ވީރާނާ

- by - 0- February 1, 2014

ފަތިހުގެ ފިނި ރޯޅިތައް އޭގެ އެންމެ ތާޒާ ކަމުގައި، ފަޒާގައި ދައުރުކުރަމުން ދިޔައިރު ފަޒާގައިވަނީ ތެތް ފިނިކަމެއް އެކުލެވިފައެވެ. ރަށުގެ އުތުރު ފަރާތު އަތިރިމަތީގެ ރީތި ސާފު ދޮންވެލިގަނޑުގައި ޝެހެނާ އިށީނދެގެން އިންއިރު ، އެ ރީތި ފަން ދިގު އިސްތަށިގަނޑު ވަޔާ އެކު ވިހުރެމުންދާ މަންޒަރު ބަލާލަން ކިތަންމެހައިވެސް ހިތްގައިމެވެ. ފަތިސް ހަނދުވަރުގެ ރީތި ނަލަ އަލިން ތުނޑި ދިއްލާލާފައިވާ އިރު، މަޑު ވިލުކުލައިގެ ރެދަނުން ރާޅުފެންފަށް ޖަރީވެލާފައިވާ މަންޒަރަކީ ޝެހެނާ އަބަދުވެސް ވަރަށް ބަލާހިތްވާ މަންޒަރެކެވެ. އެ ސާފު ހުދު ތުނޑިން އަރައިގެން ހޭޅިފަށަށް އަންނައިރު އެތަނާ ޖެހިގެން ހުރި، އުވައިން ރާނާފައި ހުރި ކުޑަކުޑަ ޖިފުޓި ގަނޑަކީ ޝެހެނާމެންގެ ގެއެވެ.

“ޝެހެނާ!! ޝެހެނާ!!، ކަންކުވާ މަންޖެ ތިތާ ތިއިނާ ކީއްވެފަތަ މިހާރު އެއޮށް 5:30 ވަނީ. ދެންވެސް ދޭބަލަ ސައި ކަންކަން ބޮޑު ފުޅަގަނޑު”، ގުދުރަތުގެ ރީތިކަމުން ހިތްއުފާކުރަމުން، ހިޔާލެއް ފިކުރެއް ނެތި އިން ޝެހެނާއަށް ހޭވެރިކަން ވީ އާދައިގެ މަތިން އޭނާގެ ރުންކުރު މަންމަ ކަމަނަގެ ހެނދުނުގެ ފަތިވަރު ގޮވައިގަން އަޑަށެވެ. ޝެހެނާ ކަންނެތްގޮތަކަށް ތެދުވެ އަތުން ވެލިފޮޅާލުމަށްފަހު ގެއާދިމާއަށް ހިނގާގަތެވެ. ޝެހެނާގެ އުމުރުން މިވީ 16 އަހަރުގައި  ކަމަނަ ލޯބިން އޭނާއަށް ގޮވާލި ހަނދާނެއް އޭނާ ނުވެއެވެ. ކަމަނައަށް ހީވާފަދައެވެ. ޝެހެނާއަކީ އެގޭގެ ނޯކަރެކެވެ. ނަމަވެސް ޝެހެނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ކޮންމެސް ދުވަހަކުން މަންމަ މެންނަށް ވިސްނޭނެކަމަށް ނިންމައި،  މެހެނާ ކޮއްކޮ ސްކޫލަށް ދާންވާއިރަށް ސައިތައްޔާރުކުރުމަށް އަވަސްވެގަތެވެ. އޭނާ އަށް ކިޔެވުމުގެ ނަސީބެއް ނުލިބުނު ނަމަވެސް އޭނާގެ ކޮއްކޮގެ ދިރިއުޅުން އުޖާލާކުރުމަށް އޭނާ ކިތަންމެހައިވެސް ބޭނުމެވެ. ދުވަސްވަރަކީ ރާއްޖެގެ ތަދު ދުވަސްވަރު ނަމަވެސް ހަސަނީ މަސްވެރިއެއްކަމުން ޝެހެނާމެންނަށް ކައިގެން ބޮއިގެން އުޅެވޭވަރުވެއެވެ.

