
މިހާރަކަށް އައިސް އަހަންނަށް އަބަދުވެސް ހުރެވެނީ ބިރުގަނެފައެވެ. ފެންނަ ފެނުމަށް ވިކާޝްވެސް ހުންނަނީ އެފަދަ ޙާލެއްގައެވެ. ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ދުރުމިންވެސް މިހާރު އެކަކު އަނެކަކަށް އިހުސާސްކުރެވެން ފެށިއެވެ. އަހަރެން މިހާ ބިރުން އުޅޭއިރުވެސް ވިކާޝް އަހަރެން އެހެންތަނަކަށް ބަދަލުކުރަން ނޫޅޭތީ އަހަރެންގެ ހިތުގައި ސުވާލު އުފެދިފައިވެއެވެ. އަހަރެމެން މިއުޅެނީ ނާމާންގެއެއްގައިކަން އަހަންނަށް ކަށަވަރެވެ. ޖިންނީންގެ ވާހަކަ އަހަރެން މީގެ ކުރިންވެސް އަހާއުޅެމެވެ. އަނެއްކާ ޖިންނިއެއްގެ ލޮލުގައި އަހަރެން އަޅައިގަތީނޫންބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.
އެކި ޙިޔާލުތަކުގައި އަހަރެން އޮއްވާ ކުއްލިއަކަށް ކަރަންޓް ކެނޑުނެވެ. އަހަރެން އޮތީ ކޮޓަރީގައެވެ. ގުޑިލާންވެސް ނުކެރުނެވެ. ގާތުގައި ނިދާފައި އޮތް ވިކާޝްގެ ގައިގައި އަހަރެން އަތްޖައްސާލީމެވެ. ކައިގެން އައި ގޮތަށް ވިކާޝް އޮށޯތްގޮތަށް ނިދީއެވެ. އަހަރެން ދެތިން ފަހަރު ގޮވާލުމުންވެސް އޭނާ ހެއެއް ނުލިއެވެ.
” ވިކާޝް… “
ސިއްރު ސިއްރުން ގޮވާލީ އޭނާ ހޭލައްވާލުމަށްޓަކައެވެ.އެހެނަސް ކަހާތާ ހިރުވާވެސް ނުލިއެވެ. ޔަޤީނެވެ. ކޮންމެވެސް ކަމެއް ލައިގަންނަނީއެވެ.އެއްޗެއް ނުފެނުނެއް ކަމަކު އަހަރެން މަޑުމަޑުން އޮތީ ދެލޯ ހުޅުވައިގެންނެވެ. މީގެކުރިންވެސް ދިމާވެފައި ހުރި ކަންތައްތައް މަތިން ހަނދާންވުމާއި އެކު އަހަރެން ބިރުގަތެވެ. އެހެނަސް ކެތްކޮއްގެން އޮތީއެވެ. ކުއްލިއަކަށް އިވުނީ ކޮޓަރި ދޮރުގައި ޓަކި ޖަހަމުން ވިކާޝް ގޮވާއަޑެވެ. އަހަރެންގެ ނަމުންނެވެ،
” ޝަނޫ… ދޮރުހުޅުވަބަލަ… ތަޅުލައިގެން ކީއްކުރަނީތަ؟ “
އަހަރެންގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ. އަހަރެންގާތު ވިކާޝް ނިދާފަ އޮންނަތާ މިހާރު ކިހާ އިރެއް ހެއްޔެވެ؟ އަހަރެން އަނދިރީގައި އޮވެ ގާތުގައި އޮތް ވިކާޝްގެ ގައިގައި އަނެއްކާވެސް އަތްޖައްސާލީމެވެ. އަދިވެސް އޭނާ އެބައޮތެވެ. އަހަރެން ވިކާޝް ގައިގައި ވިކައިގަތީމެވެ،
” ޝަނޫ… ކަރަންޓް ކެނޑިފައެއްނު މިހުރީ… ހޫނެއްވެސް ނުވޭތަ؟ “
ވިކާޝް ވަރަށް ބާރަށް ދޮރުގައި ޖެހިއެވެ. އެއާއި އެކު ހޮޅިބުރި ދިއްލުނެވެ. އަހަރެން އަވަހަށް ބަލާލީމެވެ. ވިކާޝް އޮތީ ނިދާފައެވެ.
” ޝަނޫ.. މި ދޮރު ހުޅުވަބަލަ.. ނިދާފަތަ އަޅެ..”
