Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 13

nashaa Level 310 Stories
April 26, 2013 3 Mins Read
8 Comments

އަނެއް ކޮޅުން އީމަންގެ މޫނުމަތިން ފެންނަން ހުރި އަސަރު ބަޔާން ކޮށްދޭން ދައްޗެވެ. ހީވަނީ މަރުވެފައިވާ ހިތަކަށް އާރޯކަމެއް ލިބެން އުޅޭކަމުގެ ފަހިމަގު ފެނިފައި ވާހެންނެވެ. “އީމަން!” ޔާނާއަށް ބުނެލެވުނެވެ. އީމަން މަޑުމަޑުން ޔާނާއާ ދިމާއަށް ހިނގައިގަތުމުން ޔާނާ ދުވެފައި އައިސް އީމަންގެ ގައިގައި އޮޅުލައިގަތެވެ. ކެތްނުކުރެވިގެން ބާރުބާރަށް ރޯން ފެށުނެވެ. އިތުރަށް ކަރުނަތަށް ނުހިފެހެއްޓުނީއެވެ. ކެތްތެރިކަން ކޮޅުންލީއެވެ. ނާމާންކަމުގެ ޖަންގައްޔެއްގައި ހަތަރު އުދަރެސް ފެނުޖެހިފައި ވަނިކޮށް ޔާނާއަށް އީމަން ފެނުމުން ސިފަވީ ސަލާމަތުގެ އައްސޭރި ޚުދު އޭނާ ކައިރިއަށް ހާޟިރުވީހެނެވެ. ސަލާމަތާއި ހިމާޔަތް ދިނުމަށެވެ.

އީމަންގެ ހަށިގަނޑު ދެއަތުން ވަށާލައިގެން ކޮނޑުގައި ބޯއަޅާލައިގެން ޔާނާ ބާރު ބާރަށް ރޯން ފެށުމާއެކު އީމަންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ޔާނާގެ ހިތުގެ ހާލަތު އިހުސާސް ކުރެވިގެން ދިޔައެވެ. ބާރުގަދަ އެފިރިހެންވަންތަ ދެއަށް ޔާނާގެ އުނގަނޑުގައި ވަށާލީ ވައިރޯޅިއެއްވެސް އެހަށިގަނޑުގައި ބީހުނަ ނުދޭނަމޭ ބުނާފަދަ ގޮތަކަށެވެ. ޔާނާގެ ހާލަތުފެނި ހިތް ހަމްދަރުދީން ފުރިގެން ދިޔައެވެ. އެފަދަ ނިކަމެތި ހާލަތެއްގައި ޔާނާ ވަނިކޮށް އީމަންއަށް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. ދެލޮލުގެ ނޫރުފަދައިން ލޯބިވާ މީހާ އެފަދަ ނިކަމެތި ހާލެއްގައި ވާތަން ދެކުމަށް އީމަންއަށް ކުޅަދާނަވެގެނެއް ނުވިއެވެ. އެދެލޯ ކަރުނުން ފުރިގެން ދިޔައެވެ.

ޔާނާގެ ރުއިމަކަށް ބަދަލެއްނައެވެ. އެހެންކަމުން އީމަން ހިތްވަރުކޮށްފައި ޔާނާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަން އުޅުނެވެ. “ޔާނު!” ޔާނާ ގަޔާ ދުރުކޮށްލަމުން އީމަން ޔާނާއަށް ގޮވާލި ހިނދު އެއަޑުގައި ވޭނީ އަސަރެއް އެކުލެވިގެން ވިއެވެ. ޔާނާގެ ދެކޮނޑުގައި ހިފަހައްޓާލާފައި އީމަން ޔާނާއާ ހަތަރުކަޅި ހަމަކޮށްލި ހިނދު ޔާނާވެސް ހުރީ އީމަންއަށް ބަލަހައްޓައިގެންނެވެ. ހޭވިފައިވާ އެއިސްތަށިގަނޑުގެ ބައެއް މޫނަށް އެޅިފައިވާއިރު މުޅިމީހާގެ މޫނަށްވަނީ ޖަންބު ކުލަ އަރާފައެވެ. ޔާނާ މަޑުމަޑުން އީމަންގެ ކޯތާފަތުގައި އަތްތިލަ ބީއްސާލި އިރު ހީވަނީ ލޮލަށް ފެނުނު އެއްޗަކާ މެދު ޝައްކުވެގެން މީހަކު ޔަޤީން ކޮށްލީ ހެނެވެ. ވާނީވެސް އެހެންތާއެވެ. އީމަން ހޯދުމަށް ޔާނާ ހާދަ މަސައްކަތެއް ކޮށްފިއެވެ.

