Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 3ވަނަ ބައި

Salaa
January 30, 2014
8 Mins Read
10 Comments

” ދޮންތާ! ރިޔާޒް މިޔަދު އަންނާނެ… ” އައިންތު އެހެން ބުނުމުން ރާޔާ ވަރަށް އުފާކުރިއެވެ.

” އަސްލު؟ އަވަހަށް އުޅޭ ދޯ މީރު ކާއެއްޗެއް ތައްޔާރުކުރަން..” ރާޔާ އާއި އައިންތު އަވަސްވެގަތީ ބަދިގޭގެ މަސައްކަތްތައް ނިންމުމަށެވެ.

” މީރު ކާއެއްޗެއް ހަދަން މާ ބޮޑަށްވެސް ލަސްވެއްޖެ… ” ވަދެގެން އައި ރިޔާޒް އެހެން ބުނުމުން ރާޔާ އާއި އައިންތުއަށް ސިހުން ލިބުނެވެ.

” ވަޓް އަ ސަޕްރައިޒް.. ” ރާޔާ ބުނެލިއެވެ. އައިންތު ހުރީ ލަދުން އިސްޖަހައިގެންނެވެ.

” ހޫމް ހޫމް…. ދޮންތަ ދަނީ…” ރާޔާ ހިނގައިގަތެވެ.

އައިންތު ހޭންފެށިއެވެ.

*********************************

ރާޔާ ހުރީ ސަލްޓަން ޕާކުގައެވެ. މާނިޝްގެ އިންތިޒާރުގައެވެ. ކުރިންރޭ ތިބި ގަސްދަށުގައެވެ.

” އިންތިޒާރުގަތަ؟ ” މާނިޝްގެ އަޑުން ރާޔާ ސިހުނެވެ.

” އެނ… އާނ.. އުނހުނ..” ރާޔާ އާދައިގެ މަތިން ފުރަގަސް ދިނެވެ.

” އެހެން ވިއްޔާ ދަނީ… ” މާނިޝް އެހެން ބުނުމުން އަވަސް އަވަހަށް ރާޔާ އެނބުރުނެވެ.

” ނޫން… މަޑުކުރޭ.. ” މާނިޝް ހުއްޓުނެވެ.

” ކީއްކުރަނީ މިތާ؟ ” މާ ނޫންކަމަށް ހަދާފަ މާނިޝް އެހިއެވެ.

” އެއީ… މީ… އެއީ… ” ބުނާނެ އެއްޗެއް ނޭނގިގެން ރާޔާ އުޅުނެވެ.

” އޯހ.. އަހަރެން ގާތު ނުބުނެވޭ ވަރުގެ ވާހަކައެއް ދޯ… ބޯއީ ފްރެންޑަށް ގަޑި ކިޔައިގެން ދޯ… ދަނީ އިނގޭ… ” އަނެއްކާވެސް މާނިޝް ހިނގައިގަތެވެ.

” މާން! ” ރާޔާ ގޮވާލުމުން ހުއްޓި މާނިޝް ބަލާލިއެވެ.

” ކީކޭ… އަދި އެއްފަހަރު ތިގޮތަށް ގޮވާލަބަލަ! “

” މާން…. ” ރާޔާ އިސްޖަހާލީ ލަދުންނެވެ. މާނިޝް އައި ގޮތަށް އައިސް ރާޔާ އާއި ދާދި ގާތުގައި ހުއްޓުނެވެ.

” ކީއްވެ؟ ” ވައި އަޑުން މާނިޝް ބުނެލިއެވެ.

” ބުނީމެއްނު އެހެން މީހުންނާ ތަފާތު ކުރަން ބޭނުން ވަންޏާ އޭ އެހެން ނަމަކުން ގޮވާނީ.. އެހެންވެ…. އަހަންނަށް… މާން… އެހެން މީހުންނާ މާ ބޮޑަށްވެސް ތަފާތު….” ރާޔާ ހުރީ ބޯ ހިއްލައިގެން މާނިޝްއަށް ބަލާށެވެ.

” ލޯބިވޭތަ؟ ” މާނިޝް ކުރީ ސުވާލެކެވެ. ޖަވާބުގައި ރާޔާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. މާނިޝް މާޔާ ގައިގައި ބައްދާލިއެވެ.

” އެކަމަކު ތިއީ ކާކު ކަމެއް އަދިވެސް ނޭނގެ… ” ރާޔާ ބުނެލިއެވެ..

” ރެއިން އަކީ ކާކު ކަމެއް އަދިވެސް އަހަންނަކަށްވެސް ނޭނގެ.. ލޯބި އެއީ ވާ އެއްޗެއް ނަމަތާ ފުރަތަމަ ކާކުތޯ ބަލާފަ ލޯބި ވާނީ.. އެކަމަކު އެއީ ވެވޭ އެއްޗެއް ވީމަ ކާކު ކަން ނޭނގުނަސް ހަމަ ލޯބި ވެވެނީ…. ” މާނިޝް ރާޔާއަށް އެ ވިސްނައިދިނީ ހާދަ ލޯބިންނެވެ. ރާޔާ ބޭނުންވަނީ މުޅި އުމުރަށްވެސް މާނިޝްގެ މީހަކަށް ވުމަށެވެ.

