Skip to content
އެސްފިޔަ

އިންތިހާއަށް ލޯބިދީފާ. . [4]

ސްކޫލް ނިމުމާއިއެކީ ފޮތް ދަބަސް ހިފައިގެން އަހަރެން ނިކުންނަން ދިޔައީމެވެ. ޔާސްމީން އަހަރެން އަންނަންވާއިރަށް ގޭޓް ކައިރީގައި ރައްޓެހި ދެތިން ކުއްޖަކާއެކު މަޑުކޮށްލައިގެން ހުއްޓެވެ. އަހަރެން އައިސް ޔާސްމީންގެ ކުރިމަތީގައި ހުއްޓުނީ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ޔާސްމީންގެ މޫނަށް ޖަމްބުކުލަ އަރައިގެން ދިޔައީ ލަދުންގޮހެވެ. އަހަރެން އެހާ ކައިރީގައި ހުރުމުން ޔާސްމީން އަށް ކުރުވަމުން ދާނެ އަސަރެއް އަހަރެންނަކަށް ބުނެދޭކަށްވެސް ނޭނގެއެވެ.

         “މިރޭ ސެވަންގަ އާދޭ ފްލެޓް ކައިރިޔަށް ވެއިޓްކުރާނަން. . ” އެހެން ބުނެފައި އަހަރެން އިތުރު އެއްޗެއް ނުބުނެ ދެންތިބި އަންހެންކުދިންނަށް ވިންކެއް ދެމުން ސްކޫލުން ނިކުންނަން ހިނގައިގަތީމެވެ. މައްސަލަ ހޫނުވެފައި އޮތްވަރު އެނގުނީ ދެންތާއެވެ.

        އަހަރެން ނިކުންނަން ވާއިރަށް އަހަރެންގެ އިންތިޒާރުގައި ކަނދޮޅޭ އާއި އޭނަގެ ހިސާބުގަނޑު ބޮޑެތި ގޮލައިންތަކެއް އައިސް ގަލޮޅު މަދަރުސާކައިރި އެލާޓަށް ގެނެސްފައި އޮތެވެ. އަހަރެންނާއި އެއްކޮށް ސެމް އާއި ލަޔަން ވެސް ތިއްބެވެ. އެމީހުން އަހަރެން ގޮވައިގެން ފްލެޓް ކައިރިޔަށް ޖެހެލިއެވެ. ބޮޑު ލިފާންއެއްގެ މަތީގައި އިން މީހެއްގެ ކައިރިޔަށް ގެންގޮސް އަހަރެންގެ ވަށާލައިގެން އަހަރެންނާއި ސުވާލުކުރަމުންދިޔައެވެ.

      “ކީއްވެ ކޭ ކަނދޮޅޭގެ ބިޓާ ގެޅެނީ. . ” އެކަކު ސުވާލުކުރިއެވެ.

      “އެއީ ކަނދޮޅޭގެ ބިޓެއްނޫން. . އޭނަ ކަނދޮޅޭއަކާ އެއްކޮށް އުލޭކަށް ބޭނުމެއް ނޫން. . މިހާރު އެއީ މަގޭ ބިޓު. . ތީގެން އެކަކާވެސް އޭނަޔަކާ ނުބެހެވޭނެ.. !” އަހަރެން ބިރު ކަނޑާލާފައި އެއެންމެންގެ ތެރޭގައި ވެސް އަހަރެންގެ ގޮތުގައި ހިފެހެއްޓީމެވެ.

     ސައިކަލު މަތީ އިށީނދެގެން ހުރި މީހާ އައިނު ތިރިކޮށްލާފައި އަހަރެންނަށް ބަލައިލިއެވެ. ބަލާބެލުމަށް އޭނާއަކީ އެހިސާބު ގަނޑުގެ ބޮޑު މީހެކެވެ. ބިޔަހަށިގަނޑެއްގެ ވެރިއެކެވެ. ބޯދިގުކޮށްލާފައި ހުރިއިރު ލައިގެން ހުރި ގަމީހުގެ ގޮށްނައްޓައި މޭމަތި އެއްކޮށް ފެންނަން ހުއްޓެވެ. ކަރުގައި އަޅާފައި ހުރިފަށްތައް އެތަނުން ފެންނަން ހުއްޓެވެ. ނުލަފާ ވައްތަރު އޭނާގެ މޫނުމަތިން ޖެހައެވެ. އޭނާ ތެދުވެ ޖިންސްގެ ޖީބުން ބޮޑު ހަންޖަރެއް ނެގިއެވެ. އަހަރެންގެ މޭގަނޑު އަނގައަށް އައެވެ. އަހަރެންނާއެކު ދެންތިބި މީހުންވެސް ތިބީ ދެން ކަންތައް ވާނެގޮތެއް ނޭނގިފައި ބިރުން ވިރި ވިރިއެވެ.

      އެއްވެފައިވާ މީހުންގެ ބުރުތެރެއަށް އަހަރެންނާ ކަނދޮޅޭ ވެއްދުނެވެ. އެއާއިއެކު އެމީހާ އަހަރުމެން ދެމީހުންގެ ފުރަގަހުން ކޮނޑު މައްޗަށް އަތް ވައްޓާލިއެވެ. އަހަރެންގެ ކޮނޑުމަތިން އެލުވާލާފައި އޮތް އަތުގައި ހަންޖަރު އޮތެވެ.

