Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 4ވަނަބައި

Salaa Level 210 Stories100 Comments
February 1, 2014 5 Mins Read
8 Comments

” އޭ ނޫން ނޫން… މަ ބޭނުމެއް ނޫން… ” ހެމުން ހެމުން މާނިޝް ބުނެލިއެވެ،

” ހޭ މީ ކަޔެ ނުބޯއެއްޗެއްތަ؟ މާ ނޫންކަމަށް ހެދެނީ… ” ސޮޓީ އެދަޅު މޭޒުމަތީ ބަހައްޓަމުން ބުނެލިއެވެ.

” މިހާރު އެއްކޮށް ދުރުވެއްޖައިން.. ” މާނިޝް ބުނެލިއެވެ.

” މަ ބުނެފާނަން.. އަންހެނުން ގާތު ބުނާނެ ކަމެއް ނެތް އޮފީހުން ކަނޑާލިވާހަކައެއް…އޮފީހަށޭ ކިޔާފަ އާދޭ މިތަނަށް.. ” އެޑަމް ކޯވަރެއް އަނގަޔަށް އަޅާލަމުން ބުނެލިއެވެ.

” މަށަކަށް ދޮގެއް ނެހެދޭނެ އޭނައަކަށް.. ” މާނިޝް ދެލޯމަރާލަމުން ބުނެލިއެވެ.

” ދެން ކިހިނެތް ސިއްރު ކުރާނީ؟ އަހަރެމެން ބުނާގޮތް ހަދާބަލަ.. އެހެން ކިޔާފަ އައިސްބަލަ.. އަހަރެމެން ކަޔެ އަކަށް ނުދޭނަމޭ ތެލެއް.. ބިޒްނަސް ޖައްސަދޭންވީ؟ އޭރުން ބޯކޮށް ރުފިޔާ ލިބޭނެ.. އަޅެ ޓެސްޓަކަށް މާދަމާ އައިސްބަލަ… ” ސޮޓީ ދެއްކިވާހަކަ އަޑުއަހަން އިނދެ މާނިޝް އެމީހުންނަށް ބަލާލިއެވެ. އެ އެކުވެރިންގެ މޫނުމަތިންވެސް މަޑުމައިތިރިކަމާއި މޮޅިވެރިކަން ފެންނަން ހުއްޓެވެ. އެމީހުން ކޮންމެ ގޮތަކަށް އުޅުނަސް އެކުވެރިކަމާއި އެއްބާރުލުން ބޭނުންވި ކޮންމެ ވަގުތެއްގައި ލިބޭނެކަމުގައި އެމީހުން އަބަދުވެސް ބުނެއެވެ. މާނިޝް ތެދުވިއެވެ. އަދި އެއްވެސް އެއްޗެއް ނުބުނެ ނުކުތެވެ.

*****************

ގެއަށް ދިޔައިރު ރާޔާ އިނީ އަސްރު ނަމާދަށް އަރައެވެ. މާނިޝްއަށް ހުއްޓެވުނެވެ. މިހާ ރަނގަޅު ކުއްޖަކަށް އޮޅުވާލަން ވާނެ ބާވައެވެ. އެކަމަކު އެވާހަކަ ބުނެގެން އޭނާގެ ހިތްހަލާކު ކޮއްލާކަށްވެސް ނުކެރޭނެއެވެ. އަނެއްކޮޅުން ލިބެން އުޅޭ ދަރިފުޅަށް ޚަރަދުކުރާނެ ފައިސާވެސް ބޭނުންވާނެއެވެ. އެކަމަކު މަސްތުވާތަކެތި ބޭނުން ކުރި ވާހަކަ ބުނާކަށްވެސް ނުކެރޭނެއެވެ. އެފަދަ އެތައް ޚިޔާލުތަކެއްގައި ހުއްޓައި ރާޔާގެ އަޑުއިވުނެވެ.

” ކީޢްވެ ނުވަންނާން ތިހުންނަނީ؟ ކައިފިންތަ؟ ހިނގާ ކާން.. ” ރާޔާ ހިނިތުންވެލަމުން ބުނެލިއެވެ.