ވިކާޝްގެ އަޑު ބާރުވިއެވެ. އަހަރެން ވިކާޝްގެ އިސްތަށިގަނޑުގައި ހިފާ ތަދުކުރީމެވެ. އޭނާ ލޯ ހުޅުވާލިއެވެ،
” ދޫނި.. ކީއްކުރީތި؟ ހާދަ ތަދުވެއްޖޭ….”
ހޭލިގޮތަށް ވިކާޝް އަތްޖައްސާލީ ބޮލުގައެވެ. އޭރުވެސް ދޮރުގައި ތަޅާއަޑު އިވެއެވެ.
” އަޑުއަހާބަލަ…” އަހަރެން މަޑުމަޑުން ބުނީ ބިރުން ރޫރޫ އަޅައަޅާ އިނދެއެވެ.
” ޝަނޫ….”
ވަރަށް ލޯބިން ބޭރުން ގޮވާލުމާއި އެކު ވިކާޝް ބަލާލީ އަހަންނާއި ދިމާއަށެވެ.
” ނުހުޅުވައްޗޭ… ނުދައްޗޭ…”
ވިކާޝް އާދޭހުގެ ރާގަކަށް ބުނެލުމުން އަހަރެން ބިރުގަތެވެ. އަހަރެންނަށް ރޮވެން ފެށިއެވެ،
” ކާކު؟ “
ވިކާޝް އެހެން ބުނުމާއި އެކު އެކޮޅުން ދޮރުގަ ޖެހުން ހުއްޓުނެވެ. އަހަރެން އިނީ ދޮރާއި ދިމާއަށް ބަލާށެވެ. ދެކަކޫ މޫނުގައި ވިއްދައިގެންނެވެ، ދާދިގާތުގައި އިން ވިކާޝްވެސް ދޮރާއި ދިމާއަށް ބަލަން އިނެވެ.
” ޝަނޫ.. ތިތާ ތީނީ އަހަންނެއް ނޫން.. މީ ވިކާޝް.. ޝަނޫ.. މީ ވިކާޝް..ޝަނޫ.. ޕްލީޒް ދޮރުހުޅުވާ..”
ބޭރުން އިވުނު އަޑު ބަދަލުވިއެވެ. އޭނާ ހީވަނީ ވަރަށް ބިރުން ހުރިހެނެވެ. އަހަންނަށް ބަލާލެވުނީ ދާދި ގާތުގައި އިން ވިކާޝްއަށެވެ.
” ދޮގެއް ޝަނޫ.. މިހާރު ޤަބޫލުކުރެވިއްޖެ ދޯ މިގޭގަ ރޫހާނީ އެއްޗެއް އުޅޭކަން..ޝަނޫ ނުނިކުންނާތި…”
ވިކާޝް އަހަރެންގެ ގައިގައި ހިފަހައްޓާލިއެވެ.
” ޝަނޫ… އައިސް ދޮރުހުޅުވަބަލަ.. “
އެކޮޅުން ގޮވާލިއެވެ. ގާތުގައި އިން ވިކާޝް ނޫނެކޭ ބުނަމުން އޭނާގެ ދެއަތުން އަހަރެން ވަށާލިއެވެ. އެ އާއި އެކު އަހަރެންގެ ހަށިގަނޑަށް ހީވީ ހޫނު ފެން އެއްޗެއް އަޅާލިހެންނެވެ. ހޫނުވެގެން ދިޔުމާއި އެކު އެއީ ވިކާޝް ނޫންކަން އަހަންނަށް ޔަޤީންކުރެވުނެވެ. އަހަރެން ކުއްލިއަކަށް ވިކާޝްގެ އުނގުތެރެއިން ފުންމައިގެން ތެދުވެ ގޮސް ދޮރުހުޅުވީމެވެ. އެއާއި އެކު އަހަރެންގޮސް ތަތްވީ ދޮރުމަތީގައި ހުރި ވިކާޝްގެ ގައިގައެވެ. އަހަރެންނަށް ތެޅިގަނެވުނެވެ. ދެން ބަލާލި އިރު ކޮޓަރީގައި ވިކާޝްއެއް ނެތެވެ. ބިރުން އަހަރެން ވިކާޝްގެ ގައިގައި އޮޅުލަމުން ދިޔައީމެވެ،
” ބަދިގެއަށް ބަތް އަޅަންވެގެން ޝަނޫ ދިޔަތަނުން އަހަރެންގެ މޫނުމައްޗަށް އަނދިރިވީ.. ދެން ވީނުވީ ނޭނގި ހުރެފަ ރަނގަޅުވީ އިރު ހުރެވުނީ މިތާ.. ގޭގަ ނެތް ކަރަންޓެއްވެސް އޭރު..ދެންމެ ވީ ގޮތްވެސް މި ހަނދާންވީ..”