        ” ކަލޭ ބުނީ އެއީ ކަލޭގެ ބިޓޭ. . ” ކަނދޮޅޭ އާއި ދިމާލަށް އެނބުރިފައި އެމީހާ ބުންޏެވެ. ބަރު ނުލަފާ އަޑެކެވެ.”އެކަމަކު ކަލޭ ވެސް ތިބުނަނީ މިހާރު އެންމްޖެ ކަލެޔާ ރައްޓެހި ވެއްޖެޔޭ. . ” އަހަރެންނާއި ދިމާލަށް އެނބުރިލާފައި ބުނެލިއެވެ. އަހަރެން އަނގައިން ނުބުނެ އިނީ އަޑުއަހާށެވެ. “އެއަންހެން ކުއްޖާއަށް އޭނަ ބޭނުންވާ މީހަކާއެކު އުޅެވޭނެ. . އެކަމަކު ކަނދޮޅޭ އަކީ މަގޭ ހިސާބު މީހަކަށް ވާތީ ކަލެއަށް ޖެހޭނީ އޭނައާއިއެކީ ރިންގަށް އަރަން. . ކަލެއަށް އެމަންޖެއާއި އެކީ އުޅެވޭނީ ކަލޭ މޮޅު ވެއްޖިއްޔާ. . އެހެން ނޫނީ ދެންކަލޭ އެމަންޖެޔާ ވައިއެޅުނަސް ކޮށާލާނަން. . ” އަހަރެންގެ ކަރުގައި ހަންޖަރު ޖައްސަމުން އެމީހާ އެހެން ބުނެފައި ގޮސް ސައިކަލަށް އެރިއެވެ. ހަވީރު ފަހެއްޖަހާއިރު ކޮއްޓަށް އަންނާތި. . ނައިސް ކަލެއަށް މަގޭ ކައިރިން ސަލާމަތް ވެދާނެއޭ ހިތަށް ނާރުވާތި. .” އެމީހާގެ އިންޒާރަށްފަހު ސައިކަލް ސްޓާޓް ކޮށްލިއެވެ.

       “ކަނދޮޅޭ ކަލޭ ނަމަނަމަ އަންނާތި. . އަހަރެންވެސް ވަރަށް ބަދަލުހިފަން ބޭނުންވެފަ މިހުންނަނީ. . ތެންކްސް ބްރޯ. . ” ކަނދޮޅޭ އަށް ބަލާލާފައި މުއްކަވާލަމުން އެމީހާއަށް އަހަރެން ބުނެލީމެވެ. އެއްމިޔަކަނިން ހެވިފައި އިނދެގެން ލިފާން އަށް އަރާ ނައްޓާލިއެވެ. އެއާއިއެކު އެއްވެފައިވާ މީހުންތައް އޭނަގެ ފަހަތުން ސައިކަލް ތަކުގައި ދާންފެށިއެވެ.

          އެމިހުން ދިއުމާއިއެކީގައި އަހަރެން ފްލެޓަށް ވަނީމެވެ. އޭރު ފްލެޓްގެ ބޮޑެތި މީހުންވެސް އެމަންޒަރު ބަލަން އެއްވެފައި ތިއްބެވެ. އެމީހުން އައިސް އަހަރުމެންނާ ވާހަކަދެއްކިއެވެ. ދެންމެ އައީ ކޮށީ އާޑޭ ކަމަށް އެމީހުން ބުންޏެވެ. އޭނާއައީ އަހަރެންގެ ދުވަސް ދުއްވާލަން ކަމަށް ބުންޏެވެ. ނަމަވެސް އަހަރެންގެ ސްޓައިލް އޭނާއަށް ކަމުދިޔައީކަމަށް ބުންޏެވެ. އަހަރެންގެ ނަސީބު ރަނގަޅުކަމުން އަހަރެންނަށް ދެވަނަ ފުރުޞަތެއް ލިބުނީއެވެ. ނަމަވެސް މިހާރު އަހަރެންމިވަނީ އެހިސާބުގެވެސް ވޯންޓެޑް ލިސްޓަށް އަރާފައެވެ. އެހެންކަމުން ސަލާމަތްވާން ޖެހޭނީ ރިންގަށް އަރާށެވެ. އޭގެ ކުރިޔަކުން އަހަރެންނަށް ރިންގަށް އެރުމަކީ ކޮބައިކަމެއްވެސް ނޭނގެއެވެ. އަހަރެންނަށް ކިޔައިދިނީ ފްލެޓް ބޮޑެތިމީހުންނެވެ. އެމީހުން ބުނިގޮތުންނަމަ އަހަރެންނަށް ޖެހޭނީ އެމީހުން ހަމަޖައްސާ ތަނެއްގައި ކަނދޮޅޭއާއި ފައިޓް ކުރާށެވެ. ފައިޓްކޮށްގެން އަހަރެން މޮޅުވެއްޖިއްޔާ އަހަރެން ސަލާމަތް ވީއެވެ. ޔާސްމީން އާއިއެކީ އަހަރެންނަށް އުޅެވޭނެއެވެ. ނަމަވެސް އަހަރެން ބަލިވެއްޖިއްޔާ އަހަރެންނަށް އެއްވެސް ހިމާޔަތެއް ނެތެވެ.