ރާޔާއަކީ ކާކު ކަމާ މާލެއިން އޭނައަށް ގެއެއް ލިބިފައިވާކަންވެސް މާނިޝްއަށް ކިޔައިދީފިއެވެ.

” އަހަރެންގެ މައިންބަފައިން ލޮލަށްވެސް ނުދެކެން..އަހަރެން ބެލީ ތިމާގެ ބަޔަކު.. އެކަމަކު މިހާރު އެމީހުން އުޅެނީ ރާއްޖޭން ބޭރުގަ.. އަހަރެން މާލޭގަ މިއުޅެނީ ރައްޓެހިންނާއި އެކު…. އަމިއްލަ މީހެއްގެ އޮފީހަކަށްވެސް ދަން.. ދެން ބޭނުމީ ރެއިން އާއި އެކު ދިރިއުޅުމެއް ފަށަން.. ” މާނިޝް ރާޔާގެ އުނގު ތެރޭގައި އޮވެ  ބުނަމުން ދިޔައެވެ.

” މާން… ބޭނުމިއްޔާ މެރީ ކުރެވިދާނެ… އަހަރެންނަށް ނަވާރަ އަހަރު ވެއްޖެ މިހާރު… ” ރާޔާ ހުރީ މާނިޝް އާއި ގުޅެން ނުހަނު ބޭނުންވެފައެވެ.

” އަންނަ ހަފްތާ ކިހިނެތް ވާނީ؟ ” މާނިޝް އެގޮތަށް ނިންމު މުން ރާޔާ ވަރަށް އުފާވިއެވެ.

**************************

” ވިސްނާފަތަ މެރީ އަކާއި ހަމައަށް ތި ދިޔައީ؟ ” ރިޔާޒް ރާޔާގެ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.

” އާނ…. ” ރާޔާ ބުނެލިއެވެ.

” ކިތައް ދުވަސް ވެއްޖެ އޭނަ އާއި ވާހަކަ ދައްކާތާ.. ” ބޭބެ އެއްފަދައިން ރިޔާޒް ސުވާލުކުރަމުންދިޔައެވެ

” އެއް ހަފްތާ… ” ރާޔާ އެނދުގައި އިށީންނަމުން ބުނެލިއެވެ.

” ކީކޭ…؟ އެއް ހަފްތާ އޭ؟ ކިހިނެތްތަ ދޮންތައަށް އޭނަ އެނގެނީ؟ މިއޮއްބޮޑު މާލެއިން ދިމާވާ ފިރެހެނަކު އެއް ހަފްތާ ތެރޭގަ ކިހިނެތް ދަސްވާނީ؟ ” ރިޔާޒް ދޮންތައަށް ވިސްނައިދެވޭތޯ ބެލިއެވެ.

” ކޮއްކޯ… އެއް ހަފްތާ މިވީ ރައްޓެހިވީފަހުންނޭ.. ކިތަންމެ ދުވަހެއް ދެމީހުން ދަންނަނީ… ” ރާޔާ ބަލީ ކޮއްކޮއަށް ވިސްނައިދެވޭތޯއެވެ.

” ދޮންތައަށް ދެރަގޮތެއް ނުވާނެ ގޮތަކަށް ނިންމައިފިނަމަ އަހަރެންގެ މައްސަލައެއް ނެތް.. އާއިލާގައިވެސް މިތިބީ އަހަރެމެން ދެމީހުން.. އެހެންވެ އަހަރެން ވަރަށް ވިސްނަން ދޮންތަ އާއި މެދު.. ” ރިޔާޒް އެހެން ބުނުމުން ރާޔާ ހީލަމުން ބޯޖަހާލިއެވެ.

*******************************

” ޗީ ޗީ ޗީ….. ކައިވެންޏޭ؟ މިޔަދު؟ ” ކަމާލް ދިމާކުރިއެވެ.

” މަ ހީވެސް ނުކުރަން ކަޔެ ތިހެން ވެދާނެ ކަމަކަށް.. ” އެޑަމް ބުނެލިއެވެ. އެޑަމް ވަރަށް ބާރަށް ސޮޓޯއަށް ގޮވަން ފެށިއެވެ.

” ސޮޓީ… ބަލާބަލަ މާއްޓެ.. ކައިވެނި ކުރާށޯ އެ އުޅެނީ… ބޭނުމީ އަހަރެމެންނާ ވަކިވާށޯ… ” އެޑަމްގެ ޖުމުލައިން ސޮޓީ ހުރީ ވަރަށް ދެރަވެފައެވެ.

” ދެން ކިހިނެތް އަހަރެމެން ގަންނަން ހަދާނީ؟ ވަޒީފާގަ އުޅޭ މީހާ ވަކިވީމަ އަހަރެމެން ނިކަމެތިވީނު… ” ސޮޓީގެ ޖުމުލައިން މާނިޝް ބުނެލިއެވެ.