ވިކާޝް ވާހަކަ ދެއްކި އިރު އޭނާވެސް ހުރީ ބިރުންނެވެ. އޭނާ އަހަރެން ގޮވައިގެން ވަނީ ކޮޓަރިއަށެވެ،
” އަހަންނެއް ނޫޅޭނަން މިގެއަކު ދެނެއް… ޕްލީޒް އަހަރެން ގެންދޭ މިތަނުން… އަހަރެންނެއް ނޫޅޭނަން.. އަހަންނަށް ޔަޤީން މިކަންކަމުގަ ކޮންމެވެސް ކަމެއް ފޮރުވިފައިވާނެ…..”
އަހަރެންނަށް ބުނެވުނެވެ، ވިކާޝް އަހަރެންގެ ބޮލުގަ ފިރުމަމުންދެއެވެ.
” އަހަރެން ދެން މިކަންތައް ބަލާނަން.. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިޔަސް…………”
ވިކާޝް އެހެން ބުނި އިރު އަހަރެންގެ ދެލޯމެރެނީއެވެ.ވާނުވާ ނޭނގޭޙާލު އަހަރެންނަށް ނިދުނީއެވެ. އަވަސް އަވަހަށް ވިކާޝް ނުކުމެގެން ގޮސް ހިތި ގަސްދަށުގައި ހުއްޓުނެވެ. އޭނާ ބިރުގަނެފައި ހުރި ނަމަވެސް ލޯބިވާ އަނބިމީހާގެ ޙައްޤުގައި މަރާއި ދެކޮޅަށްވެސް ހަނގުރާމަ ކުރާނެއެވެ. ލޮލުގެ ހިމަކޮޅުން އޭނާ އެކި ދިމަދިމާ ބަލަމުން ދިޔައެވެ،
” ޝިކާ…….. އާނިޔާ….. ޝިކާ… އާނިޔާ !! “
އަޑުގެ ކޮޅަށް އޭނާ ގޮވަމުން ދިޔައެވެ. އެވަގުތު ބިމުގެ ވެލިތައް ކެހެމުން މައްޗަށް އަރަންފެށިއެވެ. ވައިބާރުވެ ހިތިގަސްވެސް ހީވަނީ މުލުން ލުހިގެން އަތުވެދާނެ ހެންނެވެ. ވިކާޝް މޫނުގައި އަތްއަޅައިގެން ހުރެ ހިތިގަސްބުޑަށް ގުޅައަކަށް ތިރިވިއެވެ. ގަދަ ފަދަ އަޑަކާއި އެކު ދެ އަލިގުޅަ ގޯތި ތެރޭގެ އެތަން މިތާ އެނބުރެން ފެށިއެވެ. ކަންތައްގަނޑު ހަމަހިމޭންވުމުން ވިކާޝް ލޯ ހުޅުވާލުމަށްފަހު ތެދުވިއެވެ. އޭރު ކުރިމަތީގައި ތިބީ ޝިކާ އާއި އާނިޔާ އެވެ. ބިރުވެރި ސިފައެއްގައެވެ.
” މާ ބާރަށް ހަޅޭއްނުލަވާ…”
ޝިކާ އެހެން ބުނުމާއި އެކު ވިކާޝް ބިރުގަތެވެ. އެހެނަސް އޭނާ ހިންދިރުވާލީ ފަސްނުޖެހުމަށެވެ.
” އަހަރެން… ހުރިހާ އެއްޗެއް.. އަނބިމީހާއަށް ކިޔާދޭނަން..”
ތުރުތުރު އަޅަމުން ވިކާޝް ބުނެލިއެވެ. ޝިކާ ބަލާލީ އާނިޔާގެ މޫނަށެވެ.