      ކޮންމެހެން ޔާސްމީން އާއިއެކީ އުޅޭށޭ ކިޔާފައި އަހަރެން ރިންގަށް އަރާކަށް ބޭނުމެއް ނޫނެވެ. އަހަރެން ޔާސްމީނާއި ރައްޓެހިވީކީ ލޯތްބަކުންނެއް ވެސް ނޫނެވެ. ނަމަވެސް މިއަދު އަހަރެންގެ ގާގައި ކަނދޮޅޭމެން ތެޅި ތެޅުމުގެ ބަދަލު ހިފަން އަހަރެން ބެނުންވިއެވެ. އެހެންކަމުން އަހަރެން ހަވީރު ފަހެއްޖަހަން ވާއިރަށް ކޮށްޓަށް ދާން ތައްޔާރުވެގެން ފްލެޓަށް ދިޔައީމެވެ. ފްލެޓުންވެސް އަހަރެންނަށް ވަރަށް ގިނަބަޔަކު ރައްޓެހި ވެއްޖެއެވެ. އާޑޭގެ ކަންތަކުގައި ފްލެޓްގެ ބޮޑެތިންވެސް ވަރަށް ގާތް ވިއެވެ. އެމީހުންވެސް މިއަދުގެ ފައިޓް ބަލާލަން އަހަރެންނާއި އެކު ދާން ތައްޔާރުވިއެވެ.

     ސައިކަލުގައި އަހަރެން ގޮވައިގެން ކޮށްޓަށް ގެންދިޔައެވެ. އަހަރެންގެ އެކުވެރިންވެސް ސައިކަލުތަކުގައި ބޮޑެތިމީހުން ނާއި އެއްކޮށް އައެވެ. ކުރީގެ އެމް.އީ.އެސް ކައިރި މަގަކަށް އާދެވުނުއިރު އެތާނގައި ރަތްކުލައިގެ ސްޕްރޭއަކުން ބިންމަތީގައި ބޮޑު ރިންގެއް އަޅާފައި ވެއެވެ. އެތަނަށް އެތައްބައެއް ޖަމާވެފައި ތިއްބެވެ. ހައްތަހާވެސް ނުލަފާ އަރުވާ އުޅޭ މީހުންކަން ބަލާފައިވެސް އެނގެއެވެ. އަހަރެންގެ ހިސާބުގަނޑު ބޮޑެތިންވެސް އަހަރެންނާއެކު އައުންވީ އެހިސާބުގަނޑުގައި އިތުރަށް ފޯރި ހިފާލި ކަމަކަށެވެ. ދެހިސާބުގެވެސް ބޮޑެތިންނަކީ ދަންނަ މީހުން ކަމުން އަހަރެމެންގެ ފައިޓް ވަނީ ދެހިސާބު ގަނޑުގެވެސް އުންމީދުތަކާ ގުޅިފައެވެ. ކޮންމެ މީހަކު މޮޅުވިޔަސް އެއާއިއެކު އެތައް ބަދަލު ތަކެއް އަހަރުމެންގެ ދިރިއުޅުމަށް އަންނާނެ ކަން ޔަގީނެވެ. ގޮތްނޭނގޭ ނުލަފާ އެތައް ބައެއްގެ ނަޒަރު އަހަރުމެންނަށް ހުއްޓި ގޭންގް ތަކަށް ތަޢާރަފް ވެގެންދާނެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާއި އަހަރެން ޚިޔާލެއް ފިކުރެއްވެސް ކޮށެއް ނުލަމެވެ. ސައިކަލުން ފުންމާލައިގެން ގޮސް ރިންގަށް އަރާ ކަނދޮޅޭ އަށް ލޯއަޅައިލީ ހިތުގައި އަނދަމުން ދިޔަ އަލިފާންގަނޑުގެ ވަރު އޭނާއަށް ބާލާލާށެވެ. އަހަރެން އުމުރުން ކުޑަވެފައި އޭނާ އަހަރެންނަށްވުރެ ތަންކޮޅެއް އިސްކޮޅުންވެސް ދިގެވެ. ނަމަވެސް އިތުރު ވަގުތެއް ގެއްލުވާނުލާ އަހަރެން އޭނާއަށް އަތުގެ އިޝާރާތުން އަންނަން އެންގީމެވެ. އޭނާގެ މޫނުމަތިން ހިސާބަކަށް ނުތަނަވިސް ކަމާއި ޖެހިލުންވުން ފެނިގެންދިޔައެވެ.

         މާގިނައިރެން ނުވެ ރިންގަށް ދެމީހުންއަރާ ފައިޓް ފެށިގެން ދިޔައެވެ. ދެކޮޅުންވެސް ހޫނު ޙަމަލާތަކެއް ބަދަލު ކުރެވުނެވެ. ކަނދޮޅޭ އަކީ އަހަރެންނަށްވުރެ ބޮޑުމީހަކަސް އަހަރެންގެ ހަލުވި ރެކުންތަކާއި ބާރުގަދަ ހަމަލާތަކުން މާގިނައިރެއްނުވެ ކަނދޮޅޭއަށް އަނިޔާތަކެއްވެ ގައިގެ ބާރު ދައްވެ ބޯފަޅައިގެން ގޮސް ވެއްޓިއްޖެއެވެ. އެއާއި އެކު އޭނާ ގިވަޕްކޮށް އަހަރެން ފައިޓް ކާމިޔާބުކުރީމެވެ. އަހަރެންގެ ފައިޓިންގް ސްކިލް އެހިސާބުގަނޑު މީހުންނަށްވެސް ކަމުދިޔައެވެ. އެހެންކަމުން އާޑޭއައިސް އަހަރެންގެ ކޮނޑަށް އަތްވައްޓާލާ އެންމެންނާ މުޙާތަބުކުރިއެވެ.

