Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ބިރުވެރި 18+ ލޯބީގެ ވާހަކަ : މަރުޙަބާ 6

Salaa Level 210 Stories100 Comments
February 1, 2014 6 Mins Read
16 Comments

ވިކާޝް ގެއަށް އައިސް ބަލާލީ އާނިޔާ ކޮބާތޯއެވެ. ގޭތެރެއިން އާނިޔާ ފެންނަން ނެތުމުން އޭނާ މިސްރާބުޖެހީ ގިފިއްޔާއި ދިމާއަށެވެ. ގިފިލި ދޮރާއި އަރާ ހަމަވީތަނުން އާނިޔާ ނުކުތެވެ. އޭނާ ހީލީ ވިކާޝް ފެނުމުންނެވެ،

” ވަރަށް ބަނޑުހައިވެގެން މިއައީ….”

ވިކާޝް ބަނޑުގައި އަތްޖައްސާލަމުން ބުނެލިއެވެ. އާނިޔާ ވިކާޝްގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ހިނގައިގަތެވެ. ވިކާޝް އެއް އަތުން އާނިޔާގެ އުނގަނޑުގައި ހިފާލިއެވެ.

” މިޔަދުވެސް މީރު އެއްޗެއް ހަދާލީތަ މާ ހެވިފައި ތި ހުންނަނީ ؟ އާނީ ވަރަށް ކުޑައިރު މަންމަ ދަސްކޮއްދީފި ދޯ މީރު އެއްޗެހި ހަދަން..”

ވިކާޝް އާނިޔާ ފޮނިކޮއްލިއެވެ. އާނިޔާ ހޭންފަށަމުން ގަދަކޮއްލިއެވެ.

” ޔަޤީނެއްނު.. އެހެންވީމަ މަންމަ އަހަރެން އަށާރަ އަހަރުވީތަނުންވެސް މީހަކާ އިންނަން ހުއްދަ ދިނީ.. ގެވެހި ވާނެ ނުލާހިކު…”

އާނިޔާގެ ވާހަކަތަކުން ވިކާޝްއަށް ހެވުނެވެ. އެހާ ޅައުމުރުގައި ދެމީހުން ގުޅިގެން އުޅުން އެއީ ވަރަށް ބޮޑު ފަސޭހައެއްކަމުގައި ވިކާޝް ދެކެއެވެ. ދެމީހުންގެ ވިސްނުންވެސް އެހާމެ ޅަވެފައި މޮޅެވެ.

” ހޫމް.. ދެން ފޮނިނުކަނޑާ ހިނގާބަލަ ކާން… އާނީ މިޔަދުވެސް އެއްވެސް ތަނަކަށް ނުނިކުންނަންތަ؟ “

ކުއްލިއަކަށް ވިކާޝް ބުނެލިއެވެ. އާނިޔާ ކާގެއަށް ވަންނަމުން ބޯޖަހާލިއެވެ. އޭނާ ތަށިތައް މަތިނަގަން ފެށުމުން ވިކާޝް ތަށިތަކަށް ބަލާލިއެވެ. ހިނިތުންވެ ހުރެއެވެ،

” ހޫމ ނުދަން.. ނިކުންނަހިތެއް ނުވޭ… ކީއްކުރަން ތަންތަނަށް ދާންވީ.. މިހާ ހިތްފަސޭހަ ގެއެއް ނުވެސް ލިބޭނެ މިރަށަކުންނެއް.. އެހެން ނޫނަސް ވިކާޝް ތިއުޅެނީ އަބަދުހެން މަސައްކަތުގަ. އަޅެ އެ ދޯނިގަނޑު އަދިވެސް ނިމޭކަށް ނޫޅޭތަ؟ “

އާނިޔާ ދެރަވެލާފައި އެހެން ބުނީ ވިކާޝް އާއި އެކު ވަގުތު ހޭދަކުރަން ބޭނުންވާތީއެވެ. ވިކާޝް ހީގަންނަމުން ފެންކޯވަރެއް ބޯލިއެވެ.

” ނަސީބެއްނު ނުނިމޭކަން.. އެހެން ނޫނީ އަނެއްކާ ޖެހޭނީ އެހެން ވަޒީފާއެއް ހޯދަން.. އެ ދޯނި ކައިރިއަށް މަސައްކަތު ދާ ކޮންމެ ދުވަހަކަށް 300 ރުފިޔާ ލިބެޔޭ.. “

އާނިޔާ ތުން ފިއްތާލިއެވެ.