” އޯހް… އަހަރެން ހީކުރީ އަހަރެން ކަޔެ މެންނާ ވަކިވާތީ ދެރަވީ ކަމަށް… އެކަމު ތިވިސްނީ އެ ނުލިބޭނެތީ… އެ ގަންނަން ފައިސާ ނުލިބިދާނެތީ އެކަމާ… ދެން ކިހިނެތް ތިއީ ރަނގަޅު ރައްޓެހިން ކަމަށް ޤަބޫލުކުރާނީ…” މާނިޝް ރުޅިއައިމުން އެނދުމަތީގައި އޮތް ކަމާލް ތެދުވެ ބުނެލިއެވެ.

” މިޔަދު އަންހެން ކުއްޖެއްގެ ޖާދޫގަ ޖެހުނަސް ޑްރަގަށްވުރެން އެ ނުވާނެ މޮޅެއް.. އެޑަމް.. މަ ބުނީތީ ބަލަން ހުންނާތި.. މާއްޓެ އަދި އަންނާނެ އަހަރެމެން ކައިރިއަށް.. އޭނަ ދޫކޮއްލާ.. ” އެ ޖުމުލައިން މާނިޝްގެ ނާރުތައް ފުއްޕާލިއެވެ. ނަމަވެސް ހިތްވަރުކޮއްފައި އެ ކޮޓަރިން ދަބަސް ހިފައިގެން އޭނާ ނުކުތެވެ.

” އޭނައަށް އެވަރެއް ނުވާނެ.. އޭނަ މި ޔޫޒް ކުރާތާ އަދި މަހެއް މިވީ.. އެހެންވެ ހިއެއް ނުވޭ އެޑިކްޓް ވެދާނެހެނެއް.. މިބުނީ މި ނުލިބިގެން ތުރުތުރުއަޅާ ނޭވާ ހާސްވެ ތެޅިފޮޅޭ ވަރެއް ނުވާނެ އަދި.. އެކަމު ބޭނުން ކުރާހިތްވާނެ.. އޭނަ ކެތްކުރާނެ ނައިސް.. މަށަށް ޔަޤީން… ” މާނިޝް ނުކުމެގެން ދިޔުމުން އެޑަމް ބުނެލިއެވެ

*********************************

ކައިވެންޏަށްފަހު މާނިޝް ބަދަލުވީ ރާޔާގެ ގެއަށެވެ. ރިޔާޒް އާއި އައިންތު މާނިޝްއަށް ހޫނު މަރުހަބާއެއް ކިއެވެ.

” ދޮންތަބޭ.. ދޮންތައަށް ދެރަގޮތެއް ނަހަދާތި.. އެއީ އަހަރެންގެ ހުރި ހަމައެކަނި މީހަކީ… ” ރިޔާޒް އެހެން ބުނުމުން ބޯޖަހާލަމުން މާނިޝް އެހިއެވެ.

” އައިންތު އާއި މެރީ ކުރަންވީނު އަވަހަށް… “

” ނޫނޭ.. އައިންތުއަށް އަދި ކިރިޔާ އަށާރަ އަހަރުވީ… އެހެން ނޫނަސް ވަރަށް ފައިސާ އޮވެގެން ނެއްނު ކައިވެނި ކުރެވޭނީ… އަނބިމީހާ ބޭނުން ގޮތަކަށް ގެންގުޅެން ވާނެއްނު.. ” އައިންތުއަށް ބަލާލަމުން ރިޔާޒް އެހެން ބުނުމުން އައިންތު ލަދުން އިސްޖެހިއެވެ.

” ކޮއްކޮ ވަރަށް ވިސްނުން ތޫނުވާނެ..” ހީލަމުން ރާޔާ ބުނެލިއެވެ.

************************

ރާޔާ ފާހާނާއިން ނުކުތްއ އިރު ކޮންމެވެސް ކަމަކާ ވިސްނަން މާނިޝްއިނެވެ.

” މާން.. ކިހިނެތްވެފަ؟ ” ރާޔާ އެއްސެވެ.

” އަހަރެންގެ އަތަކު ނެތް ރެއިން ބޭނުންވާހާ ގޮތަކަށް ގެންގުޅޭނެ ފައިސާއެއް.. ” މާނިޝް އެހެން ބުނުމުން ރާޔާ ހޭންފެށިއެވެ،

” އެކަމާތަ ތިވިސްނަނީ… އަހަރެން އަބަދުވެސް ހުންނާނީ މާންގެ ފަހަތުގަ.. މާންގެ މިސްރާބު ހުންނަ ގޮތަކަށް  އަހަރެން ދަތުރު ކުރާނީ.. އަހަރެން ބޭނުމީ ލޯބި… ” މަޑުމަޑުން މާނިޝްގެ ކަންފަތުގައި ދަތް އަޅާލަމުން ވައި އަޑުން ރާޔާ ބުނެލިއެވެ.