      “މިކުއްޖާއަކީ މީގެފަހުން މަގޭ ޙިމާޔަތުގައި ވާކުއްޖެއް. . އަކޭގާގައި އަތްލިޔަސް ކޮށިން އަރާނެ އޭނަޔާ އެއްކޮޅަށް. . ” އެ އެންގުމާއިއެކީ އެހިސާބުގަނޑު އެންމެން އަހަރެންނަށް މަރުހަބާ ކިއެވެ. އަދި ފްލެޓްގެ ބޮޑެތިންވެސް އަހަރެން ވަރަށް ގާތްކޮށްލިއެވެ. އަހަރެންނަށް މާލެއިންވެސް ބާރު ލިބުނީއެވެ. ނުދަންނަ ތަފާތު ވައްތަރުތަކުގެ ވިޔާނުދާ އެތައް ރައްޓެހިންތަކެއް ލިބިގެން ދިޔައީއެވެ. ސައިކަލު ތަކުގައި އަހަރެން ފްލެޓަށް އެނބުރި ގެންދެވުނީ ޢިއްޒަތުގައެވެ. މުޅިމަގުގައި ފޯރި ނަގަމުންނެވެ. އަދި އެރޭ ބާއްވަން ހަމަޖެހިފައިވާ ޑީޖޭއަކަށް އަހަރެންނަށް ދަޢުވަތު ދިނެވެ.

        އަހަރެން އަވަސް އަވަހަށް ގެޔަށް ގޮސް ފެނންވަރާލާ ރީތިވެލީ ހަތެއް ޖަހަންވާއިރަށް ޔާސްމީން އާއި ބައްދަލުކުރަން ދާށެވެ. ކޮންމެވެސް ވަރަކަށް ބަނޑަށްވެސް އެއްޗެއް އަޅާލައިގެން އަހަރެން އަނެއްކާވެސް ފްލެޓަށް ދިޔައީމެވެ. އޭރު ޔާސްމީން ފްލެޓް ކައިރިޔަށް އައިސް ހުއްޓެވެ.

       “އަކް ހާދަ ލަސްވީ. . އަހަރެން ކިހާއިރެއް މިތާނގަ ހުންނަތާ. . “ޔާސްމީން ހުރީ ފާޑަކަށް ހިންހަމަނުޖެހިފައެވެ.

       “އާނ ސޮރީ ޖެޒް. .  ޖޭޒްއަށް ތިއްތި ދައްކަން މާވަރަކަށް ރީތިވާންވެގެންނޭ ލަސްވީ. . ” އަހަރެން ޔާސްމިންގެ އަތުގައި ހިފާލަމުން ހިންހަމަޖައްސާލަން ބުނެލީމެވެ. އެއަށްފަހު ވަދެގެން ދިޔައީ ފްލެޓް ސިޑި މައްޗަށެވެ. އެތަނަކީ އާންމުކޮށް ރައްޓިހިކުދިންނާ އެކީގައިވެސް ދާތަންކަމަށްވާތީ އެތަނަށް އެއްވެސް ޖެހިލުމެއްނެތި އަހަރެން ވަދެގެން ގޮސް ސިޑިމަތީގެ ކަނެއްގައި އަނދިރީގެ ތެރޭގައި މަޑުކޮށްލީމެވެ.

        އެހައިހިސާބުން އަހަރުމެން ދެމީހުންގެ ލޯބީގެ މާތައް ފޮޅުވަން ފެށީމެވެ. ތަނަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިންވެސް އަހަރެންނަށް ޔާސްމީންގެ ރީތި ތުންފަތަށް ބަލައިލެވުނެވެ. އަލަށް އަންހެންކުއްޖަކާ އެގޮތަށް ކައިރިވެވުމުން އަހަރެންނަށް ބުނެދޭންނޭނގޭ އެތަކެއް އިޙްސާސެއް ކުރުވަމުން ދިޔައެވެ. އަހަރެން ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އޭރު އަހަރެންގެ އަތްފައި ފިނިވަމުން ދިޔައެވެ. އެންމެފަހުން ޔާސްމީން އިސްވެ އަހަރެންނާއި ކައިރިވެލިއެވެ. އަހަރެންގެ މޭގައި ބޯއަޅާލާ އަހަރެންގެ ގާގައި ބައްދާލިއެވެ. ކުރުވަމުން ދިޔަ ފޮނި އިޙްސާސްތަކާއި އެކު އަހަރެންގެ ހިތް ދިޔައީ އެފަދަ އިތުރު ފިރުމުންތަކަކަށް އެދެމުންނެވެ. އެހިންދު ޔާސްމީން އިސްއުފުލާލާ އަހަރެންނަށް ބަލައިލީ ލަދުރަކި  ހިނިތުންވުމަކާއިއެކުގައެވެ. ޔާސްމީންގެ ހޫނު ނޭވާތައް އަހަރެންގެ މޫނަށް އެޅެންފެށުމާއި އެކީ ކައިރިވެލާ އަހަރެން ޔާސްމީން ގެ ތުންފަތުގައި ބޮސްދިނީމެވެ. ދެހިތުގައި އަނދަމުންދިޔަ ލައްޒަތުގެ ފޮނި އިޙްސާސްތަކުގައި ހުޅުފަޅައިގަތީ ދެނެވެ. އެހަށިގަނޑު އަހަރެންގެ އަތުގެތެރޭގައި އަހަރެންގެ ފިރުމުންތަކުގެ ހިމާޔަތުގައި އެތަކެއް އިރެއްވަންދެން އޮތެވެ. އެމަސްތީއަރާމުގައި ދެހިތްމެ އުފާ ހޯދަމުން އެދެހިތުގައި ވާ ބޭނުންތައް ފުރިހަމަކޮށް ހިތައް ހަމަޖެހުމެއް ލިއްބައިދިނެވެ. ވެފައިވާ ވަރުބައްޔާއިއެކު އަހަރެން ބެލީ އަވަހަށް ގެޔަށް ދެވޭތޯއެވެ. އެންމެފުރަތަމަ އަހަރެންނަށް އަންހެން ކުއްޖަކާއި ގައިގޯޅިވެ އުޅެވުނީ އެފަހަރުއެވެ.