” މައްސަލައެއް ނެތް.. ކިޔާދީ.. އެއަށްފަހު ކަލެއަށް މަރުހަބާ ކިޔާނެ އޭނާގެ ފުރާނަ ނެތް މަސްގަނޑު…”
ޝިކާ އެހެން ބުނުމުން ވިކާޝް ތެޅިގަތެވެ،
” ކީއްވެގެންތަ އޭނައަށް ސިއްރުކުރާށޭ ތި ބުނަނީ ؟ “
ޖެހިލުންވެ ހުރެ ވިކާޝް ސުވާލު ކޮއްލިއެވެ. އާނިޔާ އެނބުރުނީ ފަހަތަށެވެ.
” އަދިވެސް އޭނަ ބޭނުންވާތީ އަހަރެމެން….”
އެ ޖުމުލަ އާއި އެކު ވިކާޝްއަށް ދަތްކުނޑި ވިކައި ގަނެވުނެވެ. އެހެނަސް އޭނާގެ ހިތުން ބިރުވެރިކަން ފިލައިގެންނެއް ނުދެއެވެ.
ވިކާޝް މަޑުމަޑުން ފަހަތަށް ޖެހެން ފެށުމުން ޝިކާ އާއި އާނިޔާ ހެމުންދެއެވެ. ވިކާޝް ފަހަތަށް ފަހަތަށް ޖެހެމުންގޮސް ދުއްވައިގަތީ ގެއާޢި ދިމާއަށެވެ.ކިތަންމެ ކުރިމަތިލާން ބޭނުންވި ނަމަވެސް އޭނާއަކަށް ނުކެރުނެވެ. ކޮޓަރިއަށް ދެވުނު އިރު މީހާއަށް މާނޭވާ ލެވެއެވެ.
*************************
ޖެހިގެން އައި ދުވަހެވެ. އަހަރެން އުޅުނީ ބަދިގޭގައެވެ. ވިކާޝް އައިސް ވަނުމާއި އެކު އަހަރެންނަށް ބަލާލެވުނީ ޝައްކުގެ ނަޒަރަކުންނެވެ،
” ކިހިނެތްވީ؟ ހާދަ އެހެން ގޮތަކަށް ތި ބަލަނީ ؟ “
ވިކާޝް އަހާލީ ދެރަވެ ހުރެއެވެ. އަހަރެން އިސްޖަހާލީމެވެ.އެއްވެސް އެއްޗެއް ނުބުނެ އަހަރެން ތަށިތައް ފުހެން ފެށީމެވެ. ވިކާޝް އަހަރެންނާއި ދާދި ގާތުގައި ހުއްޓުނެވެ.
” އަހަރެން ޝަނޫއާއި އިނދެގެން އައި ފަހުން އަދި ހިތްހަމަޖެހުމެއް ޝަނޫއަށް ނުދެވޭކަން އަހަންނަށް އެނގޭ،،.. ވަރަށް ދެރަވޭ އެހެންވެ.. އަހަންނަށް އެނގޭ ޝަނޫއަށް މީ ޝަނޫގެ ވިކާޝްކަން ޤަބޫލު ނުކުރެވިފަކަން ތިހުންނަނީ…”
ވިކާޝް އެހެން ބުނުމާއި އެކު އަހަރެންގެ އަތުގައި އޮތް ފޮތިގަނޑު ހޫރާލީމެވެ. މޭޒުމައްޗަށެވެ. އަދި ރޯންފެށުމަށްފަހު ވިކާޝްއަށް ބަލާލީމެވެ.
” އިނގުނީމަ ވީތަ؟ އިނގުނީމަ އަހަރެން މިއުޅެނީ އުފަލުގަތަ؟ ތިހެން ބުނެލަން ހާދަ ފަސޭހައޭދޯ..ފެންނަ ފެނުމަށް އަހަރެން ހަމަޖެހިފައި މިހެން ހުއްޓަސް އަހަރެންނަށް މި ނަފްސު މަރުވެއްޖޭ ވިކާޝް… މި ނާމާންގޭގަ.. މި ބިރުވެރި ކަންތައްގަނޑުގަ އަހަރެން ތެޅިތެޅި އަދި ނިމިގެންދާނެ… އެންމެ ވަގުތުކޮޅަކުވެސް ހަމަޖެހިގެން ނުހުރެވޭ،، އަބަދު ބިރުގަނެފަ ހުރެވެނީ… އަހަންނަށް އެކަން މިހާރު ބޮޑު ބައްޔަކަށް ވެއްޖެ… އަދިވެސް މި ކެތްކުރަނީ ވިކާޝްއަށްޓަކާ.. ވިކާޝްއަށް ވިސްނިގެން އަހަރެން މިތަނުން ގެންދާނެ ދުވަހަކަށް..”