**************************************

ސާދަވިލޭރޭގެ ހަނދުވަރުގެ އަލިން މުޅި ރަށްވަނީ ދިއްލާފައެވެ. އެ ހަނދުވަރުގެ ރީތިކަން އާނިޔާއަށް ފެނުނީ ކޮޓަރީގައި އޮވެފައި ބޭރަށް ނުކުތުމުންނެވެ. އަދިވެސް ވިކާޝްއެއް ނާދެއެވެ. އޭނާ ބޭނުންވަނީ ރަށުގެ ތުނޑިމަތީގައި ހިނގާލަންދާށެވެ. ދެމީހުން އެކުގައެވެ. މަތިން ބަބުޅަމުންދާ ތަރިތަކަށް ބަލަން އޭނާ ހެވިފައި ހުރެ އަނެއްކާވެސް މަގާއި ދިމާއަށް ބަލާލިއެވެ.ވިކާޝް އަންނަތަން ފެނުނެވެ. އާނިޔާ ހުރީ ވަރަށް ތައްޔާރުވެލައިގެންނެވެ، ވިކާޝްއަރާ ހަމަވުމާއި އެކު ބުނެލިއެވެ،

” ވިކީ… ހިނގާބަލަ ތުނޑިއަށްދާން.. ހިނގާލަން…  ކިހާ ރީތި ހަނދުވަރެއް.. އަހަރެމެން މިރަށަށް އައި ފަހުން އަދި މިހާ ރީތި ހަނދުވަރެއް  ލޮލަށްވެސް ނުފެނޭ.. ހިނގާބަލަ..”

އާނިޔާ އެހެން ބުނުމުން ވިކާޝް ބޯހޫރާލިއެވެ،

” ކިހިނެތްދާނީ… އޭރު ދިޔަގޮތަށް އަދި ހުއްޓި ނުހުންނަން… ވަރަށް ވަރުބަލި.. އެހާ ބަނޑުވެސް ހައިވެފަ މިހުރީ.. އަންޑަސްޓޭންޑްވެބަލަ..”

ވިކާޝް އާނިޔާގެ އަތުގައި ހިފައިގެން ގެއަށްވަނެވެ. އާނިޔާ ހިތްހަމަ ނުޖެހުނަސް އެކަން މޫނުމަތިން ނުދައްކާ މަޑުކުރިއެވެ. ވިކާޝް ތުވާލި ހިފައިގެން ގިފިއްޔަށް ދިޔުމުން އާނިޔާ ތަރުފާލިމަތީގައި ޖައްސާލީ ވިކާޝް އަންނަންދެނެވެ، އޭނާ ވިސްނުމެއްގައި އޮއްވާ ވިކާޝް އައިސްވަނެވެ.

” އާނީ… ކާންހަދާލިނަމަ އޭރުން އަވަހަށް ކައިގެން ޖައްސާލެވޭނެ.. ކުޑަކޮށް އުނަގަނޑުވެސް މޮޑެލަދޭންވާނެ މިރޭ.. ރޮންދާ ކުނޑި އޮތް ބޮޑު ފަރުބަދައެއްވަރު ވަންދެން.. ގުދަށް އޮވެގެން އެ ހުރިހާ އެއްޗެއް ނަގަންޖެހުނީމަ ވަރަށް ރިއްސާ އެބަ…”

މޭޒުމަތީގައި ހުރި އަސްގަރުއަލީ ތެޔޮފުޅި އަތަށް އޮއްސާލުމަށްފަހު ގައިގެ އެތަންމިތާ ވިކާޝް ހާކާލިއެވެ. ފޫހިވެފައި އޮވެ އާނިޔާ ތެދުވެގެން ނުކުތީ އިތުރު އެއްޗެއް ނުބުނެއެވެ. ވިކާޝް ރީތިވެލައިގެން އިޝާނަމާދަށް އެރިއެވެ.

އާނިޔާ ކާންތައްޔާރުކޮށް ނިމުމާއި އެކު ވިކާޝް އައިސް އިށީނެވެ.ގަރުދިޔައާއި ބަތާ އަދި  ކަނޑުމަހު ބޮލާއި ތެލުލި ބަނޑައިދޫ ފެނުމާއި އެކު ވިކާޝްގެ ކުޅުދިޔާވިއެވެ،

” އާނީވެސް ކާންވީނު.. ހާދަމީރުކޮށޭ މިރޭ ތިހުރީ ކެއުން ހަދާފަ،،،،”

ވިކާޝް އަވަސް އަވަހަށް ބަތްތަށި މޮޑެމުން ވާހަކަ ދައްކަންފެށިއެވެ. އާނިޔާ ކާހިތެއް ނެތޭ ބުނެ ވިކާޝްގެ ކުރިމަތީގައި އިނެވެ،

ވިކާޝް އޭނާގެ ކައިރީގައި ހުރި ފޮޅިކުރި މިރުސްތަށިން މިރުހެއްނަގާ ބަތްތައްޓަށް ފިއްތާލުމަށްފަހު ފިޔާބުރިއެއް ހަފާލިއެވެ.