ދުވަމުން ދުވަމުން ޝެހެނާމެންގެ ގެއަށް ވަން ވަފިއްޔާ ބަލާކަށް ނުހުރެ، ލޯވައްޓެއް ނަގައި، އެތެރެގޭގައި ހުރި ރުބަޔަކުން ފެން ފޮދެއް ބޯލަމުން ޝެހެނާއަށް ގޮވާލިއިރު ކުރިމަތީ ހުރި ޝެހެނާ ފެނި ކުއްލިއަކަށް އަތުގައި އޮތް ލޯވަށި އަތުން ދޫވެއްޖެއެވެ. އެވަގުތު ޝެހެނާގެ ކައިރިއަށް އައި ހިނިގަނޑު މަތަނުވެގެން ކަކަކަކަ ލާފާއި ހޭންފެށިއެވެ. ވަފިއްޔާއަކީ ޝެހެނާގެ ދުވަސްވީ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. ވަގު ހިފާފިޔޭ ކިޔާފައި ޝެހެނާ ވަފިއްޔާ އާ ދިމާކުރަންފެށުމުން ވަފިއްޔާވެސް ރަކިވެގެން ތިމަންނަ ދުވެފަ އައީމަ ކަރުހިއްކާގަތީއޭ ކިޔާ ޝެހެނާ ފަހާ ދުއްވާގެންފިއެވެ. މިއީ އެ ދެރަހުމަތްތެރިން އެއްތަންވެއްޖެނަމަ އަބަދުވެސް އާދައެވެ.

“އޭ މިހާރު އެއޮށް ހަވީރު ފަހެއް ޖެހީ. ދެންވެސް އަވަހަށް ހިނގާބަލަ ދަނޑަށް. މަ އޮފީހުގަ އިނދެފައި ގަޑިޖެހުމާއެކު އޮފީހަކާ އޮފީހެއް ދޫކޮށްފައި މިއައީ ހަމަ ބަށިބޯޅަ ކުޅޭހިތުން “. ވަފިއްޔާ އެއައީ އާދައިގެ މަތިން ބަށިކުޅެންދާންވެގެން ޝެހެނާ ބަލައެވެ. އެވަގުތަކީ ކަމަނަ ގޭގައި ނޫޅޭ ވަގުތެއްކަމުން ޝެހެނާ އޭނާގެ ބައްޕަ ކައިރީ ކުޅެންދާ ވާހަކަ ބުނެ ހުއްދަ ހޯދައިގެން ވަފިއްޔާ އާއެކު ގެއިން ނިކުމެގެން ދަނޑާ ދީމާއަށް ހިނގާގެންފިއެވެ.