އަހަރެން ނުކުމެގެން ގޮސް ކާގެއަށްވަނީމެވެ. ހިތްފުރެންދެން ރޯލުމަށެވެ. ވިކާޝް ފެންކަޅިވެފައި ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ،
*********************************
ވިކާޝް މެންދުރު ނަމާދުން ފައިބައިގެން މުދިންބެ ގާތަށް ދިޔައެވެ. އެއީ އެރަށު މަޝްހޫރު ފަންޑިތަ ހަދާމީހާވެސް މެއެވެ. ދޭތިން އެކައްޗަށް ހިފަންވެސް އޭނާ ބޭނުންވަނީ އަހަރެން ސަލާމަތްކުރާށެވެ.
ވިކާޝް މުދިންބެގެ ކުރިމައްޗަށް އެރުމަށްފަހު ގޭތެރޭގެ ހާދިސާތައް ހިއްސާކުރިއެވެ. އަދި ޝިކާ އާއި އާނިޔާގެ ވާހަކަތައްވެސް އޭނާ މުދިންބެއަށް ކިޔާދިނެވެ. އޭރު ވިކާޝް ފެންކަޅިވެއްޖެއެވެ. ރަށުގެ މީހުންނަށް ނޭނގޭ އެތައް ސިއްރެއް އޭނާ މިޔަދު މުދިންބެގެ ކުރިމަތީގައި ހާމަކޮއްދިނެވެ. މުދިންބެ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ clique neste link.
” އަހަރެން ބުނާނީ ތިއީ ވަރަށް ނުރައްކާތެރި ކަމެކޭ… އެކޮއި އެދޭފަދައިން ތިކަންތައް ސިއްރުކޮއްދެވި ދާނެ.. އެކަމަކު ތި ކަމުގެ ތެރެއަށް ވަންނާކަށް ބޭބެއަކަށް ނުކެރޭނެ.. “
މުދިންބެގެ ފަރާތުން އެކަހަލަ ޖަވާބެއް ލިބުމުން ވިކާޝް މާޔޫސްވާގޮތްވިއެވެ. އޭނާ ރޮއިގަނެފައި ބުނެލިއެވެ،
” އާދޭސްކުރަން.. އަހަރެންގެ އަންހެނުން ސަލާމަތްކޮއްދީ…”
މުދިންބެގެ ހިތުގައި ރަހުމު އުފެދޭކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ، އޭނާ އެތެރެ ގެއަށްވަދެ ވަރަށް އަވަހަށް ނުކުމެ ދިއްކޮއްލީ ދެ ކަރުދާސްކޮޅެވެ.
” އަން… މި ގެންގޮސް ވަޅުލާ ތިގޭގެ ބޭރުގަ. ވަޅުލުމަށްފަހުގަ އެތެރެއަށްވެސް ވަންނަންވާނީ.. އެހިސާބުން ގޭތެރޭގަ އަނބިމީހާ އާއި އެކޮއި އަދި އެ ދޭތިވެސް ހައްޔަރުވީއެ.. މިރޭ ފަތިސްނަމާދު ބަންގި އާއި އެކު ގޭގެ ދޮރު އިންސާނުންނަށް ހުޅުވޭނެ.. އެވަގުތު ދެމީހުންވެސް ވާނެ ބޭރުވާން ބަންގި ގޮވާ ނިމުމުގެ ކުރިން ކޮންމެ ޙާލެއްގަ ނަމަވެސް ވާނެ ގޭގެ ފޫޓުންވެސް ބޭރުވާން،،، ނުވެވުނިއްޔާ ދެން …. ކުރާނެ ކަމެއްނެތް.. އޭއްޗެހިންގެ އަތްދަށުވާނެ.. މީ ވަރަށްބޮޑު ކަމެއް..! ވަރަށް ވަރުގަދަވެސް ކަމެއް…”
މުދިންބެގެ ވާހަކައިން ވިކާޝް ބިރުގަތެވެ. އެހެނަސް ހިތުގައި އުފެދިފައިވާ ސުވާލު އަވަސް އަވަހަށް ކޮއްލިއެވެ.