” ހޫމް.. ހާދަ މީރޭ….އަހަންނަށް މިހުރީ ހަމަ ރަންގަނޑެއް ދޯ ލިބިފަ ..”

ވިކާޝް ތައުރީފު ކޮއްލުމުންވެސް އާނިޔާ އުފާވާގޮތް ނުދެއްކުމުން އޭނާ އެހުރީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައިކަން ވިކާޝް ދެނެގަތެވެ. އިތުރަށް އޭނާ ވާހަކަ ނުދައްކާ އިނދެ ކައިނިމިގެން ބޭރުގައި ހުރި ފަތްޖެހިއެނދުގައި އިށީނީ ދުފާލާށެވެ. އާނިޔާ އޭރު ތަށިތައް ދޮންނަންވެގެން ފެންބާލިދީ ކައިރީގައި އިނެވެ،

ދެމީހުން އެއްކޮށް ގެއަށްވަދެ ދޮރުތަޅުލިއެވެ. ފެންވަރާލުމުން އޭނާ އަންނަން ފެށި ނިދީގެ އަސަރު އަދިވެސް ރަނގަޅަކަށް ނުފިލައެވެ. ފާރުގައި ލައްކޮއްލާފައިވާ ގޮދަނޑި ތިރިއަށް ވައްޓާލަމުން ވިކާޝް ޖައްސާލިއެވެ. އާނިޔާ ހެދުން ބޭލުމަށްފަހު ވަކަރުގައި އެލުވާފައިވާ ދަނޑިމައްޗަށް ހެދުން އެއްލުމަށްފަހު، ހަރުވާޅަކާއި ޓީޝާޓެއް ލިއެވެ. އޭނާ އައިސް ވިކާޝް ގާތު އޮށޯތެވެ،.

” ރަންކޮޅާ އުނަގަނޑު މޮޑެލަދީބަލަ…”

ވިކާޝް އެހެން ބުނުމުން އާނިޔާއަށް އެކަން ބޮޑުވިއެވެ. އޭނާ އިރުކޮޅަކު އޮވެލުމަށްފަހު ބުނެލިއެވެ،

” ރޭގަވެސް ވަރުބަލިވެގެން ނިދީނު.. ދެން މިރޭވެސް ނިދާނީތަ؟ “

އާނިޔާ އެހެން ބުނެލި ރާގުން އޭނާ އެ ބުނީ ކީކޭ ކަން ވިކާޝްއަށް ދޭހަވިއެވެ. ވިކާޝް ހީލިއެވެ،

” އޯހް… އާނ ތެދެކޭ ދޯ.. މިރޭ ފުރަތަމަ އުނަގަނޑު މޮޑެލަދީ.. ދެން ފަހުން އޭރުންނެއްނު… ދޯ… “

ވިކާޝް ބަނޑުން އޮށޯތުމުން އާނިޔާ ތެދުވެ އުނަގަނޑު މޮޑެދޭންފެށިއެވެ. ވީ އަރާމަކުން ވިކާޝް ނިދިޖެހޭގޮތްވިއެވެ. އާނިޔާ އަތްވާލުވާ ގޮތް ވެގެން ވިކާޝްއަށް ގޮވާލިއެވެ. އޭނާގެ ހަބަރެއް ނުވުމުން ބަލާލި އިރު އޭނާ އޮތީ އަރާމުކޮށް ނިދާލާފައެވެ. އާނިޔާ ގާތަށް ވަރަށް ރުޅިއައެވެ، އޭނާ އަނެއް ފަރާތަށް އެނބުރި ނިދީ އަރައިގަތް ރުޅިއަކުންނެވެ،

**********************************

ދުވަސްތައް ހަލުވިކަމާއި އެކު ދަތުރުކުރަމުންދެއެވެ. ވިކާޝް މަސައްކަތްކުރަމުން އައި ދޯނި ބަނދެ ނިމިއްޖެއެވެ. ދެން ފައިސާ ހޯދާނެ އިތުރު ގޮތެއް ނެތެވެ. އޭނާ ކަންބޮޑުވެފައި އޮތެވެ. މޭމަތީގައި ބޯއަޅާލައިގެން އޮތް އާނިޔާގެ މޮލުގައި ފިރުމާލަ ފިރުމާލައެވެ.