” އޮ.. އޮފީހުން ކައިގެން މިއައީ.. ” މާނިޝް ދޮގުހެދިއެވެ. ވަރަށް އުނދަގުލުންނެވެ.

” އެހެންތަ؟ ނަމާދުކޮއްފިންތަ؟ ” ރާޔާގެ ދެވަނަ ސުވާލުންވެސް މާނިޝް ހެދީ ދޮގެވެ.

” އަހަރެން އެބަ އަންނަން އިނގޭ ބޭރަށް ގޮސްލާފަ.. އޮފީހުގަ ބިޒީކަމުން ނުވެސް ނިމެނީސް މިއައީ… ” އެއްޗެހި ބަދަލުކޮއްލުމަށްފަހު މާނިޝް ބުނެލިއެވެ.

” އޮފީސްކަމަކު ވިއްޔާ ދެން ނުދާށޭ ބުނާކަށް ނުވާނެ އެއްނު… އެކަމަކު…. ބެޑް ރެސްޓް ނަގަން ބުނި މުއްދަތުވެސް މި ހަމަވީނު..ދެން އަހަރެން ގޮވައިގެން ހިނގާލަން ދާނީ ކޮން ދުވަހަކުން..” މަޑުމަޑުން މާނިޝްގެ ބުރަކަށިގައި ބައްދާލަމުން ރާޔާ ބުނެލިއެވެ. މާނިޝްގެ މޭމަތީގައި ހިއްޕާލައިފައިވާ ރާޔާގެ ދެއަތް ނައްޓުވާލަމުން މާނިޝް ބުނެލިއެވެ.

” ރެއިން އަށްވެސް އެނގެއެއްނުދޯ މިއަދުކަން އޮފީހަށް މި ނުކުތީ .. ދެން ވަރަށް ބިޒީވާނެ އެއްނުދޯ… ވަރަށް އަވަހަށް ގެންދާނަމޭ އިނގޭ.. ” ރާޔާ ހިތްހަމަ ޖައްސާލަދިނުމަށްޓަކައި ކޮލަށް ކިސްއެއް ދިނުމަށްފަހު އަވަސް އަވަހަށް މާނިޝް ނުކުތެވެ. ހިނިތުން ވުމެއްގައި ރާޔާ ހުއްޓެވެ.

************************

” ވެލްކަމް ބެކް ” އެޑަމް މާނިޝްގެ ބުރަކަށީގައި ޖަހާލިއެވެ. މާނިޝް ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.

” ބޭރުގަ އޮންނާނެ އަހަރެމެންގެ ވަރަށް ބޮޑު ގުރޫޕެއް.. އެމީހުން އެ އެތެރެ ކުރަނީ މުދާ އުފުލާ ކާގޯއެއްގަ.. ކޮންމެ ފްރައިޑޭ އެއްގަ އޭތި މާލޭގެ ބަނދަރަށް އަންނަތަނުން އެ ނަގަން ވާނެ. އޭރުން މިކޮޅުން މިތަނަށް އަންނާނެ ގަންނަން ބޮޑެތި ގޭންގުތައް.. ހަބޭސްވާނެ.. ރުފިޔާ ލިބޭނެ ހެޓަކަށް.. ” ސޮޓީ މަޑުމަޑުން ކިޔައިދިނެވެ. ވަރަށް ވިސްނައިގެން މާނިޝް އިނެވެ. ދެއަތުން އުޅަނބޮށީގައި އަތްއަޅުވާލައިގެންނެވެ.

” އަހަރެމެން ނުވާނެ ބަސްޓެއް.. ސީސީ ކެމެރާއެއް ނުހުރޭ މި މަގަކުވެސް.. ދޯ އެޑަމް.. ” ފޮއިލް ކޮޅަކަށް ކުނޑީތަކެއް އަޅަން އިނދެ ކަމާލް ބުނެލިއެވެ.

” މާޓިން… ދެން އައިސްބަލަ މި ދަމާލަން.. “

” ކެމަލް…. މަށަށްވެސް….” އެޑަމްވެސް ކަމާލް ކައިރިއަށް ދިޔައެވެ. މާނިޝްގެ އަތުގައި ހިފައިގެން ސޮޓީވެސް އެމީހުންކައިރިއަށް ދިޔައެވެ.