“އީމަން.!” ޔާނާއަށް ކުރެހިފައިވާ އަޑަކުން އީމަންއަށް ގޮވާލި ހިނދު އެ މޫނުގައި ވާ ވަރުބަލި ކަމަށް އުފާވެރި ކަމެއްވެސް އެކުލެވިފައި ހުރިއެވެ. އީމަންއަށް ޔާނާގެ އަތްތިލާގައި ފިރުމާލެވުނީ އެ ބީހިލުމަށް މަރުހަބާ ކިޔަމޭ ބުނާފަދަ ގޮތަކަށެވެ. ނަމަވެސް ބަލަބަލައި ހުއްޓާ ޔާނާގެ މޫނުން ފެންނަމުން ދިޔަ އުފާވެރިކަން ގެއްލި އެދެލޯ މެރޭހެން އީމަންއަށް ހީވުމުން ދެލޯ ބޮޑުކޮށްލެވުނެވެ. ހީއެއްނޫނެވެ. ޔާނާގެ ހަށިގަނޑުން ވަރު ހުސްވާން ފަށައިފިއެވެ. މަޑުމަޑުން އީމަންގެ އަތްމައްޗަށް މުޅި މީހާގެ ހަށިގަނޑު ދެމިގެން ހިނގައްޖެއެވެ. “ޔާނު. ޔާނު.” އީމަންއަށް ގޮވާލެވުނެވެ.

“މާބޮޑަށް ސިކުނޑި ޕްރެޝަރަށް ދިޔުމުގެ ސަބަބުން މިކަހަލަ ޝޮކްޖެހޭ. އޯލް ޝީ ނީޑްސް އިޒް ރެސްޓް އެންޑް ރިލެކްސޭޝަން. މޭކް ޝުއަރ ޝީ ޑަސަންޓް ގޯ އަންޑަރ ސްޓްރެސް، ޓިލް ޝީ ރިކަވާރސް. އައިލް ޓޭކް ޔޮރ ލީވް ނައު.” އީމަންގެ ގޭގެ ކޮޓަރިއެއްގެ ބޮޑު އެނދު ގައި ޔާނާ އޮތްއިރު އީމަން އާ ޑޮކްޓަރު ދިޔައީ ޔާނާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ޑޮކްޓަރު ވާހަކަ ދައްކަމުން ދިޔައިރު އީމަންއަށް އިރު އިރު ކޮޅާ ޔާނާގެ މޫނަށް ބަލާލެވެއެވެ. ދެލޯމެރިފައި އޮތް އިރުވެސް މީހާގެ މޫނުމަތިން މައުސޫމްކަން އޭގެ އިންތިހާއަށް ފެންނަމުން ދެއެވެ. ރަތްކުލައިގެ ސްކާފަކުން ބޮލާ ކަނދުރާއާ ނިވާކޮށްލާފައިވާއިރު ކޯތާފަތްމައްޗަށާއި އެ ހިމަ ދިގު ނޭފަތަށް ރަތްކުލަ އަރައިފައިވާހެން ހީވެއެވެ.