” ރެއިން….. ” ލޯބިން މާން ގޮވާލިއެވެ. އޭނާ ދެލޯމަރާލިއެވެ.

” އަހަރެމެންގެ ކައިވެނީގެ އުފާވެރި މިރޭ ވޭތުކުރާނީ ކިހިނަކުން؟ ” ރާޔާ ބުނެލިއެވެ.

” ރެއިން ބޭނުން ގޮތަކަށް… އަހަރެންގެ ލޯބި ލިބޭނެ…. ރެއިން އަހަންނަށް ލޯބި ދޭނަންތަ؟ “

” މާންއަށް ނޫނީ މި ލޯބި ދޭނީ ކާކަށް؟ ” ރާޔާ މާންގެ މޭމަތީ ބޯ އަޅާލަމުން  އެއް އަތުން ފިރުމާލިއެވެ. މާނިޝްއަށް ލިބުނު އަރާމެއްގެ ބޮޑުކަމުން ރާޔާ ގައިގައި ބައްދާލިއެވެ.

*******************************************

ގަޑިން މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ. މާނިޝްއަށް ހޭލެވުނެވެ. އޭނާ ބޭނުންވަނީ ގުރޫޕްކައިރިއަށް ދިޔުމަށެވެ. މަޑުމަޑުން ތެދުވިތަނުން ރާޔާއަށް ހޭލެވުނެވެ.

” މާން؟ ކިހިނެތްވީ؟ ” ސިހިފައި މާނިޝް ބަލާލިއެވެ.

” ފާހާނާއަށް… ” މާނިޝް އޮޅުވާލިއެވެ. ފާހާނާއަށް ވަދެ އޭނާ ފާރުގައި މޫނު ޖައްސާލިއެވެ. އަދި ހިތާހިތުން ބުނަމުންދިޔައެވެ. އަހަރެން މިހެން އުޅެގެން ނުވާނެއެވެ. އަހަރެން ދިރިއުޅުމެއްފެށީ ރެއިންއަށްޓަކައެވެ. ލޯބިވާތީއެވެ. އަދި އެކަމުން ސަލާމަތްވުމަށެވެ.

ދުވަސްތައް ދަތުރު ކުރަމުންދަނީ ހަލުވިކަމާއި އެކުއެވެ. ރާޔާގެ އުފާވެރި ދިރިއުޅުން ދަނީ ދުވަހެއް ދުވަހަކަށް ބާއްޖަވެރިވަމުންނެވެ. މާނިޝްގެ ލޯތްބާއި އަޅާލުން ފުރިހަމައަށް ލިބެމުންދާތީ ރާޔާ ހުންނަނީ އުފަލުން ފުރިފައެވެ.

އެއްދުވަހެއްގެ މެންދުރެވެ. މާނިޝް ކޮޓަރިއަށް ވަތްއިރު ރާޔާ އިނީ ނަމާދަށެވެ. އެނދުމަތީގައި އިށީންނަމުން ރާޔާއަށް ބަލަން މާނިޝް އިނީ ޝައުޤުވެރިކަމާއި އެކުއެވެ. ނަމާދުކޮށް ނިމުމުން ރާޔާ ދުޢާ ކުރަންފެށިއެވެ. އެހިނދު މާނިޝްގެ ޝައުޤުވެރިކަން އިތުރުވިއެވެ.

” ރެއިން… ދުޢާ ކުރީ ކޮންކަމަކަށް އެދި؟ ” މާނިޝް އެހިއެވެ.

” އެންމެ ފުރަތަމަވެސް ޝުކުރުދެންނެވީ މި އުފާވެރި ޙަޔާތްދެއްވީތީ… ދެން ތިކަހަލަ މާތް ފިރިއަކު ލިބުމުން އެކަމަށްވެސް ޝުކުރުދެންނެވިން.. އަދިވެސް އިތުރަށް މިޙަޔާތް ބާއްޖަވެރިކޮށްދެއްވުމަށް ދުޢާކުރިން.. ” މުސައްލަ އޮޅާލަމުން ރާޔާ ބުނެލިއެވެ. މާނިޝް އިސްޖަހާލިއެވެ. ރާޔާ އައިސް އިށީނީ މާނިޝްގެ އުނގުގައެވެ. މާނިޝްގެ ދެއަތުން ރާޔާ ވަށާލަމުން އޭނާ ބުނެލިއެވެ.

” އިރާދަކުރެއްވިއްޔާ ދުޢާ އިޖާބަ ކުރައްވާނެ.. އަހަރެންވެސް މިއައީ މިސްކިތުން.. “

” މާން،، އަހަރެން މިއަންނަނީ ކާންހަދާލާފަ… ” ރާޔާ ތެދުވަމުން ބުނެލިއެވެ. ނަމަވެސް މާނިޝް ރާޔާ ހިފެހެއްޓިއެވެ.