” ރަނގަޅު ވާނެޔޭ… އަންހެނުންނަކަށް ނޭނގޭނެ.. މީގެ އަސަރު ފިލީމަ ދާނީ.. މީ އެހާ ހާޑު އެއްޗެއް ނޫނޭ.. ” ކަމާލް އެހެން ބުނުމުން މާނިޝްގެ ހިއްސުތައް ދިރިގަތެވެ. ކުރިން ބޭނުން ކުރިއިރު ވީގޮތް ހަނދާނަށް އައެވެ. އެންމެ ފަހުން މާނިޝްވެސް އެ ގުރޫޕާއި ގުޅިލާމެހުނެވެ.

*******************************

ރާޔާގެ ބަނޑަށް ނުވަމަސް ފުރިއްޖެއެވެ. މިހާރަކަށް އައިސް މާނިޝް ގޭގައި އުޅުން މަދުވަމުންދާކަން ރާޔާއަށް ފާހަގަ ކުރެވެއެވެ. އެހެނަސް ކައިރިއަށް އައިސް ލޯބިކުރުމާއި އޯގާތެރިކަމުން ރާޔާ ހުންނަނީ އެއްވެސް ޝަކުވާއެއް ކުރަން ބޭނުން ނުވެފައެވެ.

މެންދަމު ދެގަޑި ބައިވީތަނާ ރާޔާއަށް ހޭލެވުނެވެ. އަދިވެސް މާނިޝްއެއް ނާދެއެވެ.މިރޭވެސް ގެއަށް އަންނާނީ ފަތިހުންބާވައޭ އޭނާ ހިތައް އެރިއެވެ. ފޯން ބަލާލި އިރު އޮފީހުގައި އުޅޭ ކަމާއި މިރޭ ދެވޭނީ ވަރަށް ލަހުންކަމުގައި ބުނެ މެސެޖެއް ކޮއްފައި އޮތެވެ. ހިނިތުން ވެލަމުން އެނދުން ތެދުވިއެވެ.

ދަމުނަމާދަށް ތައްޔާރުވެގެން ނަމާދުކުރަން ފެށިތަނާހެން ކޮޓަރި ދޮރު ހުޅުވާފައި މާނިޝްވަނެވެ. ކުޑަކޮށް ލޯ ބޮޑުކޮއްލަމުން މާނިޝް ބަލާލީ ގަޑިއަށެވެ.

” މިގަޑީގަވެސް ނަމާދު ކުރަނީ؟ ” މާނިޝްއަށް ބުނެވުނެވެ. މަޑުމަޑުން އައިސް މާނިޝް ޖައްސާލިއެވެ. ތިނެއް ޖަހަނިކޮށް މުސައްލަމަތިން ފައިބައިގެން އައިސް ރާޔާ މާނިޝްއަށް ގޮވާލިއެވެ، ބަންޑުން އޮށޯވެ އޮތް މާނިޝް ފުރޮޅިލިއެވެ. ރާޔާ ނުހަނު ގާތުގައި އިނެވެ.

” ވަރަށް ވަރުބަލިވެފަދޯ ތިހުރީ.. ފެންވަރާލައިގެން ނިދާލާ.. ފަތިސްނަމާދަށް ގޮވާނަން… މާންވެސް މާދަމާރޭ އިޝާނަމާދުކޮއްލައިގެން ވާނެ ކުޑަކޮށް ނިދާލަން.. އޭރުން ދަމުނަމާދު ކޮއްލެވޭނީ.. އެނގޭތަ؟ އަހަރެން މިއިނީ ކޮން ޙާލެއްގައިކަން؟.. އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ… މިދުވަސްވަރު މި ދަރިންގެ ސިއްޙަތު ސަލާމަތުން ހުރުމަށް، އައިބެއް ނެތް ހެޔޮލަފާ ދީންވެރި ރަނގަޅު ދަރިންތަކެއް ދެއްވުމަށް ދުޢާ ކުރުން ގިނަކުރަންވާނެ.. އަދި މާން ވަރަށް އުފާވާނެ ވާހަކައެއް ބުނަންތަ؟ އަހަރެން މާދަމާ ބުރުގާ އަޅާނަން… ” އެ ހުރިހާ ވާހަކައެއް ދެއްކި އިރުގައިވެސް މާނިޝް އޮތީއެވެ.