          ގެޔަށް ދެވުމާއިއެކު ފެންވަރާލައި ތާޒާވެލައިގެން އަހަރެން ޖައްސާލީ އަރާމުކޮށްލާށެވެ. ހިނގައިދިޔަ ކަންތައްތަކާއިމެދު ވިސްނި އެފަދަ އިތުރު ފިރުމުންތަކަކާއި އަރާމަކަށް ހިތް އެދެމުން ދިޔައެވެ. ގަޑިން އެގާރަ ޖެހިއިރު ފަހީމާއްތަ ވަނީ ނިދާފައެވެ. މާދަމާއަކީ ހުކުރު ދުވަހަށް ވުމާއިއެކު އަހަރެން ނިންމީ ޑީ.ޖޭ ބަލައިލާން ދާށެވެ. އަހަރެން ގެއިން ނިކުމެގެން ދިޔަކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. އަހަރެންނަށް ދަޢުވަތު ދީފައިވާ ހިސާބަށް އަހަރެން ދިޔައީމެވެ. އެއީ ހަދަންފަށާފައިވާ ޢިމާރާތެކެވެ.

            އަހަރެން ދިއުމާއިއެކު ސަތަރި ވައްޓާފައިވާ ދޮރަކުން އެނތެރެއަށް ވެއްދުނެވެ. ހިމަ ސިޑިއަކުން މައްޗަށް އަރަމުން ފަހަރަކު ފްލޯއެއް ގިރާކުރަމުން ދިޔައީމެވެ. މައްޗަށް އަރަމުން ދިޔަވަރަކަށް ޖަހަމުން ދިޔަ ވަރުގަދަ މިއުޒިކުގެ އަޑު ގަދަވަމުންދިޔައެވެ. ފަސްވަނަ ފްލޯއަށް އެރުމާއިއެކު އަހަރެންނަށް ހުރެވުނީ ހައިރާންވެފައި ބަލާށެވެ. ޑީ.ޖޭ އަކީ މިއީހެއްޔެވެ؟ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ދުވަހަކުވެސް އެފަދަ މަންޒަރެއް ނުދެކެމެވެ. ދެޖިންސުގެ އަންހެނުންނާއި ފިރިހެނުން ނެވެ. ކުޅެވެމުންދާ ވަރުގަދަ މިއުޒިކާއެއްވަރަށް ފައިހަމަކުރަމުން ދަނީއެވެ. ބުއިންތައް މޭޒުތައް މަތީގައި އެތުރިފައި ވިއެވެ. ނިވާކަން ކުޑަހެނދުމުގައި ހަރުކުރެވިފައިވާ ހޮޅިދަނޑިތަކުގައި އަންހެން ކުދިންތައް އެކި ގޮތްގޮތަށް އެނބުރެމުންދެއެވެ. މުޅިމާޙައުލުގައި ވަނީ މަސްތީކަމެކެވެ. ހިތްތައް ލަންބުވާލާފަދަ ޖާދުވީ ކަމެކެވެ. އަހަރެންގެ ރައްޓިހި ދެތިން ކުއްޖަކާ އެތަކުން ދިމާވިއެވެ. އަދި އަހަރުމެން ފުރާގެ ދެތިން އަންހެން ކުދިންނާއިވެސް ދިމާވިއެވެ. އެމީހުންނާއިއެކު މަޖާކުރުމުގައި އެތަކެއް އިރަކު އެރޭ ހޭދަކުރީމެވެ. ބޯން ގެނެސްފައިވާ ބުއިންތަކަކީ އަނގަޔަށް މީރު ބުއިމެއް ނޫނެވެ. ނަމަވެސް ދިލަގަދަ އެ ބުއިންތަކުގެ ސަބަބުން ސިކުނޑިއަށް ލުއިވެ މީހާއަށް ކުރެވެމުންދިޔައީ އުދެހެވޭފަދަ އިޙްސާސެކެވެ. އަހަރެންނަށް މާގިނައިރެއްނުވެ ތަންދޮރު ވަކިނުވާ ގޮތްވިއެވެ. އަހަރެންނަށް ވާނުވާ އެނގުނީ ހޮޑުލެވުމުންނެވެ. އޭރު އަހަރެންނަށް ހުރެވުނީ ފްލެޓް ކައިރީގައި ކާނުގަނޑުތެރެއަށް ހޮޑުލާށެވެ. އަހަރެންނަށް އޭރު ރަނގަޅަށް ނުވެސް ހިނގެއެވެ. އެމީހުން އަހރެން ގެޔަށް ގެންދިޔައެވެ.