” ރެއިން… އަހަރެން ޝުކުރު ކުރިން ތިހާ މާތް އަތްބަކު ލިބުނީމަ.. ރެއިންގެ ރީތި އަޚްލާޤާ ދީންވެރި އުޅުމުގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮއްލައިފި… އަހަރެން ބޭނުން ރަނގަޅު ދަރިންތަކެއް އުފަންކުރަން.. ރެއިން ކަހަލަ ރަނގަޅު އަދި އެހާމެ ރީތި.. ” ލަސްލަހުން އެސްފިޔަ ޖަހަ ޖަހާ މާނިޝްއަށް ބަލަން ރާޔާ އިނެވެ. އަދި މާންގެ ގައިގައި ބައްދާލިއެވެ. ނުހަނު ލޯބިންނެވެ.

” ދަރިފުޅަކު ލިބުމަށްއެދި ވަރަށް ދުޢާކުރަން…. ” ރާޔާ ހިނިތުންވެލަމުން ބުނެލިއެވެ. ހަމަ އެވަގުތެވެ. ރާޔާގެ ޚަބަރެއް ނުވުމުން ބުރަކަށީގައި ފިރުމާލަމުން މާނިޝް ބުނެލިއެވެ.

” ރެއިން.. ދެން ތެދުވެގެން ދޭބަލަ ކާންހަދަން..މާބޮޑަށް އުފާވީތަ ކުއްޖަކު ހޯދާވާހަކަ ބުނީމަ.. ” މާނިޝްގެ މޭގައި ބޯއަޅާލައިގެން ރާޔާ މާ ގިނަ އިރު އޮންނާތީ މާނިޝް ދިމާކޮއްލިއެވެ.

” އޭތް… ރެއިން… ރެއިން،،، ” މާނިޝް ރާޔާ އެނދުގައި ބާއްވާލިއެވެ. ޚަބަރު ހުސްވެފައި އޮތުމުން މާނިޝް ކަންބޮޑުވިއެވެ

” ރިޔާޒް.. ރިޔާޒް.. އައިންތު.. ” މާނިޝް ބާރަށް ގޮވަމުން ނުކުތެވެ. ރިޔާޒް އާޢި އައިންތު  ކާ ކޮޓަރިން ނުކުތީ އެއްކޮށެވެ.

*************************

ރާޔާއަށް ލޯ ހުޅުވާލެވުނު އިރު އޭނާ އޮތީ ހޮސްޕިޓަލްގައެވެ. ކައިރީގައި އޭނާއަށް ބަލަހައްޓައިގެން މާނިޝް އިނެވެ. ރާޔާ ލޯ ހުޅުވާލުމާއި އެކު މާނިޝް ބުނެލިއެވެ.

” މަމް…” ރާޔާއަކަށް ނުވިސްނުނެވެ.

” ޑޭޑް.. ” މާނިޝްގެ މޭގައި އަތްޖައްސާލަމުން މާނިޝް ބުނެލިއެވެ.

ރާޔާ ދެލޯ ބޮޑުވެގެން ދިޔައެވެ.

” އަސްލުތަ؟  އަލްޙަމްދު ލިއްލާހި…” ރާޔާ އެހެން ބުނިތަން ފެނި މާން ހައިރާންވިއެވެ، އަދި އޭނާވެސް އަވަހަށް ޝުކުރު ކުރިއެވެ.

” އަޅެ އަހަރެން ބޭނުން ގެއަށް ދާން…. ” ރާޔާ މާނިޝްގެ އަތުގައި ހިފާލިއެވެ.

” ރެއިން… އެ އުޅެނީ ދޫކޮއްލާށޭ… ގެއަށް ގޮސް ބެޑްރެސްޓް ނަގަން ބުނީ.. “

” ދެން މާންގެ ކަންތައް ބަލަހައްޓާނީ ކާކު؟ ނޫން.. އަހަރެން މާންގެ ހުރިހާ ކަމެއް ބަލަހައްޓާނަން… ” ރާޔާ ދެފަރާތަށް ބޯހޫރާލިއެވެ.

” ރެއިން ކުޑަކުދިން އުޅޭހެން ނޫޅެބަލަ.. ބެޑްރެސްޓް ނަގަން އެ ބުނީ އަހަރެމެންގެ ބޭބީއަށްޓަކައޭ.. އެހެންވެ އެކަން ކުރަންވާނެ.. އައިންތުވެސް ހުންނާނެ އެއްނުދޯ.. އަހަރެން އަންޑަސްޓޭންޑް ވެޔޭ ދޫނީ.. ” ރާޔާގެ ބޮލުގައި ފިރުމާލަމުން މާނިޝްބުނެލިއެވެ.

ގެއަށް އައުމަށްފަހުގައިވެސް މާނިޝް ރާޔާއަށް ވަރަށް އޯގާތެރިއެވެ. ކޮޓަރިއަށް ކާއެއްޗެއހި ގެނެސްދެނީވެސް މާނިޝްއެވެ. ރާޔާ ހުންނަނީ އަބަދުވެސް ހެވިފައެވެ. މާނިޝްގެ ރަނގަޅުކަމާއި މެދު ރާޔާ ފަޚްރު ވެރިވެއެވެ.

