސް….

  2. Milli Adam says:
    April 26, 2013 at 7:35 pm

    ދެން…

  3. nishan says:
    April 29, 2013 at 1:57 pm

    ހާދަލަހޭ އަޕްވާލެއް

  4. Nau Nausha says:
    July 6, 2013 at 7:13 pm

    ވވވވވވވވވވވވވވވވވވވވވވވވ ރީތި

Comments are closed.


All Right Reserved!