” ކީއްވެ މިހާރު އަހަރެމެންނަށް ނުނިކުމެވެންވީ ؟ ފަތިސްނަމާދު ބަންގިއަށް ނުކުންނަންވީ ކީއްވެ؟ “
އެ ސުވާލާއި އެކު މުދިންބެގެ އަޑު ބާރުވިއެވެ،
” ހަނދާންނެތިފަ އަދި އެއްތަންކޮޅު ނުބުނެވޭ… ގެއަށް ވަނުމަށްފަހު ވާނެ ހުރިހާ ވާހަކައެއް އަނބިމީހާއަށް ކިޔާދޭން.. އަކުރުން އަކުރަށް ކިޔާދޭންވާނެ،.، އޭރުން އޭއްޗެހި ރުޅިއަންނާނެ.. އެމީހުން މަސައްކަތްކުރާނެ ހިފަހައްޓަން.. އެހެންވެ މިބުނީ.. ވަގުތު އޮއްވާ އަވަހަށް ގޮސް ހުރިހާ އެއްޗެއް ކިޔާދީ.. މިކަންތައްތައް ކާމިޔާބު ކުރެވޭނީ ހަމައެކަނި ވިކާޝްއަށް.. ހިތްވަރު ހުރެގެން.. ބޭބެއަށް ކޮއްދެން ހުރި މިންވަރު މީ.. “
ވިކާޝް އަވަސް އަވަހަށް އެގެއިން ނުކުމެ ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ. ސިއްރު ކުރެވިފައިވާ ކަންތައްތައް ފަށާނެ ގޮތަކާއިމެދު އޭނާ ވިސްނަމުން ބާރު ހިނގުމެއްގައި ދެއެވެ.
ވިކާޝް އެ ދެ ކަރުދާސްކޮޅު ބޭރުގައި ވަޅުލުމަށްފަހު ގެއަށްވަނެވެ. ވިކާޝް ވަތްއަޑަށް އަހަރެން ރޯން އޮވެފައި ދެލޯ ފުހެލީމެވެ. އޭނާ ކޮޓަރި ދޮރު ހުޅުވާލުމާއި އެކު އަހަރެން ކޮޅަށްޖެހުނެވެ،
” ޝަނޫ… އަހަރެން… ވަރަށް ބޮޑު ވާހަކައެއް ވަރަށް އަވަހަށް ކިޔާދޭން ބޭނުން..”
އޭނާގެ އަޑުގައިވާ ތުރުތުރުލުން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އަހަރެން ބޯޖަހާލީމެވެ، ފުރުސަތު ދިނުމުގެ ގޮތުންނެވެ،
” ޝަނޫ… އަހަރެންނަށް… މިވާހަކަތައް ކިޔާދިނުމުގެ ހިތްވަރު މިޔަދު ލިބިއްޖެ.. ޝަނޫގެ ޙައްޤުގަ…”
ވިކާޝް އަހަންނަށް ބަލަމުން އައީ ފުންނަޒަރަކުންނެވެ. އަހަރެން ޖެހިލުންވިއެވެ. ވިކާޝްގެ މޫނުމަތީގައި އެނބުރެމުންދަނީ އަހަންނަށް ކިޔަން ނޭނގޭ އަކުރުތަކެކެވެ.
” އަހަރެން މިއީ ވަރަށް ބޮޑު ކުށްވެރިއެއް… މިގޭތެރެއިން އަހަރެންނަށް އަދި ޝަނޫއަށްވެސް ދިމާވެގެން މިއުޅޭ ކަންތައްގަނޑަކީ ޚުދު އަހަރެންގެ ސަބަބުން… ވާ… ކަންތައްތަކެއް..”
އޭނާގެ ވާހަކައިން އަހަރެންގެ ހިތް ނުތަނަވަސްވާން ފެށިއެވެ.
” ވިކް… ބުނަން އުޅޭ އެއްޗެއް ސާފުކޮއް ބުނެދީބަލަ…އަހަރެން ހާދަ ބިރުގަނެޔޭ..”
އަހަރެން ވިކާޝްގެ އަތުގެ މުލައްދަނޑީގައި ހިފާލީމެވެ. ވިކާޝް ދެލޯމަރާލިއެވެ،
” ކިހިނެތް އަހަރެން ބުނާނީ؟ އަހަރެން ހީކުރީ އަހަރެން ހުރިހާ ކަމެއް ސިއްރު ކުރުމުން އެއްވެސް ގޮތަކަށް ޝަނޫއަށް އެއްވެސް އެއްޗެއް ނޭނގޭނެކަމަށް… އެކަމަކު،،،، “
ވިކާޝް އަހަރެންގައިގައި ބައްދާލިއެވެ. ވަގުތު ކުޑަތަންވާކަން ހަނދާންވުމާއި އެކު އޭނާ އަހަރެންނާއި ދުރަށް ޖެހިލުމަށްފަހު ފުރަގަސްދިނެވެ.