ކަމަނަގެ އެ ހުންނަ ރުންކުރު މިޒާޖުގެ ބަދަލުގައި ޝެހެނާގެ ބައްޕަ ހަސަނަކީ ވަރަށް ހިތްހެޔޮ އޭނާގެ ހުރިހާ ދަރިންދެކެ ލޯބިވާ މީހެކެވެ. ނަމަވެސް ކަމަނަގެ ވަރުގައި ޖެހި ހަސަނަށްވެސް ކަމަނަ ކުރިމަތީ ޝެހެނާއަށް ހެޔޮކޮށް ހިތާކަށް ނުކެރެއެވެ.  އެކަން ޝެހެނާއަށްވެސް އިނގެއެވެ. ހިތާމައަކީ އޭނާ ދެކެ އޭނާގެ މަންމަ އެހާ ރުޅި އަންނަވީ ސަބަބެއް އޭނާ އަށް ނޭނގޭތީއެވެ. ދަނޑުމަތީގައި ބޯޅަ ހިފަންހުރިއިރު ޝެހެނާއަށް ވިސްނެމުންދަނީ އެކަމާއެވެ. އޭނާގެ މަންމަ އޭނަދެކެ އެހާ ނަފްރަތު ކުރަންވީ ސަބަބާއެވެ. ކުއްލިއަކަށް ޝެހެނާގެ ހަމަހޭވަރިކަންވީ މުގޯލިމަތީގައިހުރި ކުއްޖާ ސައްޕު ޖަހަންވެގެން އުޅުނު ގަޑީގައި ކައިރީ ހުރި ކުއްޖާ ފަހަތަށްޖެހުނު ވަގުތު އޭނަ ގައިގާ ޖެހުމުންނެވެ.  އެ ސިކުންތުކޮޅު މުގޯލީގައިހުރި ކުއްޖާ ހުށިޔާރުކަމާއެކު ސައްޕު ޖަހާފިއެވެ. ޝެހެނާއަށް އިއްތިފާގުން ހުރެވުނީ ދަނޑުގެ އެއް އަރިމަތީގައި ކަމުން ބޯޅައިން ސަލާމަތްވުމަށް ލޯމަރާލުމަށްފަހު ތަންކޮޅަކަށް ދުއްވާގަތުމާއެކު ބިންމަތީގައި އޮތް އެއްޗެއްގައި އަޅާގެންފައި ވެއްޓެންދިޔައެވެ. ޝެހެނާއަށް ބިރުންގަތްވަރުން ހަޅާލަވާގަނެވުނުއިރު  އަގައިން އަޑެއްވެސް ނުނިކުތެވެ. ޝެހެނާއަށް އިނގެނީ އޭނާ ވެއްޓުނީ ބިންމައްޗަށް ނޫންކަމެވެ. އޭރުވެސް އޭނާގެ ދެލޯވަނީ މަރާ ބާރަށް ތަގުޅިކުރެވިފައެވެ. އެވަގުތު ދަނޑުމަތީގައި ތިބި ކުދިންތައް ހޯގޮވާ އަޑާއި، ހޭ އަޑު ގަދަވެގެންދާންފެށިއެވެ. ޝެހެނާ އަވަސްއަވަހަށް ލޯހުޅުވާލެވުނު އިރު އޭނާ އަށް މި އޮއެވުނީ ނުދަންނަ ބީރައްޓެހި ފިރިހެންކުއްޖެއްގެ އަތްމަތީގައި ކަން އެގުމުން ލަދުގަތެވެ. އަދި ވަށައިގެން އެންމެންތައް ދިމާކުރާ އަޑުއިވުމުން އެ ދޮން ރީތި މޫނު ރަތް ލޭކޮޅަކަށް ވިއެވެ. އެއީ  ދޮން ރީތި ފިރިހެންކުއްޖެކެވެ. އެކުއްޖާގެ އަތުގެ މުލައްދަނޑީގެ ބާރުގަދަކަން އަދިވެސް ޝެހެނާއަށް އިޙުސާސްކުރެވެއެވެ. އެ ގަދަކަޅުކުލައިން ވިދާ ރީތިދެލޮލުން މަސްތީގޮތަކަށް އެކުއްޖާ ޝެހެނާއަށް ބަލަމުންދިޔަކަށް ޝެހެނާއަށް ފާހަގަކުރެވުނެވެ. އެވަގުތު އޭނާ ގަނެފަ ހުރި، ބިރާއި ލަދާއެއްކޮށް ރުޅި އައި ގަޑީގައި ޝެހެނާގެ މޫނުގެ ރަތްކަން ދެގުނައަށް އިތުރުވިކަހަލައެވެ.  އޭނާ އަވަސްއަވަހަށް ތެޅިގަނެފައި  އެ އަތްދަނޑިމަތިން ތެދުވިއެވެ.

“މާފުކުރޭ..ތިކުއްޖާ ވެއްޓުނަ ނުދޭންވެގެން ހިފެހެއްޓުނީ. އަހަންނަކީ ރާޝިދު” ޝެހެނާ ރުޅިއައިކަން އެނގުމުން ރާޝިދު މާފަށް އެދުނެވެ. އޭރު ޝެހެނާހުރީ ލަދުން އިސްޖައިގެން އިސްއުފުލާލަންވެސް ނުކެރިފަކަހަލަގޮތަކަށެވެ. އެވަގުތު ވަފިއްޔާ އައިސް ރާޝިދުއާއި ސަލާމްކޮށްލުމަށްފަހު ރާޝިދު  ފުރަނީ ކޮންއިރަކުތޯ އަހައިލުމުން ޝެހެނާހުރީ ހައިރާންވެފައެވެ. ރާޝިދުއަކީ ވަފިއްޔާގެ ރައްޓެއްސެއް ހެއްޔެވެ؟؟