” ރެއިން ބޭނުންވާ ގޮތެއް.. އެކަމަކު ބުނަންތަ؟ މިރޭ ފަތިސްނަމާދަށް ނުގޮވައްޗޭ.. އަހަރެން ވަރަށް ނިދި ބޭނުން… ” މާނިޝް އެބުނި އެއްޗަކުން ރާޔާ ތެޅިގަތެވެ.

” އެއްވެސް ޝަކުވާއެއް ނުކުރެވޭނެ.. އުޒުރެއް ނުދެއްކޭނެ… ގޮވާނަން.. ” މަޖާ ރާގަކަށް ރާޔާ ބުނެލިއެވެ.

” އަޑެއް ނީވޭތަ؟ ގޮވައިފިއްޔާ ތީ މަގޭ އަތްބެއް ނޫން………..” ރާޔާ ދެލޯ ބޮޑުވިއެވެ. މާނިޝް އަނެއްކާވެސް ބަންޑުން އޮވެއްޖެއެވެ.

އޭނާ ބަލާލީ މުސައްލައަށެވެ. ރާޔާ އެހާވަރަށް ނަމާދުކޮށް އެހެން އަޅުކަންތައް ކޮށްހަދާއިރު މާނިޝްއަށް އެކަން ނުވަނީ ކީއްވެހެއްޔެވެ؟ ވިހަން މިއޮތީ އެންމެ މަހެކެވެ. އަދި އެންމެ ރުފިޔާއެއްވެސް އަތަކު ނެތެވެ. ވަޒީފާއަށް ދިޔަޔަސް ލިބޭ ރުފިޔާއަށް ހަދަނީ ކިހިނެތްކަމެއްވެސް ނޭނގެއެވެ.އެންމެފަހުން މިރޭ އެ އިއްވާލި ޖުމުލައަކީ ވުން ކައިރި ކަމަކަށްވެސް ވެދާނެޔޭ ހީކޮށް ރާޔާއަށް ރޮވުނެވެ.

**************************

” ރިޔާޒް.. ކައިވެނި ކުރަނީ ކޯޓުގައިތަ؟ ” ސިޓންގ ރޫމްގައި ފިލްމެއް ބަލަން އިން ރިޔާޒް ގާތު ރާޔާ އެހިއެވެ.

” ހޫމ..ކައިވެނި ކުރަން މިއުޅެނީ ދޮންތަ ވިހަން ވާއިރަށް..އަހަރެންވެސް ފައިސާ އެއްކުރިން.. ދޮންތަބޭ އުޅެނީ އަމިއްލަ އޮފީހެއްގައެއްނު.. ވަރަށް މަދުން ރުފިޔާ ލިބޭނީ… އެހެންވެ .. ” ރިޔާޒް އެހެން ބުނުމުން ރާޔާއަށް ރޮވުނެވެ.

” ދެން ހަމަ ހަމަ… ކޮންމެ އެއްޗެއް ބުންޏަސް ރޮވޭނީ.. ދޮންތަ މިހާރު އަބަދު ކޮންމެވެސް ކަމަކާ ފިކުރު ކުރަން އިންނަހެން ހީވަނީ…. ” ރިޔާޒް އެހެން ބުނިތަނުން ރާޔާގެ ބަނޑުގައި ރިއްސަންފެށިއެވެ.

” ކޮއްކޯ… ދޮންތައަށް ގޮތެއްވޭ އެބަ… ” އަވަސް އަވަހަށް ރާޔާ ބުނެލިއެވެ. އޭރު ކޮޓަރިން ނުކުމެގެން އައިންތުވެސް އަތުވެއްޖެއެވެ.

” ދޮންތަބޭގެ ފޯން ނިއްވާލާފަ އޮތީ… ދޮންތަ ފޯންގަ އިންނާނެ ދޯ އޮފީސް ނަންބަރ… ” އައިންތު ރާޔާގެ ބުރަކަށީގައި ފިރުމަމުން ދެއެވެ. އައިންތު ގުޅީ އެންބިއުލާންސަށެވެ.