” މަހަށް ދާންވީނު … އެގޮތް ކިހިނެތްވާނީ ؟ “

އާނިޔާ ހިޔާލެއް ދިނެވެ. ވިކާޝްޗޮކެއް ކަނޑާލިއެވެ،

” ދެތިން މީހުން ގާތު ބުނެފިން.. އެއްބަޔަކު ބުނަނީ ދޯނީގަ ބައި ހަމައޭ.. އަނެއް ބަޔަކު ބުނަނީ މާ ޅަ ޔޯ.. ކުރަންޖެހޭ ކަންތައްތަކެއް ނުކުރެވޭނެޔޯ..”

ވިކާޝްހެ ޖުމުލައިން އާނިޔާ ދެރަވިއެވެ. ދިރިއުޅުމުގައި ފިރިމީހާ ކަންބޮޑުވާންޖެހުން އެއީ ދެން ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި އާނިޔާ ދެކުނެވެ،

” މިހާރުވެސް އެބަ ބަނދޭ އޮޑިއެއް… އެކަމަކު އެތަނުގަ ވަޑިންނަށް އެހީވާން އުޅެނީ އެގޯތި ތެރޭގެ މީހުން.. އޭރުން ނެއްނު އެމީހުން އަތުން ރުފިޔާ ނުދާނީ.. “

ވިކާޝް ހިތްހަމަނުޖެހިފައި ބުނެލިއެވެ. ދެމީހުން އެކި ގޮތްގޮތަށް ވިސްނަ ވިސްނާވެސް އެއްވެސް ކަހަލަ މަގެއް ނުފެނުނެވެ.

” އަހަންނަށް ހީވަނީ މީހަކާ މި އިނދެވުނީވެސް މާ އަވަހަށް ހެން.. އަނބިމީހާ ނުގެންގުޅެވޭ އިރުގަ މީހަކާ އިނދެވުނީމަ ދެރައީ.. އާނީ ފޮނުވާލަންވީ ކަންނޭނގެ މަންމަމެން ގާތަށް…”

ވިކާޝް އެހެން ބުނީ ސަމާސާއަކަށެވެ. އެހެނަސް އާނިޔާ ވަރަށް ސީރިއަސްވިއެވެ،

” ތިބުނީ ކިހިނެތް ފޮނުވާލާ ވާހަކަތަ؟ “

” މިބުނީ ވަރިކުރާ ވާހަކަ.. ދެން މުއްސަނދިވެ މަހުޖަނަކަށް ވާ ދުވަހަކުން ގޮސް އަނެއްކާ އިންނާނީ…”

ވިކާޝް ހީ ގަންނަމުން އެހެން ބުނެލިއެވެ. ހަޤީޤަތުގައިވެސް އާނިޔާ ވަރަށް ދެރަވިއެވެ. އޭނާއަށް ރޮވޭގޮތްވި ނަމަވެސް ކެތްތެރިވެފައި ވާހަކަ ދެއްކިއެވެ،

” އަހަރެން ވިކީ އާއި މި އިނީ ލާރިގަނޑެއް ފެނިގެންނެއް ނޫނޭ.. ލޯބިވާތީ.. އެހެންވީމަ އެއްވެސް އެއްޗެއް ނެތަސް އުޅޭނަން.. ދެއަތްބަށް ވިޔަސް އަހަރެން އުޅޭނަން..”

ވިކާޝް ސިހުނެވެ. އާނިޔާ އޭނާ ދެކެ ލޯބިވާވަރު އިހުސާސްކުރެވުމުން ސޮރީ އޭ ބުނެ ވަރަށް ބާރަށް އޭނާ އާނިޔާ ގައިގައި ބައްދާލިއެވެ.

**********************

ޖެހިގެން އައި ދުވަހެވެ. ހުކުރަށް ދާންވެގެން ވިކާޝް ނުކުތީ އަތުގައި އޮތް އެންމެ ރީތި ގަމީހާއި ފަޓްލޫން ލައިގެންނެވެ. ވިކާޝް ދާތަން ފެނި ބަދިގޭގައި ހުރެފައި އާނިޔާ ބޯދިއްކޮއްލީ ބޭރަށެވެ،

” މަގޭ ފިރިމީހާ ހާދަ ރީތިހެން ހީވެޔޭ މިޔަދު…”