” އަހަރެން ޝަނޫއަށް ކިޔާދޭން މިއުޅެނީ އަހަރެންގެ ވާހަކަ.. އަހަރެންގެ މާޒީ.. އަހަރެންގެ ދެއަތުން މި ފަސްގަނޑުދަށުގައި ވަޅުލައިފައިވާ މާޒީގެ ވާހަކަ..”
ވިކާޝް ހިންދިރުވާލިއެވެ. އަހަރެން ޖެހިލުންވެފައި ހުރީ ވާނުވާ ނޭނގޭ ޙާލުގައެވެ. އޭނާ ވާހަކަ ދައްކަން ފެށިއެވެ.
” އެއީ މީގެ 10 ވަރަކަށް އަހަރު ކުރި… އަހަރެން މިރަށަށް އައީ އައްޑު އަތޮޅުން މީހަކާ އިނދެގެން… އަހަރެން އައީ މިގެއަށް.. އޭރު މަންމަ ވެސް ބައްޕަވެސް ވީ ނިޔާވެފަ.. އަހަރެން މީ މީހުންނާ ގުޅޭ ، ވާހަކަ ދައްކާ މީހަކަށް ނުވާތީ މީހުން މާ ބޮޑު ސަމާލުކަމެއް އަހަންނަކަށް ނުދޭ… އެކަމަކު އަހަރެންގެ އަނބިމީހާ މަދުމަދުން މީހުންނަށް ފެންނާތީ މީހުން ކިޔަންފެށީ އަހަރެން އަންހެން ކުއްޖަކު ގެނެސްގެން ގެންގުޅެނިއްޔާ… އަހަރެން އެހާ ޅަ އުމުރެއްގައި މީހަކާ އިނދެފާނެ ކަމަށް އެއްވެސް މީހަކަށް ޤަބޫލެއް ނުކުރެވޭ…. ދުވަސްތައް އެކުގައި ހޭދަކުރަމުން ދާވަރަކަށް އަހަރެންނާ އާނިޔާ އުޅެމުން އައީ ވަރަށް ލޯބިން… އެއްދުވަހަކު………………………….
( ނުނިމޭ )
12 Comments!
Comments are closed.
v v v reethi mibaives ..waiting for the next part
thanx anjal… keep witing inge
mi partves v salhi,,adhi haadha biruveri ey,,,assluves v birun mi huri,,geyga adhi mihurives ekani,,mireyves v ginavaguthu ekani ulhen jeheynives,,dhn ahen v ma kihaa dhera,,:( ekam ves vaahaka kiyunima v ufaavehjje,,,asslu mi kamun ingenee salaa konme vahtharehgge vaahakaeh ves liyan v kulhadhaana kan,,, v ufaavehjje ehaa gina dhuvas nuvanis mi part ves kiyaalan libunima,,,thank u so much sweet heart,,,dhn mihaaru anehbbai kiyaalaa hiyy vani,,e part kiyaa hithun keh nuvey,,,huvaa ,,avahah up kohladhehchey ingey plzzzzzzzzzzz
dhn ba e tgc miss you so much n love you a lot,, 🙂 🙂 <3
hehehhe biruganeytha.,,, mi liyan indha furaalhumathyga ehcheh jehunu thanun me ves sihunu. hiybiruganefa in varun. hehehe.. anehbai ves liyan vee dhen.. thanx nizooo sweet heart. hehe
Nyc alhe awahah anehbai genes dheeba plxxxxxx
thank u Liusha… anehbai ehaa laheh nuvaane inge
v v reethi avahahupkohdheebala plxxx
mirey dhen liyaany maruhabaa… thank u lovely girl
salaa v gadha inge kiyunteringe comment thakah reply kuraathy, so sweet of u, vahaka v salhi, knme , faharaku ves mi hunnan jeheny nimey iru keyy madhu vefa aneh part kiyaa hithun
dhen kekkollaa me.. dhen emme avahah upload kuraany maruhabaa.. rply kuran vaanehnu. nukuriyyaa dheravaanehnu thi kudhin dw… thank u
v v v nice.
vv reethi