” ހަލޯ.. މާނިޝްއަށް ޕާސްކޮއްލަދެއްވުން އެދެން…” ރިޔާޒް ބުނެލިއެވެ.

” މާނިޝް…. މުހައްމަދު މާނިޝް މީގެ ނުވަމަސް ކުރިން މި އޮފީހުން ވަކިވެފައި ވަނީ….. ” އެކޮޅުން އިވުނު ޖުމުލައިން ރިޔާޒް ބުނެލިއެވެ.

” ނޫނޭ… ތީ ކުށް ހީއެއް…އުޅޭނެ އޮފީހުގަ.. ” ރިޔާޒް މަޑުމަޑުން ބުނެލިއެވެ.

” ބައްލަވާ… މީގެ ނުވަމަސް ކުރިން އަމިއްލައަށް ވަޒީފާ ދޫކޮއްލާފައިވާކަމުގައި މި ދެންނެވީ ނޫންތޯ… ” ރިޔާޒް ފޯން ކަނޑާލިއެވެ. މާނިޝްއަށް ގުޅާނީވެސް ކިހިނަކުން ހެއްޔެވެ؟

އެންބިއުލާންސް އައުމުން ރާޔާ ހޮސްޕިޓަލަށް ގެންދަން ރިޔާޒް އަވަސްވެ ގަތެވެ.

ވިހާނެ ވަގުތެއްގެ އިންތިޒާރުގައި އެތައް އިރެއް ވަންދެން އައިންތު އާއި ރިޔާޒް ތިއްބެވެ.

” ދޮންތަބޭ ވީތަނެއްނު ހޯދަންވީ؟ އެކަމަކު… ނުވިހަނީސް ދާކަށްވެސް ބޭނުމެއްނޫން… ” ރިޔާޒް ހުރީ ހިނގާލަހިނގާލައެވެ.

ކުއްލިއަކަށް ދެ ނަރުހުން ދެކުދިން ގޮވައިގެން ނުކުތެވެ.

“ފިރެހެން ދެކުދިން… މަންމަގެ ޙާލު ރަނގަޅު.. ކުޑަ އިރުކޮޅެއް ވާނެ އަދި…” ދެކުދިން ދައްކާލުމަށްފަހު އެތެރެއަށް ވެއްދިއެވެ.

” ހާދަ ލޯތްބޭ…. ” އައިންތު ރިޔާޒްގެ އަތަށް ފިތާލިއެވެ.ރިޔާޒް ހީލިއެވެ.

” ދެން މިއަންނަ ހަފްތާ މެރީ ކޮއްފަ މަސައްކަތް ފަށަންވީ…” ދެމީހުން އެއްކޮށް ހޭންފެށިއެވެ.

*************************

ރާޔާ ވޯޑަށް ނެރުނު ފަހުންވެސް މިހާރު ދެގަޑިއިރު ވެއްޖެއެވެ. ކައިރީގައި އައިންތު އިނެވެ. ބޭބީ ކައިރީގައި އިނީ ރިޔާޒްއެވެ. ދޮރާއި ދިމާއަށް ބަލަހައްޓައިގެން ރާޔާ އޮތެވެ.

” ނުވެސް އެނގޭނެ ދޯ ވިހޭކަމެއްވެސް….. “  އައިންތު ކައިރީގައި ރާޔާ އަހާލިއެވެ.

” ހޫމް…. ” ރާޔާ ގެ ބޮލުގައި ފިރުމާލަމުން އައިންތު ބުނެލިއެވެ. އެވަގުތު އެތަނަށް ނަރސް އައެވެ.

” މާދަމާ ހެނދުނު ދޫކޮއްލާނެ ވާހަކަ ޑޮކްޓަރ ވިދާޅުވި… ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށް.. ” އެންމެން ހިނިތުންވެލިއެވެ.

” ކޮއްކޯ… އަޅެ ދޭބަލަ ގެއަށް ގޮސްލަން.. އޭނަ ގެއަށް އަޔަސް ނޭނގޭނެ އަހަރެމެން ކޮބައި ކަމެއް.. “

” ފޯން އޮންނާނެ އެއްނު… ގުޅާލަން އެނގޭނެއެއްނު.. ” ރިޔާޒް ހުރީ ހިތްހަމަނުޖެހިފައެވެ. ރާޔާ ދެރަވިއެވެ.