އާނިޔާ ތަންކޮޅެއް ބާރަށް އެހެން ބުނެލުމުން ވިކާޝް އެއްލޯ މަރާލަމުން ނުކުތީ ބާރު ބާރަށެވެ. އޭނާއަށް ނުކުމެވުނީ ނުދަންނަ ބައެއްގެ ކުރިމައްޗަށެވެ،

” ކޮއްކޯ… މިސްކިތް ކޮބާތަ؟ “

ހަރުކުލައިގެ މީހަކަށް ހުރި ބޭބެ ސުވާލުކުރުމުން ވިކާޝް ހިނިތުންވެލިއެވެ. އޭނާގެ ގާތުގައި ވަރަށް ރީތި އަންހެންކުއްޖަކުވެސް ހުއްޓެވެ. ހިނިތުންވެފައެވެ. އަދި ދެ ފިރެހެނުން ވެސް ތިއްބެވެ.

” އަޅުގަނޑު މިދަނީ މިސްކިތަށް.. ދުރުވަންވީ ނޫންތޯ…”

ވިކާޝް ޖަވާބުދިނެވެ. ބޭބެ ބަލާލީ އެ ޒުވާން އަންހެން ކުއްޖާ އާއި ދިމާއަށެވެ،

” ދަރިފުޅާ ޝިކާ ..ދާންވީނު ސަފާރީއަށް.. ބައްޕަމެން މި ދަނީ މިސްކިތަށް..”

އޭނާ އެހެން ބުނުމުން ޝިކާ ހީލިއެވެ. އަދި ބޮލުން އާނއެކޭ ބުނުމަށްފަހު ބަނދަރާއި ދިމާއަށް ހިނގައިގަތްވަގުތު ގޯތިތެރޭގައި ހުރި އާނިޔާ ފެނުނެވެ.

” މީ ތީނަގެ ގެތަ؟ “

ފަސްއެނބުރި ބަލާލަމުން ޝިކާ ސުވާލުކުރުމުން ވިކާޝް ބޯޖަހާލިއެވެ. ސުވާލުގެ ނަޒަރަކުންނެވެ،

” މިގޭގަ އަހަރެން މަޑުކޮއްލިޔަސް އޯކޭތަ؟ “

ވަރަށް ގާތްގޮތަކަށް ޝިކާ އެހެން ބުނުމުން ވިކާޝް ބަލާލީ ދުރުގައި ބަލަންހުރި އާނިޔާއަށެވެ. އެއަށްފަހު އޭނާ ހީލީ ޝިކާއަށް ބަލާލަމުންނެވެ.

ޝިކާ އަވަސް އަވަހަށް ގެއަށްވަނެވެ، އާނިޔާ ހުރީ ޝިކާގެ ރީތި ސޫރަ ފެނުމުން ހަސަދަވެރި ވެފައެވެ. އެހާ ދޮންދޮން ތުނިތުނި ހަށިގަނޑެއްގެ ވެރި ޒުވާން ޖިންސުއްލަތީފެއް އޭނާގެ ފިރިމީހާގެ ކުރިމަތީގައި ހުއްޓި ހުރިތަން ފެނުމުންވެސް އާނިޔާގެ މޭ ކަރާލާ ގޮތްވިއެވެ. އެހެނަސް ޝިކާ އައިސް ކުރިމަތީގައި ހުއްޓުމާއި އެކު އާނިޔާއަށް ހިނިތުންވެލެވުނެވެ،

” މިގޭގަ އެކަނިތަ އުޅެނީ ؟ “

ވަރަށް ގާތް ގޮތަކަށް އޭނާ ސުވާލުކޮއްލީ ގޭތެރެއަށް ނަޒަރު ހިންގާލަމުންނެވެ. އާނިޔާ އިތުރަށް ހީލަމުން ވާހަކަ ދެއްކިއެވެ.

” ފިރިމީހާ އާއި އެކު….”

ޝިކާގެ ދެބުމަ ކައިރިވީ ވިކާޝްއަކީ ފިރިމީހާކަމަށް ހިތައެވެ،

” ދެންމެ އެ ދިޔައީތަ ފިރިމީހާ ؟ “

ޔަޤީންކޮއްލަން އޭނާ އަހާލިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ވިކާޝްގެ ފިރެހެންވަންތަކަމާއި ހެދި ޝިކާ އެހުރީ މިހާރުވެސް އޭނާއަށް ހިތްދީ ނިންމާފައެވެ.