“ޝެހެ.. މިއީ އަހަރެންގެ ދައްތަ އޮފީހުގެ ބޮޑު މީހާ…އެނގެއެއްނު އަފީފާ ދައްތަ އަތޮޅު ހޮސްޕިޓަލުގައި އުޅޭ.. އެތަނުގެ މެނޭޖަރ މިއީ. މިއަދު އޮފީސްދަތުރަކު އައިސް އުޅެނީ ދޯ ރާޝިދު” ވަފިއްޔާއަށް ޝެހެނާގެ ހިތުގައިވާ ސުވާލުތައް އެނގުނުފަދައެވެ. އޭނާ ރާޝިދަށް ދޯ ދެމުން ޝެހެނާއަށް ރާޝިދުގެ މައުލޫމާތު ދެމުންދިޔައެވެ. ޝެހެނާ ވިސްނާލިއެވެ. އޭނާ އަކީ ހަވީރު ގަޑި ނޫންގޮތަކަށް ގެއިން ބޭރަށް ދާ މީހެއް ނޫންވީމާ ވަފިއްޔާ އަށް އެނގޭ ވަރަކަށް ރަށުގެ މައުލޫމާތެއް ނޭނގިދާނެއެވެ. އަނެއްކާ ވަފިއްޔާ ކިޔަވައިގެން، ރަށު އޮފީހުގައި ވަޒީފާގައި އުޅޭއިރު، ރަސްމި ދަތުރުތަކުގައި އެހެން އަންނަ މީހުންނާ ރަޙްމަތްތެރިކަން އޮންނާނެތާއެވެ.

“އޭ ޝެހޭ.. ކޮން ހިޔާލެއްގައި” ވަފިއްޔާ ޝެހެނާގެ ކޮންޑުގައި މަޑުމަޑުން ޖަހާލިއެވެ. އެވަގުތު ޝެހެނާ ބޯހޫރުވާލާފައި ކަމެއް ނުވެއޭ ބުނެލަމުން ލަދުރަކި ގޮތަކަށް ރާޝިދުއަށް ބަލާލިއެވެ. އޭރުވެސް ރާޝިދު ހުރީ ޝެހެނާގެ މޫނަށް ބަލަންށެވެ. ނަސީބަކުން ކުޅެން އުޅުނު ކުދިން މިހާރު ތިބީ ކުޅުމާއިގެން ގެއްލިފައެވެ. ރާޝިދު ވަފިއްޔާ އާ މުހާތަބުކޮށް އިރުއޮއްސޭއިރަށް ފުރާ ވާހަކަ ބުނުމަށްފަހު ވަފިއްޔާ އާއި ޝެހެނާއާއި ސަލާމުކުރުމަށްފަހު ހިނގާގަތެވެ.

ދުވަހުގެ މެންދުރުވަގުތެވެ. އުނދުން މައްޗަށް ބަތްތަވާ އުދުމަށްފަހު، އަތިރިމަތީގައި ހުރި ހޭޅިފަށުގައި ހެދިފައިހުރި ހިރުދުގަސްތަކުގައި އެލުވާފައިހުރި ޖޯއްޔެއްގައި ޝެހެނާ އިށީނދެލައިގެން އިނީ ވަރުބަލިފިލުވާލުމަށްޓަކައެވެ. ރޭ އިރާކޮޅު ހަސަނުގެނައި މަސްތައްކެއްކުމައިގެން، ރޭ  އެއްކޮށްހެން ޝެހެނާ އެޅެންޖެހުނީ ހޭލައެވެ. ހެނދުނު ގަޑީގައިވެސް މަސްތައް ހޫނުކުރަންޖެހުމުގެ ސަބަބުން ޝެހެނާއަށް ޖައްސާލާނެ ވަގުތެއް ނުވިއެވެ. ޝެހެނާއަށް ޖޯލީގައި ޖައްސާލެވުނުތަނާހެން ވެފައިހުރި ވަރުބަލިން ނިދިއްޖެއެވެ. ޝެހެނާއަށް ހޭލެވުނީ ޝެހެނާގެ މޫނުގައި އެއްޗެއް ކޭއްތޭހެންހީވާންފެށުމުންނެވެ. ލޯހުޅުވާލެވުމާއެކު ޝެހެނާއަށް ފުއްމައިގެން ކޮޅަށް ތެދުވެވުނެވެ. ކުރިމަތީގައި އެހުރީ ފެންނާނެކަމަށް އޭނާ ހީކުރި މީހާއެއް ނޫނެވެ. އޭނާގެ އެ ދޮން ރީތި މޫނަށް ރުޅިވެރިކަން ފެތުރުމާއެކު މުޅި މޫނު ޗެރީކޮޅަކަށްވިފަދައެވެ.