      ހެނދުނު ހޭލެވިގެން އަހަރެން ރޭގައި ވީގޮތަކާއި މެދު ވަރަށް ވިސްނީމެވެ. ނަމަވެސް އަހަރެންގެ ވިސްނުމުގެ ބާރު ނުފޯރާ ކިތަންމެ ހުސްތަނެއް ދިޔައެވެ. ހޭލެވުނު އިރު ބޮލުގައި ރިއްސާވަރުން އަހަރެން ހުކުރަށް ވެސް ނުދަމެވެ. އަހަރެންނަށް ބޮވުނީ ކޮން އެއްޗެއް ބާއެވެ. އެފަދަ ދެވަނަ ބުއިމެއް ބުއިމަށް އަހަރެންގެ ހިތް އެދެމުން ދަނީ ކީއްވެބާއެވެ؟ އަހަރެންގެ ހަށިގަނޑުގައި ވަރުދެރަވެ ދުނިޔެމަތިން ފޫހިވާގޮތް ވިއެވެ. މީހަކާއި ވާހަކަދައްކަން ބޭނުމެއް ނުވިއެވެ. އިރުގެ އަލި ފެންނަހިސާބަށް ދިއުމަށް ދެލޮލަށް ނުކުޅެދުނެވެ. ބަޔާންކުރަންދަތި އުނދަގޫތަކެއް އަހަރެންނަށް ކުރުވަން ފަށައިފިއެވެ. ކެއުމާއި ބުއިންމަތިން މުޅިން ފޫހިވެއްޖެއެވެ. އެދުވަހު އަހަރެންނަށް މަންމަގެ މަތިން ހަނދާންވިއެވެ. އަހަރެންގެ ޙާލާމެދު ވިސްނާލެވުނެވެ. އަހަރެންގެ އުޅުމަށް އަންނަމުންދާ ބަދަލާއި، މަންމަމެން އަހަރެންނާއި ދޭތެރޭ ކުރަމުންދާ ފޮނި އުންމީދާއި ދޭތެރޭ ވިސްނި އަހަރެންނަށް އަމިއްލަނަފްސު ކުއްވެރި ކުރެވުނެވެ. ލޮލުން ކަރުނަ ފާއްދާލީ ހިތައްވީ އުނދަގުލެއްގެ ސަބަބުންނެވެ.

         ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެންގެ އުޅުން ދުވަހެއް ދުވަހަކަށް ގޯސް ވަމުން ދިޔައެވެ. ޚިޔާރު ކުރެވުނު ގޯސް ރަހުމަތްތެރިންގެ ސަބަބުން އަހަރެންނަށް ހިނގަންވީ ރަނގަޅު މަގު ނޭނގި އަހަރެން ވާވަދެއްޖެއެވެ. ރަނގަޅު ގޮތަކީ ކޮބައިކަން، ގޯސްގޮތަކީ ކޮބައިކަން އަދި އުޅެންވީ ނޫޅެންވީ ގޮތަކީ ކޮބައިކަން އަހަރެންނަށް ބުނެދޭނެ، ނަސޭޙަތެއް ދޭނެ އެކަކުވެސް އެދުވަހަކު ނެތެވެ. ގޯސްކަމެއް ކުރުމުން، ދަރިފުޅާ ތިއީ ގޯސްކަމެކޭ ބުނެލާނެ މަންމައެއް ބައްޕައެއް ކައިރީގައި ނެތެވެ. އަހަރެންގެ ޚަރަދުތަކަށް ބޭނުންވާ ފައިސާ އާއި އެއްޗިހި ހޯދައިދެވުނީމައި އެމީހުންނަށް އޮތީ ނިމިފައެވެ. އަހަރެންނަށާއި އަހަރެންގެ އުޅުމަށް އަންނަމުންދާ ބަދަލު ފާހަގަ ކުރެވޭ މީހެއްވެސް އެގެޔަކު ނެތެވެ. އަހަރެންނަށް އުޅެންޖެހުނީ އެކަނިވެރި މާޙައުލެއްގައެވެ. އެއެކަނި ވެރިކަން އަހަރެންނަށް ދުރުކޮށްދެނީ އަހަރެންގެ އެކުވެރިންނެވެ. އެހެންކަމުން އަހަރެންނަށް އެނބުރި ދެވޭ ބަޔަކީ އަހަރެންގެ ވިޔާނުދާ އެކުވެރިންކަމުގައި ވަނީ ވެފައެވެ.

       އެންމެފަހުން އަހަރެން ކިޔަވަމުންދިޔަ ގްރޭޑުން އަހަރެން ފާސް ނުވެ ރިޕީޓްވީއެވެ. އުޅުން ގޯސްވެގެން ކުލާހުގައި ނުބެހެއްޓޭވަރު ވީމައި ބެލެނިވެރިޔަކު ގޮވައިގެން އަންނަން ޖެހުމުން ކޮންމެވެސް ރައްޓިއްސަކު ގޮވައިގެން ދަމެވެ. މަސްތުވާތަކެއްޗާއި ޖެހި އެއަށް ޢަމަލު ވެއްޖެއެވެ. ރޭގަނޑު ގަޑިއަކީ ނައިސް ވެލައިގެން ކޮންމެވެސް އަންހެން ކުއްޖެއް ކައިރީގައި މަސްތީ އަރާމު ހޯދާވަގުތަށް ވަނީ ވެފައެވެ. މަޑުމަޑުން އަހަރެންގެ ދިރިއުޅުމުން އުފާވެރިކަން ގެއްލި ހަށިގަނޑުގައި ވޭން އަޅަންފަށައިފިއެވެ. ހަށިގަނު ހިކި އަނަރޫފަ ވާންފެށިއެވެ. ކުޑަމިނުން ތެޔޮ ބިޑިއެއް ބޮއެނުލާ ރޭގަނޑު ނުނިދޭ ވަރު ވެއްޖެއެވެ. އެގަންނަން ލާރިވެސް ކޮންމެވެސް ގޮތަކުން ހޯދަންވެއްޖެއެވެ. އެންމެފަހުން ސްކޫލްގެ ކަންކަމުގައި ކަމަށް ބުނެ ފަހީމާއްތަ އަތުން ލާރިވެސް އަތުލަން ފެށީމެވެ. އަހަރެންގެ އުޅުން އެހިސާބަށް ދިއުމުން ކޮންމެވެސް ވަރަކަށް އަހަރެންގެ އުޅުމަށް އަންނަމުންދާ ބަދަލުތައް ފަހީމާއްތައަށް ފާހަގަ ކުރެވި އަހަރެންގެ މައިން ބަފައިންނަށް އެންގިއެވެ.