” ހޫމ.. އެއީ.. “

އާނިޔާ އެހެން ބުނުމަށްފަހު ލަދުރަކި ގޮތަކަށް ޝިކާއަށް ބަލާލިއެވެ،އޭރު ޝިކާ ވަށައިގެން މުޅި ގޯތި ތެރެއަށް ނަޒަރު ހިންގަނީއެވެ،

” އަހަރެންވެސް ވަރަށް އުޅޭހިތްވޭ މިކަހަލަ ގޭގޭގަ… އަދި އެހާ ކުޑަ ކުޑަ ގެއެއްގަ ވަރަށް އުޅެލާ ހިތްވޭ…”

ޝިކާ އެހެން ބުނެލި ގޮތުން އޭނާއަކީ ވަރަށް ބޮޑު ގެއެއްގައި އުޅޭ ކުއްޖެއްހެން ހީވިއެވެ،

” ހިނގާބަލަ މަށަށް ގޭތެރެ ދައްކާލަން.. ބޭރަށް ފެންނަން ހުރިގޮތުން ހީވަނީ ވަރަށް ހިތްގައިމުވާނެހެން..”

އޭނާ އާނިޔާގާތު އެދުނެވެ. އާނިޔާ ލަދުން ހުރެފައިވެސް އޭނާގެ އެދުމަށް އިޖާބަދިނެވެ.

” އަދި ނަމެއްވެސް ނުބުނަމެއްނު…. “

ޝިކާ ކުއްލިއަކަށް ހަނދާންވެގެން ކަހަލަ ގޮތަކަށް ބުންޏެވެ. އާނިޔާ އޭނާގެ ނަން މަޑުމަޑުން ބުނެލުމުން ޝިކާ ވެސް އެއީ ޝިކާ ކަމުގައި ބުންޏެވެ.

ގެއާއި އަރާ ހަމަވުމަށްފަހު ނަންބޯޑު ބަލާލަމުން ޝިކާ ބުނެލިއެވެ،

” މަރުޙަބާ … މަރުޙަބާ؟ “

އާނިޔާއަށް އޭނާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ، އާނިޔާއަށް ބާރަށް ހޭންފެށުނެވެ،

” ހޫމ.. ހަމަ މިގެއަށް ކިޔާނަމޭ ތީ،،، އަހަރެންވެސް މިގެއަށް އައި ދުވަހު ހެވުނު ހަމަ… “

ދެމީހުން އެއްކޮށް ހެމުން ހެމުން ގޭތެރެއަށްވަނެވެ. ބައިގަޑި އިރެއްހާއިރު އެއްކޮށް ހޭދަކޮއްލެވުނު ވަގުތުކޮޅުގެ ސަބަބުން ކޮންމެވެސް ވަރަކަށް އެކަކު އަނެކަކު އެކުވެރިވެ ވާހަކަވެސް ދައްކާލެވުނެވެ،

” މިގެއިން ކައިގެންދޯ ދާނީ ދެން….”

އާނިޔާ ނުކުންނަމުން ބުންޏެވެ. ޝިކާ ބޯހޫރާލީ ނޫނެކޭ ބުނަމުންނެވެ،

” ނޫނެ.. ތޭންކްސް.. ސަފާރީގަ އޮންނާނެ މިޔަދު ވަރަށް ގަދައަށް ކައްކާފަ… މިރަށަށް ގާތްކުރީ ހުކުރުވަގުތަށް… ދެން އެކަމު ބައްޕަ ގާތު ބުނާނަން ދެ ދުވަހެއްވަރު މަޑުކޮއްލާށޭ… އަލަށް އާދެވުނު ރަށަކުން ގާތް އެކުވެރިޔަކު ލިބުނީމަ އެހާ ދާހިތެއްނެތް..”

ޝިކާގެ ވާހަކައިން އާނިޔާ އެހާ ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ. އޭނާ ބޭނުންވަނީ ޝިކާ ފޮނުވާލާށެވެ.ވިކާޝް އުޅޭ އިރުގައި ޝިކާ އެގޭގައި އުޅޭކަށް އޭނާ އެއްވެސް ވަރަކަށް ބޭނުމެއްނޫނެވެ. ބޭރުގައި ހުރި ޖޯލިފަތީގައި ދެމީހުން އިށީންތަނާހެން ވިކާޝް އާއި އެކު ޝިކާގެ ބައްޕަމެން އައެވެ.

” ބައްޕާ… އަހަރެން ބޭނުން މިރަށުގަ ދެދުވަހެއްވަރު މަޑުކުރަން… ވަރަށް ރަނގަޅު އެކުވެރިއެއް.. އާނިޔާ..”