************************

ފެންވަރާލަން ރިޔާޒް ގެއަށް ދިޔައެވެ. އޭރުވެސް މާނިޝް ގެއަކަށް ނާދެއެވެ. ރިޔާޒް ވިސްނާލިއެވެ. ސިޓިންގ ރޫމްގައި އޭނާ ހުއްޓާ ކުއްލިއަކަށް ދޮރަށް ތަޅުދަނޑި ޖެހި އަޑު އިވުނެވެ. ރިޔާޒް ހުރީ ބަލާށެވެ. ދޮރު ހުޅުވުނު އިރު ހުރީ މާނިޝްއެވެ. ދެލޯ ވަނީ މެރިފައެވެ. ހޫރެމުން ހޫރެމުން އަންނަތަން ފެނުމުން ރިޔާޒްވެސް ޖެހިލުންވިއެވެ.

” ކޮބާ؟………. ދޮންތަ؟” ފާޑަކަށް ހުރެ އެހެން އެހުމުން ރިޔާޒް ފުރަގަސްދިނެވެ.

” އައިޖީ އެމް އެޗްގަ ” ރިޔާޒް ބުނެލިއެވެ. އާދައިގެ ގޮތަކަށެވެ.

” ކީއްކުރަން އެތާ؟ ކަމެއްވީތަ؟ ” އެހެން ބުނުމުން ހައިރާންވެފައި ރިޔާޒް ބަލާލީ މާނިޝްއަށެވެ. އޭނާ އެހުރީ މަސްތުވާތަކެތި ބޭނުންކޮއްގެންކަން ޔަޤީންވިއެވެ. ރިޔާޒްއަށް ދެލޯ މަރާލެވުނެވެ. ދޮންތައާއި މެދު ވިސްނާލެވުނެވެ.

” ދޮންތަ ވިހައިފި… ފިރެހެން ދެކުދިން.. ވަރަށް ހޯދި ދޮންތަބޭ.. ” ރިޔާޒް އެހެން ބުނުމުން މާނިޝް ސިހުނެވެ.

” އަސްލު؟ ” އޭނާ އަވަސް އަވަހަށް ކޮޓަރިއަށް ވަނެވެ. އޭރުވެސް ރިޔާޒް ހުރީ ސިޓިންގ ރޫމްގައެވެ. މާނިޝް ތައްޔާރުވެގެން ނުކުތް އިރުގައިވެސް ރިޔާޒްހުރީ ހަމަ އެތާއެވެ. އަވަސް އަވަހަށް މާނިޝް ނުކުމެގެން ދިޔައީ ރިޔާޒްއަށް ސަމާލުކަމެއްވެސް ނުދީއެވެ.

ރިޔާޒް ސޯފާގައި އިށީނެވެ.

” ލޯ ކުރިމަތިން މި ފެނުނީ ކޮން މަންޒަރެއް… އަހަންނަކަށް ނުކެރޭނެ އެ ވާހަކަ ބުނާކަށް… ދޮންތަ ހިތާމައިން ފޯވެދާނެ.. ” ރިޔާޒް މައްޗަށް ބަލާލުމަށްފަހު ދެލޯ މަރާލިއެވެ.

************************************

ރާޔާއަށް އައި އެންމެ އުފާވެރި ދުވަހު މާނިޝް ކައިރީގަ ނެތުމުން އޭނާ އެހުރީ ވަރަށް ދެރަވެފައެވެ. ހިތާހިތުން އެދެނީ މާނިޝް އައުމަށެވެ. ލޯބި ލޯބި ދެކުދިންނަށް ބަލާލުމަށްފަހު ރާޔާއަށް ހިނިތުންވެވެއެވެ.

” ރެއިން…………..” އެއަޑަށް ރާޔާ ސިހިފައި ދޮރާއި ދިމާއަށް ބަލާލިއެވެ. އަދި މަޑުމަޑުން އޭނާ ތެދުވެ ފާރުގައި ލެނގިލައިގެން އިނެވެ. މާނިޝް އައުމާއި އެކު ދަބަހަށް ބައެއް ސާމާނު އަޅައިގެން އައިންތު ދަނީއޭ ބުނެ ހިނގައިގަތެވެ.