“ދަރިފުޅާ. . ކީކޭތަ ފަހީމާއްތަ އެކިޔަނީ. . އެއީ ތެދެއްތަ ދަރިފުޅާ. . ދަރިފުޅު މިހާރު ސިނގިރޭޓުވެސް ބޯން ފެށީތަ އަނެއްކާ. . ؟” އަހަރެންގެ މަންމަ އަހަރެންނާއި ވާހަކަދެއްކީ ފޯނުންނެވެ. މަންމަ ހުރީ ވަރަށް ދެރަވެ ކަންބޮޑުވެފައެވެ. އަހަރެން ފޯނު ހިފައިގެން ފަހީމާއްތައަށް އަޑުނީވޭ ހިސާބަށް ދިޔައީމެވެ.

          “އެއީ ދޮގެކޭ މަންމާ. . އަޅުގަނޑު ފަހީމާއްތަ އަތުން ލާރި ހޯދަނީ ސްކޫލްގެ ޕްރޮޖެކްޓް ތައްހަދަން. . މާލޭ ސްކޫލްވީމަ ވަރަށް ފާޑު ފާޑުގެ އެއްޗިހި ހަދަންޖެހެޔޭ ކިޔަވާއިރު. . އެހެންވެ ފަހީމާއްތައަށް ހީވާ ގޮތެއް އެއީ. . ” އަހަރެން ވަރަށް ފަސޭހައިން މަންމަ ހައްދާ ލީމެވެ. މަންމަ އަށް އަދި ފަހީމާއްތައަށް ނޭނގުނަސް އޭރު އަހަރެން ސްކޫލުން ސަސްޕެންޑް ކޮށްފައިހުންނަތާވެސް ހަފްތާއެއް ވަނީއެވެ.

        “ދަރިފުޅާ. . ދަރިފުޅުތިއީ މަންމަގެ ހުރި ހަމައެކަނި ކުއްޖަކީ. . މަންމައާއި ބައްޕަ ދަރިފުޅު މާލެ އަށް ކިޔަވަން ބަދަލުކުރީ ވަރށް ފޮނި އުންމީދު ތަކެއެ ކޮށްފަ. . ދަރިފުޅު ގޯސް ކުދިންތަކަކާ ގުޅިގެން ގޯސް ގޮތަކަށް އުޅޭކަން އެނގޭދުވަހަކުން ނޭނގެ މަންމައަށް ވާނެ ގޮތެއްވެސް. . ” މަންމަގެ އަޑުގައި ތުރުތުރެއް އެކުލެވި ވާހަކަދައްކަން އުނދަގޫ ވާ ގޮތް ވެއްޖެއެވެ. މަންމައަށް ހުރީ ވަރަށް އަސަރު ކޮށްފައިކަން އެނގުމާއިއެކީ އަހަރެންގެ ހިތަށް ވަރަށް އުނދަގޫ ވިއެވެ. ކޮންމެ ގޮތަކުންވެސް އަހަރެންގެ އުޅުމުގެ ވާހަކަ މަންމައަށް ނާންގާބާއްވަން އަހަރެން ބޭނުން ވިއެވެ. މަންމަ ދެރަވެ ހިތާމަ ކުރުމަކީ އަހަރެންނަށް ކެތްވާނެ ކަމެއްނޫނެކެވެ. ނަމަވެސް މިހާރު އަހަރެންނަކަށް އިތުރު ގޮތެއްވެސް ނެތެވެ. އަހަރެންގެ ހަށިގައި އަޅާވޭނަށް ފަރުވާއެއް ނުހޯދައެއް ވާކަށް ނޯންނާނެއެވެ.

       އޭގެ ދެތިންމަސް ފަހެވެ. އަހަރެންގެ އުޅުމަށް އެދެވޭ ބަދަލެއް ނައިސް ފިލާވަޅު ނަހަދާ ސްކޫލަށް އައުމާއި ލިބޭ އެއްވެސް ޓެސްޓަކުން ފާސް ނުވުމާއި ސްކޫލް ތެރޭގައިވެސް ސިނގިރޭޓް ބޯކަމަށް ރިޕޯޓް ކުރެވޭތީއާއިއެކު އަހަރެން ސްކޫލުން ވަކިކުރެވިއްޖެއެވެ. ނަމަވެސް އެކަން ގޭ އެކަކަށްވެސް ނޭނގޭނެއެވެ. އެދުވަހު އަހަރެން ވަރށް ދެރަވިއެވެ. އެންމެ ދެރަވީ މަންމައަށް އެހަބަރު ލިބުމުން މަންމަ އަށް ވާނެ ގޮތަކާއިމެދު ވިސްނާފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (33)

  1. avy

    . .it was jst awsum. wat ws da naym i think it was flirt.heyy gudu i hv red ur poem(lhen) in araamagu

    1. GuDuMeena
      avy

      ehehe Avy. . Thanks for the comment. . did u like the poem? huh 🙂

  2. Yawn

    Reethi mibaives ,, kon irakun aneh bai??? GuDumeena kiyaa mivaahaka very nice(: yawn

    1. GuDuMeena
      Yawn

      thi gothah yawn men huriyyaa GuDu hunaanan hama migothah. . Thankew Yawn

  3. ishaa

    This is a superb story……gudu u are a telented writer….when this story finishes can you please write a bit long story….. 🙂

