“ޔެސް..” ވިޝާ ބުނެލީ މަޑުމައިތިރި އަޑަކުންނެވެ. އެއާއިއެކު ދުރުގައި އިން އާލިކްއަށް ގައިގެ ހުރިހާ ބާރުތައް ދޫކޮށްލެވުނެވެ. ހިތުގައި ޖެހުނު ވަރުން ލޮލަށް ކަރުނަ ޖަމާވާކަށް ގިނަ އިރެއް ނުނެގިއެވެ. ޝަކުވާގެ ނަޒަރަކުން ލަސްލަހުން ވިޝާގެ މޫނަށް ބަލާލިއިރު އޭނާގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ހަމަ ހަގީގަތުގައިވެސް ވިޝާ އޭނާއަށް ގެއްލެނީ ހެއްޔެވެ؟ އެހެން މީހުންގެ “ޔޭ..” ގެ އަޑާއިއެކު ޒައިދުގެ އުފާވެރި ހީނލުމުގެ އަޑު އިވުނު އިރު އާލިކް އިނީ ހުއްޓުން އަރާފައެވެ. […]
އޭގެ ދެތިންމަސް ފަހެވެ. އަހަރެންގެ އުޅުމަށް އެދެވޭ ބަދަލެއް ނައިސް ފިލާވަޅު ނަހަދާ ސްކޫލަށް އައުމާއި ލިބޭ އެއްވެސް ޓެސްޓަކުން ފާސް ނުވުމާއި ސްކޫލް ތެރޭގައިވެސް ސިނގިރޭޓް ބޯކަމަށް ރިޕޯޓް ކުރެވޭތީއާއިއެކު އަހަރެން ސްކޫލުން ވަކިކުރެވިއްޖެއެވެ. ނަމަވެސް އެކަން ގޭ އެކަކަށްވެސް ނޭނގޭނެއެވެ. އެދުވަހު އަހަރެން ވަރށް ދެރަވިއެވެ. އެންމެ ދެރަވީ މަންމައަށް އެހަބަރު ލިބުމުން މަންމަ އަށް ވާނެ ގޮތަކާއިމެދު ވިސްނާފައެވެ. އެއްދުވަހެއްގެ ހެނދުނުގެ ވަގުތެކެވެ. އަހަރެންނަކަށް އެރެޔަކު ނުނިދުނެވެ. ހީކަރުވާ ވަރުން މުޅިމީހާ ތުރުތުރު […]
ފިތުރޯން ގަހުގައި ހިފަހައްޓާލައިގެން ހުރި ޝައުފް ސިހިގެން ދިޔައީ ފަހަތުގައި މީހަކު ހުރިހެން ހީވެގެންނެވެ. ފަސްއެނބުރި ބަލާލި އިރު ސޯފީ ފެނުމުން އަނެއްކާވެސް އަނެއްފަރާތަށް އެނބުރުނެވެ. ސޯފީ ޝައުފްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ޝައުފް ކުއްލިއަކަށް ސޯފީގެ އަތް ފޮޅުވާލައި ދުރަށް ޖެހިލިއެވެ. ”ދަރިފުޅާ ހިނގާ ގޭތެރެއަށް ދާން…….” ސޯފީ އޯގާތެރިކަމާއި އެކު ބުނެލިއެވެ. ޝައުފް ގޭތެރެއަށް ހިނގައިގަތެވެ. ހަލުވި ހިނގުމެއްގައި އޭނަގެ މިސްރާބު ހުރީ ކޮޓަރިއާ ދިމާލަށެވެ. ” މަޑުކޮއްބަލަ…..ދަރިފުޅާ ކިހިނެއްވީ……..ކަމަކާއި ހިތްހަމަ ނުޖެހުނީތަ؟” ސޯފީ […]
ލަޔާލް އެނދުގައި ފޯން ބޭއްވުމަށްފަހު ބަދިގެއަށް ދިއުމުން ޝައުފް ފޯން ނަގައި ބަލާލިއެވެ. އެންމެ ފަހުން އިން މެސެޖު އަވަހަށް ވިއު ކޮއްލީ ލަޔާލްގެ ޕްލޭން އޭނައަށް އެނގޭތީއެއް ނޫނެވެ. ހ.މައިނާން އިނުމުން ލަޔާލް އެތަނަށް ދާނެކަން ޝައުފްއަށް ޔަގީންވިއެވެ. އެކަމަކު އެއްވެސް ކަމެއް ލަޔާލް ކުރެ އަހާކަށް ޝައުފް ބޭނުމެއް ނޫނެވެ. ޝައުފްވެސް އެތަނަށް މިރޭ ދާން ނިންމިއެވެ. ރޭގަނޑުގެ ވަގުތެވެ. ލަޔާލްގެ ހަރަކާތްތަކަށް ސަމާލްކަމާއި އެކު ޝައުފް ބަލަމުން ދިޔައެވެ. ހަތްގަޑި ބައިވާންވީ އިރަށް […]
ސްކޫލް ނިމުމާއިއެކީ ފޮތް ދަބަސް ހިފައިގެން އަހަރެން ނިކުންނަން ދިޔައީމެވެ. ޔާސްމީން އަހަރެން އަންނަންވާއިރަށް ގޭޓް ކައިރީގައި ރައްޓެހި ދެތިން ކުއްޖަކާއެކު މަޑުކޮށްލައިގެން ހުއްޓެވެ. އަހަރެން އައިސް ޔާސްމީންގެ ކުރިމަތީގައި ހުއްޓުނީ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ޔާސްމީންގެ މޫނަށް ޖަމްބުކުލަ އަރައިގެން ދިޔައީ ލަދުންގޮހެވެ. އަހަރެން އެހާ ކައިރީގައި ހުރުމުން ޔާސްމީން އަށް ކުރުވަމުން ދާނެ އަސަރެއް އަހަރެންނަކަށް ބުނެދޭކަށްވެސް ނޭނގެއެވެ. “މިރޭ ސެވަންގަ އާދޭ ފްލެޓް ކައިރިޔަށް ވެއިޓްކުރާނަން. . ” އެހެން ބުނެފައި […]