” ރެއިން! ދެން މިގޮތަށް އަބަދު ގެޔަކު ނުހުރެވޭނެ…ޗުއްޓީވެސް ހަމަވީނު.. މިޔަދު އޮފީހަށް ނުކުންނަން ޖެހޭތީ ވަރަށް ފޫހިވެސް ވޭ.. އަބަދުވެސް ބޭނުންވަނީ ރެއިން ގާތުގަ މިގޮތަށް އިންނަން.. އެކަމަކު….. ބޭބީ ލިބެންވާއިރަށް ވަރަށް ފައިސާވެސް އެއްކުރަން ޖެހޭނެ އެއްނުދޯ.. ” ރާޔާގެ ބަނޑުގައި ފިރުމާލަމުން މާނިޝް ބުނެލިއެވެ. ރާޔާ ހިނިތުންވެލިއެވެ.

” އަހަރެން ޤަބޫލުކުރަމޭ މާން… ދެން އަވަހަށްދޭ.. ގަޑިޖެހިދާނެ.. އޭރުން އޮފީހުން ކަނޑާލަފާނެ.. އަހަންނަށް ވީގޮތް ވެދާނެ.. ” ރާޔާ ހެމުން ހެމުން ބުނެލިއެވެ. ދާން ހިނގައިގަތުމަށްފަހުގައިވެސް މާނިޝް އައެވެ،

” ތިބުނަނީ ކޯހަށް ނުހޮނުވުނީ ނޫނީ މިޔަދު ވަޒީފާއެއްގައި ރެއިންއަށް ނުހުރެވުނީ އަހަންނާ ހެދިއޭތަ؟” މާން އެ ސުވާލު ކުރުމުން ރާޔާ ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ތެދުވަން އުޅުމުން މާނިޝް ރާޔާގެ ދެ ކޮނޑުގައި އަތްލަމުން ދެފަރާތަށް ބޯހޫރާލިއެވެ. ރާޔާ އަނެއްކާވެސް އޮށޯވެލިއެވެ.

” މާން އަހަރެން އެފަދަ ނިޔަތެއްގަ ބުނި އެއްޗެއް ނޫން އެއީ.. އަހަރެން އެކަހަލަ އެއްޗެއް ނުބުނަމެއްނު.. އަހަރެން ވަޒީފާއަށް ނުދިޔައެއް ކަމަކު އުނި ވަނީ ކޮންކަމެއް. ބޭނުންވާ ކޮންމެ ކަމެއް ބޭނުން ވަގުތަކު ކޮއްދޭ.. ކޮންމެ  އެއްޗެއް ލިބޭ.. ދެން އަހަރެން ކޮންކަމަކާ ވިސްނަންވީ؟ ” މާން ރާޔާގެ މަގަތުގައި އިށީނުމަށްފަހު ބަނޑުމަތީގައި ބާއްވާފައި އޮތް ރާޔާގެ އަތްމަތީ އަތްބާއްވާލިއެވެ.

” އަހަރެން ރެއިންދެކެ ވަރަށް ލޯބިވޭ.. ” މާނިޝްގެ ދެލޮލުން ރާޔާއަށްޓަކައި ވާ ހަޤީޤީ ލޯބި މިޔަދު ރާޔާއަށް ފެނުނެވެ. ރާޔާ ހިނިތުން ވެލުމުން މާނިޝް ރާޔާގެ ކޮލުގައި ފިރުމާލުމަށްފަހު ހިނގައިގަތެވެ.

*****************

މާނިޝް އޮފީހަށް ދިޔަތަނުން ވެރިމީހާ ބައްދަލް ކުރަން އެދޭ ވާހަކަ ސެކްރެޓަރީ ބުނެލިއެވެ.އަވަސް އަވަހަށް މާނިޝް ވެރިޔާގެ ރޫމަށް ވަނެވެ.

” އޯހް.. ބޯކޮށާލީ ދޯ… ތީ އަހަރެން ވަރަށް އުއްމީދު ކުރިކަމެއް..!! އެހާ ހަޑިމުޑުދާރު ސިފައެއްގައި ހުރެމެވެސް މި އޮފީހަށް މާނިޝް ވެއްދީ ނަސްރީނާމެންގެ އެދުމުގެ މަތިން.. އެކަމަކު ދެން އަހަރެން އިތުރަށް ކަލޭ ބޭނުމެއްނޫން މި އޮފީހަކަށް..” ނަސީމް އެހެން ބުނުމުން މާނިޝް ސިހުނެވެ. އޭނާ އަވަސް އަވަހަށް ބުނެލިއެވެ.