ޝިކާ އާނިޔާއަށް ތައުރީފްކޮއްލުމުން ވިކާޝް ހިނިތުންވެލަމުން އާނިޔާއަށް ބަލާލިއެވެ. ރަމީޒު ހީލަމުން ބޯޖަހާލިއެވެ،

” އެކަމަކު ޝިކާ.. ބައްޕަމެންނަށް ގެސްޓުން ލިބިއްޖެ … ފުރަންޖެހޭނެ.. ވަރަށް ގިނަ މީހުން ބުކިން ހައްދާފަ އޮތީ… ވަރަށް އަވަހަށް މާލޭ ފަޅަށް އެބަޖެހޭ ދާން..އެހެންވީމައޭ ބައްޕަ މިއުޅެނީ ދަރިފުޅު ރާއްޖެތެރެއަށް ނުގެންނާންވެގެން… “

ރަމިޒު ހޭންފެށުމުން ޝިކާ ކުސްތަޅާލިއެވެ،

” މި ދަތުރު ނިންމާފަ އާދޭ އަހަރެން ބަލާ… “

ޝިކާ ގޮތްދޫ ނުކުރުމުން ރަމީޒުއަށް އޭނާއަށް ވިސްނައިދޭން މަޖުބޫރުވިއެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ބޭރުބައެއްގެ ކައިރިއަށް ދޫކޮއްލާފައި ދިޔުމަކީ އޭނާ ރުހޭ ކަމެއް ނޫނެވެ. ރަމީޒު ޝިކާ އާއި އެކަނި ވާހަކަ ދައްކާލަން ބޭނުންކަމަށް ބުނެ ތަންކޮޅެއް ދުރަށް ޖެހުނެވެ، އެންމެން ޖޯލިފަތީގައި އިށީނެވެ،

” ބައްޕާ.. މިގޭގަ އުޅެނީ އެ ދެމަފިރިން އެކަނި.. އަހަރެންވަރުގެ ދެމީހުންނެއްނު އެއީ.. އާނިޔާ ވަރަށް އޯގާތެރި ރަނގަޅު.. ދެންމެ އަހަންނާއި އެކު މި ހޭދަކުރި ވަގުތުންވެސް އެނގިއްޖެ އެކަން..ޕްލީޒް ބައްޕަ އަހަންނަށްޓަކާ..”

އާނިޔާގެ އާދޭހަށް ދެކޮޅިހަދާކަށް ރަމީޒަކަށް ނުކެރުނެވެ. އޭނާ ވިކާޝް އާއި ވާހަކަ ދެއްކިއެވެ،

” ނޭނގޭ އަސްލު ތިއީ ކޮންބައެއް ކަމެއްވެސް.. އެކަމަކު އަހަރެންގެ މި މޮޔަ ދަރިފުޅަށް ވިކާޝްގެ އަނބިމީހާގެ ގުޅުން ވަރަށް ކަމުގޮއްސި.. އޭނަ އެބަ ބޭނުންވޭ މިރަށުގަ ހުންނަން…”

ވަރަށް ލަދުންހުރެ ރަމީޒު ބުންޏެވެ. ވިކާޝް ބަލާލީ އާނިޔާއަށެވެ. އާނިޔާއަށް ކުނިމޫނު ދައްކަން ނުކެރިގެން އޭނާ ހުރީ ހިނިތުންވެގެންނެވެ. ބަދަލުގައި ވިކާޝް ހީކުރީ އެއީ އާނިޔާ ބޭނުންވާ ގޮތްކަމަށެވެ. އޭނާ އަވަސް އަވަހަށް ހީލަމުން ބުންޏެވެ،

” އާނ.. ހުރެވޭނެ ހަމަ.. ބޭނުން ދުވަހަކަށް ހުންނަންވީ.. އާނިޔާ ވަރަށް ހެޔޮވާނެ..”

އެ ޖުމުލަ އާއި އެކު އާނިޔާއަށް ލޯމަރާލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 4ވަނަބައި

Next

ވީރާނާ

Next
February 1, 2014

ވީރާނާ

Previews
February 1, 2014

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 4ވަނަބައި

16 Comments!

  1. lady gaagaa says:
    February 1, 2014 at 11:15 am

    dhen shikaa r vik r loabivaani
    loabi vegen vik aaniyaa maraalaani kahneyge
    dhen shikaa r mary kuraani
    dhuvas kolhakun shikaa ehn biteh nagani negima eyna ves maraalaani kahneyge :p mihen kahneyge dhen vaaniu
    story vrh habeys

    1. salaa says:
      February 1, 2014 at 3:13 pm

      noooon…. adhi rangalheh nuvey… adhi thiyaa visnany rangalhakah nonnno Lady gaagaa… hehehe next part ah wait kurahchey ingey

  2. me says:
    February 1, 2014 at 2:11 pm

    salhi, waiting 4 the next part

    1. Salaa says:
      February 1, 2014 at 3:15 pm

      thanks… yes keep waiting.. ehaa laheh nuvaane

  3. nish says:
    February 1, 2014 at 3:15 pm

    pls.varah nice story . v haaves avahakah next part nerebala. .