ޑޮކްޓަރު ދިޔުމުގެ ހުއްދައަށް އެދުމުން އީމަން ޝުކުރު އަދާކުރުމަށްފަހު ޑޮކްޓަރާ އެކީ ބޭރަށް ހިނގައިގަތީ ޑޮކްޓަރު ދޮރާހަމައަށް ގެންގޮސް ދިނުމަށެވެ. އީމަންމެން ނުކުތުމުން ކޮޓަރިއަށް ޖޫސްތަށްޓަކާ ފޮތިކޮށްފައި ހުރި އާފަލާ އޮރެންޖް އަޅާފައި ހުރި ތަށްޓެއް މުށިކުލައިގެ ތަބަކަކަށް ލައިގެން މެދުއުމުރުގެ އަންހެނަކާ ފިރިހެނެއް ވަނެވެ. ލައިގެން ތިބީ އެގޭގައި މަސައްކަތްކުރާ މީހުން ލައި އުޅޭ ހުދުކުލައިގެ ޔުނިފޯރމް ކަމުން އެއީ އެގޭ ގެންގުޅޭ މީހުންކަން އެނގެއެވެ. އެދެމީހުން ވަދެގެން އައިސް ޔާނާ އޮތް އެނދު ކައިރީގައި ހުރި ކުޑަމޭޒެއްގެ މަތީގައި ތަބަށް ބަހަށްޓާފައި ޔާނާއަށް ބަލައިލިއެވެ.

“އަދިވެސް ހޭނާރާ ދޯ؟ މި ކުއްޖާ މިތަނަށް މިގެނެވުނީ ކީއްވެބާ؟ ލައިގެން ހުރި ހެދުމުން ހިއެއްނުވޭ ފާޑުފާޑަށް އުޅޭކުއްޖެއްހެން. ދޯ” އެއަންހެންމީހާ ވާހަކަ ދައްކަމުން ފިރިހެންމީހާއަށް ދޯ ދިނެވެ. “އާނ. ގެނައި އިރު އޮތްގޮތުން ހީވަނީ ކޮންމެވެސް މީހެއް އަނިޔާކޮށްފައި އޮތްހެން. ކާރު މަޑުކޮށްފަ އީމަން ސަރ އެންމެ ފުރަތަމަވެސް ބުނީ ސްކާފެއް ކަހަލަ އެއްޗެއް ގެނެސްދޭށޭ. މަރީނާ ދައްތަގެ ކޮޓަރިން އަހަރެން ގެނައި ސްކާފެއް އެއީ. ހީވަނީ ބޮލުގަ ބުރުގާވެސް ނެތީހެން. އެހެންވެ އަހަރެން ގެންގޮސްދިން ސްކާފް އަޅުވައިގެން ކާރުން ބޭލީ.” ފިރިހެންމީހާ އެމީހާއަށް ފެނުނު މަންޒަރު ސިފަކޮށްދިނެވެ. “މިޒަމާނުގައި މިތިބޭ ކުދިންނަށް އިތުބާރު ކުރާކަށްވެސް ނުވާނެ. ރަށްޓެހިވެގެން އުޅެފަވެސް ކިތަންމެ ބޮޑު ލަނޑެއްވެސް ދީފާނެ. ހީވަނީ މިކުއްޖާ ފަކީރަށްވެސް މިފަދަ ކަމެއްހެން މިދިމާވީ.” އެއަންހެންމީހާ ލަފާކޮށްލާފައި ބުނެލިއެވެ.