” އެކަމަކު އަޅުގަނޑުގެ ކުށަކީ ކޮބާތޯ..؟ ” މާނިޝް ގެ ސުވާލު އަޑުއިވުމަށްފަހު ނަސީމް ކަބަޑަކުން ކޮތަޅެއް ނެގިއެވެ. އަދި ވަރަށް ކުޑަކުޑަ ހައެއްކަ ޕެކެޓް ނެގުމަށްފަހު މާނިޝްއަށް ދައްކާލިއެވެ. މާނިޝްގެ އަތްފައި ފިނިވެގެން ދިޔައެވެ.

” މިއީ ކުށަކީ.. ހަކުރާ ތެލާ… މީ ކޮންކަމެއް؟ މަސްތުވާތަކެތި މީ ކީއްކުރާ އެއްޗެއް؟ އަހަރެން މާނިޝްއަށްޓަކައި މިކަހަލަ އުއްމީދެއް ނުކުރަން.. އަހަރެން ބޭނުމެއްނޫން ބޭޒާރުކުރާކަށް…. އެހެންވެ ބުނަން ބޭނުންވަނީ މިތަނުން ކަނޑާލާފައޭ ތިހުރީ.. ” އެ އަޑަށް މާނިޝްގެ ހިތަށް ވަރަށް ފުން އަސަރެއް ކުރިއެވެ.

” މީތި ފެނުނީ މަށަށް.. ޗުއްޓީއަށް ގޮސް ހުއްޓަ ، އޮފީހަށް ޖޮއިން ކުރި ކުއްޖަކަށް މާނިޝްގެ ކަބަޑު ދޭންވެގެން ސެކްރެޓަރީ އެ ކަބަޑު ހުސްކޮއްފަ އެއްޗެހިތައް ގެނެސްދިނީ… “

ނަސީމު ވަރަށް އޯގާތެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. މާނިޝް ދެކޮޅަށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

” ޕޮލިހާއި ހަވާލު ކުރަން ބޭނުން ނުވަނީ ތިއީ އަހަރެންގެ ވަރަށް ގާތް ބައެއް ބެލި ކުއްޖަކަށް ވާތީ.. ދެން އަވަހަށް ދޭ.. އެކަމަކު މިޔަދު މާނިޝް ތިފަދަ ކަމެއް ކުރީތީ އަހަރެން ވަރަށް ދެރަވެއްޖެ.. އެމީހުންގާތު މިވާހަކަ ބުނަން މަޖުބޫރު.. ” އޭނާ ފޯން ނަގާ ރާއްޖެއިން ބޭރަށް ގުޅިއެވެ. އަދި އެ ހުރިހާ ވާހަކައެއް އެމީހުންނަށް ކިޔައިދިނެވެ. އެއަށްފަހު ފޯން މާނިޝްއަށް ދިއްކޮއްލިއެވެ. ތުރުތުރު އަޅާ އަތަކުން މާނިޝް ފޯންގައި ހިފިއެވެ،

” ދައްތަ ހިއެއް ނުކުރަން ތީ އެހާ ނުބައި ކުއްޖެއް ކަމަކަށް.. އަހަރެމެންނަކަށް ދެން މާނިޝްއެއް ނުބެލޭނެ.. މުޖުތަމަޢުއަށް ނުކުމެވުނީމަ ހިތައް އެރިހާގޮތަކަށް އުޅެންވީމަ ވާނެގޮތްތީ.. ނުބައި ގުރޫޕްތަކާއި އެކު އުޅެންޏާ ވާނީ ތިހެން.. އަހަރެންގެ ރަހުމަތްތެރިޔާގެ އޮފީސް ބަރުބާދުކުރާނެކަމެއް ނެތް.. އަހަރެން ބޭނުމެއްނޫން މާނިޝް އާއި ވާހަކަވެސް ދައްކާކަށް.. ” ނަސްރީނާ ފޯން ކަނޑާލިއެވެ. މާނިޝްއަށް އެ ވާހަކަތަކުން އަސަރެއް ނުކުރެއެވެ. އެގޭގައި އުޅުނު އިރުވެސް މާނިޝް އުޅެންޖެހެނީ ނަސްރީނާގެ އަޅަކަށްވެގެންނެވެ.

ނަސީމް އަތަށް ފޯން ދިއްކޮއްލުމަށްފަހު މާނިޝް ނުކުމެގެން ދިޔައެވެ. އޭނާ ބާރުބާރަށް ހިނގާފައި ދިޔައީ އޭނާގެ ގުރޫޕް މީހުންގެ ކައިރިއަށެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވީ އެޑަމް އެވެ. މާނިޝް ފެނުމުން އޭނާ ދެލޯފުހެލަމުން ބަލާލިއެވެ.

” އޭ ކެމަލް.. އަހަރެމެން އޭރުވެސް ކީމެއްނު މާއްޓެ އަންނާނެޔޭ… ” އެޑަމްގެ އަޑަށް ދެމިފައި އޮތް ސޮޓީ އާއި ކަމާލް ބަލާލިއެވެ. މާނިޝް އެތެރެއަށް ވަނުމުން އަވަސް އަވަހަށް އެޑަމް ދޮރުލައްޕާ ތަޅުލިއެވެ. ކޮޓަރި ތެރޭގެ އެތަން މިތަނަށް އަންނައުނާއި އޭތި މީތި އުކާފައި ހުއްޓެވެ. ސިގިރޭޓް ފޮށިތަކާއި ބިޔަރު ދަޅުތައްވެސް ބަނޑިބަނޑިކޮއްފައި އުކާފައި ހުއްޓެވެ.