 

 

 

 

0

You may also like...

6 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. އަޅުގަނޑުގެ މިވާހަކަ އަކީ އަޅުގަނޑުގެ އެންމެ ފުރަތަމަ ލިޔާ ވާހަކަ ކަމުން ކުއް ހުރުމަކީ އެކަށީގެންވާކަމެއް. ވީމާ، ތިޔަ ބޭފުޅުންގެ ފާދުކިޔުންތައް އަޅުގަނޑާ ހިއްސާކޮށްދެއްވުން އެދެނެ. އަދި މި ވާހަކަ ތިޔަ ބޭފުލުން ޝައުގުވެރިކަމާއެކު ކިޔާހިތްވާކަހަލަ ވާހަކައަކަށް ހެދުމަށް އަޅުގަނޑަށް ބޭނުންވާނީ ތިޔަ ލޮބުވެތި ކިޔުންތެރިންގެ ފާޑުކިޔުންކަން ފާހަގަކޮށްލަން. ތިޔަ ބޭފުޅުންގެ ފާޑުކިޔުން އެއީ އަޅުގަނޑުގެ ކުރިއެރުން

    ⚠Report!
    1. helo Dolly.. alhugandu mee vaahaka kiyaa kujjeh nun.. ekamaku dolly ge coment fenifa ehcheh bunelaa hiyvee hama… mirongun kuriah dhiumah azum kanda elhythy v ufaa kuran.. mee hobby egge gothun ves kuran v best kameh.. sikundi tharaggeeve visnun ithuruvaa kameh..
      komme meehaku kuraa komme kamegga ves kuh hunnaane. ehves meehakah ehves kameh perfact kosheh nukureveyne.. stories thakah meehunge faadu kiyun ves amaazu vaane.. adhi positive comnts ves libeyne. faadu kiyumaa ehchehi kiyumaa mikahala kanthah thah ves dhimaa vaane. BUT fass nujeheythi . ummeedhu gelluvaa nulaathi. kuriah dhaanvaanee v kerigen. alhugandu nw stories online koh liyaathaa 2 years vany.. v gina gonjehun thakaai kurimathi laigen mihaa hisaabah ves aadhevifa mihuree.. kiyuntherinnaa gulhun badhahi koh kiyuntheringe samaalukan hoadhan masahkaiy kuranvaane..
      Dolly ah ithuru furusathu thaka kaai mi rongun Dolly ah kuriah dhaane magu fahi kurahvaashi!! AAmin…

      ⚠Report!
    2. ޝުކުރިއްޔާ ސަލާ. ސަލާގެ ކޮމެންޓް ކިޔާލާފައި އަޅުގަޏޑު ވަރަށް އުފާވެއްޖެ. އިރާދަކުރެއްވިއްޔާ އަޒުމު ގުޑައިގެން ދިޔަކަ ނުދޭނަން. ސަލާއަށްވެސް މާތް ﷲ ގެ ހެޔޮރަޙްމަތްފުޅުން އިތުރު ފުރުޞަތުތަކާއި ކުރިއރުން ލިބުމަށް އެދެން. 🙂

      ⚠Report!
  2. so… kiyuntherin comment kuraane kameh nethehnun, salaa ge commentun fudheyne, ekamves bunelan, vahaka thankolheh kury, mee abadhuves konme vahaka akah ves kurevey comment kannenge, bt salaa ge vahaka hama obi inge, mi vahaka reethi kameh engeyny adhi aneh part kiyaalevunyma, heevany reethi vaane hen. best of luck. ekam avahah up nukuranya v avahah foohi vaane

    ⚠Report!
  3. ޝުކުރިއްޔާ “ME” އަށް. ވއިރާދަކުރެއްވިއްޔާ ދެން ދިގުކޮށް ގެނެސްދެވޭތޯ ބަލާނަން..:)

    ⚠Report!

Leave a Reply

Your email address will not be published.