” މާން… ކީއްވެ ނައީ؟ އަހަރެން………….” ރާޔާއަށް ރޮވުނެވެ، މާނިޝްއަށް ހަޤީޤަތުގައިވެސް ވަރަށް އަސަރު ކުރިއެވެ.އޭނާ ބޭނުންވީ ރާޔާ އާއި ލޯބިކޮއްލުމަށެވެ. ނަމަވެސް ކައިރީގައި ހުރި ކުޑަ ކުޑަ ދެ އެނދާއި ދިމާއަށް ބަލާލުމުން މާނިޝްގެ ހިތް އުފަލުން ފުރުނެވެ.

” ބައްޕަ ނައިސްގެން ވަރަށް ނުނިދަން އުޅުނު.. ” ރާޔާ ބުނެލިއެވެ.

” ރަނގަޅުތަ ހުރިހާ ކަމެއްވެސް… ” މާނިޝް ދުރުގޮތަކަށް އަހާލުމުން ރާޔާ ދެރަވިއެވެ.

” ކޮންތާކު އުޅުނީ؟ “

” އޮފީހުގަ… ” އަވަސް އަވަހަށް މާނިޝް ބުނެލިއެވެ.

” ރުޅިއައިސްގެން ބުނާ އެއްޗެއް ނޫން އިނގޭ ބުނަން މިއުޅެނީ…. އަހަރެން ބަނޑުގަ ރިއްސާތީ މާންއަށް ވަރަށް ގުޅިން.. އޮފީހުން ބުނީ ވަކިވިތާ ނުވަމަސްވެއްޖޭ… އެއީ ތެދެއްތަ؟ ” ލަސްލަހުން މަޑުމަޑުން ރާޔާ ވާހަކަ ދެއްކިއެވެ.

” އަހަންނަށް ޝައްކުވެސް ކުރަން ފެށީތަ؟ ” ދަތްކުނޑި ވިކާލުމަށްފަހު މާނިޝް ރުޅިމޫނު ހަދާލިއެވެ.

” ނޫން… މާން،، އަހަރެން ހަމަ އަހާލީ…. ” މާނިޝް ހިތްހަމަ ނުޖެހިދާނެތީ އަވަސް އަވަހަށް ރާޔާ ބުނެލިއެވެ. މާނިޝް ބަލާލީ އެ ދެކުދިންނަށެވެ. ރާޔާ އިސްޖަހާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ހަތިޔާރު (ހަވަނަބައިގެ 2)

Next

ބިރުވެރި 18+ ލޯބީގެ ވާހަކަ : މަރުޙަބާ 6

Next
February 1, 2014

ބިރުވެރި 18+ ލޯބީގެ ވާހަކަ : މަރުޙަބާ 6

Previews
January 30, 2014

ހަތިޔާރު (ހަވަނަބައިގެ 2)

8 Comments!

  1. lady gaagaa says:
    February 1, 2014 at 11:40 am

    nest part aslu kyaa hihvani

    1. Salaa says:
      February 1, 2014 at 5:31 pm

      so next 4 episodes kiyaaleveyne mihaaru hehe happy?

  2. shaf says:
    February 1, 2014 at 11:51 am

    vvvvvvvvvvvvvvvv reethi v happi vey avahah up kohdheythi

    1. Salaa says:
      February 1, 2014 at 5:10 pm

      hmmmm thnxxxx shaf… ehenveeru v avahah dhen up kohdhemun dhaanan…

  3. ibrahim says:
    February 1, 2014 at 3:57 pm

    V v v v v reethi .plz update next part as soon as possible

    1. Salaa says:
      February 1, 2014 at 5:11 pm

      yeah ofsourse mi kurany right now… thankx ibrahim

  4. someone says:
    August 29, 2014 at 5:37 pm

    alhey haadha dheraey..:/

  5. Aira says:
    October 28, 2016 at 10:26 am

    Alhey

Comments are closed.

Next Episodeއިންތިޒާރު ކުރުން އެދެމޭ ލޯބިވާ 5 ވަނަ ބައި←


All Right Reserved!