“ތިކަމަކާ އަހަރެން މުޅިއަކުން އެއްބަހެއް ނޫން. ކިތަންމެ ލޯބިވިޔަސް އެކީގަ ބޭރަށް ގޮސް އަދި ހާއްސަކޮށް ރޭގަނޑު ގަޑީގައި ތަންތަނަށް އެކަހެރިކޮށް ގޮސްއުޅުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން. އަހަރެން ނުބުނާނަން މިކުއްޖާއަކީ ގޮތަކަށް އުޅޭ ކުއްޖެކޭ. އެކަމަކު މިހާރު މިކަހަލަ ބޮޑު ހެދުންލައިގެން ނިވާވެގެން އުޅޭ ބައެއް ކުދިން ހާދަހާ ބޭއަދަބީކޮށް އުޅޭތަން ފެނެޔޭ. މިކަން ވެސް މިއޮތީ ފެޝަނަކަށް ބަދަލުވެފަ. އެމީހުންނާ ގައިކޯޅިކޮށް އުޅެންޏާ އެމީހުންގެ ސިކުނޑިތައްވެސް ޝައިތާނާގެ ވަސްވާހަށް ދާނީ ހެއްލެމުން. އަންހެންކުދިންވެސް ވެއްޖެ ތަންކޮޅެއް ބޮޑަށް ވިސްނާލައިގެން އުޅެން.” ފިރިހެންމީހާ ދެއްކި ވާހަކަ މިހާ ހިސާބަށް ދިޔަތަނާ އީމަން ކޮޓަރީގެ ދޮރުކައިރީ ހުއްޓުނުތަން ފެނުމުން ދެމީހުންވެސް އަވަސް އަވަހަށް ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nashaa

Level 310 Stories

Other Articles

Previous

އެ ގުޅުން – 2

Next

ޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ ފަސްވަނަ ބައި

Next
April 26, 2013

ޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ ފަސްވަނަ ބައި

Previews
April 25, 2013

އެ ގުޅުން – 2

8 Comments!

  1. Rose says:
    April 26, 2013 at 11:39 am

    ހާދަ ލަހޭ އަޕް ވާ ގޮތް….. ހާަދަ ރީއްޗޭ…. އިންތިޒާރު ކޮށް ކޮށް ހުޓާ އަޕް ވީ މަ ވަރަށް ހެޕީ…. ވ ވ ވ ވ ނައިސް އަސްލުވެސް…. 3>

  2. nashaa says:
    April 26, 2013 at 1:30 pm

    ތެންކްސް ރޯސް. ވަރަށް އުފާވެއްޖެ. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އަޕްކޮށްދޭނަން

  3. pinky says:
    April 26, 2013 at 1:38 pm

    ހާދަ ކުރޭ…ވ.ވ.ވރީތި.. ތަންކޮޅެއް އަވަހަށް ގެނެސްދޭނަމަ 🙁 !! ގިނަ ދުވަހަަކަށް އިންތިޒާރު ކުރަން އެބަޖެހޭ… ހަބޭސް. ވެއިޓިންގް އިމްޕޭޝަންޓްލީ ފޮ ދި ނެކްސްޓް ޕާޓް

  4. xee says:
    April 26, 2013 at 7:07 pm

    ވވވވވވވވވވވ ރީތި…ކިޔާ ހިތުން އިނީމަ ކަންނޭނގެ ތަންކޮޅެއް ކުރު……ނެކްސްޓް ޕާރޓް ދިގު ކޮށްދެއްޗޭ އިނގެ………

  5. nashaa says:
    April 26, 2013 at 9:37 pm

    ކޮމެންޓް ކޮށްލާފަ ތިބި ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް ތެންކްސް. ވަރަށް ވަރަށް އުފާވެއްޖެ ވާހަކަ ކަމުދިޔައީތީ.
    އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އަޕްކޮށްދޭނަން

  6. nashaa says:
    April 26, 2013 at 9:38 pm

    ކޮމެންޓް ކޮށްލާފަ ތިބި ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް ތެންކްސް. ވަރަށް ވަރަށް އުފާވެއްޖެ ވާހަކަ ކަމުދިޔައީތީ. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އަޕްކޮށްދޭނަން

    1. someone budget says:
      September 24, 2014 at 1:12 am

      Glad I’ve finally found something I agree with!

  7. ނީމް says:
    April 27, 2013 at 12:44 am

    ވވވވ ރީތި……

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 14←


All Right Reserved!