” އެޑަމް.. ތިއީ މާއްޓެ އެއްނޫން.. މިހާރު ތިއީ މާޓިން.. ރިކީ މާޓިން.. ލޯބީގެ މާހިރެއް…” ސޮޓީ އެއްބިތުގައި ޖެހިފައި އަނެއްބިތަށް ޖެހެމުން ބުނެލިއެވެ.

” އާނ… ތެދެއް މާޓިން.. އަހަރެމެން މަތިން ކަލޭ ހަނދާން ވެއްޖެ ދޯ.. ” ކަމާލު މާނިޝްގެ ބުރަކަށީގައި ޖަހާލަމުން ބުނެލިއެވެ.

” އަހަރެން މިހުރީ ގޮތް ހުސްވެފަ.. ” މާނިޝް އިށީންނަމުން ބުނެލިއެވެ.

” އަނެއްކާ ކިހިނެތްވީ؟ އަހަރެމެންނަށް ވީވަރަކުން އެހީ ވެދޭނަން ދޯ އެޑަމް.. ” ސޮޓީ ބުނެލިއެވެ.

ކަންތައްވީ ގޮތް މާނިޝް އެމީހުންނަށް ކިޔައިދިނެވެ. އެންމެންވެސް ތިބީ ވަރަށް ދެރަވެފައެވެ.

” އަންހެނުން ބަނޑުވެސް ބޮޑު.. ކިހިނެތް ރުފިޔާ ހޯދާނީ އެވަރަށް.. އަނެއްކާ އޮފީހުން ކަނޑާލީއޭ ބުނީމަ އޭނަ ވަރަށް ސުވާލު ކުރާނެ. ” މާނިޝް އިސް ނެގި އިރު އެންމެން ވެސް ތިބީ ވަރަށް ހިނިއައިސްފައެވެ.

” އަހަރެން މިހާ ދެރަވެފަ ހުރީމަވެސް ކަލޭމެން ހެނީތަ؟ “

” އޭ ބްރޯ… ބައްޕައަކަށްވަނީތަ؟ ހިނގާ އުފާ ފާޅުކުރަން…. “  ސޮޓީ މިނީބާއިން ހަތަރު ދަޅު ބިޔަރު ނަގާ އެންމެންނަށް ބަހާލިއެވެ.

” އޭ ނޫން ނޫން… މަ ބޭނުމެއް ނޫން… ” ހެމުން ހެމުން މާނިޝް ބުނެލިއެވެ،

” ހޭ މީ ކަޔެ ނުބޯއެއްޗެއްތަ؟ މާ ނޫންކަމަށް ހެދެނީ… ” ސޮޓީ އެދަޅު މޭޒުމަތީ ބަހައްޓަމުން ބުނެލިއެވެ.

24
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Salaa

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ބިރުވެރި ލޯބީގެ ވާހަކަ : މަރުޚަބާ 5

Next

ހަތިޔާރު (ހަވަނަބައިގެ 2)

Next
January 30, 2014

ހަތިޔާރު (ހަވަނަބައިގެ 2)

Previews
January 30, 2014

ބިރުވެރި ލޯބީގެ ވާހަކަ : މަރުޚަބާ 5

10 Comments

  1. lady gaagaa says:
    January 30, 2014 at 4:49 pm

    vrh reathi <£

  2. sufa says:
    January 31, 2014 at 12:35 am

    varah reethi ……….waitung 4 the next

  3. salaa says:
    January 31, 2014 at 1:09 am

    ok.. varah avahah upload vaane next ves.. thank u both

  4. hhhhhhhhhhhhhhhhhhhhhh says:
    January 31, 2014 at 8:09 pm

    nice…ekamaku intixaar nuko araamagun kiaalan miulheny

    1. salaa says:
      January 31, 2014 at 8:46 pm

      araamaguga mihaaru nufennaane mi vaahaka..

  5. hhhhhhhhhhhhhhhhhhhhhh says:
    January 31, 2014 at 10:26 pm

    keeve nufennany…so sad

    1. Salaa says:
      February 1, 2014 at 6:45 pm

      site adhives maintanance koh ekkoh nunimey.. iraadhakurehviyyaa hallu kuraane site ge admin in…

  6. Shaf says:
    January 31, 2014 at 10:44 pm

    vvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi mi baivx wait 4 the nxt part

    1. Salaa says:
      February 1, 2014 at 6:46 pm

      keehkuran wait kurany ehuree 8 th part aai hama ah publish kohfa eu shaf.. hehehehhe

  7. someone says:
    August 29, 2014 at 5:32 pm

    alhey……………….

Comments are closed.

All Right Reserved!