    1. GuDuMeena
      ishaa

      In Sha Allah i’ll try to write a long story. . cox im already planing to write a story. . ekam mifaharu taste thafaathu kollan mi visnany. . Fiction story eh liyan mi visnany. . bt in this hama romance and love v.hiyavarukoh himanaanan.. hope u’ll like it too. .
      Thanks Ishaa. . <3

  4. liuu

    hama nice…..waiting 4 da nxt prt

  5. GuDuMeena

    Thankew liuu. . come again at 8pm tomorow. . <3

  6. avy

    poem was v v nyc. i want 2 lern it! can u teach me. i’ll b grateful if so. i luv tht eng words in da poem. 🙂

    1. GuDuMeena
      avy

      oh avy. . through comments its really difficult to teach u how. . but its very simple. .
      1. choose a ryhtem in which u want to compose ur poem
      eg: ލާލަލާލާ ލާލަލާ، ލާލަލާލާ ލާލަލާ
      ލާލަލާލާ ލާލަލާ، ލާލަލާލާ ލާލަލާ
      2. convert ur story or idea or wat ever in to a small sentance
      eg: ވީ ނުވީ އެއް ނޭނގުނެވެ. ‘އައި ޑޯންޓް ލައިކް ޔޫ’ ބުނެވުނެވެ. ދެންވީ ގޮތެއް ހަމަ ނޭނގުނެވެ. ސްލެޕެއް ލިބުނުހެން ހީވިއެވެ.
      3. compose ur words into the rythem
      eg: ވީނުވީއެއް ނޭނގުނޭ، ‘އައި ޑޮންޓް ލައިކޭ’ ބުނެވުނޭ
      ދެންވީގޮތެއް ހަމަ ނޭނގުނޭ، ސްލެޕެއް ލިބުނުހެން ހީވިޔޭ. .
      the end. . more creative u r. . the better poet u will be 🙂 hope u got an idea

  7. avy

    btw i was tokin abt da poem only

  8. princess

    GUDU…u r mindblowing…. hw nicely u hav written….do u know!!! am v jelous of u… cox i can’t write stories well….hehehe

    1. GuDuMeena
      princess

      ehehe. . Princes dnt ever say u cant. . it just takes a little more affort. . and Intrest. just be persistant. . spend some time everyday on it. . dont get bored and left out. . and have Radheef in ur mobile read more stories to improve ur vocabulary. . create a scene in ur mind. . arrange it as if u r the director. . and play the movie with ur pen or hand and type it. . thats all. . i’ll be happy to be ur compatitor. . chalange me and write a simple story. . i’d love to read it. . <3

  9. avy

    jxt nw red da stry it was nyc n eotional too

    1. GuDuMeena
      avy

      is it. . thankew. . hope u’ll read all the parts. . 🙂

  10. princess

    wow…..thanku lotx N lotx…glad to have such a nice ideas frm a professional author like u….once again thakew….

    1. GuDuMeena
      princess

      Ohw plx. . Im not a proffessional. . not even close. . im just a beginer – a newbie just like any other of u who likes writing. . bt thankx Princess. . In Sha Allah one day i’ll be a proffessional. . 🙂

  11. avy

    oh thnkxx gudu for teaching me tht bt i didnt get da whole. ok let me try n i ‘ll let u no 🙂

    1. GuDuMeena
      avy

      Owk. . let me know when u make a poem. . enme baitheh viyas ok. . 🙂 bst of luck

  12. princess

    oh plx…as far as am concerned….u r a professional author…. cox u hav proved that frm ur outstanding performance in the stories….

    1. GuDuMeena
      princess

      Ohw. . Thankew Princess for the very touching compliment. . u r one of the best fans i ever had 😉 <3

  13. princess

    …….thankiyooooooooooooooooo

    1. GuDuMeena
      princess

      🙂

  14. naj

    this part is v nice gudu
    hope the next part will be amaxing as this part 😉
    keep it up
    and you always will be the best writter 🙂

    1. GuDuMeena
      naj

      thanks. . 🙂

  15. naj

    gudu can you tell me …
    kihinehtha migothah stories ge photo edit kuranyy
    i want to know how you edit the pictures like this
    plxx answer my question

    1. GuDuMeena
      naj

      Naj. . I use photoshop Cs5 Extended for editing the photos. . Photoshop is a powerful tool for designing, editing, and photo manipulation and so on. . So u can install photoshop to ur Pc or Mac and simply search youtube for the tutorials. . also photoshop tutorials are available from Yopod and Club Infinity. . follow the tutorials and learn mind blowing new techniques for editing photos like this. . 🙂 hope i hav answered ur Q. and hope u liked my new pic coz i changed it for ur reqst.

  16. xaaahy

    heyy gudu
    i like your stories too 🙂
    this part is totally amaxing
    keeep going gudu
    🙂
    gudu ge hrihaa story eh vess xaaahy ah v kamudhey 🙂

    1. GuDuMeena
      xaaahy

      Thanks Xaahy. . 🙂 It is such an honor to get a compliment from one of the best Authors in Maldives such as urself. . Thanks again for the coment. i will keep going In Sha Allah

  17. marri

    ♥V reethi ♥
    ♥♥ ♥

    1. GuDuMeena
      marri

      Thanks Marri. . 🙂 glade u liked

  18. naj

    where isssssss the nexxxxxxxxt parrrrrrrrrt

    1. GuDuMeena
      naj

      sowwie Naj. . now its up. . enjoy reading. .

Comments are closed.