    1. Salaa says:
      February 1, 2014 at 5:06 pm

      kekkollaaa nish.. mihaaruves 4 vaahaka liyamun midhany.. so hama liyevey varun publishkuraanan

  4. Nizooo says:
    February 1, 2014 at 4:50 pm

    hai sweet heart!!!!!!!!!!!!! hws u may dear????????? nizooo ah ingey hen heevani vaane goi,,, bunan tha?????????????? shikaa viky ah moyavegen ulheythi aniya J vaani,,,dhn aniyaa aa shikaa yaa kanneyge mahssala jeheyni dho salaa?????????? hehehehehe 😛 faharehgga mihen vedhaaneba??????? dhn neyge gess kuraakahves,,, wow,wow,wow,,, mi part ves v habeys,,,ekam haadha kurey,,,mi nizooo ah heevaa goi kanneyge dho??????? a hen nun vaani e haaves salhi vihyya,,,dhn kon irakun 7vana part?????? mi huri inthizaaruga,,,, dhn ba e tgc misss you so much n love u a lot,,,<3 <3

    1. Salaa says:
      February 1, 2014 at 5:08 pm

      na na.. adhives nubai.. ehves meehaku nuvisnaane gothakah vaany. hehehe.. thnx nizoo sweet heart…

  5. naph says:
    February 1, 2014 at 5:38 pm

    Wow.. mi part vx v nyc.. shikaa kanneynge dhw aniya maraalani.. heevani ehn hen vaanii.. shikaa vik beynun vegen aaniyaa maraalima vik shikaa maraalani kanneynge dhw.. salaa eh nun liyanii.. ehaa molhuvaane.. so guess kuran vc ehaa undhanguvaanr.. hehe.. hurihaa paart akah comment nukurevunax dheranuvahchey ingey.. naph hurihaa part eh vx kiyameyy ingeyy.. bt sumtymx vaagothun comment nukohlevenii.. so sowii ingey darling.. bayeh kudhin mivaahaka kamunugoxgen negative comment kuriyax v nyc mi stry gendhaa goiy ingey.. I really love this story.. keep it up

    1. Salaa says:
      February 1, 2014 at 6:04 pm

      OW WOW…. naph thankx.,… adhives hama dhimaleh nuvey ingey vaane goiy… dhen vaane goiy ingunyma adhi meehun badi jahaalaane me ah.. hehe ok komme gotheh viyas mivaahaka nimmaanan meehunge faadu kiyumaa positive cmnts aai ekuga. mee dhuvahakuves nuliyaa kahala thafaathu vaahaka akah vaane. heheh nuheythi ingey kiyaafa..

  6. bibbidhooni says:
    February 1, 2014 at 6:33 pm

    salaa dhoony… vvvv nice story eh… kyp it up….plx up khba avaaha… bibbidhooni ah wait ves nukurevey mihaaru

    1. Salaa says:
      February 1, 2014 at 6:43 pm

      hehehe bibbidhooni nice name inge.. wait nukureven yaa thi v sakaraaiy vee.. dhen kihineh hadhaany.. mmmmmmm.. so dhen tmrw morning ga balaa laa.. me upkolla dheynan..insha allah 🙂

  7. lovely girl says:
    February 1, 2014 at 9:09 pm

    mi partves vv reethi waiting 4 the next part….

  8. Nizooo says:
    February 1, 2014 at 10:51 pm

    asluves nizoo ah ingey vaane goi,,ekam bunima kudhin dhera vefa J vedhaane thi nubuni,,,inge eh nun dho?????????hehehehe maadhan up koh dhenyyaa so happy ,, 🙂 🙂 thank u honey bunny..love you so muchhhhhhh dhn gud nyt wth sweet dreams,tgc hope c u soooon

  9. moade says:
    February 2, 2014 at 5:51 pm

    salih.

  10. sal says:
    May 5, 2015 at 2:02 pm

    its really nice

Comments are closed.

Next Episodeބިރުވެރި ލޯބީގެ ވާހަކަ: މަރުހަބާ 7←


All Right Reserved!