”ސޫޕް ބޯލަބަ….” އަވްޝަން މޭޒުމަތީ ހުރި ކުކުޅު ސޫޕްތަށި ނަގަމުން ބުނެލިއެވެ. ރާނިޔާ ކުޑަކޮށް ތެދުވެލުމުން ސޫޕް ސަމުސާއެއް ބޯލިއެވެ. ”ވަރަށް ނުބާ، ނުބޮވޭނެ…” ރާނިޔާއަށް ހީވި ހަބަރު އަނގަޔަށް ލެވުނު ހެންނެވެ. އަރުތެރެއިން އެތެރެއަށް އެދިޔައީވެސް އެހާމެ އުނދަގުލުންނެވެ. ހޮޑު ނުލެވުނީވެސް ކިރިޔާއެވެ. އަވްޝަން އަވަސް އަވަހަށް ތައްޓަކަށް ފެން އަޅަމުން ރާނިޔާގެ ތުނބުގައި ޖައްސާލިއެވެ. އެއްނޭވާއިން ފެންތަށި ހުސްކޮށްލަމުން ރާނިޔާ ފުން ނޭވާއެއް ލިއެވެ. ކަރުތެރޭގައި ހިތިއެއްޗެއް ތާށިވެފައިވާހެން ވެސް ހީވިއެވެ. ”ދުފާ އެއްޗެއް […]
މޫސުމް ރީތިކޮން އޮތް ދުވަސް ބަދަލުވެ ބަނަ ވެއްޖެއެވެ. ފުސްވިލާތަކުން އުދަރެސް ބައްދާލައި ވައި ގަދަވެއްޖެއެވެ. ކުދި ކުދި ތކިތަކުން ވެހެން ފެށި ވާރޭ ބޯކޮއްލައިފިއެވެ. އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނެތި ތެމި ފޯވެގެން ޝާން ގެއަށް ދިއުމުގެ ބަދަލުގައި މިސްރާބު ހުރީ ހިމޭން ތަނަކަށެވެ. މީހެއްގެ ހިލަމެއްނެތް ހުސް މަގެއްގެ މެދާ ހަމަޔަށް ދެވުމުން ހުރިތަނަށް ތިރިވެ ދެކަކޫ ޖަހާލިއެވެ. ދެއަތަށް ބާރުލައި އިސްތަށިގަނޑުގައި ހިފާލިއިރު ހީވަނީ އިސްތަށިތައް އުފުރާލަން އުޅުނު ހެންނެވެ. ލޮލުން […]
ކުއްލިޔަކަށް ހަންޓޭ އަހަރެން ނަގަނަގާ އޮތް ފޮތްމަތީގައި އަތުންޖަހާވައްޓާލިއެވެ. އެއާއިއެކު އަހަރެންނަށް ހަންޓޭއަށް ބަލައިލެވުނެވެ. އޭނާހުރީ ރުޅިއައިސް ރަތް ވެފައެވެ. އެމަންޒަރު ބަލަން ދެންތިބި ކުލާސް ކުދިން ތިބީ ފިނިވެ އަނގައިން ބުނަންވެސް ނުކެރިފައެވެ. އަހަރެންވެސް އިތުރަށް އަނގައިން ނުބުނެ ގޮނޑިން ތެދުވެ ރަނގަޅަށް ހިންދެމިލީމެވެ. އޭރު ހަންޓޭ އާއި އޭނާގެ އެކުވެރިން އަރަނީ އަހަރެންގެ ދަތްދޮޅިއާއި ހަމައަށެވެ. “ކޭ ކީއްވެ މަގޭ ބިޓާ ބެހުނީ. . ” މޭފުޅާކޮށްލާފައި ހަންޓޭ އައިސް އަހަރެންގެ މޭގައި […]
“ވިޝޫ.. ވިކީ އެބަ ގޮވާ..” ވިޝާގެ ދެއަތްތިލައިގައި ހިފަހައްޓާލައިގެން ހުރި ޒައިދުއަށް ސިހުމެއް ލިބުނީ އާލިކްގެ އެއަޑުންނެވެ. ލާނެތް ހިނިތުންވުމަކާއިއެކު އޭނާ ވިޝާގެ އަތުން ދޫކޮށްލުމަށްފަހު ބޯ ކަހާލީ އާލިކްގެ ހިތުގައި އަލިފާން ރޯކުރުވާފައެވެ. އޭރު އެމޫނުމަތީގެ ކުލަވަރު ފެނި ވިޝާހުރީ އެސްފިޔަ ޖަހާލަންވެސް ނުކެރިފައެވެ. އޭނާއަށް ހަމަ ރަނގަޅަށްވެސް އާލިކް ރުޅި އައިސްފައިވާ މިންވަރު ފެނުނެވެ. އެއާއިއެކު އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ނުކުންނަން ހިނގައިގަތީ ކަމެއް ގޯސްވެދާނެކަމުގެ އިންޒާރު އޭނާގެ ސިކުނޑި ދިނުމުންނެވެ. ވިޝާ ނުކުތުމާއިއެކު […]